ވުމޭ އެދެނީ ތިބާޔާ އެކީ (ޕާޓް 8)
”އެ ދުވަހު މަންމައަށް ރޫމަށް ނާދެވުނު ނަމަ ދެން އެދުވަހު އެތަނުން އެމީހުނަށް ނެރެން ޖެހުނީހީ އަހަރެންގެ ފުރާނަ ނެތް މަސްގަނޑު…“ ޝަފްކާ ނޭފަތް ދަމަމުން ކިޔައިދިނެވެ.
އަހަންނަށް ޝަފްކާގެ ގައިގައި ކުރިއަށްވުރެވެސް ބާރަށް ބައްދައިލެވުނެވެ.ޝަފްކާވެސް ހަމަ އެފަދައިން އަހަންނަށް އިޖާބަ ދިނެވެ.އޭނާ ދެއްކި ވާހަކަތަކުން އަހަރެން ހުރީ ނިކަން ޖަޒުބާތީވެފައެވެ.ޝަފްކާ އަމިއްލައަށް މަރުވާން އުޅުނު ވާހަކަ އޭނާ ކިޔައިދިނުމުން އަހަރެންގެ ހިތުގައި ބުނެދޭން ނޭނގޭ ފަދަ ބިރުވެރިކަމެއް އުފެދުނެވެ.އެކަހަލަ ކަމެއް ބަރުދާސްތު ކުރެވޭ ވަރަށްވުރެ މިހާރު އަހަރެންގެ ހިތް ނިކަމެއްޗެވެ.ޝަފްކާއާ ނުލައި ދެން އުޅޭނެހާ ހިތްވަރެއް މިހާރަކު އަހަރެންގެ ގަޔަކު ނެތެވެ.
”ޝަފް…ޝަފް.ވިލް ޔޫ މެރީ މީ؟“ އަހަރެން އެ އިން ގޮތަށް އިނދެފައި ކުއްލިއަކަށް ބުނެލީމެވެ.އެވަގުތު ޝަފްކާގެ ހަށިގަނޑު ރޫރޫ އަޅައިގަތް ގޮތުން ހީވީ މީހަކު އޭނާގެ ގައިގައި ކަރަންޓް ޖެއްސިހެންނެވެ.އަހަންނަށް ވަރަށް ރަނގަޅަށް އެކަން އިހުސާސް ކުރެވުނެވެ.
”އާކި…އާރޔޫ ކިޑިން…ޔެސް…އަ ތައުޒޭންޑް ޓައިމްސް ޔެސް…“ކުއްލި އުފާވެރިކަމެއް ލިބުނު ފަދައިން ޝަފްކާ އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތެވެ. އޭނާގެ މޫނުމަތިން ފާޅުވެގެން ދިޔަ އުފާވެރިކަން ކަރުނައިގެ ސިފަ ޖެހި އިސާހިތަކު އެ ދެ ކޯތާފަތް ތެންމައިލިއެވެ.
އެ އަޑަށް ޝާމިނާއި މާހިންވެސް ވީ ކީއްތޯ ބަލަން ބަދިގެ ބައިން ބޯ ދިއްކޮށްލިތަން ފެނުނެވެ.
”ޝަފް… މިވަގުތު އަހަރެންގެ އަތުގައި ޝަފްގެ އިނގިލީގައި އަޅުވާނެ ރިންގެއްހާ ހިސާބުވެސް ނެތް…ބަޓް އައި ޕްރޮމިސް ޔޫ…އަލް ގިވް ޔޫ އެވްރިތިން“ އަހަރެން ބުނެލީމެވެ.
”އޮހ ޝަޓްއަޕް އާކި. އަހަރެން ކޮންމެހެން ރިންގެއް ބޭނުމެެއް ނޫން… އަހަންނަކީ އެއްޗިއްސާ ހެދި އުޅޭ މީހެއް ނޫނޭ. އާކި އަބަދުވެސް އުމުރަށްވެސް ތިގޮތުގައި ހުރެ ދެނިކޮށް އަހަންނަށް އެވީ…ދެން ނޫކްއަށް ގެއްލިފައިވާ ބައްޕައެއްގެ ލޯބި އަނބުރާ ހޯދައިދީ…އެވަރުން އަހަންނަށް ފުދޭނެ…“ ޝަފްކާ އަހަރެންގެ އަތްތިލަ ގެންގޮސް އޭނާގެ ކޯތާފަތުގައި ޖައްސާލަމުން ބުނެލިއެވެ.
”އެކަމަކު ޝަފް… ޝަފްގެ ބައްޕަ އަހަންނާ ޝަފް މެރީކުރަން އޯކޭވާނެހެން ހީވޭތަ؟“ އަހަރެން ކުރަން ނުކުރަން ހުރެފައިވެސް އަހަރެން އެ ސުވާލު ޝަފްކާއާއި ކޮށްލީމެވެ.އެޔާއި އެކު ޝަފްކާގެ މޫނުމަތި އެކަށް މިލައިގެން ދިޔަތަން އަހަންނަށް ފެނުނެވެ.
”ތެދަށް ބުނަންޏާ އަހަންނަކަށް ނޭނގެ…“ ޝަފްކާ މާޔޫސްވެފައި މޫނު އަނބުރައިލި ގޮތުން ހީވީ އެއީ އޭނާ އެއްގޮތަކަށްވެސް ކުރިމަތިލާން ބޭނުން ނުވާ ކަމެއް ހެންނެވެ.
”ނޫކްއަކީ އާކިގެ ބޭބީއެއްކަން ބައްޕައަށްވެސް މިހާރު އެނގޭނެ…ރޭޕް ކޭސް ގެ ފަހުން ހޮސްޕިޓަލުން އަހަރެން ބެލި ޑޮކްޓަރުގެ ފަރާތުން ބައްޕައަށްވެސް ރޭޕްވީ އިރުވެސް އަހަރެން ޕްރެގްކަން އެނގުނީ…އެހިސާބުން އަސްލު އެހާ މައްސަލަގަނޑު ބޮޑުވީ.މަންމަވެސް ރުޅި އައި… އެއްޗެހިވެސް ކީ…އެކަމަކު ބައްޕަ އައީކީ އަމަށަކު ރުޅިއެއް ނޫން…އަހަންނާ އާކިގެ ރިލޭޝަންޝިޕް ފަޅާ އަރައިގެން ބައްޕަ އަހަންނާ ދިމާލަށް ނުކިޔާކަށް އެއްޗެއް ނެތް…ދުވަހަކުވެސް ނުދެކެން ބައްޕަ އެހާ ރުޅި އައިސްފައި ހުއްޓައެއް…ކުރިން އެއީ އަހަރެން އުޅޭ ގޮތަކާ އެއްގޮތަކަށްވެސް ބެހި،ބަސް ކިޔާ އުޅުނު މީހެއް ނޫން…އެކަމަކު އެއަށް ފަހުގައި އެކަން މިހާރު މުޅިން ބަދަލުވެއްޖެ…އޭރު ބައްޕަ ރުޅިއައިސްގެން އާކިއޭ ކިޔައިގެންވެސް އަހަންނާ ދިމާލަށް ހާދަ އެއްޗެެއްސެއް ކިޔޭ.އެހެންވެ މިބުނީ އަހަންނަކަށް ހިއެއް ނުވެޔޭ ބައްޕަ ގަބޫލުވެދާނެހެނެއް… މަންމައާ ވާހަކަ ދައްކައިގެން ވިސްނައިދެނިކޮށް ގަބޫލުކޮށްފާނެ ކަންނޭނގެ…އެކަމަކު ބައްޕަ… ހަމަ ހިއެއް ނުވޭ އެހާ ފަސޭހައިން ދޫ ދޭނެހެނެއް…އާކި އަޅެ ޕްލީޒް އަހަރެންގެ ބައްޕައާ ވާހަކަ ދައްކަންވީނުން…އައި ކޭންޓް ލޫޒް ޔޫ އަގެން…“ ޝަފްކާއަށް އަނެއްކާވެސް ރޮވުނީއެވެ.
ޝަފްކާއަށް ލިބިފައިވާ މާޔޫސްކަން ފެނި އަހަރެންވެސް ނުތަނަވަސްވާ ގޮތްވިއެވެ.އެހެނަސް މިފަހަރު ކޮންމެ ގޮތަކަށް އަގު އަދާކުރަން ޖެހުނަސް ދޫ ނުދޭން އަހަރެން އަޒުމު ކަނޑައެޅީމެވެ.އަހަރެންގެ އަޒުމަކީ މުޅި އުމުރަށްވެސް ޝަފްކާއަކީ އަހަރެންގެ މީހަކަށް ހެދުމެވެ.
”ހާސްނުވޭ ލަވް… އަހަރެން ޝަފްގެ ބައްޕައާ ވާހަކަ ދައްކާނަން… އިރާދަ ކުރެއްވިއްޔާ ޝަފް ތީ މުޅި އުމުރަށްވެސް އަހަރެންގެ މީހަކަށް ހަދާނަން.މީ މިހާރު ކުރީގެ އާކިލެއް ނޫން…އަހަރެން އަމިއްލަ ފައިމައްޗަށް ތެދުވާނަން… ޝަފް ބެލޭ ވަރުގެ ހަރުދަނާ މީހަކަށްވާން އަހަރެން މަސައްކަތް ކުރާނަން… އަހަންނަށް ކުރެވުނު ވަރެއް އަހަރެންގެ ހަށިގަނޑުގައި ނޭވާ ހިނގާހާ ހިނދަކު އަހަރެން ކުރާނަން ޝަފް…އައި ލަވް ޔޫ ސޯ މަޗް!“ އަހަރެން ޝަފްކާގެ ނިތުގައި ނިއް ޖައްސާލަމުން ބުނެލީމެވެ.އޭރު އެއްވެސް ހުރަހެއްނެތި ދެމީހުންގެ ހޫނު ނޭވާތައް އެކަކު އަނެކެއްގެ މޫނަށް އެޅެމުން ދިޔައެވެ.
”އައި ލަވް ޔޫ ޓޫ އާކި“ ޝަފްކާ އަހަރެންގެ މޫނުގައި ދެފަރާތުން ހިފަހައްޓާލަމުން ބުނެލިއެވެ.އެވަގުތު އެ ރީތި ތުންފަތުގައި ބޮސްދިނުމަށް އަހަރެންގެ ހިތް އެދެން ފެށިއެވެ.އެހެނަސް ކުއްލިއަކަށް އިވެންފެށި ނުހައިކުގެ ރުއިމުގެ އަޑުން އެ ހުވަފެނީ ވަގުތުކޮޅު ނިމުމަކަށް އައެވެ.
ޝަފްކާ ކުއްލިއަކަށް އަހަންނާ ދުރަށް ޖެހިލާފައި،ތެދުވެގެން ގެސްޓް ރޫމާ ދިމާލަށް މިސްރާބު ޖެހިއެވެ.އަހަރެންވެސް އޭނާގެ ފަހަތުން ދިޔައީމެވެ.އަހަރެން އެތެރެއަށް ވަތްއިރު ނުހައިކު ރޮމުން ފިރުކިފައި އައިސް އެނދުން ފައިބަން މަސައްކަތް ކުރަނީއެވެ.
”އަނހާ ދަރިފުޅު… ހާދަ އަވަހަކަށް ހޭލެވުނީ“ ޝަފްކާ ނުހައިކު ނަގައި އުރާލުމުން އެކުއްޖާ އޭނާގެ ގައިގައި ހިއްޕައިގެންފައި ކުސްތަޅަން ފެށިގޮތުން ހީވީ އަދިވެސް ނިދި ނުފިލައިގެން އުޅެނީހެންނެވެ.ޝަފްކާ ނުހައިކު ގޮވައިގެން އެނދުގައި އިށީނދެ އުނގުގައި ބާއްވައިލިއެވެ.އަހަރެން ބަލަން ހުރިތަން ފެނުމުން އޭނާ ކަރުކެހެލި ގޮތުން ނުހައިކަށް ގާތުން ދޭން ބޭނުންވާކަން އަހަންނަށް ވިސްނުނެވެ.ޝަފްކާއަށް ޕްރައިވެސީ ދޭން ވެގެން އަހަރެން ކޮޓަރިން ނުކުމެ ދޮރު ލައްޕާލީމެވެ.
”މޭން… އާދޭ ކޮފީ ބޯން…“ބަދިގެ ފަރާތުން ޝާމިން ގޮވައިލި އަޑު އިވުނެވެ.އަހަރެން ދިޔައިރު އެ ދެމީހުން ތިބީ ވަރަށް ހަމަޖެހިލައިގެން ކޮފީއަށް އިންސާފު ކުރާށެވެ.
”އަހަންނަށް އިވުނީ ރަނގަޅަށްތަ ބްރޯ…؟ ހަމަ އަސްލަށްވެސް ޝަފް ކައިރީ މެރީކުރަން އެހީތަ؟“ މާހިން ހުރީ ފާޑެއްގެ ލާނެތް ހިންޏެއް އައިސްފައެވެ.
”އާނ…“ އެ ދެމީހުން ބަލަން ތިބި ގޮތުން އަހަރެން ފާޑަކަށް ރަކިވިއެވެ.
”ސްޓޭބަލް ވެވުނުހާ އަވަހަކަށް އިރާދަކުރެއްވިޔާ މެރީ ކުރާނަން…އެކަމަކު ޝަފްގެ ބައްޕަ…“ އަހަރެން އެވާހަކަ ދައްކަން ފަސްޖެހުނެވެ.
”ޔާ އައިނޯ…ސޮރީ މޭން… ބަޓް ދެޓް މޭން އިޒް ނޮޓް ގޮނަ ގޯ އީޒީ އޮން ޔޫ…ޝަފްގެ ބައްޕައަކީ ވަރަށް ގޮތުގައި ހުންނަ މީހެއް.ބެސްޓް އޮފް ލަކް ބުރޯ“ ޝާމިން ބުނެލިއެވެ. އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ.ޝާމިން އެފަދަ އެއްޗެކޭ ބުނާނީ ހާދަ ވަރެއް ވީމައިތާއޭ އެވަގުތު އަހަރެންގެ ހިތަށް އެރިއެވެ.
”ސާބަސް ދެން ބްރޯ އޭނަ ބިރުގަންނުވާލީމަޔޯ…؟!އާކިލް މާބޮޑަށް ވިސްނާނެ ކަމެއްނެތް…އިރާދަކުރެއްވިޔާ ހުރިހާ ކަމެއްވެސް ދެން ރަނގަޅުވާނެ… ބެސްޓް އޮފް ލަކް…“ޝާމިން ބުނި ބަހާއި ވިއްދައި މާހިން ބުނެލިއެވެ.
އިރު އޮއްސުމަށްޓަކައި ހާސް ކުލަތަކުން މުޅި ދުނިޔެމަތި ޖަރީކުރަން ފަށައިފިއެވެ.ޝަފްކާވެސް އޭނާގެ މަންމަ ގުޅަން ފެށުމުން ނުހައިކު ގޮވައިގެން ގެޔަށް ގޮސްފިއެވެ.މާހިންވެސް އޭނާގެ ކޮއްކޮ ގޮވައިގެން ތަނަކަށް ދާން ޖެހިގެން ދިޔައީއެވެ.އަހަންނާއި ޝާމިން އެކަނިވުމުން އޭނާ އަނެއްކާވެސް ފެށީ އަހަރެން އެގޭގައި މަޑުކުރުމަށް އޭނާ އެދޭ ވާހަކައެވެ.
”މައްސަލައެއް ނެތް…އަހަރެން ޝާމިން ގާތުގައި މަޑުކޮށްފާނަން…އެކަމަކު އެއީ ބޮޑުދައިތަ ގޭގައި އަހަންނަށް ހުރެވެން ނެތިއްޔާ…އަދި އަހަރެން މިތާ އުޅުނަސްވެސް ރެންޓެއް ނަގާ ގޮތަށް ނޫނީ އަހަންނަކަށް އެއްބަހެއް ނުވެވޭނެ. “ އަހަރެންގެ ޝަރުތު ޝާމިނަށް ހުށައެޅީމެވެ.
”އޯލް ރައިޓް… އެކަމަކު ފުރަތަމަ ކަމަކަށް ހިނގާ ޖޮބެއް ލިބޭތޯ އުޅެމާ.ޖަސްޓް ލެޓް މީ ހެލްޕް ޔޫ މޭން“ ޝާމިން ހުރީ މުޅި ދުވަސްވެސް އަހަންނަށްޓަކައި ހުސްކޮށްލަން ތައްޔާރަށް ކަހަލައެވެ.
”އަހަރެން އިހަށް ބޭނުމީ ބޮޑުދައިތަ ގެއަށް ދާން…“ އަހަރެން ބުނެލީމެވެ.ޝާމިން އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ.
ޝާމިންގެ ކާރުގައި އަހަރެން އެގެއަށް ގެންގޮސްދިނެވެ.މިލްކިއްޔާތުގައިވާ މަދު އެތިކޮޅު އަޅާފައިވާ ދަބަސްގަނޑު ކޮނޑުގައި އަޅުވާލައިގެން އަހަރެން ގޮސް އެގޭ ދޮރުމަތީގައި ހުއްޓި ބެލް އަޅައިލީ އަވަސްވެފައިވާ ހިތަކާއިގެންނެވެ.
އޭގެ އިރުކޮޅެއް ފަހުން އައިސް ދޮރު ހުޅުވާލިތަން ފެނުނީ ބޮޑުދައިތައެވެ.އަހަރެން ހަމަ ފެނުނުހާއިރަކަށް އެމީހާގެ ދެބުމަ ގޮށް ޖެހިއްޖެއެވެ.މޫނުމަތި ކުނިވެެއްޖެއެވެ.
”ކަލޭ އައި ތާކަށް ދާން އުޅޭ…މިގެއަށް ދެން ކަލޭ ވައްދާނެ ގޮތެއް އެއީ ނެތް ގޮތެއް…“ އެމީހާ އަހަރެންގެ މޫނު މައްޗަށް ދޮރު ޖެހިއެވެ.މަޑުނުކޮށް އަހަރެން ނުކުމެގެން އައީމެވެ.އެއްފަރާތެއްގައި ކާރު މަޑުކޮށްލައިގެން އިން ޝާމިނަށް އަހަރެން ފެނުމުން ވަގުތުން ބަރުގޮނު އަޅައިލިއެވެ.އަހަރެން އެނބުރި ގޮސް ކާރަށް އެރުމުން އޭނާ ކާރު ދުއްވައިލިއިރު ހިތްހަމަ ނުޖެހުމުގެ އަސަރުތައް އެމޫނުން ފާޅުވޭވޭ ހުއްޓެވެ.
”ވަނަކަ ނުދިން ދޯ؟“ ޝާމިން އަހައިލިއެވެ. އަހަރެން އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލީމެވެ.ޝާމިން އިތުރު އެއްޗެއް ނުބުނެ ކާރު ދުއްވަމުން ދިޔައެވެ.
”އެހެންވީމަ މާދަމާ ޑައިލިސިސް ހަދަން ދާން ޖެހޭނެ ދޯ… އާކިލްގެ ސިއްހީ ހާލަތު ހުރިގޮތުން ފިޒިކަލީ އެހާ ޑިމާންޑިން ވޯރކެއް އަސްލު އާކިލަކަށް ނުކުރެވޭނެއެއްނު..އާކިލް ފެމިލިއާ އެހެން އޭރިއާ އެއް ބުނެބަލަ…“ ޝާމިން އިރުކޮޅަކު އެހެން އިނދެފައި މަޢުޟޫ ބަދަލުކޮށްލައިފިއެވެ.
”ފިޒިކަލީ އެހާ ޑިމާންޑިން ނޫނިއްޔާ ކޮންމެ ކަމެއްވެސް ކުރަން މިހުރީ ހަމަ ތައްޔާރަށް…“ އަހަރެން ބުނެލީމެވެ.އަހަންނަށް އެހީތެރިކަމެއް ފޯރުކޮށް ދިނުމަށް ޝާމިނަށް ފުރުސަތެއް ދޭން އަހަރެން ނިންމީއެވެ.ޝާމިން އިރުކޮޅަކު ވިސްނަން އިނދެފައި ފޯނު ނަގައި ނަންބަރަކަށް ޑައިލްކޮށްލިތަން ފެނުނެވެ.އިއަރ ޕޮޑް ޖަހައިގެން އެމީހަކާ އޭނާ ވާހަކަ ދައްކަން ފެށުމުން އަޑު އަހަން އިންނަން ނުކެރިގެން އަހަރެން ޚިޔާލުގެ ކަނޑަކަށް އަނެއްކާވެސް އަމިއްލަ ނަފްސު ޣަރަގުކޮށްލީމެވެ.
ޝާމިންގެ އެހީތެރިކަމާއިއެކުގައި އަހަންނަށް ޕްރައިވެޓް އާރޓް ސްޓޫޑިޔޯ އަކުން ވަޒީފާއެއް ހަމަ ޖެހުނެވެ.ރިޒޯޓްތަކާ ގުޅިގެން ހިންގާތީވެ ސާވިސް ޗާޖު ވެސް ލިބެއެވެ.މުސާރަވެސް ގޯހެއް ނޫނެވެ.ޝާމިންގެ ރައްޓެއްސެއްގެ ތަނަކަށް ވާތީ އަހަރެންގެ ހާލަތު ދަނެގެން ލުއިތަކެއް ދިން ކަމުގައި ވިޔަސް ޖީސީއީ ފެންވަރުވެސް އަހަރެންގެ ނެތީތީވެ ވަޒީފާއާއި ގުޅޭ ގޮތުން އެމީހުން ހިންގާ އިތުރު ތަމްރީނު ދޭ ކޯހެއް ހަދަން އަހަންނަށް މަޖުބޫރުވިއެވެ.އެހެނަސް އެެއްވެސް ޝަކުވާއެއް ނެތި އަހަރެން ކުރިއަށް ދެވޭތޯ މަސައްކަތް ފެށީމެވެ.ދޭތެރެއަކުން ރިޒޯޓްތަކަށްވެސް ދާން ޖެހޭތީވެޔާއި އެކުގައި އަހަރެން ޑައިލިސިސް ހަދަން ދާން ޖެހޭ ދުވަސްތަކުގެ ތާވަލެއް ބޮސް މީހާ އަތަށް ދީފައި ބާއްވަންވެސް ޖެހުނެވެ.ކުލާސްތައް ހިންގާ އިރު އެހީތެރިކަން ފޯރުކޮށްދޭން ދާން ވެސް އަހަންނަށް ޖެހޭތީއާވެސް އެކުގައެވެ.އަނެއްކޮޅުން ތަފާތު މީޑިޔަމްތަކުގެ އާރޓު ދަސްކުރަން ލިބިގެން ދިޔަ އިތުރު ހިތްވަރަކަށްވެސް އެކަން ވިއެވެ.
ޝަފްކާ ބަރާބަރަށް ނުހައިކު ގޮވައިގެން ޝާމިންމެން ގެޔަށް އާދެއެވެ.އަހަންނާއި އެކުގައި އެތައް ވަގުތުތަކެއް ހޭދަ ކުރެއެވެ.އެހާ ދުވަހަށްފަހު އާއިލާއެއް ފަދައިން އެގޮތަށް ވަގުތު ހޭދަކޮށްލަން ލިބޭތީ ޝަފްކާ އުފާވެފައި ހުންނަ ވަރު އެނާގެ ދެލޮލަށް އެކަނި ބަލައިލިޔަސް ދޭހަވާހާވެއެވެ.އެހެނަސް ދޭތެރެއަކުން މަދުން ނަމަވެސް އެ މޫނުން މާޔޫސްކަމުގެ ކުލަވަރެއް އަހަންނަށް ފެނެއެވެ.އަދި އެކަމުގެ ސަބަބަކީ އަހަރެމެންގެ ކައިވެންޏަށް އޭނާގެ ބައްޕަ ދޭނޭ ޖަވާބަކާއި މެދުގައި ފިކުރު ބޮޑުވުންކަންވެސް އަހަންނަށް އެނގޭމެއެވެ.އެހެނަސް އެވާހަކަ ދެއްކޭނެހާ ހިތްވަރު އަހަރެންގެ ގައިގައިވެސް ހުންނަން ޖެހޭނެތާއެވެ.އެކަމަށް އަމިއްލަ ނަފްސު ތައްޔާރު ކުރަންވެސް ޖެހޭނެތާއެވެ.ނޭނގި ނަމަވެސް ޝާމިނަށް އެވަނީ އަހަރެންގެ ހިތުގައި ބިރުވެރިކަމެއް އުފަން ކުރެވިފައެވެ.ޝަފްކާގެ ބައްޕަގެ އެ ބުނާ ގޮތް ދޫނުކުރާ ހަރުކަށި ފަރާތެއް އަހަންނަކަށް ތަޖުރިބާ ކުރެވިފައެއް ނެތްވިއްޔާއެވެ.
ދުވަސްތައް އެގޮތުގައި ފާއިތުވަމުން ދިޔައެވެ.މަޑު މަޑުން އަހަރެންގެ ދިރިއުޅުންވެސް އައީ ހަމައަކަށް އެޅެމުންނެވެ.ޝަފްކާގެ ބައްޕައާއި ބައްދަލު ކުރަން އެގެއަށް ދާން އަހަރެން ނުކުތީ އަމިއްލަ ނަފްސަށް ފަށް ފަށުން ހިތްވަރުލައިދެމުންނެވެ.ޝަފްކާ ހާސިލުކުރުމަށްޓަކައި އޮތް މަގަކީ ފަސޭހަ މަގެއް ނޫންކަން އަމިއްލަ ނަފްސަށް ހަނދާން ކޮށްދެމުންނެވެ.އަހަރެންގެ އިންތިޒާރުގައި ޝަފްކާ ހުންނާނެ ވާހަކަ އޭނާ ބުނީއްސުރެ އަހަރެންގެ ހިތް ހީވަނީ ދެންމެ ދެންމެ މޭ ފަޅާފައި ފުންމާލަން އުޅޭހެންނެވެ.
އަހަރެން ގޮސް ޝަފްކާމެން އުޅޭ އެޕާޓްމަންޓުގެ ބެލް އަޅައިލުމުން ނިކަން އަވަހަށް އައިސް ޝަފްކާ ދޮރު ހުޅުވާލައިފިއެވެ.ހީވީ އަހަރެން އަންނާނެ އިރެއްގެ އިންތިޒާރުގައި ކެތްމަދުވެފައި އޭނާ އިންހެންނެވެ.އެހެނަސް އެ މޫނުމަތިން ފާޅުވަން ހުރި ހާސްކަމުގެ އަސަރުތައް ފެނި އަހަރެންވެސް އިތުރަށް ފިނިވާ ގޮތްވިއެވެ.
”އައްސަލާމާ ޢަލައިކުމް“ އަހަރެން ސަލާމް ގޮވައިލީމެވެ.
”ވަޢަލައިކުމްސަލާމް…އާކި…ބައްޕަ… މިވަގުތު “ ޝަފްކާ ހީވީ އަހަންނަށް އެއްޗެއް ބުނެދޭން އުޅުނުހެންނެވެ.
އެވަގުތު ޝަފްކާގެ ބައްޕަ ކޮންމެވެސް ކަމަކާ ވަރަށް ހިތްހަމަ ނުޖެހިގެން އޭނާގެ މަންމައާއި ދިމާލަށް އެއްޗެކޭ ބުނެލި އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެވެ.މި އާދެވުނީ މުޅިން ނުބައި ގަޑިއެއްގައިތާއޭ އަހަރެންގެ ހިތަށް އެރިއެވެ.އަހަރެން ފަހުން އަންނާނަމޭ ބުނެ ދާން ވެގެން އުޅެނިކޮށް ޝަފްކާ އަހަރެން ހުއްޓުވައިފިއެވެ.
”އާކި އާދޭ އެތެރެއަށް….އަޅާ ނުލާ…އެއީ މިހާރަކަށް އައިސް ބައްޕަގެ އާދަ ހަމަ…ވޯރކް ލޯޑް ބޮޑުވާތީ އަބަދުހެން ރުޅިގަދަވެފަ ހުންނަނީ ގެއަށް އަންނަ އިރު…އިޓްސް ނައު އޯ ނެވަރ އާކި.. އަވަހަށް މިވާހަކަ ބައްޕަ ގާތުގައި ބުނުން ބުއްދިވެރީ… އަހަރެން ހުންނާނަން އާކި ކައިރީ…އަލް ބެކް ޔޫ އަޕް“ ޝަފްކާ އެ ނުތަނަވަސްކަމުގެ ތެރެއިންވެސް ހަމަ ޖެހިލެވޭތޯ މަސައްކަތް ކުރަމުން ބުނެލިއެވެ.އަހަރެން ފުން ނޭވާއެއް ދޫކޮށްލާފައި އެތެރެއަށް ވަނީމެވެ.ސިޓިން ރޫމްގައި ތިބި ޝަފްކާގެ މައިންބަފައިންނަށް އަހަރެން ފެނުމާއެކު ހީވީ ބިރެއް ފެނުނު ހެންނެވެ.އޭނާގެ ބައްޕައަށް އަހަރެން ހަމަ ފެނުނުހާއިރަކަށް ސޯފާއިންވެސް ތެދުވެވިއްޖެއެވެ.
”ކަލޭ!…ލަދެއް ހަޔާތެއްވެސް ނެތޭދޯ މިގެއަށް ވަންނާކަށް…ހަމަ މިހާރު ނުކުމޭ މިތަނުން.ޝަފްކާ ހަމަ މިހާރު ދޭ ކޮޓަރިއަށް“އިސާހިތަކު ޝަފްކާގެ ބައްޕަ ޝަހީމް ރުޅިއައިސް ރަތްވެއްޖެއެވެ.
”ބައްޕާ“ ޝަފްކާ ތަންކޮޅެއް ބާރަށް ގޮވައިލިއެވެ.
”އެއްފަހަރުވެސް އާކިލް އެބުނަން އުޅޭ އެއްޗެއް އަޑު އަހާބަލަ“ ޝަފްކާ އަޑަށް ބާރުލާފައި ބުނެލިއެވެ.
”ޝަފްކާ!އަހަރެންގެ މޫނުމަތީގައި ޒުވާބު ކުރަން ނޫޅެއްޗޭ އިނގޭ!ހަމަ މިހާރު ދޭ ކޮޓަރިއަށް“ ޝަހީމް ޝަފްކާއާއި ދިމާލަށް އަންނަން ފެށުމުން އެމީހާ ހުއްޓުވީ ޝަފްކާގެ މަންމަ އާތިޔާ އެވެ.
”ޝަހީމް ހުއްޓާލާ“އާތިޔާ ބާރަށް ބުނެލިއެވެ.
”އާތިޔާ! އަހަންނަށް އަތުން ފައިން ގޯހެއް ނުހެދެނީސް މަގޭ އަތުން ދޫކުރޭ…ދުރަށް ދޭ…ބަލަ އެ ***އެހެރީ މަގޭ އަންހެން ދަރީގެ ގަޔަށް އަރާފައޭ! އަދިވެސް މަވީ މަޑުން ހުންނަންތަ…؟ނުހާޒަށްވެސް އެ ލަނޑު ދިނީ ހަމަ މި ސޮރު… އަހަރެން ވަރަށް ރަނގަޅަށް ވާނުވާ ބަލައިފީމޭ…ކަލޭމެން ހިތުން މަށަކަށް އެކައްޗެއްވެސް ނޭނގޭ ވިއްޔަ!ޑުރަގުގެ އިމާމެއް އެއީ…އިހަކަށް ދުވަހު ޖަލުން އެ ނެރުނީ…މިހާރު އަނެއްފަހަރު މިތަނަށް ފާވެގަތީ އެ… ހަމަ މިހާރު ނުކުމޭ މިތަނުން!“ ޝަހީމް ރުޅި އައިސްގެން ތުރުތުރު އަޅައެވެ.ގަތްފައި ހުރި ބިރަކުން އަހަރެން ހުރީ ހުރިތަނުން ގުޑާލަންވެސް ނުކެރިފައެވެ.
”އަޅުގަނޑު…މި ބުނަން “ އެހެނަސް ހިތްވަރު ކޮށްފައި އެއްޗެކޭ ބުނެވޭތޯ އަހަރެން ފެށީމެވެ.
”ކޮން އަޅުގަނޑެކޭ ކިޔާކަށް އޭނ؟! އަދި މާ މާތްވާން ވެގެން އެބަ އުޅެއެއްނު.މިހިރަ ފެންނަނީ ހައްދެއް ނެތި ދަރިންނަށް މިނިވަންކަން ދިނީމަ ވާ ގޮތް އާތިޔާ…ކިހާ ތާހިރު! ނުހާޒުވެސް ހަލާކުވީ..ޝަފްކާއަށްވެސް މިނޫން މީހަކާ ހިތާވާކަށް ނޭނގުނު… މުޅި އާއިލާއަށްވެސް ހުތުރޭ..“ ޝަހީމް އަޑުގެ ކޮޅަށް އެއްޗެހި ކިޔަމުން ދިޔައެވެ.
”ބައްޕަ ކިތަންމެ އަޑު އަހަން ބޭނުން ނުވިޔަސް އެއީ ނޫކްގެ ބައްޕަ ނޫން ކަމަކަށް ނުހެދޭނެ… ނޫކްއަށްވެސް ބައްޕައެއްގެ ލޯބި ބޭނުންވާނެ…“ ޝަފްކާ ރޮމުން އަޑު ހަރުކޮށް ބުނެލިއެވެ.
”އަޅުގަނޑު ބޭނުން ޝަފްކާޔާ އަވަހަށް ކައިވެނި ކުރަން… އޭރުން ނޫކްއަށް ބައްޕައެއްގެ ލޯބިވެސް ލިބުނީ…އަޅުގަނޑު އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅަށް ޝަފްކާ ބަލާނަން…“ އަހަރެން ކަށިން ހިތްވަރު ނެރެގެން ބުނެލީމެވެ.އެއާއެކު އަދި ވަކިން ބޮޑަށް ޝަހީމްގެ މޫނުމަތި ރަތްވެގެން ދިޔައެވެ.
”ޝަފްކާ ބަލާނަމޭ…؟!ހުނ!ބަލަ ކަލޭ ތީ މީހަކު ބެލޭވަރުގެ މީހެއްތަ.؟..ކަލެއަށް ކޮން މަސައްކަތެއްތަ ކުރެވޭނީ؟ އަބަދުހެން ހޮސްޕިޓަލަށް ދުވެ ދުވެ ތި ހުންނަން ޖެހެނީ…ކަލޭ ވިސްނާލަބަލަ…ޝަފްކާއަށް ވަކި ފަސޭހަވާނެތަ ކަލޭ ކަހަލަ ބަލި މީހަކާ އެކީ މުޅި އުމުރު ހޭދަަކޮށްލަން އޭނ؟! ކަލޭ ޝަފްކާއަށް ތިހާ ހެޔޮ އެދެންޏާ އޭނަޔާ ދުރަށް ދޭ !“ ޝަހީމްގެ ދުލުން ބޭރުވި ވިހަ ބަސްތައް އަހަރެންގެ ހިތުގެ އެންމެ ފުނަށް ހަރައިލި ތޫނު ޚަންޖަރެއް ފަދައެވެ.
”ބައްޕާ!“ ޝަފްކާ އަޑަށް ބާރުލާފައި ހަޅޭއްލަވައިގަތެވެ.
”ހުއްޓާލާ ބައްޕާ!“ ޝަފްކާ އަނެއްކާވެސް ބުނެލިއެވެ.އުފަން ބައްޕަގެ ދުލުން އެ އިވިގެން ދިޔަ ވިހަ ބަސްތަކުން އެ ހިތަށް ކޮށްފައިވާ ފުން އަސަރުތައް ކަރުނައިގެ ސިފައިގައި އެދެލޮލުން ފާޅުވާން ހުއްޓެވެ.އެވަގުތު ޝަފްކާ ގެނެސް މެޔާލައި ބޮނޑިކޮށްލެވޭނެ ނަމައޭ އަހަރެންގެ ހިތަށް އެރިއެވެ. ޝާމިން ބުނީ ހަމަ ތެދެކެވެ. ޝަހީމަކީ ނިކަން ބޯހަރު ގޮތްދޫނުކުރާ މީހެކެވެ.އޭނާގެ ވިސްނުން އަނބުރާލުމަކީ މާ ފަސޭހަ ކަމަކަށް ނުވާނެއެވެ.އެހެނަސް ވަކި އަހަރެންވެސް މިހުރީ ދޫ ދޭ ގޮތަކަށް ނޫނެވެ.ޝަހީމަށް ހަމަ ޖެހޭނީ ހަތިޔާރު ބަހައްޓާށެވެ.
”ޝަހީމް!“ އާތިޔާވެސް ހަޅޭއްލަވައިގަތެވެ.ބަސް ބުނުމުގައިވެސް ޝަހީމް މިހާރު އެވަނީ ހައްދު ފަހަނައަޅައި ގޮސްފައެވެ.
”ފުދިއްޖެ ޝަހީމް!ތިކަހަލަ އެއްޗެހި ކިޔަން ހެޔޮނުވާނެ. ޝަހީމް ބިރެއްވެސް ނުގަނޭތަ؟ ބަލަ އެއީ މާތް ރަސްކަލާނގެ މިއަދު އޭނާއަށް މިންވަރު ކުރަައްވާފައިވާ ގޮތޭ.ކިހިނެއްތަ އެނގެނީ މާދަމާ ޝަހީމަށް ޖެހޭނެ ހާލަތެއް؟ރުޅި އަޔަސް ކިޔަން ނުވާ ވަރުގެ އެއްޗެހި ހުންނާނެ އިނގޭ ޝަހީމް…އޭނާ ބުނަން އެ އުޅޭ އެއްޗެއް އަޑު އަހާލިޔަކަސް ޝަހީމުގެ ގައިން ތަންގަނޑެއް އުންޏެއް ނުވާނެ!ގޮތް ދޫ ނުކުރަން އުޅުނަސް ތީ ބޮޑުވަރު…މިހާރު ހަނދާން ނެތުނީތަ އެދުވަސް އޭނ؟ ކިރިޔާއޭ މިހިރަ ދަރިވެސް ނުގެއްލި އެހުރީ…“ ޝަހީމްގެ ބަސްމަގު ހުރިގޮތުން އާތިޔާ ގާތަށްވެސް ރުޅި އައެވެ.އޭނާ ހިތުގައި ބާއްވައިގެން އުޅުނު ހުރިހާ ވާހަކަތަކެއް ގޮވައިލިއިރު އެ ދެލޯ ވަނީ ރުޅިއާއި ހިތާމަ އެކުވެގެން ފެންކަޅިވެފައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.






MA V reethi
Somehow I want be the 6th person who is in the apartment to hear what they’re shouting and to see her fathers actions
CW4THENEXTP
Tc
Thank you Sheex ❤️
Really? Ehaaves zuvaab gandu interesting tha?!🫣
Stay tuned Inge.
Tc
Yes V interesting hama mi zuvaabu gandu! hehe!!!!!
Ehen noonas future father-in-laws are kurevey zuvaabu keehves interest nuvaane dhww?
Hehe yeah 💯