ހިމާޔަތް މިރޭ… ތިއަތުން ލިބުން… އެދޭތީ މިހިތް… ނުހަނު ހައިރާންވެޔޭ… އޭރު އެ އަތުގެ ތެރޭގައި ހުރި މެހެކްގެ ނަފްސަށް ވެރިވެފައިވާނީ އާދަޔާ ޚިލާފު ހަމަހިމޭން ކަމެކެވެ. ދެއަތް މާކިންގެ މޭގައި ތަތްކޮށްލައިގެން ލޯ މަރާލައިގެން ހުރިއިރު އޭނާއަށް އިހުސާސް ކުރެވެމުން ދިޔައީ ރައްކާތެރިކަމެވެ. ލޯތްބާއި ކުލުނެވެ. އޯގާތެރިކަމާއި އަޅާލުމެވެ. “އާރ ޔޫ އޯކޭ؟..” މާކިންގެ މޭގައި މޫނު ފޮރުވާލައިގެން ހުރި މެހެކްގެ ބޮލުގައި ފިރުމާލަމުން އޭނާ އެހިއެވެ. އެއާއިއެކު އެހުރިގޮތަށް ހުރެފައި މެހެކް ބޯ ޖަހާލުމުން […]
(އަޅުގަނޑުގެ ވާހަކަ “އެކުގައިވާން އެދެމޭ” މިއީ މިސައިޓުގައި ކުރިން ލިޔަން ފެށުމަށްފަހު 29 ބައި ޝާއިއު ކުރެވިފައިވާ ވާޙަކައެކެވެ. އެހެންނަމަވެސް ހާލަތު ދިމާވީ ގޮތުން ވާހަކަ ޝާއިއު ކުރުން ހުއްޓާލުމަށްފަހު އަޅުގަނޑުގެ އައިޑީއަށް ދިމާވި މައްސަލަތަކެއްގެ ސަބަބުން ވާހަކަ ކުރިއަށް ނުގެންދެވި ގިނަ ދުވަސްތަކަކަށް މެދުކެނޑިގެން ދިޔައެވެ. އަދި މިކަމަށްޓަކައި ކިޔުންތެރިންގެ ފަރާތުން މަޢާފަށް އެދެމެވެ. އަދި ވާހަކަ ކުރިއަށް ނުގެންގޮސް ހުއްޓާލާނެ ކަމުގައި ބުނެ ލަޔާގެ ނަމުގައި ކޮމެންޓް ކޮށްފައިވަނީ އަޅުގަނޑު ނޫންކަން މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. […]
ހެޔޮ ހާލުގައި ކަލާ ތިހެން..ހިނިތުންވެފައި ހުރޭ ސާދާ ލޮލާ ދެތުންފަތާ..ފެނުނަސް މިހިތް ފުރޭ “ތޭންކްސް މެހެކް. ފޯ ގިވިން މީ އަ ޗާންސް..” މާކިންގެ މެސެޖު ކިޔާލުމަށްފަހު އަޅާލުން ކުޑަ ގޮތަކަށް ފޯނު ބާއްވަން އުޅެފައި ހިތައް އެރި އެއްޗަކުން މެހެކް އަނެއްކާވެސް ފޯނު ނަގައިފިއެވެ. އަދި ފިއްތަކަށް ފިތާލުމަށްފަހު އެ މެސެޖުގެ ޖަވާބެއް ފޮނުވާލިއެވެ. ދުވަސްތައް އާދައިގެ ގޮތަކަށް ވޭތުވަމުން ގޮސް މާކިންއަށް މެހެކްގެ ރަހްމަތްތެރިއަކަށް ވެވުނު ފަހުން ދެތިން ހަފްތާ ފާއިތުވެގެން ހިނގައްޖެއެވެ. އެދެމެދުގައި […]
ލޮލަކަށް ނިންޖެއް ނާދޭ މިހިތަށް ވާވަރު ނޭނގޭ ހީވޭ ހިތް ބުނާހެން ލަސްލަހުން މޫނެއް ތިޔަ ނޫން ފެންނާކަށް ނޭދެމޭ “މާކިން.. އަހަރެންނާ ހެދިތަ ކޮލެޖަށް ނުދަނީ..” މެހެކް އިސް ޖަހާލައިގެން އިނދެ މަޑު މަޑުން އެހިއެވެ. އެވަގުތު މާކިންވެސް އިސްޖަހާލިއެވެ. އޭނާއަށް އެސުވާލަށް ދޭނެ ޖަވާބެއް ނޭނގެއެވެ. އޭނާ ކޮލެޖަށް ނުދަނީ މެހެކް ފެންނާނެތީއެވެ. “އަހަރެން ބުނީމެއްނު އަހަރެންގެ ސަބަބުން މާކިންއަށް ލިބޭނީ ގެއްލުންތަކެކޭ.. މިހާރުވެސް ބަލާބަލަ މާކިންއަށް ވަމުން ދާ ގޮތް.. އެހާ ރަނގަޅަށް […]
ދުރުވާން މަސައްކަތް ކުރިޔަސް އިތުރަށް ހަމަ ގާތޭ ވެވެނީ ތި ހަނދާން ފޮހެވޭތޯ ބެލިޔަސް އިތުރަށް ތި ޚިޔާލޭ ކުރެވެނީ ލޮލުގައި ގިނަ ވަމުން ދިޔަ ކަރުނަތަކާއިއެކު މެހެކް އޭނާގެ ކުރިމަތިން ގެއްލިގެން ދިޔަ މަންޒަރު ބަލަން ހުރިއިރު މާކިންގެ ހިތް ހީވަނީ ފަޅައިގެން ހިނގައިދާނެ ހެންނެވެ. ލަސް ލަހުން ޖީބުގައި އޮތް ފޯނު ނަގާ ޝުބާއަށް ގުޅާލުމަށްފަހު މެހެކްއާއި ހަވާލުވުމަށް ބުނުމަށްފަހު ފޯނު ބޭއްވިއިރު އޭނާއަށް ރަނގަޅަށް ރޮވިއްޖެއެވެ. އޭނާގެ ތެދުވެރި ލޯބީގައި ހަމަ އެއްވެސް […]
ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ ލޯބިވެރިއެއް ތި ނޫނީ މަށެއް ނޭދެމޭ “މެހެކްއަށް މިހާރު އެނގޭނެ އަހަރެންގެ ހިތުގަ މެހެކްއަށްޓަކައި ވާ އިހުސާސްތައް……” “މާކިން އަޅެ ކިހިނެތްތަ ވެގެން ތިއުޅެނީ؟.. ކިތައް ފަހަރު ބުނިއްޔާތަ އަޑު އަހާނީ.. އަހަރެންނަށް އުނދަގޫވެއޭ..ދުރަށް ދާށޭ.. ނާންނާށޭ.. ނުވިސްނާށޭ.. މާކިންއަކަށް ނީވޭތަ މިބުނާ އެއްޗެއް” މާކިން އޭނާގެ ހިތުގައިވާ އިހުސާސްތައް ހާމަކޮށްލަން އުޅުނު ވަގުތު އޮށޯވެ އޮތް މެހެކް ކުއްލިއަކަށް ތެދުވެ އިށީންނަމުން ރުޅިވެރިމަކާއިއެކު ބުނެލިއެވެ. އެއާއިއެކު އެ ބޮޑު […]
ތިޔަ ލޯބިން ހިތް އަދު ޒަޚަމް ވަނީވެސް ލޯބިންނޭ ތިޔަ ސޫރަ ހިތުން ނުފިލާނޭ ކެރިހުރެ ވަޢުދުވަމޭ މެހެކް އެބުނި އެއްޗަކުން މާކިންއަށް ލަމުން ދިޔަ ނޭވާވެސް ހުއްޓުނު ފަދައިން ހީވިއެވެ. ދެލޯ ބޮޑުކޮށްގެން ހައިރާންވެފައި މެހެކްގެ ހިތާމައިން ފުރިގެންވާ މޫނަށް ބަލަހައްޓައިގެން ހުރިއިރު ލަދުވެތިކަމުގެ ސާލެއް އޭނާގެ ގައިގައި އޮޅެމުން ދިޔަ ފަދައެވެ. ތުންފަތުގައި ދަތް އަޅާލަމުން އިސް ޖަހާލެވުނު އިރު މާކިންގެ ލޯ ވެސް ކަރުނައިން ފުރިއްޖެއެވެ. އޭނާއަށް އެވަރު ވިސްނާ ނުލެވުނީ […]
ވިސްނާލަން ނޭނގޭ ޚިޔާލުތަކޭ އަޖައިބެއްފަދަ އިހްސާސްތަކޭ މިވެވެނީ ލޯބިކަން ޔަޤީން “ކީއްވެ ނުހުންނަންވީ.. އުމުރުން 31 އަހަރު ވާއިރު ޚާއްސަ މީހުންވެސް ތިބޭނެއެއްނު..” އެސްފިޔަތައް އުފުލާލާ މާކިންގެ މޫނަށް ނަޒަރު ހުއްޓާލަމުން މެހެކް އެހެން ބުނެލީ ކެރިހުރެއެވެ. އޭނާ އެހެން ބުނެލުމާއިއެކު ހިނިތުންވެލައިގެން ހުރި މާކިންގެ މޫނުމަތީގެ ކުލަވަރު މުޅީން ބަދަލުވެގެން ދިޔަތަން މެހެކްއަށް ފެނުނެވެ. މެހެކް ކުޑަކުޑަކޮށް ހިނިތުންވެލިއެވެ. ކަންތައް އެވީ ހަމަ އޭނާ އުންމީދު ކުރި ގޮތަށެވެ. މާކިންގެ ހިތުގައި އޭނާއާއި މެދު ކުޑަވެސް […]
**** ނާރުތައް ހަށިގަނޑުގެ ހުރިހާ ހީވިޔޭ ކެނޑި ބުރިވިހެން އެތެރެހަށި ހީވޭ ދަނީހެން ހަމަ އަނދާ އަޅިއަށް ވެގެން **** މާކިންއާއި މެހެކް ހަދާނެ ގޮތެއް ނޭނގިފައި ތިއްބާ ކުއްލިއަކަށް އިޝާން ކޮޓަރިން ނުކުތެވެ. ޝުބާ ގެއަށް އައިސް ވަނީވެސް ހަމަ އެވަގުތެވެ. ހަމަ އެއާއިއެކު އިޝާން ބާރު ބާރަށް ހިނގާލާފައި ގޮސް ޝުބާގެ އަތުގައި ހިފައިގެން އެނބުރި މާކިންގެ ކޮޓަރިއަށްވަދެ ދޮރު ލައްޕާލިއެވެ. މާކިންއަށާއި މެހެކްއަށް އަނެއްކާވެސް އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނެވެ. މާކިން ބޯ […]