އަބޫބަކުރުގެ ވަނަވަރާއި އޭނާ ރަށަށް އައި ބޭނުން، އޭނާއާ ސުވާލުކުރިމީހުންނަށް އެނގިގެން ދިޔައެވެ.އޭނާއަކީ އަލަށްވެސް ކައިވެންޏެއް ކޮށްފައިނުވާ މީހެއްކަމާއި، އަދި އެރަށަށް އޭނާ އައީ ދޯންޏެއްގައި ކަމުން، އެއީ ވަރަށް މުއްސަނދި މީހެއްކަން އެމީހުންނަށް އެނގިގެންދިޔައެވެ.އަބޫބަކުރުގެ ވާހަކަ ރަށުގެ އެއްބަޔަކު އަނެއްބަޔަކަށް ކިޔައިދެމުންގޮސް އޭނާގެ ވާހަކަ މުޅިރަށުތެރެއަށް ފެތުރުނެވެ.އެވާހަަކަތައް ޚަދީޖާގެ ކަންފަތުގައިވެސް ޖެހުނެެވެ.އެންމެންވެސް ދައްކަމުންދިޔައީ އަބޫބަކުރުގެ މުއްސަނދި ވާހަކައާއި އޭނާގެ އަމިއްލަ ދޯނީގެ ވާހަކައެވެ.އަދި އެއީ މާލެ އުފަން ރައްޔިތެއްކަމާއި އޭނާއަކީ ކައިވެނި އަލަށްވެސް ކޮށްފައިނުވާ މީހެއްކަމެވެ. […]
ދުވަސްފެށުނީ ހަމަ އެހެންދުވަސްތަކެކޭވެސް އެއްފަދައިންނެވެ.އިރުއަރަން ތިރީހަކަށް މިނެޓުވެފައިވެއެވެ. އުމުރުން ފަސްދޮޅަހުގެ އަހަރުތައް ގުނަމުންދާ ޚަދީޖާ އިނީ އޭނާގެ އާދައިގެމަތިން ފަތިސް ނަމާދުން ފޭބިގޮތަށް މުސްހަފް ހިފައިގެން ގުރުއާން ކިޔަވާށެވެ.ދެން އޭނާ އިން ތަނުން ތެދުވާނީ ޟުހާ ނަމާދުކުރުމަށެވެ. އާދައިގެމަތިން މުސްހަފްގެ ދިހަވަރަކަށް ޞަފުހާ ކިޔަވާލުމަށްފަހު ޟުހާ ނަމާދުކޮށް އަދި ހެނދުނުގެ ޒިކުރުވެސް ކޮށްލުމަށްފަހު ސިޓިންރޫމަށް ނިކުތެވެ.އެވަގުތު އަރަމުންދާ އިރުގެ އަލިން ސިޓިންރޫމުތެރެ ދިއްލާލުމަށް، ދެފަރާތަށް ދަމާފައިވާ ދޮރުފޮތިގަނޑު ޚަދީޖާ ކަހާލިއެވެ.އެއާއެކު އިރުގެ އަލި ފުރޭނިގެން އައިސް ކުޑަދޮރުތަކުގެ […]
އާތިފްގެ އެވީޑިއޯ ބަލާ ނިމުނު ފަރީޝާގެ ދެލޯ ކަރުނައިން ފުރުނެވެ.ވީޑިއޯ ހުއްޓައިގެން އާތިފަށް ބަލަން ދެރަވެފައި ފަރީޝާ އިންދާ، އެކޮޓަރިއަށް ވިޔާމް ވަނެވެ.ލޯޔަރު އައި ވާހަކަ ފަރީޝާ ގާތު ވިޔާމް ބުނުމާއެކު، ލޯފުހެލާ ލެޕްޓޮޕްވެސް ނިވާލުމަށްފަހު ފަރީޝާ ސިޓިންރޫމަށް ނިކުތެވެ. ލޯޔަރު އައުމުން އޭނާއަށް މެހެމާންދާރީ ފަރީޝާ އަދާކުރިއެވެ.ކުޑަވަގުތުކޮޅަކު ފަރީޝާމެނާ އަނގަތަޅާލުމަށްފަހު، އެޕާޓުމަންޓު ފަރީޝާގެ ނަން މައްޗަށް ބަދަލުކުރިކަމުގެ ލިޔުން ފަރީޝާ އަތަށްް ލޯޔަރު ދިއްކޮށްލިއެވެ.ލޯޔަރު ދަމުން ދިޔައީ އައިލީންގެ ބެލެނިވެރިކަން ފަރީޝާމެނަށް ހޯދައިދިނުމަށް އޭނާ ވަރަށް […]
އާތިފް މަރުވުމުން އޭނާގެ ގައިގައި ގުޅާފައި ހުރި މެޝިންތައް ނިވާލުމަށްފަހު، މޫނާއެކު މުޅި ގައިގައި ނަރުހުން ބެޑްޝީޓް އަޅާލިއެވެ.އެވަގުތު ކިތަންމެ ހިފަހައްޓަން މަސައްކަތް ކުރިނަމަވެސް ފަރީޝާއަށް ވަރަށް ބޮޑަށް ރޮވުނެވެ. އޭނާގެ ލޯ ކުރިމަތީގައި ތާއަބަދަށް އާތިފް ވަކިވެގެން އެދިޔައީއެވެ.އައިލީންގެ ބައްޕަ މިދުނިޔެއާ ވަކިވުމުން އައިލީންނަށް ކުރާނެ އަސަރު ހިތަށް އެރުމުންވެސް ފަރީޝާއަށް އިތުރަށް ރޮވުނެވެ.ފަރީޝާ ރޯން ފެށުމުން ވިޔާމް އޭނާ ގޮވައިގެން އެކޮޓަރިން ނިކުތެވެ. ******* އާތިފްގެ މަރު ފޯމު ފުރާ ކަށުކަމާކެމީގެ ކަންކަން ކުރަން […]
“އެހެންވެގެންތަ އާތިފަށް އެދުވަސްކޮޅު އެހާ ބަދަލެއް އައީ؟” ފަރީޝާއަށް އަހާލެވުނެވެ. ފަރީޝާގެ އެސުވާލަށް އާތިފް ބޯޖަހާލިއެވެ.އެވަގުތު ފަރީޝާއަށް ދެރަވެގެންގޮސް ރޮވުނެވެ.ފަރީޝާ ރޯތަން ފެނުމުން އާތިފަށްވެސް އިތުރަށް ރޮވުނެވެ. “ފަރީ އާތިފް ބޭނުންވޭ ސުވާލެއް ކޮށްލަން އެއަށް ތެދުވެރިކަމާއެކު ޖަވާބުދީފާނަންތަ؟” އާތިފް އުދަނގޫކަމާއެކު ބަލިގޮތަށް އަހާލިއެވެ.އާތިފް އެހެންއެހުމުން ލޯފުހެލުމަށްފަހު ސުވާލުކުރުމަށް ފަރީޝާ ބުނެލިއެވެ. “އެދުވަހު ވިޔާމްގެ ހަގީގަތް ނޭނގި ހުއްޓާ އާތިފް ލޯބިވާ ވާހަކަ ބުނެ ފަރީޝާގެ ގާތުން ކައިވެންޏަށް އެދެފިނަމަ އިންނާނަންތަ؟” އާތިފް އަހާލިއެވެ. އާތިފްގެ އެސުވާލުން […]
އާތިފް ފޯނުބޭއްވިތާ ވިހި މިނެޓުވެސް ހަމަނުވަނީސް ލޯޔަރު އެތަނަށް އައެވެ.އަދި އާތިފްގެ އަތުން އެ ލިޔުން ނެގިއެވެ. “ކިހާ ދުވަހެއް ވާނެ ތި ހަމަޖެހެން؟” އާތިފް އަހާލިއެވެ. “ދެބޭފުޅުންގެ ވެސް ސޮޔާ އިނގިލީގެ ނިޝާން ލިބުނީމަ އަވަސް ވާނެ..ލަފާކޮށްފަ ބުނަންޏާ ހަފްތާއެއްތެރޭ ނިމޭނެ..އެހެންނަމަވެސް މީތި އެއަށްވުރެވެސް އަވަސްވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަން” ލޯޔަރު އެހެންބުނެ އާތިފަށް އަވަސް ޝިފާއެއް މިންވަރުކޮށްދެއްވުން އެދި އެތަނުން ނިކުތެވެ. ލޯޔަރު ދިއުމުން އަނެއްކާވެސް ފަރީޝާއާ އާތިފް އެކަނިވިއެވެ. “ވިޔާމް މިތަނަށް ވަނުމަށް […]
އާތިފާ ކައިރިވި ވަރަކަށް އޭނާ ލެއިން ތަތްތެޅިފައިވާ މަންޒަރު ސާފުކޮށް ފަރީޝާއަށް ފެންނަމުން ދިޔައެވެ.އެއާއެކު ދުވަމުން އައި ފަރީޝާގެ ދުވުން ހުއްޓި އަނގަމަތީގައި އަތް އަޅާލެވުނެވެ.އާތިފް އޮތްގޮތް ފެނި ފަރީޝާގެ ދެލޮލުން ކަރުނަތައް އޮހޮރިގެން ދިޔައެވެ.ފަރީޝާގެ ހިތަށް އެވަގުތު އައީ އައިލީންނެވެ.އައިލީންނަށް އާތިފް އޮތްގޮތް ފެނިއްޖެނަމަ، އެކުއްޖާ ވަރަށް ދެރަވާނެކަން ފަރީޝާއަށް އެނގުނެވެ. އަވަސް ފަރުވާދޭ ކޮޓަރިއަށް ވެއްދުމަށްފަހު ނަރުހުން އާތިފަށް ފަރުވާކުރަން އަވަސްވެގަތް އިރު، ފަރީޝާއާ ވިޔާމްތިބީ އާތިފްގެ ޚަބަރެއް އެމީހުނަށް ލިބޭނެ އިންތިޒާރެއްގައި އިމަރޖެންސީ […]
“އާތިފް؟ ކިހިނެއްވެފަ؟” އެންމެންތައް ނިކުންނަން ތެދުވިއިރުވެސް އާތިފް ނުތެދުވެ އިނުމުން ފަރީޝާ އަހާލިއެވެ.ފަރީޝާ އެހެންއެހުމުން އާތިފް ސިހިގެންގޮސް އަވަހަށް އެތަނުން ތެދުވިއެވެ. “ފަރީމެން މިދަނީ ޕާޓީއަށް…ރޭގަވެސް ބުނީމެއްނު ކޯޓުން ނިކުންނަ ގޮތަށް ކައިވެނި ޕާޓީ ބާއްވަން ހަމަޖެހިފައިވާ ނަސަންދުރާއަށޭ ދާނީ” ފަރީޝާ ބުނެލިއެވެ. “އާތިފް ނުލައިދިނަސް ހެޔޮ އެހެން ކާރެއްގަ އަހަރެެމެން މިދަނީ އައިލީންވެސް ގޮވައިގެން” ފަރީޝާ ބުނެލިއެވެ.ފަރީޝާ އެހެންބުނުމުން އައިލީން ގޮވައިގެން އެމީހުން ދިއުމަށާއި އާތިފް އިރުކޮޅަކުން އެތަނަށް ދާނަން ކަމަށްބުނެ ކޯޓުން ނިކުންނަން އޭނާ […]
ކައިވެނީގެ ފޯމު ނެގުމަށްފަހު، އެދެމީހުން ކައިވެނިވާން އުޅޭކަމުގެ ޚަބަރު އެންމެނަށް ދޭން ނިންމިއެވެ.ވިޔާމް ބޭނުންވަނީ ވަރަށް ކުލަގަދަކޮށް މިފަހަރުވެސް ކައިވެނީގެ ހަފްލާ ބާއްވާށެވެ.ކައިވެނީގެ ޚަބަރު ވިޔާމް އޭނާގެ މަންމައަށް ދިނުމާއެކު، މަންމަ ވަގުތުން ދައްތައަށާއި ބައްޕައަށް އެޚަބަރު ދިނެވެ.އެއާއެކު އެންމެންވެސް ފަރީޝާމެނަށް ވަރަށް ހޫނު މަރުހަބާއެއް ކިއެވެ. ފަރީޝާމެން ކައިވެނިކޮށްގެން ދިރިއުޅެން ބޭނުންވަނީ މާލޭގައިކަމާއި، އެގޮތަށް ނިންމީ އައިލީން މާލޭގައި އުޅޭތީކަމަށްވެސް އެމީހުން ވިޔާމްގެ މަންމައަށް ބުންޏެވެ.އެހެންނަމަވެސް ދޭތެރެއަކުން ރަށަށް ވެސް ދާނަން ކަމަށް ބުންޏެވެ.ފަރީޝާމެން މާލޭގައި […]