“އަހަރެން އަލަށްވެސް ސިނގިރޭޓު ބޯންފެށީ ސޮފްވާނާއެކު އުޅުމުގެތެރޭގަ..އަހަންނާ ސޮފްވާނުގެ ކަމަކީ ރެސްޓޯރެންޓުތަކުން ކޮފީބުއިމާއި ފެންނަ އަންހެންކުދިންނަށް ބެލުން…އެހެންނޫނީ ކޮންމެވެސް ލަވައެއް ބެލުން ނޫނީ ގޭމްކުޅުން…ސޮފްވާނާއެކު އުޅޭއިރު އަހަންނަށް އަބަދުވެސް ފެންނަނީ އޭނަ ސިނގިރޭޓު ބޯތަން…އެތުނބުގަ ސިނގިރޭޓު ބުރިއެއް ނީންނަ ގަނޑިއެއް މަދުވާނެ… އެއްދުވަހަކު އަހަރެން ގާތު ސިނގިރޭޓު ބުއިމަށް އޭނާ އެދުނު…ޒަމާނީ މީހުން އުޅޭނީ އެގޮތަށް ކަމަށްބުނި…އޭނާ ސިނގިރޭޓު ބޯވަގުތުތަކުގައި އަހަރެން އޭނާގެ ކައިރީގައި ހުރެމެ ސިނގިރޭޓު ނުބޯތީ އޭނައަށް އެއީ ވަރަށް އޮޑުކަމެއް ކަމުގައި ބުނި…އަހަރެން […]
“އާނިމަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަން ޚަދީޖާދައްތަގެ ފަރާތުން އަހަންނަށް އެނގުނު…އަހަރެންގެ ފަރާތުން އެއްވެސް މީހަަކާ ހަމައަށް ވާހަަކައެއް ފޯރަފާނެތީ ޖެހިލުންވާކަށް އާނިމް ނުޖެހޭނެ….އަހަންނަށް އިތުބާރުކުރެވޭނެ…އާނިމް ހިތަށްއަރާފާނެ ނުދަންނަ މީހުން ގާތު މަންމަ އާނިމްގެ ވާހަކަދައްކަނީއޭ…އެކަމަކު އެހެންހީނުކުރާތި….އެހާލަތުގަ އެއީ ކޮންމެމީހަކަށްވީނަމަވެސް ހިތުގައިވާ އުދާސްތައް ކިޔައިދީ ބޭރުކުރަން ބޭނުންވާނެ ހަމަކޮންމެ މީހަކުވެސް…އަހަންނަށް އިނގޭ ޚަދީޖާދައްތަވެސް އެދައްތަގެ ހުރި ހަމައެކަނި އަދި ނުހަނު ލޯބިވާ ދަރިފުޅުގެ ގޯސްވާހަކަ މީހުންކައިރި ދައްކަން ބޭނުންނުވާނެކަން…އެކަމަކު އެދުވަހު އެދައްތަގެ ހިތަށް ބަރުދާސްތު ނުކުރެވުމުން އަހަންނާ އެވާހަކަތައް […]
“ކިހިނެއް އެނގެނީ އަހަރެން މިދަނީ މަންމަ ހޯދަންކަމެއް؟” ވަގުތުކޮޅަކަށް ޝައިނާއަށް ބަލަންހުރެލުމަށްފަހު އާނިމް އަހާލިއެވެ. “ދާ ގޮތުން އެހެންހީވީ ހަމަ” ޝައިނާ ރައްދުގައި ބުނެލިއެވެ. “އަހަރެންގެ މަންމަ ރަނގަޅޭތަ ތިބުނީ؟” އާނިމް އަނެއްކާވެސް ޝައިނާއަށް ސުވާލު ކޮށްލިއެވެ. “އާނ…ކުޑައިރުކޮޅެއް ކުރިން ތިބަޔަށް ވަދުނިން…އޭރު ޚަދީޖާދައްތަ އިނީ މެންދުރަށް ކާންވެގެން” ޝައިނާ ބުނެލިއެވެ. “އެހެންތަ” އަވަހަށް އަރަން އުޅެމުން އާނިމް ބުނެލިއެވެ. “މަޑުކޮށްބަލަ!…އާނިމް ގާތު ވާހަކައެއް ދައްކާލަންވެފަ އަހަރެން އެބަައޮތް…އާނިމްގެ މަންމައަށް އަހަރެން ވައުދުވެފަވާތީ އެވައުދުފުއްދަން އަހަރެން ބޭނުންވޭ” […]
އާނިމް ހަމަޖެހިލުމުން ކައްޕި ލޯންޗު ދުއްވާލިއެވެ.އެންމެން އޭނާ ގައިގައި ތަޅައިގަތުމުން، އާނިމްގެ ގައިގެ ހުރިހާ ތަނަކަށްވެސް ދިޔައީ ގަދައަށް ރިހެމުންނެވެ.ނަމަވެސް އެކަން ބަލައިފި މީހަކަށް ނުފެންނާނެއެވެ. ލޯންޗުގައި އިން އާނިމްގެ ސިކުނޑިއަށް އެތައްހާސް ހިޔާލުތަކެއް އަރައިފައިބަމުންދިޔައެވެ.އޭނާގެ އެކުވެރިންނާއެކު އުޅުނު އުފާވެރި ވަގުތުތަކުގެ ހަނދާންތަކެވެ.އޭނާއަށް ހެޔޮއެދޭ ބައެއްގެ ގޮތުގައި ދެކުުނު އެމީހުންގެ ހަގީގަތް އެނގި، އެ އެކުވެރިކަން ދާދި ދެންމެއަކު ނިންމާލަން ޖެހުނު ހިތިގޮތުގެ ހަނދާންވެސް މެއެވެ.އެގޮތުގައި އެކި ހިޔާލުކުރެވެމުންދިޔަ އާނިމަށް އޭނާގެ މަންމަގެ ހަނދާން ކުއްލިއަކަށް އައެވެ.ރަށަށް […]
ވަގުތުކޮޅަކަށް ޝަހާއަށާއި އިކުރާމްގެ މޫނަށް ބަލަން އާނިމަށް ހުރެވުނެވެ.އޭނާއަށް އިވުނު ބަސްތައް ގަބޫލުކުރަން ދަތިހާލުގައެވެ. “ކިހިނެއްވީ ބަސްހުއްޓުނީ…އަހަންނާ ޝަހާއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ވީޒަމާނެއްވެސް ނޭނގެ…ކަލެއާ ސެޓުވާން ޝަހާއަށް ލަފާދިނީވެސް އަހަރެން…އެކަން މިކޮޓަރިތެރޭގަ ތިބި އެންމެނަށްވެސް އެނގޭނެ” އިކުރާމް ފަހުރުވެރިކަމާއެކު ބުނެލިއެވެ.އިކުރާމްގެ އެބަސްތަކުން އާނިމް އެންމެނާ ދިމާލަށް ނަޒަރު ހިންގާލިއެވެ. “އެތެދެއްތަ؟…މިހިރަ ކަލޭގެ އެކިޔަނީ ތެދެއްތަ ޝަހާ؟…ޖަވާބުދީ” ވަގުތުކޮޅަކު ހިމޭންވެލުމަށްފަހު، ރުޅިވެރިކަމާއެކު އާނިމް ޝަހާއާ ދިމާލަށް ބުނެލިއެވެ. “އަހަރެން ބުނެފީމެއްނު އަދިވެސް މިބުނަނީ އާނ އާނ….އިކުރާމްއަކީ […]
ވިސްނަން ހުރި އާނިމް ކޮޓަރިން ބޭރަށް ބޯދިއްކޮށްލިއެވެ.ޝަހާ ފެންނަން ހުރެދާނެ ކަމަށެވެ.އެކޮރިޑޯ ތެރޭގައި އެއްވެސް މީހެއްގެ ހިލަމެއް ފެންނާކަށް ނެތެވެ.މުޅި ކޮރިޑޯތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލަ އާނިމް ހުރީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައެވެ.ފޯނުވެސް ބާއްވާފައި ޝަހާ ދިއުމުން، އާނިމް ހުރީ އޭނާއަށް ގުޅޭނެގޮތެއްވެސް ނުވެފައެވެ.އެކިއެކި ޚިޔާލުތަކުގައި ހިނގަމުން ދެކޮޅަށް ދިޔަ އާނިމްގެ ކަންފަތުގައި އަންހެން ހުނުމެއްގެ އަޑު ޖެހުނެވެ.އެއަޑު ޖެހުމާއިއެކު ހިނގަމުންދިޔަ އާނިމްގެ ހިނގުން ކުއްލިއަކަށް ހުއްޓުނެވެ.އަދި ވަރަށް ރަނގަޅަށް އެއަޑާ ދޭތެރޭގައި އޭނާ ވިސްނާލިއެވެ.އެއަޑު […]
ވަގުތުކޮޅަކަށް އިކުރާމްގެ އަތުގައި ހުރި ފައިސާތަކަށް ބަލަން އެންމެނަށްވެސް ހުރެވުނެވެ. “އެހެންވީމަ ކީކޭ ބުނަނީ؟” ފައިސާތަކަށް ބަލަން ހުރި އެންމެނަށް އިކުރާމް އަހާލިއެވެ. “މިރުފިޔާތައް ބޭނުންވަންޏާ އާނ ބަސް ބުނޭ” އިކުރާމް އަނެއްކާވެސް ބުނެލިއެވެ.އިކުރާމްގެ އެބަހަށް އެންމެންވެސް ފަހަރަކުމީހެއްގެ މޫނަށް ބަލައިލުމަށްފަހު އަނެއްކާވެސް ފައިސާތަކަށް ބަލައިލިއެެވެ. އިޚްތިޔާރުކުރަންވީ އެއްޗަކާއި މެދު އެމީހުން ފިކުރުކޮށްލިއެވެ.އާނިމްތޯ ނުވަތަ އެފައިސާތައް ތޯއާމެދު އެމީހުންގެ ހިތުގައި ސުވާލު އުފެދިފައިވަނީ އެހާ ގިނަ ފައިސާތަކަކަށް ވަގުތުން އިންކާރުކުރަން ނުކެރުމުންނެވެ.އާނިމްގެ އަތްމަތި ދީލަތިކަމާއި ގިނަ ޚަރަދުތައް […]
ޚަދީޖާއާ ވާހަކަދައްކާލުމަށްފަހު، ޝައިނާ އޭނާ ދިރިއުޅޭ އެޕާޓުމަންޓަށް ދާން ނިކުތެވެ. “އަދި އަންނައްޗެ އިނގޭ ކޮއްކޯ…ދެން މި ރަހުމަތްތެރިވީއޭ” ދޮރުމަތީގައި ހުރި ޝައިނާއަށް ޚަދީޖާ ބުނެލީ ހިނިތުންވުމަކާއިއެކުގައެވެ.ޚަދީޖާގެ އެބަހަށް ޝައިނާ ބޯޖަހާލުމާއެކު ޚަދީޖާ އެޕާޓުމަންޓުގެ ދޮރުޖަހާލިއެވެ. ޝައިނާ މަޑުމަޑުން ސިޑިން ތިރިއަށް ފައިބަމުންދިޔައެވެ.އޭނާގެ ބޮލުތެރޭގައިވަނީ އާނިމާއި ވާހަކަދައްކާނެ ގޮތެކެވެ.އާނިމަށް ވިސްނައިދެވޭތޯ ބަލާނަންކަމުގައި ޚަދީޖާ ގާތު ވައުދުވެފައިވާތީ، އެވައުދުފުއްދަން ޝައިނާ ބޭނުމެވެ.އާނިމާ ވާހަކަދައްކަން އޭނާއަށް ކެރޭނެބާވައޭ ނުވަތަ އާނިމް އޭނާގެ ނަސޭހަތް އަޑުއަހާނެބާވައޭ ޝައިނާގެ ހިތަށްއަރަމުންދިޔައެވެ.މިފަދަ އެތައް ސުވާލުތަކަކުން […]
“ދައްތަގެ ހަޔާތާ ބެހޭގޮތަކުން ޝައިނާއަކަށް މާބޮޑަކަށް ނޭނގެ…އާނިމުގެ ބައްޕައާ މާމަ އަދި ކާފަ ކޮބާ؟” ޚަދީޖާގެ ވާހަކަތައް އަޑުއަހަން އިން ޝައިނާ، އޭނާގެ ހިތުގައި އުފެދިފައިވާ ސުވާލުތައް ޚަދީޖާއާ ކޮށްލިއެވެ. “ދައްތައަކީ ރާއްޖެތެރޭ ރަށަކަށް އުފަން ވަރަށް ފަގީރު މީހެއް…މިގެއަކީ އާނިމުގެ ބައްޕަގެ މައިންބަފައިންގެ ގެއެއް…އެމީހުން ރާއްޖެއިން ބޭރަށް ފުރަން ދިޔަ ދުވަހު ކަނޑުމަތީގަ ހިނގި ހާދިޘާއެއްގަ ނިޔާވީ…އެމީހުން ނިޔާވުމުން މިގެ ލިބުނީ އާނިމުގެ ބައްޕަ އަބޫބަކުރަށް…އެއީ އަބޫބަކުރަކީ އެމީހުންގެ ހުރި ހަމައެކަނި ދަރިއަށްވެސް ވާތީއާއެކު…ފަހުން އާނިމުގެ […]