Skip to content
އެސްފިޔަ

ހަޔާތަށް ދިރން ގެނެސްދިނީ ކަލާ (12)

“ލީނާ” ލީނާ އާއި ޖާވިދުއަށް ސިހުން ލިބުނީ ލީނާގެ ނަމުން މީހަކު ގޮވާލުމުންނެވެ. ޖާވިދު ލީނާއާ ކުޑަކޮށް ދުރުވެލީ ކުރިމަތީ ހުރި ޒުވާނާ ފެނުމުންނެވެ. ޖާވިދުއަށް ލީނާއާ ދިމާލަށް ބަލާލެވުނީ އެ މޫނުމަތިން މިވަގުތު ފެންނާނެ ޝުއޫރުތަށް ދެނެގަތުމަށެވެ.

“ފަޔާ.. މިތާ ކީއްކުރަނީ ތި.. ” ލީނާއަށް ފަޔާޒް ފެނުމުން ހުރެވުނީ ދެލޯ ބޮޑުކޮއްލައިގެންނެވެ. އެވަގުތުވެސް ލީނާއަށް އެއްފަހަރު ޖާވިދު މޫނަށް އަނެއްފަހަރު ފަޔާޒްމޫނަށް ބަލާލެވުނެވެ. ލީނާގެ މޫނުމަތިން ފަޔާޒް ފެނުމުން އެއްވެސް އުފާވެރިކަމެއް ފެންނަށް ނެތުމުން ފަޔާޒް މާޔޫސްވާގޮތްވިއެވެ. “ލީނާ ކިހިނެއް.. ރަނގަޅުތަ.. ” ފަޔާޒް ވާހަކަދައްކަމުން އައިސް ލީނާއިން ޖޯއްޔާ ހަމަވުމުން ޖާވިދު ތެދެވިއެވެ. ޖާވިދު ލީނާއަށް ހިނިތުންވުމެށް ހަދިޔާއެއްކޮއްފައި ދާން ހިނގައިގަތުމުން ލީނާ ޖާވިދު އަތުގައި ހިފޭއްޓިއެވެ. “ރެޕަންޒިލް ޓޭކް ޔޯރ ޓައިމް.. ބުނީމެއްނު ފަޔާޒް މަތިން ހަނދާން ވެއޭ.. އެހެންވެ އޭނަ ގެނެސްދީފަ މީނީ.” ލީނާ ޖާވިދުގެ އަތުން އަތް ދޫކޮއްލީ ގަބޫލް ކުރަން ދަތިވެހުރެއެވެ. މިއީ ހަގީގަތެއް ބާއެވެ. ޖާވިދު ފަޔާޒް މިގެއަށް އަހަރެން ކައިރިއަށް ގެންނަންވީ ކީއްކުރަންހެއްޔެވެ. އަހަރެން ބޭޏުންވަނީ ހަމަ އެކަނި ޖާވިދުއެވެ. އަނެއްކާ ޖާވިދުގެ ކިބައިން މިއޮތް ހުރިހާ ދުވަހު ފެންނަމުން ދިޔައީ އޮޅުވާލުމެއްބާއެވެ. އޭގައި އެއްވެސް ހަގީގަތެއް އެކުލެވިގެން ނުވަނީ ހެއްޔެވެ. ފިރިހެނުންނަކީ ހާދަ އަމިއްލަ އެދުން ބޮޑުބައެކެވެ. މަށްސަލައެއް ނެތެވެ. އަހަރެން ވެސް ދެން ޖާވިދު މަތިން ހަނދާން ނައްތާލާނަމެވެ. ޖާވިދުއާ ދިމާލަށް ލީނާ ބަލަން ހުރި އިރު އެދެލޮލުގައި އެތަކެއް އާދޭހަކާއި ޝަކުވާއެއްވިއެވެ.

“ލީނާ.. އަހަރެން ފެނުނީމަ ނުވޭތަ އުފަލެއް.” ޖާވިދު ދިޔުމާއެކު ފަޔާޒް ލީނާ ކުރެން އަހާލީ ލީނާގެ އަތުގައި ހިފާލަމުންނެވެ. ލީނާ އަތްފޮޅުވާލީ ދެން އަތްނުލާށޭ ބުނާ ފަދައިންނެވެ.

“ނުނޭ.. ތިހާ ދުވަސްކޮއްފަ ފެނުނީމަ އުފާވޭ. ފަޔާޒް ކިހިނެއް” ލީނާ ވާހަކަ ދެއްކީ ވަރަށް މަޑުމައިތިރި ކަމާ އެކުގައެވެ. ލީނާ ލައިގެން އިން ހެދުން އަތަށް ބޮޑިކޮއްލީ ފަޔާޒް ކުރިމަތީގައި ހުންނަށް އުދަގޫވުމުންނެވެ. “ލީނާ އަހަންނަށް މާފުކުރޭ.. ވަރަށް ދެރަވޭ ލީނާއާ ދޭތެރޭ އެހެން ކަންތަށް ކުރެވުނީމަ.. ” އަހަރެން ފަޔާޒް އަށް މާފު ކޮއްފިން.. އެހެން ނޫނަސް އަހަންނަށް ވެސް އެނގޭ އެހާ ކުއްލިގޮތަކަށް ހުރިހާ ކަމެއް ދިމާވީމަ އެހެން ވެސް ވާނެކަން.. ދެން އެކަމާ ދޭތެރޭ ނުވިސްނާ.. އަހަރެން ހިތުގައި ފަޔާޒްއަށް އެއްވެސް ހިތްބުރަ ކަމެއްނެތް.” ލީނާ އެހެން ބުނުމުން ފަޔާޒްގެ ތުންފަތް މަތީގައި ވީ ފުޅާ ހިނިތުންވުމެކެވެ. “ހަމަ އަސްލުތަ.. އޭރުވެސް އަހަންނަށް އެނގޭ ލީނާ އަހަރެން ދެކެ އަދިވެސް ލޯބިވާކަން” ނޫން…. ފަޔާ އަށް ތިއުޅެނީ ކުއްހީއެއް ކުރެވިގެން.. ފަޔާއާއެކު ރިލޭޝަންޝިޕް އެއްފައްޓާކަށް އަހަރެން ނުވިސްނަން.. ” ލިނާއެހެން ބުނުމުން ފަޔާޒްގެ މޫނުމަތީގައި ވީ ހިނިތުންވުން ފިލައި ދިޔައެވެ. “އެއީ ދެންމެ އެދިޔަ މީހާއަށްޓަކާތަ” ފަޔާޒް ލީނާއަށް ފުރަގަސް ދެމުން ޖާވިދުގެ ވާހަކަ އަހާލިއެވެ. ލީނާގެ އެ ހަމަހިމޭންކަން ފަޔާޒްއަށް ޖަވާބަކަށް ފުދުނެވެ. “ލީނާ ލެޓްސް ޓްރައީ ވޯކް ކުރޭތޯ ޕްލީސް” ފަޔާޒް ދެކަކޫ މައްޗަށް ތިރިވެ އާދޭހުގެ ރާގަށް ލީނާ ކުރެން އަހާލިއެވެ. “އޯކޭ ވިސްނާ.. ވިސްނަން ބޭރުން ވަރަކަށް ޓައިމް ދޭނަން.. ދަނީ ގެއަށް ގޮސް ގުޅާނަން…” ލީނާ ގެ ފުށުން ޖަވާބެއް ނުލިބޭނެކަން އެގުމުން ފަޔާޒް ނިންމީ ލީނާ ވިސްނަން ވަގުތު ދޭންށެވެ.

******

އާދުވަހަކަށް އިރުއަރައިގެން އައީ އެހެން ދުވަސް ދުވަހާ ހިލާފް ލީނާގެ މޫޑް އެހާ ރަނގަޅަކަށް ނޫނެވެ. ޖާވިދު އޭނަ އާއި ފަޔާޒް ގުޅުވަން އުޅޭ ސަބަބު ވިސްނަ ވިސްނާ އެއްގޮތަކަށްވެސް ނޭގުނެވެ. ރޭގައި ރަނގަޅަށް ނިދި ނުލިބުމުން ބޮލުގައި ރިހުމެއް ވިއެވެ.

ޖާވިދުގެ ހާލަކީވެސް ހަމައެއީއެވެ. ރޭގައި އެއްގޮތަކަށްވެސް ލޮލު ފިޔަ ޖާހާފައިނުވެއެވެ. އެހެން ކަމުން ޖާވިދު ނިންމީ ހެނދުނު ސައިވެސް ނުބޮއި ނިދާލާންށެވެ.

“ދަރިފުޅާ ކޮބާ ލީނާއާ ޖާވިދު.. އަދިވެސް ނުހޭލަނީތަ..” އިސްހާގް ކާގެއަށް އައިސް ވަނުމުން ދިޔާނާ އަހާލީ ޖާވިދުއާ ލީނާގެ ހަބަރެއް ނުވާތީއެވެ. “ނޭނގެ.. އަދި އަޅުގަނޑު ނުދެކެން އޭގެން އެކަކުވެސް” އިސްހާގް ދިޔާނާއަށް ޖަވާބު ދިނީ ދެކޮނޑު ހިއްލާލާފައެވެ. އިސްހާގް ގެ ނަޒަރުގޮސް ހުއްޓުނީ މޯޅިއަކަށް ދެމެމުން އައި ލަމްހާއަށެ. އެ މުށި ކުލައިގެ ހެދުމުގައި ކަޅު ބުރުގާއިގައި ލަމްހާ ފެންނަނީ ވަރަށް މައުސޫމްކޮށެވެ. ލަމްހާއަށް އިސްހާގް ބަލާކަން އެގުމުން ފައި އޮޅޭގޮތް ވިއެވެ. އައި ގޮތަށް އައިސް އިށީނީ އިސްހާގް އާ ދެތިން ގޮނޑި ދޫކޮށެވެ. “ލަމްހާ ހަދާ ދުރަކު ތި އިށީނީ.” އިސްހާގް ހަމަ ގަސްތުގައި ލަމްހާ ލަދުގަންނަވާލިއެވެ. “އާން މީ މީ ލީނާއާ ޖޭޑްވެސް އަންނާނެއެއްނު.. އެހެންވެ ޖާގަ ހަދާފަ” ލަމްހާއަށް ބުނެވުނީ ބަސްތަށް އެހާ ދުރުކޮއްލައިގެންނެވެ.

“އެކަމަކު ލަމްހާ މިތާގަ އަށް ގޮނޑި އިބެން.. މިގޭގަ އުޅޭނީ ހަ މީހުން… ޖާގަ ނުހެދިޔަސް ޖާގަ ހުންނާނެއެއްނު” އިސްހާގް އެހެން ބުނީ ލަމްހާގެ މޫނަށް ބަލަން ހުރެއެވެ. ލަމްހާ ލަދު ގަންނަ އިރު ހާދަ ރީޗެވެ. ތުންފަތުގައި އިރު އިރުކޮޅާ ދަތްއަޅަމުން ދާއިރު އެހެން ނަހަދާށޭ ބުނަން އިސްހާގް ދޫ ހަރަކާތް ކުރަނީ ކިތައްފަހަރު ކަމެއް ނޭގެއެވެ. ލަމްހާ ފެނުމުން މިހާރު އަބަދުވެސް އިސްހާގްގެ ތުންފަތް މަތީގައި ހިނިތުންވުމެއް ވެއެވެ.

“ޖޭޑް” ހަވީރުގެ އެވަގުތުގައި ހިތްގައިމު ވައިޖެހުމުން ދިޔަ އިރު ލީނާ އިނީ ފެންޑާގައި އިން ކުޑަ ދަށުގައެވެ. ޖާވިދު މާބާރަކަށް ގޭން ނިކުންނަތަން ފެނުމުން ލީނާ ޖާވިދުއަށް ގޮވާލިއެވެ. “ހޭ ރެޕަންޒިލް އެކަނި ކީއްތިކުރީ.. އަބަދުވެސް އެކަނި ހުންނާނީ.. ތިހެން އެކަނި ހުންނާކކަށް ނުވާނެ.. ކޮބާ ފަޔާ.. ތިދެމީހުން އޯކޭ ވީތަ” ޖާވިދު އައިސް ފަޔާޒްގެ ވާހަކަ އެހުމުން ލީނާ ފޫހިވިއެވެ. މިގަނޑީގައިވެސް ފަޔާޒްގެ ވާހަކަ ދައްކަން ޖެހޭހެއްހެވެ. ލީނާ ތުންކޮޅު އަނބުރާލައިގެން ހުރިތަން ފެނި ޖާވިދު އަށް ހެވުނެވެ. “ހިހިހިހ ސާބަސް.. ތިހާ ނުފުއްޕިއަސް އޯކޭ އޭ.. އަދި ތި ދެމީހުން އޯކޭ ވާނެ އިނގޭ.. ދަނީ ޖޭޑް މިދަނީ ފިހާރައަކަށް މަންމަ ބުނެގެން އެއްޗެއް ގަންނަން ފުރަންވާއިރަށް” ޖާވިދު އެހެން ބުނެ ހިނގައި ގަތީ ލީނާއާ ދިމާލަށް ބަލާވެސް ނުލައެވެ. “ޖާވިދު ނުދޭބަލަ.. ޕްލީސް..” ޖާވިދު ގޭ މައިދޮރާށި ހުޅުވި ގަނޑިގައި ލީނާ އެއްޗެކޭ ބުނި ހެން ހީވެގެން ފަހަތް ބަލާލިއެވެ. “ރެޕަންޒިލް އެއްޗެކޭ ބުނިންތަ” ޖާވިދު ނެގި ނެގި އޮތް ހިތަކާއެކީ އެހެން އަހާލީ އަޑު އިވުނީ ރަނގަޅަށްތޯ ބަލާލުމަށެވެ. ” ނުބުނަން އެއްޗެކޭ” ލީނާ އެހެން ބުނުމުން ޖާވިދު މާޔޫސްވާ ގޮތް ވިއެވެ. ލީނާއެވެ. އަޑުއިވުނީ ރަނގަޅަށް ހެއްޔެވެ. އެހެން ވިއްޔާ އަދި އެފަހަރު އެހެން ބުނެދީބަލާށެވެ. ޖާވިދު ލީނާ އާ ދިމާލަށް ބަލަން ހުރެ އެތަކެއް ވާހަކައެއް ދެއްކިއެވެ. ގޭ ދޮރާށި ލެއްޕި އަޑަށް ލީނާ އެދިމާލަށް ބަލާލިއެވެ. ޖާވިދު އެވެ. އަޑުނީވެނީ ހެއްޔެވެ. އެހެން ނޫނީ އަޑު އިވޭ ކަމަށް ނުހެދީ ހެއްޔެވެ. ޖާވިދުއެވެ. ނުދާށެވެ. ފަޔާޒްއާ އަހަރެން ގުޅުވަން ތިއުޅެނީ ކީއްވެ ހެއްޔެވެ. އަހަރެން ބޭނުން ވަނީ ޖޭޑް އެވެ. ހަމަ އެކަނި ޖޭޑްއެވެ. ލީނާގެ މޭގައި ރިއްސަން ފެއްޓުމުން މޭގައި އަތް އަޅާ ބާރަށް ފިތާލިއެވެ.

******

ކުރިއާ ހިލާފަ މިހާރުވަނީ މޫސުން ރަނގަޅުވެފައެވެ. އިރު އަރަނީ އެ ބޯ ވިލާގަނޑުން ތިމަންނަ މިންޖުވެއްޖޭ ބުނާ ފަދައިންނެވެ. ލީނާ އިނީ އޭނާގެ ކޮޓަރި ތެރޭގައި ހަނދާނެގޮތް ހުސްވެފައި ވާ މީހެއް ފަދައިންނެވެ. ދެންމެ ދެންމެ ޖާވިދު ކޮޓަރިއަށް ވަދެދާނޭ ހީކޮށް މީހާ ދާހިތްލާ ފޯވެފައެވެ. “ރެޕަންޒިލް” ޖާވިދު އައިސް ގޮވާލުމުން ލީނާގެ ހިތް އަތަށް ނައީ ކިރިއާއެވެ. “ޖޭޑް ދަނީތަ” ލީނާއަށް އެހެން ބުނެވުނު އިރު އަޑުގައި ހިތާމަ އެކުލެވިގެން ވެއެވެ. “ޔަޕް. އެމް ރެޑީ.. ހަމަ ސަލާމް ކޮއްލަން މިއައީ” ޖާވިދު ލީނާ އާ ސަލާމް ކުރަން އަތް ދިއްކުރުމުން ލީނާ ހުރީ އެ އަތަށް ބަލަހައްޓައިގެންނެވެ. މަޑު މަޑުން ޖާވިދުގެ އަތު ތެރެއަށް ލީނާގެ އަތްލީ ދެން ނުނަގާނެމޭ ބުނާ ފަދައިންނެވެ. ޖާވިދުވެސް ލީނާ އަތިގައި ހިފައި ފިތާލީ ދެން ދުލެއް ނުކުރާނެމޭ ބުނާފަދައިންނެވެ. އެކަމަކުވެސް އެ އަތުން ދޫނުކޮށް ނުވާނޭ ޖާވިދުގެ ހިތް ބުނަމުން ދިޔައެވެ. “ހޭ ދަނީ އިނގޭ ދެން.. ޓޭކް ކެއާރ އޮފް ޔޯރ ސެލްފް… ދެން އަންނަ އިރު ހިނގޭނެ ދޯ.. މިހާރުވެސް ހިނގެ އެއްނު ކުޑަކޮށް.” ޖާވިދު ލީނާގެ ކޮލުގައި ފިރުމާލުމަށް ފަހު ހިނގައިގަތްތަނުން ލީނާގެ އަޑު އިވިފައި ހުއްޓުނެވެ. “ޖާވިދު. ހަމަ ތި ދަނީތަ.. ” ލިނާ އެހެން ބުނުމުން ޖާވިދު ނިތް އަރުވާލީ ލީނާ ބުނި އެއްޗެއް ދޭހަ ނުވެގެންނެވެ. “ހަމަ ނޭގެނީތަ.. ހަމަ ނޭގެނީ” ލީނާ ތެދުވެގެން ޖާވިދުއާ ހަމަ ކުރެވުނީ ކިރިއާއެވެ. ލީނާ ޖާވިދިގެ އަތުތެރެއަށް ވެއްޓުނެވެ. “ލީނާ ނުހިނގޭ އިރު ކީއްކުރަން ތިއުޅެނީ.. ތިހެން ބާރުލައި އުޅުނީމަ ފައި ރަނގަޅުވޭތަ” ފުރަތަމަ ފަހަރަށް ޖާވިދު ހަރުކަށިކޮއް ވާހަކަ ދެއްކުމުން ލީނާ ހުރީ ގަބޫލް ކުރަން އުދަގޫވެފައެވެ. ޖާވިދުވެސް ހުރީ ހަމަ އެހާލުގައެވެ. ލީނާއާ އެގޮތަށް ވާހަކަދެއްކުމުގެ ހައްގު އޭނައަށް ލިބިގެން ނުވެއެވެ. ޖާވިދު ލީނާ އެނދާ ދިމާލަށް ގެންދަން ފެށުމުން ލީނާ ޖާވިދުގައގައި ބައްދާލީ ވަރަށް ބާރަށެވެ. ލީނާގެ އެ ހަރަކާތުން ޖާވިދު ހުރީ ހަދަންވީ ކިހިނެއް ކަމެއް ނޭގިފައެވެ. “ޖޭޑް ހަމަ ނޭގެނީތަ.. އަހަރެން ކިހިނެއް ޖޭޑް އާ ނުލާ އުޅޭނީ” ލީނާގެ ބަސްތަށް އަޑުއިވި ޖާވިދު ލީނާގެ އަތް ދުރުކޮއްލައި މޫނަށް ބަލާލީ ތީ ހަމަ ތެދެއްހޭ އަހާފަދަ ގޮތަކަށެވެ. ޖާވިދު ލީނާ އެނދުމަތީ ބޭންދީ އަދި އެއްފަހަރު ލީނާގެ އެ ލަފްޒުތަށް އަޑުއަހާލުމަށެވެ. “އޯކޭ އޯކޭ.. އަހަރެން އުޅެފާނަން ފަޔާޒްއާ އެކީގައި.. އެޔެއްނު ޖާވިދު ބޭނުންވާ ގޮތަކީ.. އަބަދު ފެންނަ އިރަށް ކޮބާ ފަޔާޒް.. ތިދެމީހުން ކިހިނެއް. މައްސަލައެއްނެތޭ.. ދެން ދޭން ..” ލީނާ ރޮވިފައި އިނދެ ޖާވިދުގެ ދެ ކޮނޑުގައި ހިފައި ކޮއްޕަމުން ބުންޔެވެ. ޖާވިދުގެ ތުންފަތްމަތީގައިވީ ހިނިތުންވުން ފެނި ލީނާ އިތުރަށް ރުޅިއައެވެ. “ދާށޭ ޖާ” ލީނައަށް ފުރިހަމަ ނުކުރެވުނީ ޖާވިދު ކުރި ކަމަކުންނެވެ. ލީނާ ޖާވިދުއަށް ބޭނުން ވެފައިވާތާ ކިހާ ދުވަހެއް ހެއްޔެވެ. ހަމަ އެފަދައިން ޖާވިދުވެސް ލީނާ ބޭނުންވެފައިވާތާ އެހާ ދުވަސް ވާނެއެވެ. ދެމީހުން ނޭވާ ހަމައަކަށް އަޅުވާލާ އެކަކު އަނެކަކު މޫނަށް ބަލާލިއެވެ. ދެމީހުންގެ ތުންފަތް މަތީގައިވެސް ވީ ހިނިތުންވުމެކެވެ.

 

 

ނުނިމޭ……

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (19)

  1. kudoo

    Wowwww vvv reethi..

  2. kudoo

    Me first yayyy …..when is the next part????….waiting….

  3. beauty queen

    Next part avahah up kohdhehche.can’t wait

  4. samma

    v reethi… waiting 4 nxt prt….

  5. Petite

    V v v reethi… waiting for the next part… 😀 😀

  6. ira

    Gaavidh who’s that 😉 story is awesome

  7. shaa

    Nidhi fiya ekey nukiyaane lolu fiyaeh

  8. kamana

    HHEHEH ethan rangalhu kohlaifin ingeyy.. thnk u for reading.. 🙂 🙂

  9. kudoo

    When is the next part????????????

  10. kamana

    Tmrw insha allah. ??

  11. Kiyuntheriyaa

    Good!! Keep it up 🙂 🙂 🙂

  12. Shabee

    mee dhen story liyaa goiytha? aneh shabee i mean 2nd shabee ebunany rangalhah. ehchakah ehcheh thiya liyany. primary grade ge kudhinves miah vure reethikoh story liyaane. mivarun dhanya olhigenves positive comment eh kuraany kihineh. jaavid eve hama neygeny heyyeve leena eve hana ingey eve. lol…. mi story ga ulhey kudhinkolhu lolun haadha vaahaka eh dhahkaey dho? story liyan beynun vanya furathama story ga hunnan jehey baithakaa beynun kuran jehey hama thakaa ehchehi dhaskohba. ehbaiga furathama myha ge nazarun liyefa medhu therein dhevana myha ge nazarah change vefa fahu bai mi onnany thinvana myha ge nazarah chnge vefa. mee dhivehi bahashaai dhivehi vaahaka ah kuraa malaamaathehtha? dhen mihen bunyma miulhey hajam nuvaa group ah goas vaany bunaa myha. 2nd shabee ge comment eh beynun mi part ahves. thedhu.bunan kereny thikahala madhu myhakah.

  13. Micky

    Shabee ah dhivehi varah ingey henn hyvany.

  14. sumone

    1st shabee ge namugaa 2nd shabee cmmnt thi kurany..shabee mi vaahak ah jehsun nukoh vaahaka nukiyun ehdhen…I know its not my business but this dhen boduvaru…..

  15. mistake

    varugadha shabee eh dhw…vaahaka eh liyan vnu..thi huri molhu kameh dhahkkalan,,,,varah ingey dhivehi

  16. kiyaa

    mi story varah reethi.liyaairu hunna kudhi judhi mistake thah rangalhu kolleema ithurah story furihama vaane.mi part varah reeth. keep it up.

  17. nuhnu

    Vrh vrh salhi..love this story

  18. kudoo

    Where is the next part???????
    Thankolhe lavas kohbaaa…
    ……WAITING………

  19. kudoo

    Avas *****

Comments are closed.