Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ނުވަދިހަ ދެވަނަބައި)

lamhus Level 910 Stories100 Login500 Login100 Stories100 Comments
December 6, 2021 3 Mins Read
0 Comments

“ނައި ދެން ހަގީގަތެއް ކިޔައެއްނުދެންތަ އައްކިޔުންނަކަށް؟” ނައިޝާގެ ވާހަކަތައް އަޑުއަހަން އިން ޔުދާ އަހާލިއެވެ.

“ކިޔައިދޭނެ ފުރުސަތެއް އައްކިއެއް ނުދިން ނައިއަކަށް…އައްކި ބުނަނީ ހެކި ދައްކަން…އެކަމް ނައި އަތަކު ނެތް ދައްކާނެ ހެއްކެއް” ނައިޝާ ދެރަވެލާފައި ބުނެލިއެވެ.

“ދެން ކީކޭ ޔުދާ ބުނާނީ؟…ނައިއާ ދުރުވާން ބޭނުންވާ މީހަކާ ނައިވެސް ދުރުވާށޭ ބުނެވޭނީ” ޔުދާ ދެރަވެލާފައި ބުނެލިއެވެ.

**********

ކޮޓަރިއަށް ވަތް ނައިޝާ އެނދުގައި އޮށޯވެ ކަރުނަތައް އަނެއްކާވެސް ބަންޑުން ކޮށްލިއެވެ.ނައިޝާގެ ހިތުގައި އުފެދޭ ސުވާލަކީ އޭނާ ދޫކޮށް އެހެންމީހަކާ ގުޅެން އައްކިޔުންނަށް އެހާ ފަސޭހަވީ ގޮތެކެވެ.ނައިޝާއާ އެކު ލޯބިން އައްކިޔުން އުޅުނު އުޅުން، އެއީ އޭނާވެސް ކުޅެލި ކުޅިވަރެއް ބާވައޭ ނައިޝާގެ ހިތަށް އަރަމުން ދިޔައެވެ.

********

ޖެހިގެން އައި ދުވަހު، އައްކިޔުންނާ ދިމާވި ބީޗަށް ދާން ނައިޝާ ގެއިން ނިކުތެވެ.އިއްޔެއްސުރެ ރޮއެފައި ވާތީ ނައިޝާގެ ދެލޯވަނީ ދުޅަވެ ރަތްވެފައެވެ.އޭނާ ބޭނުންވަނީ އޭނާ ދޫކޮށް އެހެންމީހަކާ އެހާ ފަސޭހައިން އައްކިޔުން ގުޅުނު ސަބަބަކާއި، ފޮޓޯތައް އައްކިޔުންނަށް ލިބުނީ ކޮންގޮތަކުންތޯ އޮޅުންފިލުވާށެވެ.

*************

ބީޗަށްވަދެ މުޅިތަނަށް ނައިޝާ ނަޒަރު ހިންގާލިއެވެ.އައްކިޔުންނާ ދިމާވި ތަނަށް ނައިޝާއަށް އާދެވުނު ވަގުތު އިއްޔެވީ ކަންތައް ނައިޝާގެ ލޯމައްޗަށް ސިފަވި ކަހަލައެވެ.އޭނާގެ ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް އޮހޮރިގެން ދިޔައެވެ.

********

ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލަ އައްކިޔުން ހުއްޓެވެ.އިއްޔެގެ ހާދިސާއަށްފަހު، އޭނާއަށް ނައިޝާގެ ހަނދާނުން އެންމެ ސިކުންތަކަށްވެސް ދުރަކަށް ނުދެވުނެވެ.

ކޮޓަރިތެރޭގައި އެނބުރިލުމަށްފަހު، ބެލްކަންޏަށް ނިކުމެލަންވެގެން ބެލްކަނީގެ ދޮރުފޮތިގަނޑު އައްކިޔުން ކަހާލިއެވެ.އެވަގުތު ކުރިމަތިން ފެންނަން ހުރި ބީޗުތެރެއިން އޭނާއަށް ނައިޝާ ފެނުނެެވެ.

ނައިޝާ ފެނުމާއެކު އޭނާއާ ދިމާލަށް ބަލަން އައްކިޔުންނަށް ހުރެވުނީ ކަޅިޖަހާވެސް ނުލައެވެ.ނައިޝާއަށް ބަލަން ދެރަވެފައި ހުރި އައްކިޔުންގެ ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބައިގަތެވެ.

“ދަރިފުޅާ” ކަރުނައިން ފުރިފައިވާ ދެލޮލުން ނައިޝާއަށް ބަަލަންހުރި އައްކިޔުންގެ ފުރަގަހުން އޭނާގެ ބައްޕަ ގޮވާލިއެވެ.ބައްޕަގެ އަޑަށް ލޯފުހެލުމަށްފަހު އައްކިޔުން އެނބުރިލިއެވެ.

“ދަރިފުޅާ ރޮނީތަ؟” އައްކިޔުންގެ ކައިރިއަށް އައިސް އޭނާގެ ކޮނޑުގައި އަތް ބާއްވާލަމުން އައްކިޔުންގެ ބައްޕަ އަހާލިއެވެ.އައްކިޔުން އޭނާގެ ބައްޕައަށް ޖަވާބެއް ދިނުމެއްނެތި ނައިޝާއާ ދިމާލަށް ބަލަން ހުއްޓެވެ.

“ދަރިފުޅު ކޯއްޗަކަށްތަ މާވަރަކަށް ތިބަލަނީ؟” އެހެންބުނެ ބެލްކަނިން ބޭރަށް އައްކިޔުންގެ ބައްޕަ ބަލައިލިއެެވެ.އެވަގުތު އޭނާއަށް ބީޗުތެރޭގައި ހުރި ނައިޝާ ފެނުނެވެ.

“އޭނަ ކީއްކުރަން އައިސްގެން އެއުޅެނީ؟…އަހަރެންގެ ދަރިއަށް ބޭވަފާތެރިވެފަ ލަދެއްވެސް ނުގަނޭތަ އަންނާކަށް؟” ނައިޝާ ފެނުމުން ނުރުހުންތެރިކަމާއެކު އައްކިޔުންގެ ބައްޕަ އަހާލިއެވެ.

“ބައްޕައަށް ހީވޭތަ ނައިޝާ ދޮގުހަދާހެން؟” އައްކިޔުން އަހާލިއެވެ. “ހީވަނީކީ ނޫން ޔަގީންވަނީ” ނުރުހުންތެރިކަމާއެކު އައްކިޔުންގެ ބައްޕަ ބުނެލިއެވެ.

“އެކަމަކު އައްކިޔުންނަށް ބައެއްފަހަރު ހީވޭ ނައިޝާ ބުނާ ބަހުގަ ކޮންމެވެސް ހަގީގަތެއްވާހެން….އަނެއްކޮޅުން ނައިޝާ ދުވަހަކުވެސް އައްކިޔުންނަށް ދޮގުހަދާފައެއްނުވޭ” ނައިޝާއަށް ބަލަންހުރެ ދެރަވެލާފައި އައްކިޔުން ބުނެލިއެވެ.

“ދަރިފުޅުގެ މޮޔަކަމާމެދު ބައްޕަ ހައިރާންވަން….ކުރިމަތިން ސާފު ހެކި ފެންނަން އޮއްވާވެސް ގަބޫލެއް ނުކުރެވޭތަ؟… ދަރިފުޅު އޭނަދެކެ މޮޔަވާ ވަރަށް ލޯބިވިޔަސް އޭނަ ދަރިފުޅުދެކެ ލޯތްބެއް ނުވެޔޭ…އެއީ އެކަހަލަ އަންހެނުންގެ ގޮތް… އެހެންމީހުންގެ އިހުސާސްތަކާ ކުޅެލަން އެކަހަލަ މީހުން ވަރަށް މޮޅުވާނެ…އެމީހުންގެ ކަމަކީ ދުވާލު ދެދަޅައަށް އަންނައުނު ބަދަލުކުރާ އުސޫލުން ފިރިހެނުން ބަދަލުކުރުން…މިއަދު ދަރިފުޅާއެކު އުޅެފިއްޔާ މާދަން ހުންނާނީ އެހެންމީހެއް ގޮވައިގެން…އެއީ….”

“ބައްޕާ!” އައްކިޔުން އޭނާގެ ބައްޕަގެ ވާހަކަ ކުރިމަރާލަމުން ރުޅިއައިސްގެން އަޑަށް ބާރުލާފައި ގޮވާލިއެވެ. “ކުރިންވެސް އައްކިޔުން ބުނިންދޯ ނައިޝާއަށް ބަދުބަހެއް ބައްޕަ ބުނާކަށް އައްކިޔުން ނޭދެމޭ” ނުރުހުންވެހުރެ އައްކިޔުން ބުނެލިއެވެ.

“ދަރިފުޅު ކިތަންމެ ރުޅިއަޔަސް ހަގީގަތް ވާނީ ހަގީގަތަށް” އެހެންބުނެ ބޭރު ނުފެންނަ ގޮތަށް އައްކިޔުންގެ ބައްޕަ ދޮރުފޮތިގަނޑު ކަހާލިއެވެ.

**********

ވަރަށް ގިނަވަގުތު ބީޗުގައި ނައިޝާއަށް ހޭދަ ކުރެވުނު އިރުވެސް އައްކިޔުންގެ ހިލަމެއް ނުވުމުން ނައިޝާ މުޅިން މާޔޫސްވިއެވެ.އައްކިޔުން އުޅޭތަނެއްވެސް ނައިޝާއަށް ނޭނގޭތީއާއެކު ގެއަށްދާން އޭނާ މޮޅިވެރިކަމާއެކު ހިނގައިގަތެވެ.

ގެއާ ހަމައަށް ދެވުނުވަގުތު އައްކިޔުންނާއެކު އެންމެ ގިނައިން ބައްދަލުކުރި، ނައިޝާގެ ގެއާ ކުރިމަތީގައިވާ ބީޗު ފެނުނެވެ. އައްކިޔުންނާއެކު ހޭދަކުރި އުފާވެރި ވަގުތުކޮޅުތަކުގެ ހަނދާން އާކޮށްލުމަށް އެބީޗަށް ނައިޝާ ވަނެވެ.

އައްކިޔުންނާއެކު އައިސް ތިބޭ ދޮންވެލިގަނޑުމަތީގައި އިށީނުމަށްފަހު، މަޑުމަޑުން ނައިޝާ އެދޮންވެލިގަނޑުމަތީގައި އަތް ބީއްސާލިއެވެ.އަދި ކަރުނައިން ފުރިފައި އިނދެ އައްކިޔުންގެ ހަނދާންތައް އާކޮށްލިއެވެ.

******

ޚިޔާލަށް ގެއްލިފައި އިން ނައިޝާއަށް ކުއްލިއަކަށްް ލެޔާލް ފެނުނުރޭ މަތިން ހަނދާންވިއެވެ.އެރޭ އައްކިޔުންނަށް ލެޔާލް ފެނުމުންވީ ގޮތާއި، އަވަހަށް ގެއަށްދާން އައްކިޔުން އުޅުނުގޮތް ނައިޝާގެ ހަނދާނަށް އައެވެ.އޭރު ނައިޝާ އައްކިޔުން ކައިރި ކިހިނެއްވީތޯ އެހުމުން ބޮލުގައި ރިއްސާތީ އުޅޭކަމަށް ބުނި ހަނދާން އާވިއެވެ.

******

ނައިޝާއަށް ލެޔާލް ފެނުނީ މިބީޗުން ކަން ހަނދާންވުމުން އަވަސް ހިނގުމުގައި ގޮސް ގެއަށް ވަނެވެ. އަދި ސޯފާގައި އިށީނުމަށްފަހު ރޯން ފެށިއެވެ.

“ނައި ކިހިނެއްވީ؟ ކޮންތާކަށް ގޮއްސަ ތިއައީ؟ ޔުދާ ތިކޮޓަރިއަށް ބޯދިއްކޮށްލި ވަގުތު ނައި ފެންނަން ނެތުމުން ގުޅަން އުޅެނިކޮށް ތިއައީވެސް” ކޮޓަރިން ނުކުމެގެން އައި ޔުދާއަށް ރޯން އިން ނައިޝާ ފެނި އޭނާގެ ކައިރިއަށް އައިސް އިށީންދެލަމުން ބުނެލިއެެވެ.

“އައްކި ނައި އަށް ދޮގު ހަދާފި….އައްކިގެ ބިޓު ކޮންމެވެސް ތަނަކުން ނައި ދެކުނު ހަނދާނެއްވި އޭނަ ފެނުނުއިރު….ދެންމެ މިއެނގުނީ” އެހެންބުނެ ކަންތައް ވީގޮތް ނައިޝާ ޔުދާއަށް ކިޔައިދިނެވެ.

“އަސްލުތަ؟ނައިއަށް ޔަގީންތަ އެއީ އެކުއްޖާކަން” ޔުދާ އަހާލިއެވެ. “އާނ ނައި އަށް ޔަގީން އެއީ އެރޭ ފެނުނު ކުއްޖާ..އެކުއްޖާ ފެނުމުން އައްކިޔުންނަށް ފާޑެއްގެ ގޮތެއްވީ އަވަހަށް އެތަނުންދާން އުޅުނީ…އެރޭ އެއީ ދަންނަ ކުއްޖެއްތޯ އެހީމަ އައްކި ހަވާލެއްނުވި….ނައިއަށް ހީވަނީ އޭރު ވެސް އެދެމީހުން އުޅެނީ ރައްޓެހިވެގެން ކަންނޭނގެ” ރޮމުން ނައިޝާ ބުނެލިއެވެ.

******

(ތިންދުވަސް ފަސް)

ގޭގައި އިނދެ ނައިޝާގެ ކަމަކީ ހިތާމަކުރުމެވެ.އޭނާ ކިތަންމެ މަސައްކަތެއް ކުރިނަމަވެސް އައްކިޔުންގެ ހަނދާން އެހިތުން ފުހެލެވޭވަރެއް ނުވިއެވެ.ގޭގައި އިނދެ ވިސްނޭވަރުން ބޯހަމަޖައްސާލުމަށް ބޭރަށް ނިކުމެލަން ނައިޝާ ނިންމިއެވެ.

*******

“އައްކި ހިނގާބަ ލެޔާލްގެ ރައްޓެހިންނާ ދިމާކޮށްލަން” ނައިޝާގެ ހިޔާލުގައި ހުރެ މަގުމަތީގައި ހިނގަމުންދިޔަ އައްކިޔުންނާ އަރާ ހަމަވެލުމަށްފަހު ލެޔާލް ބުނެލިއެވެ.

“ނޫން މިއަަދަކު ނޫން” އައްކިޔުން އެކަމަށް އިންކާރުކުރިއެވެ. “އޯކޭ އެހެންވެއްޖެޔާ ދެމީހުން އެކުގަ ހިނގާލަން ހިނގާ” އައްކިޔުންނާ އެއްވަރަށް ހިނގަމުން ލެޔާލް ބުނެލިއެވެ.ލެޔާލް ކުރުނުކުރުމުން އެކަމަށް އައްކިޔުން އެއްބަސްވިއެވެ.

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ހީވޭ ކަލާވާހެން-29

Next

ހައިދަރު-5

Next
December 6, 2021

ހައިދަރު-5

Previews
December 5, 2021

ހީވޭ ކަލާވާހެން-29



All Right Reserved!