Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ނުވަދިހަ އަށްވަނަ ބައި)

lamhus Level 910 Stories100 Login500 Login100 Stories100 Comments
December 16, 2021 3 Mins Read
0 Comments

“އަސްލަށްވެސް ނައި އޯކޭތަ؟” ޔުދާ އަނެއްކާވެސް އަހާލިއެވެ. “އާނ އޯކޭއޭ” ނައިޝާ ޖަވާބުގައި ބުނެލިއެވެ. “އެކަމް ނައިއަށް މިހާރު ހާދަ ބަދަލުތަކެއް އަންނަހެން ޔުދާއަށް ހީވެޔޭ….ނައިގެ ލޯކައިރިވެސް ކަޅުވެފަ ތިހުންނަނީ ނުނިދަންތަ ނައި ރަނގަޅަކަށް؟” ޔުދާ އެންމެފަހުން އޭނާގެ ހިތުގައިވާ ސުވާލު ނައިޝާއާ ކޮށްލިއެވެ. “ނައި ހަމަ އޯކޭއޭ” އަނެއްކާވެސް ނައިޝާ ބުނެލިއެވެ.

ނައިޝާ ހުރިހާކަމެއް ރަނގަޅު ކަމަށް ބުންޏަސް ޔުދާއަށް އެވާހަކަ ގަބޫލެއް ނުކުރެވުނެވެ.އެހެންނަމަވެސް އިތުރަށް އެއްވެސް ސުވާލެއް ނައިޝާއަކާ އޭނާ ނުކުރެއެވެ.

*************

(ތިން ދުވަސް ފަސް)

“ނައި ޔުދާ އަންނާނަން އިނގޭ ފިހާރައަކަށް ގޮސްލާފަ” ޔުދާ އެހެންބުނެލުމަށްފަހު ގެއިން ނިކުތެވެ.ޔުދާ ދިއުމުން ޓީވީ ނިވާލުމަށްފަހު ބެލްކަނިތެރެއަށް ނައިޝާ ވަނެވެ.

ގެއިން ނިކުތް ޔުދާއަށް ބެލްކަނިތެރޭގައި ނައިޝާ ހުރިތަން ފެނިގެން ހަނާ އަޅާލިއެވެ.ނައިޝާވެސް ހިނިތުންވެލަމުން ޔުދާއަށް ހަނާއަޅާލިއެވެ.އަދި ހަށަންބަނދެލައިގެން ޔުދާ ދާމަންޒަރު ބަލަން ނައިޝާ ހުއްޓެވެ.

ޔުދާ ލޮލުގެ ކޮޅަށް އޮބާލުމުން ނައިޝާ އޭނާގެ އަތުގައި އަޅާފައިވާ ގަނޑިން ވަގުތު ބަލައިލިއެެވެ.އޭރު ރޭގަނޑު އަށްގަނޑި ބައިވީއެވެ.އިރުއޮއްސުމުގެ ކުރިއަށް ފެންވަރައިގެން ނައިޝާ ހުރުމުން މިރޭ ތަންކޮޅެއް ލަހުން ކޮޓަރިއަށް ވަންނަން އޭނާ ހުރީ ނިންމައިގެންނެވެ.

********

ބޭރު ބަލަން ނައިޝާ ވަރަށް އިރުވަންދެން ހުއްޓެވެ.މިރޭވެސް ބިރުވެރި ކަންތަކާ ކުރިމަތިލާން ޖެހޭނެއޭ ހިތަށްއަރާ ހާލުގައެވެ.ވީވެސް އެހެންނެވެ.ވައެއްނުޖެހޭ އެވަގުތު ބެލްކަނިތެރޭގައި ހުރި އުނދޯލި ކުއްލިއަކަށް ހެއްލެން ފެށިއެވެ.

އުނދޯލި ކުއްލިއަކަށް ހެއްލެން ފެށުމުން ނައިޝާ ބިރުގަންނަ ގޮތްވި ނަމަވެސް، މިރޭ އޭނާ ބިރުގަންނަވާ މީހެއްގެ ކުރިމަތީގައި އެކަން ނުދައްކަން އަޒުމު ކަނޑައެޅިއެވެ.

ހެއްލެމުންދިޔަ އުނދޯލީގެ ދުވެލި ބާރުވަމުންދިޔައެވެ.ނަމަވެސް އެކަންތައް ނުފެންނަ ކަމަށް ހަދައިގެން ބޭރު ބަލަން ނައިޝާ ހުއްޓެވެ.

ހެއްލެމުންދިޔަ އުނދޯއްޔަށް ނައިޝާ ސަމާލުކަން ނުދިނުމުން، ކުއްލިއަކަށް އެއުނދޯލި ހުއްޓުނެވެ.އުނދޯލި ހުއްޓުނުކަން އެނގުމުން ހަމަޖެހުމުގެ ނޭވާއެއް ނައިޝާ ދޫކޮށްލިއެވެ.އަދި ހަމަޖެހިލައިގެން ބޭރު ބަލަން ނައިޝާ ހުއްޓެވެ.

ބޭރު ބަލަންހުރި ނައިޝާގެ ފަން އިސްތަށިގަނޑުގައި ކުއްލިއަކަށް މީހަކު ހިފާ ދަމައިގަތެވެ.”އަށްދޯތް!” އިސްތަށިގަނޑުގައި ހިފިލެއް ބާރުކަމުން ނައިޝާއަށް އެހެންބުނެލެވުނީ ބޮލުގައި ހިފާ ލަމުންނެވެ.ވަގުތުން ފަހަތަށް އެނބުރި ނައިޝާ ބަލައިލިއެެވެ.ނަމަވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ.

ބިރުގަނެފައިވާކަން ނުދައްކާ ހަމަޖެހެން މަސައްކަތްކުރި ނައިޝާ، ބިރުން ގޮސް އަވަހަށް ކޮޓަރިއަށް ވަނެވެ.އަދި މަޑުމަޑުން ބޮލުގައި ފިރުމަމުން ދިޔައެެވެ.ނުފެންނަ އެމީހާ އޭނާގެ އިސްތަށިގަނޑުގައި ހިފާ ދަމައިގަތްލެއް ބާރުކަމުން ނައިޝާގެ ބޮލުން ވިންދުޖަހައެވެ.

*********

ފުން ނޭވާތަކެއް ދޫކުރަމުންދިޔަ ނައިޝާ ޖެހިލުންވެފައި އިނީ އެނުފެންނަ މީހާ އޭނާއަށް އަނިޔާކުރުމުންނެވެ.

*********

ބެލްކަނިތެރޭގައިވި ކަންތަކާ ދޭތެރޭގައި ވިސްނަން އެނދުގައި އިން ނައިޝާއަށް ފުންމައިގެން ތެދުވެވުނީ، ޑުރެސިން ޓޭބަލްމަތީގައި ހުރި އޭނާ ރީތިވާން ގެންގުޅޭ ހުރިހާ ސާމާނެއް ކުއްްލިއަކަށް ވެރިގަތުމުންނެވެ.

އެނދުކައިރި ކޮޅަށް ހުރި ނައިޝާ ޑުރެސިން ޓޭބަލަށާ ވެރިފައިވާ އެއްޗިއްސަށް ބަލަން ހުއްޓާ ފާހަނައިގެ ދޮރުގައި ވަރަށް ބާރަށް މީހަކު ޖެހިގެން އަޑު ނައިޝާއަށް އިވުނެވެ.އެއަޑު އިވުމާއެކު އެނދުކައިރި ހުރި ނައިޝާއަށް ސިހިގެންގޮސް ފާރުގައި ޖެހެވުނެވެ.

ފާހަނައިގެ ދޮރާ ދިމާލަށް ބަލަން ނައިޝާ ބިރުން ހުއްޓާ ޑުރެސިން ޓޭބަލްގެ ގޮނޑި މީހަކު ނަގާ ހޫރާލިހެން އެނދާ ދިމާލަށް އައެވެ.އެމަންޒަރު ފެނުމުން ނައިޝާ އިތުރަށް ބިރުގަތެވެ.މުޅި މީހާ ދާހިތްލާ ނޭވާ ކުރުވާން ފެށިއެވެ.

ކުއްލިއަކަށް އަލަމާރީގެ ދެދޮރު އެއްފަހަރާ ހުޅުވި އޭގައިވާ ހުރިހާ އަންނައުނުތަކެއް ބިންމައްޗަށް ވަރާލިތަން ނައިޝާއަށް ފެނުނެވެ.

ޑުރެސިން ޓޭބަލްގެ ވަތްގަނޑު ވެސް ކުއްލިއަކަށް ހުޅުވި އޭގެތެރޭގައިވާ ގަހަނާތަކާއި އެހެނިހެން ސާމާނުތައް،މުޅި ކޮޓަރިތެރެއަށް އުކަންފެށުމުން ބިރުން ނައިޝާއަށް ރޮވެން ފެށިއެވެ.

އެނދުގައިވާ ބެޑްޝީޓްވެސް ނައްޓާލާ ބާލީސްތައްވެސް އުކާލިއެވެ. މުޅި ކޮޓަރިތެރެ އެފުށްމިފުށަށް ޖަހަމުން އެނުފެންނަ މީހާ ގެންދިޔައެވެ.މިރޭ އޭނާގެ އަމަލުތަކުން ހީވަނީ އޭނާ ވަރަށް ބޮޑަށް ރުޅިއައިސްފައި ވާހެންނެވެ.

ބިރުން ތުރުތުރުއަޅައަޅާ ހުރި ނައިޝާ ފަޔަށް ލެވުނުހާ ބާރެއްލުމަށްފަހު ރޮމުން ކޮޓަރިން ނިކުންނަން ދުއްވައިގަތެވެ.

ކޮޓަރިން ނިކުންނަން ދޮރުހުޅުވާލި ނައިޝާއަށް ނިކުމެވުނީ ބޭރުން އައި ޔުދާގެ ކުރިމައްޗަށެވެ. “ނައި؟” ރޮމުން ކޮޓަރިތެރެއިން ނިކުތް ނައިޝާ ފެނި އޭނާގެ އަތުގައި ހިފާލަމުން ޔުދާ ގޮވާލިއެވެ.

ޔުދާ ފެނުމާއެކު އޭނާގެ ގައިގައި ބައްދާލުމަށްފަހު ނައިޝާ ރޯންފެށިއެވެ.ނައިޝާގެ އެއަމަލުން ވީކީއްކަމެއް ނޭނގޭ ހާލު ހައިރާންވެފަ ޔުދާއަށް ހުރެވުނެވެ.

*********

ނައިޝާ ގޮވައިގެން ޔުދާ ސިޓިންރޫމަށް ގޮސް ސޯފާގައި ނައިޝާ ބޭންދިއެވެ.އަދި ފިނި ފެންތައްޓެއް އެޅުމަށް ފަހު ނައިޝާގެ އަތަށް ޔުދާ ދިއްކޮށްލިއެވެ.ޔުދާ ދިއްކޮށްލި ފެންތަށީގައި ތުރުތުރު އަޅާހާލު ނައިޝާ ހިފާލުމަށްފަހު އޭގައިން ކޯވަރެއް ރޮމުންދިޔަ ނައިޝާ ބޯލިއެވެ.ނައިޝާގެ އެއަމަލުން ކޮންމެވެސް ކަމަކާ އޭނާ ވަރަށް ބޮޑަށް ބިރުގަނެފައިވާކަން ޔުދާއަށް ދޭހަވިއެވެ.

ނައިޝާ ކައިރި އިށީންނުމަށްފަހު ވީކީއްތޯ ޔުދާ އޮޅުންފިލުވިއެވެ.ނައިޝާ ޔުދާއަށް ހުރިހާ ވާހަކަތަކެއް ކިޔައިދިނެވެ.

“އަސްލުތަ؟….ހިނގާބަ އަޅެ ކޮޓަރިތެރެ ބަލާލަން” އެހެންބުނެ ނައިޝާގެ އަތުގައި ހިފައިގެން ޔުދާ ނައިޝާގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.

ކޮޓަރި ދޮރުހުޅުވާލި ޔުދާ ދިޔައީ ހައިރާންވެގެންނެވެ.މުޅި އެކޮޓަރިތެރެއަށް ހީވަނީ ތޫފާނެއް އައިސްފައިވާ ހެންނެވެ.

“ސުބުހާނަﷲ ހާދަ ވަރެއް ކޮށްލާފައި މިތަނަށް މިއޮތީ ޕިސްޕިސް” ޔުދާ ބުނެލިއެވެ. ޔުދާގެ ފަހަތުގައި ބިރުން ހުރި ނައިޝާވެސް މުޅި ކޮޓަރިތެރެއަށް ބަލަންހުއްޓެވެ.

“ޔުދާއަށް ފެންނަނީ ނައި މިކަމަށް ގޮތެއް ހަދަން….ކޮންމެ މީހަކަސް ކޮންމެ އެއްޗަކަސް ނައިއަށް ވަރަށް އުދަނގޫ އެބަކުރޭ އެއްނު….އެހެންވީމަ ފަންޑިތަ ހަދަންވީނު” ޔުދާ ބުނެލިއެވެ.ޔުދާ އެހެންްބުނި ނަމަވެސް ފަންޑިތަ ހަދާކަށް ނައިޝާ ގަބޫލެއް ނުވިއެވެ.”ނައި އެކަހަލަ ކަންކަން ކުރާހިތެއްނުވޭ” ނައިޝާ އިންކާރުކުރިއެވެ.

ބިރުވެރި ކަންތައްގަނޑު ހުއްޓުމުން ކޮޓަރިތެރެ ތަރުތީބުކުރަން ނައިޝާ އުޅުނެވެ.އޭނާއާއެކު ޔުދާވެސް ބައިވެރިވިއެވެ. ނައިޝާ ބިރުންހުރުމުން ޔުދާ މިރޭ ނިދީ ނައިޝާގެ ކޮޓަރީގައި އޭނާގެ ކައިރީގައެވެ.

*********

ވަމުންދާ ކަންތައްތައް ޔުދާއަށް ނައިޝާ ކިޔައިދިން ފަހުން ޔުދާގެ އަޅާލުން ނައިޝާއަށް އިންތިހާއަށް ލިބެމުންދިޔައެވެ.ނައިޝާއެކު ނިދުމާއި، ނައިޝާ ފެންވަރަންދެން ކޮޓަރިތެރޭގައި މަޑުކޮށްލުން ކަހަލަ ކަންކަން ޔުދާ ކޮށްދޭން ފެށިއެވެ.

ޔުދާގެ ކޮޓަރި ހުހަށް ނުބާއްވަންވެގެން ދުވަސްކޮޅަކަށް އެކޮޓަރި ކިޔާރާއަށާއި ފިރާޝާއަށް ނިދާލަންދީ، އިރު އޮއްސުމުން މުޅި ގޭގައި އަޑުހަރުކޮށް ގުރުއާން ވެސް ޖެހިއެވެ.

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ހީވޭ ކަލާވާހެން-31

Next

މަގޭ ދަރިފުޅާ..!

Next
December 16, 2021

މަގޭ ދަރިފުޅާ..!

Previews
December 16, 2021

ހީވޭ ކަލާވާހެން-31



All Right Reserved!