Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމައުފެއްދުންތެރި ލިޔުންލޯބި

މާސްކު (ޕާޓް 31)

Lamtty
Lamtty Level 810 Stories100 Login100 Comments500 Login100 Stories
December 11, 2025 6 Mins Read
2 Comments

އެ ސަކަރާތެއްގައި އުޅެފައި އިރު އޮއްސުމުން މަސައްކަތްތައް މެދުކަނޑާލާފައި އެންމެން ގެއަށް ދިޔުމުން އިސާހިތަކު ގޭތެރެއަށް ވެރިވީ ފަޅުކަމެވެ.އަހަރެންވެސް ކޮޓަރިއަށް ވަދެ ނަމާދުކޮށް ހަދައިގެން އެނދުގައި ޖައްސާލި ތަނާހެން ދެލޮލަށް ނިދި ސަވާރުވެއްްޖެއެެވެ.ދެން ހޭލެވުނީ އަހަރެން ކާން ނުނުކުމެގެން މަންމަ އައިސް ދޮރުގައި ޓަކި ދޭން ފެށި އަޑަށެވެ.އޭރު ނުވައެއް ޖެހުމާ ގާތްކުރަނީއެވެ.

****

އަހަރެން ތެދުވެ އިޝާ ނަމާދުކޮށް ހަދައިގެން ކާން ނުކުތްއިރު މަންމައާ ބައްޕަ ސިޓިން ރޫމްގައި ޓީވީ ބަލަން ތިއްބެވެ.

****

’ކޮބާ ތުއްތަ؟‘ ތުއްތަގެ އަޑެއް ބަޑެއް ނީވޭތީ އަހަރެން އަހައިލީމެވެ.

****

’ތުއްތަޔާއެކީ މަސައްކަތް ކުރާ ކުއްޖަކާ އެކީ ބޭރަށް ދިޔައީ… ތުއްތަވެސް ދަރިފުޅު ހޯދި… މަންމަ ބުނިން ދަރިފުޅު ނިދިފަ ކަންނޭނގެއޭ….ނިދުނީ ދޯ؟‘ މަންމަ ބުނެލިއެވެ.

’ހޫމް…މަޣުރިބު ނަމާދު ކޮށްގެން ޖައްސާލިތަނާ ނިދުނީ…‘

’ދޭ ކާން އަވަހަށް.. މަންމަ ތަށިތައް ނަގާލާފަ ހުންނާނީ މިހާރު އެކަމަކު‘ މަންމަ ބުނެލިއެވެ.

’އެ އޯކޭ އޭ…‘ އަހަރެން އެހެން ބުނެލާފައި ބަދިގެ ފަރާތަށް ގޮސް ތެލިތަކުގެ މަތި ހިއްލައިގެން ކާ ހިތްވާ ކަހަލަ އެއްޗެއް ހުރިތޯ ބަލަން ފެށީމެވެ.ބައެއް ފަހަރު އަހަރެންވެސް ނިކަން ހިތް މޮޅުވާނެއެވެ.ބައެއް ރޭރޭ ކާ ހިތްވާ ކަހަލަ އެއްޗެއް ނެތިއްޔާ ބަނޑުހައި ވެގެން ހާންތިވާ ވަރުވެފައި ހުއްޓަސް ނުކައި އަހަރެން އެބަ ނިދަމެވެ.އާރިންގެ ކަންތައްގަނޑަށްފަހު ރާމެން ކެއުންވެސް އަހަރެން ހުއްޓައިލިތާ ކިތަންމެ ދުވަހެކެވެ.ރާމެން ކާން ހިތަށް އެރިޔަސް އާރިންއާ އިނދެގެން އުޅުނު އިރު އޭނާ އޭރު އަބަދު އަހަންނަށް އެ ގަނެދީފައި ހުންނަ ހަނދާން އާ ވުމުން އަހަރެން ފާޑަކަށް ހިތް ނުތަނަވަސްވެ ބިރުގަންނަ ގޮތް ވަނީއެވެ.

****

ކާހިތް ނެތިގެން އަހަރެން އައިސް ސިޓިން ރޫމް ސޯފާގައި އިށީނުމުން މަންމަގެ ސުވާލުތަކާ ކުރިމަތިލާން ޖެހުނެވެ.

’ދަރިފުޅު ނުކައި ތިއައީ ކިއެއްވެ؟‘ މަންމަ ވަގުތުން އެހިއެވެ.

’ހަމަަ ކާހިތް ނުވީ…‘ އަހަރެން ފުން ނޭވާއެއް ދޫކޮށްލައިފައި ބުނެލީމެވެ.

’އެކިއެއްވެ؟ ކަމަކާ ވިސްނަނީ ދޯ؟‘މަންމަ ވަރަށް ފަރުވާތެރިކަމާއި އެކުގައި އަހަރެންގެ މޫނަށް ނަޒަރު ހިންގާލަމުން ބުނެލިއެވެ.

****

’ނޫން…‘ އަހަރެން ވަގުތުން ދެކޮޅު ހެދީމެވެ.އެހެނަސް މަންމަ ބަލަން އިން ގޮތުން އަހަރެންގެ ޖަވާބު ގަބޫލު ކުރިހެނެއް ހިޔެއް ނުވެއެވެ.

****

’މިއުޅެނީ ދޯ މި ދައިތަގަނޑު…‘އެވަގުތު އެޕާޓްމަންޓްގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަދެގެން އައި ތުއްތައަށް އަހަރެން ސޯފާގައި އިންދާ ފެނުމުން އަނގައަށް ވައްތަރެއް ޖައްސާލައިފައި ބުނެލިއެވެ.

****

’ހޫނ…ކިއެއްވީ ދައިތާ؟‘ އަހަރެންވެސް ހަމަ އެ ރާގުގަނޑުގައި ބުނެލީމެވެ.

****

’ކިއެއް ނުވަނީ؟މިހޫ ތިއުޅެނީ ހެދުން ފަހާ ޑިޒައިން ފާސް ނުކޮށް ހެދުން ފައްސަން ނުދީ…މިހޫ ނޫން އެންމެން ޑިޒައިން ފާސްކޮށްފަ މިހާރު ފަހަން ހަވާލު ކޮށްފި…މަންމަ އެހެން ކީމަ އަހަންނަށްވެސް މި އިނގުނީ…އަޅެ މިހޫވެސް ރަނގަޅެއްނު ބުނެލަން…އޭރު އަދި ޑިޒައިން ފާސް ނުވެޔޭ ކިޔަ ކިޔާފަ މިހޫ ދިގު ދެންމީމަ އަހަރެންވެސް އެކަންތައް ހަނދާނުން ކަހާލީ…މިހާރު އެއޮއް ހަފްތާއަކަށް ވީ…ދެންވެސް އުޅެބަލަ އެކަމާ…އޭރުން ދެން އެ ކަންތައްވެސް ނިމޭނީ. މަންމަ އެހެން ކީއްސުރެ އަހަރެން މިހުންނަނީ ފާޑަކަށް އުނދަގޫވެފަ..ފީލްވަނީ ދުވަސް އައިސް ޖެހޭ އިރުވެސް އެއްކަމެއްވެސް ރެޑީ ނުވެޔޭ…ހުވާ މި ވެޑިން ޕްލޭނިންއަކީ ހަމަ ސިކުނޑި ސުމަކަށް ދާވަރުގެ ކަމެއް.ޕްލޭން ކިޔާލިޔަކަސް އެއަށް އަމަލީ ސިފަ ގެންނަންވީމަ މި އިނގެނީ މީ ކިހާ ވަރެއްގެ ކަމެއްކަން…މިއަދި ވެޑިން ޕްލޭނާޒްއާ އެކީ މިކަން ކުރާއިރުވެސް ވާވަރު…‘ ތުއްތަ ކުދި ކިޔައިލިއެވެ.

****

’އަޅޭ އަސްލުތަ؟ ހަމަ ތިހެން ދޯ އަހަރެންވެސް އުޅެން ޖެހޭނީ ވެޑިން ކައިރިވީ ވަރަކަށް…ހައިދިންވެސް މިހާރު އަހަރެމެން ވެޑިން ކަންތަކާ އުޅެން ފަށްޓައިފި…ކުލަވެސް ދެން ގާތްގަނޑަކަށް ފާސްވެއްޖެ މިހާރު..ތުއްތަ ހިނގާބަލަ އަޅެ އަހަންނަށް ރަނގަޅު ޑިޒައިނެއް ދައްކަން…މޫނު އަޅާފަ ހުންނަ އިރު ގޮތް ބޮޑުކޮށް ހެދުމެއް ނުފެހޭނެ އިނގޭ…އަހަރެން ބޭނުމީ ވީހާވެސް ސިމްޕަލް ޑިޒައިނެއް…އަޅެ ދެން ހަމަ ކޮންމެހެން ޖެހޭތަ ލެވެންޑަރ ކުލަ ހެދުމުގަ އިންނަން…މިހާރު ކުލަ އެއްޗެހި ނުލާތީ ވަރަށް ލަދުގަނޭ ކުލަ އެއްޗެހި ލާންވެސް…ކެންޔޫ މޭކް އެން އެކްސެޕްޝަން އަޅެ ޕްލީޒް…‘ އަހަރެން އާދޭސްކޮށްލީމެވެ.ތުއްތަމެން ޕާޓީއަށް އެހާ އަލި ކުލައެއް ފާސްކުރުމުންވެސް އަހަރެން ހުރީ ކަންތައް ބޮޑުވެފައެވެ.އެއްކޮށް ކުލަކޮށް އަހަރެންގެ ހެދުން ފައްސުވަން ތުއްތަ އުޅެފާނެތީއެވެ.

****

’ނޫން…ދެން ތިހެން ހެދީމަ ކަމަކު ނުދާނެ ދޯ. އެންމެން ކުލަކޮށް ހެދުން ލާފަ މިހޫ ހުސް ބްލެކްގަ ހުރީމަ..އޭރުން ވަރަށް ހަޑިވާނެ ފޮޓޯތަކަށް..އޯކޭއޭ ކަޅު ހެދުމެއް ލިޔަސް އެކަމަކު ރޫލްއަކީ ހެދުމުގެ ކޮންމެވެސް ތަނެއްގައި ލެވެންޑަރ ކުލަ އިނުން…އިޓްސް އެ މަސްޓް! ނޯ އެކްސެޕްޝަންސް…‘ތުއްތަ ބުނެލިއެވެ.

****

’އޯކޭ ފައިން‘ ތުއްތަގެ ޚާއްސަ ދުވަހަށް ވާތީ ތުއްތަގެ ހިތްހަމަ ޖެހުމަށްޓަކައި އަހަރެން އެންމެ ފަހުން ހަތިޔާރު ބެހެއްޓީއެވެ.

****

އަހަރެން ހެދުން ފަހަން ފާސްކުރީ ކަޅުކުލައިގެ ކާޑިގަން އަބާޔާއަކާއިއެކު އެތެރެއިން ލާ ބައި ލެވެންޑަރ ކުލައިން ފަހާ ގޮތަށެވެ.

****

*އެއް ހަފްތާ ފަސް*

ޑިސެމްބަރ 29 ވަނަ ދުވަހުގެ ހެނދުނު ފެމިލީ ކޯޓުގައި ތުއްތައާއި އަޝަރުގެ ކައިވެނި ކުރެވިގެން ދިޔައެވެ.އެހެންކަމުން ތުއްތަ ޕާޓީއަށް ތައްޔާރު ކުރުމުގެ މަސައްކަތް އޮތީ އަޝަރުމެންގެ ގޭގައެވެ.އަހަންނާއި ދޮންތަވެސް ތައްޔާރުވުމަށް އެގެއަށް އައުމަށް ތުއްތަ ބުނެފައި އޮތުމުން އަހަރެމެންވެސް ތައްޔާރުވާން ދިޔައީ އެ ގެއަށެވެ.އަހަރެމެން ދިޔައިރު ވީޑިއޯގްރަފަރޒް އުޅެނީ ތުއްތަ ތައްޔާރުވާ މަންޒަރުތައް ވީޑިއޯ ކުރުމުގެ މަސައްކަތުގައެވެ.އަޝަރުގެ ދައްތަމެންވެސް އަތްގާތް ކޮށްދޭން ގާތުގައި އުޅެއެވެ.އަހަރެމެން ފެނުމުން އެ އެންމެންވެސް އަހަރެންމެންނާއި މުއާމަލާތް ކުރީ ވަރަށް ހިތްހެޔޮ ކަމާއި އެކުގައެވެ.މޭކަޕްކޮށްދޭން އުޅޭ ކުއްޖާ އަދި ވަކިން އަނގަ ގަދަހެން ހީވެއެވެ. އޭނާ އިނދެފައި ބުނެލާ މަޖާ އެއްޗެހިން އެތާ ތިބި ވީޑިއޯ ގްރަފަރުން ގާތަށް ވެސް ބައެއް ފަހަރު ހިނި އާދެއެވެ.

****

ތުއްތަ ތައްޔާރުކޮށް ނިމުމުން ވީޑިއޯ ގްރަފަރުން އެތަނުން ނުކުތެވެ.މޭކަޕް ކުރާ ކުއްޖާއާއި ހިޖާބް ސްޓައިލް ކޮށްދޭން އުޅޭ ކުއްޖާ ދެން ތިބި އެންމެން ތައްޔާރު ކުރުމަށް އަވަސްވެގަތެވެ.އެހެނަސް އިޝާ ނަމާދަށް ބަންގި ގޮވުމުން އެންމެންވެސް ނަމާދުކޮށްގެންނޭ ތައްޔާރުވާނީ ކިޔައި މަޑުކޮށްލިއެވެ.ތުއްތަވެސް ކައިވެނި ހެދުމުގައި ހުރެމެވެސް ނަމާދުކުރުމަށް އަވަސްވެގަތެވެ.

*****

ޚާއްސަ ހަފްލާއަކަށް ވާތީ ޓްރެޑިޝަނަލް މޫނު ބުރުގާގެ ބަދަލުގައި އަހަރެން އަޅަން ގަސްދުކުރީ ކަޅު ކުލައިގެ ޝޯލެކެވެ.އަހަރެން ހިޖާބް ކެޕް މަތިން މޫނު ފޮތިކޮޅު އައްސާފައި އަމިއްލައަށް ޝޯލް އަޅަން އުޅެން ފެށުމުން ހިޖާބް ސްޓައިލް ކޮށްދޭ ކުއްޖާ ވަރަށް ހިތްހެޔޮކަމާއިއެކު އޭނާގެ އަތަށް ދިނުމަށް އެދުނެވެ.އެވަގުތުވީ އޭނާ އަޝަރު ދޮންތަގެ ހިޖާބް ސްޓައިލް ކޮށްދީ ނިމުނު ވަގުތުކަމަށްވުމުން އޭނާވެސް ހުރީ ހުސްކޮށެވެ.ދެން ތިބި ކުދިން މޭކަޕްކޮށް ނުނިމޭތީ ބުރުގާ ސްޓައިލް ކުރަން ކައިރި ނުވެ ތިބީއެވެ.އެއް ބަޔަކު ބުރުގާ ސްޓައިލް ކުރީ އަމިއްލައަށެވެ.

****

އެކުއްޖާ އަހަންނާއި ގާތަށް ޖެހިލައިފައި ވަރަށް އަވަހަށް އަހަންނަށް ޝޯލް އަޅައިދީ ނިންމާލައިފިއެވެ.އަހަރެން އެކުއްޖާގެ މަސައްކަތަށް ތައުރީފުކޮށްލުމުން ވަރަށް ގިނައިން ނިގާބު އަޅާފައި ތިބޭ ކުދިންނަށް ބުރުގާ ސްޓައިލް ކޮށްދޭން ލިބުނު ކަމުގައި ބުނެލީ ހިނިތުންވެލައިގެން ހުރެއެވެ.

****

އެންމެން ތައްޔާރުވެގެން ނުކުތުމުން ފަހަރަކު ބަޔަކު ކާރުތަކުގައި ޕާޓީ އޮތް ތަން ކަމުގައިވާ ލޮނު ޒިޔާރަތް ޕާކަށް ދާން މިސްރާބު ޖަހައިފި އެވެ.

****

ހަނދުވަރުގެ އަލިކަން ގަދަ ރީތި ރެއެކެވެ.ލޮނު ޒިޔާރަތް ޕާކުގެ ’މާމެލާމެލި‘ ސަރަހައްދު ވަނީ ލެވެންޑަރ އަދި ހުދުކުލައިގެ ޕޭޕަރ ލެންޓާރން، ފެއަރީ ލައިޓު،އަދި މަސްނޫއީ ލެވެންޑަރ ގަސް މުށިތަކުން ޖަރީ ކުރެވިފައެވެ.ހުދު ފޮތި އަޅާފައިވާ މޭޒުތަކުގެ މެދުގައި ލެވެންޑަރ ކުލައިގެ އިތުރު ފޮތިގަނޑެއް އަޅާފައިވީއިރު މޭޒުތައް ފަޅު ފިލުވާލާފައިވަނީ ލެވެންޑަރ މަލުން ހަދާފައިވާ ސެންޓަރ ޕީސްތަކާއި މަސްނޫއީ އުއްބައްތި ތަކުންނެވެ.ގޮނޑިތައްވެސް ހުރީ ހުދު ފޮތި އަޅައި،ލެވެންޑަރ ކުލައިގެ އިތުރު ފޮތިގަނޑަކުން  ޓައީކަށް ވާނެހެން ފަހަތަށް ރީތި ގޮތަކަށް އައްސާ ލެވިފައެވެ.

****

ވަންނަ ދިމާލުގައި ’އަޝަރު ވެޑްސް މަހޫ‘ ޖަހާފައި އިން ވެލްކަމް ބޯޑެއް ބަހައްޓާފައި ހުއްޓެވެ. ދެމަފިރިން ތިބުމަށް ހަމަޖެހިފައި ހުރި ތަނުގައި ދިގު އަކަ ބައްޓަމަށް ހުރި ހުދުކުލައިގެ ބެކްޑްރޮޕް ވަނީ ލެވެންޑަރ އަދި ހުދު ކުލައިގެ ލޭސް ފޮއްޗާއި ފެއަރީ ލައިޓް ތަކުން ފަޅު ފިލުވާލެވިފައެވެ.ކާތަކެތި ބަހައްޓާފައި ހުރި މޭޒުތައް ދޮށުގައި ކޭޓަރަ ކުރާ ތަނުގެ މުވައްޒަފުން ތިބިއިރު، މެހެމާނުންގެ ޚިދުމަތުގައި ވޭޓަރުންވެސް ހަރަކާތްތެރިވަމުން ދިޔަ އެވެ.އެ އެންމެންވެސް ތިބީ އެމީހުންނަށް ޚާއްޞަ ކުރެވިފައިވާ ހެދުމުގައެވެ.

****

ތުއްތައާއި އަޝަރު ބެކްޑްރޮޕްގެ ކައިރީ ހުއްޓިލައިގެން ހުރިއިރު އެ ދެމަފިރިން ފެންނަލެއް ފުރިހަމަކަމުން އަހަންނަށް ހިތާ ހިތުން ތައުރީފްކޮށްލެވުނެވެ.ޚާއްސަކޮށް ތުއްތަ ލައިގެން ހުރި ކޭޕް ވެޑިން ޑްރެސް އަހަންނަށް ވަރަށް ކަމުދިޔައެވެ.ނިވާކަން ބޮޑުވެފައި ސާދާވީމައެވެ.

****

ޕާޓީ ފެށިގެން ކުރިއަށް ދިޔައިރު މުޙައްމަދު އަލް މުޤީތުގެ ’ވެޑިން ނަޝީދުގެ‘ އަޑު މަޑު މަޑުން އިވިލަ އިވިލާ ހުއްޓެވެ.މުޅި މާޙައުލަށް ދިރުން ލިބިފައިވީއިރު އެ އެންމެންގެ ތެރެއިންވެސް އަހަރެންގެ ދެލޯ އެދި ހޯދަމުން ދިޔައީ ހަމަ އެންމެ ސޫރައެކެވެ.ހައިދިން އަންނާނެ އިރަކަށް އަހަރެން އިނީ ކެތްމަދުވެފައެވެ.ދޮންތަވެސް އިހާން އައުން ލަސްވެގެން ކުދި ކިޔާލަ ކިޔާލަ އިނެވެ.

****

’އެ ދެ ތަތްގަނޑު އެކީގައި ކަންނޭނގެ އެ އަންނަނީ…އަޅެ އެކަމަކު ހާދަ ލަސްވަނީ…ޓްރެފިކްގަ ޖެހުނީ ތޯއްޗެއް…‘ ދޮންތަ އިނދެގެން ކިޔައެވެ.

****

ހައިދިންގެ އިންތިޒާރުގައި އިންދާ މީހަކު އައިސް އަހަރެންގެ ގައިގައި ހިފައިގަތުމުން ސިހިފައި އަހަންނަށް ތޫލި އަޑަކުން ހަޅޭއްލަވައިގަނެވުނެވެ.އެ އަޑަށް ވަށައިގެން ތިބި މީހުންތައް އަހަންނާ ދިމާލަށް ބަލައިލިއެވެ.ލަދުންވެސް އަހަރެން ހަލާކުވާވަރުވިއެވެ.

****

’ސާބާސް ދަރިޔާ…‘ ކީރާ ހެމުން ފަހަތުން ނުކުމެ އަހަރެންގެ ކުރިމައްޗަށް ވާގޮތަށް ހުއްޓިލަމުން ބުނެލިއެވެ.އޭރު އޭނާގެ އަތުކުރީގައި ހިފާލައިގެން  ލޫކްވެސް ހުއްޓެވެ.

’ހޫނ ކީރާ ދޯ؟ ކިރިޔާ އޭ ބިރުން ހަލާކު ނުވީ…ހާއި ލޫކް…‘ އަހަރެން ބުނެލީމެވެ.ލޫކްވެސް ހުރީ އަހަންނަށް ވީގޮތް ފެނި ހިނިއައިސްފައެވެ.

****

’އަނެއްކާ ކާކުގެ އިންތިޒާރުގައި އިންދާ މި ސިއްސުވާލެވުނީ…ލެޓް މީ ގެސް…ހައިދިން ދޯ؟‘ ކީރާ ދިމާކުރާ ރާގަކަށް އަހައިލިއެވެ.ވަގުތުން އަހަންނަށް ކުށްވެރިކަމުގެ އިހުސާސެއް ކުރެވިގެން ދިޔައެވެ.އަހަންްނަށް ކީރާ ގާތުގައި ހައިދިންއާއި ކައިވެނި ކުރަން އުޅޭ ވާހަކަ އަދި ނުބުނެވެއެވެ.ހަގީގަތުގައ ބުނަން ޖެހިލުންވެސްވީއެވެ.ކީރާ ހައިދިންއާއި ގަޔާވާކަން އެނގިހުރެ އެފަދަ ޚަބަރެއް އޭނާއަށް ދޭން އުނދަގޫވީއެވެ.ކީރާ އެހެން މީހަކާ ވާހަކަ ދެއްކިޔަސް އޭނާގެ އެ އިހުސާސްތަކަށް ފަސް އެޅި އޮބެން ވަގުތު ނަގާނެކަން އަހަންނަށް އެނގެއެވެ.އެހެނަސް ބުއްދިވެރި ގޮތަކީ އަވަހަށް ބުނުން ކަމުގައި އަހަރެންގެ ޟަމީރުވެސް އެއްބަސްވިއެވެ.އޭރުން ކީރާއަށްވެސް އެ ޚަބަރު ’ޕްރޮސެސް‘ ކުރަން ވަގުތު ލިބޭނެތީއެވެ.

****

’އައި ހޭވް ސަމްތިން ޓު ޓެލް ޔޫ…ބަޓް ފަސްޓް… ކީ ހާދަ ލޯތްބޭ ތި ހެދުމުގަ‘ އަހަރެން މާ ބޮޑަށް ވިސްނާލުމެއްނެތި ބުނެލީމެވެ.ހަގީގަތުގައިވެސް ކީރާ ވަރަށް ރީއްޗެވެ.އޭނާ ލައިގެން ހުރި ލެވެންޑަރ ކުލައިގެ ޕަފް ސްލީވްޑް، ލޭސް ފޮތީގެ މާމެއިޑް ހެދުން ގަޔަށް ހިފާލާފައި ހުރިއިރު އޭނާއާއި ވަރަށް ގުޅެއެވެ.އިސްތަށިގަނޑުވެސް އެއް ފަރާތަކަށް ދޫކޮށްލާފައި އޮތް އިރު ލެވެންޑަރ ކުލައިގެ މާގަނޑެއްލާފައި ހުރި ދައްޗަކުން ވަނީ ރީތި ގޮތަކަށް ހަރުކޮށްލާފައެވެ.ހުދު ކުލައިގެ ހައި ހީލްއެއްގައި ހުރިއިރު ހަމަ އެކުލައިގެ ކުޑަ ޕާހެއްވެސް އޭނާގެ އަތުގައި އޮތެވެ.ކީރާގެ ހެދުން އެޅުމަށް އައިސްފައިވާ ބަދަލުން އޭނާގެ ރީތިކަން އެތައް ގުނައެއް އިތުރު ވެފައިވާކަން އަހަންނަށް ފާހަގަ ކުރެވުނެވެ.

****

’ރިއަލީ؟! އަސްލު އަހަރެންވެސް ވާހަކައެއް ބުނަންވެގެންނޭ އެވަރަކުން މިހޫ މި ހޯދީ.އޯ ގޯޑް އަމް ސޯ އެކްސައިޓެޑް…ކެން އައި ގޯ ފަސްޓް…‘ ކީރާ  ވަރަށް ޖޯޝުގައި ބުނެލިއެވެ.އަހަރެން ބޯޖަހައިލީމެވެ.

****

’އައި މެޓް ސަމްވަން…ހަނދާން އެބަހުރިތަ ޔޫ ދޮންތަ ވެޑިންގަ ހެއްކަކަށް ހުރި ބްލޫ އައިޑް ގައި؟‘ ކީރާގެ ދެލޮލުގައި އުފާވެރިކަމުގެ ވިދުމެއް ވިއެވެ.

****

’ހޫނ…ނަން ހަނދާނެއް ނެތް އެކަމަކު…‘ ހައިދިން ބުނެފައި އޮތް ވާހަކައެއް އަހަރެންގެ ސިކުނޑީގައި ކޮށައިގަތެވެ.

****

’ވެލް…އިޓްސް ޒިވިކް…ދުވަސްކޮޅެއްވެއްޖެ މިހާރު ވާހަކަ ދައްކާތާ…ހީ އިޒް ސޯ ނައިސް…ވަރަށް ލޯބި ލޯބި ކުއްޖެއްވެސް ހުރޭ…އިނގޭތަ…ހީ ޕްރްޕޯޒްޑް ޓު މީ…ގެސް ވަޓް… އައި ސެއިޑް ޔެސްސްސް!‘ ކީރާ އަތް ހިއްލާލައި އޭނާގެ ކަށި އިނގިލީގައި އިން ޑައިމަންޑް އަނގޮޓި އަހަންނަށް ދައްކައިލިއެވެ. އަހަންނަށް ވަގުތުން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

****

’އޯނނ..އަމް ސޯ ހެޕީ ފޮރ ޔޫ….ވެލް…އަހަންނާ  ހައިދިންވެސް…މެރީ ކުރަން މިއުޅެނީ… ޖެނުއަރީގަ…‘ އަހަރެން ލަސް ލަހުން ބުނެލީމެވެ.ހީކުރި ގޮތާ ޚިލާފަށް ކީރާގެ ތުންފަތުގައި ކުޅެލަ ކުޅެލާ ހުރި ހިނިތުންވުން ވީ ފުނެވެ.ހީވީ އޭނާ އެދި އެދި ހުރި ކަމެއްގެ ވާހަކަ އަހަންނަށް ބުނެވުނުހެންނެވެ.

****

’ޔެސްސް! ފައިނަލީ….އަމް ސޯ ހެޕީ ފޮރ ޔޫ ބޭބް.‘ ކީރާ އަހަރެންގެ އަތުގައި ހިފައިލަމުން ބުނެލިއެވެ.ކީރާގެ އެ ޕޮޒިޓިވް ރިއެކްޝަން ފެނިފައި އަހަރެންގެ ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ.

****

މާ ގިނައިރެއްނުވެ އިހާންއާއި ހައިދިންވެސް އަތުވެއްޖެއެވެ.އޭދު އިހާން ލަސްވެގެން ދޮންތަ އިނީ ހަމަ ރަނގަޅަށްވެސް ތުން ދަމާފައެވެ. އިހާން އައިގޮތަށް ޖެހުނީ ދޮންތަ މަސަލަސް ކުރަން އުޅޭށެވެ.

****

ޒިވިކް އައުމުން ކީރާވެސް ލޫކް ގޮވައިގެން އޭނާއާއިއެކު ދުރަށް ޖެހިލިއެވެ.އޭރު އަހަންނާ ދިމާލަށް ބަލަހައްޓައިގެން ވަރަށް ހެވިފައި ހައިދިން ހުއްޓެވެ.

****

’މާޝާ الله! މަގޭ މިހޫ ލޯބިކަން.ފެއިންޓްނުވީ ހަމަ ކިރިޔާ.‘ ހައިދިން  އެ އެންމެންގެ ތެރެއިން ލާފައި އައިސް ވަރަށް ނޫންކަމަށް އަހަންނާއި ކައިރިއަށް ޖެހިލާފައި މީހަކަށް ފާހަގަ ނުވާނޭހެން އަހަރެންގެ ކަންފަތް ބުޑުގައި މަޑުމަޑުން ބުނެލިއެވެ.ދެވަނަ  ސިކުންތު އޭނާ އަހަންނާއި ދުރަށް ޖެހިލައިފިއެވެ.އޭނާގެ އެ ތައުރީފުގެ ބަސްތައް އިވިފައި އަހަރެންގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ.

 

(ނުނިމޭ)

 

 

 

 

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Lamtty
Follow Me Written By

Lamtty

Level 810 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

ލޯބި-9

Next

ހިތް އެދޭހާ ކަމެއް.. (12 ވަނަބައި)

Next
December 11, 2025

ހިތް އެދޭހާ ކަމެއް.. (12 ވަނަބައި)

Previews
December 11, 2025

ލޯބި-9

2 Comments!

  1. Shaba_73 says:
    December 11, 2025 at 1:55 pm

    Masha Allah finally mahoo ge wedding vx kurevihje dhw
    Zivik aa keeraa aa vx vrh Loabi haidhin and mihoo too! 😍
    Curiously waiting for the next part when’s next??

    1. Lamtty Lamtty says:
      December 13, 2025 at 12:06 am

      Thank you girl ❤️
      It’s in progress in Sha Allah tomorrow submit kohlaanan 😊

Comments are closed.

Next Episodeމާސްކު (ޕާޓް 32)←


All Right Reserved!