ނައިޝާއާ އައްކިޔުން ކޮޓަރީގައި ހުއްޓާ މީހަކު ސިޓިންރޫމު ދޮރުގައި ޓަކިޖެހި އަޑު ނައިޝާމެންނަށް އިވުނެވެ.ދޮރުހުޅުވަންދިޔަ އައްކިޔުންގެ ފަހަތުން ނައިޝާވެސް ދިޔައެވެ. “އަހަނ ބައްޕާ ވަދޭ” ދޮރުމަތީގައި ހުރި ބައްޕައަށް އައްކިޔުން ވަނުމަށް ބުންޏެވެ. “ކޮބާ ކުޑަ މަންޖެ؟” ސޯފާގައި އިށީނަމުން ނައިޝާއަށް އައްކިޔުންގެ ބައްޕަ އަހާލިއެވެ. “ނިދާފައޮތީ….ހިނގާ ސައިބޯން ބައްޕާ” ނައިޝާ އެހެންބުނެ ހަވީރުގެ ސައިހަދަން އުޅުނެވެ.
******
އައްކިޔުންނާ އޭނާގެ ބައްޕަ ސައިބޮއެނިމިގެން ސޯފާގައި އިށީންދެލިއެވެ.ނައިޝާވެސް ތަށިތައްދޮވެ ނިމި އެމީހުންކައިރި އިށީނެވެ. “ބައްޕަ މިއައީ ވާހަކައެއް ދައްކާލަންވެގެން” އައްކިޔުންގެ ބައްޕަ ބުނެލިއެވެ.އެވަގުތު ތުއްތު އައިރީން ރޯލިއަޑު ކޮޓަރިތެރެއިން އިވުމުން އައްކިޔުން އެކުއްޖާ ނަގަންދިޔައެވެ.
“ދަރިފުޅު ކާފައައީމަ ނޯވެވިގެންދޯ ތިތެދުވީ؟” އައިރީން އުރާލައިގެން އައި އައްކިޔުން ބުނެލިއެވެ.”މީ ކާފަގެ ކުއްޖެކޭ ދޯދަރިފުޅޫ” އައިރީން އުރާލުމަށްފަހު ކުއްޖާގެ މޫނުގައި ވަސްގަނެލަމުން އައްކިޔުންގެ ބައްޕަ ބުނެލިއެވެ.
“ކޮންވާހަކައެއް ދައްކަންތަ ބައްްޕަ ތިއައީ؟” އައްކިޔުން އެހެންއެހުމުން، އައްކިޔުންގެ ބައްޕަ ނައިޝާގެ އަތަށް ކުޑަމީހާ ލައިދިނެވެ.
“ބައްޕަގެ އުމުރުން ވިހިއަހަރުގަ ދުނިޔެއަށް އައިގޮތަށް އެކޮޅަށް ގޮސްނުލާ މިއުޅެނީ..ބައްޕަ ދާންބޭނުންވިޔަސް އައްކިޔުންނަށް ވާނެގޮތެއްނޭނގޭތީ މަޑުކުރީ..އެކަމަކު މިހާރު ދަރިފުޅު އާއިލާއެއްފަށާ ބައްޕައަކަށްވެސް ތިވީ..އެހެންވީމަ ބައްޕައަށް މިހާރު ބައްޕަގެ ދުނިޔެއަށް ހަމަޖެހިލައިގެން ދެވޭނެ..އެވާހަކަ ބުނަން މިއައީ” އައްކިޔުންގެ ބައްޕަ ބުނެލިއެވެ.
“ދެން މިކޮޅަށް ނާންނާނަންތަ؟” އައްކިޔުން އަހާލިއެވެ. “ބައްޕައަށްވެސް އަބަދަކު މިތާކު ނޫޅެވޭނެއެއްނު…ބައްޕަގެ އަޖަލު ހަމަނުވަންޏާ ފަސްއަހަރުތެރޭގަ ބައްޕަ އަންނާނަން..ބައްޕަ ދިޔަޔަސް ދަރިފުޅު ދެރަނުވައްޗޭ..މިހާރު ދަރިފުޅުތީ ޒިންމާތަކެއް ކޮނޑުގަ އެޅިފަވާ ބޮޑުކުއްޖެއް..ދަރިފުޅު ބަލަންޖެހޭ އަންބަކާ ދަރިއަކު އެބަހުރި..އެހެންވީމަ އެމީހުންނަށް އޯގާތެރިވެ އަޅާލަންވާނެ..ދަރިއަކު ބެލުމަކީ ވަރަށް ބުރަބޮޑު ޒިންމާއެއް..އެކަމަކު ﷲ އިރާދަފުޅުން ދަރިފުޅުގެ ބޭބީ ބަލާނެ ރަނގަޅު އަންބެތް ލިބިފަ ތިވަނީ” އައްކިޔުންގެ ބައްޕަ ބުނެލިއެވެ.ބައްޕަ ދައްކަމުންދާ ވާހަކަ އަޑުއަހަން ނައިޝާއާ އައްކިޔުން ތިއްބެވެ.
“އެކޮޅަށް ދިޔަޔަސް ކާފަމެން ބައްޕައަކާ ވާހަކައެއް ނުދައްކާނެއެއްނު އެމީހުންތިބީ ބައްޕަދެކެ ރުޅިއައިސްފައެއްނު” އައްކިޔުން ބުނެލިއެވެ. “އެމީހުން ބައްޕަދެކެ ކިތަންމެ ރުޅިއަޔަސް ބައްޕަ އެމީހުންދެކެ ރުޅިއެއްނާދޭ..ކޮންމެގޮތެއްވިޔަސް އެއީ ބައްޕަގެ މައިންބަފައިންނަށްވާތީ އެމީހުންގެ ރުހުންވެސް އެބަހޯދަންޖެހޭ..ބައްޕަ މިފަހަރު ގޮއްސަ އެމީހުންގެ ފައިބުޑަށް ތިރިވެގެންވިޔަސް ބައްޕައަށް މާފުކޮށްދިނުމަށް އެދޭނަން” އައްކިޔުންގެ ބަައްޕަ ބުނެލިއެވެ. “ކޮންއިރަކު ބައްޕަދަނީ އެކޮޅަށް؟” އައްކިޔުން އަހާލިއެވެ.
“މިހާރުދާންވެގެން މިއުޅެނީ…ދިޔުމުގެ ކުރިން ބައްޕަ ބުނަން ބޭނުންވޭ ދަރިފުޅުގެ އަންހެނުން ނައިޝާއަށާއި އައިރީންނަށް ހެޔޮކޮށް ހިތައްޗޭ..އެދެމީހުން ދެރަވާފަދަކަމެއް ނުކުރައްޗޭ..ދަރިފުޅަށް ވީވަރަކުން ނައިޝާގެ އާއިލާމީހުންނަށްވެސް އެހީތެރިވާށޭ…ގުޅުންބަދަހިވި ވަރަކަށް އުޅެންފަސޭހަވާނެ…ބައްޕަ އެކަނިމާއެކަނި އެތައްބުރައެއް އުފުލައިގެން ދަރިފުޅު ބަލާބޮޑުކޮށްފަ ތިހުރީ ދުވަހަކުވެސް ނީންނާނެ ހަރާމް ގޮތުގައި އެއްވެސް އެއްޗެއް ހޯދާފައެއްވެސް އަދި ބޭނުންކޮށްފައެއްވެސް..ވީމާ ދަރިފުޅުވެސް ކިތަންމެ ދަތިހާލުގަ އުޅެންޖެހުނަސް ހަރާމް ތަކެއްޗާ ގާތްނުވާތި..ދުނިޔެ އުޅޭއިރު ވަރަށްގިނަ ތަަކުލީފުތަކާ ކުރިމަތިލާންޖެހޭނެ..ކިތަންމެ ހިތްދަތިވިޔަސް ކެތްކުރާތި…އަދި ދުވަހެއްގެ ކޮޅުންވިޔަސް ދަރިފުޅުގެ މަންމަ ދަރިފުޅުގެ ކައިރިއަށް އައިސްފިނަމަ އެމަންމައަށް ފުރަގަސްނުދޭތި މީ ބައްޕަ އަބަދުވެސް ބުނާވާހަކައެއް..ދަރިފުޅުގެ މަންމަ ކިތަންމެ ގޯސްކޮށް ކަންތައް ކުރިކަމުގަވިޔަސް ދަރިފުޅު ނުވާނެ އެދަރަޖައަށް ގޮސްގެން..ބައްޕަ ބޭނުންވޭ އަދިވެސް މަންމަގެ ލޯބި ދަރިފުޅަށް ލިބެން..އޭނާއަކީ ދަރިފުޅުގެ މަންމައަށްވި ކަމަށްޓަކާ އެމަންމައަށް މާފުކޮށް އޯގާތެރިވާންވާނެ އިނގޭ…ބައްޕަގެ އުންމީދަކީ ބައްޕަ މިދިން ނަސޭހަތްތަކުގައި ދަރިފުޅު ހިފުން” އައްކިޔުންގެ ބައްޕަ ބުނެލިއެވެ.
ބައްޕަ ދިން ނަސޭހަތްތައް އަޑުއަހަން އިން އައްކިޔުންނާ ނައިޝާ އިނީ ވަރަށް ދެރަވެފައެވެ.ނުރޯން ވަރަށް ހިތްވަރުކުރިނަމަވެސް އައްކިޔުންނަށް ރޮވުނެވެ. “ބައްޕައާ ނުލާއުޅެން ވަރަށް އުދަނގޫވާނެ..އައްކިޔުންނަށްޓަކާ ބައްޕަވި ގުރުބާނީތަކަކީ ބަދަލުދެވޭނެ ކަންކަމެއްނޫން..އައްކިޔުންނަށް ބައްޕަދިން ލޯތްބާއި ވެދިން ގުރުބާނީތަކުގެ ސަބަބުން މަންމަގެ ލޯބި ނުލިބުނު އިހުސާސެއް އައްކިޔުންނަކަށް ނުކުރެވޭ އެހެންނަމަވެސް ބައްޕަތިދިން ނަސޭހަތްތަކާ އެއްގޮތަށް އައްކިޔުން އަމަލުކުރާނަން” އައްކިޔުންނަށް ވަރަށް ބޮޑަށް ރޮވުނެވެ.ބައްޕަ ދާތީ ދެރަވިނަމަވެސް އޭނާގެ ބައްޕަގެ ނިންމުމަށް އައްކިޔުންގެ އިތުރުން ނައިޝާވެސް އިހުތިރާމްކުރިއެވެ.
***********
ދުވަސްތައް ފާއިތުވަމުންދިޔައެވެ.އައްކިޔުންހުރީ އޭނާގެ ބައްޕަ އެދުނުފަދައިން ދިރިއުޅުމުގައި ސާބިތުކަމާއެކު ފައިތިލަ ހިއްޕާލައިގެނެވެ.ނުގުޑާނެ ފަދަ ގަދަ އަޒުމާ ހިތްވަރާއެކު، އައްކިޔުން އޭނާގެ އަންހެނުންނާ ދަރިފުޅާއެކު ދިރިއުޅުމުގެ ރާސްތާ ކަޑައްތުކުރަމުން ދިޔައެވެ.ކުރިންވެސް ނައިޝާއަށް ދެމުންދިޔަ ލޯތްބާއަޅާލުންތައް ހަމަ އެފުރިހަމަ ކަންމަތީގައި ދިނުމާއެކުގައެވެ.ބައްޕަ ނެތްކަމުން އެކަމާ އައްކިޔުން ދެރަވެ ހިތާމަކުރި ކަމުގައިވިޔަސް، ނައިޝާމެންގެ އެއްވެސް ކަމެއް އުނިވިޔަކަ އޭނާ ނުދެއެވެ.އައްކިޔުންގެ ބައްޕަ ދިއުމުން ނައިޝާވެސް އައްކިޔުންނަށް އިހުނަށްވުރެ ލޯބިދީ އޯގާތެރިވިއެވެ.
*******
ތިން އަހަރު ފަސް
އައްކިޔުންގެ އަޅާލުމާއިހިތްވަރު ލިބުމުގެ ސަބަބުން ނައިޝާ އިހު ހުރިގޮތަށް ހިކި ހަށިގަނޑު ރީތިވިއެވެ.އެކަމާ އޭނާ ވަރަށް އުފާކުރިއެވެ.
ކޮޓަރިތެރޭގައި ހުރި ނައިޝާ ދެއަހަރުގެ އައިރީން ގޮވަައިގެން ސިޓިންރޫމަށް ނިކުތެވެ.އެވަގުތު ސިޓިންރޫމުތެރޭގައި ހުރި ކުޑަދޮރުން ބޭރުބަލަން އައްކިޔުން ހުއްޓެވެ.އޭނާގެ ސިކުނޑިތެރޭގައިވަނީ ބައްޕަގެ ޚިޔާލުތަކެވެ.ނައިޝާ އައިކަން އެނގުމުން ޚިޔާލުކުރަން ހުރި އައްކިޔުން އޭނާގެ ލޮލުގައިވާ ކަރުނަފުހެލުމަށްފަހު ހަމައަކަށް އެޅިލިއެވެ. “ހިނގާ ސައިބޯން ހަވީރު ސައިވަގުތު ޖެހުނީނު” އަތުކުރި ގަނޑިން ވަގުތު ބަލައިލުމަށްފަހު ހިނިތުންވުމަކާއެކު އައްކިޔުން އެހެންބުނެ ދެއަހަރުގެ އައިރީން އުރާލިއެވެ.
ނައިޝާ ސައިހަދަން އުޅުނުވަގުތު މީހަކު ދޮރުގައި ޓަކިޖެހުމުން ދޮރުހުޅުވާލިއެވެ.އޭނާއަށް ފެނުނީ ގަބޫލުކުރަންދަތި މަންޒަރެކެވެ.ދޮރުމަތީގައި އައްކިޔުންގެ ބައްޕަ ހުރިއިރު އޭނާގެ ފަހަތުގައި މުސްކުޅި އަންހެނަކާ ފިރިހެނަކު ހެވިފައި ތިއްބެވެ. “ކާކު އައީ؟” ހައިރާންވެފަ ނައިޝާ ހުއްޓާ އައްކިޔުން އައިސް އަހާލިއެވެ.އެވަގުތު އައްކިޔުންނަށް އޭނާގެ ބައްޕަ ފެނުމާއެކު ވީ އުފަލެއްގެ ބޮޑުކަމުން “ބައްޕާއޭ” ކިޔާ ބައްޕަ ގައިގައި ބައްދާލިއެވެ. “މިހުރީ ދަރިފުޅުގެ މާމައާ ކާފަ” ފަހަތުގައިހުރި މުސްކުޅި ދެމީހުން ދައްކާލަމުން އުފަލުން އައްކިޔުންގެ ބައްޕަ ބުނެލިއެވެ.
“މީތަ އަހަރެން ގެންގުޅުނު ކުޑަކުޑަ ސޮރަކީ؟” އައްކިޔުން ފެނުމުން އޭނާގެ މާމަ އުފަލުން އައްކިޔުންގެ ގައިގައި ބައްދާލަމުން ބުނެލިއެވެ. “ބައްޕައަށް ދަރިފުޅުމެން މަތިން ހަނދާންވާވަރުން މިއައީ..މާމައާ ކާފަވެސް ބައްޕައަށް މާފުކޮށްފި” އުފަލާއެކު އައްކިޔުންގެ ބައްޕަ ބުނެލިއެވެ.
************
އެންމެން އެއްކޮށް ކާމޭޒުދޮށުގައި ސައިބޯން ތިއްބެވެ.އެއެންމެންގެ މޫނުމަތިންވެސް ފެންނަނީ އުފަލާ ހިތްހަމަޖެހުމެވެ.ސައިބޯން އިނދެ ނައިޝާ އޭނާގެ ހިތުގެ ހަމަޖެހުން ކަމުގައިވާ ލޯބިވާ ފިރިމީހާއަށް ލޯބިން ފުރިގެންވާ ނަޒަރަކުން ބަލާލުމަށްފަހު، އޭނާގެ އަތުގައި ހިފާ ބާރުކޮށްލިއެވެ.ނައިޝާ އިނީ ވަރަށް ހިތްހަމަޖެހިފައެވެ.އެއީ އޯގާތެރި ހަޔާތުގެބައިވެރިއަކު އޭނާއަށް ލިބުމުންނެވެ.އައްކިޔުންނަކީ ނައިޝާގެ ހިތުގެ ހަމަޖެހުމެވެ.ހަޤީޤީ ލޯތްބެވެ.އަދި އެއީ އޭނާގެ ހަޔާތުގައި ދިމާވި އާދަޔާ ޚިލާފް ޒުވާނާވެސްމެއެވެ.
-ނިމުނީ-
(ވާހަކަ ކަމުދިޔަކަމަށް އުންމީދުކުރަން…އަދި މިފުރުސަތުގައި ވާހަކައަށް ލައިކްދީ ކޮމެންޓްކުރި އެންމެހާ ބޭފުޅުންނަށާ ކިޔުއްވި ހުރިހާ ބޭފުޅުންނަށް ޝުކުރުދަންނަވަން❤️?)
5 Comments!
Comments are closed.






Heyyy dear………..
mi story nimunyma vrh vrh dheraveyyyy
ekm lamhusge ehn story eh kiyaalan libeyne kamah ummedhu kuran
i will wait for ur other story ingey
oh n btw i know mi comment kury alah kan
but i want u to know that mi storyge first episode in feshigen i readand like hurihaa episode akah
hama kiriyaa beleny mi story up vejjethoa
this is one of the best stories i have read so far
n also furathama ves mi storyge nan kiyaafa i felt so intrested ingey
i thought to myself ” hmm mi story rythi vaane ” so i read it nimendhen
im sorry for not commenting ingey
but i hope u understood my feelings and view towards this story
plus dhen lamhusge ehen story eh kiyaalan libeynetha ????
i really want ingey
lysm
tvgc ingey
one of the best writers in esfiya
its ok dear…vvv ufaavehje comment kurythy… 🙂
insha allah alhugandu ge stories kuriah oiy adhi fennaane 🙂
thank you soooo much story kamudhiyaeethy v bodah ufaakuran 🙂
stay safe and tvgc to you too 🙂
Alhey vaahaka nimuni tha eoh kiyaa hithun huhta
Hithah arani ahkiyun ge manma aki kaaku baa eyyy
BTW mi vaahaka vrh vrh vrh vrh vrh reethi ????
Hama obinex to the max ey bunevey ni
Mi vaahaka ige 2 vana silsila vaahaka eh gennan feney
Lamhus ge eheh vaahaka akah inthizaar kuran ???
yes nimuny dear 🙂
and thank you sooooo much for all the comments
v ufaavey hudhakko ge faraathun comments libeythy:)
vaahaka kamudhiyaeethyves v ufaakuran
insha allah adhi alhuganduge ithuru stories tha fennaane
tvgc 🙂
thank you soo sooo much all ❤❤❤??????