“މިގޭގަ ހަމަ އަމިއްލަ ގެއެއްފަދައިން ފަރީޝާއަށް އުޅެވޭނެ…އެއްވެސް ކަމަކަށް ދަތިވަންޏާ ނޫނީ ބޭނުންވަންޏާ އަޅުގަނޑު ކައިރި ބުނީމަ ކޮށްދޭނަން…ފަރީޝާ އަތުން އެއްވެސް ޚަރަދެއް ނުޖެހޭނެ މިގެއަަށްވެސް އައިލީންނަށްވެސް ކުރާކަށް….ގެއަށް ބޭނުންވާ ސާމާނާ ކާއެއްޗެހީގެ އިތުރުން އައިލީންގެ އެއްޗެހިވެސް އަޅުގަނޑު ހުންނާނެ ހޯދާފަ، ހުސްވެއްޖެޔާ އަޅުގަނޑު ހޯދަދޭނަންަ…ފުރިޖުގަ ހުންނާނެ ހުސްނުވާވަރަށް ސާމާނު…ފަރީޝާ ބޭނުންއެއްޗެއް ހަދައިގެން ކެވޭނެ ހަމަ… އަޅުގަނޑަކީ އެހާ ކާމީހެއްނޫން…އަޅުގަނޑު އާންމުކޮށް ގެއިން ހެނދުނު ސަޔާ ރޭގަނޑު ކެއުން ކާނީ…ކުރިންވެސް ބުނިހެން އަޅުގަނޑު އުޅޭނީ ގިނަވަގުތު އޮފީހުގަ..އަޅުގަނޑު […]
ފަރީޝާ ގާތުގައި އޮތް އައިލީން އިސާހިތަކު ނިދިއެވެ..ލޯބިލޯބިކޮށް ފުން ނިންޖެއްގައި ނިދާލާފައި އޮތް އައިލީންނާ ދިމާލަށް ބަލަން ފަރީޝާ އޮތެވެ.ކުއްޖާ އޮތް ލޯބިކަމުން އޭނާގެ ނިއްކުރިއަށް ފަރީޝާ ބޮހެއްދިނެވެ.އެކުއްޖާ ދޫކޮށްލާފައި ދާހިތް އެއްގޮތަކަށްވެސް ފަރީޝާ ނުވެއެވެ.އެހެންނަމަވެސް އެހާ ގިނަވަގުތު ފަރީޝާ އެގޭގައި ހުންނަން، އައިލީންގެ ބައްޕަ ހިތްހަމަނުޖެހިދާނެއޭ ހިތަށް އެރުމުން ހިތާދެކޮޅަށްވިޔަސް ދާން، ކޮޓަރިން ނިކުތެވެ. ސިޓިންރޫމަށް ފަރީޝާ ނިކުތްއިރު ލަކްޝްމީއާ އާތިފް ކޮންމެވެސް ވާހަކައެއް ދައްކަން ތިއްބެވެ.އެދެމީހުން ވާހަކަދައްކަން ތިބުމުން ފަރީޝާ ނިކުތްކަން ރެއަކާނުލިއެވެ. “މިހާރު […]
ކަރުނަައިން ތެމިފައިވާ ދެލޮލުން ފަރީޝާއަށް ބަލަން ދެއަތް ދިއްކޮށްލައިގެން އައިލީން ހުއްޓެެވެ.އެހެންކަމުން ފަރީޝާގެ ނާޒުކު ހިތަށް ކެތްނުވެގެން އެކުއްޖާ އުރާލިއެވެ.އެވަގުތު އާތިފް އެތަނަށް އައެވެ. “ފަރީޝާ ބޭނުމިއްޔާ ދިޔަސް ހެޔޮ…ވަރަށް ލަސްވެއްޖެއެއްނު..ތަނަކަށް ދާންވެސް އޮވެދާނެ…ނޫނީ ގޭގަ ބޭބީވެސް ހުރެދާނެ” ފަރީޝާއަށް ލަސްވެދާނެހެން ހީވާތީ އާތިފް ބުނެލިއެވެ. “ކީއްވެ މަންމި ތިދަނީ؟” ފަރީޝާއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އައިލީން ދެރަވެލާފައި އަހާލިއެވެ.އެވަގުތު ފަރީޝާ އައިލީންއާ ދިމާލަށް ބަލައިލިއެވެ.ތުއްތު އެމޫނު ފަރީޝާއާ ގާތުން ފެންނަން ހުރުމުން، އޭނާއަށް ކުރެވެމުންދިޔައީ ކުރިން […]
“އެހެންތަ؟…އައި އެމް ސޮރީ” ކުއްޖާގެ މަންމައާ ވަރިވެފައޭ އެޒުވާނާ ބުނުމުން ފަރީޝާ ބުނެލިއެވެ. “އިޓްސް އޯކޭ” އެޒުވާނާ ޖަވާބުގައި ބުނެލިއެވެ. އަދި އަނެއްކާވެސް ކުޑަކުޑަ އައިލީން ކައިރި ގެއަށް ދިއުމަށް ބުނެލިއެވެ.ދެވަނަފަހަރަށްވެސް ގަދަކަމުން އެކުއްޖާ ގެންދަން އޭނާގެ ބައްޕަ މަސައްކަތްކޮށްލިއެވެ.އެހެންނަމަވެސް ހަމަހިލާ އެތަނުން އެކުއްޖާ ގެންދެވޭވަރެއް އޭނާއަކަށް ނުވިއެވެ. ދެވަނަފަހަރަށް ގަދަކަމުން ގެއަށް ގެންދަން އުޅެންފެށުމުން، ކުއްޖާ އިތުރަށް ރޯންފެށިއެވެ.އެއާއެކު އެކުޑަ އައިލީންގެ އަޑުވެސް ބާރުވާން ފެށިއެވެ.ރޮމުންދިޔަ އައިލީން ދިޔައީ ފަރީޝާގާތު އެކުއްޖާއާ އެކު އެގެއަށް ދިއުމަށްބުނެ […]
ކުއްލިއަކަށް ކުޑަކުއްޖަކު އައިސް އެގޮތަށް ބައްދާލުމުން ފަރީޝާއަށް ލިބިގެންދިޔައީ ބޮޑު ހައިރާން ކަމެކެވެ.ވަގުތުން ފަރީޝާއަށް ބަލައިލެވުނީ އެކުޑަ އަންހެންކުއްޖާއާ ދިމާލަށެވެ. “ކޮއްކޯ” އެކުއްޖާ މަޑުމަޑުން ގަޔާ ދުރުކޮށްލަމުން ފަރީޝާ ގޮވާލިއެވެ.އެވަގުތު މައުސޫމު ކުޑަކުޑަ މޫނު އުފުލާލުމަށްފަހު ކުޑަކުޑަ ދެލޮލުން ފަރީޝާއާ ދިމާލަށް އެކުއްޖާ ބަލައިލިއެވެ. ހިކިކޮށްހުރި ކުޑަކުޑަ އެއަންހެންކުއްޖާ އަކީ ގައިގެ ކުލަ އަލިކޮށްހުރި ކުއްޖެކެވެ. ބަލާބެލުމަށް ހީވަނީ ދެއަހަރުގެ ކުއްޖެއް ހެނެވެ.ތުނި ފަން އިސްތަށިކޮޅު ދެފަރާތަށް އައްސާލައިފައިވާއިރު، ނިއްކުރިމައްޗަށް ކޮށާފައިވުމުން އެކުއްޖާގެ ލޯބިކަން އިތުރަށް ފާހަގަވެއެވެ. […]
ވިޔާމާއި އޭނާގެ މައިންބަފައިން އިންޑިއާއަށްދާން ފުރިއެވެ.ފުރަންދިޔަ މަގުމަތީގައިވެސް ވިޔާމަށް ދެފަރާތް ބެލެނީ ފަރީޝާ ފެނިދާނެކަމަށެވެ.އަނެއްކޮޅުން ފަރީޝާ ވަޒީފާއަށް ގޮސް މަޑުމަޑުން މާލޭގައި ދިރިއުޅުން ކުރިއަށް ގެންދިޔައެވެ. ************* އިންޑިއާއަށް ދެވުމާއެކު ވިޔާމްމެން ފުރަތަމަވެސް އަވަސްވެގަތީ ޑަކުޓަރަށް ދެއްކުމަށެވެ.އެގޮތުން އިންޑިއާގައި، ކެންސަރު ބައްޔަށް އެންމެ ރަނގަޅޭ ގިނަމީހުން ބުނާ ޑަކުޓަރުގެ ގާތަށްް ވިޔާމާއެކު އޭނާގެ މައިންބަފައިންވެސް ދިޔައެވެ.ވިޔާމް ދިއުމުން ޑަކުޓަރު އޭނާ ބަލާ ޓެސްޓުތަކެއް ހެދިއެވެ.ވިޔާމްގެ ބައްޔަކީ ބޮޑު ބައްޔަކަށްވެފައި، އޭނާ މިހާރު ހުރީ އެބަލީގެ ނުރައްކާތެރި ސްޓޭޖެއްގައި ކަން […]
އަށެއްޖެހުމާއެކު ފަރީޝާ ފިހާރައަށްދާން ނައްޓާލިއެެވެ.ކުރިން އޭނާ މާލެ އައިސްފައިވުމުން އޭނާއަށް މާލެތެރޭގައި އުޅުން އުދަނގޫކަމަކަށް ނުވިއެވެ.ހިނގަމުންދިޔަ ފަރީޝާއަށް ފޯނުވިއްކާ ފިހާރައެއް ފެނުމުން އެތަނަށް ވަނެވެ.އަދި އޭނާ އެއްކުރި ރުފިޔާއިން ހެޔޮއަގެއްގައި އާދައިގެ ޓަޗްފޯނަކާ ސިމެއް ގަތެވެ.ފޯނު ގަނެގެން ކޮޓަރިއަށް ވަތް ފަރީޝާ އޭނާގެ އާފޯނަށް، ގަތް ސިމްކޮޅު ލައްވާލުމަށްފަހު، އެފޯނު ޗާޖަށް ޖެހިއެވެ.އަދި ކުރީގެ ފޯނު ފޯމެޓްކޮށްލުމަަށްފަހު ޑަސްބިންތެރެއަށް އެއްލާލަން ލިއެވެ. ***** ހެނދުނު އިރުއެރުމާއެކު ހެނދުނު ސަޔަށް ކުޑަގޮތެއް ހަދާލައިގެން ފަރީޝާ ނިކުތީ ވަޒީފާއެއް ލިބޭތޯއެެވެ.ރޭގައި އައިބޭވެސް އޭނާ […]
“ދަރިފުޅު ތިހެން ދެރަވެ ހިތާމަކުރާތަން ފެނުނީމަ މަންމަ ހާދަ ދެރަވެޔޭ” ވިޔާމް ރޯތީ އޭނާގެ މަންމަ އިނީ ފެންކަޅިވެފައެވެ.މަންމަ އެހެންބުނުމުން އުނގުގައި ބޯއަޅާލައިގެން އޮތް ވިޔާމް ތެދުވެ މަންމަ އޭނާގެ ގަޔާ ކައިރިކޮށްލިއެވެ. “އަހަންނަށް ހަމަ ރޮވެނީ މަންމާ” ވިޔާމް ބުނެލިއެވެ. “ދަރިފުޅު ފުރަން އުޅެންވީނު ދެން” ވިޔާމްގެ ލޯ ފުހެލަދިނުމަށްފަހު އޭނާގެ މަންމަ ބުނެލިއެވެ. މަންމަ އެހެންބުނުމުން ވިޔާމް އާނއެކޭ ބުނެލިއެވެ.އެވަގުތު ފަރީޝާގެ ކޮޓަރި ދޮރުހުޅުވުނު އަޑު ވިޔާމަށް އިވުނެވެ. “އެއައީ ކަންނޭނގެ ފަރީޝާ ފޮށިތައްބަލާ […]
މިއަދަކީ ދެމީހުން އެކުގައި ދެމަފިރިންގެ ގޮތުގައި ހުންނާނެ ފަހުދުވަހުގެ، ފަހުވަގުތުކޮޅު ކަމުން، ފަރީޝާ ފަހުފަހަރަށް، ހިތްފުރޭވަރަށް ވިޔާމަށް ބަލައިލިއެވެ.ފަރީޝާ ކަޅިޖަހާނުލާ ބަލަން އިނުމުން ވިޔާމް ފޯނުނަގާ އެއާ ކުޅޭކަމަށް ހެދުނެވެ.ހަގީގަތުގައި ފަރީޝާއާ ހަތަރުކަޅި ހަމަކުރިއަސް ވިޔާމަށް ބުނެދޭން ނޭނގޭ ހިތްދަތިކަމެއް ލިބެއެވެ.ވިޔާމް ފޯނަށް ބެލުމުން ފަރީޝާ އެހެންދިމާލަކަށް ނަޒަރު ހުއްޓާލިއެވެ.އެހެންކަމުން ވިޔާމް ވަގުވަގަށް ފަރީޝާއަށް ބަލަން އިނެވެ. ތިން މިނެޓްގެ ވަގުތުކޮޅަކަށްފަހު ކޯޓުގެ ހޯލުތެރެއަށް އައުމަށް ފަރީޝާއަށާއި ވިޔާމަށް ހޯލުން ބޭރަށް ނިކުތް މީހަކު ގޮވާލިއެވެ.އެވަގުތު ވިޔާމްގެ […]