Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމައުފެއްދުންތެރި ލިޔުންލޯބި

ވުމޭ އެދެނީ ތިބާޔާ އެކީ (ޕާޓް 7)

Lamtty
Lamtty Level 810 Stories100 Login100 Comments500 Login100 Stories
April 5, 2026 7 Mins Read
4 Comments

”އާކިލް…އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަންވެފަ އެބަ އޮތް… ޝާމިން…އަހަރެން ބޭނުން ޝާމިންގެ ކިބައިންވެސް މާފަށް އެދެން…އަމް ސޯ ސޮރީ“ އަހަރެމެން ދެމީހުންގެ މޫނަށް ވަކިވަކިން ބަލާލާފައި ކުށްވެރިއަކު ފަދައިން އިސްޖެހި ގޮތަށް ޝަފްކާ އަނެއްކާވެސް ފެށީ ރޯށެވެ.ވާނުވާ ނޭނގިފައި އަހަންނަށް ބަލައިލެވުނީ ޝާމިންގެ މޫނަށެވެ.އޭނާގެ ނަޒަރުވެސް ހުއްޓުނީ އަހަންނާ ދިމާލަށެވެ.

”ޝަފް ކިހިނެއްތަވީ؟“ އަހަރެން ހިތް އަވަސް ވެފައިވާ ހާލުގައި އަހައިލީމެވެ.ޝަފްކާގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުތަކުން ލިބެން އެ އުޅެނީ ނުބައި ޚަބަރެކޭ އަހަރެންގެ ހިތް ބުނަމުން ދިޔައެވެ.

”ތެދެއް ޝަފް ކިހިނެއްތަ ވީ؟ޝަފް އަހަންނަށް ސޮރީ ބުނަން ޖެހޭ ވަރުގެ ކަމެއް ނުކުރަމެއްނު.“ ޝާމިންވެސް ބުނެލިއެވެ.

”އާކި…ނޫކަކީ އަހަރެންގެ ކޮއްކޮއެއް ނޫން…ޝާމިން އަމް ސޯ ސޮރީ ތެދަށް ނުބުނެވުނީމަ…އަހަރެން ފަސްޖެހުނީ…ޖެހިލުންވީ…ނޫކަކީ…ނޫކަކީ އަހަރެންގެ ދަރިފުޅު…“ ޝަފްކާ ރޮމުން އިސް އޮބައިގެން އިނދެ ބުނެލިއެވެ.އޭރު އޭނާ ރޯތީވެ އެ ކުޑަ ކުއްޖާވެސް ވަރަށް ކަންބޮޑުވެގެން ތުން ފިތަން ފަށައިފިއެވެ.

”ވަޓް؟“ އަހަންނާއި ޝާމިނަށް އެއްފަހަރާ އެއް އަޑަކުން ބުނެވުނެވެ.އަހަންނޭކޭ އެއްވަރަށް ޝާމިނަށްވެސް އެ ޚަބަރުން ސިހުން ލިބުނެވެ.އޭނާ ހުރީ ދެލޯ ބޮޑުވެފައެވެ.

”ޔާ އައި ވޯޒް ދި ވަން ޕްރެގްނަންޓް މެލޭއަށް ބަދަލުވީއިރު…ނޮޓް މައި މޯމް…އެއީ ޝާމިން ގާތުގައި ތެދަށް ބުނަން ނުކެރިގެން އަހަރެން ބުނި އެއްޗެއް…އާކި…ނޫކްއަކީ..“ ޝަފްކާއަށް ރޮވޭވަރުން އަޑު ބެދުނެވެ.އޭރު ރީތި މޫނާއި ދެލޯ ވަނީ ރުއިމުގެ ސަބަބުން ދުޅަވާ ގޮތްވެފައެވެ.

ޝަފްކާގެ ބަސްތައް އަހަންނަށް އިހުސާސްވީ މޫނުމަތީގައި މީހަކު ވީއްލައިލި ހޫނު އެތިފަހަރެއް ފަދައިންނެވެ.

”އަޒަދު…“ އަހަރެންގެ ހިތަށް ފުރަތަމަވެސް އެރީ އެ ނަމެވެ.އެއާއެކު ބާރަކަށް ދެއަތް މުށްކަވާލެވިއްޖެއެވެ.ލޭ ހޫނުވެ މީހާ އެކަށް ތުރުތުރު އަޅަން ފަށައިފިއެވެ.

”އަހަރެންގެ އަތުން އެ *** މަރުވާނެ މިއަދު!“ އައިސްފައި ހުރި ގަދަ ރުޅީގެ ސަބަބުން އަހަރެންގެ ނޭވާވެސް ވަނީ އަވަސްވެފައެވެ.

”އާކިލް ހަމަ ޖެހޭ…“އަހަންނާއި ގާތަށް ޖެހިލައި، އަވަސް ހަރަކާތަކާއި އެކުގައި މާހިން އަހަރެންގެ ގައިގައި ހިފެހެއްޓިއެވެ.އޭނާ އެވަގުތު އަހަންނަށް ވިސްނައި ނުދިންނަމަ ޝަފްކާގެ ކުރިމަތީގައި ވިޔަސް އަހަންނަށް ކޮންމެވެސް ގޮތަކަށް އެ ރުޅިގަނޑު ބޭރުކޮށްލެވުނީހެވެ.އެހާވެސް އެވަގުތު އަހަރެންގެ ސިކުނޑި ކޮންޓްރޯލުން ނެއްޓިގެން ދިޔައެވެ.

”އާކި…އާކި ޕްލީޒް.. އަހަރެންގެ މޫނަށް ބަލާލަބަ…ޕްލީޒް އިހަށް އަހަރެން ދައްކާ ވާހަކަ އަޑު އަހާބަލަ!“ ރޮމުން ޝަފްކާ ތަންކޮޅެއް އަޑަށް ބާރުލާފައި ބުނެލިއެވެ.އޭރު އޭނާ ރޯތީވެ ނުހައިކުވެސް ރޯން ފަށައިފިއެވެ.ޝަފްކާއަށް އޭނާގެ ސަމާލުކަން އެކުއްޖާއަށް އަނބުރާލުމަށް މަޖުބޫރުވިއެވެ.

”އާކި އަޑުއަހާބަލަ. މީ އަޒަދުގެ ދަރިއެއް ނޫނޭ! މީ އާކިގެ ބޭބީއެއް…ޔެސް…ނޫކް އިޒް އަވާ ބޭބީ އާކި…ހާފް އޮފް ޔޫ އެންޑް މީ!“ ޝަފްކާ އެކުއްޖާ މަސަލަސް ކުރެވޭތޯ މަސައްކަތް ކުރަމުން ބުނެލިއެވެ.

”ކީކޭ؟!“ އެ އަޑު އަހާފައި އަހަރެންގެ ހިތުގެ ހިނގުން ވެސް މަޑު ޖެހިލިހެން ހީވިއެވެ.ވަށައިގެން މުޅި ދުނިޔެވެސް އެނބުރިގަތްހެން ހީވިއެވެ.އައިސްފައި ހުރި ރުޅިގަނޑު އެރީ ހަވަޔަށް ކަމެއް ވަނީ ބިމަށް ކަމެއްވެސް ނޭނގުނެވެ.ރޮމުން ދިޔަ އެ ކުޑަކުޑަ ނުހައިކުގެ މޫނަށް ބަލައިލެވުނެވެ.އެއީ ހަމަ އަހަރެންގެ ދަރިފުޅު ހެއްޔެވެ؟އެ ތުއްތު ހަށިގަނޑުގައި ހިނގަނީ ހަމަ އަހަރެންގެ ލޭ ހެއްޔެވެ؟އެކަން މިއަދާ ޖެހެންދެން އަހަންނަށް ސިއްރުވެފައި އޮތީ އަޅެ ކީއްވެގެން ހެއްޔެވެ؟އެހާ މުހިންމުކަމެއް ޝަފްކާ އަހަންނަށް ސިއްރުކުރީ ކީއްވެގެން ހެއްޔެވެ؟

”ޔެސް އާކި…މީ އާކިގެ ދަރިއެއް…އަހަންނަށް އޭރު އެކަން އަހަރެންގެ މަންމައާ ބައްޕަ ފިޔަވައި އެހެން މީހެއް ކައިރީ ބުނާނެހާ ހިތްވަރެއް ނުލިބުނު. އަހަންނަށް އެނގޭ އަހަރެން މީ ފިނޑިއެއްކަން…އެ ލަދުވެތިކަމަށް ފިލަން އަހަރެން މެލޭއަށް ބަދަލުވީވެސް.އަހަރެން ކިހާ ގޯސް ދޯ“ ޝަފްކާ ރޮމުން ބުނެލިއެވެ.

އެވާހަކަތައް އަހާފައި އަހަރެން އައިސްފައި ހުރި ރުޅިގަނޑު ފިނިވެ ޝަފްކާއަށްޓަކައި ހިތް ހަމްދަރުދީއިން ފުރިއްޖެއެވެ.އެހެނަސް އަހަރެން އޭނާއާއި ކުރަން ބޭނުންވެފައި ހުރި ސުވާލުތައް ވަނީ ފުނި ޖެހިފައެވެ. ނަމަވެސް އެވަގުތު ތިބެވުނީ އެކަމާ އެންމެ އެކަށޭނަ މާހައުލެއްގައެއް ނޫނެވެ.ނުހައިކުވެސް ހުއްޓާ ނުލައި ރޮނީއެވެ. ޝަފްކާއާއި އެކުގައި އެކަނިވެލައި ވާހަކަ ދައްކާލަންވެސް އަހަރެން ހުރީ އިންތިހާއަށް ބޭނުންވެފައެވެ.

އަހަރެން މަޑުމަޑުން ޝަފްކާއާއި ގާތަށް ޖެހިލީމެވެ.ރޮމުން ދިޔަ ކުޑަ ކުޑަ ނުހައިކުގެ ސަމާލުކަން އަތުލެވޭތޯ ތުނބުން ފުމެލީމެވެ.ވަރަށް ފަސޭހައިން އެކުއްޖާގެ ރުއިން މެދު ކަނޑާލާފައި ކަރުނަ ޖަމާވެފައިފައިވާ ކުޑަ ކުޑަ ދެލޮލުން އަހަރެންގެ މޫނަށް ފުންކޮށް ބަލައިލައިފިއެވެ.

”ދަރި… ދަރިފުޅޫ.“ އަހަރެން މަޑުމަޑުން ގޮވައިލީމެވެ.ނުހައިކް އަހަރެންގެ މޫނަށް ބަލަން އިނދެފައި ފުން ފިތާލައިފައި އަދިވެސް ބޮޑަށް ޝަފްކާގެ ގައިގައި ތަތްވެގަތެވެ.

”ދަރިފުޅޫ…އެއީ ދަރިފުޅުގެ ބައްޕިއޭ.“ ޝަފްކާ ނޭފަތް ދަމާލާފައި ނުހައިކުގެ ކަންފަތް ކައިރީގައި ބުނެލިއެވެ.ދެން އެކުއްޖާ އަހަންނާ ދިމާލަށް ބަލައިލި ގޮތުން ހީވީ އެ ބުނި އެއްޗެއް އެނގިގެން ބަލައިލިހެންނެވެ.ޝަފްކާ އަހަންނަށް ނުހައިކު ދިއްކޮށްލިއެވެ.ނާންނާކަށް އެކުއްޖާ ގަދައެއް ނުހަދައެވެ.އަހަރެން މަޑުމަޑުން އޭނާގެ އަތުން އެކުއްޖާ ނަގައި އުރައިލީމެވެ. ވަރަށް ބިރުން ހުރެއެވެ.ކުޑަ ކުދިން އުރާކަށް އަހަންނަކަށް ނޭނގެއެވެ.އަނެއްކާ ރޯން ފަށައިފިއްޔާ މަތަކުރާކަށްވެސް އަހަންނަކަށް ނޭނގޭނެއެވެ.

”ދަރިފުޅޫ.“ އަހަރެން މަޑުމަޑުން ގޮވައިލީމެވެ.ނުހައިކް ވަރަށް ޝައުގުވެރިކަމާއި އެކުގައި އަހަރެންގެ މޫނަށް ބަލަން އިނެވެ.އެއަށްފަހު ކުއްލި ހަރަކާތަކާއި އެކުގައި އެ ކުޑަ ކުޑަ ދެއަތް އަމާޒުވީ އަހަރެންގެ މޫނާއި ދިމާލަށެވެ.އެއް އަތުން އަހަރެންގެ ތުންފަތުގައި ހިފާފައި، އަނެއް އަތުގެ ޝަހާދަތް އިނގިލި ކޮއްޕައިލީ އަހަރެންގެ ނޭފަތު ހިނދުރިއަށެވެ.

”އާއު“ އަހަންނަށް ސިހުން ލިބުނެވެ.ކުޑަކޮށް ތަދުވެސްވިއެވެ.ޝަފްކާ އަވަސް އަވަހަށް ގާތަށް ޖެހިލައި،އެކުއްޖާގެ އަތް ދުރުކޮށްލިއެވެ.

”ދަރިފުޅޫ ހޯ ހޯ ކަމެއް “ކަރުނަތައް ފުހެލައި ޝަފްކާގެ ހީލިއަޑު އިވުނެވެ.މާހިނާއި ޝާމިންވެސް ނުހައިކު ހެދި ގޮތުން ހިނިއައިސްފައި ތިއްބެވެ.

”ދަރިފުޅޫ…މީ ބައްޕިއޭ“ އަހަރެން ނުހައިކުގެ ދެލޮލަށް ބަލަން އިނދެފައި ބުނެލީމެވެ.އެވަގުތު އިރުކޮޅެއް ކުރިން ކަރުނަ އޮއްސަ އޮއްސާާފައި ރުއި ކުއްޖެއްހެން ހީނުވާވާރަށް ނުހައިކު ހީލިއެވެ.ހަމަ ހީވީ އަހަރެން ބުނި އެއްޗެއްގެ މާނަ އެކުއްޖާއަށް ފަހުމުވިހެންނެވެ.އަހަރެން ވަރަށް ލޯބިން އެ ކޯތާފަތުގައި ބޮސްދިނީމެވެ.ބަދަލުގައި އަހަންނަށް ލިބުނީ ސޮނީގެ ހަމަލާއެވެ.ނުހައިކު އަހަރެންގެ މޫނުމަތީގައި އަނގަ ޖަހައިގެން ސޮނި ހޭކީއެވެ.

”ބަނޑުހައިވީމަ އޭނާ އުޅޭ ގޮތް އެއީ…ފީޑް ކުރަން ދާންވީ.“ ޝަފްކާ ބުނެލިއެވެ.

”ގާތުން ދެންތަ؟“ އަހަރެން އަހައިލީމެވެ. އަހަރެންގެ ދަރިއަކަށް އެއީ އަހަރެން ބޭނުންވާ ގޮތް ކަމަށްވާތީއެވެ.ޝަފްކާ ބޯ ޖަހައިލިއެވެ.އޭނާގެ ޖަވާބުން އަހަރެން ވަރަށް ހިތްހަމަ ޖެހުނެވެ.

”ހިނގާ އަހަރެމެން ގެއަށް ދަމާ. އެތާކު ނޫޅޭނެ އިތުރު މީހަކު.އުނދަގޫ ކުރާނެ މީހަކު ނުހުންނާނެ.އޭރުން ތި މީހުންނަށް ހަމަ ޖެހިލައިގެން ވާހަކަ ދައްކާލަންވެސް ތިބެވޭނެއެއްނު.“ ޝާމިން ހީވީ ހުރިހާ ކަމަކާ ދޭތެރޭ ވަރަށް ވިސްނައިލިހެންނެވެ.

”މާހިންވެސް ހިނގާ… މިހެން އެންމެން އެއްތަންވާނީވެސް މަދު ފަހަރަކު…އެ ދެމީހުން ވާހަކަ ދައްކަން ފޮނުވާފަ ނޫކުއަށް ކޮންމެވެސް ކުޅިވަރެއްވެސް ދައްކަން ޖެހޭނެއެއްނު.“ ޝާމިން ބުނެލިއެވެ.މާހިން ވަގުތުން އެއްބަސްވެއްޖެއެވެ.އަހަންނަށްވެސް އެ ގޮތް ކަމުދިޔައެވެ.މިނިވަންވީ ފުރަތަމަ ދުވަހު ޝަފްކާގެ ގެއަށް ގޮސް އޭނާގެ މައިންބަފައިންގެ ކުރިމައްޗަށް އަރާނެހާ ހިތްވަރެއް އަދި އަހަރެންގެ ގަޔަކު ނެތެވެ.އެކަމަށްޓަކައި އަހަރެން އަދި ޖެހޭނީ ހިތްވަރު އެއްކުރާށެވެ.

ޝާމިން އުޅޭ އެޕާޓްމަންޓަށް ގޮސްފައި ޝަފްކާ ފުރަތަަމަ އަވަސްވެގަތީ ނުހައިކުއަށް ބުއް ދޭށެވެ.އޭރު އެކުއްޖާ ނިދިވެސް އައިސްގެން ބޮޑާ ހާކައެވެ.

ޝަފްކާ ނުހައިކު ގޮވައިގެން ގެސްޓް ރޫމަށް ވަނުމުން ޝާމިން އަހަންނާ ވާހަކަ ދައްކަން ފެށްޓިއެވެ.އޭރު މާހިންވެސް ހުރީ ފޯނެއް އައިސްގެން ބެލްކަންޏަށް ނުކުމެއެވެ.

”ކޮން ދުވަހަކުން ދެން ޑައިލިސިސް ހަދަން ދާން ޖެހެނީ؟“ޝާމިން އަހައިލިއެވެ.

”މާދަމާ“ އަހަރެން ފުން ނޭވާއެއް ދޫކޮށްލަމުން ބުނެލީމެވެ.

ޝާމިން އިރުކޮޅަކު އަހަރެންގެ މޫނަށް ބަލަން އިނެވެ.

”ކިހިނެއްވީ؟“ އޭނާގެ އެ ބެލުމުން އަހަރެން ސުވާލު އުފެދުނެވެ.ކަމެއް ނޫނޭ ބުނުމުގެ ގޮތުން ޝާމިން ދެފަރާތަށް ބޯ ހޫރާލިއެވެ.

” އެކީ ދާނެ މީހެއް ނުހުންނާނެ…މާހިންވެސް ޑިއުޓީވާނެ“ ޝާމިން ކުރަން ބޭނުންވި ސުވާލަކީ އެއީ ކަމަށް ނިންމާ އަހަރެން ޖަވާބު ދިނުމުން ޝާމިން އަހަންނަށް ހިނިތުންވެލިއެވެ.

”އަހަރެން ދާނަން އާކިލް ގޮވައިގެން…އާކިލް ގޮވައިގެން ދާން ބޭނުންވާތީ އަސްލު އަހާލަން މި އުޅުނީވެސް.އަހަންނަށް އެނގޭ އާކިލްގެ ހާލަތު…ޝަފް ކިޔައިދިން… ބޮޑުދައިތަމެން އާކިލަށް ވަރަށް ގޯސް ވާހަކަ.ދެން ހަމަ އެގެއަށްތަ ދާނީ…؟އެތަނުގައި އާކިލަށް ހުރެވެން ހުންނާނެތަ މިހާރު؟ ކިހިނެއް ހަދަން ތި ވިސްނަނީ؟“ ޝާމިން އޭނާގެ ހިތުގައި އުފެދިފައި ހުރި ސުވާލުތައް އޮއްސައިލިއެވެ.

”ނޭނގެ ތިއެއްވެސް. ދިޔައިމަ އެނގޭނީ…“ އަހަރެން ބުނެލީމެވެ.

”އަނހާ…ދެން އެތާ އުޅެވެން ނެތީ ވިއްޔާ އެކަމަކު އާކިލް މަގުމަތިވާނެއެއްނު. ގޮތެއް ހަމަ ޖެހެންދެން މިގޭގަ ހުންނަން ވީނުން.އަހަރެން ބޭނުން އާކިލަށް އެހީވާން…ޝަފްގެ މުހިންމު މީހަކީ ހަމަ އަހަންނަށްވެސް ވަރަށް މުހިންމު މީހެއް.އަހަރެން އާކިލަށް ވަޒީފާއެއްވެސް ހޯދައިދޭނަން.“ ޝާމިން ބުނެލިއެވެ.

”ނޫން ޝާމިން… މިހާރުވެސް ކިތައް ކަންތައް ކޮށްދީފިން އަޅެ… އަހަރެން ޝުކުރުވެރިވަމޭ. އަހަރެން ބޭނުން މިއަދު އަމިއްލަ ފައިމައްޗަށް ތެދުވަން.“ ޝާމިންގެ ހެޔޮކަން އިހުސާސްވެ އަހަރެން ޖަޒުބާތިވިއެވެ.

”އަހަރެން މި ބުނީނުން އާކިލް ހަމައަކަށް އެޅިލަންދެކަށޭ…އޭގެ ފަހުން އޯކޭއޭ އާކިލް ބޭނުން ގޮތެއް ހެދިޔަސް…“ޝާމިން ކުރެއް ނުކުރިއެވެ.

”ކޮން ގޮތެކޭ؟“ ފޯނު ނިންމާލާފައި އެތެރެއަށް ވަތް މާހިނަށް އެ އަޑު އިވިގެން އަހައިލިއެވެ.

”މި ކިޔަނީ އާކިލް ކައިރީގައި މިގޭގަ އިހަށް ހުންނަންވީނުންހޭ. ބޮޑުދައިތަ ގެއަށް ނޭނގޭ ނޫންހޭ ވައްދާނެކަމެއްވެސް.“

”އަހަރެންވެސް މިއައި ތިވާހަކަ ދައްކަން އަދި.އަހަރެން ގާތަށް އަންނަންވީނޫންހޭ ކިޔަން.މަގޭ ރޫމްގަ ހުރެވޭނެ.ގޭގަ އުޅޭނީ ކޮއްކޮއާ މަންމަ އެކަނި.މައްސަލައަކަށް ހަދާނެ މީހެއް ނުހުންނާނެ.“ މާހިން ބުނެލިއެވެ.

”ނޫނޭ…އަހަރެން ބޭނުމެއް ނޫން ތި ފެމިލީއަށް އިތުރު ބުރައެއް ޖައްސާކަށް… މާހިންގެ މަންމަވެސް ކިހާ ބަލިކޮށް އުޅެނީ…ތި މީހުން އަހަންނާ ދޭތެރޭ ތިހާ ވަރަށް ނުވިސްނަބަލަ.“ އަހަރެން ބުނެލީމެވެ.

ޝަފްކާ ކޮޓަރިން ނުކުތް ތަން ފެނި އެވާހަކަ މެދު ކެނޑުނެވެ.

”ނިދުނީތަ؟“ އަހަރެން އަހައިލީމެވެ.

”އާނ. ނިދިއްޖެ.މިއަދު އަދި ނެޕެއް ނުނަގާ ވިއްޔަ އެ އުޅެނީ.“ ޝަފްކާ ބުނެލިއެވެ.

މާހިނާއި ޝާމިން އަހަރެމެން ދެމީހުނަށް އެކަނިވެލަން ފުރުސަތު ދިނުމުގެ ގޮތުން ކޮފީ ބުއިން ބަހަނާއަކަށް ދައްކާފައި ބަދިގެ ބަޔަށް ދިޔައެވެ.

އަހަރެން ޝަފްކާގެ އަތުގައި ހިފާލައިގެން ގޮސް ސޯފާގައި އޭނާއާއި ޖެހި ފިތިގެން އިށީނދެލީމެވެ.ޝަފްކާ އަހަރެންގެ އަތުގެ އިނގިލިތަކުގެ ތެރެއަށް އޭނާގެ އަތުގެ އިނގިލިތައް މަހާލައި ބާރުކޮށްލި ގޮތުން ހީވީ ދެން ދުވަހަކުވެސް ދޫނުކުރާނަމޭ ބުނެލިހެންނެވެ.އޭނާ އަހަރެންގެ ކޮނޑުގައި ބޯއަޅާލަމުން ފުން ނޭވާއަކާއި އެކުގައި ވާހަކަ ދައްކަން ފެށިއެވެ.

”އެކަން ހިނގީ އާކި ހައްޔަރުކުރެވުނުތާ ތިން ވަނައަށް ވީ ދުވަހު.އޭރު އަހަރެން ހުރީ ހަދާނެ ގޮތް ހުސްވެފަ.ފޯނެއް އޮތީއެއް ނޫން.ލެޕުވެސް ދޮންބެ އަތުލާފަ.ފިހާރައަކަށް ބޭރަށް ނުކުމެލަންވެސް ހުއްދަ ލިބުނީ ވެސް ވަރަށް އާދޭސްކޮށްގެން.އެއީވެސް އާކި ހައްޔަރުކުރިކަން ދޮންބެއަށް އެނގުނީމަ.އޭރުވެސް އަހަރެން ޕީރިއަޑް ލޭޓް ވެގެން ވަރަށް ހާސްވެފައި ހުރީ…ބައެއް ސިމްޓަމްސްވެސް ފެންނާތީ ހަމަ ވަރަށް ޝައްކު ބޮޑުވެފަ ހުރީ ޕްރެގްކަމަށް…އެހެންވެ އެރޭ ގޮސް ވަރަށް ޑަމީކޮށް  ދެ ކިޓް ގަނެގެން އަހަރެން ގެއަށް އައީ… ދޮންބެއާ އެކީ ދާން ޖެހުނީމަވެސް އަހަރެން ހުރީ އެހާ ހާސްވެފަ.އެކަމަކު ނަސީބަކުން އަހަރެން ގަތް ހުރިހާ އެއްޗަކާ ބެހޭގޮތުން ސުވާލެއް ނުކުރޭ…ދެން އައިސް އަހަރެން ގެއަށް ލާފަ ދޮންބެ ނައްޓާލައިފި ބޭރަށް…މަންމައާ ބައްޕަވެސް ކޮންމެވެސް ވޯރކް އިވެންޓަކަށް ގޮސްވީ…ދޮންބެ ދިޔައީ އަހަންނަށް ނުނިކުމޭވޭނެކަން ޔަގީންކޮށްފަ…ދެއަރ ވަޒް ނޯ ކޮމިއުނިކޭޝަން ޑިވައިސް އިން ސައިޓް…ހުރިހާ ރޫމެއްވެސް ތަޅުލާފަ ހުރީ.ގެއަށް އާދެވުނީމަ ޓެސްޓް ނުކޮށެއް ކެތެއް ނުވި.އައި ޓުކް އިޓް ރައިޓް އަވޭ…އެންޑް އިޓް ކޭމް ބެކް ޕޮޒިޓިވް…އަހަންނަށް ނޭނގުނު ވީ ގޮތްވެސް…ސިކުނޑި ހަމަ ސުމަކަށް ދިޔައީ…ކިޓު ހިފައިގެން ރޫމް ތެރޭ ދެކޮޅަށް ހިނގަ ހިނގާ ހުއްޓާ…ކުއްލިއަކަށް ފެނުނީ ދޮރު ހުޅުވާލާފައި އަޒަދު ވަތްތަން… އޭނަ ހުރިގޮތް ފެނި އަހަންނަށް ބިރުން ހަޅޭއްލަވައިގަނެވުނީ…ބޯވެސް ހާވާލާފައި އަތް ދިގު ކަޅު ޓީޝާޓެއް ލައިގެން ފާޑަކަށް ކަޅި އަޅައިގެން ހުރީ.އަހަންނަށް ހަޅޭއްލަވައިގަނެވުނު ގަޑީގަ ކިޓު ހޫރާލެވުނީ އޭނަޔާ ދިމާލަށް…އެ ގޮސް ޖެހުނީ އޭނަގެ ބޮލުގަ…އޭނަ ވަރަށް ރުޅި އައިސްފަ ހުރިކަން އެނގޭ މޫނުމަތިން..އަދި ކިޓު ފެނިފަ އޭނަ ހީވީ ހަމަ ހަމައިން ނެއްޓިހެން…ކޮޓަރީގައި ހުރީ އެއްޗިއްސަށް ރޯޅި ބާލަން ފަށައިފި.އަހަރެން އޭރުވެސް ހުރީ މިވަނީ ކީއް ކަމެއް ނޭނގިފަ…އަޒަދު ގެއަށް ވަތް ގޮތަކާ އޭނާ ވަތް ސަބަބަކާ ނޭނގިގެން ބިރުން ހަލާކުވާ ވަރުވެފަ… އަހަންނަށްވެސް އެނގޭވިއްޔާ ދޮންބެ ތަޅުލާފަ ދިޔަ ފަހުން މަންމަމެން މީހަކު ގެއަށް ނާންނާކަަން… ދޮންބެއެއްވެސް ގޭގެ ތަޅުދަނޑިއެއް ރައްޓެއްސަކަށް ނުދޭނެކަން .ދެން އަނެއްކާ އަޒަދު އެ އުޅެން ފެށި ގޮތަކުން އެނގިއްޖެ އޭނާ މުޅިއަކުން ހަމައެއްވެސް ނޫންކަން…ޖަހާ އަޑުގެ ކޮޅަށް ހަޅޭއްލަވަން ފަށައިފި…ތި ދަަރި މަރާލާނަމޭ…ޝަފްތީ ހަމައެކަނި އަހަރެންގެ މިލްކެކޭ ކިޔާފަ…އާކިލަކަށްވެސް ލާހިކެއް ނޫނޭ ދެން އިނގިލި ކުރިވެސް ޖައްސާލާކަށް…ލައްކަ ދުވަހު ފޮނި ބޮވިއްޖެ ނޫންހޭ ދެން ނިމުނީއޭ. ލާހިކެއް ނޫނޭ ދެން ވައިވެސް އެޅޭކަށް. .ޝަފްތީ މަގޭ ހައްގެކޭ ކިޔާފަ…ދެން އަދި އަހަންނަށް ގެޓުވީ މިވަނީ ކީއްކަން… ބިރުން ގޮސް ނޭވާ ވެސް ހީވީ ތާށިވިހެން… ފާޚާނާޔާ ދިމާލަށް ދުއްވައިގަތިން އަވަހަށް ވަދެ ތަޅުލެވޭތޯ…އެކަމަކު އަޒަދު މާ ހުޝިޔާރު…ހީވަނީ އޭނަ ހުރީ އެ ހުރިހާ ކަމަކަށް ވަރަށް ތައްޔާރު ވެގެންހެން… އަހަރެންގެ އަތުގައި ހިފައި ލަތްކެއް ޖަހާފައި ދެއަތް ފަހަތަށް ގެންގޮސް ދަތި އެޅުވި ގޮތަށް ދެން ފެނުނީ ވާގަނޑަކުން ދެއަތް އެއްސިތަން…އެހެން ނުހަދާށޭ ކިޔައި އާދޭސްކޮށް ހަޅޭއްލަވަން ފެށީމަ އަނގަމަތީގައިވެސް ފޮތިގަނޑެއް އައްސައިފި… އަހަންނަށް ހާސްވެގެން ތެޅި ފޮޅެގަނެވުނު…އެކަމަކު ހަމަ ހިލާ އޭނާ ކުޑަ ދުލެއްވެސް ނުދިން…އެނދު މައްޗަށް އަހަރެން ވައްޓާލާފައި އަހަރެން ލައިގެން ހުރި ޓޮޕްގެ ކަރުވަޅުގައި ހިފި ހިފީނުން އިރާލައިފި… އަހަރެން ލައިގެން ހުރި ސޯޓުކޮޅުވެސް ބާލުވާފަ ހީ ގޮޓް އޮން ޓޮޕް އޮފް މީ…ދެން އަހަރެން ރޮއެރޮއެ ގަދަ ހަދަ ހަދާ އޮއްވާ ހީ…ހީ..ރޭޕްޑް މީ…އައި ވޯޒް ސޯ ހެލްޕްލެސް އާކި…އެހާ ވީކްކަން ފީލްވި ވަގުތެއް ދުވަހަކުވެސް ނާދޭ…“ ޝަފްކާއަށް އަނެއްކާވެސް ރޮވުނީއެވެ.

އަހަރެންގެ ހިތް ހީވީ ފަޅައިގެން ދިޔަހެންނެވެ.ޝަފްކާ އެ ދުވަހު ސަލާމަތްވާން ތެޅި ފޮޅޭނޭވަރު ހިތަށް ސިފަ ވުމުން އަހަރެންގެ ހިތް ހަމްދަރުދީއިން ފުރުނެވެ. ދެލޯ ފެންކަޅިވިއެވެ.

”ވަރަށް ހިތަށް އަރާ އެ ދުވަހު ޝަފްގެ ޑިފެންސުގައި ހުރުމުގެ ފުރުސަތު އަހަންނަށް ލިބުނު ނަމައޭ… ވަރަށް ވަރަށް ދެރަވޭ ޝަފްއަށް ތިކަންތައް ދިމާވީމަ…އެކަމަކު ކީއްކުރާނީ…ވީ ކަމެއްވީ… އަހަރެމެނަށް އޮތީ މާޒީ ގަބޫލުކޮށް ފަސް އަޅާފައި ފަހަތް ނުބަލާ ކުރިއަށް ދިޔުން… އިރާދަ ކުރެއްވިއްޔާ ދެނެއް އަޒަދަކަށްވެސް އަދި އެހެން މީހަކަށްވެސް ޝަފްއަކަށް އެެއްވެސް ގެއްލުމެއް ނުދެވޭނެ….ތީ މިހާރު އަހަރެންގެ މީހެއް..“ އަހަރެން ޝަފްކާ މެއާލައި ބޮނޑިކޮށްލަމުން ބުނެލީމެވެ.

”އަސްލު އަހަރެން ހިއެއް ނުކުރަން އޭނާ އަހަންނަށް އެވަރުކޮށްލީމަ ބޭބީ އަހަންނަށް ދެން ލިބޭނެ ކަމަކަށްވެސް…ހަމަ ވަރަށް ހަނި ފުރުސަތަކުންނޭ ބުނެވޭނީ…އެރޭ މަންމަމެން އައިސް އަހަރެން ކޮބައިތޯ ބެލި އިރު ފެނުނީ އެއްވެސް ފޭރާމެއްވެސް ނެތި އޭރު އެއްސި ގޮތަށް ހޭވެސް ނެތިފަ އޮއްވައޯ… އަހަންނަށް ހޭވެރިކަމެއް ވީއިރު އޮތީ ހޮސްޕިޓަލުގައި…ޕޮލިހުން އައިސް ބަޔާން ނެގި…އެ ދުވަހުން އެ ދުވަހަށް އަޒަދު ހައްޔަރުވެސް ކުރި…އެކަމަކު އަހަންނަކަށް ހަމަ ކުޑަވެސް ހަމަ ޖެހުމެއް ނުލިބުނު… މަންމަމެނަށް އަހަރެން ބަނޑުބޮޑުކަން އެނގިގެން އަނެއްކާ އަނެއް ހަކަންތައް ލައިގަތީ…ރުޅިއައިސްގެން ބައްޕަ ވަރަށް އެއްޗެހިކީ…ހޮސްޕިޓަލު ތެރޭގައިވެސް…އަހަރެން ލަދުން މަރުނުވީ ކިރިޔާ…މަންމަ، ބައްޕަ ނުހުއްޓުވިނަމަ ނޭނގޭ ވާނެ ގޮތެއްވެސް…އަހަރެން ގެއަށް ދޫކޮށްލީމަ ގެއަށް އައިސްވެސް އެ ޒުވާބުގަ އެ ދުވަހު ހަތަރުދަން… އަނެއްކާ ދޮންބެގެ ކަންފަތަށްވެސް އެ އަޑު އަރައިގެން އޭނާވެސް ވަރަށް ރުޅިއައި.އެކަމަކު އެއްޗެހި ކިޔަ ކިޔާފަ އެންމެ ކުރިން ހުއްޓާލާފައި ރީއްޗަށް އަހަންނާ އަނގައިން ބުނީވެސް އޭނާ…ބައްޕަ ހުރި ހަފްތާއެއްހާ ދުވަހު އަހަންނާ އަނގައިން ނުބުނެ،ފެންނަ ކަމަށްވެސް ނުހަދާ…ދެން އެހެން އުޅެނިކޮށް ރެއިޑެއްގައި ދޮންބެވެސް ހައްޔަރުކޮށްފި…އެ ހިސާބުން މަންމަމެންނަށް އަސްލު ދޮންބެގެ ހަގީގަތް އެނގުނީ…އެހާ ގިނަ މަސްތުވާތަކެއްޗާއެކީ ރެޑުކޮށް އަތުވީމަ އުމުރު ދުވަހުގެ ޖަލު ޙުކުމެއް އައީ… މަންމައާއި ބައްޕަ ހީވީ މޮޔަވިހެން…ހުރި ހަމައެކަނި ފިރިހެން ދަރިފުޅު ގެއްލުނީމަ ދެން އެ މީހުނަށްވެސް ވިސްނާލެވުނީ… އަހަރެން ދެރަކޮށް އެވަރަށް އަހަރެން ދުރުކުރަން ހަދައިފިއްޔާ އަބަދަށް އަހަރެންވެސް ގެއްލިދާނެކަމުގެ ބިރު އިހުސާސް ކުރެވުނީ….އަހަރެން….އަހަރެން އުޅުނިން އަމިއްލައަށް މަރުވާން ވެގެން…ލޫޒިން ޔޫ އެންޑް ދޮންބެވެސް ހައްޔަރުކުރީމަ އައި ކުޑުންޓް ބެއަރ ޓު ކެރީ ސޯ މަޗް އިމޯޝަނަލް ބެގެޖް… އީވެން ލިވިން ފެލްޓް އަންބިއަރެބަލް ފޮރ މީ….އައި ލޮސްޓް މައި ބިގެސްޓް ސަޕޯޓް…އައި ވޯޒް ޑެވަސްޓޭޓޭޑް.މެންޓަލީ އައި ވޯޒް އެޓް ޒީރޯ ހަމަ…އެހާވެސް މީހާ ދަށްކޮށްލި…އެ ދުވަހު މަންމައަށް ރޫމަށް ނާދެވުނު ނަމަ ދެން އެދުވަހު އެތަނުން އެމީހުނަށް ނެރެން ޖެހުނީހީ އަހަރެންގެ ފުރާނަ ނެތް މަސްގަނޑު….“ ޝަފްކާ ނޭފަތް ދަމަމުން ކިޔައިދިނެވެ.

(ނުނިމޭ)

 

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Lamtty
Follow Me Written By

Lamtty

Level 810 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

މެހެކް – ފަސްވަނަ ބައި

Next

ތިޔައީ ހަނދޭ-20 (ފަހުބައި)

Next
April 5, 2026

ތިޔައީ ހަނދޭ-20 (ފަހުބައި)

Previews
April 5, 2026

މެހެކް – ފަސްވަނަ ބައި

4 Comments!

  1. Gurly curly says:
    April 5, 2026 at 12:21 pm

    Thankolheh avahah next up kohdhehcheyy plsssss..

    1. Lamtty Lamtty says:
      April 6, 2026 at 12:33 pm

      In sha Allah tomorrow ❤️

  2. Sheex says:
    April 5, 2026 at 6:58 pm

    V reethi MA ⚘️😍🤩🥰
    WHATTTTTT!!!!!! kid eh libunee before marriage! 👶
    Omg I’m literally crying 😭
    Tc gurll🥰
    Can’t wait for the next part! 🤭

    1. Lamtty Lamtty says:
      April 6, 2026 at 12:34 pm

      Thank you Sheex ❤️
      Yes 🙈
      Glad you liked this part
      Stay tuned❤️

Comments are closed.

Next Episodeވުމޭ އެދެނީ ތިބާޔާ އެކީ (ޕާޓް 8)←


All Right Reserved!