ނައިޝާގެ ފޯނަށް ކުއްލިއަކަށް އައްކިޔުންގެ މެސެޖުތަކާ ކޯލުތައް އައިގޮތަކާ، އޭނާ އައްކިޔުންނަށް ކޮށްފައިވާ މެސެޖުތަކާ ކޯލުތައް ފޯނުގައި ފެންނަން ނެތުމުން ނައިޝާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.އޭނާއަށް ވަނީ ވަރަށް ބޮޑު ހައިރާންކަމެއް ލިބިފައެވެ. “މީ ކޯއްޗިއްސެއް؟…..މިހިރީ އަހަރެން ފޮނުވާފަ ހުރި މެސެޖުތައްވެސް ބަލާފަ” އައްކިޔުން ވަރަށް ބޮޑަށް ނުރުހުންވެ ހުރެ ބުނެލިއެވެ. އައްކިޔުންނަށް ދޭނެ ޖަވާބެއް ނައިޝާގެ ދުލު ކުރިއަށް ނައުމުން، އައްކިޔުންނާ ދިމާލަށް ބަލަހައްޓައިގެން އޭނާއަށް ހުރެވުނެވެ. “ބުނާނެ އެއްޗެއް ނޭނގުނުދޯ؟” ނައިޝާގެ އަތަށް ފޯނުލަމުން […]
ދުވެފައި އައި ނައިޝާ އައްކިޔުންގެ ގައިގައި ވަރަށް ބާރަށް ބައްދާލިއެވެ. “އޯހް….ހާދަވަރަކަށް އައްކި ހޯދައިފީމޭ” އައްކިޔުންގެ ގައިގައި ބައްދާލަމުން، ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލާފައި ނައިޝާ ބުނެލިއެވެ.ނައިޝާ ބައްދާލިއިރުވެސް އޭނާ ގައިގައި ބައްދާލުމެއްނެތި، ހުރިގޮތަށް ގުނޑިނުލާ އައްކިޔުން ހުރީ އަނގައިން ބަހެއްވެސް ބުނެނުލައެވެ. “ހާދަ މިސްވިޔޭ އައްކި މަތިން” އައްކިޔުންގެ ކޮނޑުގައި ހިފާ ބާރުކޮށްލަމުން ނައިޝާ އިތުރަށް ބުނެލިއެވެ.ކުޑަ ވަގުތުކޮޅަކަށް ހަރަކާތް ހުއްޓިފައި ހުރި އައްކިޔުން، އޭނާގެ ގައިން ނައިޝާ ދުރުކޮށްލިއެވެ.އެވަގުތު އައްކިޔުންނާ ދިމާލަށް ނައިޝާ ބަލައިލިއެވެ.އައްކިޔުންގެ މޫނުމަތިން ފެންނަނީ […]
ރައްޓެހިވިތާ ހަފްތާއެއް ނުވަނީސް ލެޔާލްގެ ފަރާތުން ޝަކުވާތައް އަޑުއަހަން ޖެހުމުން އައްކިޔުން ހިތްހަމަ ނުޖެހެން ފެށިއެވެ.އޭނާ ހިތާހިތުން ލެޔާލަށް އެއްޗެހިކީ ނަމަވެސް، ލެޔާލްގެ ކުރިމަތީގައި އެއްޗެއް ނުބުނަން ކެތްކޮށްލައިގެން އިނެވެ. “އައްކިވެސް މިކަމަށް ހިތްވަރެއް ލާބަލަ….އައްކިއާ ހެދި ނޫޅޭ މީހަކާ ހެދި ހިތާމަ ކުރަމުންދާއިރު، އައްކިއަށްޓަކާ ގުރުބާންވާން ތައްޔާރަށް ތިބި މީހުންނާ ދުރަށް ތިދެވެނީ” އައްކިޔުން އެއްޗެކޭ ނުބުނެ އިނުމުން ލެޔާލް ބުނެލިއެވެ.ލެޔާލްގެ އެބުނެލުމުން އައްކިޔުންގެ ކެތްތެރިކަން ކޮޅުންލިއެވެ. “ލެޔާލް ހީކުރަނީ މީ ވަރަށް ފަސޭހަކަމެއް ކަމަށްތަ؟….މީ […]
“މިފަހުން އައްކި ވަރަށް ފާޑަކަށް ހުންނަނީވެސް….އަބަދު ކޮޓަރީގަ އޮންނަނީ……ސިޓިންރޫމަށް ވިޔަސް….ކާން ވިޔަސް…… ކޮޓަރިން ބޭރަަށް ނިކުމެ އުޅޭ ތަނެއް ވަރަށް ނުފެނޭ އަހަންނަކަށް….ގައިމު އަހަރެންވެސް އުޅުނީ އައްކިއާ އެކުގަ ވިއްޔާ….އަހަންނަށް އެހެންވީމަ އެނގޭނެ އެއްނު…އައްކި އަބަދު ކޮޓަރީގަ އޮންނާތީ ހާލުބަލަން އަހަރެން ވަރަށް ގިނަފަހަރު އައްކި ކޮޓަރި ދޮރުގަ ޓަކި ޖަހާފަ އަހަން…. އަހާލާއިރަށް ބުނާނެ އޯކޭއޭ ކުޑަކޮށް ބޮލަށް ތަދުވާތީއޭ މިއުޅެނީ” ޒަލަފް ބުނެލިއެވެ. “އޮފީހުން ދިމާވެދާނެ ކަންނޭނގެ ދޯ؟” ޒަލަފްގެ ވާހަކަތައް އަޑުއަހަަންހުރި ނައިޝާ […]
ހަނީފާއްތަ ކައިރިއަށް ގޮސް ވަރަށް ބާރަށް ހަނީފާއްތަގެ ގައިގައި ނައިޝާ ބައްދާލިއެވެ. “ކަނބުލޮ އަދި އަންނައްޗޭ މިރަށަށް” ހަނީފާއްތަ ބުނެލިއެވެ. “ދެން ހިއެއްނުވޭ އާދެވޭނެހެނެއް….ނައިޝާ އަންނަން ބޭނުންވެގެންނޫން މިފަހަރުވެސް މިއައީ….ހަނީފާއްތަގެ ނަންބަރު އިންނާނެއެއްނު….މިރަށަށް ނަޔަސް ޚަބަރުވެވޭނެއެއްނު….ގުޅާނަން ހަނީފާއްތައަށް” ނައިޝާ ބުނެލިއެވެ. “ކުރީފަހަރުވެސް ދިނީމަ ނުހިފި އެހެންވީމަ މިފަހަރު މީގަ ހިފާ” ހަނީފާއްތައަށް ދޭން ނައިޝާ ވޮލެޓަށް ލައިފައި ހުރި ދިހަހާސް ރުފިޔާ ނަގާ ދިއްކޮށްލަމުން ބުނެލިއެވެ. “ހާދަ ބައިވަރެއް؟ ތިބާއްވާ” ހަނީފާއްތަ ބުނެލިއެވެ. “ނޫން މިފަހަރު މީގަ […]
ސައިފްގެ ގޭގެ ގޯތިތެރެއަށް ނައިޝާއާ ސައިފްގެ މަންމަ ވަނެވެ.އޭރު ބޭރު ޖޯލީގައި ސަނާއާ ސައިފް ނައިޝާމެންގެ އިންތިޒާރުގައި ތިއްބެވެ.އެމީހުން އައުމުން އެންމެން އެކުގައި ކާ މޭޒުދޮށަށް ޖަމާވިއެވެ. ކާ މޭޒުމަތީގައި އެކި ބާވަތުގެ ވަރަށް ގިނަ ކާތަކެތި ތައްޔާރުކޮށްފައިވާ ތަން ނައިޝާއަށް ފެނުނެވެ.އެސުފުރާމަތި ފެނުމުން ކާހިތްނުވެފައިވާ ނައިޝާ ކުޅުދިޔާވިއެވެ. “އެދުވަހު ނައިޝާ އެންމެން އެއްކޮށްފަ ވާހަކަ ނުދެއްކި ނަމަ އަހަރުމެން އަދިވެސް ތިބޭނީ އެނުލަފާ އަންހެންމީހާގެ ބާރުގެ ދަށުގަ…. މިގެ އަހަރުމެންނަށް މިލިބުނީ ނައިޝާގެ ސަބަބުން… އަހަރެމެން […]
ލެޔާލް ދިއުމުން އައްކިޔުން ބީޗުން ނިކުތެވެ.މަޑު ހިނގުމުގައި އައްކިޔުން މިސްރާބު ޖެހީ ނައިޝާގެ ގެއާ ދިމާލަށެވެ.އެގެއާ އަރާހަމަވުމަށްފަހު، ވަރަށް ރަނގަޅަށް އެގެއާ ދިމާލަށް އައްކިޔުން ބަލައިލީ އަލްވަދާއު ކިޔާ ނަޒަރަކުންނެވެ. ނައިޝާގެ ގެއާ ދިމާލަށް މޮޅިވެރިކަމާއެކު ބަލަން ހުރުމަށްފަހު، އެގޭ ކުރިމަތީގައިވާ ބީޗަށް އައްކިޔުން ވަނެވެ.އެއީ އޭނާއާ ަނައިޝާ އެންމެގިނައިން ބައްދަލުކުރަން އައިސްތިބޭ ތަނެވެ. ބީޗަށް ވަދެ ނައިޝާއާ އެކު ތިބޭ ދޮންވެލިގަނޑު މަތީގައި އައްކިޔުން އިށީނެވެ.އަދި ފަހު ފަހަރަށް އެއުފާވެެރި މާޒީވި ދުވަސްތަކުގެ ހަނދާން އާކޮށްލީ […]
“މީ ކޮން ފޮޓޯތަކެއް؟” އައްކިޔުންގެ ބައްޕަ އައުމުން އަވަހަށް ފޮރުވަން ޖިންސުގެ ޖީބުތެރެއަށް ލާން އުޅުނުއިރު ވެރިފައިވާ ފޮޓޯތައް ނަގަމުން އައްކިޔުންނަށް އޭނާގެ ބައްޕަ އަހާލިއެވެ. އެފޮޓޯތައް ބައްޕައަށް ފެނުމުން އައްކިޔުން ވަރަށް ސަކަރާތް ވިއެވެ.ފަހަރަކު ފޮޓޯއެއް ބަލަމުން އައްކިޔުންގެ ބައްޕަ ދިޔައިރު އައްކިޔުން އިނީ ފޮޓޯތައް އަތުލަންވެސް ނުކެރިފައެވެ. “މިހެންވެގެންތަ ދަރިފުޅު ތިއުޅެނީ؟” އައްކިޔުނަށް ބަލައިލަމުން އޭނާގެ ބައްޕަ ބުނެލިއެވެ.އައްކިޔުންނަށް އޭނާގެ ބައްޕަ ބަލައިލި ވަގުތު، ރުއިމުގެ ސަބަބުން ދުޅަވެ ރަތްވެފައިވާ އައްކިޔުންގެ ދެލޯ ފެނުނެވެ. […]
އައްކިޔުން ސިޓިންރޫމަށް ނިކުތްއިރު ޒަލަފް ޓީވީ ބަލަންއިނެވެ.”ބުރޯ ބަލީތަ؟…މިހާރު ހާދަ ހަބަރެއްނުވެޔޭ…އަބަދު ކޮޓަރީގަ ތިއޮންނަނީ…ކިހިނެއްވީ އަނެއްކާ ކަމެއް ގޯސްވީތަ؟” އައްކިޔުންނަށް އަންނަމުންދާ ބަދަލުގެ ސަބަބުން ޒަލަފް އަހާލިއެވެ. “އާނ ބޮލަށް ތަދުވާތީ މިއުޅެނީ” އައްކިޔުން ބުނެލިއެވެ. “މިހާރު އެއްގޮތަކަށްވެސް އައްކި ނުފެނޭ…އޮފީހަކުންވެސް ދިމައެއްނުވޭ” ޒަލަފް އެހެން ބުނުމުން ހަފްތާއަކަށް އޮފީހަށް ސަލާމްބުނެގެން އުޅޭކަމަށް އައްކިޔުން ބުނެލިއެވެ. *********** ޒަލަފަށް ޖަވާބުދިނުމަށްފަހު އައްކިޔުން ބޭރަށް ނިކުތެވެ.މަޑުހިނގުމުގައި އޭނާ ހިނގާލައިފައި ދިޔައީ އަބަދުވެސް އޭނާ އިންނަ، ބީޗުގައި ހުރި ޖޯއްޔަށެވެ.ޖޯލީގައި […]