Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ނުވަދިހަ ނުވަވަނަ ބައި)

lamhus Level 910 Stories100 Login500 Login100 Stories100 Comments
December 18, 2021 3 Mins Read
4 Comments

ގޭގައި ގުރުއާން ޖަހަންފެށި ފަހުން ނައިޝާއަށް ދިމާވަމުންދިޔަ ބިރުވެރި ކަންތައްގަނޑު މުޅިން ހުއްޓުނެވެ.އެކަންތައްގަނޑު ހުއްޓުނު ފަހުންވެސް، ބިރުވެރިމީހާ ނައިޝާއަށް ބަލަން ހުއްޓާ ފަސް ހަފަހަރަކު މަގުމަތިން ފެނުނެވެ.ނަމަވެސް ހަފްތާއެއް ފާއިތުވެގެންދިޔައިރު އެމީހާގެ ހިލަމެއް ވެސް މިހާރަކު ނެތެވެ.

ބިރުވެރިމީހާއާއި ބިރުވެރިކަންތައްވެސް ފެނުން ހުއްޓުމުން، ނައިޝާ މަޑުމަޑުން ހަމައަކަށް އެޅެމުންދިޔައެވެ.ކުރިން ކުއްލި ކުއްލިއަށް ސިއްސައިގެން ނައިޝާ ދިޔަނަމަވެސް، މިހާރު އެކަންތައް މުޅިން ހުއްޓިއްޖެއެވެ.އޭނާ ހަމައަކަށް އެޅުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ޔުދާގެ ފަރާތުން ކަމުގައިވާތީ ނައިޝާ އަބަދުވެސް އެކަމަށް ޔުދާއަށް ޝުކުރުވެރިވެއެވެ.

*******

“ޔޫ އަން މީ ޔޫއަށް ނައި ގެނައި އެއްޗެހިތަކެއް” ވިޔަފާރިކޮށްގެން ގެއަށް ވަތް ނައިޝާ ޔުދާއަށް ހިނިތުންވެލަމުން ކޮތަޅެއް ދިއްކޮށްލިއެވެ.

“ދެން ކީއްކުރަން ގަތްހާ ސާމާނުތަކެއް؟މިދިޔަ ހަފްތާގަވެސް ނައި ގަނެދިނީމެއްނު ޔުދާއަށް ބައިވަރު އެއްޗެހި” ކޮތަޅު ނުހިފަން ވެގެން ސޯފާގައި އިން ޔުދާ ބުނެލިއެވެ.

“ޔޫ ނައިއަށް ވެދިން އެހީއަށް ބަލާފަ މީ އެއްވެސް އެއްޗެއްނޫން….ޔޫގެ ފަރާތުން އެހީތެރިކަމާ ހިތްވަރު ނުލިބުނު ނަމަ، ވިބިރުވެރި ކަންތައްތަކާހެދި ނައި ދުނިޔެއަކުވެސް މިހާރު ނުހުންނާނެ ކަންނޭނގެ” ޔުދާ ކައިރި އިށީންދެލުމަށްފަހު، ނައިޝާ ވަރަށް ސީރިއަސްކަމާއެކު ބުނެލިއެވެ.

“ނޫން…އަސްލު ޝުކުރުވެރިވާން ޖެހޭނެ މީހަކީ ޔުދާ….ނައިގެ އެހީތެރިކަން ނުލިބުނުނަމަ ޔުދާއަށް މިއަދު ލިބިފަމިވާ ހިތްހަމަޖެހުމެއް ނުލިބުނިސް” ޔުދާ ބުނެލިއެވެ.

“ނައިއަށް އިނގޭތަ ޔުދާ އަބަދުވެސް ޓީޗަރުކަން ކިޔަވަން ހާދަ އުންމީދެއް ކުރީމޭ….މާލޭގަ އުޅޭ ޔުދާގެ ތިމާގެ މީހުންކައިރި ހާދަ އާދޭހެއްް ޔުދާ ކުރީމޭ ކިޔަވަން ބަހައްޓަދޭށޭ ކިޔާފަ…ރުފިޔާ ވެސް ދީފާނަމޭ ގޭގެ މަސައްކަތްތައްވެސް ކޮށްދީފާނަމޭ ޔުދާ ބުނިން…..އެކަމަކު އެއިން އެއްވެސް މީހެއްގެ އެހީތެރިކަމެއް ޔުދާއަކަށް ނުލިބުނު…..އެމީހުންނަށް ހީވަނީ ކަންނޭނގެ ޔުދާގެ ކަންތައް އެމީހުންނަށް ކުރަންޖެހިދާނެޔޭ…ބައްޕަ ދާއޮހޮރުވައިގެން ކުރި ބުރަ މަސައްކަތުން އެއްކުރި ރުފިޔާއިން ހުޅުމާލެއަށް ޓީޗަރުކަން ކިޔަވަން ޔުދާއައީ…. ނައިގެ އިޝްތިހާރު އައިބޭގަ އިންތަން ފެނިގެން ނައިއަށް ޔުދާ ގުޅީ….ޔުދާ މިގޭގަ މިހުންނަނީ ހިލޭސާބަަހަށް….ޔުދާ ރުފިޔާ ދިނަސް ނައި ގިނަފަހަރު ނުހިފާ އެރުފިޔާގަ…. ރުފިޔާގަ ހިފާ ފަހަރެއްގަ ވިޔަސް އެރުފިޔާ ނައި ހޭދަކުރަނީ ޔުދާގެ ކަންތައްތަކަށް ކަންވެސް ޔުދާއަށް އިނގޭ….އެހެންވީމަ ތިހާ ހެޔޮމީހަކަށް ޔުދާވެސް ވާނެދޯ ހެޔޮވާން” ވާހަކަދައްކަމުން ދިޔަ ޔުދާއަށް ރޮވުނެވެ.

ޔުދާ ރޯންފެށުމުން އޭނާގެ ގައިގައި ނައިޝާ ބައްދާލިއެވެ. “ނައިއާ ދިމާވިކަން އެއީ އަހަރެންގެ ނަސީބު” ރޮމުން ޔުދާ ބުނެލިއެވެ. “ޔުދާ ކަހަލަ ރަނގަޅު އެކުވެރިއެއް ލިބުނުކަން އެއީ އަހަރެންގެވެސް ނަސީބު” ނައިޝާވެސް ބުނެލިއެވެ.

“ބައްޕަ މިހާރު ހުރީ މުސްކުޅިވެފަ އެކަމަކުވެސް ބައްޕަގެ މިދަރީގެ އުންމީދު ހާސިލްކޮށްދޭން ބައްޕަ ބޭނުންވޭ…ޔުދާއަށް ކިޔަވާދިނުމަށް ރުފިޔާ ހޯދުމަށް ބުރަ މަސައްކަތް ކުރަން ބައްޕަ އަދިވެސް ހުރީ ތައްޔާރަށް….އެކަމް ޔުދާ ގަބޫލުނުވީމަ ބައްޕަ ނުދޭ ބުރަ މަސައްކަތް ކުރާކަށް… ގިނަފަހަރު ފިހާރައިން ލިބޭ މުސާރަ ޔުދާ މިފޮނުވަނީ ބައްޕަމެންނަށް…ނައިގެ އެހީތެރިކަން ނުލިބޭނަމަ ޔުދާގެ ހުރުމަށް ރުފިޔާ ނަގާފަ، ބައްޕަމެންނަށް ފޮނުވާނެ އެއްޗެއް ޔުދާ އަތަކު ނެތިސް….އެހެންވީމާ ނައިޝާއަށް ޔުދާ ހެޔޮކޮށް ހިތަން މާބޮޑަށްވެސް ޖެހޭނެއެއްނު” އަސަރާއެކު އަނެއްކާވެސް ޔުދާ ބުނެލިއެވެ.

**************

(ދެހަފްތާ ފަސް)

ދެހަފްތާ ފާއިތުވެގެން ދިޔައެވެ.ނައިޝާވެސް ކުރީގެ ދިރިއުޅުމަށް ރުޖޫއަވެއްޖެއެވެ.ފާހަނައަށް ވަންނައިރު ދޮރު ލައްޕަންވެސް މިހާރު ނައިޝާ ފަހެއް ނުޖެހެއެވެ.ރަނގަޅަށް ނިދި ލިބޭތީއާއެކު ނައިޝާގެ ލޯކައިރީގެ ކަޅުކަން ފިލާ އަލިވިއެވެ.

ބިރުވެރި ކަންތަކުން ނައިޝާއަށް އަރައިގަނެވުނަސް އަދިވެސް އައްކިޔުންގެ ހަނދާނަކުން ނައިޝާއަށް ދުރަކަށް ނުދެވުނެވެ.އެޚިޔާލުތައް އަދިވެސް ތާޒާ ކަންމަތީގައި ނައިޝާގެ ހުރެއެވެ.

އައްކިޔުންގެ ހަނދާނުގައި ނައިޝާ އިންދާ އޭނާއަށް ފޯނެއް އައެވެ.ގުޅީ ނައިޝާގެ މަންމައެވެ.އެމީހުން ޗުއްޓީއަކަށް މާލެއަންނަ ވާހަކަ ބުނަންވެގެންނެވެ.އެހާދުވަސްކޮށްފައި ނައިޝާގެ މައިންބަފައިންނާ ދިމާވެވޭތީ އޭނާ ވަރަށް އުފާވިއެވެ. “މާދަމާ މެންދުރު މާލެދެވޭނެ…ދަރިފުޅު އަންނައްޗެ މާލެއަށް އިނގޭ” ނައިޝާއަށް އޭނާގެ މަންމަ ބުނެލިއެވެ.

*************

ޖެހިގެން އައި ދުވަހު މަަންމަމެން ބަލާ އެއާޕޯޓަށްދާން ނައިޝާ އުޅުނެވެ. “ނައި ވަރަށް ހެޕީވެފަދޯ ތިހުރީ ނައިގެ މައިންބަފައިންނާ ބައްދަލުވެވޭތީ؟” ޔުދާ އަހާލިއެވެ. “އާނ ވަރަށް ވަރަށް އުފާވޭ” ނައިޝާ ބުނެލިއެވެ. “ދެން ނައި މަންމަމެންނާއެކު އުޅެން ލަންކާއަށް ކީއްވެނުދަނީ؟” ޔުދާ އަހާލިއެވެ. “ނައިވެސް ވަރަށް ދާހިތްވޭ…އެކަމަކު އަބަދަކު އެމީހުންގެ އެހީގައެއްވެސް ނޫޅެވޭނެއެެއްނު…ނައިއަކީ މީހަކަށް ބަރޯސާނުވެ އަމިއްލައަށް އުޅެން ބޭނުންވާމީހެއް އެހެންވީމަ ކަންނޭނގެ….އެކަމަކު މިފަހަރު ނައި ހުރީ ދުވަސްކޮޅަކަށް މަންމަމެން ކައިރި ލަންކާއަށް ގޮސްލަންކަމަށް ބޯހަމަޖައްސާލުމަށް…އެކަމް މަންމަމެން އެއަންނަނީއެއްނު” އުފާވެލާފައި ނައިޝާ ބުނެލިއެވެ.

*********

ނައިޝާ އޭނާގެ ކާރުގައި މަންމަމެން ބަލާ އެއާޕޯޓަށްދާން ނައްޓާލިއެވެ.ބުރިޖުމަތިން ދުއްވާލުމަށްފަހު އެއާޕޯޓާ ހަމައަަށް ނައިޝާއަށް އާދެވުނެވެ.ކާރު ޕާކުކުރުމަށްފަހު ނައިޝާ އެއާޕޯޓު ތެރެއަށް ވަނެވެ.އެއާޕޯޓުތެރެއަށް ވަދެގެންދިޔަ ނައިޝާއަށް އޭނާގެ ދޮންތައާއި ދޮންތަގެ ކުދިންގެ އިތުރުން، ތުއްތައާއި ތުުއްތަގެ ދަރިވެސް، މަންމަމެން ބަލާ އެއާޕޯޓަށް އައިސްތިބިތަން ފެނުނެވެ.

“ހާދަ ޒަމާނަކަށް ފަހުގައޭ މި ބައްދަލުވީ” އެންމެން ފެނުމުން އުފަލުން ނައިޝާ ބުނެލިއެވެ.ނައިޝާ ފެނުމުން ހުރިހާ ކުޑަކުދިންތައް “ކުޑާއޭ” ކިޔާ އޭނާގެ ގައިގައި ބައްދާލިއެވެ.އުފަލުންހުރި ނައިޝާވެސް އެކުދިންގެ ގައިގައި ވަރަށް ލޯބިން ބައްދާލިއެވެ.

“ހާދަ ބޮޑުވެއްޖެއޭދޯ ހުރިހާ ކުދިންވެސް” ނައިޝާ ބުނެލިއެވެ. “އާނ މިހުރީނު ދޮންތަގެ ބޮޑު ބޭބީ ރާއީ މިހާރު އެގާރަ އަހަރު….މިހުރީ ރަފާ…ރަފާއަށް މިހާރު ހައަހަރު ދެން މިއިނީ ތުއްތަގެ ފަލަކު…ފަލަކަށް މިހާރު ހަތްއަހަރު” ނައިޝާގެ ދޮންތަ ހުރިހާ ކުދިންގެ އުމުރު ބުނެލިއެވެ.

“ނައި ހާދަ ރީއްޗޭ މާޝާﷲ…ކީއްތަ ތިކުރަނީ؟” ނައިޝާގެ ދެކޮލުގައި ހިފާލަމުން އޭނާގެ ތުއްތަ އަހާލިއެވެ. “ހިހިހި ނުކުރަން މާބޮޑުކަމެއް…ކެއުމަށް ބަލާތީ ކަންނޭނގެ” ނައިޝާ ރަކިވެލާފައި ބުނެލިއެވެ.

“ދައްތަމެންނާ ހަމަލޮލުން ބައްދަލުނުވާތާ ހަމަސްމިވީދޯ؟ އެކަމަކުވެސް ހާދަ ބަދަލުވެއްޖެއޭ އެންމެންވެސް” ނައިޝާ އޭނާގެ ތުއްތައަށާ ދޮންތައަށް ބުނެލިއެވެ.

**********

“ކޮބާތަ ބިޓު އޭނަ ނާދޭތަ؟” ވާހަކަ ދައްކަމުންގޮސް ނައިޝާގެ ތުއްތަ އައްކިޔުންގެ ވާހަކަ އަހާލިއެވެ.ތުއްތަ އެހެން އެހުމުން ހިނިތުންވެލައިގެން ހުރި ނައިޝާގެ މޫނުމަތިން ހިނިތުންވުން ކުއްލިއަކަށް ކެނޑުނެވެ.

ތުއްތަކައިރި އައްކިޔުން އޭނާ ދޫކޮށްލި ވާހަކަ ބުނާކަށް ނައިޝާއަކަށް ނުކެރުނެވެ.އެހެންކަމުން ނައިޝާ އޭނާގެ ތުއްތައަށް ދޭނެ ޖަވާބަކާދެތެރޭގައި ވިސްނަން ހުއްޓެވެ.

ވިސްނަންހުރި ނައިޝާއަށް އޭނާގެ މައިންބަަފައިންނާއި ފިރިހެންކޮއްކޮ ނުހައިކު ޗެކިންތެރެއިން ނިކުތްތަން ފެނުނެވެ. “އެއޮއް ނިކުތީ މަންމަމެން” ތުއްތަގެ ސުވާލުން ސަލާމަތްވާންވެގެން އަވަހަށް ނައިޝާ ބުނެލިއެވެ.ނައިޝާ އެހެންބުނުމާއެކު އެންމެންތައް އެދިމާލަށް ހިނގައިގަތެެެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ތިޔަ ހިތުން ޖާގަ އެއް އެދެމޭ – 3

Next

ހައިދަރު-10

Next
December 18, 2021

ހައިދަރު-10

Previews
December 18, 2021

ތިޔަ ހިތުން ޖާގަ އެއް އެދެމޭ – 3

4 Comments!

  1. Aishath faruha Abdullaa says:
    December 18, 2021 at 8:50 pm

    Masha Allah… Ehn hurihaa bai thakekey ehgothah mi baiveriyaa Vrh reethi….. Curiously waiting for the next part…. I’m waiting… ❤️

    1. Aishath faruha Abdullaa says:
      December 18, 2021 at 8:52 pm

      *mi bai

    2. lamhus says:
      December 19, 2021 at 1:34 am

      Thanks dear ??

  2. Khadheeja Mohamed says:
    December 19, 2021 at 12:57 am

    Masha allah v reethi ?ekam haadha kureystory, but v nice …. can’ t wait plx thankolheh avahah nxt part up kolla dhyba plx plx

Comments are closed.

Next Episodeދިމާވި އާދަޔާ ޚިލާފް ޒުވާނާ (ސަތޭކަ ވަނަބައި)←


All Right Reserved!