މަންމަގެ އެހީ ލިބުން ހުއްޓުމުން އަހަރެންނަށް ބުރަބޮޑުވި..ރަށުމީހުންގެ ފަރާތުންވެސް މާބޮޑު އެހީއެއް އަހަންނަށް ނުލިބޭތީއާއެކު އަހަރެން މުޅިން އެކަނިވެރިވި..އެއްކޮޅުން އައްކިޔުންގެ ޒިންމާ ކޮނޑުގައި އުފުލައިގެން އަނެއްކޮޅުން ވަޒީފާއަށްދަމުން އަހަރެން އުޅުނީ..އަހަރެން އުޅުނުގެއާ ފިހާރައާ ހުންނަނީ ވަރަށް ކައިރީގައި ކަަމުން އައްކިޔުން ބަލައިލަން އިރުއިރުކޮޅާ ފިހާރައިގަ ހުންނައިރު އާދެވޭ…އެއީދެން ވަރަށްބޮޑު ނަސީބެއް” އަައްކިޔުންގެ ބައްޕަ ބުނެލިއެވެ.

އައްކިޔުން ގެންގުޅެން ފެށުމުން އޭނާ ނިދާ ގަނޑިތަކާ ހޭލާ ގަނޑިތަށްވެސް އަހަންނަށް އެނގެންފެށި…ދުވަހެއް ދުވަހަކަށް އެކުއްޖާއަށް އޮތް ލޯބިބޮޑުވަމުންދިޔަ…އަަހަރެން އައްކިޔުން ގޮވައިގެން އެރަށުގައި އުޅޭތީ އަައްކިޔުންގެ މަންމަ ވަރަށް ރުޅިއާދޭ..އަހަންނާ ސިއްރުން ބައްދަލުކޮށް އޭނާ ވަރަށް އެއްޗެހިވެސް ގޮވި…އަހަރެން އެރަށުން ނުގޮސްފިނަމަ ފަންޑިތަ ހަދާނަންކަމަަށްބުނެ ބިރުވެސް ދެއްކި..

އަހަރެން އޭނާއަށް ބުނިން އަހަރެން އެރަށުގަ އުޅެނީ ބޭނުންވެގެންނޫންކަމަށާއި އައްކިޔުން ގައިގައި އަހަރެންގެ ނަސްލު ހިނގާތޯ އެނގޭނީ އޭނާ ތަންކޮޅެއް ބޮޑުވުމުންކަމަށް…އައްކިޔުން ގައިގައި އަހަރެންގެ ނަސްލު ހިނގާނަމަ އެކުއްޖާ ގޮވައިގެން އަހަރެން، އަހަރެންގެ ދުނިޔެއަށް އެނބުރިދާނަންކަމަށާއި..ކުއްްޖާއަކީ އިންސާނެއްނަމަ މިތާ އުޅެން އަހަންނަަށް މަޖުބޫރުވާނެކަމަށް..އެހެންނަމަވެސް އައްކިޔުންނަކީ އޭނާގެ ދަރިއެއްކަން ރަށުމީހުންނަަށް އެނގުނަކަ ނުދޭނަންކަމަށާއި އެކަމާ ކަންބޮޑުނުވުމަށް..އަހަރެން އެރަށުގައި އުޅެނީ އެއީ އަހަރެން ދަންނަ ހަމައެކަނި ރަށަށްވާތީކަމަށް..

ދުވަސްތައް ފާއިތުވަމުންދިޔަ ވަރަކަށް އައްކިޔުންވެސް ހެދިބޮޑުވަމުންދިޔަ…އައްކިޔުން ބޮޑުވަމުން އައިވަރަކަށް އޭނާ ދިޔައީ އޭނާގެ މަންމައާ ވައްތަރުވަމުން..އަހަރެންގެ ލޮލުގެ ކުލައާ ފިރިހެންކުއްޖަކަށްވުން ފިޔަވައި އަހަރެންގެ އެއްވެސް ސިފައެއް އައްކިޔުންނަކަށް ލިބިފައެއްނުވޭ…އައްކިޔުން އޭނާގެ މަންމައާ ވައްތަރުކަން ޚުދު އަހަންނަށްވެސް ގަބޫލުކުރެވޭ…

އައްކިޔުން ފެންނަ ކޮންމެމީހަކުވެސް އަހަރެންކައިރި ބުނަނީ އެކުއްޖާ އެމީހުން ދަންނަމީހަކާ ވަރަށް ވައްތަރުވާކަމަށް ނޫނީ ދަންނަ ސިފައެއް ކުއްޖާއަށް ލިބިފަވާކަމަށް…ރަށުމީހުން އެހެންކިޔަންފެށުމުން އައްކިޔުންނަކީ އޭނާގެ މަންމަގެ ދަރިއެއްކަން އެމީހުންނަށް އެނގިދާނެތީ އަހަރެން ފަސްޖެހެންފެށި…އެހެންކަމުން އަހަންނާ އައްކިޔުންނާ އެއްދުވަހަކު އެރަށުން ފުރީ…

އަހަރެން އައްކިޔުން ގޮވައިގެން މާލެއައި އިރު އައްކިޔުންގެ އުމުރުން އަހަރެއްވެސް ނުވާނެ…އަހަރެން މާލެއައީ މާލެ ތަރައްގީވެފަ ހުރިހާ ޚިދުމަތެއްވެސް ލިބޭވާހަކަ އަޑުއިވިފަ ވާތީ…އެކަމަކު މާލޭގެ ތޮއްޖެހިފައިވާ މާހައުލުގަ ދިރިއުޅުން އެއީ އަހަންނަށް ކުރިމަތިވި އެންމެ އުދަނގޫ އެއްކަންތައް..އެހެންނަމަވެސް އައްކިޔުންނަށްޓަކާ އަހަރެން ކެތްކުރިން…

މާލެއައިސް އަހަރެން ވަޒީފާއެއް އަދާކުރަމުން ދުވަހުކުއްޔަށްދޭ ކޮޓަރިއެއްގަ އުޅުނިން…އަހަރެން ވަޒީފާއަށްދާ ވަގުތުތަކުގައި ކުލީ ކޮޓަރި ބަލަހައްޓާ ބިދޭސީމީހާއަށް ރުފިޔާދޭގޮތަށް އައްކިޔުން ހަވާލުކޮށްފަ އަހަރެންދަނީ..މީހަކާ އައްކިޔުން ހަވާލުކުރަން ވަރަށް ހިތަށް އުދަނގޫވެސްވި..ނަމަވެސް އެނޫންގޮތެއް ނެތުމުން ހަވާލުކުރީ…އަހަރެން ބޭނުންނަމަ ސިއްރުން މީހުންނަށް ނުފެންނަހެން ވަގަށް އެއްޗެހި ނެގުނިސް ނޫނީ ރުފިޔާވެސް ހޯދުނިސް..އެެކަމަކު އަހަރެން އެގޮތް ބޭނުންނުވީ..ހަލާލްގޮތުގަ އާމްދަނީ ހޯދައިގެން އަހަރެމެން ދެބަފައިން މިއަދާ ހަމައަށްވެސް ކައިބޮއެ އުޅުނީ…

އައްކިޔުންގެ އުމުރުން ދެއަހަރުގަ އަހަރެން އައްކިޔުން ގޮވައިގެން ގަހެއް ކައިރިއަށް ދިޔައިން..އެއީ އަހަރެން ގާތު މަންމަ ބުނެފަ އޮތީ ޖިންނިއެއްނަމަ އުމުރުން ދެއަހަރުން ފެށިގެން ފަރިތަކަމާއެކު ގަސްގަހަށް އަރާނެކަމަށް…އެހެންނަމަވެސް އައްކިޔުންނަށް އެގަހަކަށް ނޭރެވުނު…އޭނާއަށް އެއީ ކީއްކުރާ އެއްޗެއްކަމެއްވެސް ނޭނގުނު..އެވަރުން އަހަރެންގެ ހިތެއް ހަމައެއް ނުޖެހުނު..އިތުރަށް ޔަގީންކުރަން ބޭނުންވި..އެހެންކަމުން އައްކިޔުން ގޮވައިގެން އަހަރެން މޫދަށްދިޔައިން…އަހަރެން ގާތު މަންމަ ބުނެފައިވަނީ ޖިންނިއެއްނަމަ މޫދަށް ދޫކޮށްލިއަސް ލޮނު ނުބޮވި ރީއްޗަށް ފަތަން އިނގޭނެކަމަށް އަދި ފެންމަތީގަ އޮންނަންވެސް އެނގޭނެކަމަށް..އެހެންނަމަވެސް އައްކިޔުން މޫދަށް ދޫކޮށްލުމާއެކު އެކުއްޖާއަށް ލޮނުބޮވެންފެށި..އެދުވަހު އަހަރެން ވަރަށް ބިރުގަތް..އައްކިޔުންގެ ކިބައިން ދެރަވެ މާފަށްވެސް އެދުނިން..އެކަމަކު އުމުރުން އެންމެ ދެއަހަަރުގެ އައްކިޔުންނަށް ރަނގަޅަށް ވާހަކަވެސް ދައްކާކަށް އޭރު ނޭނގޭ…އެދުވަހަށްފަހު އަހަންނަށް ޔަގީންވި އައްކިޔުންނަކީ އޭނާގެ މަންމަ ފަދައިން އިންސާނެއްކަން..އަދި އެކުއްޖާއަށްޓަކާ މިދުނިޔޭގަ އަހަރެން އުޅެންޖެހޭނެކަން…

ދުވަސްތައް ފާއިތުވަމުންގޮސް އައްކިޔުން ސުކޫލަށްދާ ވަރުވި…ހުޅުމާލެ ބޮޑުވެފަ ގަސްގިނަ ވާހަކަ މީހުންގެ ފަރާތުން އަހަންނަށް އަޑުއިވިފައިވުމުން އަހަރެން އައްކިޔުން ގޮވައިގެން ހުޅުމާލެއަށް ދިރިއުޅުން ބަދަލުކުރިން…އައްކިޔުން ސުކޫލަށް ވެއްދިފަހުން ޚަރަދުތައް އިތުރުވި..އެހެންނަމަވެސް އަހަރެން ޝަކުވާއެއް ނުކުރަން..އަހަރެން ފެންފޮދެއްް ބޯލައިގެން ހުންނަންޖެހުނަސް، އެއް އަންނައުނެއް ލާންޖެހުނަސް އައްކިޔުންނަށް ބޭނުންވާ އެއްވެސްކަމެއް އުނިވިޔަކަ އަހަންނެއް ނުދެން…

ﷲ އިރާދަފުޅުން އައްކިޔުން ބޮޑުވަމުން އައީ ކޮންމެ މަޔަކާ ބަފަޔަކުވެސް ބޭނުންވާނެފަދަ ބަސްއަހާ ކިޔަމަންތެރި ކުއްޖެއްގެ ގޮތުގަ..ދުވަހަކުވެސް އައްކިޔުން ކައިރި އެއްކަމެއް ކުރަންް ތަކުރާރުކޮށް ބުނާކަށް އަހަންނަކަށް ނުޖެހޭ…އައްކިޔުން ބޮޑުވަމުން އައިއިރު އަހަރެން މަސައްކަތަށްދަނީ އޭނާ އެކަނި ގޭގަ ބަހައްޓާފަ..އައްކިޔުންނަނީ ގެންގުޅެން ފަސޭހަކުއްޖެއް…ދިން އެއްޗެއްކައި..އޭނާއަށް ނުކެވޭ އެއްޗެެއް ނޯންނާނެ އެއީ ވަރަށްވެސް ބޮޑު ހިތްހަމަޖެހުމެއް” އައްކިޔުންގެ ބައްޕަ ބުނެލިއެވެ

“އައްކިޔުންނަކީ އޭނާގެ އުމުރަށްވުރެ މާވިސްނޭ ވިސްނުން ރަނގަޅުކުއްޖެއް އަދި އެހާމެ ހިތްއަލި ކުއްޖެއްވެސްމެ..ސުކޫލުންދޭ ފިލާވަޅުތައްވެސް ވަރަށް ފަސޭހައިން ދަސްކޮށްލާ..އައްކިޔުންގެ މުދައްރިސުންވެސް އަހަރެން ކައިރިބުނަނީ އެހެން…އައްކިޔުންނަކީ ދޭފިލާވަޅުތައް އަވަހަށް ދަސްކުރާ މޮޅުކުއްޖެއް ކަމަށް…އައްކިޔުން އޭނާގެ ހުސްވަގުތުތައް ހޭދަކުރީ ފޮތްކިޔުމުގަ..ކުޅިވަރުގަދަވެގެން އައްކިޔުން ނޫޅެ…އެކަމާ އަހަރެން ވަރަށް އުފާކުރިން…

އަހަރެން އައްކިޔުންނަށްޓަކާ ވަމުންދިޔަ ގުރުބާނީގެ އަގުވަޒަންކުރަން އައްކިޔުންނަށް އެނގޭ..ފިހާރައަކަށް އެއްޗެއް ގަންނަން އައްކިޔުން ގޮވައިގެން އަހަރެން ދިޔަޔަސް ދުވަހަކުވެސް އަހަރެންކައިރި އެއްޗެއް ގަނެދޭށެކޭ ނުބުނާނެ…ކުޑަކުއްޖެއްކަމުން ކުޅޭއެއްޗެހިވެސް ބޭނުންވާނެކަން އަހަންނަށް އެނގޭ..އައްކިޔުން އެއްޗެއް ބޭނުންވެއްޖެނަމަ ހުންނާނީ އެއާ ދިމާލަށް ބަލަން..އެގޮތަށް އަހަރެންނަށް އެނގެނީ އައްކިޔުންނަަށް ކަމުދާ އެއްޗެހި.

އަހަންނަށް ފެނޭ އެހެންކުދިންް މޮޅެތި ކެއުންތައް ކާތަނާއި އަގުބޮޑެތި ސާމާނުވެސް ގެންގުޅޭތަން..އަހަރެންވެސް ބޭނުންވި އަހަރެންގެ ދަރިފުޅަށް މީރުކެއުންތަކާ މޮޅެތި ސާމާނު އަހަންނަށްވީ ވަރަކުން ހޯދައިދޭން..އެކަމަކު އަހަރެން އައްކިޔުންނަށް އެއްޗެއް ގަނެދިނަސްް އޭނަ ބުނާނެ ތިއަށްވުރެ މާމުހިންމެއް ނޫންހޭ ތިރުފިޔާއިން ކާއެއްޗެހި ގަތަސް… އައްކިޔުންނަށް ކުޅޭއެއްޗިއްސާނުލާ އުޅެވިދާނޭ އެކަމަކު ނުކައި ބައްޕައަކަށްވެސް ނޫޅެވޭނެ ނޫންހޭ..ނޫނީ އޭނަ ބުނާނެ އަގުބޮޑު އެއްޗެހި އައްކިޔުން ބޭނުމެއްނޫނޭ..ތިރުފިޔާއަށް މާބައިވަރު އަގުހެޔޮ އެއްޗެހި ލިބޭނެެ ނޫންހޭ.. އޭނާއަށް ކާއެއްޗެއް ގަނެދިނަސް އޭތީގަ ހިފުމުގެ ކުރިން އަހާލާނެ ކޮބާހޭ ބައްޕައަށް؟ ބައްޕަ ކައިފިންހޭ..އެގޮތަށް އައްކިޔުން ވަރަށް ރަނގަޅު..

ބައެއްފަހަރު އެންމެ ފުރިހަމަ ތަކެތި އޭނާއަށް ހޯދައިނުދެވޭތީ އަހަރެން ވަރަށް ދެރަވޭ…އަހަރެންގެ އެކަނިވެރިކަން އިހުސާސްވެ އާއިލާމީހުންނާ އައްކިޔުންގެ މަންމަގެ މަތިން ހަނދާންވުމުން ބައެއްފަހަރު އަހަންނަށް ދެރަވެ ރޮވޭ…އަަހަރެން ރޯކޮންމެ ފަހަރަކު އައްކިޔުންގެ ލޯބި އަތުން އަހަރެންގެ ކަރުނަ ފުހެލަދިނުމަށްފަހު އަހަންނަށް ހިތްވަރުދޭ…އަހަރެން މިހާ ހިސާބަށް އައިސްސަ މިހުރީ އައްކިޔުންގެ އޯގާތެރިކަމާ ދިން ހިތްވަރުންނޭ ބުނެވޭނީ…

ކޮންމެއަކަސް ދުވަސްތައް ހިނގަމުންގޮސް އައްކިޔުންގެ އުމުރުން އަށް އަހަރު ފުރުނު…ސުކޫލުގައި އުޅުނުއިރު މުދައްރިސުންނާ ދަރިވަރުންގެ ފަރާތުން މަންމަމެންގެ ވާހަކަތައް އައްކިޔުންނަށް އަޑުއިވިފައިވުމުން، އެއްދުވަހަކު އޭނާގެ މަަންމަ ކޮބާތޯ އަހަރެންގެ ގާތު އޭނާ އެހި….ސުކޫލު ގިނަކުދިން ބަލާދަނީ އެކުދިންގެ މަންމަމެން ކަމަށްވެސް ބުނި…

 

84

1 Comment

  1. Hûdhãkkø

    January 3, 2022 at 1:42 pm

    Alhey enme Kiya hihva hisaabun konme part eh VX nimeni
    Mi part VX vrh reethi
    Waiting for the next part

Comments are closed.