Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (55)

lamhus Level 910 Stories100 Login500 Login100 Stories100 Comments
April 11, 2022 3 Mins Read
4 Comments

ވިޔާމްގެ މަންމަ ރޮއެފާ ދެއްކިވާހަކަތަކުން ވަގުތުކޮޅަކަށް، އަނގައިން ބަސްހުއްޓިފައި ފަރީޝާއަށް ހުރެވުނެވެ.

“ކީކޭތަ ތިކިޔަނީ؟…އެއްގޮތަކަށްވެސް ނުވިސްނުނު” ފަރީޝާ ބުނެލީ ވިޔާމްގެ މަންމަ ކިޔާ އެއްޗެހި ފަހުމުނުވާތީއެވެ. “އާނ ދަރިފުޅާ….ވިޔާމް އަސްލު ދަރިފުޅު ދެކެ ވަރަަށް ލޯބިވޭ…އެފަކީރު އެހާ ބަލިހާލުގަ އުޅޭއިރުވެސް ރަށުގަ ނުހުރެ މިތަނަށް އައިސްގެން ދަރިފުޅު ހޯދަން ރެއާދުވާލު މުޅި މާލެ ކުޑަކޮށް އެހިނގަނީ” ވިޔާމްގެ މަންމަ ބުނެލިއެވެ.

“ލޯބިވެޔޭ؟” ފަރީޝާއަށް އަހާލެވުނީ ގަބޫލުކުރަން ދަތިވުމުންނެވެ. “އާނ…އޭނަ ދަރިފުޅުދެކެ ވަރަށް ބޮޑަށް ލޯބިވޭ…އޭނަ ދަރިފުޅު ތިހީކުރާހެން ބޭވަފާތެރިއެއް ނުވޭ…އޭނަ އެހެންހެދީ ދަރިފުޅަށް ދެރައެއް ނުދޭންވެގެން” ވިޔާމްގެ މަންމަ ބުނެލިއެވެ. “ދަރިފުޅު ބޭނުންނަމަ މިނޫން ތަނަކަށް ގޮސް ކަންވީގޮތް ކިޔައިދެވިދާނެ” ފިހާރަތެރެއަށް މީހުންގިނަވާން ފެށުމުން ވިޔާމްގެ މަންމަ ބުނެލިއެވެ.

ވިޔާމްގެ މަންމަ އެހެންބުނުމުން ފަރީޝާއަށް މިހުރެވެނީ ފިހާރައެއްގެ ތެރޭގައިކަން ހަނދާންވީ އަދިކިރިޔާއެވެ. “ހިނގާ މިތާ ކައިރި އިންނާނޭ ކުޑަކުދިން ކުޅޭ ޕާކެއް..އެތާ ތިބެ ވާހަކަދެކެވޭނެ” ފަރީޝާ އަބަދުވެސް ދާ ޕާކު މަތިން ހަނދާންވުމުން ބުނެލިއެވެ.އަދި އެހެންބުނެ އެތަނުން ނިކުންނަން ފަރީޝާ ހިނގައިގަތުމުން އޭނާގެ ފަހަތުން ވިޔާމްގެ މަންމަވެސް ދިޔައެވެ.

“މި އާދެވުނީ ދެން ކިޔައިދީ މިތާ އިށީންދެފަ” ފާކުތެރެއަށްވަދެ އިށީންނަން އަށްޓެއް ދައްކާލަމުން ވިޔާމްގެ މަންމައަށް ފަރީޝާ ބުނެލިއެވެ.ފަރީޝާ އެހެންބުނުމުން އޭނާއާ ދިމާލަށް ބަލަން އިނުމަށްފަހު ވިޔާމްގެ މަންމަ ފުންނޭވާއެއް ދޫކޮށްލިއެވެ. “ދަރިފުޅުދެކެ ވިޔާމް ވަރަށް ލޯބިވޭ…ވިޔާމް އަސްލު އެހެންހެދީ އޭނައަށް ކެންސަރުޖެހިފަ ހުރީމަ…އެކަން އެނގިއްޖެނަމަ ދަރިފުޅު އޭނަ ދުލެއްނުކުރާނެކަން އިނގޭތީ އޭނަމަތިން ދަރިފުޅު ފޫހިކުރުވަން…ހަގީގަތުގަ ނަތާޝާއާ ވިޔާމަކީ ދަންނަ ދެމީހުނެއްނޫން” ވިޔާމްގެ މަންމަ ހަގީގަތް ކިޔައިދޭން ފެށިއެވެ.

ވިޔާމްގެ މަންމަގެ އެވާހަކަތައް އަޑުއަހަން އިން ފަރީޝާއަށް އިނީ ބުނާނެއެއްޗެއް ނޭނގިފައެވެ.ދެލޯބޮޑުވެ ހައިރާންވެފައި އިން ފަރީޝާގެ ހިތަށް ޒަހަމަކަށްފަހު ޒަހަމެއް ލެވެމުންދިޔައެވެ.ހަގީގަތް ހާމަވަމުން ދިޔަވަރަކަށް އެހިތުގައި ވޭނީ ހިތާމައިގެ ރިހުން އުފައްދާލިއެވެ.އެއާއެކު މަޑުމަޑުން ފަރީޝާގެ ދެލޯ ކަރުނައިން ތެންމާލިއެވެ.

“ދަރިފުޅު ކުރިމަތީގަ ހަރުކަށިކަން ދެއްކިއަސް ދަރިފުޅުގެ ފުރަގަަހުން އޭނަ ދިޔައީ ރޮމުން ހިތާމަކުރަމުން…މި ކިޔައިދިނީ ވިޔާމްގެ މަތިން ދަރިފުޅު ފޫހިކުރުވަން އޭނަ ކުޅެލި ކުޅިވަރުގެ ވާހަކަ…އެކުޅިވަރުގަ މަންމަމެންނަށް ބައިވެރިވާން ޖެހުނީ އެފަކީރު ރޮއެފައި ކުރި އާދޭހެއްގެ ސަބަބުން…މަންމައަށް މާފުކުރޭ” ކަރުނުން ފުރިފައިވާ ހާލު ވިޔާމްގެ މަންމަ ބުނެލީ އިސްދަށަށް ޖަހާލަމުންނެވެ.

“އެހެންވީމަ އަސްލު އެދެމީހުންގެ ގުޅުމެއް ނެތް؟…އެއީ ކުޅެލި ކުޅިވަރެއް؟…ވިޔާމް މަރުވެއްޖެނަމަ އަހަރެން ދެރަވެދާނެތީ؟” ސުވާލަކަށްފަހު ސުވާލެއް ފަރީޝާ ކުރަމުންދިޔައީ ހިތާމައިން ފުރިގެންވާ އަޑަކުންނެވެ. “އާނ ދަރިފުޅާ…އެނަތާޝާ މިހާރު އުޅެނީ މީހަކާ އިނދެގެން ދަރިއަކުވެސް ހުރޭ..ވިޔާމާ ނަތާޝާއާ ދެމެދު އެއްވެސް ގުޅުމެއް ނުހިނގާ…ދަރިފުޅަށް އެމީހުން އެކަހެރިކޮށް ތިއްބާ ފެނުނަސް އަސްލު މަންމަ އެހެންނޫނީ ވަސީމާ ދައްތަ އަބަދުވެސް އެދެމީހުން އެކުގަ ތިބޭއިރު ނުފެންނަހެން ހުންނަން” ވިޔާމްގެ މަންމަ ބުނެލިއެެވެ.

ވިޔާމްގެ ހަގީގަތް މިއަދު ފަރީޝާއަށް އެނގިއްޖެއެވެ.އެހެންކަމުން ވިޔާމާ ދުރުގައި ހުންނަން އެންމެ ސިކުންތެއްވެސް ފަރީޝާ ބޭނުމެއްނުވިއެވެ. “ކޮބާ ވިޔާމް މިހާރު؟” ފަރީޝާ އަހާލިއެވެ. “ގޭގަވީ…ދަރިފުޅު ކައިރި ހަގީގަތް ކިޔައިނުދިނުމަށް އޭނައަށް މަންމަ ވައުދުވިން..އެކަމަކު އެފަކީރު އުޅޭ ހާލުފެނި މި މައިމީހާގެ ހިތަށް ކެތްނުކުރެވުމުން މިކިޔައިދިނީ” ވިޔާމްގެ މަންމަ އަނެއްކާވެސް ރޯންފެށިއެވެ.

“މަންމާ ނުރޮއެ އަހަރެން މަންމައަށްވެސް އެއްވެސް މީހަކަށް ހިތްބުރައެއް ނުކުރަން” ވިޔާމްގެ މަންމަ ގަޔާ ކައިރިކޮށްލަމުން އޯގާތެރިކަމާއެކު ފަރީޝާ ބުނެލިއެވެ. “ދަރިފުޅު ފުރަން އޮތް ދުވަހު ވިޔާމް ބުނެގެން އޭނަ ދިން ރުފިޔާތަކެއް ދަރިފުޅުގެ ފޮއްޓައް މަންމަލިން އެލިބުނުތަ؟” ވިޔާމްގެ މަންމަ އަހާލިއެވެ.

“އެއީ ވިޔާމް ދިން ރުފިޔާތަކެއްތަ؟…އެއީ ކިހިނެއް ފޮއްޓައް އައިސްސަ އިން އެއްޗެއްކަން ނޭނގޭތީ އެހުންނާނެ އަލަމާރީގަ…އޭތި ބޭނުމެއްނުކުރަން” ފަރީޝާ ބުނެލިއެވެ. “އެއީ ދަރިފުޅަށް ވިޔާމްދިން އެއްޗެއް އެހެންވީމަ ދަރިފުޅު އެބޭނުންކުރޭ” ވިޔާމްގެ މަންމަ ބުނެލިއެވެ.

**********

ފަރީޝާގެ އެދުމަށް އޭނާ ގޮވައިގެން ވިޔާމްގެ މަންމަ އެމީހުން އުޅޭ ގެސްޓްހައުސަށް ދިޔައެވެ. ގެސްޓްހައުސް އެތެރެއަށް ވިޔާމްގެ މަންމަ ވަތްއިރު އޭނާގެ ފަހަތުން ފަރީޝާވެސް ވަނެވެ. އެމީހުން ހިފައިގެން އުޅޭ ކޮޓަރިއަށް އާދެވުމާއެކު ތަޅަށް ތަޅުދަނޑި ޖެހުމަށްފަހު ވިޔާމްގެ މަންމަ ދޮރުހުޅުވާލިއެވެ.

އެވަގުތު އެނދުގައި އޮށޯވެލައިގެން ފިކުރުކުރަން ވިޔާމް އޮތެވެ. ކޮޓަރީގެ ދޮރުހުޅުވާލުމުން އެދިމާލަށް ވިޔާމް ބަލައިލިއެވެ. “ދަރިފުޅާ މަންމައަށް މާފުކުރޭ” ކުޑަކޮށް ދޮރުހުޅުވާލައިގެން ހުރެ ކޮޓަރި ދޮރުމަތީގައި ހުރި ވިޔާމްގެ މަންމަ ވިޔާމަށް ބުނެލިއެވެ.މަންމަ މާފަށް އެދުމުން ވިޔާމްގެ ބޮލަށް އިތުރުވީ ސުވާލުމާކެކެވެ.އޭނާ އެއްޗެކޭ ބުނަން އަނގަހުޅުވާލަން އުޅެނިކޮށް ވިޔާމްގެ މަންމަ ކޮޓަރީގެ ދޮރު ބޮޑަށް ހުޅުވާލިއެވެ.އެއާއެކު މަންމަ ކައިރީގައި ހުރި ފަރީޝާ ވިޔާމަށް ފެނުނެވެ.

“ފަރީޝާ” އެނދުގައި އޮތް ވިޔާމް ކުއްލިއަކަށް އިށީނަމުން ހައިރާން ކަމާއެކު ބުނެލިއެވެ. “ވިޔާމް” ފެންކަޅިވެފައިވާ ފަރީޝާ ވިޔާމަށް ބަލަންހުރެ ގޮވާލިއެވެ. “ދަރިފުޅު ގާތު މަންމަ ވައުދުވެފަވީ ނަަަމަވެސް ހަގީގަތް ފަރީޝާއަށް ކިޔައިދޭންޖެހުނީ ދަރިފުޅު ކުރަމުންދާ ހިތާމައާ އުޅެމުން ތިދާ ހިތްދަތި ހާލުން މި މައި ލަގޮނޑިއަށް އިތުރަށް ކެތްނުކުރެވިގެން…އެހެންވެ މަންމައަށް މާފުކުރޭ” ދެރަވެލާފައި ވިޔާމްގެ މަންމަ އެހެންބުނެ ވިޔާމްމެނަށް ވާހަކަދައްކާލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ބޭރަށް ނިކުތެވ.ެ

މަންމަ ނިކުތުމުން ފަރީޝާއާ ވިޔާމް އެކަނިވިއެވެ.އެކަކު އަނެކަކަށް ބަލަން ތިބި ފަރީޝާގެ އިތުރުން ވިޔާމްގެ ލޯވެސް ވަނީ ކަރުނައިން ތެމިފައެވެ. “ވިޔާމް” ވިޔާމްގެ ކައިރިއަށް އަންނަމުން ފަރީޝާ ގޮވާލިއެވެ. “ފަރީ” ވިޔާމްވެސް ގޮވާލިއެވެ. ފަރީޝާ ދިޔަގޮތަށް ގޮސް ވިޔާމްގެ ގައިގައި އޮޅުލައިގަތެވެ.ވިޔާމްވެސް ފަރީޝާ ގައިގައި ވަރަށް ބާރަށް ބައްދާލިއެވެ.

“ކީއްވެ ނުބުނީ ހަގީގަތަށް؟” ފަރީޝާ އަހާލީ ވިޔާމްގެ ގައިގައި ބައްދާލައިގެން ހުރެއެވެ. “މާފުކުރޭ” ވިޔާމް ރޮމުން ބުނެލިއެވެ. “މިތާ އިށީންދެބަލަ” ވިޔާމްގެ އަތުގައި ހިފައިގެން އެނދުގައި ބައިންދަމުން ފަރީޝާ ބުނެލިއެވެ. “ފަރީއަށް ދެރައެއް ނުދޭންވެގެން…އޭރަށް ފަރީޝާއަށް އަހަރެން މަތިން ހަނދާން ނައްތާލަން ފަސޭހަވާނީ އަހަރެން މަރުވިޔަސް” ވިޔާމް ދެރަވެލާފައި ބުނެލިއެވެ.އެވަގުތު ވިޔާމްގެ ތުންފަތްމަތީގައި ފަރީޝާ އިނގިލި ބޭއްވިއެވެ. “ޝްޝްޝް .ތިހެން ނުބުނޭ…ވިޔާމް މަރެއްނުވާނެ..ވިޔާމް ހީކުރީތަ ވިޔާމާ ވަކިން ފަރީއަށް އުޅެން ފަސޭހަވެ ވިޔާމް ހަނދާން ނެތިދާނޭ..އަބަދުވެސް ތިހަނދާންވޭ” ވިޔާމަށް ބަލަންއިނެ ފަރީޝާ ބުނެލިއެވެ.އެވަގުތު ވިޔާމް ފަރީޝާ ގައިގައި ބައްދާލިއެވެ.ފަރީޝާވެސް ވިޔާމްގެ ގައިގައި ބައްދާލީ އޭނާގެ މޫނުގައި ބޮސްދެމުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

އިޢުލާން

Next

ޖޭއޯވަން-2

Next
April 11, 2022

ޖޭއޯވަން-2

Previews
April 11, 2022

އިޢުލާން

4 Comments!

  1. Iyaadh says:
    April 12, 2022 at 4:41 am

    v reethi mi vhk…. comment nukuriyas baraabarakah kiyamun mi annany….. mi vaahaka liyamun gendhaa goiy v reehchey bunaany

    1. lamhus says:
      April 12, 2022 at 1:54 pm

      thanks dear?

  2. Angry says:
    April 12, 2022 at 2:47 pm

    Viyaamge hageegai Fareeshaa ah engunee dhw
    Mi vaahaka varah reethi hama?
    Thankolheh dhigukohla dheythi

    1. lamhus says:
      April 13, 2022 at 10:50 am

      thanks dear will try to make it long ?

Comments are closed.

Next Episodeހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (56)←


All Right Reserved!