ނައިޝާއާ އައްކިޔުން ކޮޓަރީގައި ހުއްޓާ މީހަކު ސިޓިންރޫމު ދޮރުގައި ޓަކިޖެހި އަޑު ނައިޝާމެންނަށް އިވުނެވެ.ދޮރުހުޅުވަންދިޔަ އައްކިޔުންގެ ފަހަތުން ނައިޝާވެސް ދިޔައެވެ. “އަހަނ ބައްޕާ ވަދޭ” ދޮރުމަތީގައި ހުރި ބައްޕައަށް އައްކިޔުން ވަނުމަށް ބުންޏެވެ. “ކޮބާ ކުޑަ މަންޖެ؟” ސޯފާގައި އިށީނަމުން ނައިޝާއަށް އައްކިޔުންގެ ބައްޕަ އަހާލިއެވެ. “ނިދާފައޮތީ….ހިނގާ ސައިބޯން ބައްޕާ” ނައިޝާ އެހެންބުނެ ހަވީރުގެ ސައިހަދަން އުޅުނެވެ. ****** އައްކިޔުންނާ އޭނާގެ ބައްޕަ ސައިބޮއެނިމިގެން ސޯފާގައި އިށީންދެލިއެވެ.ނައިޝާވެސް ތަށިތައްދޮވެ ނިމި އެމީހުންކައިރި އިށީނެވެ. “ބައްޕަ މިއައީ ވާހަކައެއް […]
ހަމަސް ފަސް… ނައިޝާއާ އައްކިޔުންގެ ކައިވެންޏަށް ހަމަސް ފުރުނެވެ.އައްކިޔުންގެ ފަރާތުން ނައިޝާއަށް ލޯތްބާއި އަޅާލުން ލިބެމުންދިޔައީ އޭނާ އުންމީދު ކުރިވަރަށްވުރެވެސް މާފުރިހަމަކޮށެވެ.ގޭތެރޭގެ މަސައްކަތުގައިވެސް އައްކިޔުންގެ އެހީ ނައިޝާއަށް ލިބެމުން ދިޔައީ އިންތިހާ ދަރަޖައަށެވެ.އައްކިޔުން ގޭގައި ހުރި ވަގުތެއްގައި ވިއްޔާ ނައިޝާ އެކަނި އެއްވެސްކަމެއް ކުރާކަށް ނުޖެހެއެވެ.އޭނާއަށް އައްކިޔުންގެ އެހީ ލިބެއެވެ.ނައިޝާ ކައްކައިފިނަމަ އައްކިޔުން ތަށިތައް ދޮވެދެއެވެ.ނައިޝާ ތަން ފޮޅާނަމަ މޮޕުއަޅަނީ އައްކިޔުންނެވެ. “އައްކި ތިބަހައްޓަބަަލަ ނައި ދޮންނަންށޭ މިއައީ” ޒިންކުތެރޭގައިހުރި ތަށިތައް ދޮންނަންހުރި އައްކިޔުންނަށް ނައިޝާ ބުނެލިއެވެ. […]
ނައިޝާމެން މާލެ ދިޔުމުން އޭނާގެ އާއިލާ މީހުން އޭނާ ބަލާއައިސް ބަނދަރުމަތީގައި ތިއްބެެވެ.ނައިޝާ ހެޔޮހާލުގައި ހުރިތަން ފެނުމުން އެންމެންވެސް ވަރަށް ހިތްހަމަ ޖެހުނެވެ.ގެއަށްދެވުމާއެކު ނައިޝާމެން ކައިވެނި ކުރަން އުޅޭ ޚަބަރު އޭނާގެ ގޭމީހުންނަށް ދިނެވެ.އެޚަބަރު ލިބުމުން އެމީހުން ވަރަށް އުފާވިއެވެ.އަދި އައްކިޔުންނާ ނައިޝާއާ ދެމީހުންނަށް އެމީހުން ވަރަށް ހޫނު މަރުހަބާއެެއް ކިޔެވެ.ނައިޝާ މާލެ އަންނަންދެން ލަންކާއަށް ނުގޮސް މަޑުކުރި އޭނާގެ މައިންބަފައިން، ނައިޝާ ކައިވެނިކުރަންދެން އަނެއްކާވެސް ފުރުން މަޑުޖައްސާލިއެވެ. ******** އަންނައުނުތައް ފަހާ ކައިވެންޏަށް ތައްޔާރުވެ، ވަރަށް ކުލަގަދަ […]
އައްކިޔުންނަށް އަހަރެންގެ ހަޔާތުގައި ކަންތައްތައް ދިމާވިގޮތާއި، އައްކިޔުންގެ މަންމަ ކަންތައް ކުރިގޮތް ކިޔައިދިން ފަހުން ކުއްޖަކާ ލޯބީގެ ގޮތުން ގުޅުމަކީ އޭނާއަށް ވަރަށް ސީރިއަސް ކަމެއް.. ވަރަށް ގިނަ އަންހެންކުދިން އައްކިޔުންނަށް މަލާ، މެސެޖުތައްވެސް ފޮނުވާހެދި…ރައްޓެހިވާންވެސް ހުށަހެޅި..އަނެއްކޮޅުން ލެޔާލްވެސް އޭނާއާ ރައްޓެހިވުމަށްއެދި އައްކިޔުންގެ ފުލުންދުވެ އާދޭސްކުރި..އެކަމަކު އައްކިޔުން އެއިން އެއްވެސްކުއްޖަކާ ނުގުޅޭ..އައްކިޔުން ބުނާހާވެސް ވާހަކައަކީ ލޯބިނުވެވޭނެކަމާ ގަޔާނުވާއިރު ގަޔާވެޔޭ ނުވަތަ ލޯބިވެޔޭ ބުނުމަކީ އެމީހަކަށްވެވޭ ވަރަށް ބޮޑު އޮޅުވާލުމެކޭ…އޭނާ ކުއްޖަކާ ރައްޓެހިވިޔަސް ވާނީ ރުޅިވާކަށްނޫނޭ..އެމީހަކާއެކު މުޅިއުމުރު ހޭދަކުރާށޭ… […]
“އެރޭ ﷲ އިރާދަފުޅުން ކުލީ ކޮޓަރިތެރޭގަ އަހަރެމެން ތިއްބާ އަހަންނަށް އަންނަނީ ކޯލެއް..އަހަންނަށް ދެވަނަ ވަޒީފާއެއް ލިބުނުކަމަށް…އަހަރެންގެ މަސައްކަތު އެކުވެރިއެއްގެ ކައިރީގަ އެނދިފަވާނީ އަހަންނަށް ވަޒީފާއެއް ހޯދައިދިނުމަށް…ލިބޭ އުޖޫރައިން ފަރުނުޖެއްސޭތީ ވަރަށް އަވަހަށް ވަޒީފާއެއް ބޭނުންވާކަމަށް..އޭނާ ބުނި ލިބޭތޯ ބަލާނަމޭ… އަހަރެން އެރޭ ހުރީވެސް ދެވަނަ ވަޒީފާއެއް ނުލިބޭތީ ވަރަށް ކަންބޮޑުވެފަ…އޭނާގެ ފޯނުކޯލަށްފަހު އަހަރެން ވަރަށް ހިތްހަމަޖެހުނު..އެކަމަކު އޭނާ އަހަރެން ކައިރި ބުނި ބަރު އެއްޗެހި އުފުލާ ވަޒީފާއެއްކަމުން ވަރަށް ބުރަވާނެ ކަމަށާއި އަހަންނަށް އެކަންވާނެތޯ…ބުރަކަމުން ގިނަމީހުން […]
އަހަރެން ބުނިން ކުލި އެހާ އަގުބޮޑުއިރު ލިބޭ ކުޑަ މުސާރައިން ޚަރަދުތައް ފޫނުބެއްދޭކަމަށް..އެހެންވެގެންނޭ މިހެންހަދަން މިޖެހުނީ..ބައްޕަ ދެވަނަ މަސައްކަތެއްވެސް ލިބޭތޯ އެބަ ބަލަމޭ..ލިބުނުހާ އަވަހަކަށް ދެމީހުން އަނެއްކާވެސް އެކުގައޭ އުޅޭނީ…ދަރިފުޅު އެގޭގަ ހުއްޓަސް ބައްޕަ ދާނަމޭ ކޮންމެދުވަހަކު ދަރިފުޅާ ބައްދަލުކުރަން…އަނެއްކާ ކޮންމެ ދުވަހަކު ސުކޫލަށް ލާށާ ބަލާ އަންނައިރުވެސް ދިމާވެވޭނެ ނޫންހޭ… އަހަރެން އެހެންބުނުމުން އުމުރުން ބާރަ އަހަރުގެ އައްކިޔުން އަހަންނާ ދިމާލަށް ބުނީ އައްކިޔުން ކިޔަވަނީ އެހެންވެގެންނޭ…ކިޔަވާ މޮޅުކުއްޖަކަށްވެ، ރަނގަޅު ވަޒީފާއެއް އަދާކޮށް، ގިނަ ރުފިޔާ […]
އައްކިޔުން ކުޑަވުމުން އެކަންތައްވީގޮތް އޭނާއަކަށް ރަނގަޅަށް ކިޔައެއްނުދެން….އެހެންނަމަވެސް އެދުވަހު އަހަރެންނަކީ ޖިންނިއެއްކަމަށް އޭނާ ކައިރި ބުނިން އަދި އޭނާގެ މަންމަ އޭނާ ކުޑައިރު ދޫކޮށްލިކަމަށާއި އައްކިޔުން ބެލީ އަހަރެން ކަމަށް ބުނެދިނިން…އޭނާގެ މަންމަވެސް ދުނިޔޭގަ އެބަހުރިކަމަށާއި އޭނާވީ އޭނާގެ ރަށުގައި ކަމަށްވެސް ބުނިން…އަހަންނަކީ ޖިންނިއެކޭ ބުނުމުން އައްކިޔުން ވަރަށް ހައިރާންވި… އައްކިޔުންނަށް އޭނާގެ މަންމަ އުޅޭކަން އެނގުމުން މަންމަ ދެކިލަން އޭނާ ބޭނުންވި…އެހެންވެގެން އަހަރެން އައްކިޔުން ގޮވައިގެން ސުކޫލް ބަންދުގައި އޭނާގެ މަންމަގެ ރަށަށް ދިޔައިން…އަހަރެން ދެކޭގޮތުގައި […]
މަންމަގެ އެހީ ލިބުން ހުއްޓުމުން އަހަރެންނަށް ބުރަބޮޑުވި..ރަށުމީހުންގެ ފަރާތުންވެސް މާބޮޑު އެހީއެއް އަހަންނަށް ނުލިބޭތީއާއެކު އަހަރެން މުޅިން އެކަނިވެރިވި..އެއްކޮޅުން އައްކިޔުންގެ ޒިންމާ ކޮނޑުގައި އުފުލައިގެން އަނެއްކޮޅުން ވަޒީފާއަށްދަމުން އަހަރެން އުޅުނީ..އަހަރެން އުޅުނުގެއާ ފިހާރައާ ހުންނަނީ ވަރަށް ކައިރީގައި ކަަމުން އައްކިޔުން ބަލައިލަން އިރުއިރުކޮޅާ ފިހާރައިގަ ހުންނައިރު އާދެވޭ…އެއީދެން ވަރަށްބޮޑު ނަސީބެއް” އަައްކިޔުންގެ ބައްޕަ ބުނެލިއެވެ. އައްކިޔުން ގެންގުޅެން ފެށުމުން އޭނާ ނިދާ ގަނޑިތަކާ ހޭލާ ގަނޑިތަށްވެސް އަހަންނަށް އެނގެންފެށި…ދުވަހެއް ދުވަހަކަށް އެކުއްޖާއަށް އޮތް ލޯބިބޮޑުވަމުންދިޔަ…އަަހަރެން އައްކިޔުން ގޮވައިގެން […]
އެވަގުތު އައްކިޔުންނަށް ބަލަންހުރެ އަހަރެން އެކުއްޖާއަށް ވައުދެއްވިން….އަހަރެން ކުޑަކުޑަ އައްކިޔުންނަށް ބުނިން، ބައްޕަގެ ހަށީގަ ފުރާނަ ހުރިހާ ހިނދަކު ބައްޕަ ދަރިފުޅު ދުލެއްނުކުރާނަމޭ…ބައްޕަ ކޮންމެހާލެއްގަ އުޅެންޖެހުނަސް ދަރިފުޅަށް ރަނގަޅު ހަޔާތަކާ ރަނގަޅު މުސްތަގުބަލެއް ހޯދައިދޭން ބައްޕަ ވަރަށް މަސައްކަތްކުރާނަމޭ… އައްކިޔުންނާ ވާހަކަދައްކަން އެގަސްގަނޑުތެރޭގަ އަހަރެން ހުއްޓާ “ދަރިފުޅާއޭ” ކިޔާފަ އަންހެނަކު އަހަންނަށް ގޮވާލި…އަހަރެން ފަހަތަށް އެނބުރި ބަލައިލިއިރު އަހަރެންގެ ކައިރީގައި ހުރީ އަހަރެންގެ މަންމަ…އަހަންނާ ދިމާލަށް އައްކިޔުންގެ މަންމަ ކީހުރިހާ އެއްޗެއް އަޑުއިވުނު ވާހަކަ މަންމަ ބުނި…އެހާ […]