ހަވީރު ވެހެން ފެށި ވާރޭ ހުއްޓާލިތާ އަދި މާކަ ގިނައިރެއް ނުވާނެއެވެ. އަނެއްކާވެސް އޮއްސައިގަންނަން އެއޮތީ ތައްޔާރަށެވެ. ލީނާއިނީ ފެންޑާގައި އިން ކުޑަ ދަށުގައެވެ. ޖާވިދު އައިސް ވާހަކަ ދެއްކުމުން ލީނާ ހުރީ ފާޑަކަށް ބަލަހައްޓައިގެންނެވެ. ޖާވިދު އެވެ. ގަސްތުގަ ހެއްޔެވެ.. ނޫނީ އޮޅިގެން ހެއްޔެވެ. ލީނާ ކީ ތީ ފުރަތަމަ ފަހަރެވެ. ހިތުގައި ރިހުމެއް އުފެދިއްޖެއެވެ. ކީއްވެ ކަމެއް ނޭގެއެވެ. ޖާވިދު އަހަރެން ދުރުކޮއްލީހެން ހީވަނީ ކީއްވެ ހެއްޔެވެ. ތި ލޮލުން ކުރިއާ ހިލާފަ އެއްޗެއް […]
ޖަވާބަކަށް ބޭނުންވާ ފަދައިން ޖާވިދު ލީނާއާ ދިމާލަށް ބަލަން ހުރުމުން އިސްޖަހާލީ ލީނާ ބުނާ އެއްޗަކުން ޖާވިދު ހިތްހަމަނުޖެހިދާނެތީއެވެ. “ނޭނގެ.. ފަޔާ ފެނުނީމަ ވަރަށް ދެރަވޭ.. ނޭނގެ ކީއްވެކަމެއް.. އަދިވެސް ފަޔާއާއެކު އުޅެން ބޭނުން ވާހެން ހީވަނީ.. ދެން ނޭނގެ.. ފަޔާ ބޭނުމެއް ނުވާނެ އަހަރެން ކަހަލަ މީހަކާއެކީގައި އުޅޭކަށް.” ލީނާ އަނެއްކާވެސް އިސްޖަހާލީ ކަރުނަތަށް ޖާވިދުއަށް ފޮރުވުމަށެވެ. “ރެޕަންޒިލް ތިހެން ނުވިސްނަބަލަ.. އަހަންނަށް ހީވަނީ ފަޔާޒްވެސް މިހާރު ރެޕަންޒިލް ބޭނުންހެން.. އޭނަގެ އަމަލު ހުރިގޮތުން ހީވަނީ […]
ފަތިސް ނަމާދަށް ބަންގިގޮވުމާއެކު މުޅިގެ ވަނީ ހަލަބޮލި ކޮއްލާފައެވެ. ދުވަހަކީ ހަފްތާ ބަންދު ދުވަހެއްކަމުން އިސްހާގްއާއި ޖާވިދު ނިންމީ ދަތުރެއް ދިޔުމެވެ. ލީނާއާއެކު މަޖާ ވަގުތުކޮޅެއް ހޭދަ ކޮއްނުލާތާ އެތަށް ދުވަހެއް ވެދާނެއެވެ. ދަތުރުދާން ނިންމީ ކުޑަ ބަނޑޮހަށެވެ. ފުރަތަމަ ކޮޅު ލީނާ ދަތުރުދާން ވަރަށް ދެކޮޅު ހެދިއެވެ. ލީނާ ގޮވައިގެން ދިޔުމުން އެއްވެސް ފަސޭހައެއް ނުވާނެ ކަމަށް ބުނެ ދެކޮޅު ހެދިއެވެ. އެހެން ނަމަވެސް އިސްހާގްއާއި ލަމްހާގެ ކުރުނުކުރުމުން އާއެކޭ ބުނީ އެތަށް ޒަމާނެއްވަންދެން ގެއްލިފައިވާ […]
ގްރޭޑް 7 ގެ އެންމެ މޮޅު ދަރިވަރުންގެ ތެރެއިން ލީނާ ހޮވުމާގުޅިގެން ޒާހިރު ނިންމީ އޭނާގެ ކުޑަ އާއިލާ ގޮވައިގެން ލަންކާއަށް ދިޔުމަށެވެ. ދަތުރުގެ މައިގަނޑު މަގުސަދަކަށްވީ ލީނާއާއި އިސްހާގް ޢާއިއެކު ގިނަ ވަގިތު ހޭދަކުރުމަށާއި ބޮޑުދައިތަގެ ހާލުބެލުމެވެ. “މަންމާ ބަލާބަލަ މިހަރަ ވީޑު އެއް.. އަޅުގަނޑުގެ އިސްތަށި ގަނޑު ހަލާކުކޮއްލަނީ މިއޮތް” ލީނާގެ އަޑު މާގަދަ ވެގެނެ ދިޔާނާ ކޮޓަރިން ނިކުމެވޭ ގޮތަށް ހަދާފައިވާ ބެލްކަންޔަށް ނިކުމެލިއެވެ. “ދައްތާ އަޅުގަނޑު ނުކުރަން އެއްވެސް ކަމެއް… ލީނާ […]
ރޯޒްގެއަކީ ބޮޑުގެއަކަށް ނުވިޔަސް އާދައިގެ ދެބުރިއަށް ނަގާފައިވާ ގެއެކެވެ. ގެއަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ ހައްދާފައިވާ ދެތިންވައްތަރުގެ މާގަހުންނެވެ. ވަންނަ ދޮރާށި ކައިރީގައި އަތުގެ ހުނަރު ދައްކައިދޭ މަސްޓޭންކެއް ރާނައިފައެވެއެވެ. އެކި ވައްތަރުގެ މަސްތަކުން ފުރާލައިފައިވާ އެ ޓޭންކް ވަރަށްވެސް ކުލަގަދައެވެ. ބޮޑު ކުޑައެއްގެ ދަށުގައި ވައްމޭޒެއްގައި އިށީދެގެން ތިބި ދެޒުވާނުން ހީވަނީ ބައްދަލުނުވާތާ އެތަށް ދުވަހެއްފަހު ބައްދަލުވި ދެބެއިންހެންނެވެ. “ޖޭޑް ކޮންއިރަކު ރާއްޖެ އައީ… އޭ މިއަދު ހަވީރު ލީނާއާ ބެހިލާފަ ދިޔައީ ޖޭޑް […]
“ފަޔާ” ލީނާ ގޮވާލީ ވޭނުން ފުރިގެންވާ ގޮތަކަށްށެވެ. “ލީނާ ކިހިނެއް.. ރަނގަޅު ދޯ..” ފަޔާޒް އެހެން ބުނެ އިރުކޮޅެއް ނުވެ ލީނާގެ ގިސްލުމުގެ އަޑު އިވުނެވެ. “ފަޔާ.. އަޅެ އަހަރެން ދެން ނުވާނެ ދޯ ރަނގަޅެއް. ފަޔާ އަހަރެން ބޭނުން ހިނގާ އުޅެން.. އަހަރެން ކިހިނެއް އަބަދު މި ގޮނޑީގަ އިންނާނީ.. ފަޔާ.. ފަޔާ.. އެއްޗެކޭ ކިޔާބަލަ.” ލީނާ ގިސްލަމުން ފަޔާގެ އުނަގަނޑުގައި ބައްދައިގެން އޮވެ ކިޔަމުން ދިޔައެވެ. “ލީނާ.. އަހަރެން ވާހަކައެއް ބުނަން ބޭނުން..” ފަޔާޒް […]
“މިއޮތީ މީހަކު ދިން އެއްޗެއް” ލަމްހާ އައިސް ލީނާ އަތަށް ދިން ގަނޑުކޮޅު ބަލާލިއެވެ. އޭގައި ލިޔެފައޮތް އެއްޗެއް ފެނުމުން ލީނާގެ ދެލޮލުން ކަރުނައިގެ ރޮނގެއް ފާއްދާލިއެވެ. “ލީނާ ކީއްވެ ތި ރޮނީ” ލަމްހާ އެހެން އެހެމުން ލީނާދިޔައީ ސިހިގެންނެވެ. “ލަމް ބަލާބަލަ.. އަހަރެން ހީކުރީ ފަޔާ އަހަރެން ދެކެ ރުޅި އައިސްފަކަމަށް.. އޭނަ ކުއްލިގޮތަކަށް މާލެ ދާންޖެހުނީއޯ..ސޮރީ އޭވެސް ބުނެފަ އިބެން…. ލަމް ފަޔާ އަސްލުވެސް އަހަރެންދެކެ ހާދަ ލޯބިވެއޭ ދޯ” ލީނާ އުފަލުން ހީވަނީ […]
ރޭގަނޑުގެ ހަމަ ހިމޭންކަން ނަގާލާފައިވަނީ ދޫނިސޫފާސޫފީގެ އަޑުންނެވެ. ވަޔާ ވިހުރެމުންދާ ގަސްތަށް ދެފަރާތަށް ހެލިލާ ތޮޅެލާ އަޑުންނެވެ. ރިޔާޒްގެ ދެމަފިރިން އެ ފިނިރޭ ފެންޑާގައި ތިބީ ވެދިޔަ ކަންތަކާ މެދު މަޝްވަރާކުރާންށެވެ. ދިޔާނާގެ މޫނަށް ބަލާލިޔަސް ހިތްހަމަ ނުޖެހިފައި ހުރިކަން އެނގޭނެއެވެ. ރިޔާޒް ދިޔައީ ދިޔާނާއަށް ވިސްނާދެމުންނެވެ. އެކަކު އަނެކަކުގެ އަތް ގުޅުވާލެވިފައިވާ އިރު ފެންނަ މީހަކަށް އެ ދެމެދުގައި އޮތް ލޯބި ސިއްރެއްނުވާނެކަން ޔަގީނެވެ. “ދިޔާނާ ލީނާ އެހާވަރަށް ނުހިފެއްޓިއްޔާ ރަނގަޅުވާނީ.. އަހަންނަށްވެސް އެނގޭ ފަޔާޒް […]
” އޯ ފަޔާ އައި ތިންކް އައި އެމް އިން ލަވް” ލީނާ ބާލީހުގައި ބައްދައިގަނެ ކުޑަކޮށް ނަށާލަމުން ބުނެލިއެވެ. “ކީކޭ.. ފަޔާ އޭ.. ” ދެބުމަ ގޮއްޖަހައިގެން ހުރި މީހާ ފެނި ލީނާގެ ދެ ލޯ ބޮޑުވިއެވެ. މަންމާ” ލީނާއަށް ބުނެވުނީ އެހިސާބަށެވެ. ލަދުންގޮސް އިސްޖަހާލެވުނެވެ. ” ދަރިފުޅާ ކޮން ފަޔާ އެއް” ދިޔާނާ ހެވިލާފައި އައިސް ލީނާއާ ޖެހިގެން އެނދުގައި އިށީދެލިއެވެ. ” އެއީ އެއީ… އަމްމމ ދޮންބެގެ ރައްޓެއްސެއް” ލީނާއަށް ނުބުނެވުނެވެ. ފުރާވަރުގެ […]