Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމައުފެއްދުންތެރި ލިޔުންލޯބި

މާސްކު (ޕާޓް 24)

Lamtty
Lamtty Level 810 Stories100 Login100 Comments500 Login100 Stories
October 21, 2025 5 Mins Read
6 Comments

’ޑިޑް ޔޫ ޖަސްޓް ސްކްރީމް؟‘ ދެން ހައިދިން ފޮނުވާލި މެސެޖު ފެނި އަހަންނަށް ދެލޯ ބޮޑުކޮށްލެވުނެވެ.

****

މިފަދަ ގޮތަކަށް ބޭޒާރު ވެދާނޭ އަހަންނަަށް ހީކުރެވޭނީވެސް ކިހިނެއް ހެއްޔެވެ؟ގަޑިން ވީވަރެއް ބަލާލަންވެސް ރެއަކާލީ ދެނެވެ.ހަތަރުގަޑި ސާޅީސް ފަހެއް ހިނގައިފިއެވެ.އެއީ އާންމުކޮށް އިހާންއާއި ހައިދިން އައިސް އުޅޭ ގަޑިއެވެ.

****

’ވަޓް؟ ޔޫ މި ގޭގަތަ؟!‘ އަހަރެން ރިޕްލައި ފޮނުވާލިއިރު ފިނިވެގެން ގޮސް ދެއަތްތިލަ ތުރު ތުރު އަޅައެވެ.

’ހެހެ..ޔެސް…ނުކުމެބަ.އައި ވޮނަ ސީ ޔޫ ނައު…‘ހައިދިން އެއްލޯ މަރާލާފައި އިންނަ އިމޯޖީ ފަހަތަށް ލާފައި ފޮނުވާލި ޖަވާބު ފެނިފައި އަހަރެންގެ ދެކޮލަށް ހޫނު ވެގެން ދިޔައެވެ.

****

’މިހޫ މިހޫ…އާޔޫ އޯކޭ؟!ކިހިނެއްވީ މާ ބާރަކަށް ތި  ހަޅޭއްލަވައިގަތީ…؟‘ޓަކިވެސް ނުޖަހާ ތުއްތަ އައި ގޮތަށް އައިސް އަހަރެންގެ ކޮޓަރީގެ ދޮރު ހުޅުވާލިއިރު އޭނާ ހުރީ އަހަންނަށް ކަމެއް ވިއްޔޭ ހިތާ ވަރަށް ހާސްވެފައެވެ.

****

’ކަމެއް ނުވޭ…ދިރޭ އެއްޗެއްހެން ހީވަނީ..‘ އަހަރެން އަވަސް އަވަހަށް ބުނެލީމެވެ.ނަސީބަކުން ތުއްތަ އިތުރު ސުވާލެއް ނުކޮށް ދޮރު ލައްޕާލިއެވެ.

****

އަހަރެން ކުޑަކޮށް ތައްޔާރު ވެލައިގެން ސިޓިން ރޫމަށް ނުކުތްއިރު ފިނިވެގެން ގޮސް ދެއަތް ދެއަތާއި މޮޑެވެން ފަށައިފިއެވެ. ފުރަތަމަވެސް އަހަރެންގެ ލޮލުގައި އަޅައިގަތީ ސިޓިން ރޫމްގައި ހުންނަ މަސް ޓޭންކް ކައިރީގައި ގަދަ ޗޮކުލެޓު ކުލައިގެ އަތްދިގު ގޮޅި ޖެހި ގަމީހެއްގައި ފުރަގަސް ދީގެން ފޯނާއި ކުޅެން ހުރި މީހާއެވެ.އަހަރެން ލައި ލައި ހުރި ނޭވާވެސް ހީވީ ނޭވާ ހޮޅީގައި ތާށިވިހެންނެވެ.ހުރި ފިޔަވަޅު މައްޗަށް އަހަރެން ގަނޑުވިއެވެ.އަހަންނަށް ވީ ގޮތް ފެނިފައި ދެން ތިބި ތިން މީހުން ކިހިނެއް ވީ ހޭ އަހަން ފެށުމުން އަހަންނަށް ޖެހިލެވުނީ ފަހަތަށެވެ.އެމީހުން އަހަންނާއި ވާހަކަ ދެއްކި އަޑަށް މަސް ޓޭންކު ކައިރީގައި ހުރި މީހާ މަގަތަށް އެނބުރިލިއެވެ.އެމީހަކީ ހައިދިންކަން އެނގުނު ހިނދުވެސް އަހަރެންގެ ހިތަކަށް އެއްވެސް ހަމަޖެހުމެއް ނުލިބުނެވެ.ހިނދުކޮޅަކަށް ނަމަވެސް ކުރިމަތީގައި އެ ހުރީ އާރިންއޭ އަހަންނަށް ހީވީއެވެ.އެ ކުލައިގެ ހަމަ އެކަހަލަ ގަމީހެއް އާރިންވެސް ވަރަށް ގިނައިން ލައި އުޅުނެވެ.ހައިދިން ހަމަ އޭގެ ގަމީހެއް ލާފައި ހުރިތަން ފެނުމުން އަހަރެންގެ ޓްރޯމަޓައިޒް ވެފައިވާ ހިތް ވިސްނައިދިނީ އާރިން އަނެއްކާވެސް އަހަންނަށް އަނިޔާކުރަން އައިސް ހުރީ ކަމުގައެވެ.

****

ބިރެއް ފެނިގެން ދުއްވައިގަތް ފަދަ ގޮތަކަށް ބާރަކަށް ދުވެފައި ގޮސް އަހަންނަށް ކޮޓަރިއަށް ވަދެ ބަން ލާފައި ދޮރު ޖެހުނެވެ.އަހަރެންގެ އެ އަމަލުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ދޮންތަމެނަށް ވިސްނިގެން އެމީހުން އައިސް އަހަންނަށް ގޮވައި، ކޮޓަރީގެ ދޮރުގައި ތަކުރާރުކޮށް ޓަކިދޭން ފެށިއެވެ.އަހަރެން ޖަވާބެއް ނުދިނީމާ ދޮރުގެ ތަޅުގައި ހިފައިލި އަޑު އިވުނެވެ.ދޮރު ތަޅު ނުލެވި ހުރީ އެއީ ހަމަ އަހަރެންގެ ނަސީބު ކަންނޭނގެެއެވެ.އޭރު މީހަކާއި ކުރިމަތިލެވޭ ވަރަށް ވުރެ އަހަރެންގެ ހާލަތުވަނީ ބޮޑުވެފައެވެ.ދެފަރާތުން އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލައި ދެލޯ ތަގުޅިކޮށްލައިގެން އަހަރެން ދެފަރާތަށް ހިނގަމުން ދިޔައިރު މުޅި މީހާ ދާ ހިލި ފޯވަމުން ދިޔައެވެ.ނޭވާވެސް ލެވެމުން ދިޔައީ ނިކަން އަވަސް އަވަހަށެވެ.އާއެކެވެ.ހައިދިން އާރިންގެ ގޮތުގައި ސިފަ ވުމުން އަހަރެންގެ މުޅި ހަށިގަނޑުވެސް އެލާޓަށް އައީއެވެ.ޕެނިކް އެޓޭކެއް ޖެހުނީއެވެ.ދޮންތައާއި ތުއްތަ އައިސް އަހަރެން ހަމައަކަށް އަޅުވަން މަސައްކަތް ކުރި ނަމަވެސް އަހަރެން އެކަށް ހަމައަކަށް އަޅެން ވަގުތުކޮޅެއް ނެގިއެވެ.

****

’އަސްލު ކިހިނެއްތަ ވީ؟ ‘ އަހަރެން ހަމައަކަށް އެޅުމުން އެ ދެމީހުން ސުވާލު ކުރިއެވެ.ބުނަން ނުބުނަން އިނދެފައިވެސް އެމީހުން ސުވާލު ކުރާ ވަރުން އަހަރެން ތެދު ތެދަށް ވީ ގޮތް ކިޔައިދިނީމެވެ.އެވާހަކަ އަޑުއަހާފައި އަހަރެންގެ ހާލަތާއި މެދު އެ ދެމީހުން ކަންބޮޑުވުން ފާޅުކުރަން ފެށިއެވެ.

****

’މިހޫ ހެޔޮނުވާނެ ގޮތް ދޫކޮށްފައި ހިނގާބަލަ ޑޮކްޓަރަށް ދައްކަން.ޔޫ ނީޑް ޕްރޮފެޝަނަލް ހެލްޕް މިހާރު…ކިހާ ވަރަކަށް ކިޔުނު މިހޫ ކައިރީގައި ހިނގާށޭ…އެކަމަކު ހަމަ މިހޫވެސް ނެތް ގޮތް ދޫކޮށްގެން ވާކަށް.. އެނގޭ މިހޫ ހިތްވަރު ކުރާކަންވެސް…އެކަމަކު ހައިދިން ލައިގެން ހުރި ގަމީސް ފެނިގެން މީހާއަށް ޕެނިކް އެޓޭކް ޖެހުނީމަ…މިހޫ ތި އިން ހާލަތު ވިސްނަބަލަ…އިޓްސް ނޮޓް ގުޑް ފޯރ ޔޫ އޯރ ދި ބޭބީ…‘ ދޮންތަ ކުޑަކޮށް ހިތްހަމަ ނުޖެހިފައި ބުނެލިއެވެ.

****

އަހަންނަށް ދޮންތަ ދެއްކި ވާހަކަތަކާއި މެދު ފުންކޮށް ވިސްނާލެވުނެވެ.ތެދެކެވެ.އެ އިހުސާސްތަކަކަށް ފިލަން އަހަރެން ރެއާއި ދުވާލު މި މަސައްކަތް ކުރަމުންދާ އިހުސާސްތައް އަބަދުވެސް ކޮންމެވެސް ސިފައެއްގައި އައިސް އެބަ އަހަންނަށް އުނދަގޫ ކުރެއެވެ.އެހެނަސް އަދިވެސް އަހަންނަކަށް އެ އިހުސާސްތަކާއި ކުރިމަތިލާނެ ގޮތެއް ނޭނގެއެވެ.ކުދި ކުދި ކަންތައްތަކުން ނުވަތަ އެއްޗަކުންވެސް އަހަންނަަށް އެބަ އެހަނދާންތައް އާކޮށްދެއެވެ.އެކަންކަމާއި ކުރިމަތިލާނޭ ގޮތްތައް އަހަންނަށް ރަނގަޅަށް ދަސްވާނީ ކަމާ ބެހޭ މާހިރުންގެ ފަރާތުން އެހީތެރިކަން ހޯދައިގެން ކަމަށް އަހަަންނަށްވެސް ގަބޫލު ކުރެވުނެވެ.

****

ދޮންތަމެން ދިޔުމުން ފަހުން ދެން އަހަރެން ކޮޓަރިއަކުން ނުނިކުންނަމެވެ.ފޯނު ބަލައިލިއިރު ހައިދިންގެ ދިހަވަރަކަށް މިސް ކޯލާއި ވިއްސަކަށް މެސެޖް ލިބިފައި އޮތެވެ.އޭނާ އަހަންނާއި ދޭތެރޭ ކަންބޮޑުވީ ވަރު ފެނިފައި އަހަންނަށް ކުރެވުނީ މަސްހުނި އިހުސާސްތަކެކެވެ.

****

އަހަރެން ވަަރަށް އިރު ހައިދިންއާއި ދޭތެރޭ ވިސްނަން އޮތީމެވެ.ކަންތައްތައް ބަދަލުވަނީ ލޮލު ފިޔަ ޖަހާލާހާ އަވަހަށޭ އަހަރެންގެ ހިތަށް އެރިއެވެ.މިއަދު ހައިދިން ބުނި ބަސްތަކުން ލިބުނު ހިތްހަމަ ޖެހުން މަދު މިނެޓް ކޮޅެއްގެ ތެރޭގައި އަހަރެންގެ އަތުން ނިގުޅައިގަތީ އަހަރެންގެ ސިކުނޑި ކަމުން ގެންދާ އެ އަނިޔާވެރިޔާގެ ކަޅު ހަނދާންތަކެވެ.އަހަރެން އެންމެ ފަހުގެ ނިންމުން ނިންމީމެވެ.އެއީ ހައިދިންއަށްވެސް އަދި އަހަންނަށްވެސް އެންމެ ރަނގަޅުވާނޭ ގޮތްކަމުގައި އެތައް ގޮތަކުން އަހަރެންގެ އަމިއްލަ ނަފްސަށް ވިސްނައިދިނީމެވެ.

****

ހައިދިން ހަގީގަތުގައިވެސް އަހަރެން ދެކެ ވަރަށް ލޯބިވާކަން މިހާރު އަހަންނަށް އެނގެއެވެ.އެކަން ބަހާއި އަމަލުން އޭނާ އެބަ ސާބިތުކޮށްދޭ މެއެވެ.އެހެނަސް އަހަރެން ކަހަލަ މީހަކާ އިނދެ ބާވެފައި ހުރި އަންހެނަކާ ހައިދިން ފަދަ ޒުވާނަކާއި އެކަށީގެންވާނީވެސް ކިހިނަކުން ހެއްޔެވެ؟އަހަރެން ކަހަލަ އަމިއްލަ ނަފްސާއި ދޭތެރޭ އެއްވެސް ކަހަލަ ޔަގީންކަމެއް ނެތް މީހަކު ހައިދިން ފަދަ ހަރުދަނާ މީހެއްގެ އަގުހުރި ވަގުތުތައް ބޭކާރު ކޮށްލުމަކީ އަދި އެންމެ ރަނގަޅު ގޮތަކަށް ނުވާނެއެވެ.ދާނުގެ ގުޅުން މިހާރު ނެތެއް ކަމަކު އަދި އަހަރެން މި އިނީ އާރިންގެ އަނތްބެއްގެ ގޮތުގައެވެ.އެކަންވެސް އަހަރެން ހަނދާން ނައްތާލައިގެން ނުވާނެއެވެ.އަނެއްކޮޅުން އަހަރެންގެ ބަނޑުގައި މިވަނީ ހަމަ އާރިންގެވެސް ލެޔެވެ.އެހެން މީހެއްގެ ދަރިއަކާއި އެކުގައި އަހަރެން ބަލައިގަންނަހާ ބޮޑު ހިތެއްގެ ވެރިއަކަށް ހައިދިން ނުވުމަކީވެސް ހަމަ އެކަށީގެންވާ ކަމެކެވެ.އޭނާއަށް އާނ ބަސް ބުނަން ހިތުލައިގެން އަހަރެން އޭނައަށް ހުރިހާ ވާހަކަތަކެއް ކިޔައިދޭ ފަހުން ދެން އޭނާ އަހަރެން ބޭނުން ނުވެއްޖެއްޔާ އެކަންވެސް ވާނީ ހަމަ އަހަންނަށް ލިބޭނޭ އިތުރު ހިތާމައަކަށެވެ.އެ ހުރިހާ ކަމަކާ ކުރިމަތިލެވޭނޭފަދަ ހިތްވަރެއް މިހާރަކު އަހަރެންގެ ގަޔަކު ނެތެވެ.އެއް ފަހަރަކު ހެޔޮ ކަމެއް ކޮށްދީފައި އޮތަސް މި ޒަމާނުގައި ފިރިހެނަކަށް އިތުބާރު ކުރަން ނުވާނެ ކަމުގައި ތަކުރާރުކޮށް އަހަރެންގެ ހިތް ބުނަމުން ދިޔަ އެވެ.އާރިންވެސް އަހަންނަށް އަނިޔާކުރީ ހަމަ އަހަރެންގެ ގައިގައި ލޯބިން ފިރުމި ދެއަތުންނެވެ.

****

ވާހާކަ ދައްކަން ބޭނުން ކަމަށް ބުނެ އަހަރެން ހައިދިންއަށް މެސެޖެއް ކޮށްލީމެވެ.އޭނާހީވީ އަހަރެން މެސެޖް ނުކޮށްގެން ހުރި ހެންނެވެެ.ވަގުތުން އަހަރެންގެ ހާލު ކިހިނެއްތޯ ރަނގަޅުތޯ އަހަން ފެށިއެވެ.

****

’ހައިދިން… އަހަންނަަށް ރަނގަޅީ ހައިދިން އަހަންނަށް އިންތިޒާރު ނުކުރިއްޔާ… އަހަރެމެން މިގޮތަށް ވާހަކަ ނުދެއްކުން ރަނގަޅުވާނީ‘ ތަފްސީލެއް ނުދީ އަހަރެން ބުނެލީ ހަމައެކަނި އެހެންނެވެ.ހައިދިން ހާސްވިކަން އޭނާ އެ ފުލު ފުލުގައި މެސެޖް ކުރަން ފެށުމުން އަހަންނަށް އެނގުނެވެ.

****

’މިހްރާ…ކީއްވެ ތިހެން ތިބުނީ؟ކީކޭ ތި ކިޔަނީ މިހާރު؟…ކެން އައި ކޯލް ޔޫ ޕްލީޒް…‘ ހައިދިން ބުނެލިއެވެ.އަހަރެން މެސެޖް ޓައިޕް ކޮށް ކޮށް އިންދާ އޭނާ ގުޅަން ފަށައިފިއެވެ.ފުން ނޭވާއެއް ދޫކޮށްލައިފައި އަހަރެން ފޯނު ނަގައި ކަންފަތުގައި ޖައްސައިލީ އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުންނެވެ.

****

’މިހޫ… އާރ ޔޫ ނޮޓް ގެޓިން އަ ޑިވޯސް؟! ހައިދިން ފުރަތަމަވެސް އަހައިލީ އެހެންނެވެ.

’ޔެސް އައި އޭމް…‘ އަހަރެން ދިނީ ކުރު ޖަވާބެކެވެ.އަހަރެން ނިންމި ގޮތް ހައިދިންއަށް އޮޅުން ފިލުވައިދޭކަށް ހީކުރިހާ ފަސޭހައެއް ނުވިއެވެ.

****

’އަހަންނަށް އެނގެޔޭ މިހޫ ޓައިމް ބޭނުންވާނެކަން…ޓޭކް ޔޯރ ޓައިމް… އަހަރެން މިހޫ އަންނަންދެން ހުންނާނަމޭ…ހާސް ނުވެބަލަ…މި ހިތުން ތި ނޫން ކުއްޖަކަށް ނޫނީ ޖާގައެއް ނެތޭ…‘ ހައިދިން ބުނެލި އެވެ.

****

’ނޯ ހައިދިން…ވިސްނަބަލަ…ޔޫ ޑިޒާވް މަޗް ބެޓަރ.. އަހަރެން މީ އަޅެ ކާކުތަ؟ މީހަކާ އިނދެ ބާވެފައި ހުރި މީހެއް…އަމް ނޮޓް ރެޑީ ފޮރ އެނަދަރ މެރިޖް…އައި ޑޯންޓް ތިންކް އަލް އެވަރ ބީ އެގެން… އަހަންނަށްޓަކައޭ ކިޔާފައި ހައިދިންގެ ޒުވާން އުމުރު ނަގާ ނުލާ…އާދޭސްކޮށްފައި މިބުނީ…އަހަރެން ބޭނުމެއް ނޫން ހައިދިން އަހަންނަށް ވެއިޓް ކުރާކަށް…އިފް ޔޫ ލަވް މީ ޕްލީޒް މޫވް އޮން…ހައިދިންއަށް މާ ރަނގަޅު ކުދިން ވާނެ‘ އަހަރެންގެ އަޑު ކުރެހުނެވެ.ކިތަންމެ ހިތްވަރު ކޮށްގެން އިން ނަމަވެސް ކަރުނަތައް އޭގެ މަގާމު ދޫކޮށް އަހަރެންގެ ދެ ކޯތާފަތުގައި ބީހެން ފެށިއެވެ.

****

’މިހްރާ… ކީކޭތަ ތި ކިޔަނީ؟ތިއޭ އަހަރެން ބޭނުންވާ މީހަކީ…ކިއްވެތަ އެކަން ގަބޫލު ނުކުރަނީ؟މިހްރާ މީހަކާ އިނދެފައި ހުރި ކުއްޖަކަށް ވުމަކީ އެއީ އަޅެ މައްސަލައެއްތަ؟ ގައިމުންވެސް އަހަންނަށް އެއްވެސް މައްސަލައެއް ނޫން. ތިގޮތަށް މިހޫ ވިސްނިކަން އެނގުނީމަ އަހަރެން ވަރަށް ވަރަށް ދެރަވެެއްޖެ…ތީ ބާ މީހެކޭ ނުބުނެބަލަ ޕްލީޒް..ކުރިން ކައިވެންޏެއް ކޮށްފައި ހުރުމަކީ އެއީ ބާވުމެއް ނޫނޭ.ތި ބޯދާ ވިސްނުން ދޫކޮށްލަބަލަ.‘ ހައިދިންއަށް ހުރީ ވަރަށް އަސަރުކޮށްފައިކަން އޭނާގެ އަޑުން ދޭހަވެއެވެ.

****

’ހައިދިން…އަހަރެން ބަނޑުބޮޑޭ…‘ އަހަރެން ފުން ނޭވާއެއް ދޫކޮށްލައިފައި ބުނެލީމެވެ.ސިކުންތަކަށް ހައިދިންވެސް ހިމޭން ވިއެވެ.އެހެނަސް ދެން އޭނާ ބުނެލި އެއްޗަކުން ބަސް ހުއްޓުނީ ޚުދު އަހަންނެވެ.

****

’އައިނޯ…ކޮންގްރާ މައި ލަވް…މިހޫ ހީކުރީތަ ތި ވާހަކަ ބުނީމަ އަހަރެން މިހޫއާ ދޭތެރޭ ދެކޭ ގޮތަށް އެެއްވެސް ބަދަލެއް އަންނާނޭ؟…ޖަވާބަކީ ނޯ…އަހަރެން ތި ދެމީހުންވެސް ބޭނުން… އަހަރެންގެ ފަރާތުން ތި ދެމީހުންނަށް ދެވޭނެ އެންމެ މަތީ ދަރަޖައަކަށް ލޯބިވެސް ދޭނަން…އައި ލަވް ހިމް/ ހާރ އޯލްރެޑީ…‘ ހައިދިން ހަމަ ޖެހިލާފައި ޖަވާބު ދިން ގޮތުން އަހަންނަށް އޭނާއަށް އެކަން އޮތީ ކުރިން ވެސް އެނގިފައިކަން ނަގައިގަނެވުނެވެ.

****

’ކާކު ބުނީ؟‘ އަޑަށް ބާރުލާފައި އަހަރެން އަހައިލީމެވެ.

’އަޅެ އަހަރެންނެއްނު މި ބުނީ….‘ ހައިދިންއަށް ގެޓުވީ ކަމަކަށް ނުހެދިއެެވެ.އެކަމަކު އޭނާ ގާތުގައި އަނގަ ކަހައިގަނެގެން އެވާހަކަ މީހަކު ބުނެފިކަން އަހަންނަށް ޔަގީންވިއެވެ.

****

’މިހޫއަށް ހީވީ ދޯ މިހޫ ޕްރެގްވީމަ އަހަރެން މިހޫ ބޭނުން ނުވެދާނޭ…އަޅެ އެކަކަށްވެސް އެމީހަކު ފޯލް ވާނޭ މީހެއް އާނ ތިމަންނާ ފޯލް ވާނީ ހަމަ ސީދާ މި މީހާއަށޭ ކިޔާފައި ޗޫޒް ކުރެވޭތަ؟ނޫނެއްނު.މީހެއްގެ އަނތްބަކަށް ފޯލް ވެވުނުއިރު ގައިމު އަހަންނަކަށް އެކަމެއް ނުހުއްޓުވުނު…‘މާޔޫސްވެފައި ހައިދިން ބުނެލިއެވެެ.

****

’ހައިދިން… ހައިދިން އަހަރެން ދެކެ ތި ލޯބިވާ ވަރަށް އަހަންނަަށް ހައިދިން ދެކެ ލޯބި ނުވެވިއްޖެއްޔާ އެއީ ހަމަ ހައިދިންއަށް ލިބޭ ދެރައެއް ނޫންތަ؟ ހައިދިން ވަކި ދެރައެއްވެސް ނުވާނެތަ…ވަން ސައިޑެޑް ރިލޭޝަންޝިޕްސް ވޯކްއައުޓެއް ނުކުރާނެ.އަހަރެން މީ އޭގެ ހެއްކެއް…‘ހައިދިންގެ އެ ވިސްނުން ބަދަލު ކުރެވޭތޯ އަހަރެން ވަރަށް މަސައްކަތް ކުރީމެވެ.އެހެނަސް އޭނާ ހީވަނީ އަހަރެން ލައްވާ އާނ ބަސް ބުނުވާފައި ނޫނީ ހުއްޓާނުލާން އަތުކުރި އޮޅާލައިގެން ހުރި ހެންނެވެ.

 

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Lamtty
Follow Me Written By

Lamtty

Level 810 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

ބޮލި

Next

ހިތަކުން ނުދާނޭ ފިލާ 9

Next
October 21, 2025

ހިތަކުން ނުދާނޭ ފިލާ 9

Previews
October 21, 2025

ބޮލި

6 Comments!

  1. Eelam.. says:
    October 23, 2025 at 9:53 am

    Lamtty broo vhk vrh reethi 🥹🤌🏻 ❤️ lysm tc 🤝

    1. Lamtty Lamtty says:
      October 27, 2025 at 8:02 pm

      Thank you Eelam!
      Glad you liked it ❤️
      Ly

  2. Errr says:
    October 23, 2025 at 6:53 pm

    When next ?

    1. Lamtty Lamtty says:
      October 27, 2025 at 8:01 pm

      Submitted now 😊

  3. Kujja says:
    October 25, 2025 at 7:45 am

    Story is soo goood.. cant wait for next😭

    1. Lamtty Lamtty says:
      October 27, 2025 at 8:01 pm

      Thank you Kujja ❤️
      Submitted now

Comments are closed.

Next Episodeމާސްކު (ޕާޓް 25)←


All Right Reserved!