ހަފްތާއެެއް ނިމުނުއިރު، މާލޭގައި ވިޔާމް ނުހިނގާ އެންމެ މަގެއްވެސް ނެތެވެ.ހެނދުނުދާ މީހާ ގެއަށް އަންނަނީ ރޭގަނޑުވެ އަނދިރިވީމައެވެ.ގެއަށް އަންނައިރު މުޅިމީހާ ހުންނަނީ ދަލުން ފޯވެފައެވެ.އެވަރުންވެސް ފަރީޝާ ހޯދުން އޭނާ ހުއްޓައެއް ނުލައެވެ.ހަތްދުވަސް އެއްކޮށްހެން ފަރީޝާ ހޯދަން ހިނގުމުގެ ސަބަބުން ވިޔާމްގެ ފަޔަށް ތަދުވަމުން ދިޔައެވެ.އެހެންކަމުން ޖެހިގެން އަންނަ ދުވަހު ގޭގައި ހުރުމަށްފަހު އަނެއްދުވަހު ނިކުންނަގޮތަށް ވިޔާމް ގޭގައި މަޑުކުރަން ނިންމިއެވެ. *********** ފަރީޝާއާއެކު ހޭދަކުރަމުންދާ ކޮންމެ ސިކުންތެއް އާތިފްގެ ހިތުގައި ފަރީޝާއަށް ޖާގަ ލެވެމުންދިޔައެވެ.އޭނާއަށް ކުރެވެމުންދާ އިހުސާސަކީ […]
“ވާހަކައެއް އަހާލަންތަ؟” ކުޑަވަގުތުކޮޅަކު ވިސްނަން އިނުމަށްފަހު އާތިފް އަހާލިއެވެ.އާތިފް އެހެންބުނުމުން ފަރީޝާ ބޯޖަހާލިއެވެ. “ފަރީޝާގެ ލައިފަށް ވިޔާމްގެ ފަހުން އެއްވެސް މީހަކު ގެނައިންތަ؟…ބައި ދަ ވޭ އެއްޗެކޭ ހީނުކުރާތި ހަމަ އަހާލާހިތްވީ..ކިޔައިނުދެވެންޏާ އޯކޭ” އާތިފް ބުނެލިއެވެ. “ނޫން..އޭގެފަހުން ހަގީގަތުގަ ފިރިހެނުންދެކެ ފޫހިވީ….އެކަމަކު އިނގޭތަ އަދިވެސް އެވިޔާމްގެ ހަނދާންކުރެވޭ…ނޭނގެ ކީއްވެކަމެއް…އެހާ ގޯސްކޮށް އޭނަ ފަރީޝާއާ ދޭތެރޭ ކަންތައް ކުރިއަސް އެހަނދާން ނުނެތޭ” ފަރީޝާ ބުނެލިއެވެ.ފަރީޝާ އެހެންބުނުމުން އޭނާއާ ދިމާލަށް ބަލަން އާތިފަށް އިނދެވުނެވެ. “އާތިފް ވަޓް އަބައުޓް ޔޫ؟” […]
އާދައިގެމަތިން ދުވަސްފެށުނެވެ.ހެނދުނު ސައިބޮއެގެން އާތިފް އޮފީހަށް ދިއުމުން، ގޭތެރޭގެ މަސައްކަތުގައި ފަރީޝާ އަވަދިވިއެވެ. ވަގުތުތައް ހިނގަމުން ގޮސް އާތިފްގެ ބުރޭކު ވަގުތު ޖެހުނެވެ.އެހެންކަމުން މިއަދުވެސް އާދައިގެމަތިން ފަރީޝާގެ މޫނު ބަލާލުމުގެ ނިޔަތުގައި، އާތިފް ކެމެރާ ފުޓޭޖް ބަލާލިއެވެ.އެވަގުތު ސިޓިންރޫމުތެރެ ފޮޅަމުންދިޔަ ފަރީޝާ އާތިފަށް ފެނުނެވެ.ފަރީޝާ ފެނުމުން އޭނާގެ ހިތަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބުނެވެ.އެއީ އޭނާއަށް ކުރިން ކުރެވުނު އިހުސާސެއް ނޫނެވެ.އައިލީންގެ މަންމައާއެކު އުޅުނުއިރުވެސް ނުވާހާ ގޮތްތަކެއް ފަރީޝާ ފެނުމުން އޭނާއަށް މިހާރު އެބަވަމުންދެއެވެ. ފަރީޝާއަށް […]
ފަރީޝާ ދިއުމުން އޭނާއާ ދޭތެރޭ ވިސްނާލަން އިނުމަށްފަހު، އާތިފްވެސް އޭނާގެ ކޮޓަރިއަށް ވަންނަން އުނދޯލިން ތެދުވިއެވެ. *********** ދުވަސްތައް ހިނގަމުންގޮސް އައިލީން ސުކޫލަށް ވެއްދިއެވެ.މިއަދަކީ އައިލީން ސުކޫލަށްދާ ފުރަތަމަ ދުވަސްކަމުން އޭނާ ގޮވައިގެން އާތިފްގެ އިތުރުން ފަރީޝާވެސް ދިޔައެވެ.” ދަރިފުޅު ނުރޮއްޗޭ އިނގޭ…ބަސްއަހައިގެން އާންޓީއާއެކު ކިޔަވާތި…މަންމި ދަސްކޮށްދިން ގޮތަށް ކިޔަވާނީ އިނގޭ…އޭ އާ ޖެހިގެން އިންނާނީ ކޮންއަކުރެއް؟” ސުކޫލަށް ދިޔަމަގުމަތީގައި އައިލީން ގާތު ފަރީޝާ އަހާލިއެވެ. “ބީ” އައިލީން ޅައަޑުން ބުނެލިއެވެ. “ވަރަށް ރަނގަޅު ދެން ޝީނާ […]
“އަޅޭ ހާދަ ދެރައޭ…އެހާ ލޯބިކުއްޖަކު ދޫކޮށްލަން ކެރުނީ ކިހިނެއްބާއޭ ހިތަށްއަރާ” އާތިފްގެ ވާހަަކަތައް އަޑުއަހަން އިނުމަށްފަހު ފަރީޝާ އަހާލިއެވެ. “ލީނާއާ ވަކިވިފަހުން އާތިފް ވަރަށް ދެރަވި..އެންމެ ދެރަވީ އައިލީން އޭނަގެ މަންމަގެ ލޯބިން މަހުރޫމުވުމުން…އާތިފްވެސް ބޭނުން އެހެންވެސް މީހުންގެ ދަރިންނެކޭ އެއްފަދައިން، އައިލީންނަށްވެސް މަންމައާ ބައްޕަގެ ލޯބި ހަމަހަމަކޮށް ލިބެން…. ލީނާއާ ވަރިވިފަހުން އައިލީންނަށްޓަކާ އާތިފް ހިތްވަރުކުރިން…މެދުކަނޑާލި ކޯސް އަނެއްކާވެސް ކުރިއަށް ގެންދިޔައިން…ކިޔަވާ ނިންމުމަށްފަހު ބޭނުންވި ވަޒީފާއަށް ކުރިމަތިލިން…އޭރުއްސުރެ މިއަދާ ހަމައަށްވެސް އާތިފް މިއުޅެނީ އެވަޒީފާގަ… އޮފީސް […]
އަމިއްލަ ގެއަަށްވާތީ ކުލި ދައްކަން ނުޖެހުނަސް، ގޭގެ ޚަރަދުތަކާ އައިލީންގެ މަންމަގެ ބޭނުންތައް ފުއްދައިދިނުމަށްފަހު، މަސް ނިމެންވާއިރަށް އަތުގަނޯވޭ އެންމެ ރުފިޔާއެއްވެސް…އޭރު އުޅުނީ މުސާރަ ކުޑަ ތަނެއްގަ ނަމަވެސް ހަރަދަށް ބަލައިފިނަމަ އުޅެވުނީސް…އެކަމަކު އައިލީންގެ މަންމަ ހަރަދަކަށް ނުވިސްނާ…އިސްރާފު ކުރުމުގެ ބައި ވަރަށް ބޮޑު..ފިހާރައިން ގަނެގެން ގެންނ،ަ ތިރީސް މިނެޓް ހަމަނުވާ ލިޕްސްޓިކް ފުޅި އެބަ އެއްލާލާއޭ ގެއަށްއައިސް ކަމުނުދިޔައީއޭ ކިޔާފަ” އާތިފް ބުނެލިއެވެ. “ޓެސްޓުކޮށްފަ ނޫންތަ ގަންނަނީ؟” ފަރީޝާ އަހާލިއެވެ. “އާތިފްވެސް ހަމަ ތިސުވާލުކުރިން…އޭނަގެ ޖަވާބަކަށްވީ […]
“ވަރަށް ބޮޑަށް ޝުކުރިއްޔާ ވަރަށް ރީތި” ހިނިތުންވެ ހުރެ އެފޮށީގައި ހިފުމަށްފަހު، އޭގައިވާ ގަނޑި ބަލާލަމުން ފަރީޝާ ބުނެލިއެވެ. “އުފާކުރަން ކަމުދިޔާމަ” އާތިފް ބުނެލިއެވެ. “މިހާރު އަޅުގަނޑުގެ ކޮޓަރި ފުރިއްޖެ އާތިފްގެ ހަދިޔާތަކުން” ދޭތެރެއަކުން ފަރީޝާއަށް އެކަހަލަ ކޮންމެވެސް ހަދިޔާއެއް އާތިފް ގެނެސްދޭތީ، ފަރީޝާ ސަމާސަވެރި ރާގަކަށް ބުނެލިއެވެ. “ފަރީޝާއަށް ކިތަންމެ ހަދިޔާއެއް ގަނެދިނަސް ފަރީޝާ ތިކޮށްދޭ ކަންތަކުގެ ބަދަލެއް ނުދެވޭނެ” އާތިފް ބުނެލީ ސީރިއަސްކަމާއެކުގައެވެ.އެވަގުތު އާތިފާ ދިމާލަށް ފަރީޝާ ބަލައިލިއެވެ. “އަސްލު އާތިފް ތިކޮށްދޭ ކަންތަކަށް […]
އާތިފް ކޮޓަރިއަށް ވަނުމުން ފަރީޝާ މޭޒުމައްޗަށް ކާންތައްޔާރުކުރަން އުޅުނެވެ.ކާންހެދުމަށްފަހު، ޖޫސް ތައްޓެއް މޭޒުމަތީގައި ބެހެއްޓިތަނުން އާތިފް ނިކުތެވެ. “ހޫމް ހާދަ ވަސްގަނޑު ރަނގަޅޭ” ގޮނޑިދަމާލުމަށްފަހު އިށީނަމުން އާތިފް ބުނެލިއެވެ.އާތިފް އެހެންބުނުމުން ފަރީޝާ ހިނިތުންވެލިއެވެ. “ހަދަންވީ އެއްޗެއް ނޭނގެ…އެހެންވެގެން މި ކެއްކީ…އުންމީދުކުރަން ކަމުދާނެކަމަށް” ފަރީޝާ ބުނެލިއެވެ. “ޕާސްތާދޯ…ކަމުދާނެ..މީ އާތިފް އެންމެމީރުކޮށް ކާ އެކަތި” އެެހެންބުނެ ޕާސްތާކޮޅެއް އޭނާ ރަހަބަލާލިއެވެ. “ހޫމް…ހަމަ ވަރަށް މީރު…ތެދައްް ބުނަންޏާ އުންމީދެއްނުކުރަން މިހާ މީރުވެދާނެ ކަމަކަށް” ފަރީޝާގެ ކެއްކުން މީރުވުމުން އާތިފް ތައުރީފްކޮށްލިއެވެ. “ޝުކުރިއްޔާ” […]
ބެލްކަނިތެރޭގައި ހުރި ފަރީޝާ އެތެރެއަށް ވަނެވެ.އަދި އޭނާގެ ފޮށީގައިވާ އެއްޗެހިތައް ހުސްކުރަން ކޮޓަރިއާ ދިމާލަށް މިސްރާބުޖެހިއެވެ.ކޮޓަރިއަށްވަދެ ފޮށީގައިހުރި އަންނައުނުތައް އަލަމާރިއަށް ފަތްޖަހާފައި ލުމަށްފަހު، ރީތިވާ ސާމާނުތައް ޑުރެސިންޓޭބަލް މަތީގައި އަތުރާލިއެވެ.އަދި ފެންވަރަން ގެންގުޅޭ ސާމާނުތައް ފާހަނައަށްލުމަށް ފާހަނައާ ދިމާލަށް ފަރީޝާ މިސްރާބުޖެހިއެވެ. ފާހަނަ ދޮރުހުޅުވާލި ފަރީޝާއަށް، ފާހަނައިގެ ރީތިކަންފެނި އާޝޯހުވިއެވެ.އެއްޗެހިތައް ފާހަނައިގައި ބަހައްޓާލުމަށްފަހު އަނެއްކާވެސް އައިލީންގެ ކޮޓަރިއާ ދިމާލަށް ފަރީޝާ މިސްރާބުޖެހިއެވެ.މަޑުމަޑުން ދޮރުހުޅުވާލި ފަރީޝާއަށް އެނދުގައި އިށީންދެލައިގެން އިން އައިލީން ފެނުނެވެ. “ދަރިފުޅާ!” އައިލީންނަށް ހިނިތުންވެހުރެ ފަރީޝާ […]