Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ނުވަދިހަ އެއްވަނަ ބައި)

lamhus Level 910 Stories100 Login500 Login100 Stories100 Comments
December 5, 2021 3 Mins Read
0 Comments

ބިންމަތީގައި އިނދެ އައްކިޔުން އަޑުންއަޑުނަގާ ރޮމުންދިޔައިރު އޭނާގެ ފަހަތުގައި ހުރި ލެޔާލްގެ ތުންފަތްމަތީގައި ވަނީ ނުބައި ހިނިތުންވުމެކެވެ.އައްކިޔުންނަށް ބަލަން ހުރެލުމަށްފަހު އޭނާގެ ކައިރިއަށް ލެޔާލް ޖެހިލިއެެވެ.

“އައްކީ” ބިންމަތީގައި ރޯން އިން އައްކިޔުން ކައިރިއަށް ބަޅުވެލާ އޭނާގެ ކޮނޑުގައި ހިފާލަމުން ލެޔާލް ގޮވާލީ ދެރަވާކަމަށް ހެދެމުންނެވެ.އެވަގުތު އައްކިޔުން ލެޔާލްގެ އަތް ފޮޅުވާލުމަށްފަހު ކުއްލިއަކަށް ތެދުވިއެވެ.

“ލެޔާލް ކީއްކުރަންތަ ނައިޝާއާ އަހަންނާ ވާހަކަދައްކަން ތިއްބާ އެތަނަށް ގޮސް ވާހަކަދައްކަންވީކީ؟” ނުރުހުންވެ ހުރެ އައްކިޔުން އަހާލިއެވެ.

“އަހަރެން އެތާ ގޯސްކަމެއް ކޮށްފިތަ؟…އޭނަ ކުރި ސުވާލަށް ޖަވާބުދޯ އަހަރެން ދިނީ…އެހެންނޫނަސް އައްކިއާ އަހަންނާ މިއުޅެނީ ރައްޓެހިވެގެންނު ދެން ކޮބާތަ މައްސަލައަކީ؟” ހިތްހަމަ ނުޖެހިހުރެ ލެޔާލް ވެސް ބުނެލިއެވެ.

ލެޔާލަށް ރައްދު ދިނުމެއްނެތި އައްކިޔުން ގެއަށްދާން ހިނގައިގަތެވެ.އައްކިޔުން ދާމަންޒަރު ބަލަން ހުރި ލެޔާލްގެ ތުންފަތްމައްޗަށް އަނެއްކާވެސް ނުބައި ހިނިތުންވުމެއް ވެރިވިއެވެ.

**************

ބީޗުން ނިކުމެ މަޑު ހިނގުމުގައި ހިނގަމުންދިޔަ ނައިޝާގެ ބޮލަށް ބަރުވެ މުޅިތަން އެނބުރެން ފެށިއެވެ.އައްކިޔުން އޭނާއާ ދިމާލަށް ކީއެއްޗެހި ސިކުނޑިތެރޭގައި އެނބުރެމުންދިޔައިރު، އަނެއްކޮޅުން ލެޔާލް ބުނި ބަހާއި ދޭތެރޭގައިވެސް ނައިޝާއަށް ދިޔައީ ވިސްނެމުންނެވެ.ނައިޝާގެ ލޯމައްޗަށް ފުސްވެ، ކަންފަތް ބަންވެ އެކޯއަޑު ކިޔަން ފެށިއެވެ.އެވަގުތު އޭނާގެ ކައިރިން ލައިފައި ދިޔަ މީހެއްގެ ގައިގައި ނައިޝާ ލައިގަަތެވެ.

“ކޮއްކޯ އޯކޭތަ؟” ވެއްޓެންދިޔަ ނައިޝާގެ އަތުގައި ހިފާލަމުން އެމިހާ އަހާލިއެވެ.އެމީހާ ބުނިއެތި އެކޯވެގެން އައުމުން ނައިޝާއަށް އެމީހާ ކީއެއްޗެއް ސާފުވާގޮތެއް ނުވިއެވެ.ލޯމައްޗަށްވެސް ނުސާފުވެފައި ވާތީ ނައިޝާއަށް އެމީހާ ފެންނަނީވެސް ނުސާފް ކޮށެވެ.އެހެންކަމުން ލޯކުޑަ ކޮށްލައިގެން އެމީހާއާ ދިމާލަށް ބަލަން ނައިޝާއަށް ހުރެވުނެވެ.

“ކޮއްކޯ އޯކޭތަ؟” ދެވަނަަ ފަހަަރަށް އެމީހާ އަހާލީ ނައިޝާ ހުރިގޮތުންނެވެ.މިފަހަރު އެމީހާ ބުނިއެތި އަޑުއިވުމުން ބޯޖަހާލުމަށްފަހު އެތަނުންދާން ނައިޝާ ހިނގައިގަތެވެ.

ލިބިފައިވާ ޝޮކުގެ ބޮޑުކަމުން ގެއަށްދާން ނޭނގުމުން ނައިޝާ ކާރެެއް ހުއްޓުވިއެވެ. ކާރަށް އެރުމަށްފަހު ކާރުގެ ބިއްލޫރިގަނޑުގައި ބޯޖަހާލައިގެން ބޭރު ބަލަން ނައިޝާ އިނެވެ.

“ކޮންތާކަށްތޯ ދާންވީ؟” ހިޔާލަށް ގެއްލިފައި އިން ނައިޝާއަށް ޑުރައިވަރު ވާހަކަދެއްކި އަޑެެއް ނީވުނެވެ. “ކޮންތާކަށްތޯ ކޮއްކޯ ދާންވީ؟” ނައިޝާގެ ފަރާތުން ޖަވާބެއް ނުލިބުމުން ދެވަނަ ފަހަރަށް ކާރު ޑުރައިވަރު ތަންކޮޅެއް ބާރަށް އަހާލިއެވެ. އެވަގުތު ޚިޔާލަށް ގެއްލިފައި އިން ނައިޝާ ސިއްސައިގެން ގޮސް ގޭގެ އެޑްރެސް ޑުރައިވަރަށް ބުނެލިއެވެ.

***************

ކާރު ގޭ ދޮރުމައްޗަށް މަޑުކުރުމުން ފައިސާ ދެއްކުމަށްފަހު މަޑުމަޑުން ސިޑިން މައްޗަށް ނައިޝާ އެރިއެވެ.ދޮރުމަތީގައި ހުރެ ނައިޝާ ބެލް އަޅާލުމުން ޔުދާ ދޮރު ހުޅުވާލިއެވެ.

“ނައި ކޮބާ ފެނުނުތަ އައްކިޔުން؟” ދޮރުމަތީގައި ހުރި ނައިޝާ ފެނުމުން ޔުދާ އަހާލި ނަމަވެސް, ޔުދާއަށް ޖަވާބުދިނުމެއްނެތި ވަދެގެން ދިޔަގޮތަށްގޮސް ސޯފާގައި ނައިޝާ އިށީނެވެ.ނައިޝާގެ އެއަމަލުން ޔުދާ އޭނާއާ ދިމާލަށް ބަލައިލިއެވެ.

“ނައި އޯކޭތަ؟…..ގެއިން ނިކުތްއިރު ހުރިވަރަށް ވުރެ ސަކަރާތް ވައްތަރު ނައި ޖަހަނީ” ނައިޝާގެ ކުރިމައްޗަށްވާ ގޮތަށް އިށީންދެލަމުން ޔުދާ އަހާލިއެވެ.ޔުދާގެ އެސުވާލަށްވެސް ނައިޝާ ޖަވާބު ދިނުމެއްނެތި ހުއްޓުންއަރާފައި އިނެވެ.

“ތީ ކޯއްޗެއް؟” ނައިޝާގެ އަތުގައި އޮތް ސިޓީއުރަ ފެނުމުން ޔުދާ އަހާލިއެވެ. މިފަހަރުވެސް ނައިޝާގެ ފަރާތުން ޖަވާބު ނުލިބުމުން، މަޑުމަޑުން ނައިޝާގެ އަތުން ޔުދާ ސިޓީއުރަ ނެގިއެވެ.އަދި ނައިޝާގެ މޫނަށް ބަލައިލުމަށްފަހު ސިޓީއުރަ ހުޅުވާލިއެވެ.އޭގައިވާ ފޮޓޯތައް ފެނުނު ޔުދާ ހައިރާންވެގެން ދިޔައެވެ.

“ނައި މީ ކޮން ފޮޓޯތަކެއް؟” ނައިޝާގެ ކަކުލުގައި އަތް ބާއްވާލަމުން ޔުދާ އަހާލީ ހައިރާންކަމާއެކުއެވެ.ޔުދާގެ އެސުވާލުން، ހިމޭނުން އިން ނައިޝާގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ.

“ނައި ކިހިނެއްވީ؟…ކީއްވެތަ ކުއްލިއަކަށް ތި ރޯންފެށީ؟” ނައިޝާގެ ކައިރި ސޯފާގައި އިށީންނަމުން ހައިރާންވެ ހުރެ ޔުދާ އަހާލިއެވެ.އެވަގުތު ޔުދާގެ ކޮނޑުމަތީގައި ބޯއަޅާލުމަށްފަހު ނައިޝާ ރޯން ފެށިއެވެ.

“އައްކި ނައި ދޫކޮށްލާފަ އެހެންކުއްޖަކާ ރައްޓެހިވެއްޖެ” ރޮމުން ނައިޝާ ބުނެލިއެވެ.ނައިޝާ އެހެންބުނުމުން ޔުދާގެ ހައިރާންކަން އިތުރު ވެގެންދިޔައެވެ. “ކީއްވެ؟…ތިދެމީހުން ވަރަށް ލޯބިންނެއްނު އުޅުނީ؟” ޔުދާ އެހެންއަހާލި ނަމަވެސް އޭނާގެ އެސުވާލަކަށް ނައިޝާއަކަށް ޖަވާބެއް ނުދެވުނެވެ.

ނައިޝާއާ ކުރަން ބޭނުންވާ ވަރަށް ބައިވަރު ސުވާލު ޔުދާގެ ހުރިނަމަވެސް، ނައިޝާގެ ހާލަތު މިވަގުތު ރަނގަޅުނޫންކަމުން ޔުދާ ބެލީ ނައިޝާ ހަމައަކަށް އެޅުވޭތޯއެވެ.

*******

ޔުދާގެ އޯގާތެރިކަމުގެ ސަބަބުން ރޮމުންދިޔަ ނައިޝާ މަޑުމަޑުން ހަމައަކަށް އެޅެމުންދިޔައެވެ.ޔުދާ ދިއްކޮށްލި ފެންތަށިން ފެންކޯވަރެއް ބޯލުމަށްފަހު މިއަދުވީ ކަންތައް ނައިޝާ ޔުދާއަށް ކިޔައިދިނެވެ. “ނައި އަކަށްވެސް އެއްގޮތަކަށް ނޭނގެ ކިހިނެއް ކަމެއް މިވީ…ނައި ވަރަށް ހައިރާންވެފަ މިހުރީ” ނައިޝާ ބުނެލިއެވެ.

“ތި ފޮޓޯތަކުގަ ފެންނަގޮތަކަށްނޫން އަސްލު ކަންތައްވީކީ….އައްކިގެ ޚަބަރެއް ނުވީމަ ނައި ވަރަށް ދެރަވެފަ ހުއްޓާ ފާއިޒް ކުރުނުކުރުމުން އޭނައާ އެކު ރެސްޓޯރެންޓަށް އެރީ… ނައި ހެއްވަން އޭނަ ޖޯކުކިޔަން ފެށީމަ ނައިއަށް ވެސް ހެވުނީ މީ އެވަގުތުގެ ފޮޓޯއެއް” ނައިޝާ ކިޔައިދޭން ފެށިއެވެ.

“މިފޮޓޯގަ މިހެން އިނަސް އަސްލު ސައިފް ނައިގެ އަތުގަ ހިފި ވަގުތު ނައި ކުއްލިއަކަށް އަތް ދަމައިގަތިން…..މިފޮޓޯގަނޑުގަ ނައިއަށް ސައިފްގެ ގައިގަ ބައްދާލެވުނީ ސައިފް އޭނަގެ ބައްޕަގެ ވާހަަކަ ކިޔާދިނީމަ ދެރަވިވަރުން…..ދެން މީނަ ފޮޓޯގަ ސައިފްގެ އަތުގަ ނައި ހިފީ ސައިފްގެ ހާލާ ދޭތެރޭގަ ހަމްދަރުދީވެގެން އޭނައަށް ހިތްވަރެއް ދިނުމަށް….ނައިއާ ސައިފާ ދޭތެރޭގަ އައްކި ދެކޭފަދަ ގުޅުމެއް ނޯންނާނެ މިހާރަކު” ދެރަވެފައި ނައިޝާ ބުނެލިއެވެ.

“ޔުދާ ގަބޫލުކުރަން ނައިގެ ވާހަކަ އެކަމަކު ކިހިނެއް މިފޮޓޯތައް އައްކިއަށް ލިބުނީ؟” ޔުދާގެ ހިތުގައިވާ ސުވާލު ނައިޝާއާ ކޮށްލިއެވެ.

“ނޭނގެ އެއްގޮތަކަށްވެސް މިއަދު މުޅިން އަޖާއިބުކުރުވަނިވި ކަންތައްތައް ދިމާވީ…ނައި އަށް ޔަގީން ސައިފާ ވާހަކަދައްކަން ތިބިއިރު އެތާ ތިންވަނަ މީހަކު ނުހުންނާނެކަން…އަނެއްކާ ބަލާ މިއޮށް ހުރިހާ ދުވަހު އައްކިގެ ޚަބަރެއްނުވެގެން ނައި އުޅެނިކޮށް މިއަދު ކުއްލިއަކަށް ނައިގެ ފޯނުގަ އައްކި ފޮނުވާފަ ހުރި މެސެޖުތަކާ ކޯލުތައްވެސް ފެންނަން އެބަހުރި” އެހެންބުނެ ނައިޝާ ޔުދާއަތަށް އޭނާގެ ފޯނު ދިއްކޮށްލިއެވެ.

“އާނ އެބުނާހެން…މީ ކިހިނެއް އައިއްސަ ހުރި އެއްޗިއްސެއް؟” ޔުދާ ހައިރާންކަމާއެކު އަހާލިއެވެ. “ނޭނގެ…މިއަދު އައްކިއާ ބައްދަލުވުމުގެ ކުރިންވެސް ނައިގެ ފޯނަކު ނެތް ތިއެއްޗިއްސެއް…އަނެއްކާ އެންމެ ހައިރާންވަނީ އައްކިގެ މެސެޖުތައް ހުރީވެސް ބަލާފަ….ހަަމަގައިމުވެސް ނައިއެއް ނޫން…އިތުރުމީހެއްގެ އަތުގަ މި ފޯނު ނުވެސް އޮންނާނެ….ނައިއަށްވެސް މިއެއްޗެހި ފެނުނީ މިއަދު އައްކިއަށް ހެކިދައްކަން ފޯނު ހާވާލި ވަގުތު” ނައިޝާ ކިޔައިދިނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ބޭވަފާތެރި ވުމުން ޔާރާ 10 & 11

Next

ހީވޭ ކަލާވާހެން-29

Next
December 5, 2021

ހީވޭ ކަލާވާހެން-29

Previews
December 5, 2021

ބޭވަފާތެރި ވުމުން ޔާރާ 10 & 11



All Right Reserved!