Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމައުފެއްދުންތެރި ލިޔުންލޯބި

މާސްކު (ޕާޓް 25)

Lamtty
Lamtty Level 810 Stories100 Login100 Comments500 Login100 Stories
October 28, 2025 5 Mins Read
6 Comments

’ހައިދިން… ހައިދިން އަހަރެން ދެކެ ތި ލޯބިވާ ވަރަށް އަހަންނަަށް ހައިދިން ދެކެ ލޯބި ނުވެވިއްޖެއްޔާ އެއީ ހަމަ ހައިދިންއަށް ލިބޭ ދެރައެއް ނޫންތަ؟ ހައިދިން ވަކި ދެރައެއްވެސް ނުވާނެތަ؟ ވަން ސައިޑެޑް ރިލޭޝަންޝިޕްސް ވޯކްއައުޓެއް ނުކުރާނެ… އަހަރެން މީ އޭގެ ހެއްކެއް…‘ ހައިދިންގެ އެ ވިސްނުން ބަދަލު ކުރެވޭތޯ އަހަރެން ވަރަށް މަސައްކަތް ކުރީމެވެ.އެހެނަސް އޭނާ ހީވަނީ އަހަރެން ލައްވާ އާނ ބަސް ބުނުވާފައި ނޫނީ ހުއްޓާނުލާން އަތުކުރި އޮޅާލައިގެން ހުރި ހެންނެވެ.

****

 

ބްރައިޑަލް ޝަވަރ ބާއްވަން ކީ ދުވަސް އައިސް ޖެހުނު އިރު އަހަންނާއި ހައިދިންއާއި ދެމެދުގައި ވަނީ އަނެއްކާވެސް ދުރުކަމުގެ ފާރެއް ލެވިފައެވެ.އަހަންނާއި ވާހަކަ ދައްކަން އޭނާ ކިތަންމެހާވެސް މަސައްކަތް ކުރިމެއެވެ.ނަމަވެސް އަހަރެން އޭނާއަށް އެ ފުރުސަތު ނުދިނީއެވެ.ހައިދިން ގުޅިޔަސް, މެސެޖް ކުރިޔަސް އަހަރެން އެއްގޮތަކަށްވެސް ޖަވާބުދާރީ ނުވެ ހުންނަން ފެށުމުން އޭނާގެ މޫނުމަތިންވެސް ފެންނަން ފެށީ ފަސްޖެހުމާއި، އިންތިހާ މާޔޫސްކަމެވެ.އެކަމުން އަހަންނަށް ވަކި އުނދަގޫ ނުވަނީކީވެސް ނޫނެވެ.އެހެނަސް އަމިއްލަ ހާލަތު ހިތަށް އަރުވާލާފައި ކޮންމެ ފަހަރަކުވެސް އެ އިހުސާސްތައް ހިތު ތެރޭގައި އޮއްބާލަނީއެވެ.

****

އެންމެ ފަހުން ބްރައިޑަލް/ގްރޫމް ޝަވަރ ބަދަލުވީ ކުޑަވަރެއްގެ ޕާޓީއަކަށެވެ.ކައިވެނި ނުވަނީސް އެކަހެރިކޮށް އެގޮތަށް ދެ ޖިންސު މަސްހުނިވެގެން ބޭރު ތެރެއަށް ނުކުމެ އުޅެން ބައްޕަ ހިތްހަމަ ނުޖެހޭކަން އެންގުމުން ކުރި ހުރިހާ ޕްލޭނެއް ފަނިފުލަށް ދިޔައީއެވެ.އަހަންނާއި ތުއްތަވެސް އެކަންތައް ހަނދާނުން ކަހާލީއެވެ.އެކަމަކު ބައްޕައާއި މަންމަގެވެސް ހާޒިރުގައި ގޭގައި ޕާޓީއެއް ބޭއްވުމުގެ ހުއްދަ ބައްޕަ ދިނެވެ.އަހަންނާއި ތުއްތައަށް އެގޮތް ވަރަށް ‘އޯކްވަރޑް‘ ވި ނަމަވެސް އެގޮތްވެސް ހައިދިންއަށް ކަމުދިޔައެވެ.އެވަރުން ޕްލޭން ކޮށްފައި ދެން އެކަން ނުކޮށް ހުއްޓަން އޭނާ ބޭނުން ނުވީ ކަހަލައެވެ.

****

ދޮންތަގެ ރަހުމަތްތެރި ޒައިނާއަށް ގުޅައިގެން އޭނާއާއި ޑީލް ހެދީ އަހަންނާއި ތުއްތައެވެ.ޓެރަސް ޑެކަރޭޓް ކުރަން ވާއިރަށް ދޮންތަ ޑިއުޓީ ނިންމާފައި ގެއަށް އަޔަ ނުދީ ހިފެހެއްޓުމަށް ބަހަނާއެއް ހޯދަން ވެގެންނެވެ.ހައިދިންވެސް ކަން ކުރީ އެ ބީދައިންނެވެ.އިހާންގެ ރައްޓެހިންނާ ޑީލް ހަދައިގެން  އޭނާ ބިޒީކޮށްލީއެވެ.

***

އިސް ނަގައިގެން ޓެރަސް ތައްޔާރުކުރުމުގެ ހުރިހާ ކަމަކާ ހަވާލުވީވެސް ހައިދިންއެވެ.އެ މީހުންގެ ކޮމްޕެނީގައި މަސައްކަތް ކުރާ ދެ މީހަކާއި އެކުގައި އައިސް ދެ ގަޑިއިރު ތެރޭ މުޅި ސެޓަޕް އެއްކޮށް ނިންމާލިއެވެ.އަހަންނާއި ތުއްތަ އެތަން ބަލައިލަން ދާންވެސް ހައިދިން އެއްބަހެއް ނުވިއެވެ.ކޭޓަރ ކުރާ ބަޔަކާއި ފޮޓޯގްރާފަރަކުވެސް ހަމަ ޖެއްސީ އޭނާ އެވެ.އެ ކުޑަ ކުޑަ ހަފްލާ ވީހާވެސް ފުރިހަމަކޮށް ގެންދަން ހައިދިން ބޭނުންވާ ކަހަލައެވެ.

****

އަހަންނާއި ތުއްތައަށް ހަވާލުވީ ކޭކެއް ޚިޔާރުކުރުމުގެ  މަސައްކަތް އެކަންޏެވެ.ތަން ޑެކަރޭޓް ކުރާނެ ކުލައަކަށް މެރޫން ކުލަ ހަމަ ޖެއްސީ އެންމެން އެއްބަސް ވެގެންނެވެ.އަހަންނާއި ތުއްތައާއި ވެގެން ޕިންޓްރެސްޓް ހާވަ ހާވާފައި އޭގެން ފެނުނު ރީތި،  ސާާދާ ޑިޒައިނަކަށް ކޭކު އަޅަން ތަންކޮޅެއް އަވަހަށް ދަނީންއަށް އޯޑަރު ދިފީމެވެ.ކޭކު އެޅުމުގައި ދަނީންގެ ހުނަރާއި ރަހަތަކަށްވުރެ އަހަރެމެންނަށް އިތުބާރު ހިފޭ އިތުރު ފަރާތެއް ނެތީމައެވެ.ދަނީންގެ އެ ކުޑަ ވިޔަފާރިއަށް ސަޕޯޓް ކުރުމުގެ ގޮތުންވެސް މެއެވެ.

****

ދޮންތައާއި އިހާންއަށް ހިލަމެއްވެސް ވެ ނުލައި ހުރިހާ ތައްޔާރީއެއްވެ ނިންމައިލެވުމުން ހީވީ ބޯމަތިން ބޮޑު ބަރެއް ނެގުނުހެންނެވެ.އެރޭ އިރު އޮއްސުނު ފަހުން ހައިދިން ގުޅާފައި އެންމެން އެއްކޮށް ޑިނާއަކަށް ދާން ރިޒަވޭޝަން ހެއްދި ވާހަކަ ބުނުމުން އެކަހަލަ ކަމެއް ކުރަން އުޅެނީ ކަމަކަށް އެ ދެމީހުން ޝައްކުވެސް ނުކުރެއެވެ.ދޮންތަވެސް ޒައިނާއާއި އެކު ބޭރުގައި އުޅެފައި އައިސް ކުޑަކޮށް ޖައްސާލާށޭ ކިޔާފައި ކޮޓަރިއަށް ވަތް ގޮތަކަށް ދެން ފަހަކުން ނުނިކުމެއެވެ.

****

ގަޑި ކިޔާފައި އޮތީ ނުވައެއް ޖަހާއިރަށެވެ.އަހަރެން އޮވެ އޮވެފައި އެނދުން ހިއްލައިލީވެސް އަށް ގައި ބައިވާން އުޅެނިކޮށެވެ.ވީހާވެސް ސާދާކޮށް ހުންނަން ބޭނުންވާތީ އަހަރެން ލީ ކަޅުކުލައިގެ އިސްތިރި ނުކުރާ ފޮތީގެ ޕްލެއިން އާބާޔާއެކެވެ.ބޮޑު ދެ ލޭޔަރ ޝިފޯން ފޮތީގެ ބުރުގާއެއް އަޅައިގެން އަހަރެން ނުކުތްތަން ފެނި ސޯފާގައި އިނދެފައި ތުއްތަ އަނގަޔަށް ވައްތަރެއް ޖައްސައިލިއެވެ.އޭނާ އިނީ ކަޅުކުލައިގެ ޖެކެޓް އަބާޔާއަކާއި އެކުގައި އެކުލައިގެ ތިން މުށް ޝޯލެއް އަޅައިގެން ވަރަށް ނަލަ ހެދިލަގެންނެވެ.

****

’ރަންކޮޅާ…މިރޭ މީ ޚާއްސަ ރެއެކޭ… ތިއަށްވުރެ ތަންކޮޅެއް ރަސްމީކޮށް އާދޭ…ޝޯލް އަޅަން ދޭ…ފޮޓޯއަށް ހަޑިވާނެ އެންމެން ޝޯލް އަޅާފަ މިހޫ ބުރުގާގަ ހުރީމަ…ދޭ ޗޭންޖް ކުރަން…‘ ތުއްތަ އިނގިލިން އެތެރެއަށް ދާށޭ އިޝާރާތް ކުރަމުން ބުނެލިއެވެ.

****

ކުޑަކުއްޖެއްހެން ކުސްތަޅަމުން އެންމެ ފަހުން ހިތާ ދެކޮޅަށް ކޮޓަރިއަށް ވަދެ ޝޯލް އަޅަން ފެށީމެވެ.އާންމުކޮށް އަޅައި އުޅޭހެން ކުރިމައްޗަށްވާ ބައި ބޮޑުކޮށް ރޫނަގާފައި ދަތިކޮޅަކުން ރަނގަޅަށް ހަރުކޮށްލީމެވެ.ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލެވުނު ހިނދު އަހަންނަށް ވަރަށް އުނދަގޫވިއެވެ.ހަށިގަނޑަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުންނެވެ.މޫނު މަތީގައިވެސް އެއްވެސް ދިރުމެއް ނެތް ކަހަލައެވެ.ދެލޯ ވަޅުވަދެ، ލޯ ކައިރިވެސް ކަޅުވެފައެވެ.އަހަންނަކީ މޭކަޕް ކޮށް އުޅޭ މީހަކަށް ނުވާތީ މޫނުމަތީގެ އައިބުތައް ހުރީ ނުހަނު ރީއްޗަށް ފާޅުވާށެވެ.އެކުން އެކަމާ އަހަރެންގެ މާ ބޮޑު ފަރުވާލެއް ނެތަސް ދޮންތައަށް ޚާއްސަ ރެއަކަށް ވާތީ ތަންކޮޅެއް ރީތިކޮށް ހުންނަން އަހަރެންވެސް ބޭނުންވިއެވެ.

****

އަހަރެން ކޮޓަރިން ނުކުތްއިރު އިހާންއާއި ހައިދިންވެސް އައިސް ސޯފާގައި ތިބިތަން ފެނި ކުޑަކޮށް ހުއްޓުން އަރާގޮތްވިއެވެ.ޚާއްސަކޮށް ކަޅު ކުލައިގެ ގަމީހަކާއި އަޅިކުލައިގެ ޖިންސެއްގައި އިން ހައިދިން ފެނި އަހަރެން ހިތުގައި ހީވީ މީހަކު ވިކައިގަތްހެންނެވެ.ހައިދިންގެ އެ ފިރިހެންވަންތަކަން ފެނި ސިއްރު ސިއްރުން އަހަރެންގެ ހިތް ވެސް އޭނައަށް ތައުރީފްކޮށްލިއެވެ.ހަގީގަތުގަައިވެސް ހައިދިން ހާދަ ރީއްޗެވެ.

****

އަހަރެން ފެނުނުހާއިރަކަށް ހައިދިން އަވަސް އަވަހަށް މޫނު އަނބުރާލައިފިއެވެ.ހީވީ ހަމަ ގަސްދުގައި އަހަންނާއި ދިމާލަށް ނުބަލަންވެގެން އޭނާ ކުރި ކަމެއް ހެންނެވެ. އެކަމާ އަހަރެން ކުޑަކޮށް ހައިރާންވެސްވިއެވެ.އެހެންޏާ އޭނާ ހުންނާނީ އަހަރެންގެ ފަރާތުން ކުޑަ ނަމަވެސް ސަމާލުކަމެއް ނޫނީ އިޝާރާތެއް ނަމަވެސް ވޭތޯ ބަލަ ބަލައެވެ.އެހެނަސް މިފަހަރު އޭނާ އެގޮތަށް ކަންތައް ކުރުމުން އަހަރެންގެ ހިތަށް ވަރަށް އުނދަގޫ އިހުސާސްތަކެއް ކުރުވައިފިއެވެ.އަނެއްކާ މިހާ އަވަހަށް ހައިދިންވެސް އަހަރެންގެ މަތިން ފޫހިވާން ފެށީ ހެއްޔެވެ؟ އެހެން ކަމުގައިވާނަމަ އަހަންނަށް މި ނިންމުނީ ހަމަ އެންމެ ރަނގަޅު ނިންމުން ކަންނޭނގެެެއެވެ.ފިރިހެނުންނަށް އިތުބާރު ކުރާކަށް ހެޔޮ ނުވާނެއެވެ.

****

’އިހާންބޭ..ދޮންތަ ތަނަކަށް ގެންދަންޏާ ޖެހޭނެ ތިން ގަޑިއިރު ކުރިން ތައްޔާރުވާށޭ ބުނަން…އެހާ ވާގަނޑު ދިގުވާނެ…‘ ތުއްތަ އިހާންއާއި ދިމާކުރަންވެގެން ބުނެލިއެވެެ.އެ ވާހަކަ އިވިފައި އިހާން ގާތަށް ހިނި އަންނަ ގޮތްވިއެވެ.ހައިދިންވެސް ހޭން ނުހޭން އިން ފަދަ ގޮތަކަށް އަނގަޔަށް ގޮތެއް ހަދައިލިއެވެ.އޭނާގެ ސަމާލުކަން އަހަރެން ނޫން އެހެން ހުރިހާ ކަމަކަށް ދެވިފައިވާ ފަދައެވެ.އަހަންނަށް ތުން ފިތައިލެވުނެވެ.

****

’ކޮބާާ ހިނގާ ދަމާ…‘ ދޮންތަ ކޮޓަރިން ހަމަ ނުކުތީ  މުޅިތަން ’ކަޔާލީ ވެނީލާގެ‘ މީރު ވަހުން އެއްވަސް ވެއްޖެއެވެ.އިހާން ނޭފަތް ދަމާލާފައި އެއް މިޔަކަނުން ހީލި ވަގުތު ދެން އިވުނީ މަންމަ ނުކުމެ ލެކްޗަރު ފެށި އަޑެވެ.

****

’ދަރިފުޅާ އެކަމަކުވާ ތިވަރަށް ސެންޓު ނުޖެހިޔަކަސް ވެދާނެ…އަބަދު މި ކިޔަނީ އަންހެން ކުދިން ތިވަރަށް ސެންޓު ޖަހާކަށް ނުވާނޭ..‘ މަންމަ  އާދައިގެ މަތިން ކުޑަކޮށް ކެއްސައިލަމުން ބުނެލިއެވެ.ދޮންތަ މަންމައާއި ދިމާލަށް ބަލާލާފައި ދެލޯ ބޮޑުކޮށްލި ގޮތުން އަހަރެން ގާތަށްވެސް ކުޑަކޮށް ހިނި އަންނަ ގޮތްވިއެވެ.އިހާންގެ ކުރިމަތީގައި ދޮންތައާއި ދިމާލަށް އެއްޗެކޭ ބުނަން ކެރޭހާ މަންމަވެސް އެމީހުނަށް އާދަވެއްޖެތާއޭ އަހަރެންގެ ހިތަށް އެރިއެވެ.ހިނދުކޮޅަކަށް ނަމަވެސް ހައިދިން އަހަރެންގެ ބޮލުތެރެއިން ފެއަށް ޖައްސައިލެވުނެވެ.

****

’ކީއްކުރަން މައްޗަށް ތި ދަނީ؟‘ ފެމިލީ ޑިނާއަކަށް ދަނީއޭ ކިޔާފައި ލިފްޓަށް އަރައި ހައިދިން ޓެރަސް ބަޓަންއަށް ފިތައިލުމުން ދޮންތައަށް އެކަން ފާހަގަ ވެގެން އަހައިލިއެވެ.އަހަރެމެން އެކަކުވެސް އެއްޗެކޭ ނުބުނުމުން ދޮންތަ ދެން އިތުރަކަށް ސުވާލެއް ނުކުރެއެވެ.

****

’އޯ މައި ގޯޑް ވާއު!‘ފެއަރީ ލައިޓްތަކުން ދިއްލާ އަޅާފައިވާ ޓެރަސް ފެނުނު ހިނދު ދޮންތަ ތޫލި އަޑަކުން ބުނެލިއެވެ.އިހާންއަށްވެސް ލިބުނީ ބޮޑު ސަޕްރައިޒެކެވެ.އެންމެނަށް އިށީނދެވޭ ގޮތަށް ދެފަރާތުން ގޮނޑިތައް އަތުރާފައި ޓެރަސްގެ މެދަށް ވާނޭހެން ދިގު މޭޒެއް ބަހައްޓާފައި ހުއްޓެވެ.ވަށައިގެން ހުދު ފޮތިގަނޑެއް އަޅާފައިވާ އެ  މޭޒުގެ މެދުގައި ދިގަށް ވާނޭހެން މެރޫން ކުލައިގެ އިތުރު ފޮތިގަނޑެއް ރީތި ގޮތަކަށް ރޫ ޖައްސާލާފައި އޮތެވެ. އެ ފޮތިގަނޑު ފަޅު ފިލުވާލާފައިވަނީ އުއްބައްތި ސްޓޭންޑް ތަކާއި އެކި ކަހަލަ މަލުން ތައްޔާރުކޮށްފައިވާ ސެންޓަރ ޕީސްތަކުންނެވެ.ތަށްޓާއި ކަޓްލަރީވެސް އަތުރާލާފައި ހުރި ގޮތް ނުހަނު ހިތްގައިމެވެ.ކޭކު ބަހައްޓާފައި ހުރި ކުޑަ މޭޒު ހުރީ ޓެރަރަސްގެ ކަނާތް ފަރާތަށް ވާނެހެން ހުރި މަލާއި ފެއަރީ ލައިޓުތައް އެލުވާފައި ހުރި ބެކްޑްރޮޕްގެ ކައިރީގައި ބަހައްޓާލެވިފައެވެ.ވާތް ފަރާތުގައި ހުރި ހުދު ފޮތި އަޅާފައި ހުރި މޭޒުގައި ވަނީ އެކި ބާވަތްތަކުގެ ކާތަކެތިން ބުފޭ އަތުރާލެވިފައެވެ.ކޭޓަރ ކުރާ ތަނުގެ ދެ ސްޓާފަކާއި ފޮޓޯގްރާފަރަކު އެތަނުގައި ތިއްބެވެ.ބްރައިޑަލް ޝަވަރ އެކޭ ބުނީމާ އަހަންނާއި ތުއްތައަށްވެސް ނާންގާ ހައިދިން އެވަރުކޮށްލާނެއެކޭ އަހަރެން ހިއެއް ނުކުރަމެވެ.އެތަން ބޮޑަށް ވައްތަރުވީވެސް ކުޑަ ކައިވެނި ހަފްލާއަކާއެވެ.

****

’ސަޕްރައިޒް ސަޕްރައިޒް…‘ ތުއްތަ ވަރަށް ފޯރީގައި ބުނެލިއެވެ.

’މީ ކޮންކަމެއް ؟‘ ދޮންތަ ވަރަށް އުފާވިކަން އެނާގެ ދެމިލާފައި ހުރި ތުންފަތް ހެކިދިނެވެ.

’ހީކޮށްލާ ދެން މީ ކުޑަވަރެއްގެ ބްރައިޑަލް/ގްރޫމް ޝަވަރ އެކޭ …ވިތް ފެމިލީ…‘ ތުއްތަ ބުނެލިއެވެެ.

’ކުޑަވަރެކޭ…މި ހަމަ ޕާޓީއެއްނު ދޯ މަޒޫ…‘ އިހާން ދޮންތައަށް ދޯ ދިނެވެ.އެކަމާ މަންމައާއި ބައްޕަވެސް ނިކަން އަވަހަށް އެއްބަސް ކިޔާލިއެވެ.އިހާން ރާގުލާފައި އެހެން ބުނެލި ގޮތުން އެންމެނަށްވެސް ހެވުނެވެ.

‘އަޅޭ ތެންކިއު… އިޓްސް ޕާފެކްޓް!‘ދޮންތަ ވަރަށް އުފާވެފައި ބުނެލިއެވެ.

****

އެންމެން އެއްކޮށް ކައިބޮއެ, ކޭކު ފަޅައި،ފޮޓޯ ނަގާ ހެދިއިރުވެސް ހައިދިން އަހަންނާއި ވީހާވެސް ދުރު ދުރުން އުޅެވޭތޯ މަސައްކަތް ކުރިއެވެ.އެހެނަސް އެންމެންގެ ތެރޭ އަހަރެން މުޅިން އެއްފަރާތް ކޮށްލަން އޭނާއަށް ނުކެރުނީ ކަންނޭނގެއެވެ.ގަދަ ކަމުން ކަހަލަ ގޮތަކަށް އޭނާ އަހަންނާއިވެސް ވާހަކަ ދައްކައި ހީލައި ހެދިއެވެ.އަހަރެމެންގެ ދޭތެރޭގައި އުފެދިފައިވާ ދުރުކަން އެހެން މީހުންނަށް ފާހަގަވާން އޭނާ ބޭނުން ނުވީ ކަހަލައެވެ.އެހެނަސް ކުރިން އޭނާ އެ ބެހެއްޓި ފަދަ ގާތްކަމެއް ނެތެވެ.

****

’އޭ… ހައިދިން މިއަދު ވަރަށް ފާޑަކަށް ދޯ ހުރީ…؟ހުރިހާ ކަމެއް އޯކޭތަ؟‘ އަހަރެންގެ ފަހަތުން ކޮޓަރިއަށް ވަންނަމުން އެ މަޢުޟޫ ނެގީ ތުއްތައެވެ.ތުއްތައަށް ފުރަގަސް ދީގެން ހުރެ އަހަންނަށް ދެލޯ މަރާލައި، ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

****

’ނޭނގެ…ގޮތަކަށްތަ ހުރީ…؟ވައި އާރޔޫ އާސްކިން މީ؟‘ އަހަރެން އެ މައުޟޫއަށް ވާހަކަ ދައްކާކަށް ބޭނުމެއްނުވިއެވެ.އެހެނަސް ތުއްތަގެ ގޮތް އަހަންނަށް އެނގެއެވެ.ފަށްޓައިފި ވާހަކައެއް ކޮޅެއްގައި ޖައްސާފައި ނޫނީ އޭނާ ނުހުއްޓާނެއެވެ.

****

’ޔާ… ނޯޓިސްވި ދޯ…އޯ ކަމޯން މިހޫ! އައިނޯ އޭނާ އަސްލު މިހޫއާ ވަރަށް ވާކަން …އިޓް ވޯޒް ސޯ އޮބްވިއަސް…އެކަމަކު މިރޭ އޭނާ ހީވަނީ މިހޫއާ އަނގައިންވެސް ބުނަން ބޭނުން ނުވެފައި އިން ހެން.އެއީ އެހެންޏާ އެ އަނގަގަނޑު އުޅޭ ގޮތެއް ނޫން ވިއްޔާ…އަސްލު ބުނެބަ.ކަމެއް ވީތަ؟‘ ތުއްތަ އަހަންނާއި ހައިދިންގެ  ދެމެދުގައިވި ހިމޭންކަން ދިރާސާކޮށްލާފައި ހުރިވަރު އަހަންނަށް އަންދާޒާ ކޮށްލެވުނީ ދެނެވެ.

****

އަހަރެން އެއްޗެކޭ ނުބުނެ ހަނު ހުރުމުން ތުއްތަ އަދި ވަކިން ސުވާލު ގިނަވިއެވެ.އޭނާ އެންމެ ފަހުން ހުއްޓާލީ އަހަރެންގެ އަނގައިން އެހުރިހާ ވާހަކަތަކެއް ބުނުވައިފައެވެ.

****

’ހަ! އައި ނިއު އިޓް…އޯ މައި ގޯޑް…‘އަހަރެން ހުރިހާ ވާހަކަތަކެއް ކިޔައިދިނީ ނިމުމުން،ތުއްތަ ރިއެކްޓު ކުރިގޮތުން އެއީ އޭނާއަށް ނިކަން އުފާވެރި ޚަބަރެއްހެން ހީވިއެވެ.

****

’އެކަމަކު ކީއްވެ މިހޫ ތި އޭނަ ރިޖެކްޓު ކުރަނީ…؟ ވެލް އައި ނޯ ޔޫއަރ ގޮއިން ތްރޫ އެ ލޮޓްކަން…އެކަމަކު އޭނައަށްވެސް ޗާންސެއް ދިނީމާ ދޯ އެނގޭނީވެސް…ހަމަ ލޯބިވެސް ވެވިދާނެއެއްނު..ޑޯންޓް ލެޓް ޔުއަރ ޕާސްޓް ހޯލްޑް ޔޫ ބެކް…ތެދެއް އަސްލު މީހަކާ އިނދެފައި ހުރި މީހެކޭ ކިޔާފަ ކޮބާތަ މައްސަލައަކީ…؟އެކަމާ ތުއްތަވެސް އެއްބަސް ހައިދިންއާ… ޕްލީޒް ޑޯންޓް ލުކް ޑައުން އޮން ޔުއަރ ސެލްފް ލައިކް ދެޓް މިހޫ…މިކަމާ ވިސްނާލައްޗޭ…ހައިދިންއަކީ ރަނގަޅު މީހެއް…އައިނޯ ފޮރ އަ ފެކްޓް ހިޒް ނޮޓް ލައިކް އާރިން‘ ތުއްތަވެސް އެރީ ހައިދިންއާއި އެއްކޮޅަށެވެ.

****

އެރޭ ނިދަން އޮވެފައި ތުއްތަ ދެއްކި ވާހަކައާއި މެދު އަހަންނަށް ވިސްނައިލެވުނެވެ.އަހަންނަށް ކަންތައް މި ކުރެވެނީ ހަމަ އެންމެ ރަނގަޅަށްތޯ އަމިއްލަ ނަފްސާއި ފަށް ފަށުން ސުވާލުކޮށްލެވުނެވެ.ހަގީގަތަށް ބުނާނަމަ ހައިދިން ފެއަށް ޖައްސައިގެން އަހަންނަށް ލިބުނު ހިތްހަމަ ޖެހުމެއް،އުފަލެއް ނެތެވެ.ލިބުނިއްޔާ ލިބުނީ އިތުރު ނުތަނަވަސް ކަމެކެވެ.

****

އަހަރެންގެ ވިސްނުން ދެއަތަށް ކިރޭ ވަރުން ބޮލުގައި ރިއްސަން ފެށިއެވެ.އެކަމާ ހެދި ނިދޭ ގޮތެއްވެސް ނުވިއެވެ.ދެފަރާތަށް ފުރޮޅި ފުރޮޅި އޮއްވާ އަހަންނަށް ހަމަ ނިދުނުތާ އިރުކޮޅެއް ފަހުން އަހަންނަށް ދެން ހޭލެވުނީ ވަރަށް ބޮޑަށް ބަނޑުގައި ރިއްސައިގަނެގެންނެވެ.އަހަރެން ތެދުވިއިރު ކަމަކު ދާކަށް ނެތެވެ.އަހަރެން ލައިގެން އޮތް ޕަޖާމާގެ ހަރުވާޅު ވަނީ ލެޔާ ތަތްތެޅިފައެވެ.މުޅި އެނދުމަތީގައިވެސް ހުސް ލެޔެވެ.އަހަރެން ބިރުން ހަލާކުވާ ވަރުވިއެވެ. ބަނޑުގައި އަޅަމުން ދިޔަ ވޭނުންވެސް ކެތް ވަނިކީ ނޫނެވެ.ލޭ ފެނުނީމާ މީހާގެ ހޭވެސް ކިރިޔާ ހުރިކަމެވެ.ފޯނު ނަގައި މަންމަގެ ނަންބަރަށް ޑައިލް ކޮށްލެވުނުކަން އެނގުނެވެ.ދެން ވީގޮތެއް އަހަންނަކަށް ނޭނގެއެވެ.

 

(ނުނިމޭ)

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Lamtty
Follow Me Written By

Lamtty

Level 810 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

ގާތުގައިވި އަނދިރިކަން 15-2

Next

ނުފިލާނެޔޭ އެ ހަނދާން 3

Next
October 28, 2025

ނުފިލާނެޔޭ އެ ހަނދާން 3

Previews
October 28, 2025

ގާތުގައިވި އަނދިރިކަން 15-2

6 Comments!

  1. Shaa says:
    October 29, 2025 at 9:48 am

    Hey when next part !!??

    1. Lamtty Lamtty says:
      November 5, 2025 at 12:20 am

      Submitted

  2. Anonymous says:
    October 29, 2025 at 11:57 am

    Love it

    1. Lamtty Lamtty says:
      November 5, 2025 at 12:21 am

      Thank you 😊

  3. Eelam.. says:
    October 29, 2025 at 1:02 pm

    Vrh furihama sifa kurunthah sifa kohdheefa huri goiy v kamudhey!!!

  4. Lamtty Lamtty says:
    November 5, 2025 at 12:21 am

    Thank you 😊

Comments are closed.

Next Episodeމާސްކު (ޕާޓް 26)←


All Right Reserved!