Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމައުފެއްދުންތެރި ލިޔުންލޯބި

ވުމޭ އެދެނީ ތިބާޔާ އެކީ (ޕާޓް 10)

Lamtty
Lamtty Level 810 Stories100 Login100 Comments500 Login100 Stories
April 17, 2026 9 Mins Read
2 Comments

އާތިޔާ ފެނުނުހާއިރަކަށް އެ ކުޑަ ކުއްޖާގެ ނިދި މޫޑުވެސް ހީވީ އެކަށް ފިލައި ދިޔަހެންނެވެ.މާމާ މާމާއޭ ކިޔަމުން އާތިޔާއާއި ދިމާލަށް އަތް ދިއްކުރަނީ ފެށި ގޮތުން އެ ތުއްތު ހިތު ތެރޭގައި އާތިޔާއަށްޓަކައިވާ ލޯތްބާއި ކުލުނު އަހަންނަށްވެސް އިހުސާސް ކުރެވިގެން ދިޔައެވެ.

”ދަރިފުޅާ އަޅެ ނުދޭބަލަ..މާމަ ހާދަ އެކަނިވާނެޔޭ ދަރިފުޅު ދިޔައިމަ.“ އާތިޔާ ނުހައިކު އުރާލައި އެކުއްޖާގެ ގައިގައި އޮޅުލައިގަންނަމުން އާދޭހުގެ ރާގެއްގައި ބުނެލިއެވެ.

”މަންމާ ހިތްވަރު ކުރޭ…އަހަންނާ ނޫކްއާ މިގެއިން ދިޔަޔަސް މަންމައާ އަހަރެން ނޫކް ދުރެއް ނުކުރާނަމޭ… މަންމަ ހަމަ ބޭނުން އިރަކު ނޫކް ކައިރިއަށް އަންނަންވީ.“ ޝަފްކާ ދެރަވެފައި ބުނެލިއެވެ.

”އަޅެ ދަރިފުޅާ…މަންމަ ހާދަ ދެރަވެޔޭ… ބައްޕައަށް ވިސްނޭނެނަމަ ދޯ“ އާތިޔާ ނޭފަތް ދަމަމުން ބުނެލިއެވެ.

”ކިހިނެއް ވެގެންތަ މިހާރު މަންމަޔާ ބައްޕަޔާ ތި ފައިޓް ކުރަނީ… ބައްޕަ ހަމަ އަސްލަށްވެސް އެފެއާއެއް ހިންގަނީތަ؟“ ޝަފްކާ އަހައިލިއެވެ.

ޖަވާބު ދިނުމުގެ ގޮތުން އާތިޔާ ބޯ ޖަހާލިއެވެ.

”ދެން އަޅެ އެކަން އެނގިހުރެ މަންމަ ކީއްކުރަންތަ  މިހާ ދުވަސް ވަންދެން ބައްޕައާ އެކު އުޅުނީ ތި؟ ޔޫ ޑޯންޓް ޑިޒާވް ދެޓް!“ ޝަފްކާ ހިތްހަމަ ނުޖެހިގެން ބުނެލިއެވެ.

”ލޯބިވާތީ…“ ވަރަށް މަޑު މަޑުން އާތިޔާ ބުނެލިއެވެ. އެއާއި އެކު ޝަފްކާގެ ދުލުގައި ހީވީ ތަޅެއް ލެވުނު ހެންނެވެ.ލޯބީގެ ސަބަބުން ބަލިކަށިވެ ދަތި އުނދަގޫ ނިންމުންތައް ނިންމަނީ ހަމައެކަނި އޭނާ ނޫންކަން އެވަގުތު އޭނައަށް ރެއަކާލި ކަހަލައެވެ.

”މި…މިދަނީ ފޮށްޓަށް އެއްޗެހި އަޅަން… އަހަރެން ހުރިހާ އެއްޗެއް ނުގެންދާނަން…ދެން މަންމަ އަހަރެން ބަހައްޓާފައި ދާ އަންނައުނު ކޮޅު ޗެރިޓީއަކަށް ޑޮނޭޓްކޮށްލަ ދީ…އޭރުން ދެން އޭގެ ބޭނުންވެސް ކޮންމެވެސް ބަޔަކަށް ހިފޭނެއެއްނު…އެހާ ބާ ހެދުމެއް ނުހުންނާނެވިއްޔަ.“ޝަފްކާއަށް ބުނާނެ އެއްޗެއް ނޭނގިގެން އަވަހަށް މައުޟޫ ބަދަލުކޮށްލިއެވެ.

”ދެން އެކަމަކު ދަރިފުޅާ ނޫކުއާ ދިޔައިމަ މަންމަ ހާދަ އެކަނިވާނެޔޭ ދަރިފުޅާ… ދޮންބެވެސް ހުރީކީ ނޫން“ އާތިޔާގެ މައި ލަގޮނޑިއަށް ކެތް ނުވެގެން ބުނެލިއެވެ.

”ދެން ކީއްތަ ކުރާނީ މަންމާ…؟އަހަރެންވެސް ވަކި މަންމަ ދޫކޮށްލާފައި ދާކަށް ބޭނުމެއްނޫނޭ…އެކަމަކު ބައްޕަ އެހެން ބުނީމަ ދެން އަހަންނަކަށްވެސް ނުކެރޭނެއެއްނު މިތަނުގައި މަޑުކުރާކަށް… ބައްޕަ އެ ހުރީ އެހާ ރުޅި އައިސްފަ…ނޭނގެ ބައްޕަ ނުކުންނަންވާއިރަށް އަހަރެން މިތަނުން ނުގޮސްފިއްޔާ ހަދާނީ ކިހިނެއް ކަމެއްވެސް….މަންމާ… އަހަރެން ޖެހޭނެއެއްނު ނޫކްއާ ދޭތެރޭވެސް ވިސްނަން… އަހަރެންވެސް ބޭނުމެއް ނޫން ބައްޕަ އާކިއަށް ނަފުރަތު ކޮށް އެއްޗެހި ކިޔާ މަންޒަރު ނޫކުއަށް ދައްކާކަށް…އެ އަޑުތައް އިއްވާކަށްވެސް….ބައްޕަ ކިތަންމެ ރުޅިއަޔަސް  އަހަންނަކަށް މިއަދު އާކިވެސް ދޫކޮށެއް ނުލެވޭނެ…ނޫކްވެސް އޭނާގެ ބައްޕަ ބޭނުންވާނެ ދޯ ހަމަ… އަހަރެންވެސް ވަކި ބޭނުމެއްނޫން ނޫކްގެ ބައްޕަ ހުރެމެ އެ ބައްޕައާއި އެކުއްޖާ ވަކި ކުރުވާކަށް…އެހެންވީމަ އަހަރެން ހަމަ ހިތުގައި އަތް އަޅާފައި މި ނިންމުން މި ނިންމީ…ދެރަވޭ އެކަހަލަ އެއްޗެކޭ ބައްޕައާ ދިމާލަށް ބުނެފައި ދާންވެސް…އެކަމަކު ބައްޕަވެސް އެކަހަލަ އެއްޗެއް ބުނީމަ އަހަންނަށް ވެސް ހަމަ ކެތް ނުވެގެން އެހެން ބުނެވުނީ.ސޮރީ މަންމާ…ދެން ތި ނުރޮއެ ހުއްޓާލަބަލަ.“ޝަފްކާ ގޮސް އާތިޔާ ގާތްކޮށްލަމުން ބުނެލިއެވެ.

”މަންމައަށް އެނގެޔޭ އެ ނޫންނަމަ ދަރިފުޅު އެހެނެއް ނުބުނީސްކަން…އެކަމަކު ބައްޕަޔާ ގުޅުން ކެނޑުމަކީވެސް ހާދަ ބޮޑު ކަމެކޭ….ބައްޕަވެސް އެ ކަންތައް ކުރީކީ ވަކި ރަނގަޅަކަށް ނޫން…މަންމަ މި ބުނަނީ ބައްޕަ ބުނިހެން ދަރިފުޅު ތި ކައިވެނި ނުކުރާށެކޭ ނޫން އިނގޭ.. އާކިލާ ކައިވެނި ކުރިޔަސް ދަރިފުޅު ވާނެޔޭ އިސްވެ ބައްޕަޔާ އޮތް ގުޅުން އިޔާދާ ކުރެވޭތޯ ބަލަން…އޭރުން ދަރިފުޅު އެ ގުޅުން ބަދަހި ކުރަން މަސައްކަތް ކުރިކަން އޮންނާނެ ނޫންހޭ…ބައްޕަ ދެން އެކަން ގަބޫލުކުރުމާ ނުކުރުން އެއީ ދެން ބައްޕަގެ ކަމެއް…ދަރިފުޅަށްވެސް އެނގެއެއްނު ބައްޕަގެ ގޮތް…ދަރިފުޅު އެކަމަކު ގޮސް ވަންނާނީވެސް ވަކި ކޮންތާކަށްތަ؟“ އާތިޔާ އަސަރާއި އެކުގައި ބުނެލިއެވެ.

”މަންމަ ދެން އެކަމާ ނުވިސްނަބަލަ އަޅެ…އަދި ގޮތް ހުސްވީކީ ނޫނެއްނު…އަހަރެންވެސް މީ މިހާރު ބޮޑުވެފަ ހުރި އަންހެނެކޭ…އަލް ފިގަރ ސަމްތިން އައުޓް މަންމާ…އާކިވެސް އެހުރީނު މިހާރު.. އަހަރެން އެކަންޏެއްވެސް ނުވާނެއެއްނު.ދެން  ތިވަރަށް ނުވިސްނަބަލަ އެކަމާ…“ ޝަފްކާ އާތިޔާގެ ކޮނޑުމަތީގައި އަތް ބާއްވާލައި، ގާތްކޮށްލައިގެން އިނދެ ބުނެލިއެވެ.

”އަހަރެން ހިތަށް އަރާ އަޅެ އެ ކުޑަކުޑަ ނޫކުވެސް މިގެއިން ނެރެލަން އެ ޝަހީމުގެ ހިލަ ހިތަށް ހަމަ ކެތްވޭބާއޭ…އެ ކުއްޖާ ގައިމު ކީއްކުރީ؟“ އާތިޔާ ރޮމުން ބުނެލިއެވެ.

”ދެން މަންމާ! ތިވާހަކަ ހުއްޓާލާ ދެން…އަޅާނުލާ“ ޝަފްކާ ބުނެލިއެވެ.

އާތިޔާ ހަމައަކަށް އެޅުނީ އެގޮތުގައި އިނދެ ޝަފްކާ ވަރަށް ވިސްނައިދިން ފަހުންނެވެ.ޝަފްކާއާއި ނުހައިކު އެގެއިން ދާން އުޅޭތީވެ އާތިޔާއަށް ވަނީ ވަރަށްވެސް ފުން އަސަރުތަކެއް ކޮށްފައެވެ.އެމީހުން ދިޔުމަށްފަހު ދެން އޭނާ ކުރިމަތިލާން ޖެހޭނީ ޝަހީމްގެ ހައްދެއް ނެތް ރުޅިއާއިއެވެ.އެމީހާ އާތިޔާއަށް ޖައްސާނީ ކޮންފަދަ ހާލެއްކަމެއްވެސް އެނގެނީއެއް ނޫނެވެ.

އިރުކޮޅަކު އާތިޔާގެ ގާތުގައި އިނދެފައި ޝަފްކާ ގޮސް ކޮޓަރިއަށް ވަނީ އޭނާ ގެންދަން ބޭނުންވާ އެެއްޗެހި ފޮށްޓަކަށް އެޅުމަށެވެ.އޭގެ އިރުކޮޅެއް ފަހުން ފޮށި ދަމަމުން ކޮޓަރިން ނުކުތް ޝަފްކާ ފެނުމާއެކު  އަނެއްކާވެސް އާތިޔާގެ ބަޑި ފަޅައިގެން ގޮސްފިއެވެ.ޝަފްކާއަށްވެސް ވީ އެވަރެވެ.އެ ދެމީހުން ރޯން ފެށީމާ އަދި އެ ދެމީހުނަށްވުރެ ބާރަށް ނުހައިކު ފަށައިފިއެވެ.ޝަފްކާ ގޮސް އޭނާގެ މަންމަގެ ގައިގައި އޮޅުލައިގަތީ ރޮމުން ދިޔަ ނުހައިކުއާއިވެސް އެކުގައެވެ.

”ދެން ނުރޮއެ މަންމާ… އަހަރެން އަދި އަންނާނަމޭ އިރާދަކުރެއްވިއްޔާ…މެރީ ކުރާ ދުވަހުން މަންމަ ކޮންމެހެންވެސް އަހަރެން ކައިރިއަށް ގެންދާނަން.ހެޔޮ ބައްޕަ ކިތަންމެ ރުޅިއެއް އަޔަސް…ތާރީޚު ފާސްވީމަ އަހަރެން މަންމަ ކައިރީގައި ބުނާނަމޭ..އިނގޭ…. ދެން ނުރޮއެ “ ޝަފްކާ އާތިޔާގެ ބުރަކަށީގައި ފިރުމަމުން ބުނެލިއެވެ.

”ދަރިފުޅުވެސް ދެން ހުއްޓާލާ… އެއްވެސް ކުއްޖެއް ނުރޯނެ ދެން އިނގޭ…ބަލާ މަންމިވެސް ހުއްޓާލީނު މި މިހާރު.“ ޝަފްކާ ނުހައިކު އުރާލައި އެކުއްޖާވެސް މަސަލަސް ކޮށްލެވޭތޯ ބެލިއެވެ.

ޖަޒުބާތުން ފުރިގެންވި ވަދާޢުގެ ސަލާމަކަށްފަހު ޝަފްކާއާއި ނޫކް ގޮވައިގެން އެގެއިން ނުކުތް ގޮތަށް އަހަރެން ފުރަތަމަވެސް ގުޅީ ޝާމިނަށެވެ.ބޯ ހާސްވެފައި ހުރި ވަރުން ވެގެން އުޅޭ ގޮތް އޭނާއަށް ތެދަށް ކިޔައިދޭން އަހަރެން ބޭނުންވީއެވެ.އޭރު ނުހައިކު ކުޑަކޮށް ބޮޑައި ހާކާތީ ޝަފްކާ އެކުއްޖާއަށް އިމާރާތެއްގެ ބެލްކަނީގައި އިން ކޮތަރުގަނޑެއް ދައްކައިގެން ކޮންމެވެސް އެއްޗެކޭ ކިޔައެވެ.އެވަގުތު އޭނާގެ ހުރިހާ ސަމާލުކަމެެއް ހުއްޓާލެވިފައިވަނީ އެކުއްޖާއަށެވެ.

”މޭން…ބިޒީތަ؟“ޝާމިން ފޯނު ނެގުމުން އަހަރެން އެންމެ ފުރަތަމަވެސް އަހައިލީމެވެ.

”ނޫނޭ…ކިހިނެއްވީ؟“ ޝާމިން އަހައިލިއެވެ.

”ޝަފްގެ ބައްޕައާ ވާހަކަ ދައްކައިފިން…ވަަރަށް ހޫނުކޮށް ނިމުނީ…ޝަފް ގޮތުގައި ހިފަހައްޓާލީމަ އޭނަ ގެއިންވެސް ނެރެލައިފި…އަހަރުން މެރީ ކުރާކަށް ހަމަ ހިލާ އެއްބަހެއް ނުވި…ވަރަށް އެއްޗެހިވެސް ކީ…ޝަފް ދެން ނުކުމެއްޖެ އަހަންނާ އެކުގަ…“ އަހަރެން މާޔޫސްވެފައި ބުނެލީމެވެ.

”އަހަންނަށް އޭރުވެސް ހީވިޔޭ އެމީހާ ކަންތައް ކުރާނީ އެހެންނޭ…ހިޒް ވަން ހެލް އޮފް އެ ސްޓަރބަން މޭން…ހާސްނުވޭ އަދި ރަނގަޅުވާނެ…ދޭ ޝަފް ގޮވައިގެން އަހަރެމެން ގެއަށް.ޔޫ ބޯތު ކެން ސްޓޭ އޭޒް ލޯންްގް އޭޒް ޔޫ ވޯންޓް… އާކިލް ހާސް ކަނޑާލާ. އަހަރެން ނިންމާފައި ގެއަށް ގޮސްފައި ހުރިހާ ކަމެއްވެސް އެރޭންޖު ކޮށްލަދޭނަން…ދޭ ދެން ތިތާ ނުތިބެ އިހަށް ޝަފް ގޮވައިގެން ގެއަށް.“ ޝާމިން ބުނެލިއެވެ.

”ޝާމިން…މިވީ ގޮތުން އަހަރެން ބޭނުން ވީހާވެސް އަވަހަކަށް ކައިވެނި ކުރަން…އެއް ރޫމް އެޕާޓްމެންޓެއްވެސް ހޯދަން ބޭނުން…މެރީ ކުރަންވާއިރަށް އެތަން ރެޑީ ކުރެވޭހާ ދުވަސް އޮއްވައި…އެންމެ ލަސްވެގެން ދެ ހަފްތާ ތެރޭގައި އަހަރެން ބޭނުން މިކަން ނިންމަން.“އަހަރެން ބުނެލީމެވެ.

ޝާމިންގެ ރަނގަޅުކަމުން ބޭނުން ދުވަހެއް ވާންދެން އަހަރެމެން އޭނާގެ ގޭގައި ދިރިއުޅޭށޭ ބުންޏަކަސް އަހަންނަކަށް އެގޮތެއް ކަމަކު ނުދިޔައެވެ.އެހެނަސް ވަގުތާ ހާލަތަށް ވިސްނާފައި މިވަގުތު އަހަންނަށް ޖެހޭނީ އިހަށް ޝަފްކާވެސް އެގެއަށް ގެންދާށެވެ.އެ ނޫނީ އަހަރެންވެސް ވަކި ވަންނާނެ ތަނެއް ނެތީމައެވެ.އަހަރެންގެ ބައްޕަގެ ގޯއްޗެއް އޮތް ކަމަކު އެތަން ވަނީ މިހާރު ބޮޑުދައިތައާއި ޅިޔަނު އަތްގަދަ ކޮށްފައެވެ.އަހަންނަށް ކުނޑި ފުކެއްހާ މިންވަރުވެސް ނުލިބޭނޭ ގޮތަށް މަކަރާ ޙީލަތުން އެތަނުގެ މިލްކުވެރިކަންވެސް އެމީހުން ވަނީ ފޭރިގެންފައެވެ.މިހާރު އެމީހުން އުޅެނީވެސް އެ ބިން  ކޮންމެވެސް ވިޔަފާރިވެރިއަކަށް ދިގު މުއްދަތަކަށް ކުއްޔަށްވެސް ދީގެންނެވެ.

ޝާމިން އެކަމާ ފަހުން ވާހަކަ ދައްކާނަމޭ ބުނެ ފޯނު ބޭއްވުމުން އަހަރެންވެސް ޓެކްސީއެއް ނަގައިގެން އެ ގެއަށް ދާން މިސްރާބު ޖެހީމެވެ.

އެދުވަހު ޝާމިން ގެއަށް އައި ގޮތަށް އަހަރެމެންގެ ހުރުމުގެ ހުރިހާ ކަމެއްވެސް ހަމަޖައްސައިދިނެވެ.ކުރީގައި އޭނާއަކީ އެކަނިމާއެކަނި އުޅުނު މީހެއް ކަމުން ގިނައިން ކައްކައި ނޫޅޭތީ މާގިނަ ގުރޯސަރީ ސާމާނެއްވެސް އެގޭގައި ނެތެވެ.އެހެނަސް ދުވަސް ކޮޅަކަށް ވިޔަސް ޝަފްކާވެސް އަންނާތީވެ އޭނާ އަމިއްލައަށް ފެނިގެން ގުރޯސަރީ ސާމާނާއި ނުހައިކުއަށްވެސް ބޭނުންވާނޭ އެއްޗެހި ގަނެ ކަބަޑުތައް ފުރާލިއެވެ.

”ޝާމިން އަޅެ ތިހާވަރުތަކެއް ނުކޮށްލިޔަކަސް އޯކޭވާނޭ…އައި ފީލް ސޯ ބޭޑް….އަޅެ އަހަރެން ކިހިނެއްތަ ޝާމިނަށް ރީޕޭ ކުރާނީވޭސް…ޔޫއަރ ޑުއިން ސޯ މަޗް ފޯރ އަސް މިހާރުވެސް.“ޝާމިން ގެނައިހާ އެއްޗެހިތައް ޝަފްކާއަށް ފެނި އެއްޗެކޭ ނުބުނެ ނުހުރެވިގެން އޭނާ ޝާމިނާ ދިމާލަށް އެންމެ ފަހުން ބުނެލައިފިއެވެ.

”ކަމޯން ޝަފް… އަހަރެން މިހުރިހާ ކަމެއް މިކުރަނީ ބަދަލުގައި އެއްވެސް ކަމެއް ބޭނުންވެގެނެއް ނޫނޭ.ހަމަ ހެޔޮ ހިތުން ތި މީހުންނަށް ކަމެއް ކޮށްދޭން ބޭނުންވާތީވެ.އަހަރެން ދެކެނީ ތީ ހަމަ އަހަރެންގެ ވަރަށް ގާތް ބައެއް ކަމަށް…ހަމަ ލައިކް ފެމިލީ.އަމް އެން އޮންލީ ޗައިލްޑް ރިމެމްބާރ…އަހަންނަކީ ހަމަ އެކަނިމާއެކަނި ހުރި މީހެއް..އަނތްބެއް ދަރިއެއް ހުރީއެއް ނޫން.ޕްލަސް އަހަރެންގެ މައިންބަފައިންނަކީ އަހަރެންގެ ކަންކަމާއި ބެހި އުޅޭ ބައެއް ނޫން…މީ އަހަންނަށް އެއްވެސް ކަމެއް ނޫން…ޝަފްމެން މިތަނަށް އަޔެކޭ ކިޔާފައި އަހަންނަށް ވާނެ ހަމަ އެންމެ އުނދަގުލެއްވެސް ނޯންނާނެ…ތެދަށް ބުނަންޏާ އަހަރެންގެ އެކަނިވެރި ދިރިއުޅުމަށް ލިބިގެން ދިޔަ އިތުރު ދިރުމެއް ތި މީހުންނަކީ…ފައިނަލީ ގޭތެރެވެސް ފަޅުފިލާނެ…ނޫކްވެސް އުޅޭނެއެއްނު…އަނެއްކާ އެހާ މަޖާ އެސޮރުވެސް މިހާރު… ތިމީހުން އައިމަ ދެން އަހަންނަކަށްވެސް ނުޖެހޭނެއެއްނު ވޯރކް ނިންމާފައި ދިރުމެއްނެތް، އަޑެއް ބަޑެއް ނީވޭ ކަނު އަނދިރި، ފަޅު އެޕާޓްމަންޓަކަށް އައިސް ވަންނާކަށް…“ ޝާމިން މާނަވީ ހިނިތުންވުމަކާއި އެކުގައި ބުނެލިއެވެ.

”އޯކޭ ދެން ގަބޫލުކޮށްފިން…ސީރިއަސްލީ…ތި ހެޔޮކަން އަހަރެން އަބަދުވެސް ހަނދާން ކުރާނަން… ތެންކިއު ސޯ މަޗް ޝާމިން…އައި އޯ ޔޫ މައި ލައިފް“ ޝަފްކާވެސް ބަދަލުގައި ހިނިތުންވެލިއެވެ.އެ ދެލޮލުން ޝުކުރުވެރިކަމުގެ ކަރުނަ ނީރާލިއެވެ.

”އެނީޓައިމް“ ޝާމިން ހިނިތުންވެފައި ބުނެލިއެވެ.

****

ދުވަސްތައް ފާއިތުވަމުން ގޮސް މިއަދަކީ އެ ދުވަހަކަށްޓަކައި އަހަރެން ރެއާއި ދުވާލު އެތައް އިންތިޒާރެއް ކުރަމުން އައި އަހަންނާއި ޝަފްކާގެ އަލަތު ކައިވެނި ކުރެވިގެންދާނެ އުފާވެރި ދުވަހެވެ.ހުދު ގަމީހަކާއި ކަޅު ފަޓުލޫނެއްގައި ބެގީކޮށްލައިގެން  އަހަރެން ލޯގަނޑު ކުރިމަތީގައި ހުއްޓި ހުރިއިރު އެހެނަށް ވުރެން ތަންކޮޅެއް ރަސްމީ ފާޑު ޖަހައެވެ. މަސްހުނި އިހުސާސްތަކުން އަހަރެންގެ ނިތަށް ރޫގިނަކޮށްލެވިފައިވާއިރު ޝަފްކާ ދުށުމަށް ވެސް އަހަރެން ހުރީ ކެތްމަދުވެފައެވެ.

ދޮރުގައި ޓަކި ދިން އަޑަށް އަހަންނަށް އެ ޚިޔާލުގެ ދުނިޔެއިން ނުކުމެވުނެވެ.އަހަރެން ގޮސް ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރި ޝަފްކާ ފެނިފައި ހުއްޓުން އެރިއެވެ.އޭނާގެ ފުރިހަމަކަން ފެނުނު ހިނދު އަހަންނަށް ނޭވާވެސް ހިފަހައްޓާލެވުނެވެ.އެހާވެސް އޭނާ ރީއްޗެވެ.ފަރިއެވެ.ފުރިހަަމައެވެ.ހުދު ކުލައިގެ ސާދާ، ސެޓިން ފޮތީގެ އަތްދިގު މެކްސީ ހެދުމެއްގައި އޭނާ ހުރި އިރު އެ ހެދުން އެ ހަށިގަނޑަށް ހިފާލާފައިވާ ގޮތުން އެ ޗާލު ބައްޓަމަށް ވަނީ އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައެވެ.އެ ރީތި އިސްތަށިގަނޑުވެސް ވަނީ  ރީތި ގޮތަކަށް ހައްޔަރުކޮށްލައިފައެވެ.ކޮށްފައިވާ ލުއި ލުއި މޭކަޕުން އޭނާގެ ގުދުރަތީ ރީތިކަމަށް އިތުރު މުއްސަނދި ކަމެއް ގެނެސްދީފައިވެއެވެ.އެހެނަސް އެ މޫނުމަތިން ފާޅުވޭވޭ ހުރި އަސަރުތަކެއްގެ ސަބަބުން އަހަރެންގެ ހިތުގައި ސުވާލުތައް އުތުރި އަރައިގަތެވެ.އެ އިހުސާސްތައް ދެނެގަންނަން އަހަރެންގެ ހިތް އެދުނުވަރުން އެކަމާ މެދު ޝަފްކާއާއި ސުވާލެއް ކޮށް ނުލައި ހުންނަން އަހަންނަށް އުނދަގޫވިއެވެ.

”ޝަފް…ޔޫ ލުކް ސްޓަނިން މައި ލަވް…. ހާސްވެފައި ދޯ ތިހުރީ؟“ އަހަރެން އަހައިލީމެވެ.ޝަފްކާ ވަގުތުން ބޯ ޖަހާލައިފިއެވެ.އޭނާ ތުންފަތް ހަފަން ފެށިތަން ފެނިފައި އަހަރެންގެ ހިތަށް އަދި ވަކިން އުނދަގޫވިއެވެ.

”މިހާރު މަންމަ އައީތަ؟“ އަހަރެން ބޭނުންވީ ޝަފްކާގެ އެ ހާސްކަން ކަނޑުވައިލުމުގެ ގޮތުން މަޢުޟޫޢު ބަދަލުކޮށްލާށެވެ.އަލަތު ކައިވެނީގެ ދުވަހު އެފަދަ އިހްސާސްތައް ކުރެވޭ ވާހަކައަކީ އަހަރެންވެސް އަހާފައިވާ ވާހަކައެކެވެ.

”ހޫމް…ވެއްޖެ ނޫކް ކައިރީ ރޫމްގަ…އެކަމަކު އަހަންނަށް ހީވަނީ މަންމަ އެ އައީ ބައްޕަޔާ ފައިޓެއް ކޮށްލާފައި ހެން…ހީވަނީ ރޮއެފައިހެން ހުރީ ވެސް…އާކީ.. ބައްޕަ މި ކައިވެންޏާ ނުރުހޭތީ އަހަރެން އަސްލު ވަރަށް ދެރަވޭ… ވަރަށް ކަންބޮޑުވެސްވޭ…ހަމަ ހިތަށް އަރަނީ މި ހަމަ އެންމެ ރަނގަޅު ޑިޒިޝަންބާއޭ…؟ބައްޕަގެ ނުރުހުމުގައި މިކައިވެނި ކޮށްގެން އަހަރެމެންނަށް އުފަލުގައި އުޅެވިދާނެބާއޭ…؟އެކަމަކު ބައްޕަ ރުއްސަންވެއްޖިއްޔާ މުޅި އުމުރުވެސް ހޭދަވެދާނެ.. އެހާވެސް ބައްޕަގެ ބޯހަރުވާނެ….ވީ ޑޯންޓް ހޭވް ފޮރއެވަރ… ބައްޕަ ރުއްސާނެ ގޮތެއް ވިސްނާ ވިސްނާ އަހަރެންގެ ސިކުނޑި މިހާރު ސުމަކަށް ގޮސްފި…އަހަރެންވެސް ބޭނުން މެރީ ކުރާ ދުވަހު ބައްޕަ އަހަރެންގެ ކައިރީގައި ހުންނަން… އެކަމަކު ކިޔެއް ކުރާނީ…“ ޝަފްކާއަށް ރޮވުނެވެ. އަހަރެން އޭނާގެ އަތުގައި ހިފައި ގާތަށް ދަމާލީމެވެ.ޝަފްކާ އަހަރެންގެ މެދުހަށީގައި ދެއަތް ވަށާލައި މޭގައި ލައްވެލިއެވެ.

އޭނާގެ އަޑުގައި އެކުލެވުނު ރިހުން އިހުސާސްވެފައި އަހަރެންގެ ހިތަށް ވަރަށް ތަދުވިއެވެ.ބައްޕައެއްގެ ރުހުން ނުލިބި އަންހެން ދަރިއަކު ކައިވެނި ކުރަން އުޅޭނީ އަސްލު ހާދަ ހިތްދަތި އިހުސާސްތަކެއް ހިތުގައި ފޮރުވާލައިގެންނޭ އެވަގުތު އަހަރެންގެ ހިތަށް އެރިއެވެ.

”ޝަފް ބޭނުން ގޮތެއް މިވަގުތުވެސް އަހަރެން ހަދާނަން…ބުނޭ… ބައްޕަ އޯކޭ ވަންދެން ކައިވެނި ލަސްކޮށްލަން ޝަފް ބޭނުންވަންޏާ އަހަރެން މިހުރީ އެކަންވެސް ކުރަން ތައްޔާރަށް.އަހަރެން ބޭނުމެއް ނޫން މެރީ ކުރާ ދުވަހު ޝަފް ތިހާ ދެރަވެފައި ހުންނަތަން ދެކޭކަށް…އިޓް ހާރޓްސް މީ ޓު ސީ ޔޫ ލައިކް ދެޓް.ދެން ނުރޮއެ ލަވް…“ އަހަރެން ޝަފްކާގެ މޫނު ދެއަތުން ޖޯޑުކޮށްލައި އޭނާއާއި ހަތަރުކަޅި ހަމަކޮށްލަމުން ބުނެލިއެވެ.

”އަހަންނަށް ކިހާ ދުވަހަކު އާކިގެ އިންތިޒާރުގައި ހުރެވިއްޖެ… އާކިވެސް ކިހާ ދުވަހަކު އަހަރެންގެ އިންތިޒާރުގައި ބެހެއްޓިއްޖެ؟..ދެން މިކަން އިތުރަށް ލަސްކުރަން އުޅެފިއްޔާ އަހަރެންގެ ބޯ ކަންނޭނގެ ގޮވާނީ…އެންމެން ރުހޭ ގޮތަކަށް އެއްކަމެއްވެސް ނުކުރެވޭނެއެއްނު…އެހެން ނޫނަސް އާކިއާ ނުލާ ދެން އަހަންނަކަށް ނޫޅެވޭނެ…އައި ވޯންޓް ޓު ބީ ވިތް ޔޫ ފޮރ އެވަރ…..ކައިވެނި ލަސް ކުރާކަށް އަހަރެން ބޭނުމެއްނޫން…އައި ޑިޒާވް އެ ލައިފް ޓޫ…އާކިއަށް ދެރައެއް ދޭކަށް އަހަރެން ބޭނުމެއް ނޫން…ދިރިއުޅުމުގަ އުނދަގޫ ނިންމުންތައްވެސް ނިންމަން ޖެހޭ ވަގުތު އަންނާނެއެއްނު.މީ އަހަރެންގެ ލައިފްގަ އެކަހަލަ ވަގުތެއް.އަމް ނޮޓް ގިވިން ޔޫ އަޕް! “ ޝަފްކާ ނޭފަތް ދަމާލަމުން ބުނެލިއެވެ.

”ޔަގީންތަ؟“އެ ބަސްތަކުން އުފަލުން ހިތް ފުރިގެން ދިޔަ ހާލުގައި އަހަރެން އަހައިލީމެވެ.ޝަފްކާ ބޯ ޖަހައިލިއެވެ.

”ސޯ ލެޓްސް ގޯ ގެޓް މެރިޑް މައި ލަވް.ދެން ނުރޮއެ ހުއްޓާލާ ލޯބީ…މޭކަޕް ހަޑިވެދާނެ.“ އަހަރެން ޝަފްކާގެ ނިތުގައި ނިތް ޖައްސާލަމުން ބުނެލީމެވެ.އެ ބަސްތައް އިވިފައި،ޝަފްކާ އޭނާގެ ކަރުނައިން ފުރިފައިވާ ދެލޮލާއި އެކުގައިވެސް ހިނިތުންވެލިއެވެ.

އެވަގުތު ކޮޓަރީގެ ދޮރު ހުޅުވުނު އަޑު އިވުނެވެ. އަހަރެމެން ވަގުތުން ދުރަށް ޖެހިލީމެވެ.ނުހައިކު ވަރަށް ނަލަ ހައްދާލައިގެން ކޮޓަރިން ނުކުތް އާތިޔާ ފެނި ޝަފްކާ އޭނާގެ ކަރުނަތައް ހިންދާލާފައި ނުހައިކުއާއި ތުއްތު އަޑަކުން ވާހަކަ ދައްކަން ފެށިއެވެ.

”އާާާާ…..މަންމި ބޭބީ ލޯބިކަން…މާމަ ކޮއްކޮ ތިއްތިކޮށްލީއޭ ދޯ…ބަލާބަލަ މާމަވެސް ތިއްތިކަން…“ ޝަފްކާ ގޮސް ނުހައިކު އުރައިލުމުން އެކުއްޖާ ވަރަށް އުފާވެފައި އަޑު ލައްވާލިއެވެ.

”ހޫނ ސާބަސް! މަންމަތަ އަދިވެސް ރީތީ؟! މާޝާ الله ދަރިފުޅު މިއަދު އެންމެ ރީތީ…ދޯ ދަރިފުޅޫ..ބަލާ މަންމި ލޯބިކަން…“ އާތިޔާ ލޯތްބާއި އެކުގައި ބުނެލިއެވެ.ނުހައިކު ގޮވައިގެން އުޅެލި ފަހުން އޭނާ ހުރީ ހަމައަކަށް އެޅިފައެވެ.އާތިޔާވެސް ހުރީ މަޑު ނޫކުލައިގެ އަބާޔާއަކާއި އެކުގައި ހަމަ އެ ކުލައިގެ ޝޯލެއް އަޅައިގެން ވަރަށް ނަލަ ހެދިލައިގެންނެވެ.

”ކޮބާ އެންމެން ރެޑީތަ؟ އާކިލް ކޮބާ މާހިން އައިސްފިތަ؟“ ޝާމިންވެސް ކޮޓަރިން ނުކުތެވެ.އޭނާވެސް ހުރީ ވަރަށް ތައްޔާރުވެލައިގެންނެވެ.

”ނޫން ނާދޭ…“ އަހަރެން ބުނެލީމެވެ.

”އޮހ މިއޮއް ގުޅީ…ކޮބާ ފައިބަމާ…ހަލޯ“ ޝާމިން ފޯނު ކަންފަތުގައި ޖަހައިގެން ހިނގައިގަތެވެ.

ޝާމިންގެ ފަހަތުން އެންމެން ނުކުތްއިރު މާހިން ސައިކަލު މަތީގައި އިނެވެ.ޝާމިން ކާރު ގަރާޖުން ނެރެގެން ނުކުމެ އެންމެން އެރުމުން ކާރު ދުއްވައިލިއެވެ.

ފެމިލީ ކޯޓު ދޮރުމައްޗަށް ކާރު މަޑުކޮށްލިއެވެ. އެންމެން ބާލާފައި ޝާމިން ދިޔައީ ކާރު ޕާކުކޮށްލާށެވެ.

****

”މާތް الله އަށް ތަޤުވާވެރިވެ، މި އެންގި ހެޔޮ ގޮތުގައި އުޅުމަށް ވަޞިއްޔަތް ކުރަމުން، މި ކާވެނީގެ ވަލީވެރިޔާ އަޙުމަދު ސުޢޫދުގެ އިޛުނަ އާއެކު މިތިއްބެވި ދެހެކީން، މއ.މިރޭޖް، އިސްމާޢިލް ޝާމިން އަދި މ.އެވަރލާސްޓް، މާހިން ސަޢީދު ހެކިކޮށް، މ.ނޯރާ، ޝަހީމް އުސްމާންގެ ދަރިކަނބަލުން، މ.ނޯރާ ޝަފްކާ ޝަހީމް،ހ.ފައުނު އަލީ އަހުމަދުގެ ދަރިކަލުން ،ހ.ފައުނު އާކިލް ޢަލީއަށް ދެހާސް ފަންސަވީސް ރުފިޔާގެ ރަނަށް ޝަރުޢީ ހަމަތަކުގެ މަތިން، މާތް الله ގެ އިސްމުފުޅުގެ ބަރަކާތުން ކާވެނިކޮށްދީ އަނބިކޮށްދީފިން…“ ގާޒީ ކައިވެނި ލައި ދިނެވެ.

އަހަރެންގެ ދުލުން އަނބި ގަބޫލުކޮށްފީމޭ ބުނި ވަގުތު އުފާވެރިކަމުގެ ކަރުނައިން އަހަރެންގެ ދެ ކޯތާފަތް ތެމިގެން ދިޔައެވެ.

އަހަރެމެންގެ ދިގު އިންތިޒާރަށް ނިމުމެއް އައީއެވެ.ޝަފްކާއަކީ މިހާރު އަހަރެންގެ ޙަލާލު އަނބިމީހާއެވެ.އަހަރެންގެ މުޅި ދިރިއުޅުމެވެ.އުމުރަށްވެސް އެކުގައި އުޅެން ކުރި އަހުދާއި އިގުރާރާއި އެކުގައި އަހަރެމެން ދެމީހުންވެސް ހަޔާތުގެ އާ މަންޒިލަކަށް ދަތުރު ފެށީއެވެ.

ކޯޓުން ނުކުތް ގޮތަށް އަހަރެމެން މިސްރާބު ޖެހީ ލޮނު ޒިޔާރަތް ޕާކަށް ފޮޓޯ ޝޫޓަކަށެވެ.އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ އިންތިހާ އުފާވެރިކަމެވެ.ކުޑަ ކުޑަ ނުހައިކަށްވެސް ހީވަނީ ޢީދެއް އައިސްގެން އުޅޭހެންނެވެ.އެ ތުއްތު ފުރާނައަށްވެސް އޭނާގެ މަންމައާއި ބައްޕަގެ އުފާވެރިކަން ފަހުމުވަނީ ކަންނޭނގެއެވެ.އަޑުން އަޑު ނަގާ ހީ ހީފައި އުޅުނު ގޮތުން އެންމެންގެ ހިތްތަކަށްވެސް އެ މަޢުސޫމު ހަރަކާތްތަކުން ފިނިކަން ގެނެސްދިނެވެ.

ފޮޓޯގްރާފަރު ބުނި ގޮތް ގޮތަށް ހުއްޓި ފޮޓޯ ނަގަމުން ދިޔައިރު ދެ ހިތުގެ ތެޅުންވެސް ވަނީ ނުހަނު އަވަސްވެފައެވެ.ޝަފްކާގެ ލޯބިކަން ފެނި ލާނެތް ސަމާސާއެއް ކޮށްލާ ހިތް އަހަރެން ވިޔެވެ.އެ ރީތި ތުންފަތުގައި ކުޅެލަ ކުޅެލާ ހުރި ރީތި ހިނިތުންވުން އަހަރެންގެ ހިތަށް ފިނިކަން ލިއްބައިދިނެވެ.

ފޮޓޯ ޝޫޓު ނިންމާލާފައި އަހަރެމެން އެންމެން ދިޔައީ އަލަށް އަހަރެން ނެގި އެޕާޓްމަންޓަށެވެ.ކުރީބައިގައި ފަރުނީޗަރާއި އެއްޗެހި ހަމަކޮށް ފޮށި އެއްޗެހިވެސް ގެންގޮސް ތަންތަން ރަމަތަ ކޮށްލާފައި ހުރުމުން ނިކަން ފަސޭހަވިއެވެ.

ކައިވެނީގެ އުފަލުގައި އަހަރެމެން ޕާޓީ ޕިއްޒާ ގެނެސްގެން ކުޑަވަރެއްގެ ޕާޓީއެއް ބޭއްވީމެވެ.އެހެން އެންމެނަށްވުރެ ޕިއްޒާ ކާންވެގެން ފޯރި އަރުވައިލީ ނުހައިކުއެވެ.ނަސީބަކުން ޕިއްޒާގެ އެއްބައި ހުރީވެސް އެކުއްޖާއަށް ކެވޭނެހެން ކުޅި ނޫން ކޮށެވެ.

އެންމެންނާ އެކުގައި ވަގުތު ހޭދަކުރަމުން ދިޔައިރު ޝަފްކާގެ ތުންފަތުގައި ނުފިލާ ފަނޑު ހިނިތުންވުމެއް ވިއެވެ.އޭނާގެ އެ އުފާވެރިކަން ފެނި އަހަރެންގެ ހިތަށް ތަސައްލީއެއް ލިބިގެން ދިޔައެވެ.އަހަރެންގެ ދުޢާއަކީ މާތް ރަސްކަލާނގެ އަބަދުވެސް އެގޮތުގައި ޝަފްކާ ލެހެއްޓެވުމެވެ.

ޝަފްކާއަށް އެ ލިބުނު އުފަލުގައި ޝަހީމް ބައިވެރި ކުރަން އެ ހިތް އެދުނު ވަރުން އޭނާ އެމީހާއަށް ގުޅިމެއެވެ.އެހެނަސް ގުޅުމުން އެނގިގެން ދިޔައީ ޝަހީމް ޝަފްކާގެ ނަންބަރު ބުލޮކު ކޮށްލާފައިވާކަމެވެ.އާތިޔާ ގުޅީމައިިވެސް ނުނެގިތާނގައި އަހަރެންގެ ނަންބަރުން ގުޅީމައި ފޯނު ނަގާފައިވެސް ކާކުކަން އެނގުނު ހިސާބުން ދެން ކޮށްލީ ބުލޮކެވެ. ޝަފްކާ އެކަމާ ވަރަށް ދެރަވެގެން ރުޔެވެ.އެހެނަސް އަހަރެމެން އެންމެންވެގެން ހިތްވަރު ދިނުމުން އެ ހިތަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެން ދިޔައެވެ.

އެކުގައި އެތައް ވަގުތުތަކެއް ހޭދަކޮށް، ހަދިޔާ ދީ، ނަސޭހަތް ދީ ހަދާފައި، އެންމެން އެއްފަހަރާ ކަހަލަގޮތަކަށް ދިޔުމުން މުޅި ގޭތެރެއަށް އިސާހިތަކު ވެރިވީ ފަޅުކަމެވެ.ނުހައިކުވެސް ނިދި އައިސްގެން ރޮއެ ރޮއެފައި ޝަފްކާ ގާތުން ދޭން ފެށުމުން ރުއިމުގެ އަޑު ކެނޑުނެވެ.ޝަފްކާ ނުހައިކު ނިންދަވަން ވެގެން އޮށޯތުމުން އަހަރެން ވަނީ ފެންވަރާ ތާޒާ ވެލާށެވެ.ޝަފްކާ ނުކުންނަންވާއިރަށް ސިޓިން ރޫމަށް ނުކުމެ ކޮފީއެއް ގިރާލައިގެން އަހަރެން ސޯފާގައި ޖައްސާލީ ޓީވީވެސް އަޅުވާލައިގެން ހަމައެކަނި ސޯޓު ކޮޅެއްގައި ހުސް ގަޔާއެވެ.

އޭގެ ބައިގަޑިއިރެއްހާއިރު ފަހުން ކޮޓަރީގެ ދޮރު ހުޅުވައިލި އަޑު އިވުނެވެ.އެއާއެކު މުޅި ސިޓިން ރޫމް އެއްވަސްވެގެން ދިޔައީ ހިއްސުތައް މަސްތު ކުރުވާފަދަ ލުއި ލުއި އަންހެން ސެންޓެއްގެ ވަހުންނެވެ.އަހަރެންގެ ތުންފަތުގައި ކުޅެލީ ލާނެތް ހިނިތުންވުމެކެވެ.އަހަރެން ފަހަތްވެސް ބަލާ ނުލާ،އެނގުނު ކަމަށްވެސް ނުހަދާ އެ އިން ގޮތަށް އިނީއެވެ.ކުއްލިއަކަށް ފެނުނީ ޝަފްކާ އެ އައިގޮތަށް އައިސް އަހަރެންގެ ކުރިމަތީގައި ޓީވީއާއި އަހަންނާއި ދޭތެރޭ ހުރަހަކަށް ވާނޭހެން ހުއްޓިފައި ރިމޯޓު ނަގައި ޓީވީ ނިއްވައިލިތަނެވެ.އަހަންނަށް އޭނާގެ ފައިން ފެށިގެން ބޮލަށް އަވަސް ނަޒަރެއް ހިންގައިލެވުނެވެ.

ކުދި ކުދި ހުދު ހިތްތަކެއް ޖަހާފައި ވާ ގަދަ ރަތްކުލައިގެ އަތްކެނޑި ޕަޖާމާ ޓޮޕްކޮޅަކާއި، ހަމަ އެ ފޮތީގެ ރަނގަޅަށް ބުޑުވެސް ނިވާ ނުވާ ކުރު ކުރު ސޯޓު ކޮޅުގައި ހުރި ޝަފްކާ ފެނުނު ހިނދު އަހަރެންގެ ފިރިހެން ހިއްސުތަކަށް އެނގުންވެލީ ފަޅި ސިކުންތެއްގެ ތެރޭގައެވެ. ޝަފްކާގެ ދެލޮލުންވެސް ފާޅުވޭވޭ ހުރީ އެދުންވެރިކަމުގެ އިހުސާސްތަކެވެ.އެ ދެތުންފަތުގެ ގުދުރަތީ ރަތްކަން ފެނިފައި އެ ދެތުންފަތުގައި ބޮސްދޭހިތުންވެސް އަހަރެން އިނީ ކެތްމަދުވެފައެވެ.

އަހަރެން އެ އިން ގޮތަަށް އިނދެ ޝަފްކާގެ އަތުގައި ހިފާ ތަންކޮޅެއް ބާރަށް ލަތްކެއް ޖެހީމެވެ.އެއާއި އެކުގައި އޭނާ އައިސް ޖެހުނީ އަހަރެންގެ އުނގު މައްޗަށެވެ.މަސްތީ ނަޒަރަކުން ސީދާ އަހަރެންގެ ދެލޮލަށް ބަލަން އިނދެފައި ޝަފްކާ ލަސް ލަހުން އަހަރެންގެ އިސްތަށިގަނޑުތެރެއަށް ދެއަތް މަހާލައި ބާރުކޮށްލިއެވެ.އެއަށްފަހު މަޑު މަޑުން އަހަރެންގެ ކަނދުރާގައި ބޮސްދޭން ފެށިއެވެ.އެހިސާބުން ދެން އަހަރެންގެ މުޅި ޖިސްމުގައި ހީވީ ހުޅު ހިފިހެންނެވެ.މުޅިން ނަފްސުގެ ކޮންޓްރޯލް ގެއްލުނެވެ.އަވަސް ހަރަކާތަކާއި އެކުގައި އެ މޫނު ދެއަތުން ޖޯޑުކޮށްލައި، އެ ދެ ތުންފަތް ގައިދުކޮށްލެވުނީ ކައިވެނީގެ އަރާމާއިި ލައްޒަތަށް އަހަރެންވެސް ކަރުހިއްކައިގަތްފައިވީލެއް ބޮޑުކަމުންނެވެ.

(ނުނިމޭ)

(މި ޕާޓުވެސް ހުރިހާ ކިޔުންތެރިންނަށްވެސް ކަމުދާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން.)

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Lamtty
Follow Me Written By

Lamtty

Level 810 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

ހިތް ދެވިއްޖޭ ކަލާއަށް ޓަކައި 4

Next

ވާތީ ހިތަކު ލޯބި މަންމަންވެފާ 36

Next
April 18, 2026

ވާތީ ހިތަކު ލޯބި މަންމަންވެފާ 36

Previews
April 17, 2026

ހިތް ދެވިއްޖޭ ކަލާއަށް ޓަކައި 4

2 Comments!

  1. Sheex says:
    April 17, 2026 at 6:44 pm

    V reethi MA
    AAAAAAAAHHHHHHHH💋❤️
    OMGGGGGGG🤌🤌🤌🤌
    so romantic, SHEEX AH IMAGR KOHLEVUNEE ☺️☺️☺️
    MIHAARU HITHAH ARAA EMOYA EYVES🤭
    CW4THENEXTP 😁
    TC💛💚

    1. Lamtty Lamtty says:
      April 17, 2026 at 7:23 pm

      Thank you Sheex ❤️
      Hehe🫣
      Naseebehnu kamudhiyakann.Ehnves vaane baeh faharu iss ok
      Stay tuned ingey. 💕

Comments are closed.

Next Episodeވުމޭ އެދެނީ ތިބާޔާ އެކީ (ޕާޓް 11)←


All Right Reserved!