އާނިމް ދޮރުމައްޗަށް ނިކުތްއިރު އޭނާގެ ރަހުމަތްތެރިން ޕުރައިވެޓް ސްޕޯޓު ކާރެއްގައި އޭނާ ބަލާއައިސް ތިއްބެވެ. “ވާވް ގަދަ އިނގޭ!” ކާރު ފެނުމުން އޭގައި ޖަހާލުމަށްފަހު، އާނިމް އެއަށް އަރަމުން ބުނެލިއެވެ. “ކަލޭވާ ދިއުޅި ދިގުއިނގޭ!…މިތިބަ ރަފާ އާ ނަދާއަށްވުރެވެސް ކަލޭ ގިނައިރު ނަގައިފި!” އާނިމް ކާރަށް އެރުމުން ، ދުއްވަން އިން ކާރުގެ ވެރިޔާ ހައްމާދު ބުނެލިއެވެ. ބުރޯ ހަމަޖެހިބޭ…ލަސްވުމުން އޭގެ ފައިދާވެސް ވެއްޖެއްޔޭ!” އެހެންބުނެ ވޮލެޓުނަގާ ރުފިޔާތައް ދައްކާލަމުން އާނިމް ހިނިއައިސްފައި ބުނެލިއެވެ. އާނިމް އަތުގައި […]
އަޅެ އެމީހުން އެގުޅަނީ ލަސްވެގެނޭ ރުފިޔާ ދޭށޭ” ޚަދީޖާއާ ދިމާލަށް އާނިމް އަޑުގެކޮޅަށް އަމުރުވެރި ރާގަކަށް ހަޅޭއްލަވައިގަތެވެ. އާނިމް އެހާ ލަދުކުޑަކޮށް އޭނާއާ ދިމާލަށް ހަޅޭއްލަވައިގަތުމުން އެރި ރުޅިން އާނިމްގެ ކަންފަތްމަތީގައި ޚަދީޖާ ޖެހިއެވެ. :”މަގޭ ކުރިމަތީގަ އަޑުގެކޮޅަށް ހަޅޭއްލަވާ ހަދާއިރު ކަލޭއަކަށް ނޭނގޭތަ މަމީ ކަލޭގެ މަންމަކަމެއް” ވަރަށް ރުޅިއައިސްފައި ޚަދީޖާ ބުނެލިއެވެ ދުވަހަކުވެސް އާނިމްގެ ގައިގައި ރުޅިއައިސްގެން ޖަހައިފައިނުވާ ޚަދީޖާ، މިއަދު އާނިމްގެ ކަންފަތްމަތީގައި ޖެހެވުމުން ހިތަށް އަސަރުކުރިއެވެ.އެހެންނަމަވެސް އެކަން އޭނާ އާނިމަކަށް ނުދައްކައެވެ.ޚަދީޖާ […]
ޚަދީޖާ ދޮރު ހުޅުވާލުމުން ޝައިނާ ސިޓީއުރަ ދިއްކޮށްލީ ކުއްޔޭ ބުނަމުންނެވެ.އެވަގުތު ލުއި ހިނިތުންވުމަކާއި އެކު އެސިޓީ އުރައިގައި ޚަދީޖާ ހިފިއެވެ.ޚަދީޖާގެ މޫނުމަތިން މިއަދު މާޔޫސްކަން ފެންނަމުންދިޔައެވެ.އެދެލޮލުން އޭނާ އެހުރީ ވަރަށް ބޮޑަށް ރޮއެފައިކަން ޝައިނާއަށް ފާހަގަވިއެވެ.ނަމަވެސް ޚަދީޖާއާ އެހާ ގާތްނުވާތީ ވީކީއްތޯ އަހާކަށް ޝައިނާއަކަށް ނުކެރުނެވެ. ސިޓީއުރަ ޚަދީޖާއަށް ދިނުމަށްފަހު ޝައިނާ މަޑުމަޑުން ސިޑިންތިރިއަށް ފައިބަން ހިނގައިގަތެވެ.ސިޑިން ފައިބަމުންދިޔަ ޝައިނާގެ ބޮލުތެރޭގައި ވަނީ ޚަދީޖާއެވެ.އުމުރުން އެހާ ދުވަސްވެފައިވާ މީހަކު އެހާ ދެރަވެފައި ހުރުމުން ޝައިނާގެ ހިތަށް ކޮންމެވެސް […]
އާނިމަށް ވިސްނައިދެވޭތޯ ޚަދީޖާ ވަރަށް މަސައްކަތްކުރިއެވެ.ނަމަވެސް އާނިމް އޭނާގެ މަންމަގެ ނަސޭހަތުގެ އަޑެއް ނޭހިއެވެ.އެހެންކަމުން އިތުރަށް އަނގައިން އެއްވެސްބަހެއް ނުބުނެ އެކޮޓަރިތެރެ ސާފުކުރަން ޚަދީޖާ ފެށިއެވެ. ***************. އެދުވަހުގެ ފަހުން އެގެއަށް އެކި ކަހަލަ އަންހެންކުދިން އާނިމް ގެންނަންފެށިއެވެ.ޚަދީޖާ ގެ ކުރިމަތީގައިވެސް އެކަކު އަނެކަކާ ގައިގޯޅިވަމުންދިޔައެވެ.ލައިފައި އެއްލާލާ އަންނައުނެއްގެ ބީދައިން، އަންހެންކުދިންނާއި ލޯބީގެ ގޮތުން ގުޅި އަދި ރުޅިވަމުން އާނިމް ދިޔައެވެ.އެކަކާއެކު ހަފްތާއަކަށްވުރެ އިތުރަކަށް އާނިމް ނޫޅެއެވެ.ނަތީޖާއަކަށްވެގެންދިޔައީ ޔުމްނާ އައި ފަދައިން އެގެއަށް އާނިމްގާތަށް ނުރުހުންތެރި އަންހެންކުދިން އަންނަން […]
ކިތަންމެވަރަކަށް އާނިމްެގެ ނަންބަރަށް ގުޅިއަސް އޭނާ ފޯނެއް ނުނަގާނެކަން ޚަދީޖާއަށް އެނގެއެވެ.އަދިވެސް އާނިމް ޚަދީޖާދެކެ އައިސްފައިވާ ރުޅިގަނޑު މަތަނުވަނިތާއޭ އެވަގުތު ޚަދީޖާގެ ހިތަށް އެރިއެވެ.ހަދާނެގޮތެއްނެތުމުން އާނިމް އަންނަންދެން އޭނާގެ އިންތިޒާރުގައި ޚަދީޖާ ސޯފާގައި އިނެވެ.ކޮޓަރިއަށް ވަތް އަންހެންކުއްޖާގެ އެއްވެސް އަޑެއްބަޑެއް ނީވޭތީ އޭނާ އެތާ އެތެރޭގައި ކުރަނީކީއްަބާވައޭ ޚަދީޖާގެ ހިތަށްއަރަމުންދިޔައެވެ. އާނިމަށް އެކުއްޖާ އައިކަން އެނގެނީބާވައޭވެސް ޚަދީޖާގެ ހިތަށްއަރަމުންދިޔައެވެ.އާނިމަށް އެކުއްޖާ އައިކަން އެނގުނު ނަމަވެސް، އަންހެންކުއްޖާ އެހާ ރުޅިއައިސްގެން އެއުޅެނީ ކޮންކަމަކާ ކީއްވެބާވައޭ ޚަދީޖާގެ ހިތަށްއަރަމުންދިޔައެވެ.ޖަވާބު ނޭނގޭ […]
އާނިމްގެ ހިޔާލުގައިހުރި ޚަދީޖާއަށް ސިހުންވެގެންދިޔައީ ކުއްލިއަކަށް ދޮރުޖެހި އަޑަށެވެ.އެވަގުތު އާނިމް ބޭރަށް ނިކުތީއެވެ.އާނިމް ނިކުތުމުން ޚަދީޖާ ބަލައިލީ މޭޒާ ދިމާލަށެވެ.އޭނާގެ ފޯނަށް ރުފިޔާއެއް އަޅައިދޭން އާނިމް ކައިރީގައި ބުނެ، މޭޒުމަތީގައި ބޭއްވި ސަތޭކަ ރުފިޔާ އޮތްގޮތަށް އޮތެވެ.އާނިމް ރުޅިއައިސްގެން އެދިޔައީ ރުފިޔާ ނުލައެވެ.އެހެންކަމުން ފިހާރައަށް ދާންޖެހުނީ ޚަދީއަށްކަން އޭނާއަށް އެނގުނެވެ. އާނިމް ކޭތަށި ދޮވެ، މޭޒުމަތި ސާފުކޮށްލުމަށްފަހު ޚަދީޖާ އުޅުނީ ފިހާރައަށް ދާށެވެ.ކިތަންމެ ބަލިކޮށް އުޅުނަސް، އޭނާ ނުގޮސްފިނަމަ ހުންނަން ޖެހޭނީ ކާއެއްޗެހި ގެއަށް ނުގަނެކަން ޚަދީޖާއަށް […]
“މަންމަ ފޯނަށް ރުފިޔާއެއް އަޅައިދީ…ރޯމަސް ވިއްކާމީހާއަށް ގުޅާނީ” ޚަދީޖާ އޯގާތެރިކަމާއެކު ބުނެލިއެވެ. “ދަރިފުޅާ ކޮންއިރަކުންތަ ދެން ތިއިސްލާހުވަނީ؟….އަބަދު ތިހެންއުޅެވޭތަ؟…މިނޫނަސް ދުވަހެއް އޮތްކަން ހަނދަާންކޮށްބަލަ!….ނިކަން ރަނގަޅުމީހަކަށްވެ ހަރުދަނާވެބަލަ…ތިއުޅުން…” ޚަދީޖާއަށް ބުނެވުނީ އެހިސާބަށެވެ.އާނިމް އޭނާއާ ދިމާލަށް ރުޅިވެރި ނަޒަރަކުން ބަލައިލިއެވެ. “އަނެއްކާވެސް އެއްކަލަވާހަކަ ފެށީދޯ؟…އަބަދު އެކައްޗެއް ނުކިޔަބަލަ…އިރެއްގަ އެހެންއުޅުނަސް މިހާރު ނޫޅެމޭ..ދެން ތިކިޔަނީ ބޯދިގުވާހަކަ..އަހަރެންގެ އިސްތަށިގަނޑު މިހެންހުރެގެން އަހަންނަކަށް އުދަނގުލެއް ނުވޭ…ދެން ކީއްވެތަ މަންމައަށް އުދަނގޫވާންވީ؟” ރުޅިވެރިކަމާއެކު އާނިމް ބުނެލިއެވެ.އާނިމް ގޯސްކޮށް ނޫޅޭކަމަށް ބުނިނަމަވެސް، އަދިވެސް މަސްތުވާތަކެތި އޭނާ ބޭނުންކުރާކަން […]
އާނިމްގެ އުމުރުން ފަންސަވީސް އަހަރުފުރުނުތަނާ އާނިމްގެ ބައްޕަ ކުއްލިގޮތަކަށް ނިޔާވިއެވެ.އަބޫބަކުރުގެ ކުއްލި ވަކިވުން ވެގެންދިޔައީ ޚަދީޖާއަށް ލިބުނު ފުން ހިތާމައަކަށެވެ.ޚަދީޖާ މުޅިން އެކަނިވިއެވެ.ދުނިޔޭގައި އާނިމް ފިޔަވައި އޭނާގެ އެކަކުވެސް ނެތުނީއެވެ.އެހެންކަމުން އާނިމަށްޓަކާ ޚަދީޖާ ހިތްވަރާއެކު ދިރިއުޅެން މަސައްކަތްކުރިއެވެ. ބައްޕަ މަރުވިތާ ކުރީކޮޅު، އާނިމް ގެއިންބޭރަށް ދިއުން މުޅިންހެން ހުއްޓާލިއެވެ.ޚަދީޖާއާއެކު ހޭދަކުރާ ވަގުތު އިތުރުވިއެވެ.އާނިމަށް އައި އެހެޔޮ ބަދަލާމެދު ޚަދީޖާ ވަރަށް ހިތްހަމަޖެހުނެވެ.ބައްޕަ ނިޔާވުމާއެކު އާނިމަށް ވިސްނުނީ ކަމަށް ޚަދީޖާއަށް ހީކުރެވުނެވެ.އެހެންނަމަވެސް ދެހަފްތާ ފާއިތުވިފަހުން މަޑުމަޑުން ކުރީގެ ދިރިއުޅުމަށް […]
ހަޔާތުން ދުވަހަކާއި ދުނިޔެއިން ދުވަހެއް ނިމި ދިޔަވަރަކަށް، ތުއްތު އާނިމްވެސް މަޑުމަޑުން ހެދިބޮޑުވަމުން ދިޔައެވެ.އާނިމް އުފަންވުމަށްފަހު، އެއުފާވެރި އާއިލާއަށް އިތުރު އުފާވެރިކަމެއް ލިބުނުކަހަލައެވެ.އެތުއްތު ޅަފުރާނަވީ އެމީހުންގެ ދެލޮލުގެ ނޫރަށެވެ.ހިތުގެ ފިނިކަމަށެވެ.ޚަދީޖާގެ ދެމަފިރިންނެކޭ އެއްފަދައިން، އަބޫބަކުރުގެ މައިންބަފައިންވެސް އާނިމްދެކެ އިންތިހާއަށް ލޯބިވެއެވެ.ވާ ލޯތްބެއްގެ ބޮޑުކަމުން އޭނާ ބުނިހާ އެއްޗެއް ހޯދައިދީގެން، ބުނިހާ ކަމެއްކޮށްދީގެން އެންމެންވެސް އުޅުނެވެ.އާނިމްގެ ކަންކަމަކީ އެމީހުން އެންމެ އިސްކަންދީގެން ކުރާ އެންމެ މުހިންމު ކަމަށް ހަދައިގެންނެވެ. އާނިމް ބޮޑުވަމުން އައިއިރު އޭނާއަށް މަދުވާނެ ހަމަ އެއްވެސް […]