“އައްސަލާމް އަލައިކުމް..” ދެމީހުން އެކުގައި ކަހަލަ ގޮތަކަށް ސިއްސައިގެން ގޮސްފައި ދުރަށް ޖެހިލީ ބޭރުން އައި މީހަކު ސިޓިންގ ރޫމްގެ ދޮރުމައްޗަށް އެރުމަށްފަހު ސަލާމް ގޮވާލުމުންނެވެ. އެއީ އެ ގޭގެ ވެރިމީހާގެ އަންހެނުން ޒާރާކަން އެނގުމުން އަވަސް އަވަހަށް ކަރުނަތައް ފޮހެލަމުން މެހެކް ކޮޅަށް ތެދުވެލީ ހަމަޖެހިލަން މަސައްކަތް ކުރަމުންނެވެ. އޭރު ޒާރާގެ މޫނުމަތީގައި ހުރި ކުލަވަރު ފެނުމުން އެދެމީހުންނާއިމެދު ސުވާލުތަކެއް އުފެދިފައިވާކަން މެހެކްއާއިއެކު މާކިންވެސް ޔަގީންކުރިއެވެ. “އައިކަން އެނގިގެން ބަލާލަން މި އައީ.. ރަނގަޅުތަ ގެ.. […]
ތިޔަ ޚިޔާލް ފޮހެލެވޭހޭ މިހިތުން ނެރެލެވޭނޭހޭ ލޭގައިވޭ ދައުރު، ތިޔަނަން މަގޭ ތިހަނދާންތައް ފިލާނޭހޭ ދަތުރުގެ ވަރުބަލިކަން ވެރިވެފައި ވީ ނަމަވެސް ލޯބިވާ މަންމައާއި ކޮއްކޮ ފެނުމުން މެހެކްގެ ހިތައް ލިބިފައިވަނީ ބުނެދޭން ނޭނގޭ ފަދަ ހަމެޖެހުމެކެވެ. ހިނިތުންވެފައި ކުރިއަށް ގޮސް ގޮސް ހުރި މެހެކްގެ ފިޔަވަޅުތަކަށް ކުއްލިއަކަށް ހުއްޓުން އެރީ އޭނާގެ ކުރިމައްޗަށް މީހަކު އެރުމުންނެވެ. ލިބުނު ކުއްލި ސިހުމުގެ ސަބަބުން ދެލޯ ބޮޑުކޮށްފައި ކުރިމަތީގައި ހުރި މީހެއްގެ މޫނަށް ބަލާލުމާއިއެކު އޭނާއަށް ފިޔަވަޅެއް ފަހަތަށް […]
ހުވާކޮށްފައި ބުނަން ލޯބިވޭ ކަލާ ދެކެ އިންތިހާ ލޯބިވޭ ހުވާކޮށްފައި ބުނަން ހިތް ގަޔާވޭ މި ޖާނު ދޭނަމޭ ލޯބިން ހުވާ “ވެއަރ އާރ ޔޫ މެހެކް؟..” ފެންކަޅިވަމުން ދިޔަ ލޯ މަރާލަމުން މާކިން ކޮޅަށް ތެދުވިއެވެ. އަދި އިތުރަށް މަޑު ކުރުމެއްނެތި ކޮޓަރިއަށް ވަދެ ސައިކަލު ތަޅުދަނޑި ހިފައިގެން ދުވެފައި ކަހަލަ ގޮތަކަށް ގެއިން ނުކުންނަން ހިނގައިގަތެވެ. މާކިންއަށް ގޭގެ ދޮރާއި ހަމައަށް ދެވުނު ވަގުތުވީ ދޮރުގައި ޓަކި ޖަހަންފެށި ވަގުތަށެވެ. އޭރު ފަހަތުގައި ޝުބާއާއި […]
ހިތް ނޭދޭ ވައިރޯޅި އަކަށްވެސް ކައިރި ކަލާޔާ ވާން ހިތް ބޭނުންވޭ ތި ލޯބިވާޔާ އުމުރު އެކީގައި ދޭން “މަންމަގެ ދޮށީ ދަރިފުޅު.. ކީއްވެ މަންމައާ ބައްޕަގެއޭ ނުބުނީ..” މެހެކް ވާހަކަ ދައްކަ ދައްކާ އިންދާ ކުއްލިއަކަށް މާކިން އެހިއެވެ. އެއާއިއެކު ހިނިތުންވެގެން އިން މެހެކްގެ މޫނުގެ ކުލަވަރު ބަދަލުވީތަން އޭނާއަށް ވަރަށް ރީތިކޮށް ފެނުނެވެ. “މްމް.. ބައްޕަ ދޯ.. އަހަރެން.. އަހަރެން ބައްޕައެއް ކަމުގައި ދެކޭ މީހަކީ.. އަސްލު.. މްމް.. އަހަރެންގެ ދޮން ބައްޕަ.. މާކިންމެން […]
ފެންނަ ހިނދު ތިޔަ ނަޒަރު ހިތް ޒަޚަމް ކުރުވައޭ ކޮންމެ ހަރަކާތަކުންވެސް އަސަރު ކުރުވައޭ އަދި އަތުގައި އޮތް ކަރުދާސް މޭޒުމަތީގައި ބޭއްވުމަށްފަހު އޭނާ އެތަނުން ނުކުންނަން ހިނގައިގަތީ ދެވަނަ ފަހަރަށް ބިލާލްގެ މޫނަށް ބަލާލުމެއް ނެތިއެވެ. އޭނާއަށް މެހެކް އޮޅުވައެއް ނުލާނެއެވެ. މެހެކްގެ ލޮލުން އޭނާ ދުށީ ތެދުވެރިކަމެވެ. މައުސޫމްކަމެވެ. އެހީތެރިކަމަށް ބޭނުންވެފައި ވާކަމެވެ. އޭނާ އެކަން ހަނދާނުގައި ބަހައްޓާނެއެވެ. ޝައްކާއި ވަހުމްތަކުން އެހިތުގައިވާ ލޯބި ކުޑަކޮށްވެސް ފަނޑުވިޔަ ނުދޭނެއެވެ. އޭނާ ހަގީގަތް ސާފު ކުރާނެއެވެ. […]
ލޯބިން ބުނެލަން ލޯބިން އާދޭ އެކު އުޅެލަން ގާތަށް އަބަދަށް އެކު ހުރެލަން ދުރުވާކަށް އެދިގެން ނުމެވަން މާކިން އިށީނުމަށްފަހު ދެތިން މިނެޓްގެ ތެރޭގައި ބިލާލް އޭނާގެ މޭޒުމަތީގައި އޮތް ލިޔުންތަކެއް މާކިންއާއި ވީ ފަރާތަށް ޖައްސާލުމަށްފަހު އިޝާރާތުން އެ ކިޔާލުމަށް ބުނެލިއެވެ. ބައްޕަގެ ހަރަކާތްތަކުގެ ފަހަތުގައިވާ މަގުސަދު އޮޅުންފިލުވަން ބޭނުންވެފައި އިން މާކިން ސުވާލުން ފުރިފައި އިނދެ ކްލިޕް އަކުން ހަރުކޮށްލާފައިވާ އެ ލިޔުންތައް އަތަށް ނެގުމަށްފަހު ބަލާލިއެވެ. އެވަގުތު އޭގެ އެންމެ މައްޗައް އޮތް […]
ޖެހެލުންވެ މޭ ތެޅޭ ގޮތްވޭ ގައިބާރު ދޫވެ ދާ ގޮތްވޭ މާ ކައިރި ވާގޮތްވެ ސީދާ ލޮލާ ލޯ ވެލީމާ ލަސް ހަރަކާތްތަކަކާއިއެކު ޝުބާމެންގެ ކުރިމަތިން މާކިންއާއި ޖެހިގެން އިން ގޮނޑީގައި އިށީނދެލުމަށްފަހު މެހެކް ޝުބާއާއި ވާހަކަ ދައްކަން ފެށީ އޭނާގެ ވައަތްތިލަ މާކިންގެ އަތުގެ ތެރެއަށް ލަމުންނެވެ. ލިބުނު އުފާވެރިކަމާއި އެއްވަރުގެ ހައިރާންކަމަކާއިއެކު މާކިންއަށް އޭނާގެ އަތުގެ ތެރޭގައި އޮތް މެހެކްގެ އަތަށް ބަލާލެވުނެވެ. މެހެކްގެ ވައަތުގެ ކަށި އިނގިލީގައި އެވަނީ އޭނާގެ ލޯބީގެ ނިޝާނެވެ. […]
ވަކިވާކަށް ނޭދެމޭ އެކުގައިވާން ބޭނުމޭ އަންނާށޭ ދޫކޮށްފައި ނުދާށޭ ހުދުކުލައިގެ މުތެއްގެ ސިފައިގައިވާ ބޮޑު އެހެއް ޖަހާފައިވާ އެ އަނގޮޓިއަށް ބަލަހައްޓައިގެން ހުރުމަށްފަހު މެހެކްއަށް އަނެއްކާވެސް މާކިންގެ މޫނަށް ބަލާލެވުނެވެ. އޭރު އެމޫނުގައިވަނީ ހިތްދަމައިގަންނަ ފަދަ ސިއްރުވެރި ހިނިތުންވުމެކެވެ. މައުނަވީ ފުން ދެލޮލުގައިވަނީ އުއްމީދުން ފުރިގެންވާ ބަލާލުމެކެވެ. “މާކިން؟..” މެހެކްގެ އަޑު ނުކުތީ ސިއްރު ސިއްރުންނެވެ. “މެހެކް.. އެނގޭ ދޯ އަހަރެން ވަރަށް ލޯބިވާކަން.. އައި.. އައި ލަވް ޔޫ މެހެކް..” މެހެކްގެ މުށުގައި އަނގޮޓި ފޮރުވާލަދެމުން […]
“އަޅުގަނޑުގެ ވާހަކަތަކުގެ އެންމެ ފަހުގެ އަޕްޑޭޓް އަޅުގަނޑުގެ ފޭސްބުކް ޕޭޖްގައި https://www.facebook.com/Laya-109143580845940/ ********************************************************** ތިޔަ ކުރަން އެދޭ ސުވާލު ކޮށްލާށޭ ހިތްމިދެނީ ގެންދެބަލާށޭ ނޭނގޭހެ ވަރަށް ލޯބި ވެޔޭ “މްމް.. ތޭންކްސް.. މްމް.. ހުރިހާ ކަމެއް އޯކޭތަ މާކިން؟..” މާކިންގެ އާދަޔާ ޚިލާފު ނަޒަރުގެ ސަބަބުން އަތްފައި ފިނިވަމުން ދިޔަ މެހެކް ނުތަނަވަސްކަމާއިއެކު ބުނެލިއެވެ. ހަމަ އެއާއިއެކު އެއްމިޔަކަނުން ހީނލުމަށްފަހު މާކިން މެހެކްއާއި ދުރަށް މޫނު އަނބުރާލިއެވެ. އޭނާގެ މޫނަށް އައިސްފައިވާ ކުޑަ ކުޑަ ބަދަލުވެސް މެހެކް ދެނެގަންފިއެވެ. އިތުރަށް އެހިތަށް އުނދަގޫ ކުރަމުންދާ ޚިޔާލުތައް […]