Skip to content
އެސްފިޔަ

މާސްކު (ޕާޓް 29)

އަހަންނަށް ރޭގަނޑުގެ ހަމަ ނިދި ވެސް ނުލިބުނެވެ.އެހެން ރޭ ރެއާ ޚިލާފަށް އަހަންނަށް ނުނިދުނީ ދެރަވެގެން ރޮވޭތީއެއް ނޫނެވެ.މިރޭ އަހަރެންގެ ދެލޮލަށް ނިދި ނައީ ހިތަށް ލިބިފައިވާ އުފާވެރިކަމުގެ ބޮޑުކަމުންނެވެ.

****

އިރު އެރިތަނުން އަހަރެން ދުވަހަށް ޝެޑިއުލްކޮށްފައި ހުރި ކުލާސްތައްވެސް ކެންސަލް ކޮށްލައިފީމެވެ.ހެނދުނު ސައި ހަދަން ބަދިގެއަށް ވަދެފައިވެސް އަހަންނަށް އުޅެވުނު ގޮތުން މަންމަވެސް އިނީ ވަރަށް ހައިރާންވެފައެވެ.މޮޅީގެ ސާލު އޮޅައިގެން އަބަދުހެން ކޮޓަރީގައި އޮންނަ މީހަކު އާދަޔާ ޚިލާފު އުފާވެރި މޫޑެއްގައި ފެނުމުން ހައިރާން ނުވާނީ ކާކު ހެއްޔެވެ؟

****

’މި ދައިތަ މިއަދު ކިހިނެއް ވެގެންތަ މިއުޅެނީ؟ ހާދަ ރީތި ރާގު ރާގަށޭ ހޫން ތި ލައްވަނީ…ޔަގީނޭ އާދައިގެ ކަމެއް ނޫން މީ…ދޯ މަންމާ؟‘ ރޮށި ފިހަން ފުށްގަނޑު މޮޑެން އިނދެފައި ތުއްތަ ލާނެތް ރާގެއްގައި ބުނެލިއެވެ.

****

’ދަރިފުޅާ މަންމައަކަށްވެސް ނޭނގެ….ޔަގީނުންވެސް މަންމަގެ މިހޫ ވަަރަށް އުފަލުން އުޅޭތަން މިއަދު މަންމައަށް މިފެންނަނީ…މާތް ކަލާނގެ އިރާދަފުޅުން ދުވަސްތަކަކަށްފަހު ހެޔޮ ޚަބަރެއް ލިބެން އުޅޭ ކަހަލަ އިހުސާސެއް ކުރެވެނީ.އަބަދުވެސް ދަރިފުޅު ތި ގޮތުގައި ލަހައްޓަވާށި…‘ މަންމަ ހިނިތުންވެފައި ބުނެލިއެވެ.

****

’ދެން ބުނެބަ ތިހާ ކިޔުރިޔަސް ނުކޮށް…‘ ތުއްތަ އަނެއްކާވެސް ދިމާކޮށް ލިއެވެ.އެހެނަސް އަހަންނަށް އެއްޗެކޭ ބުނެވުމުގެ ކުރިން ބައްޕަ އައިސް ބަދިގެ ފަރާތަށް ވަނުމުން އެވާހަކަ މެދުކެނޑުނެވެ.މަންމަ އަވަހަށް ބައްޕައަށް ކޮފީއެއް ތައްޔާރު ކުރަން ލެފިލިއެވެ.

****

’އިޝާމާ…ކޮބާ މިއަދު ހަވީރަށް އެބަ ޖެހެޔޭ ސައި ތައްޔާރުކުރަން ކޮންމެހެންވެސް…ރޭގަ ހައިދިން ގުޅާފަ ބުނި ވަރަށް މުހިންމު ވާހަކައެއް ދައްކާލަން މިއަދު ހަވީރު މިގެއަށް ޖައްސާލާނަމޭ…އެންމެންގެ ހާޒިރުގަޔޯ އޭނާ އެވާހަކައެއް ދައްކަން ބޭނުންވަނީ…އެހެންވީމަ ހުރިހާ ކުދިންވެސް ތައްޔާރު ވެލާތި އިނގޭ…‘ ބައްޕަ އާދައިގެ ރާގެއްގައި ބުނެލި ނަމަވެސް މޫނުމަތިން ހިތްހަމަ ޖެހުމުގެ އަސަރު ފާޅުވާން ހުއްޓެވެ.ބައްޕަ  ސީދާ ހައިދިން އަންނަ ސަބަބު ނުބުންޏަސް އެކަން މަންމައަށާއި ތުއްތައަށްވެސް ނަގައިގަނެވުނެވެ.އެ ދެމީހުން ތިބީ ނިކަން ހިނި އައިސްފައެވެ.

****

’އައި ނިއު އިޓް! އަޅެ މިހޫވެސް ވަގުކަން…އެންމެ ފަހުން ހަމަ އެ އަނގަގަނޑަށް ސެޓުވިއްޔޭ މީނަ…‘ ބައްޕަ ކޮފީ ޖޯޑު ހިފައިގެން ބަދިގެ ފަރާތުން ނުކުމެގެން ދިޔުމުން ލަހެއް ފަހެއް ނެތި ތުއްތަ ފެށިއެވެ.

****

’އަޅެ ސާބަސް…އަހަންނެއް އޭނައަކާ ރައްޓެއްސެއް ނުވަން…‘ ދިފާއުގައި އަހަރެންް ބުނެލީ ކަން އޮތްގޮތަށެވެ.އަހަރެން ހައިދިންއަކާ ރައްޓެހިވީކީ ނޫން ވިއްޔާއެވެ.

****

’އަޅެ ދެން ހަމަ އިންނާށެއްނު ތިއުޅެނީ.އަޅެ އެކަމަކު ހައިދިން އޭޒް މައި ބްރަދަރ އިން ލޯ…އޯ ގޯޑް…ހީ އިޒް ދި ޕާފެކްޓު މެޗް ހަމަ!‘ ތުއްތަ ފޮނިވެފައި ބުނެލި ގޮތުން އަހަރެން ގާތަށް ކުޑަކޮށް ހިނިވެސް އައެވެ.

’އަހަރެން ޔެސް ބުނިއްޔާތާ!‘ ތުއްތަ ތަޅުވާލަން ވެގެން އަހަރެން ބުނެލީމެވެ.

’ވަޓް ދަ…ދެން އަޅެ މިހޫވެސް ދޯ…ތިދެން އަޅެ ކޮން ކަމެއްތަ؟އޭނާއަށް ނޫނެކޭ ބުނާނީ ހަމަ ސީދާ މޮޔައެއް…ދެން ގޮތް ދޫކޮށްފަ އެސޮރަށް އަޅެ ޗާންސެއް ދީބަލަ.އޭނާ ކިހާވަރަކަށްތަ މިހޫ ފަހަތުން އުޅެނީ…މީނަގެ ބޯހަރުކަމުންވެސް ސަހާދެއް…‘ ތުއްތަ އަހަންނަށް ފާޑުކިޔައިލިއެވެ.

****

އަހަންނަށް އަޑު ވީއްލައި ހެވުނެވެ.މަންމަވެސް ހިނިއައިސްފައި އަހަރެމެން ދެމީހުންގެ މައްލަވަކުރުންތައް ބަލަން އިނެވެ.

’އަދި އެބަ ހެޔެއްނު.‘ ތުއްތަ ތުން އަނބުރައިލިއެވެ.

’ހައިދިން އެއީ ވަރަށް ރަނގަޅު ކުއްޖެއްހެން މަންމައަށްވެސް ހީވަނީ…ވަރަށް ހިތްހެޔޮ…އެހާ ސަކަރާތްވެސް ބޮޑު…މީހަކަށް ރުޅިއައިސް ދެރަވެފައެއް ނުހުރެވޭނެ އެސޮރު އައިސްފިއްޔަކާ…ލާނެތް ކަމެއްވެސް ދެއްވާފަ ހުރި ސޮރެއް އެ ދޯ ދަރިފުޅާ މަހުވީން…‘ މަންމަގެ ބަސްތަކުން މަންމަވެސް ހައިދިންއާއި މެދު ވަރަށް ރުހޭކަން އަހަންނަށް އެނގިގެން ދިޔަ އެވެ.

****

’ދެން އެކަމަކު ގޮތް ނިންމާނީ ދަރިފުޅު އިނގޭ… މަންމައާ ބައްޕަ އެއްވެސް ކުއްޖަކަށް މަޖުބޫރެއް ނުކުރާނަން… މަންމައަށް އެނގޭހާވެސް އެއްޗަކީ އާރިންއާ ހައިދިންއާ ހާސް ބައި ތަފާތުކަން… އެތައް ގޮތަކުން… މަންމަ ހަމަ ވަރަށް ހިތްހަމަ ޖެހޭ ހައިދިންއާ ދޭތެރޭ… ހައިދިން ނުލާހިކު ހަރުދަނާވެސްމެ…ބައްޕަވެސް ވަރަށް ރުހޭ ހެން ހީވަނީ ހައިދިންއާ ދޭތެރޭ…އެސޮރު ބައްޕައާއިވެސް ވަރަށް ގުޅާލައިގެންނު އުޅެނީވެސް…އާރިންގެ ނުހުރޭ އެކަހަލަ ގޮތެއް…‘ މަންމަ އޯގާތެރި ކަމާއި އެކުގައި ބުނެލިއެވެ.

’ވަަރަށް ބޮޑަށް ވިސްނާލާނަން ތިކަމާ…‘ އަހަރެން ހެވިފައި އިނދެ ބުނެލީމެވެ.ހަގީގަތުގައިވެސް ހައިދިންއާއި ދޭތެރޭ ވަރަށް ފުންކޮށް ވިސްނާލަން އަހަރެން ބޭނުމެވެ.

****

’އާނ ދެން ވިސްނާނެ ވަރަކަށް ވިސްނާ ނިންމާފަ އެސޮރުގެ ހިތް ހަލާކުކޮށްލާނީކީ ނޫން…‘ ތުއްތަ ބުނެލިއެވެެ.އަހަންނަށް އަނެއްކާވެސް ހެވުނެވެ. ހައިދިން މި އާއިލާއާއި ގުޅިއްޖެއްޔާ ހާދަ ފޯރިއެއް ހުންނާނޭ ހިތަށް އެރިއެވެ.އޭނާއަކީ އަބަދުވެސް ފާޑެއްގެ އައްސިގަނޑެއް އަރައިގެން ކޮންމެވެސް އެކަކާ ދިމާކޮށް ޖެއްސުން ކޮށްލަ ކޮށްލާ ހުންނަ މީހެކެވެ.ދޮންތަގެ ކައިވެނީގެ ކަންތައްތައް ރާވަމުން ދިޔަ ދުވަސްވަރު އަހަރެމެން ގެއަށް އެ އައިސް އުޅުނު އިރު އޭނާ އެންމެ ޖެއްސުން ކުރީ ތުއްތައަށެވެ.ތުއްތަގެ މިޒާޖު ހުންނަ ގޮތުން ބައެއް ފަހަރު ތުއްތަވެސް ތަންކޮޅެއް އަނގަ ގަދަވެގެން އުޅޭތީވެ ހައިދިންއަށްވެސް މާ މަޖާ ވަނީއެވެ.

****

’އޭރުން ދެ ބުޅާ ކޯޅޭހެން ތި ދެމީހުން ކޯޅޭވަރުންވެސް މީހަކު ބޯ ފަޅައިގެން ދާވަރުވާނެ..‘ އަހަރެން ހެމުން ބުނެލީމެވެ.

****

’އައްދޭ…ދެން މެރީ ކުރުމަށްފަހު އޭނާ މިހޫ މިތާކު ނުބަހައްޓާނެ ދޯ…މެރީ ކޮށްފަ މަށާ ކޯޅެވޭތޯއެއް ނޫން ދޯ އޭނާ އުޅޭނީކީ… އެއަށްވުރެ… ޔޫ ނޯ ވަޓް އައި މީން‘ އަހަރެންނާއި ގާތަށް ޖެހިލާފައި ތަންކޮޅެއް މަޑު މަޑުން ތުއްތަ ބުނެލިއެވެ.

****

’ސާބާސް އަޅެ ކިޔާ އެއްޗެހި.ތުއްތަ ހާދަ ޑާޓީ މައިންޑެޑްއޭ‘ ތުއްތަގެ ބަސްތައް އިވިފައި އަހަރެން ލަދުގަތްވަރުން ދެކޮލަށް ލޭ ކުލަ ފާއްދާލިއެވެ.އެ ވަގުތު މަންމަ ކަމަކަށް ގެއްލިފައި އިނީ ހަމަ ނަސީބެކޭ ހިތަށް އެރިއެވެ.

****

’އަޅެ ދޮގެއްތަ؟‘ ތުއްތަ ނިއް އަރުވާލާފައި ލާނެތް ރާގެއްގައި ބުނެލިއެވެ.

‘ހޫނ ދެން ހެޔޮ… ތި ވާހަކަ ދެން ނިންމާ…އަދި ޖެހޭނެއެއްނު ދޮންތަ ގާތުގައިވެސް ބުނަން.‘ އަހަރެން ބުނެލީމެވެ.

’އޭ އާނ… ދޮންތަ ނެތީމަ މަށާ އެއްކޮޅަށް ބަސް ކިޔާނޭ މީހަކުވެސް ނެތިގެން މިއުޅެނީ… ދެން މަންމަ ކައިރީ ނުކެރޭނެ ދޯ ހުރިހާ ވާހަކަތަކެއް ދައްކާކަށް‘ ތުއްތަ މަޖާވެފައި ބުނެލިއެވެ.

’ދެން އަޝަރު އައިމަ ތުއްތަމެންގެ ކައިވެނިވެސް މާކަ ލަހެއް ނުވާނެއެއްނު…އޭރުން ދެން މަށާ ދޮންތައާ ވެގެން ހަމަ ތިގޮތަށް ދިމާކުރާނަން އިނގޭ…‘ އަހަރެން ބުނެލީމެވެ.

’ތި ފެށީ އަނެއްކާ އަނެކަކުގެ ވާހަކަ.އޭނައެކޭ އެނބުރޭ ވަހުތާނެކޭ އެއްގޮތް.މެރީ ކުރަން މިކޮޅަށް އަންނަން ކިޔާ ބަހައްޓާފައި މިހާރު ކިޔަނީ ކޮންމެވެސް އެހެން ލަވައެއް…އެގޭ މީހުންވެސް ތިބީ އެކަމާ އޭނާ ދެކެ ރުޅިއައިސްފަ…އާނ އެހެންޏާ ޕާޓީ ކުލަޔާ އެއްޗެހި ފާސްކޮށްފަ އެމީހުން ހެދުންވެސް ފެއްސުވީމަ އެކިޔަނީ އަނެއްކާ ހަ މަސް ދުވަސް ލަސްކުރަން ހިނގާށޭ… މީހަކު ރުޅިނައިވިއްޔާ ދެރައެއްނު…ބައެއް ފަހަރު ހިތަށް އަރާ އޭނަޔާ ރުޅިވެފައި ދެން ކޮންމެވެސް އެހެން ކަމަކާ އުޅެން ވިއްޔޭވެސް… އެކަމަކު ހިތަކީވެސް ދެން ނިކަން ފާޑެއްގެ އެއްޗެއް…ރުޅިވާ ކަހަލަ ވާހަކައެއް ދެއްކިޔަސް އަޝަރުވެސް ރޮއެ ރޮއެފަ އުޅޭއިރު ހީވާނީ އެހެންފަދަ ކަމެއްހެން…އެކަމަކު އޭނާވެސް އަހަންނާ އިންނަން އައިސްގެން ވާކަށް ނެތް…އަހަރެން ދޫކޮށްލާކަށް ވެސް ބޭނުމެއްނުވޭ… ނޭނގެ ދެން މަށަކަށް…މަ މިހުންނަނީ މިވާހަކަ ނުދައްކަން… އެކަމަކު ތިހެން ބުނީމަ ހަމަ ކެތް ނުވެގެން މިބުނެވުނީ…‘ ތުއްތަގެ ތަބީޢަތު މުޅިން ސަކަރާތްވީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.އަހަންނަށް އެ ސުރުޚީ އެޅުނު މޮޔަހީވިއެެވެ.

****

’އަޅޭ އަސްލުތަ؟ އެކަމަކު ޑިސެމްބަރު މަހަށް ހުރިހާ ކަމެއްވެސް ރާވާ ނިންމާފަދޯ…އަޅެ އަޝަރު ކީއްތަ އެ ކުރަނީ…؟ އަސްލުވެސް ވަރަށް ހިތްހަމަ ނުޖެހިއްޖެ…އަޅެ މަންމަމެންވެސް ހީކުރާނީ ކީކޭ…‘ އަހަރެން ތުއްތައާއި މެދު ކަންބޮޑުވިއެވެ.

’ނޭނގެ…ނުވެސް ބުނަން އަދި…ނުކެރޭނެ ދޯ… އިހަށް ދުވަހަކު ކައިވެނީގެ ކަންތައްތައް ހަމަ ޖެހިގެން އެވާހަކަ އެމީހުން ގާތުގައި ބުނީވެސް…ބާކީ އެންމެ މަހަކަށްވީ…އެހާ ލަސްކޮށްފަ އޭނައަށްވެސް ފަނި ހަދަން އެނގުނީ…‘ ތުއްތަ ފުން ނޭވާއެއް ދޫކޮށްލަމުން ބުނެލިއެވެ.

’އަދި އަޅެ އަޝަރުއާ ތިކަމާ ވާހަކަ ދައްކާލަބަލަ… ފަހަރެއްގަ ހަމަ ރަނގަޅު ގޮތެއް ވެދާނެއެއްނު.‘ އަހަރެން ތުއްތަ ހަމައަކަށް އަޅުވާލެވޭތޯ ބުނެލީމެވެ.

’ނޭނގެ ދެން ނޫޅެން މަށެއް…ތި ވާހަކަ ދެން ބާއްވާ… މުޅިން މޫޑު ގޮސްފި…‘ ތުއްތަ މޫނު ހަދައިގެން އިނދެ ބުނެލިއެވެ.

****

’ދެމީހުން ހާދަ އޮލަ ވާހަކައެއްގަ…އައްދޭ ކުޅަނދުރެއްތަ މީނީ…‘ ކުއްލިއަކަށް ބަދިގެ ފަރާތަށް ބޯ ދިއްކޮށްލީ ދޮންތައެވެ.ތުއްތަ އިން ގޮތް ފެނިފައި ދޮންތަ ހޭން ފެށުމުން ތުއްތަ ތުން އަނބުރައިލިއެވެ.

****

’އާނ… ދޮންތާ..ހާދަ ހެނދުނަކާ ކޮން ވަޑާމެއް؟ހޫނ…ދެން އޮށްގާ އުކާނީކީ ނޫން…އެކުއްޖާ އެނީ ރުޅިއައިސްފަ…މޫނު ބަލާބަލަ‘ އަހަރެން ހޭން ނުހޭން އިނދެފައި ބުނެލީމެވެ.

****

’އާނ ތި ދެމީހުނަށް ހަދިޔާއެއް ހިފައިގެން މި އައީ މިއޮއް ހެނދުނާ…ހަމަ ނުދީ ނުހުރެވިގެން… އެވަރުންވެސް ބުނާނެ ދޮންތަ ލޯތްބެއް ނުވެޔޭ… އާދެބަލަ ތިކަން ނިމުނީމަ މަންމަމެން ރޫމަށް ދެމީހުން…މަޑުކުރާ ގޮތަށޭ މިއައީ…މިއަދު އެބަ އޮތެއްނު ވަރުގަދަ ސަޔެއް…‘ ދޮންތަ ފާޑެއްގެ ލާނެތް ހިންޏެއް އައިސްފައި ހުރެ ބުނެލިއެވެ.

****

’ހޫނ މީނަ ކިހިނެއް ވެފައޭ މީނީ؟‘ ދޮންތައަށް ތުއްތައާއި ނުބެހިލައެއް ނުހުރެވުނެވެ.

’އަޝަރު ކަންތައް…އޭނަ ވެޑިން ލަސްކުރަން ބޭނުންވަނީޔޯ..އަންނަ އަހަރަށް‘ ތުއްތަ އެއްޗެކޭ ނުބުނެ އިންނަން ފެށުމުން އަހަރެން ބުނެލީމެވެ.

’ޕިސް ޕިސް..ހުވާ ފޭކު މީހާގަނޑެއް އެ އަޝަރަކީ…ދޯ މަހޫ…ދެފަހަރު ދެ އަނގައިން ވާހަކަ ދައްކާ މީހެއް އެއީ…‘ ދޮންތަވެސް މޫނު މަތިން ހިތް ހަމަނުޖެހޭ ގޮތް ދައްކާލަމުން ބުނެލިއެވެ.

’ނޭނގެ ދެން ތި މަޢުޟޫ ހުއްޓާލަން އުޅޭ… ވަރަށް ފޫހިވޭ…‘ ތުއްތަ ހިތް ހަމަ ނުޖެހިގެން ބުނެލިއެވެ.

’ހޫނ އޯކޭ ދެން…ކޮބާ ދެން ސަޔަށް ހަދާ ބާވަތްތައް ފާސް ވެއްޖެތަ މިހާރު؟ނެތް އެއްޗެހި ހަމަ ކުރަން ވިޔަފާރި ކުރަން ވެސް ދާން އިނގޭނީ އޭރުންނެއްނު…‘ ދޮންތަ މަޢުޟޫ ބަދަލުކޮށްލިއެވެ.

’އަދި ވަކި އެއްޗެއް ނުކިޔަން…ހިނގާ މަންމައާވެސް ވާހަކަ ދައްކާލާފައި ބާވަތްތައް ފާސްކޮށްލަން…‘ އަހަރެން ބުނެލީމެވެ.

’ކޮބާ މަންމަ؟‘ ދޮންތަ އަހައިލިއެވެ.

’ނޭނގެ ދެންމެ އުޅުނު މިތާ…މިހާރު ރޫމަށް ދިޔައީހެން ހީވަނީ…އަހަރެމެން ވާހަކައިގަ ޖެހިގެން އެހާ ސަމާލުކަން ދީގެނެއް ނޫންވިއްޔަ ތިބީ އެއް…” އަހަރެން ބުނެލީމެވެ.

****

މަންމަ ގާތަށޭ ކިޔާފައި ދޮންތަ އެތަނުން ނުކުމެގެން ދާން ހިނގައިގަތެވެ.

****

ސައި ހަދާ، މޭޒުމަތި ތައްޔާރުކޮށް ނިންމާފައި، އަހަަންނާއި ތުއްތަ އެންމެނަށް ސައިބޯން ގޮވަން ދިޔައިރު ދޮންތަވެސް މަންމަމެން ކޮޓަރީގައި އުޅެއެެވެ.އަހަރެމެން ދެމީހުން ވަނުމުން ދޮންތަ އެނދުކައިރީ ހުންނަ ސައިޑް ޓޭބަލް މަތީ ބަހައްޓާފައި ހުރި އެތެރެ ނޭނގޭ ކޮތަޅެއް ނަގައި ދިއްކޮށްލިއެވެ.ތުއްތަ ކޮތަޅުގައި ހިފާފައި އަހަރެންގެ އަތަށް ދިއްކޮށްލިއެވެ. އަދިވެސް އޭނާގެ މޫޑު މާކަ ރަނގަޅެއް ނޫނެވެ.

****

’ވާއު…‘ ކޮތަޅުން ނެގި ފުރަތަމަ އަބާޔާ ފެނުމުން އަހަންނަށް ބުނެލެވުނެވެ.

’މަހޫއަށްވެސް އޮންނާނެ… ޑިޒައިންގަ ކުޑަ ތަފާތެއް އިންނާނީ…‘ ދޮންތަ ހިނިތުންވެ އިނދެ ބުނެލިއެވެ.

’ތި ހެދުން އިނގޭ މިއަދު ލާނީ ދެމީހުންވެސް…ތި ދޮވެފައި ގެނެސްފަ ތިއޮތީ… ދޮންތަވެސް އަންނާނީ ވަރަށް ރެޑީ ވެލައިގެން.ޖެހޭނެއެއްނު ފޮޓޯ ނަގަން…ވަރަށް ސްޕެޝަލް ދުވަހަކަށް ވާނެ އެއްނު ދޯ.‘ ދޮންތަ ބުނެލިއެވެ.

****

’މީނދަ މީހާ މިހާރު ކިޔައިފި އޭނަ ޔެސް ބުނިއްޔާއެއްނޫންހޭ …‘ ތުއްތަ ބުނެލިއެވެ.

’އޭ ކަޑަ ނުހަދާތި މިހޫ…އެވަރުގެ ބެސްޓު ފިރިއެއް މީހަކަށް ނުލިބޭނެ އިނގޭ…އޮފްކޯޒް އިހާން ނަގާފަ އިނގޭ.ހަމަ އެނގި ޔަގީންވާތީ މި ބުނަނީ… ދޮންތަ މީ އޭނާގެ ސިސް އިން ލޯ…ހާދަ ރަނގަޅަށޭ ދޮންތައާ ދޭތެރޭވެސް ކަންތައް ކުރަނީ…ދެން އަދި އޭނާގެ ވައިފް އަކަށް ވާ މީހަކަށް ކިހާ ރަނގަޅުވާނެ…ފަހުން ދެރަވާނެ ކަހަލަ ކަމެއް ނުކުރައްޗޭ މިހޫ…‘ ދޮންތަވެސް ވާހަކަ ހުރީ ހަމަ ތުއްތަވެސް ވާހަކަ ދެއްކި ބީދައިންނެވެ.

****

މަންމައާ މަޝްވަރާ ކޮށްފައި ސަޔަށް ތައްޔާރު ކުރާނެ ބާވަތްތަކަކަށް ފާސްވީ ކުޅި ބޯކިބާ،ސޮސެޖް ރޯލްސް، ޗޮކުލެޓު ކޭކު އަދި ސޭންޑްވިޗެވެ.

****

ސައި ބޮއެ ނިމިގެން ގަންނަން ވެފައި ހުރި އެއްޗެހިތައް ގަނެގެން އައިސް ސައި ހެދުމުގެ ތައްޔާރީތައް ވާން ފެށުނުއިރު ދިހައެއް ޖަހަން ކައިރިވެއްޖެއެވެ.އެހެނަސް ހަތަރު މީހުން ބަދިގޭގައި އުޅޭތީ ނިކަން އަވަސް ދުވެއްޔެއްގައި މަސައްކަތްތައް ކުރިއަށް ދިޔައެވެ.ތިން ގަޑި ބައިވީރު އަހަރެމެންނަށް ހުރިހާ ކަމެއްކޮށް ނިންމާލެވިއްޖެއެވެ.

 

(ނުނިމޭ)

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (9)

  1. Anonymous

    This is the best story Masha Allah mi part ves Vrh reethi Alheyyy hiy thelhey eba vaane gotheh neyngey thee hehe next part vrh Avahah kiyaalan beynun vrh vesssss Avahah hama I can’t wait can you upload it Friday noony Saturday ga plssssssssss dear
    Lyy❤️😘

    1. Lamtty
      Anonymous

      Thank you so much ❤️
      And I’m sorry for the delay.

  2. Nai_73

    Masha Allah mi part ves Vrh reethi Aww haadha reehchey dhw hehe next part Avahah up kohdhehchey vrh Avahah yeah true Friday noony Saturday ga up kohdhehchey plssss LAM I can’t even wait for the next part when’s next hope you will upload it Friday noony Saturday ga
    Lyyy ❤️😘

  3. Anonymous

    Whn next?

    1. Lamtty
      Anonymous

      I’m sorry for the delay.

  4. Eh

    Kobaaaaaa

  5. Eh

    Brooooooo!! you ended this career
    Bro continue this

    1. Lamtty
      Eh

      No but I’m sorry for the delay

  6. Lamtty

    Thank you so much ❤️
    And I’m sorry for the delay.

Comments are closed.