ސައިފްގެ ގޭގެ ގޯތިތެރެއަށް ނައިޝާއާ ސައިފްގެ މަންމަ ވަނެވެ.އޭރު ބޭރު ޖޯލީގައި ސަނާއާ ސައިފް ނައިޝާމެންގެ އިންތިޒާރުގައި ތިއްބެވެ.އެމީހުން އައުމުން އެންމެން އެކުގައި ކާ މޭޒުދޮށަށް ޖަމާވިއެވެ. ކާ މޭޒުމަތީގައި އެކި ބާވަތުގެ ވަރަށް ގިނަ ކާތަކެތި ތައްޔާރުކޮށްފައިވާ ތަން ނައިޝާއަށް ފެނުނެވެ. އެސުފުރާމަތި ފެނުމުން ކާހިތްނުވެފައިވާ ނައިޝާ ކުޅުދިޔާވިއެވެ. “އެދުވަހު ނައިޝާ އެންމެން އެއްކޮށްފަ ވާހަކަ ނުދެއްކި ނަމަ އަހަރުމެން އަދިވެސް ތިބޭނީ އެނުލަފާ އަންހެންމީހާގެ ބާރުގެ ދަށުގަ….މިގެ އަހަރުމެންނަށް މިލިބުނީ ނައިޝާގެ ސަބަބުން….އަހަރެމެން އެކަމާ […]
ލެޔާލް ދިއުމުން އައްކިޔުން ބީޗުން ނިކުތެވެ.މަޑު ހިނގުމުގައި އައްކިޔުން މިސްރާބު ޖެހީ ނައިޝާގެ ގެއާ ދިމާލަށެވެ.އެގެއާ އަރާހަމަވުމަށްފަހު، ވަރަށް ރަނގަޅަށް އެގެއާ ދިމާލަށް އައްކިޔުން ބަލައިލީ އަލްވަދާއުގެ ނަޒަރަކުންނެވެ. ނައިޝާގެ ގެއާ ދިމާލަށް މޮޅިވެރި ކަމާއެކު ބަލައިލުމަށްފަހު، އެގޭ ކުރިމަތީގައިވާ ބީޗަށް އައްކިޔުން ވަނެވެ.އެއީ އޭނައާ ނައިޝާއާ އެންމެގިނައިން ބައްދަލުކުރަން އައިސްތިބޭ ތަނެވެ. ބީޗަށް ވަދެ ނައިޝާއާ އެކު ތިބި ދޮންވެލިގަނޑު މަތީގައި އައްކިޔުން އިށީނެވެ.އަދި ފަހު ފަހަރަށް އެއުފާވެެރި މާޒީވި ދުވަސްތަކުގެ ހަނދާން އާކޮށްލީ ކަރުނުން […]
“ހާނިމް؟” ސައިފަށް އެހެން އަހާލެވުނީ ހައިރާންވެ ދެލޯބޮޑުކޮށްގެން ހުރެއެވެ.ހާނިމަކީ ސައިފްގެ އެންމެ ގާތް ރަހުމަތްތެރިޔާއެވެ.އެންމެ ކުޑައިރުއްސުރެ އެކުގައި އުޅެ، ސައިފްގެ ހުރިހާ ހަޤީޤަތެއް އެނގޭ މީހާއެވެ. “ހާނިމުތަ ޒައިކްގެ ބައްޕައަކީ؟” އަނެއްކާވެސް ސައިފަށް އަހާލެވުނީ ޤަބޫލުކުރަން ދަތިވީމައެވެ. “އާނ…އަހަންނަށް މާފްކުރޭ ސައިފް” އިސްދަށަށް ޖަހާލައިގެން ހުރެ ސުހާ ރޮމުން ބުނެލިއެވެ.އެހިނދު ހުރިތާ ގުނޑިލަން ނޭނގިފައި ސުޙާއަށް ބަލަހައްޓައިގެން ސައިފަށް ހުރެވުނީ ލިބުނު ޝޮކެއްގެ ބޮޑުކަމުންނެވެ. އެގޮތުގައި ތިން މިނެޓް ހުރެލުމަށްފަހު، އެއްވެފައި ތިބި މީހުންނާ ދިމާލަށް ސައިފް ބަލައިލިއެވެ.އެވަގުތު […]
ހަނީފާއްތަ ކައިރިއަށް ގޮސް ވަރަށް ބާރަށް ހަނީފާއްތަގެ ގައިގައި ނައިޝާ ބައްދާލިއެވެ.ހަނީފާއްތަވެސް ނައިޝާ ގައިގައި ބައްދާލިއެވެ. “ކަނބުލޮ އަދި އަންނައްޗޭ މިރަށަށް” ހަނީފާއްތަ ބުނެލިއެވެ. “ދެން ހިއެއްނުވޭ އާދެވޭނެ ހެނެއް…ނައިޝާ އަންނަން ބޭނުންވެގެންނޫން މިފަހަރުވެސް މިއައީ.. ހަނީފާއްތަގެ ނަންބަރު އެބައޮތެއްނު… މިރަށަށް ނަޔަސް ޚަބަރުވެވޭނެ އެއްނު…ގުޅާނަން ހަނީފާއްތައަށް” ނައިޝާ ބުނެލިއެެވެ. “ކުރީފަހަރުވެސް ދިނީމަ ނުހިފި އެހެންވީމަ މިފަހަރު މީގަ ހިފާ” ހަނީފާާއްތައަށް ދޭން ނައިޝާ ވޮލެޓަށް ލައިފައި ހުރި ދިހަހާސް ރުފިޔާ ނަގާ ދިއްކޮށްލިއެވެ. “ހާދަ ބައިވަރެއް؟…ތި […]
ސައިފް އެންމެންގެ ކުރިމަތީގައި ސުހާ ފަޟީހަތް ކޮށްލުމުން އޭނާ ލަދުގަތެވެ.ސައިފްގެ ވާާހަކަތައް އަޑުއަހަން ތިބިމީހުން ސުހާއާ ދިމާލަށް ވަރަށް ހަޅޭއްލަވާ އެއްޗެހި ގޮވިއެވެ.ސުހާ ކަހަލަ މީހުން ރަށުގައި ބައިތިއްބާކަށް ނުވާނެކަމަށްވެސް އެއްބަޔަކު ބުނަމުންދިޔައެވެ. މީހުންގެ ނަފްރަތު ސުހާއަށް ލިބުމުން އޭނާގެ ގާތަށް ރުޅިއައެވެ. “ކަލޭ ތީ މާ ތާހިރު މީހެއްނޫން ވާހަކަ ދައްކާކަށް…އަހަންނާ އިނދެގެންހުރެ ނައިޝާ ކައިރިއަކަށް ކުރިން ކަލޭ ނުވަންނަންތަ؟…ގައިމު ކަލޭގެ އަނގައިން މަ ކައިރި ރޮއެފަ ބުނީ ތިމަންނައަށް އެކަންކުރެވިއްޖޭ” ބިންމަތިން ތެދުވަމުން ރުޅިއައިސްފައި […]
އެވަގުތު އެއްވެފައިވާ މީހުންގެތެރެއިން ހަނީފާއްތަ ނައިޝާގެ ދިފާއުގައި ނިކުތެވެ. “އޭ ބުނަން ނައިޝާ ނޫޅެ ކަލޭ ފިރިމީހާ ހޯދާކަށް….އެމަންޖެ އުޅެނީ ކަލޭގެ ފިރިމީހާއަށް ވުރެ އެތައް ގުނައެއް ރީތި ފިރިހެން ކުއްޖަކާ ގުޅިގެން” ހަނީފާއްތަ ނުރުހިފައި ހުރެ ސުހާއަށް ބުނެލިއެވެ. ހަނީފާއްތަ އެހެންބުނުމުން ހަނީފާއްތައާ ދިމާލަށް ސުހާ ބަލައިލިލުމަށް ފަހު ލޯއަޅާލި ނަމަވެސް އެއްޗެކޭ ބުނާކަށް ނުކެރުނެވެ. ހަނީފާއްތަގެ ބަހަށް އެންމެން ނައިޝާ ގާތު މީހަކާ ރައްޓެހިވެގެންތޯ އުޅެނީ އަހަންފެށިއެވެ.އެމީހުންނަށް އާނ އެކޭ ބުނުމުގެ ގޮތުން ނައިޝާ […]
ނަވާޒްގެ ސައިކަލް ފަހަތަށް އައްކިޔުން އެރުމާއެކު ނަވާޒް ސައިކަލް ދުއްވާލިއެވެ.ސައިކަލް ފަހަތުގައި ނެގިމަޑުވެފައި އިން އައްކިޔުންގެ ބޮލުތެރޭގައި އެތައް ބައިވަރު ސުވާލުތަކެއް އެނބުރެމުންދިޔައެވެ. ********** “މިއާދެވުނީ” އައްކިޔުންގެ ގެއަށް މަޑުކުރުމުންވެސް ސައިކަލުން އޭނާ ނުފޭބުމުން ނަވާޒް ބުނެލިއެވެ.އެވަގުތު ޚިޔާލަށް ގެއްލިފައި އިން އައްކިޔުން ސިހިގެންގޮސް ސައިކަލުން ފޭބިއެވެ.އަދި ނަވާޒަށް ޝުކުރުއަދާކުރުމަށްފަހު ގެއަށްވަނެވެ. ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށްވަދެ އެނދުގައި އައްކިޔުން އިށީނެވެ.އަދި ސިޓީ އުރަތެރޭގައި ހުރި ފޮޓޯތައް ނަގާ ބަލަންފެށިއެވެ.މަޑުމަޑުން އައްކިޔުންގެ ލޮލަށް ކަރުނަ ޖަމާވިއެވެ. “ހުރަޔަށޭ […]
“ހުރިހާ ފޮޓޯއެއްގެ ތިރީގައިވެސް އިންނާނެ އެފޮޓޯއެއް ނެގި ތާރީޚުވެސް ޖަހާފަ” އެހެންބުނެ ތާރީޚުތައް އައްކިޔުންނަށް ލެޔާލް ދައްކާލިއެވެ.އޭރުވެސް އައްކިޔުން ދިޔައީ ފަހަރަކު ފޮޓޯގަނޑަކަށް ބަލަމުންނެވެ. “ބަލާބަލަ ސައިފް އޭނައަށް ދިން ރާބަނދި ހިފައިގެން އިން ގޮތް….ހީވަނީ ވަރަށް ލޯބިވާ މީހަކު އޭނައަށް ދިން އެއްޗެއްހެން” ސައިފްގެ ބައްޕަ ދިން ރާބަންޖަށް ބަލަހައްޓައިގެން ނައިޝާ ހެވިލައިފައި އިން ފޮޓޯއެއް ދައްކާލަމުން ލެޔާލް ބުނެލިއެވެ. “ދެން މިއިނީ އަނެއް ފޮޓޯ…މީ ނައިޝާ އެރަށަށް ދިޔަތާ ދެވަނަ ދުވަހުު…އޭނަގެ ކަންކަމާ ހަވާލުވެގެން […]
ހަނީފާއްތަގެ ގޭގައި މަޑުކޮށްލުމަށްފަހު ނައިޝާ އެނބުރި ގެސްޓްހައުސްއަށް ދިޔައެވެ.ކޮޓަރިއަށް ވަދެ އަޅައިގެން ހުރި ހޭންޑްބޭގް ބޭލުމަށްފަހު ފޯނު ހިފައިގެން ނައިޝާ ބެލްކަންޏަށް ނިކުމެލިއެވެ.ފޯނުން ގަނޑި ބަލައިލި އިރު ރޭގަނޑު ދިހައެއް ޖަހަން ފަސްމިނެޓަށް ވެފައިވާތަން ނައިޝާއަށް ފެނުނެވެ. ފޯނު އަތަށް ލައިގެން ހަށަންބަދެލުމަށްފަހު، ކަނޑުގެ ލޮނުގަނޑާ ދިމާލަށް ނައިޝާ ބަލައިލިއެވެ. އެހެންހުރެ އޭނާގެ ސިކުނޑިއަށް އައްކިޔުންގެ ޚިޔާލުތައް ވަންނަން ފެށިއެވެ.އައްކިޔުންގެ ޚަބަރެއްނުވާތާ ދެހަފްތާ ވަނީއެވެ. ފޯނުން އައްކިޔުންގެ ނަންބަރަށް ނައިޝާ ގުޅާލީ ނުތަނަވަސް ކަންމަތީގައެވެ.ނަމަވެސް އެހެންފަހަރުތަކާ އެއްގޮތަށް […]