ވިޔަފާރިކޮށް ނިމި މާލެދިއުމަށް ފުރަން އެމީހުން ތައްޔާރުވާން ފެށިއެވެ.މާލެދާ ޚަބަރު ފަރީޝާ އާތިފަށް ދިނުމުން، އާތިފް ވަރަށް ހިތްހަމަޖެހުނެވެ. ފުރުމުގެ އެންމެ ފަހުގެ ތައްޔާރީތައްވެ، ފަރީޝާމެން ފުރަން އެއާޕޯޓަށް ނައްޓާލިއެވެ.ފަރީޝާ އެއާޕޯޓަށް ދިޔައީ އެމީހުން މާލެ އަންނަ ވާހަކަ އާތިފަށް ގުޅާފަ ބުނުމަށްފަހުގައެވެ.ފަރީޝާ ގުޅުމުން އައިލީންނަށް ކާންދީ އެކުއްޖާ ގޮވައިގެން ފަރީޝާމެން ބަލާދާން އާތިފް އުޅުނެވެ.އާތިފް ތައްޔާރުވާން އުޅުނުއިރުވެސް ދޭތެރެއަކުން ފަރީޝާއަށް ގުޅާ އެމީހުން މިހާރު ހުރި ހިސާބު އޮޅުންފިލުވާ ހަދައެވެ. “ދަރިފުޅު ހިނގާދާން މިހާރު މަންމިއާ […]
“ފަރީޝާ ކާހިތެއްނެތް މަންމާ…ވިޔާމަށް ވާގޮތެއް އެނގިގެން ނޫނީ އަރުތެރެއިން އެންމެ އެއްޗެއްވެސް ނުދިރޭނެ” ފަރީޝާ ބުނެލިއެވެ. “އެކަމަކު ތީކީ ރަނގަޅުގޮތެއްނޫން…އަމިއްލަ ނަފްސަށްވެސް ބަލަންވާނެ” ވިޔާމްގެ މަންމަ އޯގާތެރިކަމާއެކު ފަރީޝާއަށް ވިސްނައިދިނެވެ.އެހެންނަމަވެސް ވިޔާމް ހާލަތު އެނގުމުގެ ކުރިން އެއްވެސް އެއްޗެއް ނުކެވޭނެކަމަށް ފަރީޝާ ތަކުރާކުކޮށް ބުންޏެވެ. ********** ވަގުގުތައް ހިނގަމުންގޮސް ވިޔާމް ހޭއަރާނެކަމަށް ޑަކުޓަރުން ލަފާކުރި ވަގުތު ފަހަނައަޅާ ދިޔައީއެވެ.ނަމަވެސް ވިޔާމްގެ އެއްވެސް ޚަބަރެއް ފަރީޝާމެނަކަށް ނުލިބެއެވެ.އެހެންކަމުން އިމަރޖެންސީ ކޮޓަރީގައި ފަރީޝާ ޓަކިޖެހިއެވެ.ނަރުހަކު ދޮރުހުޅުވާލުމާއެކު އޭނާގާތުން ވިޔާމްގެ ހާލަތު […]
ފަރީޝާ އައިލީންނާ ވާހަކަދައްކާ ކުއްޖާ މަސަލަސް ކުރުމުން، އައިލީންގެ ރުއިން މުޅިން ހުއްޓުނެވެ. “ދަރިފުޅު ވަރަށް ރުއިންތަ މަންމި ހޯދަން؟” ވީޑިއޯ ކޯލުގައި އިނދެ އައިލީން ކައިރި ފަރީޝާ އަހާލިއެވެ. އެވަގުތު ފަރީޝާއަށް އާނއެކޭ ބުނުމުގެ ގޮތުން އައިލީން ބޯޖަހާލިއެވެ. “މަންމި ދާނަން އިނގޭ ވަރަށް އަވަހަށް އިންޝާﷲ” ފަރީޝާ އައިލީންގާތު ބުނެލިއެވެ. “ދަރިފުޅު ކައިފިންތަ؟” ފަރީޝާ އަނެއްކާވެސް އަހާލިއެވެ.އެވަގުތު އައިލީން ބަލައިލީ އާތިފާ ދިމާލަށެވެ. އައިލީން އާތިފާ ދިމާލަށް ބަލާލުމުން ފަރީޝާ އެސުވާލު އާތިފާ ކޮށްލިއެވެ. […]
“ވިޔާމް” ވިޔާމްގެ ކައިރިއަށް ގޮސް ފަރީޝާ ގޮވާލިއެވެ. އޮޕޮރޭޝަން ކޮޓަރިއަށް އެނދުގައި ވިޔާމް ވައްދަނިކޮށް، ފަރީޝާ، ވިޔާމާ ވާހަކަދައްކަން އައުމުން، ޑަކުޓަރު ފަރީޝާއަށާއި ވިޔާމްގެ މަންމައަށް ތިން މިނެޓްގެ ވަގުތުކޮޅެއ،ް ވިޔާމާ ވާހަކަދައްކާލުމަށް ދިނުމުގެ ގޮތުން ދަމަމުން ދިޔަ އެނދު ހުއްޓުމަށް ނަރުހުންނަށް އެންގިއެވެ.ޑަކުޓަރުގެ ބަހަށް އެމީހުން އެނދު ހުއްޓިއެވެ. އެނދު ހުއްޓުމާއެކު ފަރީޝާ ވިޔާމްގެ އަތުގައި ހިފާލިއެވެ.ވިޔާމްވެސް ފަރީޝާގެ އަތުގައި ހިފާ ބާރުކޮށްލިއެވެ.ވިޔާމްގެ އަތުގެ ފިނިކަން އިހުނަށްވުރެ ގަދަވެފައިވާ ކަން ވިޔާމްގެ އަތުގައި ހިފާލި ފަރީޝާއަށް އިހުސާސްވިއެވެ.އެއާއެކު […]
ފޯމުގައި ސޮއިކޮށް، އޮޕޮރޭޝަން ކުރުމުގެ ކުރިން ފުރަންޖެހޭ އެހެނިހެން ލިޔެކިޔުންތައް ފުރާ ނިމުނެވެ.އެއޮޕޮރޭޝަނަކީ ވަކި ތައްޔާރީތަކެއްވެގެން ކުރާ އޮޕޮރޭޝަނެއްކަމުން، ވިޔާމް އޮޕޮރޭޝަން ކުރަން ހަމަޖެހުނީ މާދަމާއަށެވެ.އެހެންކަމުން އެމީހުން މާދަމާ ހޮސްޕިޓަލަށް އަންނަގޮތަށް އެތަނުންދާން ނިކުތެވެ. *********** ފަރީޝާ ދިއުމުން މުޅިގޭތެރެއަށް ފަޅުކަން އިހުސާސްކުރެވުނެވެެ.އެންމެ ބޮޑަށް ފަޅުކަން އިހުސާސްވީ އާތިފްގެ ހިތަށެވެ.ފަރީޝާ ދިއުމުން އޭނާގެ ހަށިގަނޑުން ބައެއް އުނިވެގެންދިޔަހެން، ބެލްކަނިތެރޭގައި ނެގިމަޑުވެފައި އިން އާތިފަށް އިހުސާސްކުރެވެމުންދިޔައެވެ.ފަރީޝާ ދިއުމުން ވަޒީފާއިން ދެހަފްތާގެ ޗުއްޓީއެއް ނަގައިގެން އައިލީން ބަލަން އާތިފް ގޭގައި […]
“ވިޔާމަށްވެސް ސައިހަދާފަ ހުންނާނީ….އާދޭ ވިޔާމް ސައިބޯން” ފަރީޝާ ވިޔާމަށް ސައިބޯން އައުމަށް ބުނެލިއެވެ.ފަރީޝާ އެހެންބުނުމުން ވިޔާމް ސައިބޯން މޭޒުދޮށުގައި އިށީނެވެ.ވިޔާމް އިށީނުމުން އޭނާގެ ކުރިމަތީގައި ތައްޓެއް ބެހެއްޓުމަށްފަހު އެއަށް ކާތަކެތި ފަރީޝާ އަޅައިދޭން ފެށިއެވެ.އަދި ކަޅުސައި ތައްޓެއްވެސް ގިރަން އުޅުނެވެ. ފަރީޝާ ވިޔާމަށް ވެދޭ މެހެމާންދާރީ ބަލަން އެވަގުތު ބޫޓަށް އަރާކަމަށް ހެދިގެން އޮތް އާތިފް ދިޔައީ ބަލަމުންނެވެ.އެދެމީހުން ދޭތެރެއަކުން ލޯބިން ފުރިގެންވާ ނަޒަރަކުން އެކަކު އަނެކަކަށް ބަލާލައެވެ.އެމަންޒަރު ބަލަން ގުދުވެގެން އޮތުމަށްފަހު އާތިފް ސީދާވެލިއެެވެ.އަދި ބިންމަތީގައި […]
ކޮޓަރިއަށް ވަތް ފަރީޝާ، ފޯނާއި އަތްދަބަސް އެނދުމަތީގައި ބޭއްވިއެވެ.އެވަގުތު އޭނާގެ ފޯނަށް މެސެޖެއް އައި އަޑު އިވިގެން ފޯނު ހުޅުވާލުމަށްފަހު ބަލައިލިއެވެ.އޭނާއަށް ލިބުނީ ވިޔާމްގެ މެސެޖެއްކަމުން އެކިޔާލަން އެނދުގައި ފަރީޝާ އިށީންދެލިއެވެ. “ފަރީ…އައި މިސް ޔޫ ސޯ މަޗް….ޒަމާންގަނޑަކަށްފަހު އުފާވެރިކަމެއް މިހަޔާތަށް މިލިބުނީ…މިލިޔަނީ ވިޔާމްގެ އިހުސާސްތައް ލަވައަކުން…..ބަދަލް ނުވާނަމޭ މަރުވެދިޔަސް….ލޯބިވެރިޔާއޭ ބޭނުމީ…ފީނާ ފީނާ ހޯދީމޭ ޔާރާ ހާސިލްވޭތޯ…ބިންދާ ރާޅާ އޮއެވަރުގައި ނާޒުކު މޫނު ފެނޭތޯ…އިރުއަރާ އޮއްސެނީ ރޭވެފާ އަލިވަނީ..ބަދަލް ނުވާނަމޭ މަރުވެދިޔަސް…ޔާރާ އައުމުން ހިނިތުންވީ މާޔޫސްވީ މިހަޔާތޭ…ވޭނާ ހޫނާ […]
ވިޔާމާ ވަކިވުމަށްފަހު ފަރީޝާ ދިރިއުޅުން ކުރިއަށް ގެންދިޔަގޮތުގެ ވާހަކަ ވިޔާމަށް ހިއްސާކުރިއެވެ.އައިލީންނާ ދިމާވިގޮތުން ފެށިގެން އައިލީންގެ ގޭގައި ވަޒަންވެރިވެ ދިރިއުޅެމުންދިޔަ ގޮތުގެ ވާހަކަވެސް މެއެވެ. “ވަރަށް ލޯބި ކުއްޖެއް އެއީ…ވިޔާމް ވާނެ އައިލީންނާ ބައްދަލުކޮށްލަން…ފަރީއަށް މަންމަ ކިޔާ ވަރަށް ލޯބިވޭ ފަރީދެކެ އައިލީން” ފަރީޝާއަށް އެހިސާބަށް ބުނެވުނުތަނާ ވިޔާމަށް ރޮވުނެވެ. ވިޔާމްވެސް ފަރީޝާއާ ވަކިވެގެން އުޅުނުގޮތުގެ ވާހަކައާއި ފަރީޝާއަށް އޭނަ ކުޅުނު ކުޅިވަރުތަކާ، ޓެސްޓުގެ ނަތީޖާ ބަދަލުކުރިގޮތުގެ އިތުރުން އޭނާއަށް ދަރިން ނުލިބޭކަން މިފަހުން އެނގުނުގޮތުގެ ވާހަކަވެސް […]
ވިޔާމްގެ މަންމަ ރޮއެފާ ދެއްކިވާހަކަތަކުން ވަގުތުކޮޅަކަށް، އަނގައިން ބަސްހުއްޓިފައި ފަރީޝާއަށް ހުރެވުނެވެ. “ކީކޭތަ ތިކިޔަނީ؟…އެއްގޮތަކަށްވެސް ނުވިސްނުނު” ފަރީޝާ ބުނެލީ ވިޔާމްގެ މަންމަ ކިޔާ އެއްޗެހި ފަހުމުނުވާތީއެވެ. “އާނ ދަރިފުޅާ….ވިޔާމް އަސްލު ދަރިފުޅު ދެކެ ވަރަަށް ލޯބިވޭ…އެފަކީރު އެހާ ބަލިހާލުގަ އުޅޭއިރުވެސް ރަށުގަ ނުހުރެ މިތަނަށް އައިސްގެން ދަރިފުޅު ހޯދަން ރެއާދުވާލު މުޅި މާލެ ކުޑަކޮށް އެހިނގަނީ” ވިޔާމްގެ މަންމަ ބުނެލިއެވެ. “ލޯބިވެޔޭ؟” ފަރީޝާއަށް އަހާލެވުނީ ގަބޫލުކުރަން ދަތިވުމުންނެވެ. “އާނ…އޭނަ ދަރިފުޅުދެކެ ވަރަށް ބޮޑަށް ލޯބިވޭ…އޭނަ ދަރިފުޅު ތިހީކުރާހެން […]