ފަރީޝާ ދެރަވެފައި އިންކަން އޭނާގެ މޫނުމަތިން ދޭހަވެއެވެ.އެހެންކަމުން އޭނާއަށް ހިއްވަރުދިނުމުގެ ގޮތުން ވިޔާމް ފަރީޝާގެ އަތުގައި ހިފާލިއެވެ.ވިޔާމް އަތުގައި ހިފާލުމުން އޭނާއާ ދިމާލަށް ފަރީޝާ ބަލައިލިއެވެ. “ފަރީ ދެރަނުވޭ…ފަރީ ތިހެދީ އެންމެ ރަނގަޅަށް…އެއަނިޔާވެރިކަމުގަ އުޅުމަށްވުރެ މާރަނގަޅުވާނެ އެކަމުން ސަލާމަތްވިއްޔާ…ވިޔާމް ކުރިންވެސް ބުނިހެން ވިޔާމްގެ ރަށުގަ ފަރީ ދެރަވާނެ ފަދަކަމެއް ނުހިނގާނެ” ފަރީޝާއާ ދިމާލަށް ލޯބިން ބަލަންއިނުމަށްފަހު ވިޔާމް ބުނެލިއެވެ.ވިޔާމްގެ އެބަސްތަކުން ފަރީޝާ ހިނިތުންވުމެއް ވެލުމަށްފަހު ވިޔާމްގެ ކޮނޑުގައި ބޯއަޅާލިއެވެ.އަދި ފިލައިގެން ގެއިން ނިކުންނަންޖެހުމުން ދެރަވެ ރޮވެންފެށިއެވ.ެ “ނުރޮއެ […]
“ކޮން ވިޔާމެއް ނިޔާމެއް ކިޔާކަށް…އޭނަގެ ނަންވެސް ގަނެގެން ނުވާނެ…ހަމަ މިވަގުތުން މިވަގުތަށްް އެބީރައްޓެހި މީހާ ކަލޭގެ ހިތުން ފުހެ ނެރެލާ” ފައިގައި ހިފަހައްޓައިގެން އޮތް ފަރީޝާ ކޮއްޕާލަމުން އޭނާގެ ބައްޕަ ކޮޓަރިން ނިކުތެވެ.އަދި ފަރީޝާ އާދޭސްކޮށްކޮށް އޮއްވާ ބޭރުން ކޮޓަރި ތަޅުލިއެވެ. “ހެޔޮނުވާނެ ބައްޕާ!….ވިޔާމް ދެކެ ފަރީޝާއަށް ވަރަށް ބޮޑަށް ލޯބިވެވިއްޖެ…ވިޔާމާ ނުލާ ފަރީޝާއަކަށް ދެން ނޫޅެވޭނެ…ވިޔާމްވެސް ފަރީޝާދެކެ ވަރަށް ލޯބިވޭ..ހެޔޮނުވާނެ ބައްޕާ ވިޔާމް މިހާރު ހުންނާނީ ވަރަށް ކަންބޮޑުވެފަ..އޭނައަށް ގުޅޭގޮތް ހަދައިދީ..ބައްޕާ….ބައްޕާ” ދޮރުގައި ތަޅަމުން އަޑުގެކޮޅަށް […]
“ބައްޕާ!” ފަރީޝާއަށް ގޮވާލެވުނީ ތެޅިތެޅި އޮތް ހިތަކާއެކުގައެވެ. “ބައްޕާއޭ؟…ކަލޭގެ ލަދު ހަޔާތްކުޑަކަން ދެކިބަލަ!…އަހަރެން ކަލޭގެ މަންމައާ ނުލާ އެކަނިމާއެކަނި ކަލޭ ބަލާ…ކިހާ ރަނގަޅަކަށްތަ އަހަރެންްް ކަލެއަށް ކަންތައްތައް މިކޮށްދެނީ….ތީތަ ކަލޭ އަހަންނަށް ދިން ބަދަލަކީ” ރުޅިގަދަވެފައިވުމުގެ ސަބަބުން ފަރީޝާގެ ބައްޕަ ދުވަހަކުވެސް އޭނާއާ ވާހަކަދައްކާފައި ނުވާހާ ހަޑިކޮށް ވާހަކަދައްކަން ފެށިއެވެ. “ތީ ކާކު ކަލެއަށް ދިން ފޯނެއް؟…ހަމަގައިމުވެސް އަހަންނެއް ނޫން..މިހިރަ ލަތީފާއެއްވެސް ނުދޭނެ…ރޭގަނޑު ހަތަރުދަމު ނުނިދާ އޮވެގެން ކާކާ ގުޅައިގެންތަ ކަލޭ ތިއޮންނަނީ؟” އެހެންބުނެ ފަރީޝާގެ އަތުގައިވާ […]
ވިޔާމްގެ އެހުށަހެޅުމަށް އެއްވެސް ފަހެއްނުޖެހި ފަރީޝާ ގަބޫލުވުމުން ވިޔާމް ވަރަށް އުފާވިއެވެ.އަދި ފަރީޝާގެ އަތުގައި ހިފާ އިތުރަށް ބާރުކޮށްލިއެވެ. “އެހެންވީމަ ރެޑީވޭ މާދަމާނޫން އަނެއްދުވަހު ފުރަން..ބައްޕައަށްވެސް އަންގާތި” ވިޔާމް އެހެންބުނުމުން ފަރީޝާ ބޯޖަހާލިއެވެ. އަދި އެތަނުން ދާން ހިނގައިގަތެވެ.ފަރީޝާއާ އެއްވަރަށް ވިޔާމްވެސް ހިނގައިގަތެވެ. އެދެމީހުން ގާގޯޅިވާނެކަމަށް ދޮންމަންމަ ހީކުރިނަމަވެސް އަތުގައި ހިފާލުން ނޫން އިތުރުކަމެއް އެމީހުން ނުކުރުމުން ދޮންމަންމަ ހިތްހަމަނުޖެހުނެވެ.އެއީ ދޮންމަންމަގެ މަގުސަދަކީ އެމަންޒަރުތަށް ފަރީޝާގެ ބައްޕައަށް ދައްކައިގެން އޭނާގެ ހިތުގައި ފަރީޝާއަށް ނަފުރަތު އުފެއްދުމެވެ.އެހެންނަމަވެސް ލިބިފައިވާ […]
އެދުވަހަށްފަހު ކޮންމެރެއަކުވެސް ނިދުމުގެކުރިން ފަރީޝާއާއި ވިޔާމް ގެންދިޔައީ ފޯނުން ގުޅާ ވާހަކަދައްކަމުންނެވެ.ގުޅާ ކޮންމެފަހަރަކު ފަރީޝާގެ ހާލަތު ބަލާ ދުވަސްދިޔައީ ކިހިނެއްތޯ ވިޔާމް އަހައެވެ.ވިޔާމްގެ އަޅާލުން ފަރީޝާއަށް ލިބެންފެށުމުން އޭނާ ހިތްހަމަޖެހެންފެށިއެވެ.ކުރިން ފަރީޝާ ނުތަނަވަސްވެފައިވިޔަސް، މިހާރު އޭނާއާ ދޭތެރޭ ވިސްނާ އަދި އޭނާ ހިމާޔަތްކޮށްދޭނެ މީހަކު ހުރިކަން އެނގޭތީ އުފާވިއެވެ. ********** ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ފަރީޝާގެ ހިތުގައި ވިޔާމަށް ހާއްސަ ސަމާލުކަމެއް ދެވެންފެށިއެވެ.ވިޔާމްވެސް ފަރީޝާ އާއި ގަޔާވިއެވެ.ފަރީޝާގެ ރަށަށް އޭނާ އައިސްގެން އުޅޭ ޗުއްޓީދަތުރުގެ މުއްދަތުވެސް އިތުރުކުރިއެވެ.މަޑުމަޑުން ދެމީހުންނަށްވެސް […]
ކުއްލިއަކަށް ފަރީޝާ ރޯންފެށުމުން ޒުވާނާ ވަރަށް ހައިރާންވިއެވެ.ފަރީޝާގެ ހަރަކާތްތަކުން އޭނާ ކަމަކާ ވަރަށް ޖެހިލުންވެފައިވާކަން ޒުވާނާއަށް އިހުސާސްކުރެވުނެވެ. “ކޮންމެވެސް ކަމެއްވެގެން އުޅޭހެން ހާދަ ހީވެޔޭ…މީ ރަހުމަތްތެރިއެއްކަމަށް ހީކޮށް ވެގެންއުޅޭގޮތް ކިޔާދީފާނަންތަ؟” ޒުވާނާ އެދުނެވެ.ނަމަވެސް ފަރީޝާ އުޅެމުންދާ ހިތްދަތި ދިރިއުޅުމުގެ ވާހަކަތައް އެގޮތްނޭނގޭ ޒުވާނާއަށް ކިޔައިދޭން ފަރީޝާ ޖެހިލުންވިއެވެ. “ކުރިން ބުނިހެން ވެގެންއުޅޭގޮތް އަހަންނާ ހިއްސާކުރެވޭނެ..އަހަރެންދެކެ ޖެހިލުންވާކަށް ނުޖެހޭނެ…އަހަންނަށް އިތުބާރުކުރެވޭނެ” ޒުވާނާ ބުނެލިއެވެ. “ވެގެންއުޅޭގޮތް ކިޔާދޭން ތިކުއްޖާއަށް އަހަންނަކަށް މަޖުބޫރެއް ނުކުރެވޭނެ” ފަރީޝާ އަނގައިން ނުބުނެ ޒުވާނާއަށް ބަލަންހުރުމުން […]
ގޮނޑުދޮށާ ހަމައަށް ދެވުމާއެކު ގަސްބުނޑެއްގައި ފަރީޝާ އިށީނެވެ.އަދި ހަމަޖެހުމުގެ ފުން ނޭވާއެއް ދޫކޮށްލުމަށްފަހު މޫދާ ދިމާލަށް ބަލަހައްޓައިގެން އިނެވެ.ގުދުރަތީ ރީތި މަންޒަރުން، ފަރީޝާ އޭނާގެ ހިތާއި ސިކުނޑިއަށް ހަމަޖެހުން ހޯދައިދެމުން ދިޔައެވެ.ގޭތެރޭގެ ހޫނު މާހައުލުގައި އުޅެ އަބަދު ދަލުން ފޯވެފައި ހުންނަ ފަރީޝާގެ ގައިގައި ފިނިފިނި ރޯޅި އައިސް ބީހިލުމުން، ތާއަބަދަށްވެސް އެތާ އިނދެވޭނެ ނަމައޭ އޭނާގެ ހިތަށްއެރިއެވެ. ވަގުތަކީ ހެނދުނުގެ ވަގުތުކަމުން އެއްވެސް މީހެއްގެ ހިލަމެއް އެތަނަކު ނުވެއެވެ.އެހެންކަމުން އެހަމަހިމޭން ކަމުން ދުރަށް ދާކަށް ފަރީޝާ […]
ދޮންމަންމަގެ އަނިޔާވެރިކަމުގައި ހިތްދަތި ދުވަސްތައް ފާއިތުވަމުންގޮސް ފަރީޝާ ފުރާވަރަށް އެރިއެވެ.އޭނާގެ އުމުރުގެ އެހެންކުދިން ހިޔާލެއް ފިކުރެއްނެތި ރައްޓެހިންނާއެކު ރަށުތެރޭގައި އުފާވެރި ވަގުތުތައް ހޭދަކޮށް ހެދިއިރު، ފަރީޝާއަށް ޖެހުނީ ދެއިރު ދެދަޅަށް އޭނާގެ އެއްބަފާ ދެކޮއްކޮމެން ގޮވައިގެން ސުކޫލުދޮށަށް ހިނގުމާއި ގޭތެެރޭގެ ހުރިހާ ކަމެއްގެ ޒިންމާ ނަގާށެވެ.ކުރުކޮށް ބުނާނަމަ އޭނާއަށް ޖެހުނީ މައެއްގެ ވަޒީފާ އަދާކުރާށެވެ. ކުދިންބެލުމާއި ކެއްކުމާއި ގޭތެރޭގެ ހުރިހާކަމެއް ކުރަމުން ކޮއްކޮމެންނަށް ކިޔަވައިދެނީވެސް ފަރީޝާއެވެ. ދޮންމަންމަ އެއްގޮތަކަށްވެސް ފަރީޝާ ސުކޫލަށް ފޮނުވާކަށް ބޭނުމެއްނުވެއެވެ.ނަމަވެސް ރަށުމީހުން އޭނައާ […]
މަޑު ހިނގުމުގައި ހިނގާލައިފައި ދިޔަ ފަރީޝާ އޭނާގެ އާދައިގެމަތިން ކުޑަކުދިން ކުޅޭ ޕާކަކަށް ވަނެވެ.އެއީ އޭނާގެ އާާދައެވެ.ކޮންމެ ހަވީރެއްގައި ކަހަލަގޮތަކަށް އޭނާ އެތަނަށް ދެއެވެ. ޕާކުތެރޭގައި ހުރި އަށްޓެއްގައި އިށީންދެލުމަށްފަހު މަޖާނަަގަމުންދިޔަ ކުޑަކުދިންނާ ދިމާލަށް ފަރީޝާ ބަލައިލިއެވެ.އެކި އުމުރުފުރައިގެ ކުދިން ދުވެ ސަކަރާތްޖަހަމުންދިޔަ އުފާވެރި އެމަންޒަރު ބަލަން ފަރީޝާ އިނީ ހިނިތުންވުމަކާއި އެކުގައެވެ.ނަމަވެސް އިސާހިތަކު އެހިނިތުންވުން ކެނޑި އޭނާގެ ދެލޯ ކަރުނައިން ފުރާލިއެވެ. ފަރީޝާގެ ދެލޮލަށް ކަރުނަ ޖަމާވުމާއެކު އޭނާއަށް ފެންނަމުންދިޔަ މަންޒަރު ދިޔައީ ނުސާފުވަމުންނެވެ.އެއާއެކު މަޑުމަޑުން […]