Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމައުފެއްދުންތެރި ލިޔުންލޯބި

މާސްކު (ޕާޓް 28)

Lamtty
Lamtty Level 810 Stories100 Login100 Comments500 Login100 Stories
November 16, 2025 5 Mins Read
4 Comments

އަހަރެންގެ ހިތްވެސް އާ ފެށުމަކަށް އެދި ގޮވައެވެ.އަދި އެ ފެށުމަކީ ހައިދިން ކަމުގައި ވާން ވެސް އަހަރެންގެ ހިތް އެދެއެވެ.އެހެނަސް ކީރާ ހައިދިންދެކެ ލޯބިވާކަން އެނގިހުރެ ހައިދިންއަށް ފެހި ސިގްނަލެއް ދީ، ކީރާވެސް އާ ފެށުމަކަށް ކުރަމުން އައި އުންމީދުތައް އޭނާގެ އަތުން ނިގުޅައިގަންނާކަށް އަހަރެންގެ ޟަމީރު އެއްބަހެއް ނުވިއެވެ.އެވަގުތު އަހަންނަށް ކުރެވުނީ ހަތަރުއަނގޮޅި ކަންމައްޗެއްގައި ހަތަރު ފަރާތުން ހައްޔަރުވެފައި ހުރި ކަހަލަ އުނދަގޫ އިހުސާސްތަކެކެވެ.

****

ކީރާއަށް ދެރައެއް ދޭކަށް އަހަރެން ބޭނުމެއް ނޫނެވެ.އަހަރެން މިއަދު ސަލާމަތްވެފައި މިހުރީ އޭނާގެ  ސަބަބުންނެވެ.އެކަން އަހަރެން ހަނދާން ނައްތާލައިގެން ނުވާނެއެވެ.އޭނާ އަހަންނާއި ކުރިމަތި ނުލިނަމަ އަދިވެސް އަހަރެން ހުރީހީ ކަނު އަނދިރީގައެވެ.އާރިންއަކީ މަތިން އޮމާން ކުރުމުގައި ހަމަ އެއްވަނައެވެ.ކީރާ އިސްވެ އެވާހަކަތައް ކިޔައިި ނުދިންނަމަ މިއަދު އަހަރެން އުޅޭނީ ކޮން ފަދަ ހާލެއްގައިކަންވެސް ބުނެލަން ދައްޗެވެ.ކިތަންމެ އުނދަގޫ ވިޔަސް ކީރާއަށް ޓަކައި އަމިއްލަ އިހުސާސްތައް ގުރުބާން ކުރަންވެސް އަހަރެން ހުރީ ތައްޔާރަށެވެ.

****

’މިހްރާ؟ ޔޫ ދެއަރ…؟ކީއްވެ އެއްޗެކޭ ނުބުނީ‘ އަހަރެން ޖަވާބެއް ނުދިނުމުން އަނެއްކާވެސް ހައިދިން މެސެޖު ކުރިއެވެ.ބުނަންވީ ކީކޭ ކަމެއް ނުވިސްނިފައި އަހަންނަަށް ފޯނާއި ދިމާލަށް ބަލަން އިނދެވުނީއެވެ.

****

’އަހަންނަށް އެނގޭ އަހަރެން ވަރަށް އަމިއްލަ އެދުން ބޮޑުކަން…މިހޫ ރިޖެކްޓު ކުރީމަ ވަރަށް މަސައްކަތް ކުރިން ދުރުން އުޅެވޭތޯ…އެކަމަކު ދެން އަހަންނަކަށް ނުވާނެ…ޔުއަރ މޭކިން މައި ލައިފް އަ ލިވިން ހެލް…އައި ކޭންޓް ސްޓޭ އަވޭ ފްރޮމް ޔޫ…އަހަންނަކީ އެއް އިރެއްގައިވެސް އެހާ ފަސޭހައިން ގިވް އަޕް ކުރި މީހެއް ނޫން…އެކަމަކު މިހޫ ބުނީތީ އަހަރެންގެ އަމިއްލަ ގޮތްގަނޑު ބަދަލުކުރެވޭތޯ ބެލިން…ބަޓް އަމް ސޮރީ…އައި ކޭންޓް ކީޕް އަޕް….އަހަރެން މިހްރާ ބޭނުން…ވަރަށް ބޭނުން… ޢުމުރަށްވެސް ތިއީ އަހަރެންގެ މީހަކަށް ހަދަން ބޭނުން…‘ ހައިދިން ދިގު މެސެޖަކުން އެނާގެ ހިތުގެ އިހުސާސްތައް ބަންޑުން ކޮށްލިއެވެ.އޭނާ އެހާ ފާޅުކަން ބޮޑު ގޮތެއްގައި އަހަރެންގެ ލޯތްބަށް އެދެމުން ދާއިރު އެ ލޯބީގައި ކޮޅުފައިން ޖަހާ ދުރަށް ލާކަށް ވަކި އަހަންނަަކަށްވެސް ފަސޭހައެއް ނޫނެވެ.އެހެނަސް އަމިއްލަ އިހުސާސްތައް ހާމަކޮށްލަން ހިތަށް އެރި ކޮންމެ ފަހަރަކުވެސް އަހަރެންގެ ލޯ ކުރިމައްޗަށް ސިފަވެގެން ދިޔައީ ކީރާއެވެ.

****

’ހައިދިންއަށް އަހަންނަށް ވުރެ މާ ރަނގަޅު ކުދިން ލިބޭނެ…‘ އެންމެ ފަހުން އަހަރެން ޖަވާބެއްގެ ގޮތުން ބުނެލީމެވެ.

’އެކަމަކު އަހަރެން ބޭނުންވަނީ މިހޫއޭ…ތިބުނާ އެހެން ކުދިންނެއް ނޫނޭ…އަޅެ އެންމެ ފަހަރަކުވެސް އާއެކޭ ބުނެބަލަ.‘ހައިދިން ހީވަނީ މޮޔަވެފައި ހުރި ހެންނެވެ.

’ހައިދިންދެކެ މާ ލޯބިވާ ކުއްޖަކު ހަމަ ހުރެދާނެއެއްނު.‘ އަހަންނަށް އެހެން ބުނަން އުނދަގޫވެސްވިއެވެ.އެހެނަސް ހިތްވަރު ކޮށްލާފައި މެސެޖް ފޮނުވާ ލީމެވެ.ވަގުތުން ޖަވާބު ލިބުނެވެ.

’އައި ޑޯންޓް ކެއަރ…ތީ އަހަރެން ބޭނުންވާ މީހަކީ…އެހެން މީހަކަށް މި ލައިފަކުން ޖާގައެއް ނެތް. ނުވެސް ދޭނަން…އައި ޑޯންޓް ވޯނަ ލޫޒް ޔޫ… ތީ އަހަރެން ހަމައެކަނި ބޭނުންވާ މީހަކީ…ހަމަ އެންމެ ފަހަރަކު އާނ އެކޭ ބުނޭ… އަހަރެން ވީ އެންމެ އަވަހަކަށް ހުރިހާ ކަމެއްވެސް ހަމަ ޖައްސާނަން…‘ހައިދިން ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ.

****

އަހަރެންގެ ސިކުނޑި ސުމަކަށް ދާން ފެށިއެވެ.ހައިދިންއަކީ ހިފަހައްޓައިފި ގޮތެއްގައި ހުންނަ ކަހަލަ ހަރު މިޒާޖެއްގެ މީހެކެވެ.ހައިދިން ހަތިޔާރު ބަހައްޓާނެ ވަރުގެ ކަމެއް ކުރަން އަހަރެން ވިސްނަން ޖެހުނެވެ.އޭނާ ހުރީ އަހަރެންގެ ޖަވާބަކަށް ކެތްމަދުވެފައެވެ.

****

އެކަމާ ބޯ ހާސްވެފައި އިންދާ އަހަރެންގެ ސިކުނޑިއަށް މޮޅު ޚިޔާލެއް ވަނީ ހަމަ ކުއްލި ގޮތަކަށެވެ.

****

’މައްސަލައެއް ނެތް އަހަރެން ހައިދިންއާއި ކައިވެނި ކޮށްފާނަަން… އެކަމަކު ޝަރުތެއްގެ މަތިން…އެ ޝަރުތަށް ގަބޫލިއްޔާ އަހަރެން ތައްޔާރު…‘ އަހަރެން ބުނެލީމެވެ.ލަހެއް ފަހެއް ނެތި އަހަރެންގެ ފޯނު ރިންގުވާން ފެށިއެވެ.

****

’އަވަހަށް ބުނޭ… އެނީތިން ފޮރ ޔޫ‘ އަހަރެން ހަމަ ފޯނު ނަގައި ކަންފަތުގައި ޖައްސާލިހެނެއް ހިޔެއް ނުވެ ހައިދިން ބުނެލިއެވެ.

****

’އޯކޭ… ހައިދިން ތިހާ އަހަންނާ އިންނަން ބޭނުމިއްޔާ އަހަރެންގެ ޝަރުތަކީ… ހައިދިން ކީރާޔާވެސް ކައިވެނި ކުރުން…‘ އަހަންނަށް ބުނެވުނީ ވަރުގަދަ އެއްޗެކޭކަން ހައިދިން ތޫލި އަޑަކުން’ ވަޓްއޭ‘ ބުނެލި ގޮތުން އަހަންނަށް އެނގުނެވެ.

****

’ޔާ ތި އިވުނީ ރަނގަޅަށް…ކީރާވެސް ހައިދިން ދެކެ ލޯބިވޭ…ސޯ ތިހާ އަހަރެން ބޭނުމިއްޔާ ހައިދިންއަށް ޖެހޭނީ ކީރާވެސް ތި ދިރިއުޅުމުގައި ބައިވެރިކުރަން…‘އަހަރެން ވަރަށް ކެރިހުރެގެން ބުނެލީމެވެ.

****

’މިހްރާ…ވަޓް ދި ހެލް…އާރޔޫ ކިޑިން މީ؟!މޮޔަވީތަ…؟ތި ކޮންކަހަލަ ޝަރުތެއް؟!‘ ހައިދިން އަޑަށް ބާރުލާފައި ހިތްހަމަ ނުޖެހިފައި ބުނެލިއެވެ.

****

’ޝީ ލަވްޒް ޔޫ ޓޫ…ދެން ހައިދިން އަހަރެން ދެކެ ލޯބިވެއޭ ކިޔާފަ އަހަރެން ވީ ކީރާ އަތުން އޭނާ ލޯބިވާ މީހާ ޖަހައިގަންނަންތަ…؟އަހަރެން އެހާ ނުބައެއް ނޫނޭ…މިއަދު މިހިސާބަށް އާދެވިފަ މިހުރީ ހަމަ ކީރާގެ ސަބަބުން…އައި އޯ ހާރ މައި ލައިފް…އޭނާ އަހަންނަށް އެކައްޗެއްވެސް ކިޔައި ނުދިންނަމަ މިއަދު އަހަރެން އުޅެން ޖެހޭނީ ކޮންފަދަ ހާލެއްގައި ކަމެއްވެސް ނޭނގެ.‘އަހަރެން ރައްދުގައި ބުނެލީމެވެ.

****

’އަހަރެން ބޭނުމީ މިހްރާ…ކީރާއެއް ނޫނޭ… ކީއްވެތަ މިހޫއަށް އަންޑަސްޓޭންޑް ނުވަނީ…؟އައި ލަވް ޔޫ…ނޮޓް ހާރ…މިހޫއާ އިނދެފަ އޭނަޔާ އިނދެގެން އަހަންނަށް ފެއަރކޮށް ކަންތައް ކުރެވޭނެހެން ހީވޭތަ އަޅެ… މިހްރާ ބޭނުންވަނީ އަހަރެން ފާފަވެރި ކުރުވަންތަ!؟ އަހަންނަަކަށް ކީރާއަކަށް ލޯތްބެއް ނުދެވޭނެ…އެއީ ވާނެ ކަމެއް ނޫން…އިފް އިޓްސް ޕޮސިބަލް ކޮންމެ ސިކުންތެއްވެސް އަހަރެން ހޭދަ ކުރާނީ މިހޫ ގާތުގަ…ސޯ އަހަންނަކަށް ދެ އަނބިންނެއް ނުގެންގުޅެވޭނެ…އެއީ ކީރާއަށްވެސް ވެވޭ ވަރަށް ބޮޑު ބޭއިންސާފަކަށް ވާނީ.އޭނާ ދެކެ ލޯބި ނުވާއިރު ދެވަނަ އަނތްބެއްގެ ގޮތުގައި އަހަރެންގެ ލައިފަށް ގެނައުން… މިހޫއަކަސް ތިކުރީ ވަރަށް މޮޔަ ޚިޔާލެއް…‘ ހައިދިން ދެރަޔާއި ރުޅި އެކުލެވިފައިވާ ރާގަކަށް ބުނެލިއެވެ.

****

’ޝަރުތު ގަބޫލު ނުކުރަންޏާ މި ދެން ނުދައްކާ ވާހަކައެއް… އަހަރެން ބޭނުމެއް ނޫން ކީރާއަށް އެހެން ހަދާކަށް…‘ އަހަރެން ބުނެލީ ބަރު ހިތަކާއި އެކުގައެވެ.ކީރާގެ ދުލުން ހައިދިން ގާތުގައި ބުނަން ޖެހޭ ވާހަކައެއް އަހަރެންްގެ ފަރާތުން ހައިދިންއަށް އެނގުމަކީވެސް ހަގީގަތުގައި ރަނގަޅު ގޮތެއް ނޫނެވެ.އަހަންނަށް ކީރާގެ އެ ’ސިއްރަށް‘ ޚިޔާނާތްތެރި ވެވިއްޖެއެވެ.

****

’އަޅެ އެންމެ ފަހަރަކުވެސް ތިމާ މީހާގެ އިހުސާސްތަކާ މެދުވެސް ވިސްނާލަބަލަ…މިހޫއަށްވެސް ހަމަ ހައްގެއް ނޫންތަ އުފާވެރި ލައިފެއް…ބުނެބަލަ އަހަންނަށް ނޯ ތި ޖަހަނީ ކީރާގެ ސަބަބުންތަ؟ބުނެބަލަ…ކަން އޮތީ އެހެންކަމަށް ވަންޏާ އަހަންނަށް ވަރަށް ރީތިކޮށް މިކަން ހަމަ ޖެއްސިދާނެ.އަހަރެން ކީރާއާ ރީތި ގޮތުގައި ވާހަކަ ދައްކާނަން.ކީރާއަކީ ވަރަށް ވިސްނޭ ކުއްޖެއް…އަމް ޝުއަރ އޭނާއަށް މިއިން ކަމެއްގެ ހިލަން ވެލާފައި އޮތް ނަމަވެސް އޭނާ އޮޅިގެންވެސް އެ ކަހަލަ ވާހަކައެއް ނުދައްކާނެކަން…ޝީ ރިއަލީ ކެއަރޒް އެބަޓް ޔޫ…ތި ދެމީހުން ދެމީހުންނަށް ތި ގުރުބާން ވަނީ…މި ދޭތެރޭ ހަނާ މިވަނީ ނިކަމެތި އަހަރެން.‘ ހައިދިން ބުނެލިއެވެ.

****

’ހައު ކެން ޔޫ ބީ ސޯ ސެލްފިޝް ހައިދިން…؟ އަހަންނަކަށް ދެން ނޭނގޭ ބުނާނެ އެއްޗެއްވެސް. ހައިދިން ތި ބުނަނީ ކީރާގެ އިހުސާސްތަކުގެ އެއްވެސް އަގެއް ނެތޭތަ…؟އޭނާ ހާދަ ދެރަވާނޭ…ލޫކްވެސް އަޅެ ކިހާ ލޯބިވޭތަ ހައިދިން ދެކެ.ދެން އަހަރެން ވީ ކީރާ ހައިދިންދެކެ ލޯބިވާކަން އެނގިހުރެ ހައިދިންއާ މެރީ ކުރަންތަ…ނޯވޭ…އެހެން ނޫނަސް ތި ހާދަ ޕާފެކްޓު ފެމިލީއަކަށް ވާނޭ…‘ ހިތުގައި އަތް އަޅައިގެން ހުރެ އަހަރެން ބުނެލީމެވެ.އަހަންނަށް ވަކި އަސަރު ނުކުރަނީކީ ނޫނެވެ.

****

’ވެލް މައި ލަވް…ޔޫ އާރ ރައިޓް…އަހަންނަކީ ވަރަށްވެސް އަމިއްލަ އެދުން ބޮޑު މީހެއް…ސޮރީ ފޯރ މެސިން ވިތް ޔޫ ފޮރ ސޯ ލޯންގް… މިހާރު އަސްލު އެނގިއްޖެ މިހޫވެސް އަހަރެންް ދެކެ ލޯބިވާކަން. އެކްޗުއަލީ…ކީރާ ޑިޑް ކޮންފެސް ހާރ ފީލިންގްސް  ފޮރ މީ…އައި ރިޖެކްޓެޑް ހާރ…ޕޮލައިޓްލީ..އޮފްކޯޒް…މިހޫ ދެކެ ލޯބިވާ ވާހަކަ އަހަރެން ކީރާ ގާތުގައި ބުނިން… ޝީ ޓުކް އިޓް ވެލް…ޝީ ވޯޒް ހެޕީ ފޮރ އަސް…އިން ފެކްޓް…ޝީ އެންކަރޭޖްޑް ދިސް… ގަބޫލު ކުރަންވެސް އުނދަގޫދޯ…؟ކީރާއަށް އެނގުން މިހޫ ގާތުގަ ކުރިން އެވާހަކަ ބުނެވިފައި އޮތީމަ މިހޫ އަހަންނަށް ނޯ ޖަހާނެކަން…ސޯ ޝީ ޑިޑް ވޯރން މީ…ތި ދެމީހުން ހާދަ ވަރަކަށޭ އެކަކު އަނެކަކަށް ހެޔޮ އެދެނީ…މި ޒަމާނުގަ ވަރަށް ނުފެންނަ މަންޒަރެއް ތީ..ހަގީގީ ރަހުމަތްތެރި ކަމަކީ ތީ…ދެން ކީރާޔާ މެދު މިހޫވެސް ހާސްވާކަށް ނުޖެހޭނެ… މިހޫ ހަނދާން އެބަހުރިތަ ޒިވިކް…؟‘ ހައިދިން ކުއްލިއަކަށް އަހައިލިއެވެ.

****

’ޒިވިކް…ޒިވިކް… ޒިވިކް ހޫ؟!!‘ ކުޑަކޮށްވެސް އަހަރެންގެ ހަނދާނަކަށް އެނަން ކިޔާ މީހަކު ނައެވެ.

’ދޮންބެގެ ބެސްޓްފްރެންޑް…ދޮންބެ ވެޑިންގަ ދެވަނަ ހެއްކަކަށް ހުއްޓެއްނު މީހެއް…‘ ހައިދިން ހަނދާން ކޮށްދިނުމުން އަހަންނަށް ކޮންމެވެސް ވަރަަކަށް އެ ޒުވާނާ ކުލަވިއެވެ.

****

އެއީ އާންމު ދިވެހިންނާ ކުޑަކޮށް ތަފާތު ސިފަތަކެއް ލިބިފައިވި ޒުވާނެކެވެ.ބޭރު މީހުންގެ ހުންނަ ކަހަލަ ހުދު ދޮންކަމެއް ލިބިފައިވާ އިރު އޭނާގެ ދެލޮލުގެ ކަޅިވެސް ހުރީ އަޅި ނޫ ކުލައެއްގައެވެ.އަހަންނަށް އެ ޒުވާނާ އެހާ ފަސޭހައިން ސިފަވީ ހައިދިން އެ ސިފަތަކުގެ ވާހަކަ ދެއްކީމައެވެ.

****

’ހީ އިޒް މިކްސްޑް…އޭނާގެ މަންމައަކީ ފްރާންސް މީހެއް..‘ ހައިދިން ބުނެލިއެވެ.

’ޔާ އޭނާ ކިހިނެއް ވީތަ؟‘ އަހަރެންގެ ޝައުގުވެރިކަން އިތުރުވެ ހިތް އަވަސްވީ ހައިދިން އެ ދައްކަން އުޅޭ ވާހަކައެއް ކުޑަކޮށްވެސް ހިތަށް ނުގެނެވޭތީއެވެ.

****

’ވެލް…ހީވެސް ނުކުރާ ކަހަލަ ޚަބަރެއް ކަންނޭނގެ ދެވެން މިއުޅެނީ…ދޮންބެ ބެސްޓް ފްރެންޑަކަސް ހަމަ އަހަންނާވެސް ވަރަށް ގާތްވާނެ އިނގޭ އޭނަ….ހީ އިޒް ޑިވޯސްޑް…ހަތަރު އަހަރަށް ދާ ލޯބި ލޯބި އަންހެން ކުއްޖަކުވެސް ހުންނާނެ…މި ވީ ގޮތަކީ އަސްލު ދޮންބެ ވެޑިން ތެރެއިން އޭނައަށް ކީރާއާ ލޫކްއާ އެކީގަ އަހަރެން ފެނިގެން އޭނާ ހީކުރި ކީރާޔާ އަހަންނާ ކަމެކޭ…ދެން އެހެން ކިޔާފައި ދިމާކުރާވަރުން އަހަރެން ހަމަ ރީތިކޮށް ބުނީ ކީރާއަކީ ހަމައެކަނި ރައްޓެއްސެކޭ. ދެން އެހެން ބުނި ފަހުން އެއް ދުވަހަކު މީނަ ބުނަނީ…އެއީ އަސްލު ވެސް ހަމައެކަނި ރައްޓެއްސެއްހޯ؟ކޮން ކަހަލަ ކުއްޖެއްހޯ..؟ ތިމަންނައަށް އަސްލު ވަރަށް ކަމުގޮސްފި އޯ…އޭނާ ސިންގަލް ހޯ…؟ދެން މީނަ މި ވާހަކަ ދައްކާފަ އޮއްވާ ކީރާ ކޮންފެސް ކުރީވެސް..އަސްލު ވަރަށް އެހެން ކަހަލަ ގޮތެއްވީ… އެކަމަކު އަހަރެން ރީތިކޮށް ވާހަކަ ދެއްކީމަ ކީރާއަށް އަންޑަސްޓޭންޑްވި…އެންޑް ޑޯންޓް ހޭޓް މީ ފޮރ ދިސް… އަހަރެން ޒިވިކްއަށް ކީރާ އިންޓްރޮޑިއުސް ކޮށްދިނީ…ޔެސް އައި ހޭޑް މައި އޯން ސެލްފިޝް މޯޓިވްސް… ކީރާއަށް ދެރައެއް ދޭކަށް ނޫން ފަހަރެއްގައިވެސް އިނގޭ…އައި ޓްރަސްޓް ދެޓް ގައި…ޒިވިކްއަކީ ވަރަށް ހަމަ ޖެހޭ ހަރުދަނާ މީހެއް…ސޯ މިހޫ އެކަމާ ހާސްވާކަށް ނުޖެހޭނެ…ޝިޒް އިން ގުޑް ހޭންޑްސް…‘.ހައިދިން ހަމަ ޖެހިލާފައި ބުނެލިއެވެ.

*****

’ އޯ އައިސީ…މިހާރު މެޗް މޭކަރއަކަށްވެސް ވީތަ؟‘ އަހަރެން އެހެން ބުނެލުމުން ހައިދިންގެ ލުއި ލުއި ހުނުމުގެ އަޑު އިވިލިއެވެ.އަހަންނަށް ލިބުނު ހިތްހަމަ ޖެހުން ބަޔާން ކުރަންވެސް ނޭނގެއެވެ.މިހާރު އަހަންނާއި ހައިދިންގެ ދެމެދުގައި އެއްވެސް ހުރަހެއް ނެތެވެ. އެންމެ އާނ ބަހަކުން އަހަރެންގެ މުޅި ދިރިއުޅުން ބަދަލު ކޮށްލުމުގެ ބާރު މިހާރު މިއޮތީ އަހަރެންގެ މުށުތެރޭގައެވެ.

****

’ސޯ. ވަޓްސް ނެކްސްޓް؟ ޝަރުތުވެސް ބާތިލުވީއެއްނު…އާމިނަތު މިހްރާ ފަޒަލް.އޯ ގޯޑް އައި ރިއަލީ ވޮނަ ޑޫ ދިސް ފޭސް ޓު ފޭސް… އަހަންނާ ވަކިން މީޓުކޮށްފާނަންތަ؟‘ ހައިދިން ވަރަށް ޖޯޝުގައި އަހައިލިއެވެ.

****

’ނޫން އެކަހެރިކޮށް ބައްދަލެއް ނުކުރެވޭނެ…ޔޫ ހޭވް ޓު ޑޫ އިޓް ދި ޓްރެޑިޝަނަލް ވޭ..!‘ އަހަރެން ވަގުތުން ދެކޮޅު ހެދީމެވެ.ދެމީހަކު އެކަހެރިކޮށް ބައްދަލުކޮށްފިނަމަ ތިން ވަނަ މީހަކަށް އެތަނުގައި ޝައިޠާނާ ހުންނާނެކަން އަހަންނަށް އެނގޭތީއެވެ.

’އޯކޭ…އެހެންވިއްޔާ މާދަމާ ހަވީރު ފަހެއް ޖަހަންވާއިރަށް ތައްޔާރަށް ހުންނާތި…އިންޝާ الله ތި ޕްރިންސެސް މިލްކު ކުރެވޭތޯ ބައްޕަ ކައިރިއަށް ހުއްދަ ހޯދަން ދާނަން މާދަން…އަމް ސީރިޔަސް…އައި ކޭންޓް ވެއިޓް…‘ ހައިދިން ހީވަނީ އުފަލުން އެހެން ކަމެއްހެންނެވެ.އަހަރެންގެ ހާލަކީވެސް ހަމަ އެއީއެވެ.

****

ޖެހިގެން އޮތް ދުވަހުގެ ހަވީރު ފަހެއް ޖަހާއިރަށް ހައިދިން އަންނާނަން ކަމުގައި ބުނުމުން އަހަންނަށް ބަލައިލެވުނީ ގަޑިއެވެ. ކިތައް ގަޑިއިރު ބާކީ އެބަ އޮތްތޯ ގުނާލެވުނެވެ.އެހާވެސް އަހަރެން ހުރީ ކެތްމަދު ވެފައެވެ.އަވަސް އަވަހަށް އެނދުން ފުންމާލައިގެން އައިސް މުޅި ވާރޑްރޯބް ކޮނެލައިގެން ލާނެ ހެދުމެއް ފާސްކުރުމުގެ މަސައްކަތް ފެށީމެވެ.މޫނު ބުރުގާ އެޅި ފަހުން އެއްވެސް ވަރަކަށް ކުލަ ހެދުން ނުލާތީ އަދި ވަކިން ހެދުމެއް ފާސްކުރަން އުނދަގޫވިއެވެ.ވަރަށް ހާވަ ހާވައިގެން އަހަންނަށް ކަމުދިޔަ ހެދުމަކަށް ފެނުނީ އަތުކުރީގައި ބޯޑަރު އެޅި ކަޅު އަބާޔާއެކެވެ.މާ ގޮތް ބޮޑު ނޫނަސް ތަންކޮޅެއް ރަސްމީ ގޮތެއް އެ އަބާޔާގައި ހުއްޓެވެ.

****

އަހަންނަށް ރޭގަނޑުގެ ހަމަ ނިދި ވެސް ނުލިބުނެވެ.އެހެން ރޭ ރެއާ ޚިލާފަށް އަހަންނަށް ނުނިދުނީ ދެރަވެގެން ރޮވޭތީއެއް ނޫނެވެ.މިރޭ އަހަރެންގެ ދެލޮލަށް ނިދި ނައީ ހިތަށް ލިބިފައިވާ އުފާވެރިކަމުގެ ބޮޑުކަމުންނެވެ.

 

(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Lamtty
Follow Me Written By

Lamtty

Level 810 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

ހަވޭލީ – ނަވާވިސްވަނަ ބައި

Next

ތި ހަނދާނުން ހަވަނަ ބައި ( ބައްޕަ ކައިރީ ނެތުމުގެ ފަޅުކަން)

Next
November 17, 2025

ތި ހަނދާނުން ހަވަނަ ބައި ( ބައްޕަ ކައިރީ ނެތުމުގެ ފަޅުކަން)

Previews
November 16, 2025

ހަވޭލީ – ނަވާވިސްވަނަ ބައި

4 Comments!

  1. Nayerr says:
    November 17, 2025 at 2:54 pm

    Masha Allah mi part ves Vrh reethi dhen in part Avahah up kohdhehchey pls can’t wait insha Allah I hope mihra and haidhin gulheyne kamah they both are made for each other Curiously waiting for the next part when’s next
    Lyy❤️💋

    1. Lamtty Lamtty says:
      November 17, 2025 at 5:09 pm

      Thank you Nayerr ❤️
      In Sha Allah.
      Soon inge
      Ly 😘

  2. do i even have a name? says:
    November 17, 2025 at 5:37 pm

    Alhe vrh rythi mi part vz. Comme nukuriyas barabarah mi vhk kiyan. Masha Allah lamtty you’re actually good at writing stories. I like it. Really appreciate your hard work 🙂. Keep it up ❤️..
    Kn irakun next.. vrh avahah beynun inge 😉

  3. Lamtty Lamtty says:
    November 17, 2025 at 8:30 pm

    Thank you do i even have a name ❤️
    In Sha Allah soon inge 😁

Comments are closed.

Next Episodeމާސްކު (ޕާޓް 29)←


All Right Reserved!