ބައްޕައަކަށް ވާންއުޅޭ ކަމުގެ އުފާވެރި ޚަބަރު ލިބުމުން އަހަންނަށް ހީވީ އަހަންނަކީ ދުނިޔޭގަހުރި އެންމެ ނަސީބުގަދަ މީހާއޭ…އައްކިޔުންނަށް ބަލިވެއިންކަން އެނގުނުފަހުން ކުރިއަށްވުރެ ބޮޑަށް އައްކިޔުންގެ މަންމައަށް އަހަރެންގެ ލޯތްބާއި އަޅާލުންދިނިން….އަހަރެންގެ ގިނަވަގުތު ހުސްކުރީ އައްކިޔުންގެ މަންމައަށް ޚިދުމަތްކޮށްދިނުމުގަ… އޭނާ ކާހިތްވާ ކޮންމެއެއްޗެއް ހޯދައިދިނިން..އަހަރެން ނުކައި ހުއްޓަސް އެދެމައިން ތިބީ ކައިގެންތޯ އަހަރެން ޔަގީންކުރިން… އައްކިޔުންނަށް ބަލިވެއިންފަހުން އައްކިޔުންގެ މަންމަ ބަލިވާންފެށި…އެކަމާ އަހަރެން ވަރަށް ދެރަވި…އެހެންކަމުން އަހަރެން ނިދަންފެށީ އޭނާގެ ކޮޓަރީގަ އޭނައާއެކު…އަހަރެން އެތާ ނިދާކަމެއް އޭނާގެ އާއިލާ […]
ފޯނު ބޭއްވުމާއެކު ނައިޝާ ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ.އަދި އެނދުގައި ނިދިފައި އޮތް އައްކިޔުންގެ ބޮލުގައި ލޯބިން ފިރުމާލުމަށްފަހު، ކައިރީގައި އިން އައްކިޔުންގެ ބައްޕައަށް ނައިޝާ ބަލައިލިއެވެ.ނައިޝާ ބަލައިލުމާއެކު އައްކިޔުންގެ ބައްޕަ އޭނާއަށް ހިނިތުންވެލިއެވެ. “މިއަދު ކޮޓަރިތެރޭގަ ހުރެފަ ބުނީމެއްނު ބައްޕައަށްވެސް ކަންތައް ދިމާވެފައި ހުރި ގޮތުންނޭ ނައިއަށް އިތުބާރުނުކުރީ…އެއީ ކޮންގޮތެއްތޯ އަހާލެވިދާނެތަ؟” ވިސްނަން އިނުމަށްފަހު ނައިޝާ އަހާލިއެވެ.ނައިޝާގެ އެސުވާލަށް އާނއެކޭ ބުނުމުގެ ގޮތުން އައްކިޔުންގެ ބައްޕަ ބޯޖަހާލިއެވެ. “އެއީ އައްކިޔުންގެ މަންމަ ކަންތައް ކުރިގޮތުން” އައްކިޔުންގެ ބައްޕަ […]
އައްކިޔުންގެ ބައްޕަ އެހެންބުނުމުން, ކަންބޮޑުވެފައި އިން ނައިޝާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. “ލެޔާލް ކޮންތާކަށް ތިފޮނުވާލީ؟”ނައިޝާ އަހާލިއެވެ. “އަހަރެމެންގެ ދުނިޔެއަށް…އަދަބެއްގެ ގޮތުގައި ދެން ލެޔާލަކަށް މިދުނިޔެއަކަށް ނާދެވޭނެ” އައްކިޔުންގެ ބައްޕަ ޖަވާބުގައި ބުނެލިއެވެ. “އެހެންތަ؟…އައްކިއަށް ކީއްވެ މިހާ ބޮޑުވަރުވީ؟” ނައިޝާ އަނެއްކާވެސް އަހާލިއެވެ.”އައްކިޔުން އެއްވެސް ގޮތަކަށް ނުކައި…ވަރަށް ކިޔަންފެށީމަ ދެތިންފަހަރަކު އަނގަޔަށް ލަނީ..އަބަދު ކަމަކީ ރޮއެ ހިތާމަކުރުން…އެނދަކުން ތެދުވަނީކީއެއްވެސް ނޫން…ފަރުވާ ހޯދަންވެސް އޭނަ އިންކާރުކުރަނީ…އެހެންއޮވެ ހާލު ދަށަށް ދިޔައީ…އައްކިޔުން ރަނގަޅު ކުރެވޭތޯ އެކިގޮތްގޮތުން ބައްޕަ ވަރަށް މަސައްކަތް […]
ލެޔާލްގެ އެވާހަކަތައް އައްކިޔުންގެ ބައްޕައަށް ފަހުމުވާގޮތް ނުވުމުން، އޭނާ ބުނަންއުޅެނީ ކީކޭކަން ސާފުވާގޮތަށް ބުނެދިނުމަށް އައްކިޔުންގެ ބައްޕަ އެދުނެވެ. “އަހަރެން ބުނަން މިއުޅެނީ އައްކިޔުންނަކީ އަހަރެން އެންމެ ކުރީއްސުރެ ގަޔާވާ އަދި ލޯބިވާ މީހާއޭ….އޭނާ އެހެންމީހަކަށް ލިބުނަކަ ނުދޭނަމޭ ދުވަހަކުވެސް ދުވަހަކުވެސް” ވަރަށް ބޮޑަށް ރުޅިއައިސްފައިވާ ލެޔާލް އަވަސްނޭވާތަކެއް ދޫކުރަމުން ބުނެލިއެވެ.ލެޔާލް ދައްކަމުންދިޔަ ވާހަކަތައް އަޑުއަހަން އެންމެންވެސް ތިބީ ވާނުވާ ނޭނގޭ ހާލުގައެވެ. “އަހަރެން އައްކިދެކެ ލޯބިވާ ވާހަކަ ބުނީމަވެސް އައްކި އަހަންނަކާ ނުގުޅުނު…އޭނައަށް އަހަރެންދެކެ ލޯބިނުވެވޭނެޔޯ..ލޯބިނުވެވޭއިރު […]
“އައްކިޔުން ކަލޭދެކެ ހާދަލޯބިވެއޭ…އޭނައަކީ ދުވަހަކުވެސް އަންހެނަކާ ދިމާލަށް ބަލައިލިވެސް ކުއްޖެއްނޫން…އެކަމަކު ކަލޭ ފެނުނު ދުވަހުން ފެށިގެން ކަލޭގެ ވާހަކަ އަބަދު އަހަރެންކައިރި އޭނަ ދައްކަމުންދިޔައީ…ކަލެއަށް އޭނަ ހާދަ ތައުރީފެއް ކުރިއޭ ހާދަ އިތުބާރެއްވެސް ކުރިއޭ…އަހަރެން އޭނައަށް ވަރަށް ވިސްނައިދިނިން އިންސާނުންނަށް އިތުބާރުނުކުރުމަށް…އެކަމަކު އަހަރެންގެ ބަސް ގަބޫލުކުރެވޭ ވަރަށްވުރެ އޭނަ ކަލޭދެކެ ވެފައިވާ ލޯބި މާބޮޑު….އައްކިޔުންނަކީ ޖިންނި ބައްޕައެއްގެ ދަރިއެއްކަން ކަލޭ ކައިރި ނުބުނެވި ކަލެއަށް އޮޅުވާލަން ޖެހުނީތީވެސް ހާދަ ދެރަވެގެން އުޅުނޭ” އައްކިޔުންގެ ބައްޕަ އަނެއްކާވެސް ބުނެލިއެވެ. […]
ރާއީ ސަލާމަތްވުމުން އެންމެނަށްވެސް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.އެހެންނަމަވެސް ނައިޝާާ އެތަނުގައި ބަހައްޓަން ޖެހޭތީ ހުރިހާ މީހުންވެސް ކަންބޮޑު ވާންފެށިއެވެ. “މިތަނަށް ނައި ދޫކޮށްލާފަ ދާކަށް މަންމައަކަށް އެއްގޮތަކަށްވެސް ހިތްހަމައެއް ނުޖެހެވޭނެ” ނައިޝާގެ މަންމައަށް ރޮވުނެވެ. “މަންމާ ހެއްދެވި ފަރާތަށް އިތުބާރުކުރޭ..އިރާދަކުރެއްވިއްޔާ ދެރަގޮތެއްނުވާނެ” މަންމަގެ ގައިގައި ބައްދާލަމުން ނައިޝާ ބުނެލިއެވެ.ނައިޝާ އެހެންބުނެލި ކަމުގައިވިޔަސް ވާނެގޮތް ނޭނގޭތ،ީ ޚުދު ނައިޝާވެސް ޖެހިލުންވެއެވެ.ނަމަވެސް އޭނާގެ ހިތުގައި އުފެދިފައިވާ ސުވާލުތަކުގެ ޖަވާބުހޯދަން މިއަދު އޭނާ ހުރީ ނިންމައިގެންނެެވެ. “އެއީ ކާކުތަ ނައި؟…އެމީހަކު ނޫނީ […]
ގޯޅީގެ އެންމެ އެތެރޭގައި ހުރި ކޮޓަރިތެރެއިން ރާއީގެ އަޑު އިވުމާއެކު އެދިމާލަށް އެންމެންތައް ދުއްވައިގަތެވެ. “ދަރިފުޅާ ރާއީ ނިކުމޭ ތިތަނުން” އެތެރެއިން ތަޅުލާފައިވާ ތަޅުގައި ހިފާލަމުން ނައިޝާގެ ބައްޕަ ބުނެލިއެވެ. “ކާފާ ސަލާމަތްކޮށްދީ…ރާއީ އަކަށް ނުނިކުމެވޭ” ރޮމުން ރާއީ ބުނެލިއެވެ. “ދަރިފުޅާ ނުރޮއެ…މަންމަމެން ތިތަނުން ދަރިފުޅު ސަލާމަތްކޮށްދޭނަން…ހިތްވަރުކޮށްލާ އިނގޭ” ނައިޝާގެ ދޮންތައަށް ރޮވެން ފެށިއެވެ. ތަޅުލެވިފައި ހުރި އެކޮޓަރި ހުޅުވަން އެންމެންވެސް ވަރަށް މަސައްކަތް ކުރިއެވެ.ދޮރުގައި ފައިންޖަހާ ދޮރު ވައްޓާލަންވެސް މަސައްކަތް ކުރިއެވެ.ނަމަވެސް ހީވަނީ ގަދަފަދަ ބާރަކުން […]
ލޯންޗު ރަށަށް ލެފުމުން، ފަހަރަކު މީހަކު އޭގެން ފައިބަން ފެށިއެވެ.ރަށުގެ ވެލިގަނޑުމަތީގައި ފައިޖެހެވުމާއެކު ހުރިހާ ކުދިންތައް އުފަލުން ފުމެންފެށިއެވެ.އެންމެން ލޯންޗުން ފޭބުމުން، ނައިޝާގެ ބައްޕަގެ ރަހުމަތްތެރިޔާ އެމީހުން ގޮވައިގެން ހިފާފައިވާ ގެސްޓްހައުސްއަށް ދިޔައެވެެ. ގެސްޓްހައުސްގެ ގުރައުންޑް ފުލޯއަށް އެންމެނަށްވެސް ވަދެވުނެވެ.ހިމަހިމަ ގޯޅިއެއްގެ ތެރެއިން ވަދެގެން ދާއިރު އެންމެ ބިށްދޮށުގައި ކޮޓަރިއެއް ހުންނައިރު އެގޯޅިކޮޅުގެ ދެފަރާތުގައިވެސް ދެކޮޓަރި ހުރެއެވެ. “ފުރަތަމަ ފަންގިފިލައަށް އަރާ އެތާނގެ ކޮޓަރިތައް ރީތިވެފަ ތަނަވަސްވާނެ” ނައިޝާގެ ބައްޕަގެ ރަހުމަތްތެރިޔާ ބުނެލިއެވެ. ވަންނަ ދޮރާ ދިމާލުގައި […]
ނައިޝާއަށް އޭނާގެ މައިންބަފައިން ފެނުމުން ވަރަށް ބޮޑަށް އުފާވިއެވެ. “މަންމާ” އުފަލުންގޮސް މަންމަ ގައިގައި ބައްދާލަމުން ނައިޝާ ގޮވާލިއެވެ. “މާޝާﷲ ތީ ހަމަ މަންމަގެ ނައިޝާތަ؟….ހާދަ ލޯތްބޭ މާޝާﷲ” ނައިޝާގެ މޫނުގައި ދެއަތުން ހިފާލަމުން ނައިޝާގެ މަންމަ ބުނެލީ އޭނާގެ މޫނަށް ބަލަންހުރެއެވެ. “ހޫމް ރީތިވާނެއެއްނު…ނައިއަށް ލިބިފައެވަނީ އަހަރެންގެ ރީތިކަމޭ” ސަމާސާ ރާގަކަށް ނައިޝާގެ ބައްޕަ އެހެންބުނެލުމާއެކު އެތާތިބި އެންމެން އެއްފަހަރާ ހޭންފެށިއެވެ. “ނުހައިކުވެސް ބޮޑު ފިރިހެނަކަށް ވެއްޖެދޯ؟ ފޮނުވާ ފޮޓޯތަކަށްވުރެ ހަމަލޮލުން ފެނުނީމަ އަދި މާބޮޑުވައްތަރު […]