ރޭގަނޑު އަށެއް ޖެހި އިރު ނައިޝާ ހުރީ ރާޅުގަނޑު ސަރަހައްދުގައެވެ.ސައިފްގެ އިންތިޒާރުގައި ފަސްވަރަކަށް މިނެޓް ވީފަހުން ނޫކުލައިގެ ވޭވް 125އެއްގައި، ސައިފް އައިސް މަޑުކޮށްލި އެވެ.”ވަރަށް އިރުވެއްޖެތަ އިންތިޒާރުގަ ހުންނަތާ؟” ސައިކަލުން ފައިބަމުން ސައިފް އަހާލިއެވެ. ” ނޫނޭ.. ފަސްވަރަކަށް މިނެޓް ކަންނެ ވާނީ” ނައިޝާ ސައިފަށް ބުންޏެވެ. ” ސޮރީ ކުޑަކަމެއް ދިމާވީމަ ލަސްވީ” ސައިކަލުން ފައިބައިގެން އައިސް، ތޮށިގަނޑުމަތީ އިށީނަމުން ސައިފް ބުންޏެވެ. ތޮށިގަނޑު މަތީ ތިބެ ދެމީހުންވެސް އެކަކު އަނެކަކުގެ ވަނަވަރު ކިޔައިދީ، […]
ފޯނު ބޭއްވުމާ އެކު ނައިޝާ ފުން ނޭވާއެއް ދޫކޮށްލިއެވެ.ކަައިވެނި ކުރާކަށް ނައިޝާގެ ހިތަކު ދެނެއް ނެތެވެ.ފަސް އަހަރު ކުރިން ފިރިހެނުންނާއި ދޭތެރޭ އުފެދުނު ފޫހިކަން އަދިވެސް ނައިޝާ ގެ ތާޒާކަން މަތީގައި އެބަހުއްޓެވެ. ނައިޝާ އުޅެނީ ކޮސްމެޓިކްސް އާއި އަންނައުނާއި އެއްޗެހި ވިއްކާ ވަރަށް ހިނގާ ފިހާރައެއްގައެވެ. ފިހާރައިގެ ވިޔަފާރި ރަނގަޅު ކަމުން އޮންލައިން ކޮށް ވެސް އެ ފިހާރައިން ވިޔަފާރި ކުރާ މީހުން ގިނައެވެ.ނަައިޝާގެ ވަޒީފާ އަކީ އޮންލައިން ވިޔަފާރި ކުރާ ރަޝީދުތައް ބެލެހެއްޓުމާ،އޮންލައިންކޮށް ކަސްޓަމަރުންނަށް […]
ނޯޓު: މިއީ އެއްވެސް ހާލަތެއްގައި ހިނގާފައިވާ ނުވަތަ ހިނގާފާނެ ކަމަށް ލިޔެފައިނުވާ، އަސްލެއް ނެތް ޚިޔާލީ ވާހަކައެކެވެ. ނައިޝާއަށް ހޭލެވުނީ ފޯނުން އެލާމް ރިންގުވި އަޑަށެވެ.ކަންނެތް ގޮތަކަށް ފުރޮޅެލުމަށްފަހު، އެނދު ކައިރި ހުރި ކުޑަ ކަބަޑުމަތީ އޮތް އަައިފޯން ނަގާ ރިންގުއޮފް ކޮށްލިއެވެ.ނިދީގެ އަސަރު ނުފިލާ ހާލު، އެއްލޯ ހުޅުވައިގެން ހުރެ ފޯނުގެ ސްކްރީނަށް ނައިޝާ ބަލައިލި އެވެ.އޭރު ގަނޑިން ފަތިހު 4.45 ހިނގާ ފަތިސް ނަމާދަށް ބަންގި ގޮވައިފިއެވެ. ނައިޝާ ގައިމަތީ އަޅާފައި އޮތް […]