“ނަންވެސް ނުބުނަމެއްނު.. އޭމް ޔަޒަން.. ” ސްމައިލީ އަކާއިއެކު އިން މެސެޖް ކިޔާލުމާއިއެކު މާލާގެ ފިޔަވަޅުތަކަށް އަނެއްކާވެސް ހުއްޓުން އެރިއެވެ. އެޒުވާނާ ފޯނު ގެނެސް ދިނުމުން މާލާ އެހުރީ ވަރަށް ހިތްހަމަޖެހިފައެވެ. މިޒަމާނުގައި އެކަހަލަ ޒުވާނުން ވަރަށް މަދުވާނެއޭވެސް އޭނާގެ ހިތައް އެރިއެވެ. އެހެންމަވެސް އޭނާގެ ހީ ރަނގަޅެއް ނުވިތާއެވެ. ފޯނު ގެނެސްދިންއިރު އެއައީ އޭގެ ނަމްބަރުވެސް ހޯދައިގެންނެވެ. ލޮކް ކޯޑެއް ނަމަވެސް ޖަހާލައިގެން އުޅެވޭނަމަ މިއަދު އެލަނޑެއް ނުލިބުނީހެވެ. މާ ޚާއްސަ އެއްޗެއް ފޯނުގައި ނުހުންނާތީ […]
އެއާއިއެކު ޔަޒަން ހިނިތުންވެލުމުން ސުވާލުގެ ނަޒަރަކުން އިތުރަށް ބަލާލުމަށްފަހު ތިރީގައި ހުރި ވަށިގަނޑު ހިފައިގެން ހިނގައިގަތީ ސިޑިއާއި ދިމާއަށެވެ. ލޯމަތިން އެކުއްޖާ ގޮސް ގެއްލުމުން ޔަޒަން އިތުރަށް ހިނިތުންވެލިއެވެ. އެހާ ރީތި ކުއްޖަކު އޭނާ އަދި ނުދެކެއެވެ. ނޫނެކެވެ. އޭނާގެ ލުއާ އެއަށްވުރެ މާ ރީއްޗެވެ. މައުސޫމްކަން ގަދަވެފައި މާ ލޯތްބެވެ. ލުއާ މަތިން ހަނދާންވުމުން ޔަޒަން ފުޅާ ހިނތުންވުމަކާއިއެކު އެތެރެއަށް ވަނީ ފޯނުގެ ފިއްތަކާއި ކުޅެމުންނެވެ. ލުއާއާއި ވާހަކަ ދައްކާލާ ހިތްވީއެވެ. އެއްޗެހިތައް ހިއްކަން އަޅާލުމަށްފަހު […]
“ލުއާ..” ޔަޒަންއަށް ސިއްސައިގެން ގޮސްފައި ހޭލެވުނު އިރު މުޅިމީހާ ވަނީ ދާހިއްލާ ފޯވެފައެވެ. ފެނުނު ހުވަފެނާއިމެދު ވިސްނާލަމުން އޭނާ އަތުގެ ތެރޭގައި މޫނު ފޮރުވާލިއިރު ހިތުގައި ނޭނގޭ ނުތަނަވަސްކަމެއް އުފެދިފައިވެއެވެ. އަބަދުވެސް ހުވަފެނުގައި އޭނާގެ ލުއާ އޭނާއާއި ވަކިވެގެންދާ މަންޒަރު ފެންނަނީ ކީއްވެގެން ހެއްޔެވެ؟ ޔަޒަން ފުން ނޭވާއެއް ލަމުން ކައިރީގައި އޮތް ފޯނު ނަގާ ގަޑި ބަލާލިއެވެ. އެވަގުތުވެސް އޭނާގެ ދެލޯ ތަންމިނަށް ހުޅުވިގެން ދިޔައެވެ. “މާތް ކަލާކޯ.. ރޭގަ 8 ޖެހިއިރު ނިދި މީހާ.. […]
ހިންދިރުވާލުމަށްފަހު، ހިތްވަރު ކޮށްލަމުން މާކިން ތުރުތުރު އަޅަމުން ދިޔަ އަތަކުން އެންމެ ފުރަތަމަ ޖެހުނު ދޮރުގެ ތަޅުގައި ހިފާލިއެވެ. އެއާއިއެކު ވަރަށް ފަސޭހައިން އެދޮރު ހުޅުވުނެވެ. ހުޅުވުނު ދޮރާއިއެކު ކޮޓަރީގެ ތެރެއިން ފެނުނު މަންޒަރަކުން މާކިން އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތެވެ. ހިނދުކޮޅަކުވެސް ބޭރުގައި މަޑުކުރުމެއްނެތި އޭނާ ކޮޓަރީގެ ތެރެއަށް ދެމިގަތީ ހަށިގަނޑުގެ އެތެރޭގައި ދައުރުވަމުން ދިޔަ ލޭ ކެކި އަރަން ފެށުމުންނެވެ. އޭނާއަށް ފެނުނީ ފުރާނަ ފަދައިން ލޯބިވާ އޭނާގެ މެހެކް، ހަށިގަނޑު ވަރުގަދަ ޒުވާން ފިރިހެނެއްގެ […]
މާކިން މަލާމާތުގެ ހިނިތުންވުމަކާއިއެކު ލޯ ހަނިކޮށްލަމުން އޭނާގެ ޖީބުގައި އޮތް ފޯނު ނެގުމަށްފަހު އޭގެ ސްކްރީން ބިލާލްއަށް ދައްކާލިއެވެ. އެވަގުތު އެ ފޯނުގެ ސްކްރީން ފެނުމާއިއެކު ބިލާލްއަށް ހީވީ އޭނާގެ މުޅި ދުނިޔެ އަނެއް ފުށަށް ޖެހުނު ހެންނެވެ. ތެދެކެވެ. މާކިންގެ ފޯނުން ފެންނަމުން އެދަނީ އެތަނުގައި ހިނގަމުން ދިޔަ ކަންތައްތައް އަޑާއިއެކު މީސްމީޑިއާގައި ލައިވް ކުރެވެމުން ދާތަނެވެ. ޖީބުގައި ފޯނު އޮތް އިރު މަންޒަރު ނޭރި ކަމުގައިވިޔަސް އޭނާގެ އަޑު ވަރަށް ރަނގަޅަށް އެއަށް ރެކޯޑް […]
“އެހެންތަ؟ މާކިންއަށް ކީއް ކުރެވޭނީ.. ކުޑަ ވިޔަފާރި ވެރިއަކަށް ވެވުނީމަ މަށާ ޗެލެންޖު ކުރެވިދާނޭ ހީވަނީތަ؟ ކޮންކަމެއް ކުރުވޭނީ.. މިހާރުވެސް އަހަރެންގެ އެންމެ ބަހަކަށް މާކިންގެ ހުރިހާ ކަމެއް ހުއްޓުވާލަފާނަން.. ވިޔަފާރިވެސް.. އެއްކޮށް ތިއުޅޭ މީހުންވެސް.. މެހެކްވެސް..” ބިލާލް ދައްކަމުން ދިޔަ ވާހަކަ ކުއްލިއަކަށް ހުއްޓާލީ މާކިން އައިސް އޭނާގެ މޫނާއި ޖެހޭ ނުޖެހޭ ފަށުގައި މަޑުކޮށްލުމުންނެވެ. އަލިފާން ކަނި އަރާފަދަ ލޮލަކުން ރުޅިވެރިކަމާއިއެކު ބިލާލްގެ ދެލޮލަށް ބަލަހައްޓައިގެން ހުރިގޮތުން ބިލާލްގެ ހިތުގައި ބިރުވެރިކަން އުފެދިގަތެވެ. އޭނާގެ […]
“ކެން.. ކިހިނެތްވީ؟” މާކިން ހުރި ގޮތުން އިޝާން އޭނާގެ ކޮނޑުގައި އަތް ބާއްވާލަމުން އަހާލިއެވެ. އެވަގުތު އަވަސް އަވަސްކޮށް ނޭވާލަމުން ދިޔަ މާކިން އެދެމީހުންނާއި ކުރިމަތިލީ ފެންކަޅިވަމުންދިޔަ ލޮލަކާއިއެކުއެވެ. “މެ.. މެހެކް.. މެހެކް ހުރީ.. ގޭ.. ގޭގަޔޯ..” މާކިންއަށް ވާހަކަ ދެއްކުނީ ވަރަށް އުނދަގުލުންނެވެ. މާކިން ލޮލުން ވެއްޓުނު ކަރުނަ ތިއްކާއިއެކު ބޮލުގައި ހިފަހައްޓާލި އިރު އިޝާންއާއި ޝުބާވެސް ތިބީ މާކިން ދިން ޚަބަރަކުން އަނގަ ހުޅުވިފައެވެ. “ވަޓް؟.. އެކަމު.. ކެން.. ކެންގެ ބައްޕަ މިކޮޅުގަ އެބަހުރިތަ؟..” […]
ބިލާލްގެ މޫނުން ނަޒަރު ވަކިކޮށްލުމެއްނެތި ކުރިއަށް ހިނގަމުން ދިޔަ މެހެކްއަށް، އޭނާ ފެނުމުން ބިލާލްގެ މޫނަށް އަންނަމުން ދިޔަ ބަދަލުތައް ވަރަށް ސާފުކޮށް ފާހަގަ ވަމުން ދިޔައެވެ. އެ ވިސްނުންތެރި މޫނުގައި ވަނީ ހަމައެކަނި ހައިރާންކަމުގެ އަސަރުތަކެއް ނޫނެވެ. އެއާއި އެއްވަރަށް ނަފްރަތާއި، ރުޅިވެރިކަމުގެ ކުލަވަރުވެސް އެމޫނުން ފާޅުވަމުން ދިޔައެވެ. މާކިންއާއި ދުރުގައި މެހެކް ހޭދަކުރި ހިތްދަތި ދިރިއުޅުމުގެ ވާހަކަތައް އަޑު އިވުމުން މާކިންގެ ހިތް ވަނީ ކުދިކުދި ވެފައެވެ. އޭނާއަށް އެހާ ވަރަށް ވިސްނާ ނުލެވުނީ […]
ހިތައް އަރަން ފެށި އެއްޗަކުން ކޮނޑުގައި އަޅުވާފައި އޮތް ދަބަހުން ފޯނު ނަގާ ފިއްތަކަށް ފިތާލަމުން އޭނާ ހަލުވި ފިޔަވަޅުތަކެއްގައި ބޭރަށް ނުކުތުމަށް ހިނގައިގަތެވެ. މެހެކް އެގެއިން ނުކުމެގެން ދިޔަ ފަހުން ބައި ގަޑިއެއްހާއިރު ވީއެވެ. މާކިން އަދިވެސް އެއިނީ އެއިން ގޮތަށެވެ. ދެކަކޫ މައްޗަށް އިށީނދެ ތިރިއަށް ބަލަހައްޓައިގެން އިން އިރު އޭނާގެ ހަށިގަނޑުގައި ހަރަކާތެއް ނުވެއެވެ. ލޮލުން ފޭބި ކަރުނަތައް ލޯ ކައިރީގައި ހިކިފައި ހުރިއިރު އިތުރަށް އެ ލޮލުން އަންނާނެ ކަރުނައެއް ނުވާފަދައެވެ. […]