Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ސަތޭކަ ތޭރަވަނަބައި)

lamhus Level 910 Stories100 Login500 Login100 Stories100 Comments
January 9, 2022 3 Mins Read
2 Comments

“އެރޭ ﷲ އިރާދަފުޅުން ކުލީ ކޮޓަރިތެރޭގަ އަހަރެމެން ތިއްބާ އަހަންނަށް އަންނަނީ ކޯލެއް..އަހަންނަށް ދެވަނަ ވަޒީފާއެއް ލިބުނުކަމަށް…އަހަރެންގެ މަސައްކަތު އެކުވެރިއެއްގެ ކައިރީގަ އެނދިފަވާނީ އަހަންނަށް ވަޒީފާއެއް ހޯދައިދިނުމަށް…ލިބޭ އުޖޫރައިން ފަރުނުޖެއްސޭތީ ވަރަށް އަވަހަށް ވަޒީފާއެއް ބޭނުންވާކަމަށް..އޭނާ ބުނި ލިބޭތޯ ބަލާނަމޭ…

އަހަރެން އެރޭ ހުރީވެސް ދެވަނަ ވަޒީފާއެއް ނުލިބޭތީ ވަރަށް ކަންބޮޑުވެފަ…އޭނާގެ ފޯނުކޯލަށްފަހު އަހަރެން ވަރަށް ހިތްހަމަޖެހުނު..އެކަމަކު އޭނާ އަހަރެން ކައިރި ބުނި ބަރު އެއްޗެހި އުފުލާ ވަޒީފާއެއްކަމުން ވަރަށް ބުރަވާނެ ކަމަށާއި އަހަންނަށް އެކަންވާނެތޯ…ބުރަކަމުން ގިނަމީހުން އެތަނަށް ވަންނަނީ ވަގުތީގޮތުން ކަމަށާއި ރަނގަޅު ވަޒީފާއެއް ލިބޭއިރަށް ގިނަމީހުން ކެނޑެނީކަމަށް…އަހަރެން އޭނާ ކައިރި ބުނިން ކިތަންމެ ބުރަޔަސް އެވަޒީފާ އަހަންނަށް ވަރަށް މުހިންމުކަމަށް…

ދެވަޒީފާ އަދާކުރަންޖެހުމުން އަހަންނަށް ވަރަށް ބުރަވި…އެހެންނަމަވެސް ޖާނާ މާލުން ފިދާވާން ޖެހުނަސް އަހަރެން އަަހަރެންގެ ދަރިފުޅު އެހެންމީހެއްގެ ގޭގައި ދެން ނުބަހައްޓާނަން ކަމުގައި އަޒުމުކުރިން…އަހަރެމެން ހަމައަކަށް އެޅިލުމުން މަހު ކުއްޔަށް ކުޑަ އެޕާޓްމަންޓަކަށް ބަދަލުވިން…

އަހަރެން ރަނގަޅަށް ނުކާތީއާ ކުރަންޖެހޭ މަސައްކަތުގެ ބުރަކަމުން ހަށިގަނޑުގައި އެވަރަކަށް ވަރެއްވެސް ނުހުރޭ…މަސައްކަތް ނިމި ގެއަށްއަންނައިރު މުޅިމީހާާ ހުންނަނީ ދަލުން ފޯވެފަ…ގިނަދުވަސްދުވަހު އުފުލަންޖެހޭ އެއްޗެހީގެ ބަރުކަމުންނާ ގިނަކަމުން އަހަރެންގެ މުޅިގައިގަ ރިއްސާ..އަތްތިލަވެސް ކަނޑައިގެން ގޮސް ލޭއައިއްސަ ހުރޭ…އެހެންނަމަވެސް އަހަރެން އެކަމަށް ޝަކުވާއެއް ނުކުރަން..އަހަރެންގެ އަތް ކަނޑައިގެން ގޮސްފައި ހުންނާތީ އެތަންތަނުގައި ބޭސް އަޅާދެނީ އައްކިޔުން..އަހަރެންގެ ހާލު ފެނި އައްކިޔުން ވަރަށްދެރަވި…އަަހަރެން ކައިރި އެހާ ބުރަމަސައްކަތް ނުކުރުމަށްވެސް އެދުނު…

އައްކިޔުން ލައްވާ އޭނާ ހުރިގޭ މީހުން ނޯކަރީކުރުވިފަހުން ގިނަވަގުތު އައްކިޔުން ކައިރިހުންނަން އަހަރެން ބޭނުންވި..އެހެންކަމުން ވަޒީފާއިން ލިބޭ ބުރޭކު ވަގުތުގައި އެހެންމީހުން ސައިބޯން ހޮޓާތަކަށް ދިޔަސް، އަހަރެން އަންނަނީ ގެއަށް..އެވަގުތުކޮޅަކީ އަހަރެން ގެއަށް އައިސް އައްކިޔުންނަށް ކައްކައިދޭ ގަނޑި…އަދި އެކުއްޖާއާ އެކު ވަގުތުކޮޅެއްވެސް ހޭދަކޮށްލެވޭ ގަނޑި..މަސައްކަތް ނިންމާފަ އަންނަ ރޭރޭ އަހަރެން ބޭނުންވަނީ ނިދާލަން..އެހާވެސް ވަރުބަލިވެފަ ހުންނަނީ…އަހަރެން ބުރޭކުވުމާއެކު ތެޅިފޮޅިގެން ގެއަށް އަންނާތީ އަހަންނާ އެކު މަސައްކަތްކުރާ މީހުން ވަރަށް ދިމާވެސްކުރި..އަހަރެން އެހާވަަރަކުން އަންނަނީ އެމީހުންގެ ނަޒަރުގަ އަންހެނެއް ކައިރިއަށް…އަހަރެން ބުނިން އަހަރެންގެ ދަރިފުޅު އެކަންޏޭ ގޭގަ ހުންނާނީ އެހެންވެގެންނޭ…

އަހަރެން ޚަރަދު ކުޑަކުރުމުގެ ގޮތުން އެއްޗެހިވެސް ގަނެފަ ހުންނާނީ ގަނޑުކޮށް…ފުރިޖުވެސް ހުސްވިޔަކަ ނުދެން…ކުރާ ބުރަމަސައްކަތަށް ބަލާފަ ދެވަނަ ވަޒީފާއިން ލިބޭ އުޖޫރަ ކުޑަ…އަނެއްކޮޅުން ސުކޫލުން އަބަދުވެސް ކޮންމެވެސް އެއްޗެއް ގެންދަން ބުނާތީއާއެކު ސުކޫލު ޚަރަދަށް ވިސްނާފަ، ޚަރަދުކުޑަކުރަން އަހަރެން ކަނީ ވަރަށް ބަލައިގެން..ގިނަފަހަރު ކައްކަނީވެސް އައްކިޔުންނަށް ވާވަރަށް…އަހަރެން ހުންނަނީ ބިސްކޯދެއް އެހެންނޫނީ ސައިފޮދެއް ބޯލައިގެން..ވަޒީފާގަ އުޅޭއިރު އެހެންމީހުން ހޮޓާތަކަށް ސައިބޯން ދިޔަޔަސް އަހަރެން ހުންނަނީ ފެންފޮދަކުން ފުއްދާލައިގެން..ވަރަށް ވަރުބަލިވެ ގައިން ވަރުދޫކުރާ ދުވަހަކު ފިނިއެއްޗެއް ބޯލިޔަސް…

އަހަރެން ނުކާތީ އައްކިޔުން ޝަކުވާކުރަންފެށި…މަސައްކަތް ނިމި އަހަރެން ގެއަށް އަންނަ ވަގުތުތަކުގަ އޭނަ ހުންނަނީ ކައްކާފަ..އޭނަ ކައްކާތީ އަހަރެން އެކަމާ ނުރުހުން..އެހެންނަމަވެސް އޭނާ އަަހަރެން ކައިރިބުނީ އަހަރެން އެހާ ބުރަކޮށް އުޅޭއިރު އޭނާވެސް އެހީވާން ބޭނުންވާކަމަށް އަދި އޭނާއަށް މިހާރު އެހީވެވޭނީ މިހެންކަމަށާއި ބޮޑުވުމުން ވަޒީފާއަށް އޭނާ ދާނަންކަމަށް..

އެދުވަސްކޮޅަކީ ލެޔާލްގެ ބައްޕަ ލެޔާލް ގޮވައިގެން ދުނިޔެއަށް އައި ދުވަސްވަރު ކަމުން އަހަންނާ ލެޔާލްގެ ބައްޕައާ ވަރަށް ގާތް ގުޅުމެއް އުފެދުނު..އެހެންކަމުން ލެޔާލްމެން ވަރަށް ގިނައިން އަހަރެމެންގެ ގެއަށް އަންނާނެ…އައްކިޔުންނާ ލެޔާލާ އެންމެ ފުރަތަމަ ބައްދަލުވަނީ އައްކިޔުންގެ އުމުރުން ބާރަ އަހަރުގަ އަދި ލެޔާލްގެ އުމުރުން ދިހައަހަރުގަ…ލެޔާލަކީ އައްކިޔުންގެ ކުޑައިރުގެ އެންމެގާތް ރަހުމަތްތެރިޔާ..އެކަމަކު ލެޔާލް ގައިގައި ހުންނަ ކިބުރުވެެރިކަމާ ދެއްކުންތެރިކަމުގެ ސަބަބުން އައްކިޔުން އޭނާއަކާ އެހާ ގާތްގުޅުމެއް ފަހަކުން ނުބާއްވާ..

ދުވަސްތައް ހިނގަމުންގޮސް އައްކިޔުންވެސް ފުރާވަރަށް އެރި…އައްކިޔުން ބޮޑުވަމުން އައިވަރަކަށް އޭނާ ދިޔައީ ރީތިވަމުން..ގުރޭޑް އަށަކަށްދިޔަ ފަހުން ސުކޫލު ގިނަ އަންހެންކުދިން އޭނާއާ ރަހުމަތްތެރިވާން ބޭނުންވި..އެެހެންނަމަވެސް އައްކިޔުން އަންހެންކުދިންނަކާ ވާހަކައެއްނުދައްކާ..އޭނާ ހަމައެކަނި އޭރު ވާހަކަދެއްކީ ލެޔާލާ…އެހެންނަމަވެސް ފަހުން އޭނާއަކާވެސް އައްކިޔުން ވާހަކައެއް ނުދައްކާ..

އައްކިޔުން ރީތިވުމުގެ ސަބަބުން ލެޔާލްވެސް އައްކިޔުންނަށް އަޅައިގަތް…އޭނާގެ ބައްޕަ އަހަރެމެންގެ ދުނިޔެއަށް ދިޔައިރުވެސް ލެޔާލް މިތާ މަޑުކުރީ އައްކިޔުން އުޅޭތީ…ގުރޭޑް އަށަކަށް ދިޔަފަހުން އަައްކިޔުންނަށް އޭނާގެ އެކުވެރި ޒަލަފާ ދިމާވަނީ…ޒަލަފަކީ އޭރު ކިޔެވުމަށް އެހާ މޮޅުކުއްޖެއްނޫން..އައްކިޔުންނަކީ މުޅި ކުލާހުންވެސް އެންމެ މޮޅުކުއްޖާކަމުން ޒަލަފަށް ނޭނގޭ އެއްޗެހި ބުނެދިނީ އައްކިޔުން…

އަަހަރެން އައްކިޔުންނަށް ބުނިން އައްކިޔުންނަށް ލިބިފައިވާ މޮޅުކަމަށް ބޮޑާވެ ކިބުރުވެރިނުވުމަށް..އައްކިޔުންނަށް އެނގޭ އެއްޗެހި ނޭނގޭ ކުދިންނަށް ބުނެދިނުމަށް…އެހެންކަމުން ޒަލަފް އަންނާނެ އައްކިޔުން ކައިރިއަށް ޓިއުޝަނަށް..ޒަލަފްގެ މައިންބަފައިން އަހަރެމެން ކައިރި އަގެެއްކިޔާށޭވެސް ބުނި..އައްކިޔުން އޭނާއަށް ކިޔަވާދޭން ފެށިފަހުން ޒަލަފަށް އެއްޗެހި އެނގެންފެށި ކަމަށްވެސް ބުނި…އެކަމަކު އަގެއް ނަގާކަށް އަހަރެމެން ބޭނުމެއްނުވި..އަހަރެންވެސް އައްކިޔުންވެސް ޒަލަފަށް އަގެއް ނުނަގަން..އެހިސާބުން ޒަލަފާ އައްކިޔުންނާ ގާތްވި..ޒަލަފް ވަރަށް ގިނައިން އަންނާނެ އަހަރެމެންގެ ގެއަށް…އައްކިޔުންވެސް ޒަލަފްގެ ގެއަށް އަހަރެން ފޮނުވަން…

ޒަލަފާ ކިތަންމެ ގާތްކޮށް އުޅުނަސް އޭނާއަކަށްވެސް އޭނާގެ މައިންބަފައިންނަކަށްވެސް ނޭނގޭނެ އަހަރެންނަކީ ޖިންނިއެއްކަމެއް..އަދިވެސް ޒަލަފަކަށް ނޭނގޭނެ..ޒަލަފާއެކު އައްކިޔުން ކިތަންމެ ގާތްކޮށް އުޅުނަސް އައްކިޔުން އަހަރެން ކައިރި ބުނާނެ ބައްޕަ ދެރަނުވައްޗޭ އައްކިޔުން ޒަލަފާއެކު ކިތަންމެ ގާތްކޮށް އުޅުނަސް އައްކިޔުންގެ އެންމެ ގާތް އެކުވެރިޔަކީ އަދިވެސް ބައްޕައޭ…

އަހަރެންމީ ޖިންނިއަކަސް، އައްކިޔުންނަކީ އިންސާނަކަށްވާތީ އަހަރެން ބޭނުންވި އަހަރެންގެ ދަރިފުޅުވެސް އެހެންވެސް އިންސާނެކޭ އެއްފަދައިން މީހުންނާ ގުޅިގެން އުޅެން..އަހަރެންގެ އެހީ ނުލިބުނަސް އޭނާއަށް އަމިއްލައަށް ދިރިއުޅެވޭ ވަރުކޮށްދެން..ސުކޫލުނިމި ޒަލަފާ ދެކުދިން ވަޒީފާއަށްވަނީ އެކީގަ…ޒަލަފްގެ މައިންބަފައިން އިންޑިއާއަށް ދިރިއުޅުން ބަދަލުކުރުމުން އައްކިޔުންނާ ޒަލަފާ ދެކުދިން ހިއްސާވެގެން ތަނެއްކުއްޔަށް ނެގީ..އޭރުއްސުރެ އެދެކުދިން އެކުގަ އުޅެނީ..

އައްކިޔުން ވަޒީފާއަށް ދާންފެށިފަހުންވެސް އަހަންނާއެކު އުޅެން އޭނަހުރީ ނިންމައިގެން..އެކަމަކު އަހަރެން އެގޮތް ބޭނުންނުވީ…އައްކިޔުންނަށް މީހުންތެރޭގަ އުޅެން ދަސްކޮށްދިނުމުގެ ގޮތުން އަަހަރެން އައްކިޔުންނާ ދުރުވެލިން…އައްކިޔުންގެ އެދުމަށް މަސައްކަތް ކުރުން އަހަރެން ހުއްޓާލިން…އަހަރެން އައްކިޔުންނާ އެކުގަ ނޫޅުނަސް ކޮންމެ ރެއަކުވެސް އަހަރެމެން ބައްދަލުކުރަން..އަހަރެން ނިދަނީ ވަކިންތަނެއްގަ..އަހަރެންނަށާ އަަހަރެން ހުންނަތަނަށްވެސް ޚަރަދުކުރަމުންދިޔައީ އައްކިޔުން..

އަހަރެން ހުޅުމާލޭގަ އުޅޭކަމެއް ޒަލަފަކަށް ނޭނގޭނެ..އޭނާއަށް އެނގޭނީ އަހަރެން އަހަރެންގެ ރަށަށް ދިޔަކަން…އަދި އައްކިޔުންގެ މަންމަ އޭނާ ކުޑައިރު ދޫކޮށްލިކަންވެސް ޒަލަފަށް އެނގޭނެ…އައްކިޔުން ބޮޑުވުމުން އަހަރެން އައްކިޔުންނަށް ހުރިހާ ވާހަކާއެއްވެސް ކިޔައިދިނިން..

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ހީވޭ ގާތުގާއި ވާހެން ކަލާ 17

Next

ހީވޭ ކަލާވާހެން-35

Next
January 9, 2022

ހީވޭ ކަލާވާހެން-35

Previews
January 9, 2022

ހީވޭ ގާތުގާއި ވާހެން ކަލާ 17

2 Comments!

  1. Hûdhãkkø says:
    January 9, 2022 at 2:02 pm

    Mi part VX Hama obinex to the maxxxx
    Next part kiyaalan lipeyni konirakun baaaaa

    1. lamhus says:
      January 10, 2022 at 10:18 pm

      Thanks dear ? am uploading as soon as possible

Comments are closed.

Next Episodeދިމާވި އާދަޔާ ޚިލާފް ޒުވާނާ (ސަތޭކަ ސާދަވަނަބައި)←


All Right Reserved!