Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމައުފެއްދުންތެރި ލިޔުންލޯބި

މާސްކު (ޕާޓް 23)

Lamtty
Lamtty Level 810 Stories100 Login100 Comments500 Login100 Stories
October 16, 2025 5 Mins Read
4 Comments

’ކޮބާ ކީކޭ ބުނީ އެމީހުން؟‘ މަންމަ އަހައިލިއެވެ.އަހަރެން އެއްވެސް އެއްޗެއް ސިއްރު ނުކޮށް އާރިންގެ މަންމަ ހަމަ ބުނި ގޮތަށް ހުރިހާ ވާހަކަތަކެއްވެސް ކިޔައިދިނީމެވެ.

****

’އަޅެ ހާދަ ރަހުމެއް ނެތް މީހެކޭ ދޯ… ދަރިފުޅު ބަނޑުބޮޑުވި ވާހަކަ ބުނީމަ އެހެރީވިއްޔަ ކިޔާލިހާ އެއްޗެހި…އެއީވެސް އެކަމަކު މައެއް ވިއްޔަ ހަމަ ދޯ…އެވަރުގެ އެއްޗެއް ބުނެލިއިރު ހަމަ ހިތަށް އެކައްޗެކޭވެސް ނޭރިބާއޭ ހިތަށް އަރާ…އަޅެ ހެޔޮނުވާނެ ދޯ ދަރިފުޅުގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވާކަށް…މަންމަ ވަރަށް ވަރަށް ދެރަވެއްޖެ ދަރިފުޅާ ދޭތެރޭ ތިގޮތަށް ކަންތައްވީމަ…އަޅެ އެކަމަކު ބައްޕަ ނެތް ކުއްޖަކަށް ވިއްޔަ އެ ހަދާލީ…‘ ވަރަށް ދެރަވެ މާޔޫސްވެފައި މަންމަ ބުނެލިއެވެ.

****

’ދެރަނުވޭ މަންމާ…އެކަން އެގޮތަށް އެވީވެސް ރަނގަޅަކަށް ކަންނޭނގެ…މިހޫ ދެން އިތުރަކަށް ގުޅާނެ ކަމެއްވެސް ނެތް…ތިކަން ތި ނިމުނީ.އެހެން ނޫނަސް އެކަހަލަ އާއިލާއަކާ ގުޅުން އޮވެގެން ތި ކުއްޖާ ބޮޑުވާން ވެއްޖިއްޔާ އެކަމުގެ ނޭދެވޭ އަސަރު ތިކުއްޖާއަށްވެސް ކުރާނެ…އާނ އެހެންޏާ އެމީހުންގެ ވައްޓަފާޅިއަށްވެސް އެކުއްޖާ ހޭނުވޭތޯ އެމީހުން ބަލާނެ ދޯ އޭރުން.އަޅެ ދޮގެއްތަ ބައްޕާ؟‘ ދޮންތަ ބުނެލިއެވެ.ބައްޕަ ނިތަށް ރޫ ގިނަކޮށްލި ގޮތުން ހީވީ އެކަމާ ދޭތެރޭ ވަރަށް ފުންކޮށް ވިސްނައިލިހެންނެވެ.

****

އާރިންގެ އާއިލާ ކަންތައް ކުރި ގޮތުން ހިތްހަމަ ނުޖެހިގެން އެކަމާ އެންމެންވެސް ވަރަށް ބަހުސްކޮށްލިއެވެ.އެކަން ސީދާ އާރިންއަށް އެނގޭ ހިސާބުން އޭނާ ވަކި އެ ދަރިއާއި ހަވާލުވާނެބާއޭ  ހިތަށް އެރުމުން އަހަރެން ނިކަން ޖަޒުބާތީވެ ރޮވޭގޮތްވިއެވެ.އެވެސް ބަނޑުބޮޑުވީމާ ވާ ގޮތެއް ކަންނޭނގެއެވެ.މިފަހުން ކިރިޔާ ކަމެއްވާއިރަށް އަހަންނަށް އެކަންކަމާ އަސަރުކޮށް ރޮވެނީ އާދައިގެ އިރަށްވުރެ މާ ބޮޑަށެވެ.

****

އާ ފޯނެއް ގަތުމުގެ ބަދަލުގައި އަހަރެން އުޅުނީ ބައްޕަ ކުރިން ގެންގުޅިފައި އޮތް ފޯނަކަށް ސިމެއް ލައްވައިގެންނެވެ.އަހަރެން އެ ފޯނުން ޓިކްޓޮކާއި ފޭސްބުކް ފަދަ ސޯޝަލް މީޑިޔާތައް ބޭނުން ކުރަން ފެށީމެވެ.ބައެއްފަހަރު އޭގެން ފެންނަ އޭއައި ޖެނެރޭޓެޑް، ކުރު، ބުޅާ ޑުރާމާތައް ބަލާފައިވެސް އަހަންނަށް އެބަ ގިސްލަ ގިސްލާފައި ރޮވެއެވެ.

****

އަހަންނަށް އެޕޮއިންޓްމަންޓް ލިބުނީ ޖެހިގެން އައި ދުވަހުގެ ހަވީރަށެވެ.އެކުގައި ދިޔައީ ދޮންތައެވެ.އެކަމުގައި އެންމެ ތަޖުރިބާކާރު މީހަކީ އޭނާކަމަށް ވާތީއެވެ.ގޭ މީހަކު ބަލިވެއްޖިއްޔާ އަމިއްލައަށް ފެނިގެން އަބަދުވެސް އެމީހަކާއި އެކުގައި ޑޮކްޓަރަށް ދައްކަން ދާނީ އޭނާއެވެ.

****

ޑޮކްޓަރަށް ދެއްކުމުން ލޭގެ ޓެސްޓަކާއި އަލްޓްރާ ސައުންޑް ސްކޭނެއްވެސް ޑޮކްޓަރ ހެއްދުވިއެވެ.އޭރު އަހަރެންގެ ބަނޑަށްވީ އަދި އަންމެ ފަސް ހަފްތާއެެވެ.ބަލިވެ އިނުމުގެވެެސް އެންމެ ނާޒުކު މަރުޙަލާއެވެ.އެހެންކަމުން އަހަރެން ނިންމީ އެ ޚަބަރު ހަމައެކަނި އަހަރެންގެ އާއިލާއަށް އަންގާފައި ބާއްވާށެވެ.ދޮންތައާއި ތުއްތަވެސް އިހާންއާއި ހައިދިން އަދި އަޝަރުއަށްވެސް އެކަން ސިއްރުކުރިއެވެ.ކީރާއަށްވެސް އަދި ދެބެންގެ ދެދަރި ކުދިންކޮޅަށްވެސް އެ ޚަބަރު ދޭން އަހަރެން ނިންމީ އަދި ތަންކޮޅެއް ފަހުންނެވެ.

****

ގެއަށް އާދެވުނުއިރު ވަރުބަލިވެގެން ގޮސް އަހަރެން ހުރީ ތަނެއްގައި ފޫ ޖައްސައިލަން ބޭނުންވެފައެވެ.މަންމަ ކާން އަންނާށޭ ކިޔައި ގޮވުމުން ކާންވެސް ނޫޅި އަހަރެން ދިޔަ ގޮތަށް ގޮސް ވަނީ ކޮޓަރިއަށެވެ. އެއްޗެހި ބަދަލުކޮށް، ފާޚާނާކޮށްލައި ހަދައިގެން ނުކުމެ އެނދުގައި ފޫ ޖައްސައިލެވުނުހެނެއް ހިޔެއްނުވެ އިސާހިތަކު އަހަރެންގެ ދެލޮލަށް ނިދި ސަވާރުވެއްޖެއެވެ.

****

އާދައިގެ ގޮތަކަށް ދުވަސްތައް ފާއިތުވަމުން ދިޔައެވެ.ދެމަހަށް އެޅި އިރުވެސް އެއްވެސް ވަރަކަށް އަހަރެންގެ ބަނޑަކުން ބަނޑު ބޮޑުކަން ފާހަގަ ކުރާކަށް ނޭނގެއެވެ.އަދިވެސް ރަނގަޅަށް ނުކެވޭތީ އަހަރެންގެ ހަށިގަނޑުވެސް ހުރީ ވަރަށް ނިކަމެތިވެފައެވެ.

****

އާރިންގެ ސަބަބުން އަހަރެންގެ މުޅި ހަޔާތަށް މަރު ފަދަ ހިމޭންކަމެއް ވެރިވެފައިވީ ނަމަވެސް އަހަރެންގެ ބަނޑުތެރޭގައި ގަރުބަގަނެ އުފެދެމުންދިޔަ ދަރިފުޅަށްޓަކައި ނަމަވެސް އަލުން ދިރިއުޅުމާއި ކުރިމަތިލާން އަހަރެން ނިންމީ ވަރަށް ހިތްވަރުކޮށްފައެވެ.މަދު މަދުން ނަމަވެސް ކޮޓަރިން ބޭރަށް ނުކުމެ މީހުންގެ ތެރޭގައި އުޅެން ފެށުމުން  މަޑު މަޑުން އަހަރެންގެ ހަޔާތަށް ވެރިވެފައިވާ އެކަނިވެރިކަމާއި ހުސްކަން އިހުސާސް ކުރެވޭލެއް ކުޑަވާން ފެށިއެވެ.އާއިލާގެ އެންމެންގެ ފަރާތުންވެސް އަހަންނަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނެވެ.ޚާއްސަކޮށް ދޮންތައާއި ތުއްތަގެ ފަރާތުންނެވެ.ވަޒީފާއަށް ގޮސްފައި އައިސް އެމީހުންގެ ގިނަ ވަގުތުތައް ހުސްކޮށްލަނީ ހަމަ އަހަންނަށެވެ.ގިނަ ދުވަސް ދުވަހު ހަވީރު އިހާންއާއި ހައިދިންވެސް ގެއަށް އައިސް އުޅޭތީ ގޭތެރެ އޮންނަނީވެސް ވަރަށް ފަޅު ފިލާފައެވެ.ހައިދިން އެކޭ ކުޑަވަރެއްގެ ރޭޑިއޯގަނޑެކޭ އެއްވަރު ވާނެއެވެ.އޭނާގެ ދުލު ކުރީގައި އަބަދުވެސް އޮންނާނީ މީހުން ހެއްވާލާފަދަ މަޖާ ވާހަކަތަކެވެ.ކިތަންމެ ނޫންކަމަށް ހެދިގެން އުޅުނަސް މަޑު މަޑުން އަހަންނަށްވެސް ހައިދިން އަންނާނެ އިރަކަށް އިންތިޒާރު ކުރެވެން ފެށިއެވެ.އޭނާއަށް ނާދެވޭ ދުވަހަކު ވިއްޔާ މުޅި ގޭތެރެވެސް ހީވާނީ ފަޅުވެފައި އޮންނަ ތަނެއްހެންނެވެ.

****

އިހާންގެ ފަހަތުން ކަފު ޖަހާފައި އޮންނަ ކަނދުގަނޑެއްހެން، ކޮންމެވެސް ބަހަނާއެއް ދައްކާފައި އަހަރެމެން ގެއަށް އައުން މިހާރު ހައިދިންވެސް ހަމަ އާދައަކަށް ހަދައިފިއެވެ.އޭނާގެ މިޒާޖު ހުންނަ ގޮތުން އެންމެނަށްވެސް އޭނާ ވަރަށް ކަމުދެއެވެ.ޚާއްސަކޮށް އަހަރެންގެ މަންމަ އޭނާ ދެކެ ވަނީ އަމަށަކު ލޯތްބެއް ނޫނެވެ.އަނެއްކާ ހައިދިންވެސް އުޅެނީ މަންމައާއި ވަރަށް ގާތްވެގެން ސަމާސާކޮށް ދައްތަ ކިޔަ ކިޔާފައެވެ.ހައިދިންއަކީ ސަކަރާތް ބޮޑު މަޖާ މިޒާޖެއްގެ މީހެކެވެ.އެހެން އައިސް އުޅޭއިރު ބައްޕަވެސް ދޭތެރެއަކުން އޭނާއާއި ވަރަށް ގުޅާލައިގެން ވާހަކަ ދައްކާތީ އަހަރެން ދެކެމެވެ.

****

އެމީހުން އައިސް ސިޓިންރޫމުގައި މަންމައާއި ބައްޕައަށް ފެންނަ ހިސާބުގައި ތިބޭތީވެ ކޮންމެ ދުވަހަކުހެން އަންނަ އިރުވެސް މަންމައާއި ބައްޕަވެސް އެކަމާ ނުރުހިގެން އެއްޗެކޭ ނުބުނެއެވެ.ދޭތެރެއަކުން ކީރާވެސް ލޫކް ގޮވައިގެން އަންނާތީ އަދި ވަކިން ގޭތެރެއަށް ދިރުން ލިބެއެވެ.ލޫކް އަހަރެންގެ އާއިލާއާއި ފުރަތަަމަ ބައްދަލުވީ ދުވަހުންސުރެ އެ ކުޑަ ކުއްޖާ ވަނީ އެންމެންގެ ހިތުން ޚާއްސަ ޖާގައެއް ހޯދައިފައެވެ.ފުރަތަމަ ދުވަހު މަޑު މަޑުން އިން ނަމަވެސް ދެކެ ފަރިތަވާން ފެށުމުން އެކުއްޖާވެސް އަނގަ ގަދަވާން ފެށިއެވެ.މީހުން އޭނާއާއި ދިމާއަށް ލަންބުވާލާ ފަދަ މައުސޫމު، ލޯބި ސިފަތަކެއް ލޫކްއަށް ލިބިފައިވެއެވެ.އަހަރެންގެ އާ ނަންބަރު ކީރާއަށް ދިނީއްސުރެ އޭނާވެސް ހަމަ ބަރާބަރަށް އަހަންނަށް ޚަބަރުވެ، ހާލު ބަލައެވެ.

****

ދޮންތަމެންގެ ކައިވެނި ކުރުމަށް ކަނޑައެޅިފައި އޮތް ތާރީޚުވެސް އައީ ބޯމަތިވަމުންނެވެ.އެކަމަށް ވާން ޖެހޭ ހުރިހާ ތައްޔާރީއެއް ދުރާލައި އެމީހުން އޮތީ ވެ ނިންމާފައެވެ.ދޮންތަ ބޭނުންވި ޑިޒައިނަރ ކައިރިން އިހާން އޮތީ ކައިވެނީގެ ހެދުންވެސް ފައްސުވާފައެވެ.އާއިލާއާއި ރައްޓެހިންނަށް އެކަނި ބާއްވާ ސަޔެއް ނަމަވެސް އެމީހުން ތަންކޮޅެއް ބޮޑަށް ފޮޓޯ ޝޫޓު ޖައްސަން ބޭނުންވާތީ އެންމެންވެސް އެ ކުޑަ ޕާޓީއަށް ކަނޑައަޅާފައި އޮތް ތީމް ކުލަކަމަށްވާ ޑަސްޓީ ބްލޫ ކުލައިން ހެދުން ފައްސަން ދިނެވެ.

****

ހައިދިން އަހަރެމެން ގެއަށް އައިސް އުޅޭއިރު އޭނާގެ ނަޒަރު ވަރަށް ގިނައިން އަހަންނަށް އަމާޒުވެފައި ހުންނަކަން އަހަންނަށް އޮތީ ފާހަގަ ކުރެވިފައެވެ.އެގޮތަށް ދެމީހުންގެ ހަތަރުކަޅި ބައްދަލުވާ ކޮންމެ ފަހަރަކުވެސް ހިނިތުންވުމެއް ހަދިޔާކޮށްލުމަކީ އޭނާގެ އާދައެކެވެ.އެތައް ދުވަހަކު އާވާރާ ވެފައިވާ މީހެއް ފަދައިން ހުވަފެނީ ގޮތަކަށް އަހަންނާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓާ ދޮންތަމެނަށް ފެނިގެން އެމީހުން އެކަމާ އަހަންނާއި ވަރަށް ދިމާވެސް ކުރިއެވެ.ހައިދިން ހީވީ އެކަމާވެސް އުފާވެފައި ހުރިހެންނެވެ.ދެންވެސް އޭނާ ހަމަ ފާޅުގައި އަހަންނާއި ދިމާލަށް އެގޮތަށް ބަލަން ހުއްޓެވެ.އެއިން ކޮންމެ ފަހަރަކުވެސް ރަކިވެގެން ދުރު ބަލަން ޖެހެނީ އަހަންނަށެވެ.

****

ހައިދިން އަހަންނަށް އެ ބަހައްޓާ ޚާއްސަ ސަމާލުކަމެއްގެ ސަބަބުން އަހަރެންގެ ހިތަށް ބުނެދޭން ނޭނގޭ ހަމަޖެހުމެއް ލިބެން ފެށިއެވެ.އެހެނަސް އެކަން ހައިދިންއަށް ފާހަގަވެދާނެތީ އަހަރެން ހާސްވެ ކަންބޮޑުވެސްވެއެވެ.އެހާ އަވަހަށް އެހެން މީހެއްގެ މައްޗަށް އަހަރެންގެ ހިތް ލެނބިގެން ހިނގައިދާނެތީ އަހަރެން ބިރުގަތީވެސް އިންތިހާއަށެވެ.

****

އެއް ދުވަހަކު އަހަންނާއި ތުއްތައާއި ހައިދިން އެކަނިވި ވަގުތެއްގައި ދަނޑިވަޅު ބަލާފައި އަހަރެމެންގެ ފަރާތުން ދޮންތައާއި އިހާންގެ ގްރޫމް/ބްރައިޑަލް ޝަވަރއެއް ބޭއްވުމުގެ ޚިޔާލު ތުއްތަ ދިނެވެ.ހައިދިން ވަގުތުން އެކަމަށް ތާއީދުކުރުމުން ތުއްތަ ވަރަށް ފޯރީގައި އެކަމަށް ޚާއްޞަކޮށް ވައިބާގައި އަހަރެމެން ތިން މީހުން ލާފައި ގުރޫޕެއް ހެދިއެވެ.އަހަރެންގެ ނަންބަރ ހައިދިންއަށް ލިބުނު ގޮތަކީ އެއީއެވެ.ތިން މީހުން އެ ގުރޫޕުގައި އެކަމާ މަޝްވަރާކޮށް ވާހަކަ ދެކެވެން ފެށުމުން އަހަރެންވެސް ތަންކޮޅެއް ހަމަޖެހިލިއެވެ.ހައިދިންއާއި އަހަންނާއި ދެމެދުގައިވި ދުރުކަން މަޑު މަޑުން ކައިރިވާން ފެށީ ދެނެވެ.

****

’މިހޫ…ކެން ވީ ޓެކްސްޓް.؟ ޕްރައިވެޓްކޮށް.‘އެއް ދުވަހަކު ގުރޫޕުގައި ތުއްތަ ކަމެއް ރާވާތީ ގުރޫޕަށް މެސެޖްކޮށް ކޮށް އިންދާ އަހަރެންގެ ފޯނަށް އައީ ހައިދިންގެ ޓެކްސްޓް މެސެޖެކެވެ.އޮށޯވެ އޮވެފައި ކަށްޓެއް ޖެހިހެން ތެދުވެ އެނދުގެ ފަޑީގައި ލައްވެވުނުއިރު އަހަރެންގެ ހިތް ނެގި ނެގިފައި ޖެހެމުން ދިޔައީ އޮބި ނޯންނަހާ ބާރަށެވެ.ޖަވާބުގައި ބުނާނެ އެއްޗެއްވެސް އެވަގުތު އަހަރެންގެ ސިކުނޑިއަކަށް ނުވަނެވެ.ފަސްވަރަކަށް މިނެޓް ޓައިޕް ކޮށް ކޮށްފައި ލިޔުނުހާ އެއްޗެއް ފުހެލާފައި އަހަންނަށް ފޮނުވައިލެވުނީ ހަމައެކަނި ސުވާލު މާކެކެވެ.ވާހަކަ ދައްކާލާ ހިތްވާތީއޭ ކިޔާފައި ހައިދިން ވަގުތުން ރިޕްލައި ދިނެވެ.ވީ އުފަލުން ފޯނު އެނދުމައްޗަށް އެއްލާލާފައި އަހަންނަށް އުޅެވުނީ ހަމަ ކޭ ޑްރާމާތަކުގައި އެ އުޅޭ ކުދިން ފޮނިވީމާ އުޅޭހެންނެވެ.

****

ބްރައިޑަލް ޝަވަރ ގެ މަޝްވަރާއަށްވުރެ އަހަރެމެން ދެމީހުންގެ އަމިއްލަ ވާހަކަ ގިނަވިއެވެ.ފަހުން ގުރޫޕް ބަލާލިއިރު އަހަރެމެން ދެމީހުން ގުރޫޕަށް ރިޕްލައި ނުކޮށްގެން ތުއްތަ އޮތީ ގުރޫޕްގައި ދޮން ބޮޑުވެފައެވެ.އެހެނަސް އަހަރެންގެ ސަމާލުކަން އަތުލަމުން ދިޔައީ ހައިދިން އަހަންނަށް ފޮނުވަމުންދިޔަ ’ސްވީޓް‘ މެސެޖްތަކެވެ.

****

’އޯކޭތަ އަހަރެން ގުޅާލިޔަސް؟ ފޯނުންވެސް ތި އަޑު އަހާލާ ހިތްވޭ…‘ ހައިދިން ފޮނުވަމުން ދިޔަ މެސެޖް ތަކުން އެކަނި އިނދެވެސް އަހަރެން ރަކިވަމުން ދިޔައެވެ. ނަމަވެސް ހަމަ އެއާ އެއްވަރަށް އަހަރެން ފަސްވެސް ޖެހުނެވެ.ހައިދިންއަށް އެހާ އަވަހަށް އިތުބާރު ކުރަން ވެދާނެބާއެވެ؟އޭނާ އަހަރެންގެ ފުށުން ނާޖާއިޒު ފައިދާއެއް ނަގަން އުޅެދާނެބާއެވެ؟

****

 

’އަހަރެން މިހޫ ކައިރީގައި ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުންވެފައި ހުންނަތާ މިހާރު ދުވަސްކޮޅެއްޖެ… ބަޓް ޔޫ މައިޓް ނޮޓް ބީ ރެޑީ ޓު ހިއަރ އިޓް ޔެޓް…އައި މީން އަފްޓަރ އޯލް ދެޓް ޔޫ ހޭވް ބިން ތްރޫ…އައި ޑޯންޓް ތިންކް އިޓްސް ދި ރައިޓް ޓައިމް…ބަޓް ބިލީވް މީ…އަމް ޑައިން ޓު ލެޓް ޔޫ ނޯ މިހްރާ…‘ ހައިދިން ބުނެލިއެވެ.އެ މެސެޖް ކިޔާފައި އަހަރެންގެ މުޅި ހަށިގަނޑުގައި ހީވީ ފިނީގެ ރާޅެއް ދަތުރު ކޮށްލިހެންނެވެ. ހައިދިން އެ އުޅެނީ ކީކޭ ނުބުނެވިގެންބާއެވެ؟

****

’އަޅެ ޕްލީޒް ބުނެބަލަ…ބުނީމައެއްނު އެނގޭނީވެސް…‘ އަހަރެންގެ ޝައުގުވެރިކަން އިންތިހާއަށް ދިޔައެވެ.އެހެނަސް ހައިދިން ހިފާލީ ނުބުނާށެވެ.އޭނާ ނުބުނަންވެގެން ބަހަނާ ދައްކައި،މަޢުޟޫ ބަދަލުކުރަން ފެށުމުން އަހަރެން ގާތަށް އައީ ފާޑެއްގެ ސިނގު ރުޅިގަނޑެކެވެ.ރިޕްލައި ދިނުން ހުއްޓާލުމުން އިރުކޮޅަކުން ވަަރަށް މާފަށް އެދި ރޮއެފައި އެ ފުލު ފުލުގައި މެސެޖް އަންނަން ފަށައިފިއެވެ.އެ މެސެޖްތައް ބަލާފައި އަހަރެން ގާތަށް ކުޑަކޮށް ހިނި އަންނަ ގޮތްވެސްވިއެވެ.

****

’އޯކޭ…މިހޫ ރުޅި ނާދޭ…ޕްލީޒް.އަހަރެން ބުނެފާނަން…އެކަމަކު…އަހަރެން ބުނާ އެއްޗެއްގެ ގޮތުން މިހޫ އަހަރެން ދެކެ ރުޅި އައިސް އެވޮއިޑް ކުރަންވެސް ފަށައިފާނެ…އެހެން ވެއްޖެއްޔާ އަހަރެން ވަރަށް ވަރަށް ދެރަވާނެ އިނގޭ…އައި ޑޯންޓް ވޯންޓް ޓު ލޫޒް ޔޫ އެޓް އެނީ ކޯސްޓް…‘ ހައިދިން ބުނެލިއެވެ.އޭނާ ބުނެލާ ކޮންމެ ބަހަކުން ވެސް އަހަރެންގެ ޒުވާން ހިތަށް އެނގުން ވަމުން ދިޔައެވެ.

****

’ރުޅިއެއް ނާންނާނަން ‘ އަހަރެން ޖަވާބުގައި ބުނެލީމެވެ.

****

’މިހޫ… އަހަންނަށް މިހޫ ދެކެ ލޯބި ވެވިއްޖެ…އައި ނޯ އިޓްސް ކައިންޑަ އަންއެކްސްޕެކްޓެޑް…އެކަމަކު މިހޫއާއި ދިމާވި ފުރަތަމަ ދުވަހުވެސް އަހަންނަށް މިހޫ ވަރަށް ވަރަށް ކަމުދިޔަ…މެރިޑް ކަން އެނގުނީމަ ނޭނގޭ ވީ ގޮތްވެސް…އަހަންނަކީ އިފް އައި ސެޓް މައި އައިޒް އޮން ސަމްތިން އޯރ ސަމްވަން…އެ ހާސިލު ވަންދެން ކުރެވެން އޮންނަ ހުރިހާ ކަމެއްވެސް ކުރާ ކަހަލަ މީހެއް…ސޯ ހިއަރ އައި އެމް…މިހްރާ…އައި ވޯންޓް ޓު މޭކް ޔޫ މައިން… ބަޓް އައި ނޯ ޔުއަރ ޑިވޯސް އިޒް ސްޓިލް އިން ދި ޕްރޮސެސް… ސޯ…ޕްލީޒް ޑޯންޓް ހޭޓް މީ ފޮރ ދިސް… އަހަންނަށް އެނގޭ މިހޫއަށް ޓައިމް ބޭނުންވާނެކަން އަދި މީ މިވާހަކަ ދައްކަން އެންމެ ރަނގަޅު ދަނޑިވަޅު ނޫންކަންވެސް…ސޯ އަމް ސޮރީ އިފް ދިސް މޭޑް ޔޫ އަންކޮމްފޮޓަބަލް… އިޓްސް ޖަސްޓް ހައު އައި ރިއަލީ ފީލް އެބައުޓް ޔޫ…‘ހައިދިން ފޮނުވި ބޮޑު ޕެރެގްރާފް ކިޔާފައި ވީ އުފަލުން އަހަންނަށް އަޑުގެ ނެތް ތަނަށް ހަޅޭއްލަވައި ގަނެވުނީ ބޭއިޚްތިޔާރުގައެވެ.

****

’ޑިޑް ޔޫ ޖަސްޓް ސްކްރީމް؟‘ ދެން ހައިދިން ފޮނުވާލި މެސެޖު ފެނި އަހަންނަށް ދެލޯ ބޮޑުކޮށްލެވުނެވެ.

 

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Lamtty
Follow Me Written By

Lamtty

Level 810 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

ގާތުގައިވި އަނދިރިކަން 11-2

Next

ދެވުނީ ވޭނޭ 6

Next
October 16, 2025

ދެވުނީ ވޭނޭ 6

Previews
October 16, 2025

ގާތުގައިވި އަނދިރިކަން 11-2

4 Comments!

  1. Anonymous says:
    October 16, 2025 at 3:15 pm

    Eyna eynee egeyga kanneyge

    1. Lamtty Lamtty says:
      October 27, 2025 at 8:02 pm

      Hehe yeahh

  2. Anonymous says:
    October 17, 2025 at 1:09 am

    idk i feel like its too soon for this

    1. Lamtty Lamtty says:
      October 27, 2025 at 8:03 pm

      Hehe let’s see dho

Comments are closed.

Next Episodeމާސްކު (ޕާޓް 24)←


All Right Reserved!