ވުމޭ އެދެނީ ތިބާޔާ އެކީ (ޕާޓް 11)
އަހަރެން އެ އިން ގޮތަަށް އިނދެ ޝަފްކާގެ އަތުގައި ހިފާ ތަންކޮޅެއް ބާރަށް ލަތްކެއް ޖެހީމެވެ.އެއާއި އެކުގައި އޭނާ އައިސް ޖެހުނީ އަހަރެންގެ އުނގު މައްޗަށެވެ.މަސްތީ ނަޒަރަކުން ސީދާ އަހަރެންގެ ދެލޮލަށް ބަލަން އިނދެފައި ޝަފްކާ ލަސް ލަހުން އަހަރެންގެ އިސްތަށިގަނޑުތެރެއަށް ދެއަތް މަހާލައި ބާރުކޮށްލިއެވެ.އެއަށްފަހު މަޑު މަޑުން އަހަރެންގެ ކަނދުރާގައި ބޮސްދޭން ފެށިއެވެ.އެހިސާބުން ދެން އަހަރެންގެ މުޅި ޖިސްމުގައި ހީވީ ހުޅު ހިފިހެންނެވެ.މުޅިން ނަފްސުގެ ކޮންޓްރޯލް ގެއްލުނެވެ.އަވަސް ހަރަކާތަކާއި އެކުގައި އެ މޫނު ދެއަތުން ޖޯޑުކޮށްލައި، އެ ދެ ތުންފަތް ގައިދުކޮށްލެވުނީ ކައިވެނީގެ އަރާމާއިި ލައްޒަތަށް އަހަރެންވެސް ކަރުހިއްކައިގަތްފައިވީލެއް ބޮޑުކަމުންނެވެ.
”އައި ނީޑް ޔޫ ސޯ ބޭޑް ރައިޓް ނައު.“ ނޭވާ ކޮޅަށް ދިޔުމުން އަހަރެން ޝަފްކާ އެ ގައިދުން މިނިވަން ކޮށްލީމެވެ.އޭރު އެ ތުންފަތް ރަތްކަމުން ހީވަނީ ލޭކޮޅެއް ހެންނެވެ.
”ދެން ވަޓް އާރ ޔޫ ވެއިޓިން ފޮރ…ޓޭކް މީ!…އައި ކޭން ފީލް ޔޫ އޯލްރެޑީ.“ތުންފަތުގައި ދައިގަންނަމުން ލާނެތް ރާގެއްގައި ޝަފްކާ ބުނެލިއެވެ.އެއާއެކު އަހަރެންގެ ލޯލިތައް ކޮޅަށް ޖެހިގެން ދިޔައެވެ.ޝަފްކާގެ އެ ބަސްތަކުން އަހަންނަށް ލިބިގެން ދިޔައީ މުޅިން އެހެން ކަހަލަ ޖޯޝަކާއި ހިތްވަރެކެވެ.
އަހަރެން ކުއްލި ހަރަކާތަކާއި އެކުގައި ޝަފްކާގެ އުނަގަނޑުގައި ދެއަތް ވަށާލި ގޮތަށް އޭނާ އުރާލައިގެން ސޯފާއިން ތެދުވީމެވެ.އެފަދަ ކަމަކަށް ތައްޔާރުނުވެ އިން ޝަފްކާއަށް ލިބިގެން ދިޔައީ ކުއްލި ސިހުމެކެވެ.ތޫލި ހަޅޭކަކާއި އެކުގައި އޭނާ އަވަސް އަވަހަށް އަހަރެންގެ މެދު ހަށީގައި ދެފައި ވަށާލައި ބާރުކޮށްލިއެވެ. ކުޑަ ކުއްޖެއްހެން ކުސްތަޅައިލި ގޮތުން އަހަރެންގެ ގާތަށް ކުޑަކޮށް ހިނިވެސް އައެވެ.
”ހެހެ އަޅެ އަހަރެން ޝަފް ވެއްޓުނަކަ ނުދޭނަމޭ…ރިލެކްސް ބޭބީ…އައި ކޭން ސްޓިލް ލިފްޓް ޔޫ.“ އަހަރެން ބުނެލީމެވެ.އެއާއެކު ޝަފްކާ ދޫކޮށްލީ ހަމަ ޖެހުމުގެ ނޭވާއެކެވެ.އެއާއެކު އަނެއްކާވެސް އޭނާ އަހަންނާއި ގާތްވެލިއެވެ.
”ޕްލީޒް ހިނގާބަ ރޫމަށް“ އިހުސާސްތައް ކޮންޓްރޯލް ނުވެގެން އުޅޭ ފަދައަކުން ޝަފްކާ އަހަރެންގެ ކަނދުރާގައި ވަސް ގަންނަން ފެށިއެވެ.އެހިސާބުން ދެން އަހަންނަށްވެސް ކެތްކުރުންވީ ދަތިކަމަކަށެވެ.
އަހަރެން ޝަފްކާ ތިރީގައި ބަހައްޓާފައި އަވަސް އަވަހަށް އޭނާގެ އަތުގައި ހިފައިގެން ކޮޓަރިއާއި ދިމާލަށް ދެވޭތޯ މިސްރާބު ޖެހީމެވެ. އެހެނަސް ދެ ޖިސްމުގައި ރަސްކަން ކުރަމުން ދިޔަ އިހުސާސްތަކުގެ ހޫނުކަމުން ކޮޓަރިއާ ހަމައަށްވެސް އަހަރެމެނަކަށް ވާސިލުވެވޭ ގޮތެއް ނުވިއެވެ.އެއަށްވުރެ ދެމީހުންވެސް ވަނީ ކެތްތެރިކަން ކުޑަވެފައެވެ.އަރާފައި ހުރި ފޯރީގައި އަހަންނަށް ޝަފްކާ ގެންގޮސް ތަތްކޮށްލެވުނީ ކޮޓަރީގެ ބޭރު ބިތުގައެވެ.
”އައި ކޭންޓް ވެއިޓް އެނީމޯރ!“ އަހަރެން އަނެއްކާވެސް އެ ދެ ތުންފަތް ގައިދުކޮށްލީމެވެ.އޭރު އެހެން ހުރިހާ ކަމެއްގެ މަތިން އަހަރެމެން ދެމީހުންވެސް ހަނދާން ނެތިފައިވާ ކަހަލައެވެ.
”އާކި ޕްލީޒް…ޓޭކް މީ… ރައިޓް ހިއަރ “އަހަރެންގެ ބީހުންތަކަށް ކެތް ނުވެގެން ޝަފްކާ ލަސް ގޮތަކަށް ދެލޯ މަރާލިއެވެ.އަހަރެންގެ ކަނދުރާގައި ދެއަތް ވަށާލައި ގާތަށް ދަމާލަމުން ،އޭނާ އަހަންނަށް އިތުރަށް ފުރުސަތު ދިނުމުގެ ގޮތުން އިސް އުފުލާލިއެވެ.އެ ފުރުސަތުގެ ބޭނުން އަހަރެން އެންމެ ފުރިހަމައަށް ހިފީމެވެ.އަހަރެންގެ ތުންފަތުގެ ހޫނު ބީހުންތަކުން ޝަފްކާގެ ޖިސްމުގައި އެދުންވެރިކަމުގެ އިހުސާސްތައް ވަކި ހިއްޕާލީ އޭގެ އެންމެ މަތީ ދަރަޖައަށެވެ.އެ މަސްތުކަމުގައި އެނާގެ ނަފްސު އެކީ އޮޔާ ބެހިގެން ދިޔައެވެ.
އަވަސް ހަރަކާތަކާއި އެކުގައި ޝަފްކާ އޭނާ ލައިގެން ހުރި ޕަޖާމާ ޓޮޕްކޮޅު ގަޔާ ވަކިކޮށްލައިފިއެވެ.އެ ޖާދޫވީ ވަނާތައް އަހަރެންގެ ދެލޮލަށް ކަޝްފުވީ ހިނދު އިޚުތިޔާރެއް ނެތި އަހަރެންގެ ހަރަކާތްތައް މަޑު ޖައްސާލެވުނެވެ.ލައި ލައި ހުރި ނޭވާވެސް ހިފަހައްޓާލެވުނެވެ.ތަލިން ކުޅު ހިކޭ ގޮތްވިއެވެ.
”ޑޫ ޔޫ ހޭވް އެނީ އައިޑިއާ ހައު ފަކިން ބިއުޓިފުލް ޔޫ އާރ ބޭބީ؟ އަހަންނަށް އާޝޯޚުވެފައި ބުނެވުނެވެ.ހަގީގަތުގައިވެސް ޝަފްކާ ހާދަހާ ރީއްޗެވެ. އަހަރެންގެ ދެލޮލަށްވެސް އޭނާ ސިހުރެއް ޖެއްސި ފަދައެވެ.ހުރަހެއް ނެތި އެ ހަށިގަނޑުގައި ބީހިލުމަށް އަހަރެން ކެތްތެރިކަން ކުޑަވިއެވެ.އެ ނާޒުކު ތުނި ހަށިގަނޑުގެ ކޮންމެ އިންޗިއެއްގައި ބޮސްދޭން އެވަގުތު އަހަރެންގެ ހިތް އެދި ގޮވައިގަތެވެ.
”ވެއިޓް…ނޫކްއެއް ނުހޭލާނެތަ؟!“ ކޮޓަރީގައި ނުހައިކު ނިދާފައި އޮންނާނެކަން އަހަރެން ހަނދާންވީ ހަމަ ކުއްލިއަކަށެވެ.
”ޑޯންޓް ވޮރީ…އޭނާ ނުހޭލާނެ…ކްރިބަށް ލާފަ ޝަފް ނުކުތީވެސް…“ ކެތްތެރިކަން ކުޑަ ރާގެއްގައި ޝަފްކާ ބުނެލިއެވެ.
އެއާއެކު އަހަރެންގެ ކެތްތެރިކަމުގެ ލަގަން ދޫވެއްޖެއެވެ.ލުއި ފަތެއް ހެން ޝަފްކާ އުރާލައިގެން ކޮޓަރިއަށް ވަތްއިރު އަހަރެންގެ ހިތާއި ޖިސްމުވަނީ އެ މަސްތުކަމުގައި ހަމަ ރަނގަޅަށްވެސް ބަނދެވިފައެވެ.
އަހަރެން ގޮސް ޝަފްކާ އެނދުމަތީގައި ބާއްވާލީމެވެ.އޭނާ އަހަރެންގެ މޫނަށް ބަލަން އޮތް ގޮތުން އަހަރެންގެ އަވަސް ހަރަކާތްތައް މަޑު ޖައްސާލެވުނެވެ.އެ ދެލޮލަށް ފުންކޮށް ބަލައިލެވުނެވެ.ފަނޑު އަލިކަމުގެ ތެރެއިންވެސް އެ ރީތިކަން ފާޅުވޭވޭ ހުއްޓެވެ. އަހަރެންގެ ހިތުގައި އޭނާއަށްޓަކައި އުތުރި އަރަމުން ދިޔަ އިހުސާސްތައް ކޮޓަރިތެރެއަށް ވެރިވެފައިވާ ފަނޑުއަލީގެ ތެރޭގައި ދެ ޖިސްމު ގުޅި ލާމެހިގެން ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.ދެ ހިތުގައި ހިނގަމުން ދިޔަ ލޯބީގެ ފުން އިހުސާސް އެންމެ ފާޅުކަން ބޮޑު ގޮތުގައި އަނެކާއަށް އިހުސާސްކޮށް ދެމުންނެވެ.ކޮންމެ ބީހިލުމަކުންވެސް ބުނެދެމުން ދިޔައީ ތަފާތު ވާހަކައެކެވެ.ދެ ހިތްވެސް އެކަކު އަނެކެއްގެ ލޯތްބަށް ފެންބޮވައިގެންފައިވާ މިންވަރެވެ.އެކަކު އަނެކަކާ ނުލައި ހޭދަ ކުރި ހިތްދަތި ދުވަސްތަކުގެ ހަނދާންތައް ފުހެލަން ބޭނުންވެފައިވާ މިންވަރެވެ.
އަރާމާއި ލައްޒަތުގެ އެ ފޮނި މީރު ވަގުތުކޮޅަށްފަހު އަހަރެމެން ދެމީހުނަށްވެސް ހިންދެމިލެވުނުއިރު ލިބިފައިވަނީ އިންތިހާ ވަރުބަލިކަމެކެވެ.އަހަރެން ވަރަށް ލޯބިން ޝަފްކާގެ ނިތަށް ބޮސް ދީފައި އޭނާ ގެނެސް ގަޔާލާ ބޮނޑިކޮށްލީމެވެ.ޝަފްކާ އަހަރެންގެ އަތު ތެރޭގައި ބޮނޑިވެލި ގޮތުން ހީވީ އަހަރެންގެ ދެއަތުގެ ތެރެއަށް ވިރިގެންދާން އޭނާ ބޭނުންވިހެންނެވެ.އެ ލޯބިވެތި މަންޒަރު ފެނިފައި އަހަރެންގެ ތުންފަތުގައި ކުޅެލީ ކާމިޔާބީގެ އުފާވެރި ހިނިތުންވުމެކެެވެ.
އެވަގުތު އަހަރެންގެ ހިތަށް އެރިއެވެ.މާތް ރަސްކަލާނގެ އިރާދަފުޅުން މިއަދު އަހަންނަށް ޝަފްކާ މިލްކުވެއްޖެއެވެ.މިހާރު އެއީ އަހަރެންގެ ޙަލާލު އަނބިމީހާއެވެ.އަހަރެންގެ ދަރިފުޅުގެ މަންމަވެސްމެއެވެ.މިއަދު އެ ލޯބި އެންމެ ފުރިހަމަ ގޮތުގައި އަހަންނަށް ހާސިލުކުރެވިއްޖެއެވެ.އެ ނާޒުކު ހިތުގައި ދެން އެންމެ ކޫރުމެއްވެސް އެޅުނަކަ އަހަރެން ނުދޭނަމެވެ.އެހެނަސް އަހަރެންގެ ހިތް ރޯލީ އަހަރެންގެ ބަލި ހާލަތު ހަނދާންވެފައެވެ.ދިރި ހުރުމަށްޓަކައި އަހަރެން މިވަނީ މެޝިނެއްގެ އެހީ ބޭނުންވެފައެވެ.އެކަމަށްޓަކައި އަހަރެން މިކުރަނީ ހިމޭން ހަނގުރާމައެކެވެ.ހޭނިފައިވިޔެއް ކަމަކު ހަފްތާއަކު ތިން ފަހަރު އެ ދަތުރު ކުރަން ޖެހުމަކީވެސް ވަރަށް ބޮޑު ތަކުލީފެކެވެ.ޝަފްކާއަށްޓަކައި ދިރިހުންނަން އަހަރެން ބޭނުމެވެ.ނުހައިކު ބޮޑުވެ ފުރާފުރިހަމަވާތަން ދެކެންވެސް އަހަރެން އިންތިހާއަށް ބޭނުމެވެ.އެހެނަސް ނޭނގޭ ކަމަކީ އަހަންނަށްޓަކައި ލިޔެވިފައިވާ ތަގުދީރުގެ ނިޔާއެވެ.
****
ދުވަސްތައް އާދައިގެ ގޮތަކަށް ފާއިތުވަމުން ދިޔައެވެ.ޝަފްކާއާއި އެކުގައި އަހަރެންގެ ދިރިއުޅުން ކިތަންމެހާވެސް އުފާވެރިއެވެ.މިއަދު އަހަރެންގެ ހިތް މިވަނީ ޝުކުރުން ފުރިފައެވެ.އެހާ ލޯބި އުފާވެރި އާއިލާއެއް ލިބުމުން އުފާ ނުވާނީ ފަހެ ކާކު ހެއްޔެވެ؟ ޝަފްކާއާއި ނުހައިކު އަހަރެންގެ ކުލަ އޮއްސިފައިވާ އަނދިރި ދިރިއުޅުމަށް އާރޯކަމާއި ރީތި ކުލަތައް އަނބުރައި ގެނެސްދީފިއެވެ.
އަހަރެންގެ ހާލު ދަނެގެން ޝަފްކާ އަހަރެންގެ ހުރިހާ ކަމެއްވެސް ބަލަހައްޓަނީ ވަރަށްވެސް ފުރިހަމައަށެވެ.ކެއުމާއި ބުއިން އަދި ޑޮކްޓަރަށް ދެއްކުމުގެ އެންމެހާ ކަމަކަށްވެސް ޝަފްކާ ވަަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއެވެ.ކުޑަ ކުޑަ ނުހައިކު ގޮވައިގެން އުޅުނެއްކަމަކު އެކުއްޖާއަށްވެސް އެއްވެސް ކަމެއް އުނިވިޔަކަ އޭނާ ނުދެއެވެ.އަނެއްކާ ނުހައިކުވެސް މިހާރު އެހާ ހަލަންޏެވެ.އެހާ އަނގަވެސް ގަދައެވެ.އޭނާގެ ބަހުރުވައިން އޭނާ ބޭނުން ވާހަކައެއް ބުނެލާއިރު އެހާ މަޖަލެވެ.އަހަންނަށާއި ޝަފްކާއަށް އޭނާ ކިޔާ އެއްޗެއް ފަހުމުވަނީވެސް ވަރަށް ވިސްނައިގެން ތިބިއްޔާއެވެ.ނުވިތާކަށް ތަން ތަނުގައި ހިފަހައްޓައިގެން އެކުއްޖާ މިހާރު ހިނގަންވެސް މަސައްކަތް ކުރެއެވެ.އެހެނަސް ބައެއް ފަހަރު ވެއްޓި އަނިޔާވާތީ އަދިވެސް ދެއަތް ދޫކޮށްލައިގެން ހިނގަން އެކުއްޖާ ހިސާބަކަށް ޖެހިލުންވަނީއެވެ.
ވަޒީފާގެ މާހައުލުގައިވެސް ކުރިއަރައިގެން ދާނެ ފުރުސަތުތައް އަހަންނަށް ލިބެން ފެށިއެވެ.އެގޮތުން އަހަރެމެންގެ އާރޓް ސްޓޫޑިޔޯއަށް އަލަށް ހުޅުވަން ހަމަ ޖެހިފައިވާ އާރޓް ރިޒޯޓަކަށް ގިނަ އަދަދެއްގެ ކުރެހުންތަކެއް ތައްޔާރު ކުރުމުގެ ބިޔަ ޕްރޮޖެކްޓެއް ލިބުނެވެ.ބައެއް ކުރެހުންތަކަކީ އެމީހުންގެ ވިލާތަކައި ރެސްޓޯރެންޓްތަކުގެ ފާރުތަކުގައި ކުރަހަން ޖެހޭ ކުރެހުންތަކެއް ކަމުން ބައެއް މަސައްކަތް ކުރަން ޖެހެނީ ރިޒޯޓަށް ގޮސްގެންނެވެ.
އަހަންނަކީ ސްޓޫޑިއޯގައި އަޅާ ކިޔާލެވޭ ވަރުގެ އާޓިސްޓަކަށްވާތީ ބޮސް ހުރީ އަހަރެން ފޮނުވަން ވަރަށް ފައި ވިއްދާފައެވެ.އެހެނަސް އެތަނުގައި މަޑުކުރާ ގޮތަށް އަހަންނަށް ދެވެން ނެތްކަން އަހަރެން ވަރަށް ސާފުކޮށް އޭނައަށް ބުނެދިނީމެވެ.އަހަރެން މާލޭގައި ހުރެގެން ނިންމަން ހުރި އާރޓު މަސައްކަތްތަކުގެ ބޮޑު ބައިގައި ހިފާނަމޭ ބުނީމައިވެސް އެ މީހާ އެކަމާ އެއް ބަހެއް ނުވިއެވެ.އޭނާ ހުރީ އެހާ ފަސޭހައިން އަހަރެން ދޫކުރާ ގޮތަކަށް ނޫނެވެ.
މަސައްކަތުގެ ކޮލިޓީއަކީ އޭނާ އަބަދުވެސް ވަރަށް އިސްކަން ދޭ ކަމެކެވެ.އޭނާ އަބަދުވެސް އަހަރެންގެ ހުރިހާ މަސައްކަތަށްވެސް ވަރަށް ތަޢުރީފު ކުރެއެވެ.އާރޓުގެ ދާއިރާގައި ވަރަށް ފުންނާބު އުސް މީހަކަށް ވެވިދާނެ ފަދަ ގާބިލިއްޔަތުކަން އަހަރެންގެ އެބަހުއްޓޭ އޭނާ އަބަދުހެން އަހަރެން ގާތުގައި ކިޔައެވެ.އޭނާ ބޭނުންވީ އަހަރެން ޑައިލިސިސް ހަދާ ނިންމާ އަރާމުކުރަންވެސް ވަގުތުދީފައި ނަމަވެސް ކޮންމެހެންވެސް އަހަރެން އެތަނަށް ފޮނުވާށެވެ.ދަތުރުގެ ހުރިހާ ކަމެއްވެސް ތިމަންނާ ހަމަޖައްސަައިދޭނަމޭ، އަހަރެން ހަމައެކަނި ކޮށްދޭންވީ ކަމަކީ އަހަރެންގެ ’ފުލް ޕޮޓެންޝަލް‚ ހުރިހާ ކުރެހުމަކުންވެސް ދައްކައިދިނުން ކަމުގައި އޭނާ ބުނެލިއެވެ.
****
ޝާމިނާއި މާހިންވެސް ދޭތެރެއަކުން އަހަރެމެން ގެއަށް އައިސް އުޅޭތީވެ ނުހައިކުވެސް އެމީހުންނާ މިހާރު ވަރަށް ރައްޓެއްސެވެ.އާތިޔާވެސް ޑިއުޓީ ނިންމާފައި ކޮންމެ ދުވަހަކުހެން އާދެއެވެ.
އެފަދަ ދުވަހެކެވެ.އަހަރެން ޑައިލިސިސް ހަދާ ނިންމާފައި އައިސް ސޯފާގައި ޖައްސާލީ ވަރަށް ހަމަ ޖެހިލައިގެންނެވެ.ވެފައި ހުރި ވަރުބަލިން އަހަރެންގެ ދެލޮލަށް ބަރުވާން ނެގީ ހަމަ ކުޑަ ހިނދުކޮޅެކެވެ.ނުހައިކު ނިދި އައިސްގެން ރޯން ފެށުމުން ޝަފްކާ ވީ އޭރު އެކުއްޖާ ނިންދަވަން ކޮޓަރިއަށް ވަދެއެވެ.
ބެލް އަޅައިލި އަޑަށް ސިހިފައި އަހަންނަށް ދެލޯ ހުޅުވައިލެވުނެވެ.ކަންނެތް ގޮތަކަށް ތެދުވެގެން ބަރުހެލި ފިޔަވަޅުތަކެއްގައި ގޮސް ދޮރު ހުޅުވާލިއިރު ދޮރުމަތީގައި ހުރީ އާތިޔާއެވެ.އެ ދެލޯވަނީ ކަރުނައިން ފުރިފައެވެ.އަހަރެން ހަމަ ފެނުނުހާއިރަކަށް އޭނާގެ ބަޑި ފަޅައިގެން ގޮސްފިއެވެ.
”އަނހާ މަންމާ….ކީއްވެ ތި ރޮނީ؟ ނުރޮއެ ހުއްޓާލާ.އާދޭ..“އަހަރެން ވަރަށް ކަންބޮޑުވިއެވެ.އާތިޔާގެ ދެކޮނޑުގައި އަތް ބާއްވާލައި ގާތްކޮށްލައިގެން ގެންގޮސް އަހަރެން އޭނާ ސޯފާގައި ބޭންދީމެވެ.އާތިޔާ އެއްޗެކޭ ނުބުނެ އިނދެ ގިސްލާ ރޯތީ އަހަރެން ހުރީ އޭނާ މަސަލަސް ކުރަން ހަދާނެ ގޮތެއް ނޭނގިފައެވެ.ޝަފްކާއަށް ގޮވާލަން ދާނަމޭ ހިތާ އުޅެނިކޮށް ނަސީބަކުން ޝަފްކާވެސް ނުކުމެއްޖެއެވެ.
”މަންމާ…ކިހިނެއްވީ؟؟ ކީއްވެ ތި ރޮނީ؟“އާތިޔާ ރޯތަން ފެނި ކަންބޮޑުވެގެން ޝަފްކާވެސް އައިސް އޭނާގެ ގާތުގައި ސޯފާގައި އިށީނދެއްޖެއެވެ.
”ދަރިފުޅާ…ބައްޕަ…ބައްޕަ އެ މީހާ ގެއަށް ގެނެސްފި“ އާތިޔާ ރޮމުން ބުނެލިއެވެ.އެ އަޑުގައިވަނީ ވޭނީ ރިހުމެކެވެ.
”އޭނ! ގެޔަށް ގެނައްޔޭ؟! ވަޓް ދި ހެލް!އެކަމަކުވާ.. މިހާރު އެހާ މައްޗަށް ބައްޕަގެ ކަންތައް ދިޔައީތަ؟!.“ޝަފްކާގެ ގާތަށް ރުޅި އައިވަރުން ވަގުތުން ދެބުމަ ގޮށްޖެހުނެވެ.
”ކާކުތަ އެއީ؟ މަންމަ ދަންނަ މީހެއްތަ؟!“ ޝަފްކާ އިނީ ދަތްކުނޑިވިކިފައެވެ.
”މަންމައަކަށް ނޭނގެ އެއީ ކާކުކަމެއް ދަރިފުޅާ…ހީވަނީ ބޭރު މީހެއްހެން…ބުރުގާވެސް ނާޅާ ހުރި ވަރަށް ޒަމާނީ އަންހެން ކުއްޖެއް…ޝިޒް ރިއަލީ ޔަންގް..ޔަގީން ތިރީސް އަހަރުވެސް ނުފުރޭނެކަން.“ އާތިޔާ ރޮމުން ބުނެލިއެެވެ.
”ޕިސް ޕިސް!ކޮބާ ތި މީހަކު މިހާރު؟“ ޝަފްކާ އިނީ ބޮލުން ދުން އަރާ ވަރުވެފައެވެ.
”ނޭނގެ…އެބަ އުޅޭ ކަންނޭނގެ ގޭގަ…މަންމައަށް މިއަދު ޑިއުޓީއަށް ދާން ކޮޓަރިން ނުކުމެވުނީ އެމީހުންގެ ކުރި މައްޗަށް…މަންމައަށް ނޭނގޭ ވީ ގޮތްވެސް…ފާޑަކަށް ހުއްޓުން އެރީ ހަމަ.ބައްޕަ ހުރީ އެކުއްޖާގެ އުނގަނޑުގައި އަތް އަޅުވާލައިގެން ވަރަށް ހެވިފަ…ބޮޑު ސިންގާ ދެ ސޫޓް ކޭސް ހުރި ގެސްޓް ރޫމް ކައިރީގަ ބަހައްޓާފައި…މަންމަ ފެނުނުހާއިރަކަށް ބައްޕަ އެކުއްޖާއަށް މަންމަ ދައްކާފައި ކިޔައިފި އެއީ ދައްތައޭ…އަދި މަންމަ ކައިރީ ބުނި އެއީ ލެއޯރާއޭ…ލެއޯ ކިޔާށޭ…އެ ކުއްޖާ ފާޑަކަށް މޫނު ހަދާލީ…މަންމަ ހަމަ މިއަދުން މިއަދަށް ވަރިވާން ފޯމު ލައިފިން…ބައްޕަ އެ އެގޮތް ދޫކޮށްލާތޯ ވަރަށް ކެތް ކުރެވިއްޖެ…އެކަމަކު ކޮންމެ ކަމަކަށްވެސް އިމަކާ ހައްދެއް އޮންނާނެ…ހީ ކޮރްސްޑް އެވްރީ ވަން އޮފް ދެމް.އައި ހޭވް ހޭޑް އިނަފް.ސޯ ނައު އައި ވޯންޓް ޓު އެންޑް ދިސް މެރިޖް ފޮރ ގުޑް…“ އާތިޔާ ރުއިން ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން ކިޔައިދިނެވެ.
”ޕިސް ޕިސް…ކޮން ލެއޯއެއް ދެޔޯއެއް!! ބައްޕަވެސް މުސްކުޅިވީވީހެން ހިތް ވަނީ ޒުވާން ދޯ….ލަދުން ވެސް ހަލާކު…!ހަމަ ތެދެއް ދެން މަންމަ ވީއެއްނު އަޅެ މާމަމެން ގެއަށް ޗޭންޖްވާން…މިހާރު ތި ބުނީ ފޯމުވެސް ލައިފީމޭ..ދެން ކޮންމެހެން އެމަންޒަރުތައް ފެނިގެން މަންމަ އަބަދާ އަބަދު ދެރަވެގެން ރޯކަށް ކީއްކުރަން މަންމަ އެތާ ދިރިއުޅެންވީކީ.. އަދި ބައްޕަ ވަރިނުކުރެޔޭ ކިޔާފަ…..ބައްޕަ އެ އުޅޭ ފާޑަކުން ހުވާ މިބުނީ ލަދުން ބޯހަލާކު…ބައްޕަ އަހަރެމެންނަށް އެއްޗިހި ކިޔަން ވަކި ބައްޕަ އެ އުޅޭ ގޮތް ރީތިތަ؟ އަދިއެއް ގައިމު މަންމަ ވަރި ކުރީކީ ނޫން…މިހާރު ހިލޭ އަންހެނަކު ގެނެސް ގެއަށް ވެއްދީ އެ…އަހަރުމެންނަށް ކުށެއް ކުރެވުނީމާ އެތަންކޮޅުގައި ހިފައިގެން އަބަދު އެވާހަކަ ދައްކަނީ ބައްޕަވެސް.އެކަމަކު ބައްޕައަކަށް ނެތެއްނު އަސްލު އަހަރެމެންނަށް އިނގިލި ދިއްކުރެވޭކަށެއް.ބޮނޑިއެއް ބޮވުނީމަ އެންމެނަށްވެސް ވިސްނޭނީ..“އާތިޔާގެ އިހުސާސްތަކާއި މެދުގައި ހަމްދަރުދީ ފާޅުކުރަމުން ވަަރަށް ހިތްހަމަ ނުޖެހިފައި އިނދެ ޝަފްކާ ބުނެލިއެވެ.
”ދަރިފުޅާ…ކޮންމެ ގޮތެއްވިއަސް އެއީ ދަރިފުޅުގެ ބައްޕަ…ބައްޕަ އެމީހާއާ އިނީވިއްޔާ ދަރިފުޅު ވާނެ އެކަން ބަލައިގަންނަންވެސް.އެ މީހާއަށް އިހުތިރާމް ކުރަންވެސް…އަދި ބައްޕަ ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް ތީ ހަމަ އެ ބައްޕަގެވެސް ދަރިއެއް… ދަރިފުޅުވާނެ އެކަން ދަންނަން.“ އާތިޔާ ބުނެލިއެވެ.
”މަންމާ… ބައްޕައެއް ކަމަކު އެހާ އިހާނެތިކޮށް ކަން ކަން ކުރަންޏާ ރުޅިވެސް އާދެވޭނެ ދޯ…އަހަރެމެންނަކީވެސް ހަމަ އިންސާނުންނޭ…އަސަރުވެސް ކުރާނެޔޭ… ބައްޕައަށް ކީއްވެތަ އެވަރު ނުވިސްނެނީ؟އަހަންނާ ދޭތެރޭވެސް އެގޮތަށް ކަންތައް ކޮށްފަ އަދި އެވަރުން ނުވެގެން މަންމައަށްވެސް ބިޓްރޭ ކުރީމަ ނަފްރަތު ކުރަން ބޭނުން ނުވިޔަސް އަހަންނަށް މިހާރު އަސްލު ބައްޕައަށް ނަފްރަތު ކުރެވޭ… ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ އެދުވަހު ބައްޕަ ކީ އެއްޗެހި…އައި ރިއަލީ ވިޝް ހީ ލާން އެ ލެސަން… އަހަރެން ބަލާނަމޭ އެ އަންހެނާޔާއެކީ ކިހާ ދުވަހަކު ބައްޕައަށް ކެތްކޮށްލެވޭތޯ…ހުރިހާ މީހުން މަންމަހާ ކެތްތެރިއެއް ނުވާނެ…އެއް ފުޅަށް މަތިން ފުންމާލި ބަކަރި ފުންމާލާނެ އަނެއް ފުޅަށް މަތިންވެސް…ތި އަންހެނާ އަކީ ހެޔޮކޮށްވިއްޔާ ގޯލްޑް ޑިގަރ އެއް…އެ ނޫނީ ކީއްކުރާކަށް ޒުވާން އަންހެނަކު އުމުރުން ފަންސާހުން މައްޗަށް ގޮސްފައި ހުރި ފިރިހެނަކާ ހިތާވާންވީކީ؟އަހަންނަށް ހަމަ ޔަގީން ބައްޕަގެ މުދާގަނޑުގެ ބޭނުމުގަ އެ އަންހެނާ އެ އުޅެނީ…ބޯ ހަލާކު“ ޝަފްކާ ދެއަތުން އޭނާގެ ބޮލުގައި ހިފަހައްޓާލައި، އިސްތަށިގަނޑުތެރެއަށް އިނގިލިތައް މަހާލަމުން ބުނެލިއެވެ.
”ދެން ރުޅި މަޑުކުރޭ ދަރިފުޅާ… މަންމައަށް ހަމަ ކެތް ނުވެގެން އެ ވާހަކަ މި ދެއްކުނީ…ދެން ހިނގާ އެ ވާހަކަ ބާއްވަމާ ދޯ…ކޮބާ މާމަގެ ނޫކް؟“ އާތިޔާ ކަރުނަތައް ފުހެލަމުން ބުނެލިއެވެ.
”ނޫކުއަށް ނިދިފަ…މަންމަ އުޅޭ ކާން… އަހަރެން ހުންނާނެ ޕާސްތާ ހަދާފަ…“ ޝަފްކާ ބުނެލިއެވެ.
”ނޫން…ނުއެއް ކެވޭނެ މިގަޑީގަ ދަރިފުޅާ…ކޮފީއެއް ބޯލާނީ…“ އާތިޔާ ބުނެލިއެވެ.އޭނާއަށް ކޮފީއެއް ގެނެސްދިނުމަށްޓަކައި ޝަފްކާ ބަދިގެ ފަރާތަށް ޖެހިލިއެވެ.
”ދަރިފުޅާ އާކިލް… ކިހިނެއްތަ މިއަދު؟ ރިޒޯޓަށް ނުދާ ދުވަހެއްތަ؟“ އާތިޔާ މަޢުޟޫޢު ބަދަލުކޮށްލިއެވެ.
”މިއައީ ހަމަ ޑައިލިސިސް ހަދައިގެން…މާދަން ދެން ރިޒޯޓަށް ދާނީ…އަދި ވަރަށް ބޮޑު ބައި އެބައޮތް ނުނިމި އެކޮޅުގައި…މިކޮޅުގައި ނިންމަންޖެހޭ ބައި އެކަމަކު ދެން ގާތްގަނޑަކަށް ފިފްޓީ ޕަސެންޓް ނިންމާލެވިއްޖެ މިހާރު…“ އަހަރެން ބުނެލީމެވެ.
ފަހުން ދެން ނުހައިކުވެސް ހޭލުމުން އާތިޔާ ދިޔައީ އެކުއްޖާއާއި އެކުގައިވެސް ވަގުތު ކޮޅެއް ހޭދަކޮށްލައިފައެވެ.ވަރުބަލިކަން ނުފިލާތީ އަހަރެން ވަދެ ކޮޓަރީގައި ޖައްސާލިހެނެއް ހިޔެއް ނުވެ ނިދުނީއެވެ.ފަހުން ދެން ހޭލެވުނުއިރު ޝަފްކާވެސް އޮތީ އަހަރެންގެ ގާތުގައި ގުޅަވެލައިގެންނެވެ.
”ހޭލެވުނީ ދޯ“ ޝަފްކާ ހިނިތުންވެލާފައި ބުނެލިއެވެ.އޭނާ އިހުނަށްވުރެވެސް ބޮޑަށް އަހަރެންގެ މޭގައި ތަތްވެގަތެވެ.އަހަރެން އެ ހަށިގަނޑުގައި ދެއަތް ވަށާލައި އެ ލޯބި މޫނުކޮޅުގައި ބޮސް ދިނީމެވެ.އެ އިސްތަށިގަނޑުން ދުވާ ހިތްގައިމު ވަހުން ވެސް ހިތް ފުރޭހާވެއެވެ.
”އައި ލަވް ޔޫ އާކި“ ޝަފްކާ އަހަރެންގެ މޫނުގައި އެ ހިމަ ހޯލި އިނގިލިތައް ހިންގާލަމުން އަހަންނާ ހަތަރުކަޅި ހަމަކޮށްލާފައި ބުނެލިއެވެ.
”އައި ލަވް ޔޫ ދި މޯސްޓް!“ އަހަރެން ޝަފްކާގެ ނޭފަތުގައި ނޭފަތް ޖައްސާ އޭނަޔާ ސަމާސާއެއް ކޮށްލީމެވެ.
”ނޫން އައި ލަވް ޔޫ ދި މޯސްޓް…“ ޝަފްކާ ޅަ ވެލާފައި ބުނެލިއެވެ.އެވަގުތު ބާރު އަޑު ފަށްގަނޑެއް އިވިގެން އަހަރެމެން ދެމީހުނަށްވެސް ސިހިފައި ތެދުވެވުނެވެ.
”އަޅޭ ދަރިފުޅޫ ނޯޯޯ!“ ޝަފްކާ ކުޑަ ކުއްޖެއްހެން ކުސްތަޅައިލިއެވެ.ޓައިލްސް މަތީގައި ފަތުރާފައިވާ ޕްލޭމެޓުގައި ކުޅެން އިން ނުހައިކު އޭނާގެ ބޮޑު ކުޅޭ ވަށިގަނޑު އެއްކޮށް އޮއްސާލީއެވެ.ޝަފްކާ ކުސްތަޅައިގަތުމުން ނުހައިކު ހިނިއައި ގޮތުން ހީވީ އޭނާއަށް ވަރަށް މޮޅު ކަމެއް ކުރެވުނީހެންނެވެ.
”މިހާރު އަބަދު އެހެން ހަދަނީ… ވަރަށް ހަލަނިވެއްޖެ މީނަ މިހާރު….ހަމަ އެއްޗެހިތައް ގޮސް ނަގާއިރަށް އަނެއްކަ އޮއްސާލާ…ކުރިން ދުވަހަކު އަހަރެންގެ ލިޕްސްޓިކެއް ކާން އިންދަ ފެނުނީ…އަދި އެންމެ ފޭވަރިޓް ލިޕްސްޓިކޭ…އަނެއް ދުވަހު އެއްޗެހި ދޮވެގެން ވަށިގަނޑަށް އަޅައިގެން އައިސް ހިއްކަން އަޅަން އުޅެފައި ބަލާލިއިރު މީނަ ފަހަތުން ފިރުކިފަ އައިސް އެހާ ހިނދުކޮޅަކަށް ވަށިގަނޑު ވައްޓާލައިގެން އަންނައުނުތައް ދަމާ ނެރެ ޓައިލްސް މަތީގައި ދަމާފަ…ކީކޭ ބުނާނީ އަޅެ…އެކަހަލަ ލާނެތް ކަންކަން މިހާރު ހުރެފަ ކޮށްލަނީ…ދޯ ދަރިފުޅޫ…“ ޝަފްކާ ފުން ނޭވާއެއް ދޫކޮށްލަމުން ބުނެލިއެވެ.
ކިތަންމެ ކުޅޭ އެއްޗެހިތައް ގިނަޔަސް އެސޮރުވެސް ގިނަ ފަހަރު ބޭނުންވާނީ އަހަރެމެން ގެންގުޅޭ އެއްޗެއްސެވެ.އަހަރެން ބަލާލިއިރު ދެން ފެނުނީ އަހަރެންގެ ވޮލެޓުގަނޑުވެސް އެ ސޮރުގެ އަތުގައި އޮއްވައެވެ.
”ދަރިފުޅޫ ހޯ ހޯ އެއްޗެކޭ ތީ… އަވަހަށް ގެނޭ ބައްޕި އަތަށް….“ އަހަރެން ވަރަށް ލޯބިން ބުނެލީމެވެ.
”ޕިސް…މިހާރު ކޮންތާކުން އާކިގެ ވޮލެޓު އޭނަ ނަގައިގެން އެ އުޅެނީ….ދަރިފުޅޫ އަވަހަށް ގެނޭ..ހޯ ހޯ އެއްޗެއް ތީ…..“ ޝަފްކާވެސް ބުނެލިއެވެ.
”ނޮހ ނޮހ“ ވޮލެޓް އަތުލަން އުޅޭކަން އެނގިގެން ނުހައިކު އެ ހިފައިގެން ތެދުވެ ނުފަރިތަ ގޮތަކަށް ދުރަށް ހިނގައިގަތެވެ.
”ބަލާލަބަލަ މިހާރު އަތުލައިފާނެތީ އެ ނައްޓާލީ…ބޯވެސް ބޮޑޭ ނިކަން…“ ނުހައިކު އުޅޭ ގޮތުން މީހަކަށް ނުހީއެއްވެސް ނީނދެވޭނެއެވެ.
”ހަމަ އާކިގެ ނޯޓީކަން އެހެރީ ނޫކުއަށް ލިބިފަ…“ ޝަފްކާ ތުންކޮޅު އޫކޮށްލަމުން ބުނެލިއެވެ.
”އެހޭ….ނުވާނެ…ހަމަ ޝަފްގެ ނޯޓީކަން އެއީ…“ އަހަރެން ދޫނުކުރަން ވެގެން ބުނެލީމެވެ.
”ހަމަ އާކިގެ“ ޝަފްކާ ދޫ ނެރެލިއެވެ.
”މައްސަލައެއް ނެތް…. އަހަރެންގެ ނޯޓީ ކަމޯ…ނޯޓީކަން ދައްކާލަދޭންވީތަ؟“އަހަރެން އެއްލި އަތުން ޝަފްކާގެ މެދު ހަށީގައި ހިފާ ގާތްކޮށްލަމުން ބުނެލީމެވެ.
”ދޭން….ނޫކުއަށް ފެނިދާނެ…“ ޝަފްކާ ޅަ ވެލާފައި ބުނެލިއެވެ.
”ޝަފް…ވިލް ޔޫ ގޯ އައުޓް ވިތް މީ ޓުނައިޓް؟“ އަހަރެން ކުއްލިއަކަށް އަހައިލީމެވެ.
”އާރޔޫ އާސްކިން މީ އައުޓް އޮން އެ ޑޭޓް…؟ހަހަހަ“ ޝަފްކާ ހޭންފެށިއެވެ.
”އެހެންޏަ…މެރީ ކޮށްގެން އުޅުނަކަސް ޑޭޓުތަކަށް ދާން ޖެހޭނޭ…ކުރީގަ ދެން ވަގަށް އުޅުނީމައޭ ނުދެވުނީ…“ އަހަރެން ބުނެލީމެވެ.
”ޔެސް ހިނގާ ދާން….ކޮންތާކަށް ދާނީ؟ މަންމަ ކައިރީގައި ބުނާނަން ނޫކް ބަލާލަދޭން މިރޭ ޖައްސާލަބަލާށޭ…“ ޝަފްކާ އަވަހަށް ފޯނު ނަގައި އާތިޔާއަށް މެސެޖެއް ލިޔަން ފެށިއެވެ.
”އިޓްސް އެ ސަޕްރައިޒް…ބުނީމަ ނުވާނެ އެއްނު ސަޕްރައިޒަކަށް…“ އަހަރެން ހިނިއައިސްފައި ބުނެލީމެވެ.
”ދެން ނޯޯޯ…..ޔޫ ނޯ ހައު މަޗް އައި ހޭޓް ސަޕްރައިޒެސް“ ޝަފްކާ ތުންކޮޅު އޫކޮށްލަމުން ކުސްތަޅައިލިއެވެ.
”ދެން އެކަމަކުވެސް ނުބުނެވޭނެ…ބޭބީ ކިތަންމެ ހޭޓް ވިޔަސް މިރޭ ޖެހޭނީ ހަމަ ސަޕްރައިޒް ވާން…ޔޫ ގޮނަ ލަވް އިޓް…އައި ޕްރޮމިސް.“ އަހަރެން ޝަފްކާގެ މެދުހަށީގައި ފަހަތުން ބައްދާލައި އޭނާގެ ކޮނޑުގައި ދަތްދޮޅި ޖައްސައިގެން އިނދެ ބުނެލީމެވެ.
”އޯކޭ ފައިން… ވަޓްސް ދި ކަލަރ ކޯޑް؟“ ޝަފްކާ ކަޅި އަނބުރާލަމުން ބުނެލިއެވެ.
”ކަލަރ ކޯޑޭ؟ ޖަސްޓް ވެއަރ ސަމްތިން ނައިސް ބޭބީ…ވެލް…ހައު އަބައުޓް ޔޫ ސަޕްރައިޒް މީ ވިތް ޔުއަރ އައުޓްފިޓް…“ އަހަރެން ކުއްލިއަކަށް އެއްޗެއް ހަނދާންވި ފަދަ ގޮތަކަށް ބުނެލީމެވެ.
”ހޫނމް…އައި ލައިކް ދެޓް…ހޫ ނޯޒް…މޭ ބީ ޔޫ މައިޓް ސްޓްރަގްލް ޓު ކީޕް ޔޯރ ހޭންްޑްސް އޯފް އޮފް މީ ދި ހޯލް ނައިޓް.“ ލާނެތް ރާގެއްގައި ޝަފްކާ ބުނެލިއެވެ.
”ވޫފް…. އަހަންނަށް ހަމަ އެހާ ވަރުކޮށްލަންތަ ތި ވިސްނަނީ…ނޯޓީ ގާރލް…ހޫ ނޯޒް…މޭބީ ޔޫ މައިޓް ބީ ދި ވަން ބެގިން ފޮރ މޯ ޓުނައިޓް….ލެޓްސް ސީ ދޯ އަޅެ ވާގޮތެއް“ އަހަރެންވެސް ލާނެތްވެލީމެވެ.
”އެއްކަލަ އާކި…ދެން އަހަރެން ލާ އައުޓްފިޓަކުން ފިރިހެނުން އަހަންނަށް ކަޅި ހުއްޓޭތީއޭ ކިޔާފަ އާކި ޖޭވާނީކީ ނޫން…“ ޝަފްކާ ހީގަތެެވެ.
”އޭ ތި ކަޑަ ވަނިއްޔޭ…އެހާ ރިވީލިން ނުވައްޗޭ… އަހަރެން ޖޭ ނުވާން ހުއްޓަސް ވެފަ އޮންނާނީ މަގޭ ވައިފީގެ ބޮޑީއަށް އެހެން މީހުން ބަލަންޏާ…އަހަންނަށް ވާވަރު އަހަންނަށް އެނގޭ ޝަފް ފެނުނީމަ…އަމް ޖެލަސް އޯލްރެޑީ..ޔޫއަރ އޮންލީ މައިން ބޭބީ ގާރލް…“ އަހަރެން އަޑަށް ބާރުލާފައި ބުނެލީމެވެ.
ޝަފްކާ ފެށީ ހޭށެވެ.
”ދެން އެވަރެއް ނުކުރާނެއެއްނު…އެހެން ނޫނަސް އަހަރެން ކޮންމެ އެއްޗެއް ލައިގެން ހުއްޓަސް އާކިއަށް ހަމަ އެހާ ވަރުވޭ…“ ޝަފްކާ އަހަންނާ ދިމާކޮށްލިއެވެ.
”ވާނެ ދޯ ލޯބިވަންޏާ…“ އަހަރެން ބުނެލީމެވެ.
”ކޮބާ މިހާރު ނޫކް؟“ ޝަފްކާ ކުއްލިއަކަށް ބުނެލިއެވެ.އަހަންނަށްވެސް މުޅި ކޮޓަރިތެރެއަށް ނަޒަރު ހިންގާލެވުނެވެ.ނުހައިކުގެ އަޑެއް ބަޑެއް ނީވެންޏާ އެސޮރު ޔަގީނުންވެސް އުޅޭނީ ވަރަށް މޮޅު ކަމެއް ކޮށްލުމުގައެވެ.
”އަޅެ ދަރިފުޅާ ނޯ…“ ކޮޓަރީގެ ކަނަކަށް ވަދެ ނުހައިކު ކުރަން އިން މަސައްކަތް ފެނި ޝަފްކާ ކުސްތަޅައިގަތެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.






How old ru????
Certainly an adult 😊
What does that have to do with anything? She’s an adult above 25!
Wow.vrh reethi mi part.love how realistic your stories sound to be.hope aakil becomes a successful person.shaheem ge vhk nuves dhakkaanan.huvaa haadha foosseh veyey cheat kuraa Meehun dheke
Thank you Svetlana ❤️
Means a lot to me ❤️
Yes Shaheem is hama aaargh
Let’s see dhen vaagotheh dho
Stay tuned Inge…
Hiii love
Omygosh i finally read the whole storyy.. hama feshii nimunii.. miadhu kiyan feshun gothah hama hurihaa kameh dhookollaafa mi kiyan mi indhevunii omygoshh.. i was laughing, angry, crying, blushing everything 😭🫶🏻😭 litterly loveeee this story.. soo far the BESTTTT story ive read this year..🥹🥹 i really cannot wait for the next episode.. when next? Ilyysmmm🩶🫶🏻
Hiii girlll ❤️
Adhi kiriyaa reply dhevey varuveemi..
I’m so happy that you loved this story so far…I’m touched for ❤️ ❤️
In sha Allah more to come ❤️
Stay tuned for next episodes 😊 😘