Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހަޔާތަށް ދިރުން ގެނެސް ދިނީ ކަލާ (13)

kamana
December 14, 2015
8 Mins Read
75 Views
53 Comments

އާދުވަހަކަށް އިރުއަރައިގެން އައީ އެއްބަޔަކަށް އުފާވެރިކަމާ އަނެއްބަޔަކަށް ހިތާމަވެރިކަން ގެނަވަމުންނެވެ. ފަޔާޒް އުޅޭ އެޕާންޓްމެންޓް އިން ނުނިކުންނަތާ އެތަކެއް ދުވަހެއް ވެދާނެއެވެ. ލޯބިވާމީހަކު އަމިއްލައަށް ހަލާކުވެ ނިމިގެންދާތަން ދެކެން ކެއްވާނީ ކާކަށްހެއްޔެވެ. އައިންތުއަށްވެސް ވީ އެހެންނެވެ. ފަޔާޒް ލީނާ ދެކެ އިންތިހާ އަށް ލޯބިވާކަން އެނގުމުން އައިންތު ފަޔާޒްގެ ދިރިއުޅުމުން އެއްކައިރިވީއެވެ. އެހެންނަމަވެސް ކަންތަ ނިމިގެން ދިޔައީ ހީކުރުގޮތާ ހިލާފައެވެ. ފަޔާޒްގެ ފޯނުކޯލަކަށްފަހު ބިރުންހުރެ އައިންތު އަވަސްވެގަތީ ފަޔަޒް ކައިރިއަށް ދިޔުމެވެ. ފަޔާޒްގެ އެޕާންޓްމެންޓު އަށް ވަނުމާއެކު ދުވި ސިގިރޭޓް ވަހުން މީހަކު ބޯއަނބުރާނެކަން ގައިމެވެ. އައިންތު ދިޔަގޮތަށް ކުޑަދޮރުތަށް ހުޅުވާލެވުނީ ކިރިޔާއެވެ. ހިފަހައްޓައިގެން ހުރި ނެވާ ފަޒާގެ ތެރެއަށް ދޫކޮއްލުމުން ހަށިގަނޑަށް އާދިރުމެއް ލިބުނެވެ. ފަޔާޒްގެ ކޮޓަރި ވަނީ އެއްކޮށް އަނދިރި ކޮއްލާފައެވެ. އައިންތު އަވަހަށް ސުވިޗް ޖައްސާލީ ފަޔާޒްއަށް ކަމެއްވީ ކަމަށް ހީކޮށެޗެ. ސީލިންގް އަށް ބަލަހައްޓައިގެން އޮތް ފަޔާޒްގެ ދެލޮލުން ފޭބި ކަރުނަތިކި ފެނި އައިންތުގެ ހިތަށް ގޮތެއް ވިއެވެ. “ފަޔާ ކިހިނެއް ވެފަތަ ތިއޮންނަނީ.. ތިހެން ނުކައި ނުބޮއި އޮތީމަ ލީނާ އަންނާނެތަ ކައިރިއަށް. ” އައިންތު އެހެން ބުނުމުން ފަޔާޒްގެ ނަޒަރު އައިންތުއަށް ހުއްޓުނެވެ. ” ލީނާ ކީއްވެ ނާންނަންވީ.. އައިންތު އަހަރެންނަށް އޭނައަށް ގުޅުނު އަދަދު ނޭނގެ.. ފޯނެއްވެސް ނުނަގާ.. އައިންތޫ ދޭބަލަ ލީނާ ގޮވައިގެން އަންނަން.. ހެޔޮނުވާނެ.. އެންމެ ފަހަރަކު ވިޔަސް އެންމެ ރަނގަޅު” ފަޔާޒްގެ ވޭނީ ގިސްލުމުގެ އަޑު އިވި އައިންތުއަށް ވެސް ރޮވުނެވެ. އެގޮތަށް ފިރިހެނަކު ރޯތަން ފެނުން މީ ފުރަތަމަ ފަހަރެވެ. ފަޔާޒްގެ ބުރަކަށިގައި ފިރުމާލަމުން ލީނާ ގެނެސްދޭނަމޭ އައިންތު ބުނީ ފަޔާޒް ހިތްހަމަ ޖައްސާދިނުމަށެވެ.

******

ރޯޒްގެއަށް އެހެންޔާ ނުލިބޭ ކަހަލަ އުޖާލާކެމެއް ލިބިފައިވާކަހަލައެވެ. ލީނާގެ ތުންފަތްމަތިން މިހާރު އަބަދުވެސް ފެންނަނީ ނުފިލާ ހިނުތުންވުމެވެ.

“ޖޭޑް ވަޓް ހެޕްންޑް.. ތީ ފުރަން އުޅުނުމީހާ އެއްނު.. ކިހިނެއްވީ” ސިޓިން ރޫމަށް ނިކުތް ޖާވިދު ފެނި އިސްހާގް އަހާލީ  އޭގެ ޖަވާބު އެނގި ހުރެއެވެ. ލީނާ އާ ޖާވިދު ޖެހި ސަކަރާތް އިއްޔަ އެމްނެ ގާތުން ފެނުނު ދެމީހުންނަށް ލަމްހާ އާއި އިސްހާގް ވާނެއެވެ. ” ކަމެއްނުވޭ.. ހިތަށް އެރީ އަދި މާ އަވަހޭ..” ޖާވިދު ވަކިން އިން ގޮނޑީގައި އިށިންނަމުން އިސްހާގްގެ ސުވާލަށް ޖަވާބު ދިނެވެ. “އަސްލުތަ.. މަހީކުރީ އެކަނި ނުދާންވެގެން ކަމަށް މަޑުކުރީ” އިސްހާގް އެހެން ބުނުމުން ޖާވިދު ދެލޯ ބޮޑުވިއެވެ. އަދި ތިބުނި އެއްޗެއް ނުވިސްނުނޭ ބުނެލީ އިސްހާގްއަށް އަދި އެއްވެސް އެއްޗެއް ނޭގެއޭ ހިތްބުނާތީއެވެ. ” ސާބަސް.. ތި ދެމީހުން އަހަރުން މޮޔައިންނަށް ހެދިޔަސް މާކުރިންވެސް އެނގޭ ތިދެމީހުންގެ ގުޅުން.. ދޯ އިސްހާގް” ލަމްހާ އައިސް އެހެން ބުނެލީ އިސްހާގް އިން ސޯފާގެ އެއްގޮނޑި ދޫކޮށް އިށިންނަމުންނެވެ. ޖާވިދު ފާޑަކަށް ބަލަންހުރުމުން ލީނާއާ ޖޭޑް އޭ ލަމްހާ ބުނެލީ ޖާވިދުއަށް އެދައްކަނީ ކޮންވާހަކައެއްކަން ނޭނގޭ ކަމަށް ހީކޮށެވެ. “ކީކޭ ބުނާނީ.. އަންހެން ކުދިން ހާ ގަމާރެއް ނޫނޭ އަހަރުން ފިރިހެނުން.. ދޯ ޖޭޑް..” އިސްހާގް އެހެން ބުނުމުން ލަމްހާ ތުންކޮޅު އަނބުރާލިއެވެ. “އޭ އިއްޓުވެސްތަ. ކޮންއިރަކު ވީ ކަމެއް ތީ” ޖާވިދު އެހެން ބުނެލީ އިސްހާގްއާ ލަމްހާ އާ ދެމީހުންނާ ދިމާލަށް ބަލާލަމުންނެވެ. “ހިހިހި އަދި ނުވޭ.. ވާނެ ކަމަށް މިބަލަނީ. ދޯ ލަމްހާ” އިސްހާގް ލަމްހާ އަށް ދޯ ދިނުމުން ކޯއްޗެއް ވާނެހޭ ލަމްހާ އަހާލިއެވެ. އިސްހާގް ލަމްހާ ބޮލުގައި ކުޑަކޮށް ޖަހާލަމުން އެއްޗެއް ނޫނޭ ބުނެލިއެވެ. އިސްހާގްއާ ޖަވީދު މިސްރާބު ޖެހީ ގޭން ބޭރަށެވެ. އެކަކު އަނެކަކު ކޮނޑުގައި ޖަހާލަމުން ހެވިލި މަންޒަރު ލަމްހާ އަށް ފެނުނެވެ.

މުޅިގެ އެއްވަސް ކޮއްލާފައިވަނީ އެކި ބާވަތް ބާވަތުގެ ކާތަކެތިންނެވެ. ކާއެއްޗެހި ހަމަތޯ ބަލާ ޗެކްކުރުމުގައި އަވަދި ނެތި އުޅުނީ ލިނާއެވެ. ދިޔާނާގެ ރެސްޓު ދުވަހޭ ބުނެ ލަމްހާ އާއި ލީނާ ކައްކާނެ ބާވަތްތަކާއި އެއްޗެހި ބުނެދީ އުޅުނެވެ.

ކާކޮޓަރިއަށް އެންމެން ހަމަވުމުން އެމީހެއް އެމީހެއްގެ ޖާގައިގައި އިށީނެވެ. “ދަރިފުޅާ މާ ހާއްސަ ދުވަހެއްތަ. ޕާސަނަލީ ދަރިފުޅު ކާއެއްޗެހި ތައްޔާރުކުރުމުގައި ތިއުޅުނީ” ލީނާގެ ފަރާތުން އެތަށް ޒަމާނެއް ވަންދެން ނުފެންނަ ސިފައެއް ފެނުމުން ޒާހިރު ލީނާ ކުރެން އަހާލިއެވެ. “އެހެނެއް ނޫން.. އަޅުގަނޑު ހަމަ މިކަމާ އުޅެލީ” ލީނާ އެހެން ބުނިއިރުވެސް ނަޒަރު ގޮސް ހުއްޓިފައި އިނީ ޖާވިދުއަށެވެ. ޖާވިދު ބަލާވަރުން އަނގައޮޅޭގޮތް ވިއެވެ. “އަޅުގަނޑު އެބައޮތް ވަރަށް ބޮޑު ކަމަކަށް ބޭބެ އާ ދައްތަމެން ކައިރިން ހުއްދަ ހޯދަންވެފަ” ޖާވިދު އެހެން ބުނުމުން އެންމެގެ ނަޒަރު ޖާވިދުއަށް ހުއްޓުނެވެ. މިގަނޑީގައި ބުނާނީ އެހެން ނޫނީ ނުބުނެވޭނޭ ޖާވިދުގެ ޒަމީރު ޖާވިދުއަށް ވިސްނާ ދެމުންދިޔައެވެ. “މީ އަޅުގަނޑު އަޅުގަނޑު..” ދަރިފުޅާ ތި އަޅުގަނޑަކުންނާރާނެތަ” ދިޔާނާ އެހެން ބުނުމުން އެންމެން ހޭންފެއްޓިއެވެ. އެހެން ނަމަވެސް ލީނާ ހުރީ ޖާވިދު ބުނަން އެއުޅެނީ ކޯއްޗެއްކަން ނޭގޭތީ ނޭވާ ހިފަހައްޓައިލައިގެންނެވެ. ” އަޅުގަނޑު ލީނާއާ އިންނަން ބޭނުން” ޖާވިދު ބުނިލެއް އަވަސް ކަމުން ޒާހިރު ކީކޭހޭ އަހާލިއެވެ. ޖާވިދު ވަރަށް ހިތަވަރު ކޮއްލާއިފައި ލީނާއާ އިންނަން ބޭނުންވާ ވާހަކަ ތަކުރާރުކޮއްލިއެވެ. ލީނާ އަނގަޔަށްލާން ނެގި ސަމުސާ ތަށިތެރެއަށް ވެއްޓުނު އަޑަށް އެއްމެންގެ ސަމާލުކަން ލީނާއަށް ލިބުނެވެ. “ޖާވިދު ބޭބެ ގަބޫލް އެކަމަކު ލީނާ ގަބޫލު ހެނެއް ހިޔެއްނުވޭ..” ޒާހިރު އެހެން ބުނެލީ ލީނާ އާ ދިމާލަށް ބަލަން ހުރެއެވެ. “ބައްޕާ އަލުގަނޑުވެސް ބޭނުން” ލީނާގެ ޖަވާބު ވަރަށް ވެސް އަވަހެވެ. ލީނާ ލަދުން އިސްޖަހާލީ ބުނެވުނީ ކީކޭކަން ރޭކާ ލުމުންނެވެ. “އެހެމް އެހެމް.. އަޅުގަނޑުވެސް މީހަކާ އިންނަން ނިންމައިފިން..” އިސްހާގް އެހެން ބުނުމުން ލަމްހާ އަނގައިތެރެ ހުރިފެން ސްޕްރޭ ކޮއްލީ ކުރިމަތީގައި ހުރި މީހާ މޫނަށެވެ. އިސްހާގް އައްޗީއޭ ކިޔާ މޫނު ޓިޝުލަކުން ފޮހެލިއެވެ. ލަމްހާ މަޑުމަޑުން ސޮރީއޭ ބުނެލީ ކުރެވުނު ކަންތަކާ ދެރަވެ ހުރެވެ. ” ދަރިފުޅާ އަނެއްކާ ކާކުގެ ވާހަކައެއް ތިބުނީ.. ބައްޕައަށް މިހީވަނީ ރަނގަޅަށްތަ” ޒާހިރު ލަމްހާއަށް ނަޒަރު ހުއްޓާލުމަށްފަހު އިސްހާގްއަށް ބަލާލީ ޔަގީން ކުރުމަށެވެ. “ލައްބަ.. އަޅުގަނޑު ލަމްހާއާ އިންނަން ބޭނުން” އިސްހާގް އެހެން ބުނުމުން ލީނާ އުފަލުން އަސްލުއޭ ކިޔައި ލަމްހާ ގައިގައި ބައްދައިގަތެވެ. ލަމްހާ މޫނަށް ބަލާލި މީހަކަށް ލަމްހާގެ މޫނުމަތިން ފެންނަށްހުރި ޝުއޫރުތަށް ދެނެގަންނަށް އުދަގޫ ވާނެއެވެ. ކެއުން ނިމިގެންދިޔައީ ދުވަހަކު ނުލިބޭކަހަލަ އެތަކެއް އުފާވެރި ހަބަރުތަކެއް ލިބެމުންނެވެ. ދިޔާނާގެ ދެކުދިން މީހަކާ އިންނަން ނިންމިކަން އެނގުމުން ދަރިން ބޮޑުވެއްޖެއޭ ފުރަތަމަ ފަހަރަށް އިހްސާސްވިއެވެ.

ހަނދަރުވަރުގެ ރީތި އަލިން މުޅި ގެ ވަނީ ދިއްލާލާފައެވެ. އުޑުމަތީގައި ވިދަމުން ދިޔަ ކުދި ތަރިތަށް ދިއްލާފައިވާ ކުދި ބޮކި ތަކެކޭ ތަފާތެއް ނެތެވެ. ލަމްހާ އިނީ މަސްޓޭންކް ވަށާލައިފައިވާ ގާގަނޑު މަތިގައެވެ. “ލަމް” ފަހަތުން އިސްހާގްގެ އަޑު އިވުމުން ފަހަތް ބަލާލާފައިވެސް އަނެއް ފަރާތަށް އެބުރުނީ އިސްހާގް ދެކެ ހިތްހަމަ ނުޖެހިފައިވާކަން ހާމަކުރަމުންނެވެ. އިސްހާގް ލަމްހާ ކުރިމައްޗަށް ވާގޮތަށް އިށީދެ ލަމްހާގެ އެ މައުސޫމު މުނަށް ބަލަންހުޓެވެ. ލަމްހާ ލޯ އަޅާލުމުން އިސްހާގްއަށް ހެވުނެވެ. “ލަމް ރުޅިއައިސްފަތަ.. ލަމް މެރީ ކުރަން ބޭނުން ނުވަންޔާ މަންމަމެން ކައިރީގައި އަހަރެން ބުނެފާނަން” އިސްހާގް ވަރަށް ސީރިޔަސްވެ ހުރެ އެހެން ބުނުމުން ލަމްހާ އިސްހާގް އަށްބަލާލިއެވެ. “އަހަރެން ނުބުނަމެއްނު މެރީ ނުކުރާނެމޭއެއް. އިސްހާގްނާހާ ލަމް ކައިރީގައި ރައްޓެހިވާންވެސް.. ލަމް މެރީ ކުރަން ބޭނުން ވާކަމެއް ނޫނީ ލޯބިވާކަމެއް އިސްހާގްއަށް އެނގުނީ ކިހިނެއް. އެއްވެސް ކަމެއް ނޭނގި ހުރެ އަދި އިސްހާގްގެ ފީލިންގެސްވެސް ލަމްކައިރިގައި ނުބުނެ ޕްރޮޕޕޯސް ކުރީމަ” ލަމްހާ އިސްހާގްގެ މޫނަށް ބަލާލީ އިސްހާގް އެއްޗެކޭ ނުބުނުމުންނެވެ. އިސްހާގް މަޑުމަޑުން އަތްގެނެސް ލަމްހާ މޭމަތީގައި ބާވާލިއެވެ. “މިވަރުންވެސް ފުދޭ ލަމް އަހަރެން ދެކެ ލޯބިވާކަން.. ބަލާބަލަ ތިހިތް ތެޅޭލެއް ބާރުކަން.. ހަމަ ތިވަރަށް އަހަރެންގެ ހިތްވެސް ތެޅެއެއްނުއެބަ.” އިސްހާގް ލަމްހާގެ އަތްގެނެސް އިސްހާގް މޭގައި ޖައްސާލިއެވެ. “ލަމް.. އަހަރެން މިކަހަލަ ކަންތަކަށް އެހާ މޮޅެއްނުވާނެ.. އެކަމަކުވެސް ލަމްއާއެކީގައި ލައިފްއެއް ފައްޓަން ބޭނުންވާތީ މެރީ ކުރަން ބޭނުންވާވާހަކަ ބުނީ.. އައި ނޯ އެންމެ ފުރަތަމަ ބުނަންޖެހޭނީ ލަމް ކައިރީގައިކަން.. އެކަމްވެސް.” އިސްހާގް ވާހަކް ހުއްޓާލީ ލަމްހާ އިސްހާގްގެ ގައިގައި ބައްދާލަމުންނެވެ. “އޮފްކޯސް އައިވިލް މެރީ ޔޫ.. ވަރަށް ބޭނުންވެފަ ހުރީ.. އައި ލަވްޔޫ” “އައި ލަވްޔޫ ޓޫ” އިސްހާގްވެސް ލަމްހާގައިގައި ބާރަށް ބައްދާލަމުން ބުނެލިއެވެ.

“ހޭ ރްޕަންޒިލް”ޖާވިދު ސިއްރުން އައިސް ލީނާ ކަތްފަތް ދަށުގައި އެހެން ބުނެލުމުން ލީނާ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހުނެވެ. ލީނާއިނީ ކޮޓަރިގައި ފުނާ އަޅާންށެވެ. ދޮރާ ފުރަގަސް ދީގެން ހުރުމުން ޖާވިދު އައިކަން ނޭގުނީއެވެ. “ދީ އަހަރެން ކޮއްދީފާނަން ތިކަންތަށް” ޖާވިދު ލީނާއަތުން ފުނާ އަތުލުމަށްފަހު އެ ފަން ދިގު އިސްތަށި ގަނޑުގައި ފުނާ އަޅުވަދޭން ފެއްޓިއެވެ. “ވީޑް” ލީނާ އެހެން ގޮވާލުމުން ޖާވިދު ކީކޭހޭ އަހާލިއެވެ. “ދެން ނޫޅެން.. ޖޭޑް އަހަރެން ދެކެ ކިހާވަރަކަށް ލޯބިވޭ..” ލީނާ އެހެން އެހެމުން ޖާވިދު ލީނާއިން ގޮނޑި އަނބުރާލުމަށްފަހު ދެކަކޫ މައްޗަށް ތިރިވީ ލީނާގެ ދެއަތުގައި ހިފަމުންނެވެ. “ރެޕަންޒިލް ފުރަތަމަ ކަމަށް އަހަންނަށް އެނގޭ ރެޕަންޒިލް ޖޭޑް މަތިން ހަނދާން ހުރިކަން ދެވަނަ ކަމަކަށް މިއޮތީ” ޖާވިދު ޖީބުން ނެގި ރިހި އެސްޖަހާފައިވާ އަނގޮއްޓި ފެނުމުން ލީނާއަށް ރޮވުނެވެ. “ރެޕަންޒިލް ލެޓްސް ގެޓް މެރިޑް. ރެޕަންޒިލް އަށް ދުވަހަކު ދެރައެއް ނުދޭނަން.” ލީނާ ޖާވިދުގައިގައި ބައްދައިގަތީ ދުވަހަކުވެސް ދޫނުކުކުރަމަށް ހުވާކޮއްގެނެވެ.

*******

ރޯޒްގެ ވަނީ އެއްކޮށް ހަލަ ބޮލި ވެފައެވެ. ޖާވިދުގެ އާއިލާއައި ލަމްހާގެ އާއިލާ އެންމެން މާލެ އައިސް ކައިވެނީގެ ކަންތަކަށް ދިޔައީ ރެޑީވަމުންނެވެ. މުޅިގެއަށް ކުޑަވަރެއްގެ އީދްއެއް އައިސްގެން އުޅޭ ކަހަލައެވެ. “އައްސަލާމްއަލައިކުމް” ބޭރުން މީހަކު ސަލާމް ގޮވާލި އަޑަށް ނިކުތީ ލަމްހާއެވެ. “އައިންތޫ ކިހިނެއްތަ..ކޮން އިރަކު މާލެ އައީ” ލަމްހާ އައިސް އައިންތުގައިގައި ކުޑަކޮށް ބައްދާލަމުން ބުނެލިއެވެ. “ހަމަ ރަނގަޅު.. މާލޭގައި އުޅޭތަން ދުވަސް ކޮޅެއް ވެދާނެ. ލީނާ އެބަ އުޅޭތަ.. ” އައިންތު ލީނާގެ ވާހަކަ އެހުމުން މަޑުކޮއްލާށޭ ބުނެ ލަމްހާ ވަނީ އެތެރެއަށެވެ. “ލީނާ ކޮންއިރަކު ހިނގަން ފެއްޓީ.” އައިންތިއަށް ލީނާ ހިނގައިލާފަ އަންނަ ތަން ފެނިގެން އަހާލެވުނެވެ. “މިހާރު ދުވަސްކޮޅެއް ވެދާނެ..” ލީނާ އެހެން ބުނުމުން އައިންތު އެހެންހޭ ބުނެ ލީނާ އަތުހިފައި ތަންކޮޅެއް ބޭރަށް ނިކުތެވެ. “ލީނާ ހިނގާބަލަ.. ފަޔާޒް ނުކައި ނުބޮއި ލީނާގެ އިންތިޒާރު އެއޮތީ..” ލީނާގެ އުފާވެރިކަން އެއްކޮށް ބަދަލުވީ އައިންތު ފަޔާޒްގެ ނަން ބުނުމުންނެވެ. “އައިންތޫ އަހަރެން ބުނިން ފަޔާޒް ކައިރީގައި ވަރަށް ރީޗަށް އޭނައާ ގުޅޭކަށް ހިޔާލެއް ނުކުރަމޭ.. އައިންތު ވިސްނަދީބަލަ އޭނައަށް ހެޔޮނުވާނެ. ” ލީނާ އައިންތުގެ ދެއަތުގައި ހިފައި އެހެން ބުނެލީ އާދޭހުގެ ރާގަށެވެ. “ނޫން އަހަންނަކަށް ނުވާނެ. އޭނައަށް ވިސްނަ ދީދީ އަހަރެންގެ ގައިގެ ހަކަތަ ހުސްވާވަރުވެއްޖެ.. ޕްލީޒް އެންމެ ފަހަރަކުވިޔަސް ލީނާ އަނގައިން ބުނީމަ އޭނައަށް ވިސްނޭނެ.. އަހަންނަށް ކޮއްދޭ ކަމެއްކަމަށް ވިސްނައި” އައިންތު އެހެން ބުނުމުން ލީނާ އެއްބަސްވީ ފަހުފަހަރަށް ފަޔާޒްއާ ބައްދަލުކުރުމަށެވެ. އާ ހަޔާތެއް ފައްޓަން އުޅޭއިރު ކުރީގެ ހިތި ހަނދާންތަށް މަތިން ހަނދާން ނެތޭނީ އޭރުންކަމަށް ލީނާ ވިސްނިއެވެ.

ހަތްބުރިއަށް ނަގާފައިވާ އެ އިމާރަތް ވަރަށް ވެސް ފުރިހަމަ އެވެ. ހަތަރުވަނަ ފަންގިފިލާއަށް ލިފްޓު ހުއްޓުމާއެކު ލީނާއާއި އައިންތު މިސްރާބު ޖެހީ ފަޔާޒް ދިރިއުޅޭ އެޕާޓްމެންޓްއަށް ވަނުމަށެވެ. ” ފުރަމަޖެހޭ ކޮޓަރީގައި އޮންނާނެ.. އަހަރެން މަޑުކުރާނީ ބޭރުގައި.. ޕްލީޒް” އައިންތު އެހެން ބުނުމުން ލީނާ ބޯޖަހާލައިފައި އެތެރެއަށްވަނެވެ. އައިންތު ބުނި ކޮޓަރު ދޮރުހުޅުވަލުމުން ފާޅުވީ އަނދިރި ކަމެވެ. “ފަޔާ” ލީނާ މަޑުމަޑުން ފަޔާޒް އަށް ގޮވާލިއެވެ. ހަމަ އެ ސިކުންތުގައި މީހަކު އައިސް ލީނާގައިގައި ބައްދާލިއެވެ. ލީނާ ފަޔާޒް ފޮޅުވާލި ގައިގައި އަތްނުލާ ދުރުގަ ހުރުމަށް ބުނެވެ. ފަޔާޒް ކޮޓަރިތެރެ އަލި ކޮއްލުމުން ލީނާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. މުޅި ކޮޓަރިތެރެވަނީ އެފުއްމިފުށަށް ޖަހާފައެވެ. ކޮޓަރިއެކޭ ކުނި ގޮނޑެކޭ ތަފާތެއްނެތެވެ. ލީނާ މިސްރާބު ޖެހީ ސިޓިންރޫމަށެވެ. ފަޔާޒްއާއެކީ އެކޮޓަރިއެއްގައި ވުމަށް ލީނާގެ ޒަމީރު އެއްބަސް ނުވީއެވެ.

“ލީނާ ތިއައީތަ” ފަޔާޒް އައިސް ލީނާ ކުރިމައްޗަށް ހުއްޓެމުން ބުނެލިއެވެ. “ފަޔާ އަހަރެން މިތަނަށް މިއައީ ފަޔާ ކައިރީގައި ވާހަކައެއް ބުނަންވެގެން..ފަޔާ އަހަރެން މިއުޅެނީ މެރީ ކުރަން.. ދެދުވަހެއް ތެރޭގައި ކުރެވޭނެ.. ފަޔާ ޕްލީސް މޫވްއޮން. ތިގޮތަށް އުޅެގެން ކާކަށްތަ ރަނގަޅުވާނީ.” ލީނާ އެހެން ބުނުމުން ފަޔާޒް ލިނާ ކުރިމައްޗަށް އައިސް ހުއްޓުނެވެ. ފަޔާޒް ފެނި ފުރަތަމަ ފަހަރަށް ލީނާ ބިރުގަތެވެ. އިސްތަށިގަނދު ހާވާލައިފައިވާއިރު މިއިން ދުވަހަކު ފެންވެރި ވައްތަރެއް ނުޖަހައެވެ. ފަޔާޒް އަޅާ ކޮންމެ ފިޔަވަޅަކަށް ލީނާ ފަހަތަށް ޖެހެއެވެ.. “ލީނާ އަދިވެސް އަހަންނަށް މާފު ނުކުރަނީތަ.. ގައިމު ކުރިނަމަ އެހެން މީހަކާ އިންނަން ނޫޅޭނެ.. ލީނާ ޕްލީސް ” ފަޔާސް ލީނާއާ ވާހަކަ ދައްކަމުން ގޮސް އެންމެ ފަހުން އެދެލޮލަށް ކަރުނަ ޖަމާވާން ފެއްޓިއެވެ. “ފާޔާ ހަމަ އަސްލުވެސް ތީ ލޯބިތަ.. ނޫނީ ފަޔާއަށް އަހަންނާ ދިމާލަށް ކިޔުނު އެއްޗެހިން ގިލްޓީ ފީލްވަނީތަ… ފަޔާ ވިސްނާލަބަލަ.. އައިންތު އެހުރީ ބޭރުގަ.. ފަޔާއާ އެކީގައި ލައިފެއް ފައްޓަން ރެޑީގައި.. އަހަރެން މިއުޅެނީ އަރެން އެންމެ ލޯބިވާ މީހައާ މެރީކުރަން.. ޕްލީސް ފަޔާ ތިގޮތަށް އުޅުނީމަ އަމިއްލަ ނަފްސަށް ގެއްލުން ދެވޭނީ.. އަހަރެން ފަޔާއަށް މާފު ކުރިތާ ކޮންދުވަހެއް.. މިދެއްކި ވާހަކަތަކާ މެދު ވިސްނާލާނެ ކަމަށް އުންމީދު ކުރަން..” ލީނާ ހުރިހާ އެއްޗެއް ކިޔައި ނިމިގެން އެނބުރެލީ ގެއަށް ދިޔުމަށެވެ. “އަހަރެން ލީނާއަށް ދެރަގޮތެއްވާކަން ދުވަހަކުވެސް ނޭދޭނަން.. އަދި އެއްވާހަކަ ލީނާދެކެ އަހަރެން މިވަނީ ލޯބިކަން ޔަގީން.. ލީނާ އާ ދޭތެރޭ އެގޮތަށް ކަންތަށް ކުރެވުނީމަ ލިބެންވާ ހައްގު އަދަބު އަހަންނަށް މިލިބުނީ.. އަދިވެސް އެއްފަހަރު ލީނާއާ ދިމާލަށް ކިޔުނު އެއްޗެއްސަށް މާފަށް އެދެން” ފާޔާޒް އެހެން ބުނުމުން މާފު ކޮއްފީމޭ ބުނެ އެތަނުން ނިކުތެވެ. “އައިންތޫ ފަޔާގެ ހިތް އަދި އައިންތުއަށް ލިބޭނޭ. ޓްރައި ކުރޭ. އައިންތުއަށް އުފާ ލިބުމަށް އަހަރެން ދުއާ ކުރާނަން” ލީނާ އެހެން ބުނުމުން އައިންތު ލީނާ ގައިގައި އޮޅުލައިގަތެވެ. “ލީނާ އަހަންނަށް މާފުކުރޭ.. ލީނާއަށް ބަދު ދުއާ ކުރެވުނު އަދަދު އަހަންނަށް ނޭގެ.. އަހަންނަށް މާފުކުރޭ” އައިންތު އެހެން ބުނެ ގިސްލަ ގިސްލާ ރޯންފެއްތިއެވެ. “އައިންތޫ އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ވަނީ ރަނގަޅަށް. އަހަރެން އައިންތުއަށް މާފުކޮއްފިން ހިތުން” ލީނާ އެހެން ބުނުމުން އައިންތު ހަމަ އަސްލުހޭ އަހާލިއެވެ. ލީނާ ހަމަ އަސްލުއޭ ބުނެ ބޯޖަހާލިއެވެ.

********

ދަރުބާރުގެ ވަނީ ކައިވެނި ކުރުމަށް ހަމަޖެހިފައިވާ ދެ ޖޯޑްއަށް ޒީނަތްތެރިކުރެވިފައެވެ. ރަތާ ރަން ކުލައިން ޒީނަތް ކުރެވިފައިވާ އެ ހޯލް ކިތައްމެހާވެސް ހިތްގައިމެވެ. ކައިވެނި ކުރުމަށް ހަމަޖެހިފައިވާ ދެ ޖޯޑަށް ހާއްސަ ކޮއްފައިވާ މޭޒަށް ލީނާއާއި ޖާވިދު އަދި އިސްހާގް އާ ލަމްހާ އައިސް އިށީނެވެ. އިރުކޮޅެއް ނުވެ ކައިވެނި ކޮއްދޭ ރަސްމިއްޔާތު ފެއްޓިގެން ދިޔައެވެ. އަނބި ގަބޫލު ކޮއްފިން.. ޖާވިދު އެހެން ބުނެލުމުން ލީނާއަށް ކުރެވުނު އިހްސާސް ބަޔާން ކޮއްދޭންވެސް ނޭގުނެވެ. އަނބި ގަބޫލް ކޮއްފިން.. އިސްހާގް ވެސް އެހެން ބުނުމުން ލަމްހާ އަށް ވެސް ވީ އެވެރެވެ. ޕާޓީއަށް މީހުން އަންނަށް ބުނެފައިވާ ގަނޑި ގާތް ވުމުން ދެ ޖޯޑުވެސް އެމީހަކު ހުންނަން ޖެހޭ މަގާމުގައި ގޮސްއިނެވެ. ޖާވިދު ލީނާއަށް ވަރަށް ފުންކޮށް ބަލާލިއެވެ.ރީތި މޭކަޕެއްގައި ހުދުކުލައިން ޒީނަތްތެރިކޮއަފައިވާ އެ މާމެއިޑް ޑްރެސްގައި ލީނާ ފެންނަލެއް ވަރަށް ހިތްގައިމެވެ. ލީނާގެ ދިގު އިސްތަށިގަނޑު ރީތި ގޮތަކަށް ހުޅިއެއްޖަހާލައިފައިވާއިރު ނިތް މައްޗަށް ދެތިން އިސްތަށި ދޫކޮއްލާފައިވެއެވެ. ރަން ކުލައިން ޒީނަތްތެރި ކޮއްފައިވާ ބުކޭ ހިފަހައްޓައިގެން ހުރިއިރު ވަރަށް ވެސް ހިތްގައިމެވެ. މަޑު މޭކަޕެއް ކޮއަފައިވާއިރު ލަމްހާ ވަނީ ސިންދްރެއްލާ ހެދުމެއްލާފައެވެ. އުނަގަނޑާ ހިސާބަށް ބާރުކޮށް އައިސް ހެނދުން ވަނީ ތިރިއަށް އެއްކޮށް ފުއްޕާފައެވެ. ހެނދުމުގެ ފަސްބައިވަނީ ބިންމައަޗަށް ރީތިގޮތަކަށް ފަތުރާލައިފައެވެ. ރީތި ގޮތަކަށް ޝޯލް އޮޅާލައިފައިވާއިރު އަތުގައި ރަން ކުލައިގެ ބުކޭ އެއް އޮތެވެ. އިސްހާގް އިރު އިރުކޮޅާ ބަލާލަނީ ލަމްހާ ރީތިކަމުންނެވެ.

“ލީނާ ކޮންގްރާ” ލިނާ ޖާވިދުއަށް ބަލާލީ ކުރިމަތިހުރި ފަޔާޒްއާއި އައިންތު ފެނިފައެވެ. “ތޭންކްސް” ޖާވިދު ލީނާއަށް ވުރެއް ކުރިން ފަޔާޒް އާއި އައިންތުއާ ސަލާމް ކުރިއެވެ. “އިޓްސް އޯކޭ ބޭބީ… ތީ މިހާރު ޖޭޑްގެ ހައްގެއް” ލީނާ ޖާވިދުއާ ދިމާލަށް ބަލަން ހުރުމުން ކުޑަކޮއް ގުދުވެލާފައި ޖާވިދު ބުނެލިއެވެ. “އިއްޓޫ.. އަހަންނަށް މާފުކުރާނަންތަ” ފަޔާޒް އިސްހާގްމެން ދެމަރިންނާ ސަލާމް ކުރަން އަތްދިއްކޮއްލަމުން ބުނެލިއެވެ. މާފު ކުރަން ހުރި މީހާ މާފު ކުރީމަ އަހަރެން ދެން ކޯން މާފެއް.. އިޓްސް އޯކޭ މޭން. އެހެން ވެސް ވާނެ” އިސްހާގް ފަޔާޒްގައިގައި ކުޑަކޮށް ބައަދާލަމުން ބުނެލިއެވެ. “އަޅޭ ލީނާ އާ ލަމް ވަރަށް ލޯބި ދޯ.. އަހަރެންވެސް ވަރަށް ވެޑިން ޑްރެސް އެއްލާހިތްވޭ.” އައިންތު އެހެން ބުނުމުން ފަޔާޒް އައިންތުއަށް ބަލާލިއެވެ. އޭނަ އާ ހެދި ހާދަވަރަކަށް އައިންތު އުޅެފިއެވެ. “އިރާދަ ކުރެއްވިއްޔާ އެދުވަސްވެސް އަންނާނެ.” ފަޔާޒް އެހެން ބުނުން ހަމަ އަސްލުހޭ އައިންތު ބުނެލިއެވެ. އެ ބުނުމުންވެސް އައިންތުގެ އުފާވެރިކަން ހާމަވެއެވެ.

އަލަތު ދެމަފިރިންނަށް ޒާހިރު ދިނީ ޖެން ހޮޓެލްގައި ދެދުވަސް ހޭދަކޮއްލުމެވެ. އެހެން ނަމަވެސް ޖާވިދު ބޭނުންވީ ލީނާއަށް ސްޕްރައިސްއެއްދޭން އެހެން ތަނަކަށް ދިޔުމެވެ. އެހެން ކަމުން އިސްހާގްއާއި ލަމްހާ އަލަތު ކައިވެނީގެރޭ ޖެންގައި ހޭދަކޮއްލުމަށް ނިންމިއެވެ.

ކާރު ދުންވަމުން ގޮސް މަޑުކޮއްލީ ދެބުރިއަށް ނަގާފައިވާ ގެއަކަށެވެ. ޖާވިދު ކާރުން ނިކުމެ އަވަސް ފިޔަވަޅުތަކެއްގައި ގޮސް ލީނާއިން ފަރާތުގެ ދޮރުހޫޅުވަދިނެވެ. ގޭޓު ހުޅުވުމާއެކީ ލީނާ ހަޅޭއްލަވައި ގަތެވެ. “ޖޭޑް ދިސް އިސް ދިސް އިސް” ލީނާ އުފަލުން ޖާވިގު ގައިގައި ބައްދާލިއެވެ. ޖާވިދުވެސް ލީނާ އުފުލާލާ ކުޑަކޮށް އެބުރިލަމުން ޔެސް ދިސް އިސް އަވާރ ޑިޒައިން އެން އަވާރ ހޯމް އޭ ބުނެލިއެވެ.

ލީނާ ކޮޓަރިއަށް ވަދެވުމާއެކީގައި ހުރީ އަނގަ ހުޅުވިފައެވެ. ކޮޓަރީގައި ބަހައްޓާފައިވާނީ ކިންގްސައިޒް ވައް ބެޑެކެވެ. ކޮޓަރި ތެރޭގައި ކުޑަ ޗޭންޖިން ރޫމް އެއް ހުއްޓެވެ. އަލަމާރީގައި ވަނީ ކަހާލާ ގޮތަށް ހަދާފައިވާ ދޮރުތަކެވެ. މުޅި ކޮޓަރީގައިވަނީ ލީނާއަށް އެންމެ ރީތިކުލަ ކަމުގައިވާ ވަޔަލެޓް ކުލައާއި ހުދު ކުލައިން ޒީނަތްތެރި ކޮއްފައެވެ. ލީނާ އެންމެ ފުރަތަމެސް ހުޅުވާލީ އަލަމާރިއެވެ. އޭގައި އޮތް އެއްޗެއް ފެނި ލީނާ ދިޔައީ ދެލޯ ބޮޑުވެގެންނެވެ، “މީ ކާކު އެއްޗެއް.. މީ މަންމަގެ ލޯޕައްޓާ” ލީނާ އެހެން ބުނުމުން ޖާވިދު ބޯޖަހާލިއެވެ. “އެކަމު އެކަމު ކީއްވެ ޖޭޑް އަތުގަ” ލީނާ ސުވާލުން ފުރިގެންވާ ނަޒަރަކުން ޖާވިދުއަށް ބަލާލިއެވެ. “ހޫމް ތީ ތިބޭފުޅާއެއްޗެ.. އެއީ ރަށަށް އެރި ދުވަސް.. ބޮޑުއަތްތައި މެންގެއަށް ދަނިކޮށް ރީތި ކުއްޖަކު ދީފަ ދިޔަ އެއްޗެއް ތީ.. ދެން ބޮޑު އަތްތައި މެން ގެއަށް ވަންއިރަށް ބުނެފި ލީނާ ލޯޕައްޓާ ދީފައިހޭ ދިޔައީ. ދެން އެނގިއްޖެ ރެޕަންޒިލް އެއްޗެއްކަން.. އެހެން ވެ ތިފޮރުވީވެސް .. ދެމީހުން ގުޅޭނެއޭ ހިތްބުނި އެހެންވެ ފޮރުވީ.. އެކަމް ބުނަން ފަޔަށް ވަރަށް ތަދުވި އިނގޭ..” ޖާވިދު އެހެން ބުނެ ދުއްވައިގަތީ ލީނާ އަތުނުޖެހޭން ދެއްވައިގަތީމައެވެ. ލީނާ ދުވަމުން ދެވުނީ ވަކި ހިސާބަކަށެވެ. އަރި އަޅާލައިގެން ވެއްޓުނީ ވެޑިންޑްރެސް އިން ގޮތުންނެވެ. ލީނާ ވެއްޓިފައިއޮތްތަން ފެނި ޖާވިދު ލީނާއާ ކައިރިވެލީ ލިބުނު ފުރުސަތުގެ ބޭނުންހިފުމަށެވެ. “ދެން ދޭބަލަ.. އަދި މާގަދަވެގެން” ޖަވިދު އެހެން ބުނެ ލީނާ ޖާވިދު ގައި މައްޗަށް ވައްޓާލީ ދެއަތުން ލީނާ ވަށާލަމުންނެވެ. ލީނާގެ ހަށިގަނޑު ޖާވިދު ގައިގައި ތަތްލަވާފައިވާއިރު ލީނާގެ ހަށިގަނޑުން ނުޖެހޭ ތަންކޮޅެއް ޖާވިދުގެ ގައިގައި ނެތެވެ. އިސާހިތަކު ޖާވިދުގެ ޖަޒުބާތުތަކުގައި ހުޅުރޯވިއެވެ. ލީނާގެ ފިޔާތަށި އެތުންފަތުގައި ބޮސްދިނުމުން އެއަށް ވުރެއް އިތުރަށް ބޭނުންވިއެވެ. އަވަސް ހަރަކާތަކާ އެކީ ޖާވިދު ލީނާ އުރާލުމަށް ފަހު މިސްރާބުޖެހީ އެނދާ ދިމާލަށެވެ. ޖާވިދުގެ މަސްތީ ދެލޯ ފެނި ލީނާ ލަދުން ޖާވިދުގެ މޭގައި މޫނުފޮރުވާލިއެވެ. ޖާވިދު ކޮޓަރި ބޮކި ނިވާލީ ލީނާގެ އަތުތެރޭގައި މިރޭ އަރާމު ނިންޖަކުން ނިދާލުމަށެވެ.

ހަޔާތަށް ދިރުން ދޭ ޒަމާން، ކަލާ އައި ފަހުންނޭ އައީ

މަލުން މީރު ވަސްދީ ޒަމާން ބަހާރަށް ދިރުންވެސް އައީ

ވަޔާއެކުވެ ވިހުރޭ ފަށުވި އޮމާން ރީތި އިސްތަށިގަނޑުން

އަނދިރިކަން ހަޔާތުން ފިލާ އުޖާލާ ކަމޭ ފެންނަނީ

 

ނިމުނީ…J

46
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

kamana

Other Articles

Previous

އަނިޔާ… 08 ވަނަ ބައި

Next

ކަނޑުފެން (ނަވާރަވަނަ ބައި) KanduFen P-19

Next
December 14, 2015

ކަނޑުފެން (ނަވާރަވަނަ ބައި) KanduFen P-19

Previews
December 14, 2015

އަނިޔާ… 08 ވަނަ ބައި

53 Comments

  1. kamana says:
    December 14, 2015 at 12:46 pm

    GUYX finallii last episode up mikury.. hope hurihaa kiyuntherinnah kmaudhaa vaahka akah vikamah.. mi vaahkaa foohikameh nethi kee hurihaa kudhinnah thnkxx n lov u biiiigg koh… n yes mistakes hurun ekashygenveyy.. lov u enjoy… :* :*

  2. Ahmed Ammu says:
    December 14, 2015 at 1:02 pm

    Varah Reethi. Keep it up. ?

    1. kamana says:
      December 14, 2015 at 1:11 pm

      Thnk u ammu ?

  3. Hai says:
    December 14, 2015 at 1:08 pm

    Wow v nice story eh.

  4. kamana says:
    December 14, 2015 at 1:12 pm

    Hai thnk u ☺️?

  5. shelly says:
    December 14, 2015 at 1:24 pm

    v v v v v v v v reethi:)

    1. kamana says:
      December 14, 2015 at 1:39 pm

      Thnkx thnkxx thnkxx ??

  6. mashe says:
    December 14, 2015 at 1:25 pm

    Alhey nimuneetha vv reethi

    1. kamana says:
      December 14, 2015 at 1:40 pm

      Yes nimuny hehe thnk u ?

  7. Xani says:
    December 14, 2015 at 1:26 pm

    Wow..v nice….

    1. kamana says:
      December 14, 2015 at 1:40 pm

      Thnk u ?

  8. Maalu says:
    December 14, 2015 at 1:27 pm

    Wowwwwwww. Vvvvvvvv reethi…..waiting for a new story from u… Love this story…

    1. kamana says:
      December 14, 2015 at 1:41 pm

      Awwn aslutha thnk yu so much insha allah tht day will come soon thnk u ?

  9. neha says:
    December 14, 2015 at 1:29 pm

    V salhii

    1. kamana says:
      December 14, 2015 at 1:42 pm

      Thnk u ?

  10. thuhu says:
    December 14, 2015 at 1:32 pm

    Vv nice story eh.

    1. kamana says:
      December 14, 2015 at 1:42 pm

      Thnk u ?

  11. Mal says:
    December 14, 2015 at 1:34 pm

    Wah!!!wah!!!!bunaane ehcheh nei..varah furihama vaahakaeh…keep it up!!!?????☺

    1. kamana says:
      December 14, 2015 at 1:43 pm

      Thnk u varah bodah ?

  12. Lovely says:
    December 14, 2015 at 1:39 pm

    Vvvvvvvvvvvvvvvvv Nyc Stry….. Keep it up kamana <3<3

    1. kamana says:
      December 14, 2015 at 1:43 pm

      Thnk u lovlely ?

  13. Shar says:
    December 14, 2015 at 1:45 pm

    V salhi

    1. kamana says:
      December 14, 2015 at 1:53 pm

      Thnk u ?

  14. Shabee says:
    December 14, 2015 at 1:49 pm

    woooooow kamanaaa….vrh vrh vrh habeyss vaaahaka eh… 😀 vrh salhi……vaahaka nimendhn genesdhinyma vrh ufaa vejje….thnk u 😉 adhi kamana ge ithuru vaahaka thakeh fennaane kamah ummeedhu kuran 🙂 all da bst 🙂

    1. kamana says:
      December 14, 2015 at 1:54 pm

      Thnk u shabee n ya insha allah ithuru stry eh liyaanan thnk u ?

  15. ishaa says:
    December 14, 2015 at 1:53 pm

    its very nice nimunyma dheravehje

  16. kamana says:
    December 14, 2015 at 1:55 pm

    Isha thank u. N miah vureh dhiguvaahaka eh liyeveytho try kuraanan to ingeyy thnk u ?

    1. ishaa says:
      December 14, 2015 at 8:18 pm

      varah visnaigen carfull vegen dhen liyaa story liyahchey .i have enjoed story . good luck . by by see you soon.

  17. ishyy says:
    December 14, 2015 at 2:00 pm

    vaahaka vrh reethii.. ekamu vaahakaiga mi otheee hus mistake ennu… mi vaahaka upload kurumuge kurin kamana alhe ehfaharu kiyaalinama rangalhuveees….. hope to see yuh sooon…

    1. kamana says:
      December 14, 2015 at 2:21 pm

      yes ishy aslu nukiyeyyy.. thanku u bunedhinythiii… n sorryy for being carelesss.. thnkxx again… n ya rangalhu kohlaifin ineyy.. tHNK U ISHY :*

  18. mice says:
    December 14, 2015 at 3:05 pm

    very nice! looking forward for another story of urs!

    1. kamana says:
      December 14, 2015 at 3:16 pm

      Thnkx alot. Saw a lot of ur cmmntxx thnk u for supportin thnk u ?

  19. nukko says:
    December 14, 2015 at 3:30 pm

    Hey kamana…varaaaaaaaah rythi… alhey nimunyma v sad 🙁 🙁
    Hope new stry eh kiyaalan libeyne kamah….. gud lukk…. 😀 :d 😉 😉

    1. kamana says:
      December 14, 2015 at 3:38 pm

      Heheh yes nimunii. Insha allah varah avahah new stry eh fennaane. Thnk u so much nukko ?

  20. kiyuntheriyaa says:
    December 14, 2015 at 3:36 pm

    Enjoyed the whole story. happy to know that you would try to write a longer story.Looking forward for that day. Good luck. 🙂 🙂 🙂

    1. kamana says:
      December 14, 2015 at 3:41 pm

      Happi to knw tht u enjoyed my stry. N yeah u r one of those who cmmnted each episodes dhw. Thnk u for ur support. Thnkx alot ?

  21. naanijaan says:
    December 14, 2015 at 4:12 pm

    Wonderful.

    1. kamana says:
      December 14, 2015 at 4:56 pm

      Thnk u ?

  22. swyt says:
    December 14, 2015 at 6:26 pm

    one of the nice stry ever

    1. kamana says:
      December 14, 2015 at 6:51 pm

      Thnkx alot swyt ?

  23. nuhnu says:
    December 14, 2015 at 6:39 pm

    Vrh vrh vrh vrh reethi..i love this story..keep it up kamana….love u

    1. kamana says:
      December 14, 2015 at 6:52 pm

      Thnk u alot nuhnu lov u tooo ?

  24. Angel says:
    December 14, 2015 at 7:30 pm

    Wow… nice story 🙂 Keep up the good work and best of luck 🙂

  25. kamana says:
    December 14, 2015 at 8:19 pm

    Thnk u so much ?

  26. Muthaa says:
    December 14, 2015 at 10:08 pm

    Nice story….love this one….

    1. kamana says:
      December 14, 2015 at 11:54 pm

      Thnk u ?

  27. xee says:
    December 14, 2015 at 10:58 pm

    Wow! Nice’s story eh

  28. kamana says:
    December 14, 2015 at 11:55 pm

    Thnk alot ?

  29. stranger says:
    December 15, 2015 at 12:49 am

    pis pis..myhaku hehdhiyas thee fukeh boduvaru. dhogu hedhumah vure thedhu bunyma writer ahves hiyvaru libeyne. kamana ur idea is nice but husha alhaidhinun kamaku nudhey. konme bahakun story liyunas e bahehge hama thakah balaigen liyanvaany. so ithuru story eh liyumuge kurin vaahaka akee kobaikan dhene gathun muhimmu kamuga dheken. dhivehsakah vehure dhivehin vaahaka liyaa iru mihaa dhah fenvarah liyunyma ‘meethi kada’. wish u all the best.

  30. kamana says:
    December 15, 2015 at 1:36 am

    Oooh okeyy will try to do better ingeyy. Sorry for disappointing. Anywayx thnk u for supporting thnk u ?

  31. eshal says:
    December 15, 2015 at 10:49 am

    V v v v v v reethi keep it up!

    1. Kamana says:
      December 15, 2015 at 5:04 pm

      Thnk u ?

  32. Ushaa says:
    July 5, 2016 at 7:28 pm

    Vvvvvvvvvvvvvvv salhi stwrii eh mii.. Thankolheh kurin keen mistwrii bt cmmnt nukurevunu.. Nd i read it 2nd tym.. Nd dis tym wanna lyv a cmmnt.. Vvvvv nyc mistwrii…

Comments are closed.

All Right Reserved!