**** ތިޔަ ލޯބި މޫނު ފެނުމުން އަހަރެންގެ ހިތް ދެވިއްޖޭ **** މާކިން މަޑުމަޑުން މެހެކްގެ ކޮލުގައި އަތް ބާއްވާލިއެވެ. ބޭ އިޚްތިޔާރުގައި އޭނާގެ ނިތްކުރިއަށް ބޮސް ދެވުނެވެ. މެހެކްއަށް ރައްކާތެރިކަން ދިނުމަށް ހިތާއި ހިތުން ވައުދުވެވުނެވެ. މެހެކްގެ މޫނަށް ނަޒަރު ހުއްޓާލައިގެން އިން މާކިން ސިއްސައިގެން ދިޔައީ ގޭގެ ދޮރުގައި ޓަކިދިން އަޑަށެވެ. އިޝާންއާއި ޝުބާ ގެއަށް އައީކަން އެނގުމުން މާކިން މަޑު މަޑުންގޮސް ދޮރު ހުޅުވާލިއެވެ. “އަނހަ.. މެހެކް ނިދީތަ؟..” އެތެރެއަށް ވަންގޮތަށް ޝުބާ […]
**** ނުދާނޭ މިރޭގެ ހަނދާންތައް ހިތަކުން ޔަޤީނޭ **** “ނޫޅޭނެ.. ކެން އެކަނި އެތާ އުޅެނީ.. މިއީ ފެމިލީއާއި ވަކިން އެކަނި އުޅުއްވާ ބޭފުޅެއް..” މެހެކްގެ ސުވާލަށް ޖަވާބު ދިނުމަށް މާކިން އަނގަ ހުޅުވާލި ވަގުތު ޝުބާ މާކިންގެ ކޮލުގައި ވިކައިގަންނަމުން ޖަވާބު ދިނެވެ. ހަމަ ވަގުތުން ޝުބާގެ އަތުގައި އަޅުވާލަމުން މާކިން އޭނާއަށް ލޯ ހަނިކޮށްލިއެވެ. އޭރު މެހެކްވެސް އިނީ އެދެމީހުންގެ ހަރަކާތްތަކަށް ބަލަހައްޓައިގެންނެވެ. އެ މަންޒަރުތައް ފެނުމުން މެހެކްގެ ތުންފަތުގައިވެސް ހިނިތުންވުމެއް އުފެދެން އުޅޭ […]
**** ކުރެހުން އެޅުނޭ.. ހިތުގެ އަޑީގައި.. ފަނާ ނުވާނެ ގަލަމަކުން.. **** “ކީކޭ..؟ ކޮން އިރަކު..؟ … އޯކޭ…” ފޯނު ބޭއްވިއިރު މެހެކްގެ ލޮލުގައި އެންމެ ފުރަތަމަ ދުވަހު މާކިންއަށް ފެނުނު އިރު ހުރި ނުތަނަވަސްކަން އުފެދިއްޖެއެވެ. މެހެކް އިތުރު އެއްވެސް އެއްޗެކޭ ނުބުނެ ދަބަހަށް އެއްޗެހިތައް ލައިގެން އަވަސް ފިޔަވަޅުތަކެއް އެތަނުން ނުކުމެގެން ހިނގައްޖެއެވެ. އެވަގުތު ޝުބާއާއި އިޝާން އެކަކު އަނެކަކަށް ސުވާލުގެ ނަޒަރުން ބަލަހައްޓައިގެން ތިއްބެވެ. މާކިން ބަލަހައްޓައިގެން އިނީ މެހެކް ދިޔަ ދިމާއަށެވެ. […]
***** ތި ލޮލާ އަމާޒު ވެވުމުން އަހަރެންގެ ހިތް މި ވިރެޔޭ ***** ކަން ދިމާކުރި ގޮތުން ލިފްޓަށް އެރުނީ މާކިންއަށާއި އެ އަންހެން ކުއްޖާއަށް އެކަންޏެވެ. ދޮރު ލެއްޕުމާއިއެކު އެ އަންހެން ކުއްޖާގެ ނޭވާގެ އަޑު އޭނާއަށް އިވެން ފަށައިފިއެވެ. މާކިން ފުރަތަމަ ފަހަރަށް ފަރުވާތެރި […]
ހަލުވި ފިޔަވަޅުތަކެއްގައި ކެމްޕަސްގެ ތެރެއަށް ވަދެގެން ގޮސް ލިފްޓް ދޮށުގައި މަޑުކޮށްލުމަށްފަހު މާކިން ލޮލުގައި އަޅާލާފައިވާ އަވި އައިނު ނަގާލިއެވެ. ލިފްޓް ހުޅުވުމާއިއެކު މާކިން ލިފްޓްގެ ތެރެއަށް ދެމިގަތް ގޮތުން އޭނާ ވަރަށް އަވަހަށް ތަނަކަށް ދާން ބޭނުންވެފައި ހުރިކަން އެނގެއެވެ. ބޭނުންވާ ފަންގިފިލައަށް ދެވުމާއިއެކު ލިފްޓުން ނުކުމެގެން ދުވެލާފައި ކަހަލަ ގޮތަކަށް މާކިން އޭނާގެ ކްލާސްރޫމާއި ދިމާއަށް މިސްރާބު ޖެހިއެވެ. “ހަހ..؟” ކްލާހުގެ ދޮރު ހުޅުވާލި އިރު ކްލާސް ފަޅަށް އޮތުމުން މާކިންގެ މޫނުމަތީގައި އުފެދުނީ […]