Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިވާ މަންމާ މަގޭ.. 6

kamana Level 310 Stories500 Comments100 Comments
January 2, 2016 4 Mins Read
20 Comments

މިގޮތަށް ނުކައި އަހަރެން ހުރީ ކިތައް ދުވަހުއެވެ. އެގާރަ އަހަރުން ފައްޓައިގެން މިކަނީ އަމިއްލައަށް ކައްކައިގެންނެވެ. އެކަމަކު މަންމަގެ ހުންނަނީ އެންމެ ކުއްޖެއް ހެއްޔެވެ. އަހަރެންނަކީ މަންމަގެ ދަރިއެއް ނޫންހެއްޔެވެ.

ދުވާލު އިރުއެރުމާއެކު އަހަރެން ތާވަލާ އެއްގޮތަށް މަސައްކަތް ފެއްޓީމެވެ. ހަމަ އެކަނި ކިރުތައްޓެއް ބޮއެގެން ހުރުމުން ގައިގެ ހަކަތަ ހުސްވަމުން ދާހެންވެސް ހީވެއެވެ. މެންދުރު ކައްކާ ނިމުނު އިރު 12 ޖަހައިފިޔެއެވެ. އަހަރެން ބަނޑުހައިވެފަ ހުރިވަރުން އަވަހަށް ކެއީ ހޭނެތިގެން ވެއްޓިދާނެތީއެވެ. “މަންމާ” މަންމައަށް ގޮވަމުން ގޭތެރެއަށް ވަންނަން އައި ތުއްތު ފެނި އަވަސް އަވަހަށް އަހަރެން އަތްދޮވެލައި ބޭރަށް ނިކުތީ ތުއްތުއާއެކު ހުރި އަންހެން ކުއްޖާފެނިފައެވެ.

“ކޮބާ މަންމަ” ތުއްތުގެ ބަރު އަޑުން މަންމަކޮބާތޯ އެހުމުން އަހަރެން މަންމަ ވީ ކޮޓަރީގައިކަމަށް ބުނެލީމެވެ. ކައިރީގައި ހުރި އަންހެން ކުއްޖާ އަހަރެންނަށް ހިނިތުންވުމެއް ހަދިޔާ ކުރުމުން އަހަރެންވެސް އޭގެ ބަދަލުގައި ހިނިތުންވެލީމެވެ.

“ޖިއާ.. ތިތާ ނުހުރެ ދޭބަލަ ކާން ހަދަން.. ދަރިފުޅު މިންހާ ގޮވައިގެން އާދޭ މިތާ އިށިންނަން” މަންމަ އަހަރެންނަށް ބަލާނުލާ ކާން ހަދަން ބުނެ ސިޓިންރޫމް ސޯފާގައި އިށީނެވެ. މަންމަގެ އަތަށް ލެވިފައިވާ މިންހާގެ އަތް ފެނި އަހަރެންގެ ހިތުގައި ޖެހުނެވެ. އެގޮތަށް އަހަރެންގެ އަތުގައި ފިރުމައިލި ދުވަހެއް މަންމަ ހަނދާން ނުހުންނާނެކަން ޔަގީނެވެ. ލޮލުން ކަރުނަ އަންނަކަން އެނގުމުން އަވަހަށް އަހަރެން ކާ ކޮޓަރިއަށް މިސްރާބު ޖެހީމެވެ. މޭޒުމައްޗަށް ކާތަކެތި އަތުރާލުމަށްފަހު ތިންތަށި ޖޫސް އަޅާ ރެޑީ ކޮއްލީމެވެ. “ޖިއާ… ހާދަ އަވަހަކަށް ކާން ތި ތައްޔާރު ކުރަނީ.. ކައިގެންތަ ތިއުޅެނީ” ފަރީޝައްތަ އަހަރެންގެ ބުރަކީގައި ފިރުމާލަމުން ބުންޔެވެ. އަހަރެން ފަހަތަށް ޖެހުނީ ފަރީޝައްތަ އަހަރެންގެ ގައިގައި އަތްލުމުން ފޫހިވެ ހުރެއެވެ. އެހެން ނަމަވެސް އެކަން ފަރީޝައްތައަށް ނުދައްކާވޭތޯ އަހަރެން ބެލީމެވެ. “އާން.. މަންމަ ބުނެގެން ތުއްތު އަށް މީ” އަހަރެން އަވަސް އަވަހަށް ބުނީމެވެ. “ޖިއާ ދައްތަދެކެ ކަމަކާ ހިތްހަމަ ނުޖެހިފަތަ…” ފަރީޝައްތަ އެހެން އެހުމުން އަހަރެން ދެފަރާތަށް ބޯ ހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. “އެހެންތަ.. ދެންދޭ ތުއްތުއަށް ގޮވަން.. އެއީ ތުއްތު އިންނަން އުޅޭ ކުއްޖާ ދޯ.. ޖިއާ އާ އެއް އުމުރެއްގެ ކުއްޖެކޯ ބައްޕަ ބުނި…. ވަރަށް ރީތިދޯ އެކުއްޖާ.. ޝާމިނުއާވެސް ވަރަށް ގުޅޭ…” އަހަރެން ދެކޮނޑު ހިއްލާލީ ނޭނގެއޭ ބުނާފަދަ ގޮތަކަށެވެ. އެހެން ނޫނަސް ބައްޕަ ފަރީޝައްތަ ކައިރީގައި މިކަހަލަ ވާހަކަ ދައްކަނީ ކީއްވެހެއްޔެވެ. ފަރީޝައްތައަކީ އާއިލާ މީހެއް ނޫނެވެ. އަހަރެން އަވަހަށް ކާކޮޓަރިން ނިކުތީ އިތުރަށް ފަރީޝައްތައާ ވާހަކަ ނުދެއްކުމަށެވެ.

“މަންމާ” … “ދަރިފުޅާ ހިނގާ އަވަހަށް ކާން” އަހަރެން އަނގައިގައި އެއްބައި އޮއްވާ މިންހާ އަތުހިފައިގެން މަންމަ ކާކޮޓަރިއަށް ވަނެވެ. މަންމަ އަހަރެންނާ އެގޮތަށް ކަންތައް އެކުރަނީ ފަހެ ކީއްވެހެއްޔެވެ. އަހަރެންނަނީ މިގޭގަ އުޅޭ މީހެއް ކަމަށް ބަލާނުލާ އެއުޅެނީ އަހަރެން ނުފެންނާތީ ހެއްޔެވެއެވެ. މަޑު ހިނގުމެއްގައި އަހަރެން މަންމަމެން ފަހަތުން ކާކޮޓަރިއަށް ވަނީމެވެ. މިންހާ ގޮޑީގައި އިށިންނަންދެން މިންހާ އަތުން މަންމަ ދުލެއް ނުކުރެއެވެ. އެކަމާ ދެރަވިޔަސް މޫނުމައްޗަށް ހިނިތުންވުމެއް ގެނުވައިގެން އަހަރެން ހުރީ ގަދަކަމުންނެވެ. “ދަރިފުޅާ އަންނަ މަހުތަ ކައިވެނި ހަމަޖެހުނީ…މަންމަ ވަރަށް އުފާވެފަ މިހުރީ މިންނާ މިގެއަށް އަވަހަށް އަންނަން އުޅޭތީ.. ބައްޕަ މާލެ އަންނާނެ އޭރަށް.. ކައްނެއްޔަ އެފުރީ ރޭގަ.. ހީނުވޭ އެހާ ގިނަދުވަސް މިފަހަރުވާނެހެން…ދަރިފުޅު އިންނަން އުޅޭކަން އެނގޭނަމަ މިދަތުރުގައި ބައްޕަ ބައިވެރި ނުވީސް ކަންނޭގެ..” މަންމަ ތުއްތު ކައިވެނި ކުރަން އުޅޭވާހަކަ ބުނުމުން އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެފަދަ ބޮޑު ކަމެއް ކުރަން އުޅޭއިރު އެއްފަހަރުވެސް އަހަރެން ކައިރީގައި ބުނެލުން މުހިންމުކަމަކަށް ނުވީހެއްޔެވެ. ތުއްތުއެކޭ އެއްގޮތަށް މަންމަގެ ހިތުގައިވެސް ކުލުނެއް ނުވަނީ ހެއްޔެވެ.

ކޮންމެ ދުވަހެއްގެވެސް އާދައަކީ އެއީއެވެ. ގޭތެރޭގައި ހިނގާކަމަށް އެގެން ބޭނުމީއްޔާ އަހަރެން ޖެހޭނީ މަންމަމެން ތިބޭތަނަކަށް ގޮސް ހުންނާށެވެ. “ޖިއާދޯ” މިންހާ އައިސް އަހަރެންނާ ވާހަކަ ދައްކަން ފެށުމުން އަހަރެން ވަރަށް އުފާވިއެވެ. “ޔެސް މިންނު ދޯ.. ކިހިނެއް.. ހޭ އިނގޭތަ އަހަރުން ސޭމް އޭޖްކަން… ވަރަށް ހެޕީވޭ މިންނު ކަހަލަ ރީތި ފަހަރީއެއް ލިބުނީމަ” އަހަރެން މިންހާއާ ގާތްގުޅުމެއް އުފައްދަން މަސައްކަތް ކުރީމެވެ. އެއީ ދެން މިންހާ މިގެއަށް އަންނަން މާގިނަދުވަސް ނެތީމައެވެ. ތުއްތު މިންހާއާ ރައްޓެހިވެގެންއުޅޭތާ އެތަކެއް ދުވަސް ވެދާނެއެވެ. މިގެއަށް ގެނިއައި މީ ތިންވަނަ ދުވަހެއެވެ. އެހެން ނަމަވެސް އަހަރެންނާ މިންހާއާ ވާހަކަ ދެއްކިމީ ފުރަތަމަ ދުވަހެއެވެ. އެވީ ކުޑަވަގުތު ކޮޅުތެރޭގައި އަހަރެންނާ މިންހާއާ ގާތްދެރަހުމަތްތެރިންނަށްވިއެވެ. އެކަމާ އަހަރެން ވަރަށް އުފާވިއެވެ. ތުއްތު އަހަރެންދެކެ ކިތައްމެ ރުޅިއަޔަށް އަހަރެންނޭ ކިޔާ އެއްވެސް ވާހަކައެއް މިންހާ ގާތުގައި ދައްކާފައި ނެއްކަންވެސް އެނގުނީ މިއަދުއެވެ. ތުއްތު ބޭރުފުށުން ކިތައްމެ ގޯހަސް ތުއްތު އަކީ ގޯސްމީހެއް ނޫންކަން އަހަރެންނަށް މިއެނގުނީ އަދި މިއަދުއެކެވެ.

އަހަރެންގެ ހިތްވަނީ އަވަސްވެފައެވެ. ފަތިސް ނަމާދު ކޮއްލުމަށްފަހު ހެންދުނު ސައިތައްޔާރު ކުރީއްސުރެން އަހަރެންގެ ހިތް އޮބި ނޯންނަވަރަށް ދިޔައީ ތެޅެމުންނެވެ. މިއަދުމީ އަހަރެން ޔުނިވާސިޓީއަށްދާ ފުރަތަމަ ދުވަހެއެވެ. ދާ ގަނޑި ކައިރިވާވަރަކަށް ބިރުގަންނަނީ ކީއްވެކަމެއް އަހަރެންނަށް ނޭނގެއެވެ. ސްކޫލްއަށް ދިޔައިރުވެސް މިފަދަ ގޮތްތަކެއްނުވެއެވެ. އަވަހަށް ރެޑީވެލައިގެން އަހަރެން މަންމަ ކައިރިން ހުއްދަ ހޯދުމައްފަހު ގޭން ނިކުތީ މަޑު ހިނގުމެއްގައެވެ. ހުދުކުލައިގެ އަތްދިގު ކުރުތާއަކާ ފިޔާތޮށި ކުލައިގެ ހިމަ ހަރުވާޅެއްލައިގެން އަހަރެން ނިކުތީ ކޮނޑުގައި ކަޅުދަބަހެއް އަޅުވައިގެންނެވެ. އިނާމު ދިނުމުގެ ޖަލްސާއަށް ލިޕްސްޓިކެއް ޖެއްސިފަހުން އަހަރެންގެ ތުއްފަތުގައިވަނީ ހަންފޮޅިފައެވެ. އަހަރެންނަކީ އެއްއިރެއްގައިވެސް ލިޕްސްޓިކް ޖައްސާ އުޅޭ މީހެއްނޫނެވެ. ދެތުންފަތް ޖެހޭއިރު ވާއުދަގުލުން އަހަރެން ތުންފަތުގައި ވެސްލިން ކޮޅެއް އުނގުޅުމަށް ނިންމީމެވެ. މަގުގެ ދެކޮޅު ހޯދާލީ މީހުން ގިނަތޯބަލާލުމަށެވެ. ހެނދުނުގެ ވަގުތު ކަމަށް ދުއްވާ އެއްޗެހިވެސް އެހާމެ މަދެވެ. ޕޭމެންޓު ކައިރިގައި ޕާކުކޮއްފައިއޮތް ކަޅުކާރަކަށް އަހަރެން ބަލާލީމެވެ. ކާރުގެ ބިއްލޫރުގަނޑު ސާފުކަމުން ލޯގަނޑެކޭ ތަފާތެއްނެތެވެ. އަތްދަބަސް ތެރޭން ވެސްލިންފުޅި ނަގާ އިނގިލިން އެތިކޮޅެއް ނަގާލީމެވެ. ކުޑަކޮށް ގުދުވެލާ ކާރުގެ ބިއްލޫރިގަޑު ބަލަމުން ތުންފަތުގައި އިނގިލި ހާކާލީމެވެ. ތުންފަތުގައި ކުޑަވިދުމެއް ހުރުމުން ދެފަރާތަށް ތުއްފަތް އަނބުރާލީމެވެ. އަހަރެން ކުއްލިއަކަށް ސިހުނީ ކާރުގެ ބިއްލޫރިގަނޑު މަޑުމަޑުން ތިރިވާތަން ފެނިއެވެ. އަހަރެންނަށް ކުޑަކޮށް ފަހަތަށް ޖެހިލެވުނީ އޭގައި މީހަކު އިންކަން އެނގިއެވެ. ކާރުގައި އިނީ ކާކުތޯ ބަލާވެސް ނުލާ އަހަރެން ހިނގައިގަތީ ގަންފައިހުރި ލަދެއްގެ ސަބަބުންނެވެ. ދަފަހަރު މަޑުމަޑުން ބޮލުގައި އަމިއްލައަށް ޖަހާލީމެވެ. އަމިއްލަ ނަފްސަށް މަލާމަތްކުރެވުނީ ގަމާރުކަމުންނެވެ. ޔުނިވާރސިޓީގެ ދޮރުމަތިން ނިޝް ފެނި އަވަހަށް ނިޝްއާ އެއްހަމައެއް ކޮއްލީމެވެ. “ނިޝް… ސާބަސް މީހަކު ކައިރިން ހިނގާފަ އައިކަންވެސް ނޭނގެ.. ކޮންދުނިޔެއެއްގަ” އަހަރެން ނިޝްގެ ކޮޑުގައި ކުޑަކޮއްޖަހާލަމުން ބުނީ ނިޝްއަށް އަހަރެން އައިކަން ނޭނގުމުންނެވެ. ” ޖިއާ.. ވަރަށް ބިރުން މިހުރީ.. އެކަމަކު ވެސް ވަރަށް މަޖާވާނެދޯ.. އަޅެ އަހަރެމެން ދެމީހުން އެއްކުލާސްއަކަށް ގޮއްސިއްޔާ ކިހާ ސަޅި…” ޔުނިވަރސިޓީއަށް ވަންނަމުން އަހަރެންނާ ނިޝް ދިޔައީ އެކިވާހަކަތަށް ދައްކަމުންނެވެ. ބައްދަލުނުވާތާ އެތަކެއް އަހަރުތަކެއް ވެފައިވުމުން ދައްކާނެ ވާހަކަތަށް ވަނީ ފުނިޖެހިފައެވެ.

“ހޭ މިރޯރ ގާރލް… މިތަނަށް އަންނަން އުޅުނުކަން އެގުނުނަމަ ގެނެސް ދިނީމުސް” އަހަރެންނާ ނިޝްއާ އެއްހަމައެއް ކުރި ޒުވާނާ ބުނި އެއްޗަކުން އަހަރެން ލަދުން މަރުނުވީ ކިރިޔާއެވެ. ހާދަ ގޯސް މީހެކެވެ. މީހުންނަށް މަލާމަތްކޮށް ލަދުގަންނަވާލެވުނީމަ އޮތީ ކޮންފައިދާއެއް ހެއްޔެވެ. އަހަރެން ބަހެއްވެސް ނުބުނެ ހިނގައިގަތުމުން އަދި ދިމާވާނެ ކަމަށް ބުނެ އެ ޒުވާނާ ސިޑިއާ ދިމާލަށް ބާރުފިޔަވަޅެއްގައި ދިޔައެވެ، ” އޭދެން މަ ޖެހޭނީ އެއީ ކާކުތޯވެސް އަހަންތަ.. ހާދަ ގޯހޭ.. މިހާރު ސިއްރުން ކަންތަށް ކުރަންފެށީދޯ.. ދެރަވެއްޖެ.” ނިޝް ދެރަވާކަމަށް ހެދުމުން އަހަރެން އޭނަ ބޮލުގައި ފުއްޓައްކެއް ދިނީމެވެ. “ސާބަސް.. ވީގޮތަކީ އޭނަގެންގުޅޭ ކާރު ރީތިކަމުން އަހަރެންނަށް ބަލަން ހުރެވުނީ.. ދެން އެހެންވެ އެކަމާ ދިމާކުރަނީއެ.. އެކަލަ މިހުންގެ ވައްތަރު އެއީ.. ހިނގާ ދާން…” އަހަރެން ނިޝްއަށް ކަންތައްވީގޮތް އޮޅުވާލީ އޭނަ ދިމާކުރާނެތީއެވެ. ނިޝްއަކީ ދިމާކުރަންވެސް ހައްދެއް އޮންނަ މީހެއްނޫނެވެ.

ދުވަސް ނިމިދިޔާ ހީކުރިގޮތާ ހިލާފައެވެ. އަހަރެންނާ ނިޝް ދިޔައީ އެއްކުލާހަކަށެވެ. ދެމީހުންވެސް ކިޔަވަނީ އެކައުންޓްސް ކަމުން އުންމީދު ކުރީވެސް އެގޮތަށެވެ. ފުރަތަމަ ދުވަސް ކަމުން ގިނަ ޓީޗަރުން ކިޔަވާދޭން ނުފައްޓައެވެ. ބައެއް ޓީޗަރުންނާ ބައްދަލުވެސް ނުވެއެވެ. އެހެން ކަމުން ކްލާސްތަށް ނިމުނީވެސް އެހާމެ އަވަހަށެވެ. ހެނދުނު ފެނުނު ގޮތަށް އެޒުވާނާވެސް ފެނިވެސް ނުލައެވެ. މިއީ ބޮޑު ތަނެއްކަމުން އެހެން ވުންވެސް އެކަށީގެންވެއެވެ. އެހެންނަމަވެސް އަހަރެންނަށް އެޒުވާނާ ހޯދެނީ ކީއްވެކަމެއް ނޭނގެއެވެ. އެންމެފަހުން އަހަރެން އެމީހާގަނޑުމަތިން ހަނދާން ނައްތާލަން ނިންމީމެވެ. ނިޝްއާ ކޫސަނި އަނގަތަޅަން ފެއްޓީ އެކަހަލަ ބޭކާރު ހިޔާލުތަކުން ދުރުވުމަށެވެ. އަހަރެންނާ ނިޝް އެކީގައި ނިކުތީ ގެއަށް ދިޔުމަށެވެ. ނިޝް އުޅެނީ އަހަރެންގެ ގެއާ ކައިރީގައި ކަން އެނގުނީވެސް ނިޝް ބުނީމައެވެ. އެކަމާ އަހަރެން ވަރަށް އުފާވިއެވެ.

ގެ ހުންނަނީ ހެންވޭރުގައި ކަމުން ދުރަށް ހިނގަން ޖެހުނުވެ. ގެއަށް ވަތް އިރު ދެފައިގައި އެއްކަމެއްވެސް ނެތެވެ. ގެއަށްވަތް އިރު ދޭއްޖަހާ ބޮޑުވާނެއެވެ. އަހަރެން ދިޔަގޮތަށް ކޮޓަރިއަށް ވަނީ ވެފައިވާ ވަރުބައްޔެއްގެ ސަބަބުންނެވެ. ދިޔަގޮތަށް ޖައްސާލީ ފައިގެ މަސްތަކުގައި ރިއްސާތީއެވެ.

“ޖިއާ” އަހަރެންގެ ނަމުން ވަރަށް ބާރަށް މަންމަ ގޮވާލުމުން ދުވެފައި އަހަރެން ނިކުތީ މަންމައަށް ކަމެއްވީ ކަމަށް ހީކޮށެވެ. ކާކޮޓަރިއަށް ވަތް އަހަރެންނަށް ހުއްޓެން މަޖުބޫރުވީ ފެނުނު މަންޒަރުންނެވެ.

ނުނިމޭ…

 

 

 

 

Share Article

Follow Me Written By

kamana

Level 310 Stories500 Comments100 Comments

Other Articles

Previous

ފޮހެވޭނޭ ބާއޭ… 50 (ފަހުބައި)

Next

Haasa engun

Next
January 2, 2016

Haasa engun

Previews
January 2, 2016

ފޮހެވޭނޭ ބާއޭ… 50 (ފަހުބައި)

20 Comments!

  1. Lillygirl says:
    January 2, 2016 at 5:34 pm

    Yes am first story nuvx kiyaa comment MI kury madu kurey kiyaafa comment kohlaanan anyway am first

  2. Lillygirl says:
    January 2, 2016 at 5:39 pm

    V nice kamana keep up your good work

    1. kamana says:
      January 2, 2016 at 9:13 pm

      ThNkx alot girl. ?? n ya comgra heheh. Thnkx again for ur support. Lov ya ?

  3. misty says:
    January 2, 2016 at 5:40 pm

    Wowwwww… Varah reethi ? but haadha kuree.. when next part

    1. kamana says:
      January 2, 2016 at 9:14 pm

      Misty alhey kurutha. I was nt feeling well whnve liyevifa oi varah upload kury. Thnk u lov ya ??

  4. Eyesh says:
    January 2, 2016 at 6:04 pm

    Like always mi partves v v v rythi ? keep up the good work kamana ???? waiting for the next part ..

    1. kamana says:
      January 2, 2016 at 9:15 pm

      Awwwn thnk u eyshooo. Thnkx alot for ur support lov ya ??

  5. raiya says:
    January 2, 2016 at 9:20 pm

    Masha Allah you have improved a lot
    It’s very touching ?

    1. kamana says:
      January 2, 2016 at 10:15 pm

      Thank u raiya. Thankx alot ?

  6. mice says:
    January 2, 2016 at 10:00 pm

    Varah reethi

  7. kamana says:
    January 2, 2016 at 10:16 pm

    Thankxx alot micyyy. Thank u lov ya ??

  8. saf says:
    January 2, 2016 at 10:24 pm

    Vvvvvvv nice kamanaaaa next prt thankolheh avas

    1. kamana says:
      January 3, 2016 at 7:02 am

      Thnk u saf. I will try ingey thnk u ??

  9. Immy says:
    January 3, 2016 at 12:08 am

    vrhh reethi….. vhh kiyaaa hiyy vaa kahala vaahaka eh mee!! n this is the type i lyk…. the mystry typ right??? 😉 😉
    stry hama bst…. vrhh avahah up kuraae knh ummeedhu krn….
    byyee……

    1. kamana says:
      January 3, 2016 at 7:03 am

      Thank u immii lov. Heheh dhw. I will tru ingeyy lov ya n thankx alot ??

  10. muxoo says:
    January 4, 2016 at 1:55 pm

    varah reethi……….. whn nxt part

    1. kamana says:
      January 4, 2016 at 9:40 pm

      Thnk u. ?

  11. Faxoo says:
    January 7, 2016 at 8:42 pm

    varah varah reethi ingey mi bai vcx. kamana. 😀 dhen oi bai vx kiyaalaaanan 😉

    1. kamana says:
      January 8, 2016 at 1:39 pm

      Thank u faxoo ?

  12. aish says:
    July 14, 2018 at 5:35 pm

    varai reethi 🙂

Comments are closed.


All Right Reserved!