Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނުފިލާނޭ މިހިތަކުން… 25

Laya Level 310 Stories100 Login
July 20, 2020 6 Mins Read
11 Comments

“އައްސަލާމް އަލައިކުމް..” ދެމީހުން އެކުގައި ކަހަލަ ގޮތަކަށް ސިއްސައިގެން ގޮސްފައި ދުރަށް ޖެހިލީ ބޭރުން އައި މީހަކު ސިޓިންގ ރޫމްގެ ދޮރުމައްޗަށް އެރުމަށްފަހު ސަލާމް ގޮވާލުމުންނެވެ. އެއީ އެ ގޭގެ ވެރިމީހާގެ އަންހެނުން ޒާރާކަން އެނގުމުން އަވަސް އަވަހަށް ކަރުނަތައް ފޮހެލަމުން މެހެކް ކޮޅަށް ތެދުވެލީ ހަމަޖެހިލަން މަސައްކަތް ކުރަމުންނެވެ. އޭރު ޒާރާގެ މޫނުމަތީގައި ހުރި ކުލަވަރު ފެނުމުން އެދެމީހުންނާއިމެދު ސުވާލުތަކެއް އުފެދިފައިވާކަން މެހެކްއާއިއެކު މާކިންވެސް ޔަގީންކުރިއެވެ.

“އައިކަން އެނގިގެން ބަލާލަން މި އައީ.. ރަނގަޅުތަ ގެ.. ދަތިވާ ކަމެއް އޮތިއްޔާ ބުނަންވާނެ..” ޒާރާ މަޑުމަޑުން އެތެރެއަށް ވަނުމަށްފަހު މާކިންއާއި ދިމާއަށް ބަލަހައްޓައިގެން ހުރެ ވާހަކަ ދެއްކިއެވެ. އޭނާގެ މޫނުމައްޗާއި ހަރަކާތްތައް ހުރިގޮތުން މެހެކް ހުރީ ބޮލުގައި ރިއްސައިގަންނަ ގޮތް ވެފައެވެ. ޒާރާއަކީ ކާކުކަން މެހެކްއަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެކި ތަންތަނުން ވާހަކަ ހޯދައިގެން، ވާހަކަ ހިފައިގެން މުޅި ރަށުގައި ހިނގުމަކީ އޭނާގެ އާދައެވެ. މިފަހަރު އޭނާގެ ދުލުގެ މަޅީގައި ޖެހިފައި މިވަނީ އޭނާއާއި މާކިންއެވެ. ޒާރާ އެގެއިން ނުކުތުމަށްފަހު އެދެމީހުންނޭ ކިޔައިގެން ރަށުތެރޭގައި ތަފާތު އަޑުއަޑު ފެތުރިލާކަށް މާ ގިނަ އިރެއް ނުނަގާނެއެވެ.

“ދަތިވ ކަމެއް ނެތް.. އަޅުގަނޑުމެން އަތުގަ ވެރިމީހާގެ ނަމްބަރު އެބައޮތް.. ކަމެއް ބޭނުން ވާނަމަ ގުޅާލާނަން..” ހިނިތުންވެލަމުން ކުރިއަށް ޖެހިލަމުން މާކިން ޒާރާއާއި ވާހަކަ ދެއްކީ އޭނާގެ ސަބަބުން މެހެކްއަށް ނުތަނަވަސްކަން ވެރިވެއްޖެހެން ހީވުމުންނެވެ. މާކިންގެ ފަރާތުން ލިބުނު ޖަވާބުގެ ސަބަބުން އިތުރަށް މަޑުކުރާނޭ ބަހަނާއެއް ޒާރާއަކަށް ނުފެނުނެވެ. ގޭގެ އެތެރެއަށް އަރިއަރިކޮށްފައި ބަލަމުން ކަހަލަ ގޮތަކަށް އޭނާ އެގެއިން ނުކުމެގެން ދިޔައީ މެހެކްގެ އިތުރުން މާކިންގެ ހިތަށްވެސް ފޫހިކަން ވެރިކުރުވާފައެވެ.

ފިހާރައިން ގަންނަން ބޭނުންވާ ސާމާނު ގަނެގެން އިޝާންއާއި ކައިސް އެނބުރި ގެއަށް އައުމުން އިތުރަށް މަޑު ކުރާ ޚިޔާލެއް މެހެކް ނުކުރިއެވެ. އަރާމުކޮށްލުމަށްފަހު ފަހުގެ ވަގުތެއްގައި އެގެއަށް އައުމަށް ދަޢުވަތު ދެމުން އޭނާ ކައިސްއާއިއެކީ ގެއަށް ދިޔައީ މާކިންއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ގެނެސްދީފައެވެ. އަރާމުކޮށްލަން ބޭނުންވެފައި ހުރި ވަރުން މާކިންވެސް މެހެކްމެން ދިއުމުން އިތުރަށް ބޭރުގައި މަޑުކުރުމުގެ ބަދަލުގައި އޭނާ ހުރުމަށް ހަމަޖެހިފައިވާ ކޮޓަރިއަށްވަދެ ފެންވަރާލާ، ތާޒާވެލިއެވެ. އަދި އެ ތާޒާކަމުން ހަށިގަނޑަށް ވެރިވެފައިވާ ވަރުބަލިކަން ކުޑަކޮށްލުމުގެ ނިޔަތުގައި އެނދުގައި އޮށޯވެލުމަށްފަހު ފޯނު ނަގާ އޭނާގެ މަންމައަށް ގުޅާލީ ސަލާމަތުން އެރަށަށް އާދެވިއްޖެކަން އަންގާލުމުގެ ބޭނުމުގައެވެ.

“މަންމާ.. އާދެވުން ވާހަކަ ބުނަން..” އާދައިގެ މަތިން އެކޮޅުން ފޯނު ނެގުމާއިއެކު މާކިން ވާޙަކަ ދައްކަން ފެށިއެވެ.

“އާދެވުނީ އޭ.. ރަށަކަށް ދިޔައިރު ދިޔަ ރަށެއް އަހަރެމެންނަށް އެނގެން ޖެހޭނެ.. ކީއްވެ ނުބުނެވުނީ.. ނޭނގޭނެ ކަމަށްތަ މާކިން ހީކުރީ.. ބަލަ ބައްޕައަށް ނޭނގި މާކިންއަށް އެއްވެސް ކަމެއް ކުރެވިދާނެއޭ ހީވަނީތަ..” މާކިން ހީކުރި ގޮތާއި ޚިލާފަށް އޭނާގެ ފޯނަށް ޖަވާބު ދިނީ މަންމަގެ ބަދަލުގައި ބައްޕައެވެ. އޭނާގެ އަޑު ކަންފަތުގައި ޖެހުމާއިއެކު މާކިންއަށް ދެބުމައިގައި ހިފަހައްޓާލަމުން ބާރަށް ލޯ މަރާލެވުނެވެ. ބައްޕައަށް އެހާ އަވަހަށް އެނގުނީތާއެވެ.

“ނޭނގިއެއް ނޫން އައީ.. ކޮބާ މަންމަ؟..” މާކިން އެ އޮތް ގޮތަށް އޮވެ ވާހަކަ ދެއްކިއެވެ.

“މާކިން ހީކުރީ ތި ދިޔައީ އެ މެހެކްގެ ފަހަތުންކަން ބައްޕައަށް ނޭނގޭނެ ކަމަށްތަ؟.. ކިތައް ފަހަރު ބުނެވިއްޖެ އެކަން ހުއްޓާލާށޭ.. ކޮންފަދަ ނުބައި މަޅިއެއްގަ ޖެހުވިފަ ތިހުރީ.. އެ ނުބައި އަންހެނާ ފަހަތުން އެރަށަށްވެސް…..”   “ބައްޕާ ޕްލީޒް.. މިއީ އަހަރެންގެ ނިންމުމެއް.. މެހެކްގެ ނިންމުމެއް ނޫން.. އެހެން ނޫނަސް އަހަރެން އައީ އިޝާންމެން އެކީ.. މެހެކްއަށް އެއްޗެހި ނުކިޔާ..” ބިލާލްގެ އަޑުގައި މެހެކްއަށްޓަކައިވާ ނުރުހުން އިހުސާސް ކުރެވުނު ކަމުގައިވިޔަސް އޭނާ ބައްޕައާއި ވާހަކަ ދައްކަން މަސައްކަތް ކުރަމުން ދިޔައީ އިހްތިރާމާއި އެކުގައެވެ.

“ނަސޭހަތް ދީ ދީ ނުހުއްޓުނު ދޯ.. ދެން ބައްޕައަށް ޖެހޭނީ ބާރުގެ ބޭނުން ކުރަން.. އަހަރެމެންގެ ލައިފަށް މެހެކް އައުމަކީ އިކްރާމް ގެ ފަރާތުން ނުބައި ރޭވުމެއްކަން ޔަގީން… މާކިން ރަނގަޅަށް އަޑު އަހާ.. ތިޔަ ގުޅުން ތިޔަހެން ކުރިއަށް ގެންދާ ކަމުގައި ވަނީ ނަމަ މެހެކްއަށް ވަރަށް ބޮޑެތި ގެއްލުން ވާނެ.. މެހެކްއަށް ވެސް މާކިންއަށް ވެސް އަންދާޒާކޮށްލަންވެސް ނޭނގޭ ފަދަ ގެއްލުން ލިބޭނެ.. ތިކަން ހުއްޓާލާ..” ބިލާލްގެ ރަހުމެއް ނެތް ބަސްތަކުން މާކިންގެ ހިތުގައި އަމިއްލަ ބައްޕައާއިމެދު އުފެދެމުން ދިޔަ ރުޅިވެރިކަމަށްވުރެ މާ ބޮޑު ބިރުވެރިކަމެއް މެހެކްއަށްޓަކައި އެހިތުގައި އުފެދެމުން ދިޔައެވެ.

“ބައްޕާ.. އަޅެ މީ ބައްޕަގެ ދަރި… ” މާކިންއަށް ބުނަން އުޅުނު ޖުމްލަ ކުރިއަކަށް ނުގެންދެވުނެވެ. ބިލާލް ފޯނު ކަނޑާލުމުން މާކިން ދަތްކުނޑި ވިކާލިއެވެ. ބައްޕަ އޭނާއަށް ބިރު ދެއްކިޔަސް އޭނާ މެހެކްއާއި ވަތްކެއް ނުވާނެއެވެ. އޭނާއަށް މެހެކްއާއި ނުލާ މިހާރަކު ނޫޅެވޭނެއެވެ. ބައްޕަގެ ފަރާތުން ލިބިދާނެ ނުރައްކަލަކުން އޭނާ މެހެކް ސަލާމަތް ކުރާނެއެވެ. އެކަމަކު.. އެކަމަކު ކިހިނެތް ހެއްޔެވެ. މާކިން ކަރުތެރެއިން އަޑެއް ނެރެމުން ބަންޑުން ޖެހުމަށްފަހު ބާލީހުގެ ތެރޭގައި މޫނު ވަޅުލިއެވެ. ހިތައް ވެރިވަމުންދާ ނުތަނަވސް ޚިޔާލުތައް ބޭރުކުރާނެ އިތުރު ގޮތެއް އޭނާއަކަށް ނޭނގުނެވެ.

ރަށަށް އައިތާ ދެތިން ދުވަސް ވީއިރު މެހެކްގެ ހާލަތު ހަމައަކަށް އެޅުނު ކަމުގައިވިޔަސް، އަދިވެސް ދޭތެރެ ދޭތެރެއިން އަމިއްލަ ޚިޔާލުތަކަށް ގެއްލި، ކަރުނަ އެޅުމުގައި އޭނާ ވަގުތު ހޭދަ ކުރެއެވެ. އެހެން ނަމަވެސް ދެތިން ދުވަސް ފަހުން އޮތް ކައިސްގެ ކައިވެނީގެ ތައްޔާރީތައް ވަމުން ދާތީ ގިނަ ވަގުތު މެހެކް އުޅެމުން ދިޔައީ ކޮންމެވެސް ކަމެއްގައި، ކޮންމެވެސް ބަޔަކާއިއެކުއެވެ. އެ ތައްޔާރީތަކުގައި މެހެކްގެ އިތުރުން މާކިންއާއި، ޝުބާއާއި އިޝާންވެސް ފުރިހަމައަށް އެހީތެރި ވަމުން ދިޔައެވެ. އެންމެން އެކުގައި ގިނަ ވަގުތުތައް ހޭދަކުރަމުން ދިޔައިރު މެހެކްއާއި މާކިންގެ ދެމެދުގައި ބަދަލުކުރެވޭ ގޮތް ނޭނގޭ ބެލުންތަކާއި، ހިނިތުންވުންތައް ކައިސްއަށް ވަނީ ފާހަގަ ކުރެވިފައެވެ. އެހެން ނަމަވެސް ދުވަސްކޮޅުގެ ގޮތުން، ކަންތައްތަކުގައި މާ ބުރަކޮށް އުޅެން ޖެހިފައި ވުމުން ކައިސްއަށް އަދި މެހެކްއާއި ވާހަކަ ދައްކާލެވޭނޭ ފުރުސަތެއް ނުލިބެއެވެ. އޭނާގެ ކައިވެނީގެ ހަފްލާ ފުދޭވަރަކަށް ކުލަގަދަކޮށް ބާއްވަން ގަސްދުކޮށްފައިވާތީ، ނުހަނު ގިނަ ތައްޔާރީތައް ދެފަރާތުންވެސް ވާން ހުއްޓެވެ.

މެހެކްމެންގެ ގޭގައި، ނުވަތަ މެހެކްއާއި އެކުގައި ގިނަ ވަގުތުތައް ހޭދަ ކުރެވެމުން ދާތީ ހިތްހަމަ ޖެހިފައި ހުރި  ވަރުން މާކިން ބިލާލް ދިން އިންޒާރުތަކުގެ މަތިން ހަނދާނެއް ނެތެވެ. އެ ދުވަހުގެ ފަހުން މަންމައާއި ބައްޕައާއި ދެމީހުން ކުރެ އެކަކުގެވެސް ކޯލެއް ނައުމުން އެކަމާއި ވިސްނާލެއްވެސް އޭނާ މަދުކޮށްލިއެވެ. އެ ޚިޔާލުތަކުގެ ސަބަބުން މޫޑު ގޯސްވެފައި ހުރުމަށްވުރެ، މެހެކްއާއި އޭނާގެ އާއިލާއަކުގައި ހޭދަ ކޮށްލަން ލިބުނު ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފާލުން މާ ރަނގަޅުކަމުގައި އޭނާގެ ހިތް ބުނީއެވެ. ޝުބާއާއި އިޝާންގެ ސަކަރާތްތަކާއި، ކައިސްގެ ކައިވެނީގެ ތައްޔާރީތަކާއި، މެހެކްއާއި މަދުން ނަމަވެސް ބަދަލުކޮށްލާ ކުދި ކުދި އިޝާރާތްތަކުގެ ސަބަބުން އޭނާއަށް ލިބިފައިވަނީ ބުނެދޭންވެސް ނޭނގޭފަދަ އުފާވެރިކަމެކެވެ.

ކައިސް ކައިވެނި ކުރަން އޮތް ދުވަހުގެ ކުރީ ދުވަހެވެ. ކައިސްއާއި އޭނާގެ ލޯބިވެރިޔާ ނާޔާ އަދި މާކިންއާއި މެހެކްއާއި އެކު އިޝާންއާއި ޝުބާވެސް މެހެކްމެންގެ ގޭގައި ކައިސްގެ ކޮޓަރީގައި ތިބީ ކައިވެނި ޕާޓީގެ ދައުވަތު ކާޑުތައް ބައި ބަޔަށް ބަހާ ވަކިކުރުމުގެ މަސައްކަތުގައެވެ. އެންމެން އެކުގައި ވަގުތުތައް ހޭދަ ކުރަމުން ދިޔައިރު އެ އެންމެންގެ މެދުގައިވެސް ވަނީ ގާތް އެކުވެރިކަމެއް އުފެދިފައެވެ. އެ އެންމެންނާއިވެސް މެހެކްއާއި ހުރި އުމުރުގެ ތަފާތުގެ ސަބަބުން އެމީހުން ޖަހާ ގިނަ ސަކަރާތްތަކުގައި އޭނާ ބައިވެރިއެއް ނުވެއެވެ. ގިނަ ފަހަރު ހަމަ އެކަނި ހިނިތުންވުމަކުން ފުއްދާލި ކަމުގައި ވިޔަސް އެތަނުގައި އުފެދިފައި އޮތް އެކުވެރި، އުފާވެރި ކަމުގެ ސަބަބުން މެހެކް އިނީ އިންތިހާއަށް ހިތްހަމަޖެހިފައެވެ. ޚާއްސަކޮށް ކައިސްގެ މޫނުމަތިން ފެންނަމުން ދިޔަ އުފާވެރިކަން އޭނާގެ ހިތަށް ހަމަޖެހުން ގެނުވައިދެއެވެ. މިހާރު އޭނާ މަސައްކަތް ކުރަމުން އެދަނީ ކައިސްއަށް މިއޮށް ހުރިހާ ދުވަހު މަދުވެފައިވާ އެއްބަނޑު އެއްބަފާ ދައްތައެއްގެ ލޯތްބާއި އަޅާލުން ދިނުމަށެވެ. އޭނާ ވީ ގުރުބާނީގެ އަގު އަދާކުރުމަށެވެ.

“އަސްލު… އީ.. ފާސްވިތަ.. އޯހްހް.. ސޮރީ…. އަޅެ ބިރުގަނެއްޖެ މިހާރު…. ” މަސައްކަތުގައި އަވަދިނެތި ތިބި އެންމެންނަށްވެސް ކުއްލި ސިހުމެއް ވެރިވީ ޝުބާގެ ފޯނަށް އައި ކޯލެއް ނެގުމާއިއެކު އޭނާގެ އަޑަށް އައި ކުއްލި ބަދަލުގެ ސަބަބުންނެވެ. ތޫލި އަޑުން ހަޅޭއްލަވައިގަންނަމުން ކޮޅަށް ތެދުވިތަސް ފެނުމުން ހައިރާންވީ ނަމަވެސް އޭނާގެ ހަރަކާތްތައް ހުރިގޮތުން ބާކީ ތިބި އެންމެންވެސް ތިބީ ހިނި އައިސްފައެވެ.

“ޝުބީ.. ހަމަ ޖެހިބަލަ.. ކިހިނެތްތަ ވީ..” ކޮޅަށް ތެދުވެ ހުރި ޝުބާގެ އަތުގައި ހިފާ ކައިރީގައި ބައިންދަމުން އިޝާން ވާހަކަ ދެއްކީ ހިނި އައިސްފައި އިނދެއެވެ.

“އަޅޭ.. ރިޒަލްޓް އައިސްފިޔޯ.. އެންމެން ބަލާބަ.. އައިޝްވެސް ފެއިލް ވެފަޔޯ އެކަތިން…” އަތުގައި އޮތް ފޯނަށް ބާރުބާރަށް ފިއްތަމުން ހިތް އަވަސްވެފައި އިނދެ ޝުބާ ބުނެލި އެއްޗަކުން އިޝާންއާއި މާކިންވެސް ވަގުތުން ފޯނު އަތަށް ނެގިއެވެ. އެހެން ނަމަވެސް ޝުބާގެ އެ ޖުމްލައިން އެމީހުންގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ހީފައި އިން މެހެކްއަށް މާ ބޮޑު ބަދަލެއް ނައެވެ.

“ދޮންތި ނުބަލަންތަ؟.. ހާދަ ހަމަޖެހިލާފަ ތީނީ.. ބަލާ އެމީހުން ނާވަސް ވީ ވަރު..” މެހެކް ހަމަ ޖެހިލާފައި އިން ވަރުން ހިނިގަނޑެއް ޖަހާލަމުން ކައިސް ސުވާލުކޮށްލީ މަޖާ ގޮތަކަށެވެ.

“އައްދެ.. މެހެކް ނުޖެހޭނެ ބަލާކަށް.. ޔަގީން ކަމެއްނު މެހެކް ފާސްވާނެކަން..” ޝުބާ ފޯނުން ނަޒަރު ވަކިކޮށްލުމަށްފަހު ކައިސްއަށް ޖަވާބުދާރީ ވީ މެހެކްއާއިމެދު ފަޚުރުވެރިވެލަމުންނެވެ.

“ތެދެއް.. މެހެކްއަށް ނޭނގޭ އެއްޗެއް ނޯންނާނެ އެއްވެސް މޮޑިއުލްއަކުން.. ” އިޝާންވެސް ހީނލަމުން ޝުބާއާއި ބައިވެރިވެލިއެވެ.

“މެހެކްގެ ރިޒަލްޓް އެނގޭތީ ބަލާހިތް ނުވަނީވެސް.. އޯލްވޭސް ބެސްޓް..” މާނަފުން ހިނިތުންވުމެއް މެހެކްއަށް ހަދިޔާ ކޮށްލަމުން މާކިންވެސް ބުނެލައިފިއެވެ. އެމީހުންގެ ވާހަކަތައް އަޑު އިވުމުން ކައިސްއާއި ނާޔާވެސް ބޭނުންވީ ހަމަ އެވަގުތު މެހެކްގެ ނަތީޖާ ބެލުމަށެވެ.

“އޯކޭ.. އޯކޭ.. އެގްޒާމް ވަރަށް ފަސޭހަ އޭ.. ދެން އެއިން ފާސްވާނެއްނު..” ހެދުނު އިމްތިހާންތަކާއިމެދު މެހެކްއަށް ޔަގީންކަން އޮތެވެ.

“އާހހ.. އަލްހަމްދުލިﷲ.. ފާސްވެފަ.. އޯހްހް.. ތޭންކްސް މެހެކް.. މެހެކްގެ ހެލްޕް ލިބުނީމަ މިހާވަރު މިވީ..” ފޯނުން ނަތީޖާ ބެލުމަށްފަހު ހަށިފުރާ ނޭވާއެއް ލަމުން ޝުބާ ބުނެލިއެވެ.

“މަވެސް.. ފާސްވެފަ..” ޝުބާ އެހެން ބުނެ ނުނިމެނިސް އިޝާންއާއި މާކިން އެކުގައި ކަހަލަ ގޮތަކަށް ބުނެލިއެވެ. ހަމަ އެއާއިއެކު ތިން މީހުން ތިން މީހުންނަށް އަތާ އަތު ޖަހާ، ސަކަރާތާއިއެކު އުފާ ފާޅު ކުރުމުގެ ވަގުތުކޮޅެއް ހޭދަކޮށްލިއެވެ. އެ ސަކަރާތުގައި މަންޒަރު ބަލަން ތިބި ކައިސްއާއި ނާޔާވެސް އެމީހުންނާއިއެކު ބައިވެރިވިއެވެ. އެހެން ނަމަވެސް އަތުގައި އޮތް ފޯނަށް ބަލަހައްޓައިގެން އިން މެހެކްއަށް އެތަނުގައި ހިނގާ އެއްވެސް ކަމެއްގެ ހިލަމެއް ނުވާ ފަދައެވެ. އެސްފިޔަ ޖަހާލުމެއް ނެތި ފޯނާއި ދިމަ ބަލަހައްޓައިގެން އިން އިރު އޭނާގެ ދެލޯ ވަނީ ބޮޑުވެފައެވެ. ފޯނުފެ ސްކްރީނުން އެ ފެންނަ އެއްޗެއް އޭނާއަށް ގަބޫލި ނުކުރެވިފައި ވާ ފަދައެވެ.

“ހަތަރު މޮޑިއުލްއިންވެސް ފެއިލް..” މެހެކްގެ މަޑުމައިތިރި އެހެނަސް ބާރު އަޑު އިވުމާއިއެކު ކޮޓަރިތެރެ ހިމޭން ވެގެން ދިޔައެވެ. ލިބުނު ސިހުމާއިއެކު އެންމެންނަށް އެކުއެކީގައި ކަހަލަ ގޮތަކަށް މެހެކްއާއި ދިމާއަށް އެނބުރެވުނު އިރުވެސް އޭނާ އިނީ އޭނާގެ ފޯނަށް ނަޒަރު ހުއްޓާލައިގެންނެވެ.

“ވަޓް؟..” މެހެކް ބުނި އެއްޗަށް އެންމެ ފުރަތަމަ ހަރަކާތް ކުރީ މާކިންއެވެ. ގަބޫލު ނުކުރެވޭ ފާޑު ގޮތަކަށް މޫނަށް ރޫތަކެއް އަރުވާލަމުން މެހެކްގެ އަތުން ފޯނު އަތުލުމަށްފަހު ބާކީ ތިބި މީހުންނާއިއެކު އެފޯނުގެ ސްކްރީނަށް އެންމެން އެކުގައި ކަހަލަ ގޮތަކަށް ނަޒަރު ހުއްޓާލިއެވެ.

“އެކަމު.. މީ… ހައު އިޒް ދިޒް ޕޮސިބްލް..” “މެހެކްކް.. ކިހިނެތްވެފަ މިއޮތީ..” “އެކަމު އަހަރުންނަށްވެސް އެބައިތައް ކިޔަވަދިނީ މެހެކް.. ދެން ކީއްވެ..”.. ފަހަރަކު މީހަކު ހައިރާންކަމާއިއެކު ސުވާލަކަށްފަހު ސުވާލެއް ކުރަމުން ދިޔައިރުވެސް މެހެކް އިނީ އެއިން ގޮތަށެވެ. ޚުދު އޭނާވެސް އެއިނީ އޭނާގެ ނަތީޖާ ގަބޫލު ނުކުރެވިފައެވެ. އެހެން ވާންވީ ކީއްވެގެން ހެއްޔެވެ؟ އެއްވެސް ޕޭޕަރެއްގައި އޭނާއަށް ނޭނގޭ އެއްވެސް އެއްޗެއް ނެތެވެ. ނުނިންމާ އެއްވެސް އެސައިންމެންޓެއް ނެތެވެ. އެސައިންމެންޓްތަކުގެ ނަތީޖާ އެހާ ރަނގަޅެވެ. ދެން.. ދެން ގޯސް އެވީ ކޮން ކަމެއް ހެއްޔެވެ؟ އެހެން ކުއްޖެއްގެ ނަތީޖާއާއި އޮޅުނީ ހެއްޔެވެ؟ ހަމަ ގައިމުވެސް އޭނާ އެ ހުރިހާ އިމްތިހާނަކުން ފާސްވާނެކަން ޔަގީނެވެ.

“މްމް.. ރީމާކިންގ އަށް ލާނީ.. އޭމް ޝުއަރ އިޓްސް އަ މިސްޓޭކް..” މަޑުމަޑުން އިނުމަށްފަހު އެންމެ ފަހުން މެހެކް ވާހަކަ ދެއްކިއެވެ. ލިބުނު ނަތީޖާއާއިމެދު ހައިރާންވީ ނަމަވެސް އޭނާގެ މޫނުމަތިން ހިތާމަވެރިކަމެއް ނުފެނެއެވެ. އެނަތީޖާއަކީ އޭނާގެ ހަގީގީ ނަތީޖާ ނޫންކަން އޭނާއަށް ޔަގީންވެފައި ވާފަދައެވެ. އެހެން ނަމަވެސް މެހެކްގެ މޫނަށް ބަލަހައްޓައިގެން އިން މާކިންގެ މޫނުން މިހާރު ފެންނަމުން ދަނީ ތަފާތު ކުލަވަރެކެވެ. ދެލޯ ބޮޑުކޮށްލައިގެން އިނދެ ފަރާތް ފަރާތަށް ކަޅި ހިންގަމުން ދިޔައިރު އޭނާ ކަމެއްގެ މަތިން ހަނދާންވެގެން އުޅޭ ފަދައެވެ. އެބަ އަންނަމޭ ބުނެ އެމީހުންނާއި ވަކިވެ ކޮޓަރިން ނުކުންނަން ހިނގައިގަތް އިރު އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައީ އޭނާގެ ބައްޕަގެ އިންޒާރުގެ އަޑެވެ.

” މާކިން ރަނގަޅަށް އަޑު އަހާ.. ތިޔަ ގުޅުން ތިޔަހެން ކުރިއަށް ގެންދާ ކަމުގައި ވަނީ ނަމަ މެހެކްއަށް ވަރަށް ބޮޑެތި ގެއްލުން ވާނެ.. މެހެކްއަށް ވެސް މާކިންއަށް ވެސް އަންދާޒާކޮށްލަންވެސް ނޭނގޭ ފަދަ ގެއްލުން ލިބޭނެ.. ތިކަން ހުއްޓާލާ..” މާކިންގެ ކަންފަތުގައި ގުގުމަމުން ދިޔައީ އޭނާގެ ބައްޕަގެ އަޑެވެ. މެހެކްގެ ނަތީޖާއާއި އެކަމާއި ގުޅުމެއް ވާކަން އޭނާގެ ހިތް ޔަގީންކަމާއިއެކު ބުނަމުން ދިޔައެވެ. ކުރިއަށް ހިނގަމުންދާ ކޮންމެ ސުކުންތެއް އޭނާގެ ޔަގީންކަން ވަރުގަދަ ކުރަމުން ދިޔައެވެ. އަވަސް ފިޔަވަޅުތަކެއްގައި މެހެކްމެންގެ ގެއިން ނުކުމެގެން އޭނާ އުޅެމުންދާ ގެއާއި ދިމާއަށް މިސްރާބު ޖަހާފައި ހުރިއިރު އެހިތުގެ ތެޅުން އިންތިހާއަށް ގަދަވެއްޖެއެވެ. އަތުގެ އިނގިލިތައް ބިނދޭ ވަރަށް ގޮށްމުއްކަވާލައިގެން ހުރެ ހިނގަމުން ދިޔައިރު ރުޅިވެރިކަމާއި، ހިތާމައާއި ބިރުވެރިކަން އެކުވުމުން ކުރެވޭ އިހުސާސްތަކަށް ކެތްކުރެވޭނޭ އެންމެ މައްޗަށް އޭނާ ހުރީ ކެތްކޮށްގެންނެވެ. އުއްމީދު ނުކުރެވުނު ނަމަވެސް ބައްޕައާއި މެދު އޭނާއަށް ކުރެވެމުން ދިޔަ ހީއަކީ ކުށްހީއަކަށް ވޭތޯ އޭނާ ހިތާއި ހިތުން ދުޢާ ކުރަމުން ދިޔައެވެ.

“ރިޒަލްޓް ލިބުނީތަ؟…” ގެއަށް ވަދެވުމާއިއެކު މާކިން އޭނާގެ ބައްޕައާއި ގުޅުމުން ބައްޕަ އެންމެ ފުރަތަމަވެސް ބުނެލި އެއްޗަކީ އެއީއެވެ. އެއާއިއެކު މާކިން ވަގުތުން ކައިރީގައި ހުރި ފާރަށް ގޮށްމުށޫގެ އެތިފަހަރެއް ދޫކޮށްލިއެވެ.

“ބައްޕަ މެހެކްގެ ރިޒަލްޓަށް..އެއްވެސް ނުފޫޒެއް ފޯރުވިންތަ؟..” މާކިންގެ ދެދަތްޕިލަ ޖެހިފައި ހުރިލެއް ބާރުކަމުން އަޑު އަންނަ ގޮތުން އޭނާ ރުޅި އައިސްފައި ހުރި މިންވަރު ވަރަށް ރަނގަޅަށް ހާމަވެއެވެ.

“ހަހަހަ.. ބައްޕަ ބުނީމެއްނު.. ބައްޕައަށް ކޮންމެ ކަމެއްވެސް ވާނެއޭ.. އޯލް ދޭ ނީޑް އިޒް ސަމް ކޭޝް..” ބިލާލް ލުއި ހީނލުމަކާއިއެކު އެކަމާއި އެއްބަސްވެލީ އެއްވެސް ޖެހިލުމެއް ނެތިއެވެ.

“ބައްޕަ ތި..”  “އަޑު އަހާ މާކިން.. މިއީ އަދި ފެށުން.. މިއީ ވަރަށް ކުޑަ ކަމެއް.. މާކިން އޭނައާއި ވަކި ނުވެއްޖެއްޔާ ވަރަށް ގިނަ ކަންތައްތައް ވާނެ.. މިއަށްވުރެ މާ ބޮޑެތި ކަންކަން.. ފޫ ނުބެއްދޭ ވަރުގެ ގެއްލުން ލިބޭނެ.. ގޮތް ނިންމާނީ ހަމަ މާކިން..” މާކިންގެ އިތުރު އެއްވެސް ވާހަކައަކަށް ބިލާލް ފުރުސަތެއް ނުދިނެވެ. އޭނާ ބުނަން ބޭނުންވާ އެއްޗެއް ބުނުމަށްފަހު ފޯނު ބޭއްވިއިރު މާކިން ހުރީ ބަސް ހުއްޓުފައެވެ. އޭނާ ދެން ހަދަންވީ ކިހިނެތް ހެއްޔެވެ؟ އޭނާ މެހެކްއާއި ވަކިވާނީ ކިހނެތް ހެއްޔެވެ؟ އެކަމަކު ވަކި ނުވެއްޖެއްޔާ އޭނާގެ މެހެކްއަށް ވާނެގޮތެއްވެސް ނޭނގެއެވެ. އޭނާގެ ސަބަބުން މެހެކްއަށް ކޮންމެ ފަދަ ހާލެއްވެސް ޖެހިދާނެއެވެ. ވެރިވަމުން ދިޔ ޚިޔާލުތަކުގެ ސަބަބުން މާކިން ބޮލުގައި ހިފަހައްޓާލަމުން ގޯތި ތެރޭގައި ހުރި ޖޯއްޔަށް ވެއްޓިގަތެވެ. ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ހިންދުމަށް މަސައްކަތް ކުރަމުން ދިޔައިރު އެހިތުގައި އަޅަމުން ދިޔަ ވޭން ދިޔައީ ގަދަވަމުންނެވެ. އޭނާއަކަށް ހަދާނެ ހަމަ އެއްގޮތެއްވެސް ނޭނގުނެވެ.

ނުނިމޭ

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Laya

Level 310 Stories100 Login

I found peace in writing ❤️

Other Articles

Previous

އައިނާ (2) 14

Next

ފިޔަފަތް 6

Next
July 20, 2020

ފިޔަފަތް 6

Previews
July 20, 2020

އައިނާ (2) 14

11 Comments!

  1. Kiuntheriyaa says:
    July 20, 2020 at 1:56 pm

    bappage hageegaiy ekuverinnaa hissaa kollaa eyrun sikundiah luivaane male dhiumuge kurin mehek aadhemeehundred avahah mery kuey eyrun bafaagandah hunnaanee raakani mas kevifa??

  2. no one says:
    July 20, 2020 at 2:40 pm

    alhey sis mi prt ves varah reethi…????

  3. Shehe says:
    July 20, 2020 at 9:04 pm

    Alhey mi part vx v reethi Ma Sha Allah??❤?keep it up sissy. Maakin ge bappa haadha goahey ehn hadhaakah vx nuvaane anyways v reethi one of my fav stry in this site…..curiusly waiting for the nxt part.. stay safe sissy. Whn nxt part.??????????????❤❤❤❤❤❤❤❤❤❤❤❤❤????????

  4. Shuba... says:
    July 21, 2020 at 6:10 am

    Next part avas kolla dhehchey…
    Mi part vrh reethi

  5. ?Aashko?? says:
    August 1, 2020 at 9:27 am

    Maasha Allah V reethi mi part ves..
    Sis kobaatha next part. Haadha laheyy.
    I’ve been Waiting for it.
    Kurin vi gothah vaahakaige medhuthereyn mifaharu nugehlehcheyy.
    Hope u will be here soon.
    Tc

  6. .. says:
    August 3, 2020 at 10:37 pm

    Next part ?

  7. Shuba... says:
    August 5, 2020 at 1:33 am

    Alheyyyyyyyyyyy layaaaaaaaaa… Kobaatha next part. Curiously waiting. ????????????

  8. ??Nikko?? says:
    August 7, 2020 at 1:41 pm

    Alheyyyyyyyyyyy mi vaahaka up vanee kon irakuntha layaaaa
    Cant wait anymore
    V.Reethi
    Maasha allah ? ? ? ? ? ? ?

  9. Laya says:
    August 8, 2020 at 12:28 am

    Hey loabiva kiyuntherin, new episode submit kollaifing ingey.. Eid aa eky busy vegen hama nuliyevuny.. varah varah bodah sorry huriha kudhin.. ekamu dhen insha Allah kuryga gothah up kuramun gendhaanan.. sorry again 🙁

    1. Shuba... says:
      August 8, 2020 at 12:34 am

      Finally layaaaaaaaaa u replied. Yeyyyyyyyyyyyyyyyyyyyyyyyyyyyyyyy. Can’t wait vhk kiyaa hithun. Luv yaaaaaaa sisss. Tc❤️❤️❤️

  10. Een says:
    August 9, 2020 at 7:26 pm

    Yess finally kiyaalan libeyne dho dhen mi vaahaka…..and btw its ok Laya…

Comments are closed.

Next Episodeނުފިލާނޭ މިހިތަކުން… 26←


All Right Reserved!