ގޭގައި ގުރުއާން ޖަހަންފެށި ފަހުން ނައިޝާއަށް ދިމާވަމުންދިޔަ ބިރުވެރި ކަންތައްގަނޑު މުޅިން ހުއްޓުނެވެ.އެކަންތައްގަނޑު ހުއްޓުނު ފަހުންވެސް، ބިރުވެރިމީހާ ނައިޝާއަށް ބަލަން ހުއްޓާ ފަސް ހަފަހަރަކު މަގުމަތިން ފެނުނެވެ.ނަމަވެސް ހަފްތާއެއް ފާއިތުވެގެންދިޔައިރު އެމީހާގެ ހިލަމެއް ވެސް މިހާރަކު ނެތެވެ. ބިރުވެރިމީހާއާއި ބިރުވެރިކަންތައްވެސް ފެނުން ހުއްޓުމުން، ނައިޝާ މަޑުމަޑުން ހަމައަކަށް އެޅެމުންދިޔައެވެ.ކުރިން ކުއްލި ކުއްލިއަށް ސިއްސައިގެން ނައިޝާ ދިޔަނަމަވެސް، މިހާރު އެކަންތައް މުޅިން ހުއްޓިއްޖެއެވެ.އޭނާ ހަމައަކަށް އެޅުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ޔުދާގެ ފަރާތުން ކަމުގައިވާތީ ނައިޝާ އަބަދުވެސް […]
“އަސްލަށްވެސް ނައި އޯކޭތަ؟” ޔުދާ އަނެއްކާވެސް އަހާލިއެވެ. “އާނ އޯކޭއޭ” ނައިޝާ ޖަވާބުގައި ބުނެލިއެވެ. “އެކަމް ނައިއަށް މިހާރު ހާދަ ބަދަލުތަކެއް އަންނަހެން ޔުދާއަށް ހީވެޔޭ….ނައިގެ ލޯކައިރިވެސް ކަޅުވެފަ ތިހުންނަނީ ނުނިދަންތަ ނައި ރަނގަޅަކަށް؟” ޔުދާ އެންމެފަހުން އޭނާގެ ހިތުގައިވާ ސުވާލު ނައިޝާއާ ކޮށްލިއެވެ. “ނައި ހަމަ އޯކޭއޭ” އަނެއްކާވެސް ނައިޝާ ބުނެލިއެވެ. ނައިޝާ ހުރިހާކަމެއް ރަނގަޅު ކަމަށް ބުންޏަސް ޔުދާއަށް އެވާހަކަ ގަބޫލެއް ނުކުރެވުނެވެ.އެހެންނަމަވެސް އިތުރަށް އެއްވެސް ސުވާލެއް ނައިޝާއަކާ އޭނާ ނުކުރެއެވެ. ************* (ތިން […]
ރޭގަނޑު އަށެއްޖެހުމުން ޔުދާ ގުރޫޕް ވޯކް ހަދަން ގެއިން ނިކުތުމުން ނައިޝާ އެކަނިވިއެވެ.ސިޓިންރޫމު ތެރޭގައި އިން ނައިޝާ، ޔުދާ ދިއުމުން ފާހަނައަށްވަދެ ފެންވަރާލިއެވެ.ނުވައެއް ނުޖަހަނީސް ފޯނު އެލާމްކޮށް ނިދަން އޭނާ އޮށޯތެވެ.މިރޭ ނައިޝާ ނިދަންއެރީ ކޮޓަރީގެ ލައިޓްވެސް ޖައްސާފައެވެ.ނުވައެއް ޖަހައިގެން ގޮސް ދިހައެއް ޖެހިއިރުވެސް ނައިޝާއަކަށް ނުނިދުނެވެ.ރޭގައިވި ހާދިސާއަކީ އަސްލެއްކަމަށް ގަބޫލުކުރަން ނައިޝާއަށް އުދަނގޫވިޔަސް، ކޮންމެވެސް ވަރަަކަށް އޭނާ ޖެހިލުންވެއެވެ. ގަނޑިން އެގާރަވެސް ޖަހައިފިއެވެ.ރޭގައި ދިމާވިފަދަ އެއްވެސް ބިރުވެރިކަމެއް މިރޭ ދިމާނުވާތީ ރޭގައިވި ކަންތައްތަކަކީ އޭނާއަށް ހަމަައަސްލަށްވެސް […]
ކޮޓަރިއަށް ވަތްގޮތަށް ވަދެ ދޮރު ތަޅުލުމަށްފަހު އެނދުގައި ނައިޝާ އިށީނެވެ.ދެންމެ ވީކަންތަކުން ވަގުތުކޮޅަކަށް އޭނާގެ ހިތް ހުއްޓުނު ފަދައެވެ.މޭގައި އަތް އަޅާލައިގެން އިނދެ އަވަސް ނޭވާތަކެއް ދޫކުރަމުން ދިޔަ ނައިޝާ ވަނީ ވަރަށް ބޮޑަށް ހިތް ނުތަނަވަސްވެ ބިރުގަނެފައެވެ. ވަގުތުކޮޅަކު އެނދުގައި އިނުމަށްފަހު ނައިޝާ ފާހާނައާ ދިމާލަށް ހިނގައިގަތީ، ދެންމެވީ ކަމަކީ އޭނާ ބިރުން ހުރީމައި ހީވި ގޮތެއްކަމަށް އޭނާގެ ހިތަށް ވިސްނައި ދެމުންނެވެ.ފާހާނައަށްވަދެ މޫނު ދޮންނަ ތަށި ކައިރި ހުއްޓިލުމަށްފަހު ވަރަށް ރަނގަޅަށް އޭނާގެ މޫނު […]
މަޑު ހިނގުމުގައި ހިނގާލައިފައި އައި ނައިޝާ، ދޮރު ހުޅުވާލުމަށްފަހު ސިޓިންރޫމަށް ވަނެވެ.އޭނާގެ ފަހަތުން ޔުދާވެސް ވަނެވެ. “ނައި އޯކޭތަ؟” ކުއްލިއަކަށް ނައިޝާއަށް އައި ބަދަލާހުރެ ޔުދާ އަހާލިއެވެ. ”ހޫމް…އެކަމަކު އަދިވެސް ނައިގެ ބޮލުތެރޭގަވަނީ މިރޭ ފެނުނު މުސްކުޅި މީހާ…ހާދަ ގޮތަކަށްހުރި މީހެކޭ އެއީ…ބަލަންވެސް ހުރީ ވަރަށް ރުޅިވެރިގޮތަކަށް” ނައިޝާ ބުނެލިއެެެވެ. “ތިވާނީ ނައިއަށް ހީވިގޮތެއް ކަމަށް…އެހެންނޫނަސް ކީއްވެގެން މީހަކު ނައިދެކެ ރުޅިއައިސްގެން ބަަލަންވީކީ؟”ޔުދާ އަހާލިއެވެ.”ނޭނގެ އެއްގޮތަކަށްވެސް” ނައިޝާ ބުނެލިއެވެ. “ދެން އެކަމާ މާބޮޑަށް ނުވިސްނާ…މާގަދަޔަށް އެކަމާ ވިސްނަންޏާވެސް […]
ތިހެން ނުބުނޭ ނައި ތީ ބަދުނަސީބު މީހެއްނޫން…ތިހާ ރަނގަޅު ކުއްޖަކާއެކު ނޫޅެވުން އެއީ އެމީހުންގެ ބަދުނަސީބުކަން…ސައިފްގެ ހަނދާންތަކާ ދުރަށްދެވުނުހެން އައްކިޔުންގެ ހަނދާނުންވެސް ނައިއަށް އަދި ދުރަށްދެވޭނެ…ނައި ތިހެން ހިތާމަކުރަން އިންނާތީ ޔުދާ ވަރަށް ދެރަވޭ…އެހެންވެ ޔުދާ މިރޭ ނައި ގޮވައިގެން ބޭރަށް ގޮސްލަން ބޭނުންވާ ވާހަކަ ބުނަންވެގެން މިއައީވެސް” ޔުދާ އެހެންބުނުމުން ބޭރަށްދާ ހިތެއް ނުވާ ކަމަށް ނައިޝާ ބުނެލިއެވެ. “ނޫން ކޮންމެފަހަރަކު ނައި ބުނަނީ ތިހެން…މިހާރު ހަފްތާއެއްވީ ނައި ތިހެން އިންނަތާ އެހެންވީމަ މިފަހަރު ވާނީ […]
ގެއިން ނިކުތް ނައިޝާ މަޑު ހިނގުމުގައި، އޭނާގެ ގޭ ކުރިމަތީގައިވާ ބީޗަށް ވަނެވެ.އައްކިޔުންނާ އެކު ހޭދަކުރި އުފާވެރި ވަގުތުކޮޅުގެ ހަނދާން އަނެއްކާވެސް އާކޮށްލުމުގެ ނިޔަތުގައެވެ.ބީޗަށް ވަތް ނައިޝާ މޫދާ ދިމާލަށް ބަލަހައްޓައިގެން ހުރެ އެކިއެކި ޚިޔާލުކުރިއެވެ. “އައްކި އެހެންކުއްޖަކާ ގުޅެން ބޭނުންވާ ވާހަކަ ނޫނީ ގުޅިގެން އުޅޭ ވާހަކަ ބުނެލިނަމަވެސް އަހަރެން އޭނައާ ރީތިކޮށް ދުރަށް ދިޔައިމުސް” ނައިޝާ ހިތާހިތުން ބުނެލިއެވެ.ވަގުތުކޮޅަކު ބީޗުގައި ހުރެލުމަށްފަހު މަޑު ހިނގުމުގައި ބީޗުން ނިކުމެ ނައިޝާ ހިނގައިގަތީ ގެއާ ދުރަށެވެ. ************ […]
“ނައި ދެން ހަގީގަތެއް ކިޔައެއްނުދެންތަ އައްކިޔުންނަކަށް؟” ނައިޝާގެ ވާހަކަތައް އަޑުއަހަން އިން ޔުދާ އަހާލިއެވެ. “ކިޔައިދޭނެ ފުރުސަތެއް އައްކިއެއް ނުދިން ނައިއަކަށް…އައްކި ބުނަނީ ހެކި ދައްކަން…އެކަމް ނައި އަތަކު ނެތް ދައްކާނެ ހެއްކެއް” ނައިޝާ ދެރަވެލާފައި ބުނެލިއެވެ. “ދެން ކީކޭ ޔުދާ ބުނާނީ؟…ނައިއާ ދުރުވާން ބޭނުންވާ މީހަކާ ނައިވެސް ދުރުވާށޭ ބުނެވޭނީ” ޔުދާ ދެރަވެލާފައި ބުނެލިއެވެ. ********** ކޮޓަރިއަށް ވަތް ނައިޝާ އެނދުގައި އޮށޯވެ ކަރުނަތައް އަނެއްކާވެސް ބަންޑުން ކޮށްލިއެވެ.ނައިޝާގެ ހިތުގައި އުފެދޭ ސުވާލަކީ އޭނާ ދޫކޮށް […]
ބިންމަތީގައި އިނދެ އައްކިޔުން އަޑުންއަޑުނަގާ ރޮމުންދިޔައިރު އޭނާގެ ފަހަތުގައި ހުރި ލެޔާލްގެ ތުންފަތްމަތީގައި ވަނީ ނުބައި ހިނިތުންވުމެކެވެ.އައްކިޔުންނަށް ބަލަން ހުރެލުމަށްފަހު އޭނާގެ ކައިރިއަށް ލެޔާލް ޖެހިލިއެެވެ. “އައްކީ” ބިންމަތީގައި ރޯން އިން އައްކިޔުން ކައިރިއަށް ބަޅުވެލާ އޭނާގެ ކޮނޑުގައި ހިފާލަމުން ލެޔާލް ގޮވާލީ ދެރަވާކަމަށް ހެދެމުންނެވެ.އެވަގުތު އައްކިޔުން ލެޔާލްގެ އަތް ފޮޅުވާލުމަށްފަހު ކުއްލިއަކަށް ތެދުވިއެވެ. “ލެޔާލް ކީއްކުރަންތަ ނައިޝާއާ އަހަންނާ ވާހަކަދައްކަން ތިއްބާ އެތަނަށް ގޮސް ވާހަކަދައްކަންވީކީ؟” ނުރުހުންވެ ހުރެ އައްކިޔުން އަހާލިއެވެ. “އަހަރެން އެތާ ގޯސްކަމެއް […]