Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނުފިލާނޭ މިހިތަކުން… 21

Laya Level 310 Stories100 Login
July 7, 2020 4 Mins Read
8 Comments

ފެންނަ ހިނދު ތިޔަ ނަޒަރު

ހިތް ޒަޚަމް ކުރުވައޭ

ކޮންމެ ހަރަކާތަކުންވެސް އަސަރު ކުރުވައޭ

އަދި އަތުގައި އޮތް ކަރުދާސް މޭޒުމަތީގައި ބޭއްވުމަށްފަހު އޭނާ އެތަނުން ނުކުންނަން ހިނގައިގަތީ ދެވަނަ ފަހަރަށް ބިލާލްގެ މޫނަށް ބަލާލުމެއް ނެތިއެވެ. އޭނާއަށް މެހެކް އޮޅުވައެއް ނުލާނެއެވެ. މެހެކްގެ ލޮލުން އޭނާ ދުށީ ތެދުވެރިކަމެވެ. މައުސޫމްކަމެވެ. އެހީތެރިކަމަށް ބޭނުންވެފައި ވާކަމެވެ. އޭނާ އެކަން ހަނދާނުގައި ބަހައްޓާނެއެވެ. ޝައްކާއި ވަހުމްތަކުން އެހިތުގައިވާ ލޯބި ކުޑަކޮށްވެސް ފަނޑުވިޔަ ނުދޭނެއެވެ. އޭނާ ހަގީގަތް ސާފު ކުރާނެއެވެ. ހަލުވި ފިޔަވަޅުތަކެއްގައި ބިލާލްގެ އޮފީހުން ނުކުމެގެން ދަމުން މާކިން ފޯނު ނަގާ މެހެކްގެ ނަމްބަރަށް ޑައިލްކޮށްލިއެވެ.

ސްކޫލްތަކުގައިވެސް ސެމެސްޓަރ އިމްތިޙާން ކުރިއަށްދާތީ ޓިއުޝަންތައް ނަގަންޖެހޭ މިންވަރު މެހެކްއަށްވަނީ އިތުރުވެފައެވެ. ހެނދުނު 9 އަކުން ފެށިގެން އެކި އެކި ގްރޫޕްތަކުގެ ޓިއުޝަންތަކަށް ދިއުމަށްފަހު ދޮޅު ގަޑިއެއްހާ އިރު ހުހަށް ލިބުމުން މެހެކް ގެއަށް އައީ 1 ވެސް ޖެހިފަހުންނެވެ. ގެއަށް އައި ގޮތަށް ފެންވަރާލާ، ތާޒާ ވެލައިގެން ނަމާދުކޮށް ނިމުނުއިރު އޭނާގެ ހަށިގަނޑުގައި ވަރުބަލިކަން އުފެދިފައިވެއެވެ. ނަމަވެސް ޖައްސާލައިފިނަމަ ހަށިގަނޑަށް ކަންނެތްކަން ވެރިވެ ދުވަހުގެ ބާކީބައި ކުރިއަށް ގެންދިއުމަށް އުނދަގޫ ވާނެ ކަމަށް ބަލާފައި މެހެކް ގަސްދުކުރީ އޭނާގެ އަމިއްލަ ފިލާވަޅުތައް ކުޑަކޮށް މުޠާލިއާ ކޮށްލުމަށެވެ. އޭނާގެ މަގްސަދަކީ ޝުބާމެންގެ އެދުމަށް ގްރޫޕް ސްޓަޑީއަށް ދާން ރާވާފައި އޮތުމުން ކޮންމެވެސް ވަރަކަށް ސުވާލުތަކެއް ނޯޓުކޮށްލުމެވެ. ނޯޓްފޮތް ނަގާ ހުޅުވާލުމާއިއެކު މެހެކްގެ ލޮލުގައި އަޅައިގަތީ މާކިންގެ އަތު ލިޔުމުން އޭނާގެ ފޮތުގައި ލިޔެފައިވާ ލިޔުންކޮޅެކެވެ. “އައިމް އޯލްވޭސް ދެއަރ..” ލިޔުންކޮޅު ކިޔާލެވުމާއިއެކު މެހެކްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އަދި ވައަތު ކަށި އިނގިލީގައިވާ އަނގޮޓިއަށް ބަލަހައްޓައިގެން އިނުމަށްފަހު އޭގައި ތުންފަތް ޖައްސާލިއެވެ. ދުވަސް ފެށުނުފަހުން 1 ފަހަރު މާކިން ގުޅައިފިއެވެ. ތިން ހަތަރު މެސެޖް ކޮށްފިއެވެ. އެހެން ނަމަވެސް އޭނާއަށް ފޯނެއް ނުނެގުނެވެ. ޖަވާބު ދެވުނީ އެންމެ މެސެޖަކަށެވެ. މެހެކް އެސްފިޔަތައް ތަޅުވާލުމަށްފަހު ފޯނަށް ބަލާލިއެވެ. އޭނާވެސް މާކިން މަތިން ހަނދާންވެއެވެ. މާކިންދެކެ ލޯބިވެއެވެ. އެހެން ވީއިރު އެވާހަކަތައް މާކިންގެ ގާތުގައި ނުބުނެވެންވީ ކީއްވެގެން ހެއްޔެވެ؟ އޭނާ ލޯބިވާ ވާޙަކަ ބުނުމުން މާކިން ހާދަ އުފާވާނެއެވެ.

މެހެކްގެ ފޯނަށް މާކިން ގުޅަންފެށީ އޭނާ މާކިންއަށް މެސެޖެއް ފޮނުވަން ތައްޔާރުވެލިވަގުތެވެ. ލިބުނު ސިހުމާއިއެކުވެސް ލުއި ހީނލުމަކުން މެހެކްއަށް ހީނލެވުނީ މާކިންއާއި ވާހަކަ ދައްކަން އޭނާގެ ހިތްވެސް އެދެމުން ދާ ވަރުންނެވެ.

“ހަލޯ..” “މެހެކް ކޮންތާކު؟ ޓިއުޝަންގަތަ..” މެހެކް ފޯނު ނެގުމާއިއެކު މާކިންގެ އަޑު އޭނާގެ ކަންފަތުގައި ޖެހުނެވެ. ހަމަ އެއާއިއެކު އެއަޑުގައިވާ ނުތަނަވަސްކަން މެހެކްގެ ހިތައް އުނދަގޫކޮށްލިއެވެ.

“ގޭގަ.. ހުސް ގަޑިއެއް މީ.. 2:30 ގަ ދެން އޮތީ.. އާރ ޔޫ އޯލް ރައިޓް؟..” މެހެކްގެ އަޑުގައިވަނީ މަޑުމައިތިރި އެހެނަސް ގާތްގޮތެކެވެ.

“މެހެކް.. މްމް.. ކައިފިންތަ؟..” ދެވަނަ ފަހަރަށް ވާހަކަ ދެއްކިއިރު މެހެކްއަށް ހީވީ މާކިންގެ އަޑުގައިވާ މޮޅިވެރިކަން އިތުރުވެފައިވާހެންނެވެ.

“ނޫން.. މާކިން ކެއީތަ؟.. ކީއްވެ ދެރަވެފަހެން ހީވަނީ..” މެހެކްގެ އަޑުގައިވާ ލޯބި އެއަޑު އިވުނު ކޮންމެ މީހަކަށްވެސް އިހުސާސް ކުރެވޭނެއެވެ.

“ނުކަން.. ޖަސްޓް.. މިސްވީ.. މަށާއެކީ ކާން ދާންވީނުން..” މާކިންގެ އަޑުގައިވާ މޮޅިވެރިކަމަށް ބަދަލެއް ނާދެއެވެ.

“ކާން؟.. ބޭރުންތަ؟.. އަހަރެން ގަޑި ޖެހިދާނެ…” “ޕްލީޒްޒް.. ގަޑި ޖެހުމުގެ ކުރިން ގެންގޮސްދޭނަން..” މެހެކް ބުނަން އުޅުނު ވާހަކަ ފުރިހަމަ ކުރެވުމުގެ ކުރިން އާދޭހުގެ ރާގެއްގައި މާކިން ބުނެލިއެވެ.

“އޯކޭ..” މާކިންގެ އެދުމަށް ދެކޮޅު ހެދުމަށް މެހެކްގެ ހިތް އެއްބަހެއް ނުވިއެވެ.

މާކިން ބަލާ އަންނަނީ ކަމުގައި ބުނުމުން ލުއި ގޮތަކަށް ރީތިވެލައިގެން 10 ވަރަކަށް މިނެޓްގެ ތެރޭގައި މެހެކް ގޭ ދޮރުމައްޗަށް ނުކުތެވެ. މެހެކްއަށް ނުކުމެވުނު އިރު މަގުގެ އަނެއް ފަރާތުގައި ސައިކަލު މަތީ އިށީނދެލައިގެން މާކިން އިނެވެ. ކަޅުކުލައިގެ އަތްކުރު ބޮޑީ ފިޓް ޓީޝާޓަކާއިއެކު އޭނާ ލާފައިވާ ކަކުލާއި ހަމައަށް އަންނަ ކަޅުކުލައިގެ ސޯޓު މާކިންގެ ކުލައަލި ހަށިގަނޑާއި ނުހަނު ގުޅެއެވެ. ކަޅު އަވި އައިނެއް އަޅާފައި، އިސްތަށިކޮޅު ކޮންމެވެސް ވަރަކަށް ހޭވިފައި ހުރުމުން އިތުރަށް ހިތްގައިމު ކަމަށް ދައްކައެވެ.

ބައްޕަ ދެއްކި ވާހަކަތަކުގެ ސަބަބުން އިންތިހާއަށް ނުތަނަވަސްވެފައި ހުރި ނަމަވެސް މެހެކްއާއި ވާހަކަ ދައްކާލާ، ބައްދަލުކޮށްލަން ފުރުޞަތު ލިބުމުން މާކިންގެ ޠަބީއަތުވަނީ ކޮންމެވެސް ވަރަކަށް ރަނގަޅުވެފައެވެ. މެހެކްގެ އިންތިޒާރުގައި އެގޭ ދޮރުމަތީ ސައިކަލު މަތީ އިން މާކިންއަށް މެހެކް ފެނުނީ މަގު ހުރަސް ކުރަން ހިނގައިގަތް ފަހުންނެވެ. ކަކުލުން މައްޗަށް ހުރި މެރޫން ކުލައިގެ ހެދުމާއި، ކަޅު ޖީންސާއި ކަޅު ޝޯލްގައި އޭނާ ފެންނަނީ އަބަދުވެސް ފެންނަ ސާދާކަންމަތީގައެވެ. ހަލުވި ފިޔަވަޅުތަކެއްގައި މާކިންއާއި ހަމައަށް އާދެވުމާއިއެކު ލޮލުގައި އަޅާފައިވާ އަވި އައިނު ނަގާލުމަށްފަހު ނިކަން ބޮޑަށް މެހެކް ހިނިތުންވެލިއެވެ. އެ ހިނިތުންވުމާއިއެކުވެސް އޭނާގެ ބޮޑު ދެލޮލާއި މޫނުގައިވާ ވަރުބަލިކަން ކޮންމެވެސް ވަރަކަށް ފާޅުވާން ހުއްޓެވެ.

މެހެކްގެ ހިނިތުންވެފައިވާ މޫނު ފެނުމާއިއެކު ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ހިތުގައި ހިނގަމުން ދިޔަ ޚިޔާލުތަކުން އޭނާއަށް އެއްފަރާތް ވެލެވުނެވެ. މާކިންގެ މޫނަށް ބަލަހައްޓައިގެން ހުރި އެ ރީތި ރީތި ބޮޑު ދެލޯ ފެނުމާއިއެކު މާކިންގެ ހިތުގައި މެހެކްއާއިމެދު އުފެދުނު ޝައްކުގެ ކުޑަ ކުޑަ މިންވަރުވެސް ފިލައިގެން ހިނގައްޖެއެވެ. އެ މައުސޫމްކަމަކީ އޮޅުވާލުމެއް ނަމަ، މެހެކް ފެނުމުން އޭނާގެ ހިތުގެ ތެޅުމަށް އެހާ ބޮޑު ބަދަލެއް ނާންނާނެއެވެ. މެހެކްއަކީ މަކަރުވެރިއެއް ނަމަ އެ ލޯބިވެތި ނަޒަރު ފެންނަ ކޮންމެ ފަހަރަކު އެހިތުގައިވާ ލޯބި އިތުރުވެގެން ނުދިޔައީހެވެ.

“ކޮންތާކަށް ދާނީ؟..” މާކިން ބަލަހައްޓައިގެން ހުރި ގޮތުން މެހެކްގެ މޫނަށް ލަދުވެތިކަން ވެރިވެއްޖެއެވެ. އަވަސް އަވަސްކޮށް އެސްފިޔަތައް ޖަހާލަމުން އިސް ޖަހާލިއިރު އޭނާގެ ތުންފަތުގައި ލަދުވެތި ހިނިތުންވުމެއް އުފެދިފައި ހުއްޓެވެ.

” އެހާ ދުރަކަށް ނޫން.. އެކަމު އެހާ ކައިރިއަކަށްވެސް ނޫން..” މެހެކްގެ ލަދުވެތިކަން ފެނި މާކިން ލުއި ގޮތަކަށް ހީނލަމުން ބޯ އަރިކޮށްލިއެވެ.

މާކިން މެހެކް ގޮވައިގެން އޭނާ ބޭނުންވާ ތަނަށް ދިޔައީ ސައިކަލުގައެވެ. ފުރަތަމަ ފަހަރަށް މާކިންގެ ފަހަތަށް ސައިކަލަށް އަރަން ޖެހުމުން މެހެކް އިނީ ވަރަށް ލަދު ގަނެފައެވެ. ހަށިގަނޑަށް ގުޑުމެއްވެސް އަރުވާ ނުލާ މާކިންގެ ފަހަތުގައި އިން އިރު އޮޅިގެންވެސް މާކިންގެ ގައިގައި އޭނާގެ ހަށިގަނޑު ޖެހި ނުލައެވެ. ސައިކަލުގެ ލޯގަނޑު  ކޮޅުން ކޮންމެސް ވަރަކަށް މެހެކް އިންގޮތް ފެންނާތީ މާކިންއަށް އިނީ މަޖާވެފައެވެ. ބުދެއްހެން އިން އިން އިރު އޭނާ ފަރާތަކަށް އެނބުރިވެސް ނުލައެވެ. އުމުރުގެ ގޮތުން ކިތަންމެ ދޮށްޓަސް މެހެކްގެ ކިބައިން ފެންނަ އެފަދަ ޅަ ހަރަކާތްތަކުގެ ސަބަބުން ގިނަ ފަހަރަށް އެދެމދުގައިވާ އުމުރުގެ ތަފާތު މާކިން ހަނދާނެއް ނުހުރެއެވެ.

“ގަޑި ޖެހެން ވާއިރަށް ކައި ނިމޭނެތަ އަނެއްކާ؟..” މޭޒުދޮށުގައި އިށީންގޮތަށް މެހެކް އަތުގައި އޮތް ފޯނުން ގަޑި ބަލާލިއެވެ. ކަޅި ޖަހާނުލާ މެހެކްގެ މޫނަށް ބަލަހައްޓައިގެން އިން މާކިންއަށް މެހެކްގެ އަޑު އިވުނު ހެންނެއް ހިއެއް ނުވެއެވެ. މެހެކްގެ މޫނު ފެންނާތީ އުފާވެރިކަން ލިބުނު ކަމުގައިވިޔަސް ބައްޕަ ދެއްކި ވާހަކަތައް ހަނދާނަށް އަންނާތީ އޭނާގެ މޫނުން ކަންބޮޑުވުން ފާޅުވެއެވެ.

“މާކިން.. ކިހިނެތްވެފަ ތީނީ.. ގުޅި އިރު އަޑުންވެސް ހީވި އަޕްސެޓް ހެން..” މާކިންގެ ޠަބީއަތަށް އައިސްފައިވާ ބަދަލު ދެނެގަންނާކަށް މެހެކްއަށް ގިނަ ވަގުތުތަކެއް ބޭނުމެއް ނުވިއެވެ.

“ކަމެއް ނުވޭ.. ބުނީމެއްނު.. ޖަސްޓް މިސްޑް ޔޫ..” މާކިން މެހެކްގެ މޫނުން ނަޒަރު ވަކިކޮށްލަމުން ބުނެލިއެވެ. އޭނާގެ މިޒާޖަށް އައިސްފައިވާ ބަދަލުގެ ސަބަބަކީ ކޮބާކަން ބުނެދޭކަށް އެއްވެސް ވަރަކަށް މާކިން ބޭނުމެއް ނުވެއެވެ. މެހެކްއާއި މެދު ކުޑަވެސް ޝައްކެއް އޭނާގެ ހިތުގައި ނުވެއެވެ.

“ހަމަ ވާޙަކަ ދައްކާލާ ހިތްވީ.. ބޮޑަށް މެހެކް އެނގެން ބޭނުންވަނީ.. މެހެކްގެ ހުރިހާ މައުލޫމާތެއް ހޯދަން ބޭނުންވަނީ..” އަޑަށް އުފާވެރިކަން ގެންނަން މަސައްކަތް ކުރަމުން މާކިން ވަރަށް ފަރުވާތެރިކަމާއިއެކު ވާޙަކަ ދައްކަމުން ދިޔައެވެ.

“އަހަރެން ނޭނގޭތަ؟ އެހެން މީހުންނަށް ނޭނގޭ ކިތަންމެ ކަމެއް މާކިންއަށް އެނގޭނެ..” މެހެކް އެސްފިޔަތައް ތިރިކޮށްލަމުން މަޑު މަޑުން ބުނެލިއެވެ. އޭނާ ވާޙަކަ ދައްކަން ފެށުމާއިއެކު އާދައިގެ މަތިން ބޯއަރިކޮށްލައިގެން އެވާހަކަތަކަށް ސަމާލުވެ އިނެވެ.

“އާއިޝަތު މެހެކް.. 31 އަހަރު.. ކުރިން ކައިވެންޏެއް ކޮށް ކުއްޖަކު ލިބުނު.. މިހާރު ހުހަށް މިހުރީ.. ކުރީގައި ސެކަންޑްރީ ޓީޗަރެއް.. މްމްމް އަހަރެންގެ މަންމަގެ ދެކުދިން ކުރެ ދޮށީ ދަރިފުޅު.. ފިރިހެން ކޮއްކޮއެއް…”

“މަންމަގެ ދޮށީ ދަރިފުޅު.. ކީއްވެ މަންމައާ ބައްޕަގެއޭ ނުބުނީ..” މެހެކް ވާހަކަ ދައްކަ ދައްކާ އިންދާ ކުއްލިއަކަށް މާކިން އެހިއެވެ. އެއާއިއެކު ހިނިތުންވެގެން އިން މެހެކްގެ މޫނުގެ ކުލަވަރު ބަދަލުވީތަން މާކިންއަށް ވަރަށް ރީތިކޮށް ފެނުނެވެ.

ނުނިމޭ

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Laya

Level 310 Stories100 Login

I found peace in writing ❤️

Other Articles

Previous

އައިނާ (2) 8

Next

އިޙްނާ (13)

Next
July 7, 2020

އިޙްނާ (13)

Previews
July 7, 2020

އައިނާ (2) 8

8 Comments!

  1. ?Aashko?? says:
    July 7, 2020 at 11:26 pm

    Hi sis. V dhuvas kohfa dhw comment eh mi kury. My grandma passed away. Vaahaka nukiyaa hurefa mi kiyan feshiy hama…..
    Maasha Allah hurihaa parts ehves v v reethi…
    Curiously waiting for the next part
    Ly sis

    1. Abu❤ says:
      July 8, 2020 at 8:26 am

      Aashko
      Be strong…
      May your grandma get peace in grave
      And may your family get patience

    2. Bookworm says:
      July 8, 2020 at 2:49 pm

      Alheyyyyy… I feel so sorry for you aashko???
      May allah forgive ur grandma’s mistakes nd grant her soul in peace… May she get a place in jannah… May Allah give u nd ur family patience…
      Be strong dear

  2. Maree says:
    July 7, 2020 at 11:29 pm

    Pks episode thah dhigukolladhee v. Interesting.

  3. Bookworm says:
    July 8, 2020 at 7:21 am

    Laya sis…mi part vx vvv salhi ingey…whn nxt…curiously waiting for the nxt part…keep it up…???

  4. Abu❤ says:
    July 8, 2020 at 8:28 am

    Sis!!?????
    it’s Best as always
    Vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv.reethi
    Courious kohlaafa thi ninmaaly
    impatiently waiting
    Ly

  5. Shuba... says:
    July 8, 2020 at 3:40 pm

    Alheyyyyyyyyyyy… Haadha curious kollaafaey thinimmaalee… Btw vhk vrh reethi. Masha Allah❤️❤️❤️

  6. Laya says:
    July 9, 2020 at 2:28 pm

    Thank you huriha kudhin, 22 vana bai submit kollaifin ingey 🙂

Comments are closed.

Next Episodeނުފިލާނޭ މިހިތަކުން… 22←


All Right Reserved!