ހެނދުނު އިރުއެރުމާއެކު ފެންވަރައިގެން ގޯތިތެރެއަށް ފަރީޝާ ނިކުތެވެ.މުޅިގޯތިތެރެ ފޮޅުމަށްފަހު،ހެނދުނުގެ ސައިހަދަން ބަދިގެއަށް އޭނާ ވަނެވެ.ފަރީޝާ ސައިހަދާ ނިންމާލި ވަގުތު މައިދައިތަ އައެެވެ. “ކޮބާ ނިންމާލީތަ؟…ރޭގަ އަންހެނުންގެ ކޮމެޓީގެ ޖަލްސާއެއް އޮތުމުން ނިދުނީ ވަރަށް ލަހުން..އެހެންވެ ލަހުން ހޭލެވުނީ” މައިދައިިތަ ބުނެލިއެވެ. ސައިވަގުތު ޖެހުމާއެކު މަޑުމަޑުން މީހުންތައް ޖަމާވާން ފެށިއެވެ.ނަތާޝާއާ ވިޔާމްވެސް އައުމުން ހެނދުނުގެ ނާސްތާ ކުރަން އެންމެން ފެށިއެވެ. ******** ސައިބޮއެ ނިމުމުން ވިޔާމް އޮފީހަށް ދާން ހިނގައިގަތެވެ. އޭރު ނަތާޝާވެސް ފިހާރައަށް ދާން ގެއިން ނިކުންނަނީއެވެ. […]
ކޮންމެއަކަސް ވިޔާމްގެ ފަރާތުން ފެންނަމުންދާ ހެޔޮނޫން ބޮޑު ބަދަލުތަކާމެދު ފަރީޝާ ކަންބޮޑުވާން ފެށިއެވެ.އެހެންކަމުން ވިޔާމް ކޮންމެރެއަކު ގުޅަނީ ކާކަށްތޯބަލަން ފަރީޝާ ބޭނުންވިއެވެ. ****** މިރޭވެސް އާދައިގެމަތިން ރޭގަނޑު ފެންވަރާލައިގެން ޖޯއްޔަށް ދާންް ވިޔާމް ނިކުތެވެ.ބިންމަތީގައި ގޮދަނޑި އަޅައިގެން، ނިދާކަމަށް ހެދިގެން ފަރީޝާ އޮތެވެ.ވިޔާމް ބޭރަށް ނިކުތުމާއެކު ފަރީޝާ ތެދުވިއެވެ.ޖޯއްޔަށް ނިކުތަސް ވިޔާމްދަނީ ސެންޓުޖަހައި ރީތިވެލައިގެންކަމުން އޭނާގެ އެއަމަލުތަކުން ފަރީޝާ ނުތަނަވަސްވާން ފެށިއެވެ.ކޮންމެވެސް ނުބައިކަމެއް ހިނގާކަހަަލަ އިހުސާސްތަކެއް އޭނާއަށް ކުރެވެންފެށިއެވ.ެ ބޭރުޖޯލީގައި އިށީނުމަށްފަހު ވިޔާމް ނަތާޝާއަށް ގުޅާލިއެވެ.ވިޔާމް ގުޅުމާއެކު […]
ފަރީޝާގެ ކޮޓަރިން ނިކުތް ނަތާޝާއަށް ނުދަންނަ ނަންބަރަކުން ގުޅިއެވެ.ނަތާޝާ ފޯނު ކަންފަތުގައި ޖަހާލުމަށްފަހު ހަލޯ އޭ ބުނެލިއެވެ. “މީ ވިޔާމް” އެކޮޅުން ބުނެލިއެވެ. “އެހެންތަ އަނެއްކާ ކިހިނެއްވީބާ؟” ނަތާޝާ އަހާލީ ތުއިގޮތަކަށެވެ. “މާބޮޑުކަމެއް ވީކީނޫން..މީދެން ނަތާގެ ނަންބަރު ޔަގީންކޮށްލާށާ ތިއަޑު އަހާލަންވެގެންނާއެކު” ވިޔާމް ބުނެލިއެވެ. ވިޔާމާ ވާހަކަދައްކަން ނަތާޝާ އޭނާގެ ކޮޓަރިއަށް ވަނެވެ. “ދަންތަ ފިހާރައަށް؟” ވިޔާމް އަހާލިއެވެ. “ބޭނުމިއްޔާ ދޭ އެކަމް ދިޔަސް ނަތާއަކާ ދިމަލެއްނުވާނެ…އެއީ ނަތާ މީނީ ބުރޭކްވީމަ ގެއަށް އައިއްސަ ދެން ރޭގަނޑު […]
“އާނ މަންޖެތީ އަހަރެމެންގެ ދަނބިދަރިފުޅު ނައުފަލްގެ އެއްބަނޑުއެއްބަފާ ކޮއްކޮއަށްވީމަ ހުރުމަށް ކުއްޔެއް ނުނަގާނަން…ތީހަމަ މިގޭ ކުއްޖެއްކަހަަލަ ކުއްޖެއް…ދެން ވަޒީފާއަށް ގޮސް އާމްދަނީ ހޯދިމަ އެނިމުނީ” މައިދައިތަ ބުނެލިއެވެ. ********* ސައިބޮއެ ނިމުމުން ވިޔާމާ ބަފައިބެ އޮފީހަށް ދާން ނިކުތެވެ.މައިދައިތައާ ނަތާޝާގެ އިތުރުން ވަސީމާ ބޭރުޖޯލީގައި އިށީނެވެ.ކާގޭގައި ހުރީ ފަރީޝާ އެކަންޏެވެ.އެހެންކަމުން ތަށިތައްދޮވެ ތަން ސާފުކުރީ ފަރީޝާއެވެ. ނަތާޝާ އައިފަހުން މައިދައިތައާ ވަސީމާ ދައްތަ ގިނަވަގުތު ހޭދަކުރަނީ އޭނައާ އެކުގައެވެ.އޭނާ ގޮވައިގެން ރަށުތެރެ ބަލާލަން ދިއުންފަދަ ކަންކަން އެމީހުންކުރެއެވެ.ގިނަފަަހަރު އެމީހުން […]
މެހެމާނުންގެ ކޮޓަރި ފޮޅާ ރީތިކުރުމަށްފަހު ފަރީޝާ އެތަނުން ނިކުތެވެ.ހެނދުނުން ފެށިގެން އިރުއޮއްސެންދެން މެދުކެނޑުމެއްނެތި މުޅި ގެއާގޯތިތެރެ ސާފުކުރުމުގައި ފަރީޝާ އުޅުނެވެ.ބަނޑުހައިވިއަސް ފެންފޮދަކުން ފުއްދާލައިގެންނެވެ.ރަނގަޅަށް ނުކައިހުރުމުގެ ސަބަބުންނާއި ކުރި ބުރަމަސައްކަތުގެ ސަބަބުން ފަރީޝާ ވަރުބަލިވާން ފެށިއެވެ.އޭނާގެ ގައިގައި ހަކަތައެއް އެއްވަަރަކަށް ނެތެވެ.އެހެންކަމުން ބަދިގެތެރޭގައިހުރި ފަރީޝާގެ ލޯމައްޗަށް އަނދިރިވެގެން ދިޔައެވެ. ފަރީޝާއަށް ލޯހުޅުވާލެވުނީ ހޮސްޕިޓަލުގައި އޮއްވައެވެ.ލޯހުޅުވުމާއެކު މަޑުމަޑުން މުޅިތަނަށް ފަރީޝާ ނަޒަރުހިންގާލިއެވެ. އޭނާއަށް އޮވެވެނީ ހޮސްޕިޓަލުގައިކަން އެނގުނެވެ.އަދި އޭނާ ކައިރީގައި އިން ވިޔާމް ފެނުނެވެ. “އަހަންނަށް ކިހިނެއްވީ؟” ފަރީޝާ ވިޔާމަށް […]
ހެނދުނު ސައިހެދުމަށްފަހު އެންމެންވެސް ސައިބޯން އިށީނެވެ. “ފަރީޝާ އެހާ ގިނައިން ކާނެކަމެއްނެތް ދެރޮށި ރަނގަޅުވާނެ” މައިދައިތަ ބުނެލިއެވެ.މައިދައިތަގެ އެބަހަށް އެންމެން ތާއީދުކުރިއެވެ.އެވަގުތު ފަރީޝާ ބަލައިލީ ވިޔާމަށެވެ.އޭނާ އެއްވެސް އެއްޗެކޭ ނުބުނެ ކާން އިނެވެ.އެންމެނަށްވުރެ ކުރިއަށް ސައިބޮއެ ނިންމާލައިގެން ފަރީޝާ ކޮޓަރިއަށް ވަނެވެ. އެނދުގައި އިން ފަރީޝާ އޭނާގެ ނަފްސާދޭތެރޭގައި ވިސްނާލިއެވެ.ެ.އޭނާގެ އަމިއްލަ ބައްޕަވެސް އޭނާއަށް އަޅާނުލިއިރު ފިރިމީހާއާއި ފިރިމީހާގެ އާއިލާއިންވެސް އޭނާދެކެ މިހާރު ފޫހިވާތީ އެކަމާ ވިސްނާ ފަރީޝާއަށް ރޮވެންފެށިއެވެ.ފަރީޝާ ރޯންއިންދާ ވިޔާމް ކޮޓަރިއަށް ވަނެވެ.އަދި ލޯގަނޑުކުރިމައްޗަށް […]
ޕާޓީ ނިންމާލުމާއެކު ފަރީޝާމެން މިސްރާބުޖެހީ ގެއާ ދިމާލަށެވެ.ކައިވެނީގެ ފުރަތަމަރޭ ދެމީހުންވެސް ނިންމާލީ އުފަލާ އަރާމު ހާސިލުކުރުމަށްފަހުގައެވެ. ************ މީހަކާއެކު ނިދަން ފަރީޝާއަށް ވަރަށް އުދަނގޫވިއެވެ.ނަމަވެސް ހަޔާތެއް ފެށުމާއެކު ކުރިން ތަޖުރިބާ ކޮށްފައިނުވާ އެތައްކަމެއް ދެން އޭނާ ތަޖުރިބާ ކުރަންޖެހޭނެކަން ފަރީޝާއަށް އެނގެއެވެ.އުމުރުގެ ގޮތުން ވިޔާމް ފަރީޝާއަށް ވުރެ ހަތްއަހަރު ދޮށްޓަސް އެދެމީހުންެ އުޅޭ ލޯބި ދިރިއުޅުމުން އެފަރަގު އޮތްހެނެއް ހިއެއްނުވެއެވެ.ފަރީޝާ ހީކުރިވަަރަށް ވުރެވެސް ވިޔާމްގެ ލޯތްބާއި އަޅާލުން އޭނާއަށް ލިބެމުންދިޔައީ މާފުރިހަމަކޮށެވެ. ދުވަސްތައް ހިނގަމުންދިޔައެވެ.ވިޔާމެކޭ އެއްފަދައިން އޭނާގެ […]
އަނެއްދުވަހު އިރުއެރުމާއެކު ފަރީޝާ ތެދުވިއެވެ.ވިޔާމާ އަދި ކައިވެނި ނުކުރާތީ ދެމީހުންވެސް ނިދީ ވަކިން ކޮޓަރިއެއްގައެވެ.އެގޮތުން ފަރީޝާ ނިދީ އެގޭގައި މެހެމާނުންނަށް ހާއްސަކޮށްފައި ހުންނަ ކޮޓަރީގައެވެ.އެނދުމަތި ރީތިކޮށްލުމަށްފަހު ފަރީޝާ ފެންވަރައިގެން ކޮޓަރިން ނިކުތެވެ.ގޯތިތެރެއަށް ނިކުތުމުގެ ކުރިއަށް ފަރީޝާ ފުރަތަމަ މިސްރާބުޖެހީ ވިޔާމްގެ ކޮޓަރިއަށެވެ.ކޮޓަރިދޮރުމައްޗަށް ހުއްޓިލުމަށްފަހު މަޑުމަޑުން ދޮރުގައި ފަރީޝާ ޓަކިޖަހާލިއެވެ.ދެފަހަރު ޓަކިޖެހުމުންވެސް ދޮރުނުހުޅުވުމުން މަޑުމަޑުން ތަޅުގައި ފަރީޝާ ހިފާލިއެެވެ.ކޮޓަރިތަޅުނުލާ ހުރުމުން ދޮރު ހުޅުވުނެވެ.އެވަގުތު ނިދާފައި އޮތް ވިޔާމްފެނި ފަރީޝާއަށް ހިނިތުންވެވުނެވެ.އަދި ވިޔާމް ނިދާފައި އޮތުމުން އޭނާއަށް ނުގޮވާ ގޯތިތެރެއަށް […]
ގެއަށްވަތް ފަރީޝާގެ ބައްޕަގެ މިސްރާބު ހުރީ ފަރީޝާގެ ކޮޓަރިއާ ދިމާލަށެވެ.ފަރީޝާގެ ކޮޓަރިއަށްވަދެ އެނދުގައި އޭނާ އިށީންދެލިއެވެ.އަދި ވިސްނަން އިނދެ މުޅިތަނަށް ނަޒަރު ހިންގަންފެށިއެވެ.ތަންތަން ބަލަމުންދަނިކޮށް އެނދުކައިރި އިން ކުޑަމޭޒުމަތީގައި އޮތް ފަރީޝާގެ ސިޓީ އޭނާގެ ލޮލުގައި އަޅައިގަތެވެ.އެހެންކަމުން އެސިޓީ ނެގުމަށްފަހު ކިޔާލަންވެގެން އެނދުގައި އިށީނދެލިއެވެ.އަދި މަޑުމަޑުން ސިޓީ ހުޅުވާލިއެވެ. “ލޯބިވާ ބައްޕައަށް….ބައްޕަދެކެ ފަރީޝާ ނުހަނު ލޯބިވިން…އަދި މިހާރުވެސް ލޯބިވޭ…މުޅިއުމުރަށްވެސް ލޯބިވާނަން…ފަރީޝާގެ އުފަންމަންމަ މަރުވިދުވަހުން ފެށިގެން އެކަނިމާއެކަނި ފަރީޝާގެ ކަންތައްކޮށްދީ ފަރީޝާ ބެލީ ބައްޕަކަންވެސް ފަރީޝާއަށް އިނގޭ…އަދި ބައްޕަ […]