Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކުރަމުން ތިދާހާ ގޯނާ 12..

kamana Level 310 Stories500 Comments100 Comments
February 16, 2016 4 Mins Read
19 Comments

އެހެން ނަމަވެސް އަމޭލިއާއަށް ފެނުނީ ދުވަހަކު ފެންނާނެ ކަމަށް އުންމީދު ކުރި ސޫރައެއްނޫނެވެ. އެއީ ބިރުވެރި ސޫރައެކެވެ. ހިތުން ފިލައިގެން ނުދާނެ ސޫރައެކެވެ. “އުބައިދު” އަމޭލިއާއަށް އުބައިދުގެ ނަން ކިޔާލެވުނީ ވައި އަޑުންނެވެ. އޭރުވެސް އެ ދެލޮލުން ބިރުގެންފައި ވާވަރުހާމަވެއެވެ.

“އަހަން ބޭބޭ.. ކޮން އިރަކު އައީ.. އަންނަކަން އެނގުނު ނަމަ ބަލާދިޔާމުސް” ރާސިލް އުބައިދު ފެނުމުން އަހާލިއެވެ. އަމޭލިއާ ލޯބިވާކަމަށް ކުރެވެނު ހީ އަކީ ކުންހީއެއްކަން މިހާރު ރާސިލް ގަބޫލު ކުރެއެވެ. އެހިތުގައި ރާސިލްއަށްޓަކައި ޖާގައެއް ނުވާކަން އެނގުމުން ހިތުގައި ރިހުމެއްވިއެވެ. އެހެން ނަމަވެސް ލޯތްބަކީ ގަދަބާރުން ހޯދޭ އެއްޗެއް ނޫންކަން ހުދު ރާސިލްވެސް ގަބޫލުކުރެއެވެ. ރާސިލްގެ މޫނުމަތީގައި ވަނީ ފަނޑު ހިނިތުންވުމެކެވެ. އެހިނިތުންވުން އުބައިދު އަދި މަހްމޫދައް ރައްދުކުރަމުން ދިޔައިރު އެހިތުގައި އަޅާވޭން ދެނެގަންނާނެ އިންސާނަކު މި އުޑުދަށުގައި ނުވާނެއެވެ. ރާސިލްއާއި އުބައިދު ހީހީފައި ވާހަކަ ދައްކަމުން ދިޔަ މަންޒަރު ދުރުގައި ބަލަން އިން އަމޭލިއާގެ ހިތް ކުދި ކުދި ވިކަހަލައެވެ. އިރުކޮޅެއް ކުރިން ލޯބިވާކަމަށް އާދޭސް ކުރި ޒުވާނާ ހީހީފައި ވާހަކަ ދައްކަމުން ދިޔައިރު އެ ހިތުގައި ކުޑަކޮއްވެސް ލޯބި ނުވާކަމަށް އަމޭލިއާ އަމިއްލައިން ނިންމިއެވެ. އަމޭލިއާ ދުވެފައި ލިފްޓްއަށް އެރިއިރުވެސް ކުރިމަތިން އުބައިދުގެ ހެވިފައިވާ ސޫރަ ސިފަވަމުންދިޔައެވެ.

……..

ތިންތަށި ޖޫސްތަށި މޭޒުމައްޗަށް ނެގުމައްފަހު ކާނެ ދެތިން ލުއި ކާނާ މޭޒުމައްޗަށް ނާސިރާ އަތުރާލިއެވެ. އޮލަވާހަކައެއްގައި ވާހަކަ ދައްކަމުން ދިޔަ އުބައިދު އާއި މަހްމޫދުގެ ވާހަކަތަކަށް އާން ހޫން ލައްވަން ހުރި ރާސިލްގެ ސިކުނޑީގައި ދަތުރުކުރަމުން ދިޔައީ އަމޭލިއާގެ ހިޔާލުތަކެވެ. “ދަރިފުޅާ.. ކޮބާ ކައިވެނި ކުރާނެ ދުވަހެއް ނިންމައިފިންތަ” މަހުމޫދުގެ ސުވާލުން ރާސިލްއަށް ސިހުން ގެނުވިއެވެ. ނޫރާއާ ކައިވެނި ކުރުމަކީ ރާސިލް ބޭނުންވާ ގޮތެއް ނޫނެވެ. ކައިވެންޔާ ހިސާބައްދާން މައްސަލައަކަށް ނުވީހީ ރައްޓެހިވެގެން އުޅޭނެނަމަ ނޫންހެއްޔެވެ. “ބައްޕާ.. އަދި އަވަހެއް ނޫންތޯ” ދެއަތް ދެއަތުގެ އިނގިލިތަޖާ ކުޅެމުން ރާސިލް މަހްމޫދާއި ކުރިމަތިލިއެވެ. “އަވަސްތަ… ރައްޓިވެގެން އެހާ ދުވަހު އުޅުމަކީ ރަނގަޅުކަމެއް ނޫން.. ތި ދެކުދިން ދުވަހެއް ނިންމައްޗޭ.. މިމަހުގެ ފަހުކޮޅު ރަނގަޅީ.. ބޭބޭ ވެސް ފުރަންޖެހޭ އަވަހަށް” އުބައިދު ބޭނުންވާގޮތް ރާސިލްއަށް ހާމަ ކުރިއެވެ. ރާއްޖޭގައި ގިނަދުވަސް ވަންދެން މަޑުކުރުމަކީ އުބައިދަށް އެހާ ފަސޭހަކަމެއް ނޫނެވެ. ހަނދާން ކުރަން ބޭނުންނުވާ ހަނދާންތަކެއް އާވާތީއެވެ. “އަޅުގަނޑު ވިސްނާނަން..” ރާސިލް ވިސްނާނެ ކަމަށް ބުނެ އެތަނުން ނިކުތީ ހުއްދަ ހޯދުމައްފަހުގައެވެ.

އަޅި ކުލައިގެ ބޮޑު ޑަބަލު ބެޑުގައި ރާސިލް ޖައްސާލީ ބޮލަށް ބާރުކުރުމުންނެވެ. އަމޭލިއާ މަތިން ހަނދާން ނައްތާލުމަކީ އެހާ ފަސޭހަ ކަމެއް ނޫނޭ ހިތް ބުނަމުންދާއިރު ސިކުނޑި އެއާ ހިލާފައެވެ. އަމޭލިއާ ދެކެ ލޯބިވެވެން ފެއްޓީ ކޮންއިރަކު ކަމެއްވެސް ނޭނގެއެވެ. ބާލީހެއް ނަގައި މޭމަތީގައި ބާއްވާލީ ސީލިންއަށް ނަޒަރު ހުއްޓައިލައިގެން އޮވެއެވެ.

………..

އޮފީސް ތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލަ އިން އަމޭލިއާ ހުއްޓުނީ މާޒިން ގޮވާލުމުންނެވެ. “މާޒިން.. އަހަރެން ބޭނުން އަހަރެންގެ ކުޑޭއަށް އިންސާފު ލިބެން.. މިހާ ދުވަހު ކިޔެވީވެސް މިބޭނުމުގަ.. އެއީ އައްއަހަރު ކުރީގެ މައްސަލައެއް.. އަހަރެންނަށް ވާނެތަ.. ވަރަށް ބޭނުން އިންސާފު ހޯދަދޭން” އަމޭލިއާގެ ސުވާލުން މާޒިންގެ ސިކުނޑީގައި ސުވާލު މާރކުތަކެއް ޖެހުނެވެ. “އެމީ..” އަމޭލިއާއަށް މާޒިން ބުނަން އުޅުނު އެއްޗެއް އެނގޭކަހަލައެވެ. “މިރޭދޯ.. ހަމަޖެހިލައިގެން” އަމޭލިއާގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމާއި ހިތާމައެވެ. އަމޭލިއާއަށް އައިސްފައިވާ ބަދަލުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން މާޒިންއަށް އެނގުނެވެ. އެހެންކަމުން އަމޭލިއާ އެދުނު ގޮތަށް މިރޭ ބައްދަލު ކުރަން ނިންމީ ހިތުގައިވާ ސުވާލުތަކުގެ ޖަވާބު ލިބޭނެކަމުގެ އުންމީދުގައެވެ.

…..

ހަވީރުގެ ހިތްގައިމު ވަގުތުގައި އޮފީހުން އައިގޮތަށް އަމޭލިއާ ޓެރަހަށް އެރީ ބޮލަން ލުޔެއް ލިބޭތޯއެވެ. އުޑުމަތި ސާފުކަމުން އެންމެ ވިލާކޮޅެއްގެ ހިސާބުވެސް ފެންނަން ނެތެވެ. އަމޭލިއާ އުޑުމައްޗަށް ބަލާލީ ހިތްހަމަޖެހޭތޯއެވެ. “ކުޑޭ… އެއް އިރެއްގަ އަހަރެމެންގެ ދިރިއުޅުންވެސް މިހާ ސާފު ދޯ.. ނޫކުލައިގެ ބޮޑު އުޑުގައި އެއްވެސް އެއްޗެއް ނެތް…. ކުޑޭ.. ވަރަށް ހަނދާންވޭ” އަމޭލިއާ އާތިފުއާއެކު ޖެހި ސަކަރާތްތަށް ލޮލު ކުރިމަތިން ސިފަވާކަހަލައެވެ. ކޮންމެ ގޮތެއް ހަނދާފައިވެސް މިފަހަރު އާތިފްއަށް އިންސާފު ހޯދަދޭނަމޭ އަމޭލިއާގެ ހިތްބުނެލިއެވެ.

ފަސްއެނބުރި ހިނގައި ގަންނަން އުޅުނު އަމޭލިއާ ހުއްޓުނީ ރާސިލް ފެނުނުކަހަލަ އިހްސާސް އެއް ވެގެންނެވެ. ބާރު ބާރަށް ތެޅެމުންދިޔަ ހިތަކާއެކު ރީޗަށް ކުރިމައްޗަށް ބަލާލީ ރާސިލް ފެންނާނެ ކަމުގެ އުންމީދުގައެވެ. އެހެން ނަމަވެސް ރާސިލްގެ ހިޔަނިވެސް ފެންނަންނެތެވެ. އަމޭލިއާ އެތަށް އިރަކު ރާސިލްމެންގޭ ޓެރަހަށް ބަލަން އިނުމައްފަހު އެތެރެއަށް ވަންނަން ހިނގައިގަތީ ނާއުންމީދުގައެވެ.

ކަރުގައި އެއްއަތުން އުނގުޅާލީ ބޮލުގައި ބޮޑު ރިހުމެއް އެކުލެވިފައިވާ މީހެއްހެނެވެ. ރާސިލް ޓެރަހުގެ ފާރުގައި ލެގިލީ މޭގައި ފިރުމަމުންނެވެ. އަމޭލިއާ ފެނުމުން އުފާވުމުގެ ބަދަލުގައި މިހާރު ހިތުގައި އަޅަނީ ވޭނެވެ. އަމޭލިއާ ދެކެ ތެދުވެރި ލޯބިވާއިރުވެސް އެކަން އަމޭލިއާއަށް އިހްސާސް ނުވާތީ އެކަމާ ރާސިލް ދެރަވެއެވެ. އެތަށް އިރަކު އެހެން އިނުމައްފަހު ރާސިލް ހިނގައިގަތީ އަމޭލިއާ ކުރިމައްޗަށް ދެން ދުވަހަކުވެސް ނޭރޭތޯ ދުއާ ކުރަމުންނެވެ.

………

“މަންމާ.. އަޅުގަނޑު އަންނާނަށް ބޭރަށްގޮސް.. ވަރަށް އަވަހަށް އަންނާނަށް އެނގޭ.. ޒީވެސްދޭ” އަމީނާއަށް އިތުރު ސުވާލެއް ކުރުމުގެ ފުރުސަތު ނުދީ އަމޭލިއާ ހުރިހާއެއްޗެއް ކިޔާލިއެވެ. “އަވަހަށް އަންނާތި” ހީލުމައްފަހު އަމީނާ އަމޭލިއާއަށް ހުއްދަ ދިނީ އަމޭލިއާ ދާންބޭނުންވެފައި ވާމިންވަރު ހާމަވުމުންނެވެ.

ދުނިޔެ މައްޗަށް ޖެހެމުންދިޔައީ ތެއްފިނިވައެވެ. ވިއްސާރަ މޫސުން ގޮސް އިރުވައި މޫސުމައް އަޅާއިރުވެސް ދުނިޔެ މައްޗަށް އެއްވެސް ކަހަލަ ބަދަލެއް ނާދެއެވެ. މަޑު ފިޔާތޮށި ކުލައިގެ ޖިލްބާބެއްގައި ޑިޒައިން ޝޯލްއެއް އަޅައިގެން އަމޭލިއާ އިނީ އެއްވެސް މޭކަޕެއް ނުކޮށެވެ. މޭކަޕަކާ ނުލައިވެސް އެލޮބުވެތި މޫނަށް އެތަށް ބަޔެއްގެ ހިތް ކިޔާނެކަން ޔަގީނެވެ. މާޒިން އަންނަނީ ކަމަށް ބުނުމުން އަމޭލިއާ ގޭދޮރުމަތީގައި މަޑުކޮއްލީ އެއްގޮތަކަށްވެސް ރާސިލްއާއި ދިމާވާނެކަމުގެ އުންމީދުގައި އެއްނޫނެވެ. ބާރު ބާރަށް ނިކުތް ރާސިލް ފިޔަވަޅުތައް ގަނޑުލީ ކުރިމަތިން ފެންނަން ހުރި ޕަރީއެއް ފަދަ އަމޭލިއާ ފެނުމުންނެވެ. އަމޭލިއާ ކޮންމެ ގޮތަކަށް ކަންތައް ކުރިކަމުގައިވިޔަސް ރާސިލްގެ ހިތަކީ އަމޭލިއާގެ މިލްކެއްކަން ރާސިލް ގަބޫލު ކުރެއެވެ. ހަތަރު ކަޅި ހަމަވި ދެޒުވާނުންނަށް އެކަކު އަނެކަކަށް ބަލަހައްޓައިގެން އިނީ ފުން ކަނޑަކަށް ގެނބިގެންދާ ކަހަލަ ގޮތަކަށެވެ. ދެމީހުން އެކަކު އަނެކަކު ދެކެ ވަނީ ހަގީގީ ލޯތްބެވެ. އެހެން ނަމަވެސް ދެމީހުންވެސް ބޭނުންވަނީ ލޯބިވާ ކަމުގެ ހެއްކެވެ. އެކަމަކު ކެރިގެން ކުރިމަތިލާނެ މީހަކު ނެތެވެ.

“އެމީ.. އެމީ” އަމޭލިއާ ދެފަރާތަށް ބޯތަޅުވާލީ މާޒިންގެ އަޑު އިވުމުންނެވެ. “މާޒިން.. ހިނގާ” އަމޭލިއާ މާޒިންއަށް ހިނިތުންވުމެއް ރައްދުކުރުމައްފަހު ސައިކަލު ފަހަތައް އެރީ ރާސިލްއަށް ފުރަގަސްދެމުނެނެވެ. އަމޭލިއާގެ އެއަމަލުން ރާސިލްއަށް ނެގުނީ މުޅިން އެހެން މާނައެކެވެ.

“ބޭބީ… ކޮންތާކަށް ތިދަނީ” ނޫރާ އައިގޮތަށް އައިސް ރާސިލްގެ ގައިގަ ބައްދައިގަތީ އައްޓަމަހެއް ހެނެވެ. “ނޫރާ މީ މަގުމައްޗޭ” ނޫރާގެ ދެކޮނޑުގައި ހިފައި ދުރުކޮއްލަމުން ރާސިލް ބުންޏެވެ. “ނޫރާ… ނޫރާ ބޭނުންވަނީ މެރީ ކުރާކައްނު.. ސޯ ލެޓްސް ގެޓް މެރިޑް” ރާސިލް ކައިވެނި ކުރުމައް އެއްބަސް ވުމުން ނޫރާ ފުއްމަ ފުއްމާފައި ހަޅޭލަވަމުންދިޔައެވެ. ނޫރާގެ އެ ސަކަރާތަށް ނުބަލައި ރާސިލް ގެއަށް ވަނީ ބޭރަށް ދާން އިތުރަށް ބޭނުން ނުވާތީއެވެ.

……..

ދޮންވެލިގަނޑު މަތީގައި އަމޭލިއާ ހުސްފަޔާ ހިނގަމުން ދިޔަ އިރު އެފިޔަވަޅު ތަކުގެ މައްޗަށް ފިޔަވަޅު އަޅަމުން މާޒިން ދިޔައީ އެކަމުންވެސް ހިތައް ހަމަޖެހުން ލިބޭ މީހެއް ހެނެވެ. “އެމީ.. ދެން ހިނގާބަލަ އިށިންނަން” ވެސްޓްބީޗުގައި ހިނގާތާ މިހާރު ފަނަރަ މިނެޓް ވެދާނެއެވެ. އަމޭލިއާގެ މަޑު އަތްތިލައިގައި ހިފުމައްފަހު ދޮންވެލިގަނޑު މަތީގައި މާޒިން އިށީނީ އަމޭލިއާ އާއި އެކުގައެވެ. “މާޒިން” މާޒިން ހިފަހައްޓައިގެން ހުރި އަތް ނައްޓުވާލަމުން އަމޭލިއާ މާޒިންއަށް ގޮވާލިއެވެ. ރާޅު ޖަހަމުންދާ މަންޒަރަށް ބަލަހައްޓައިގެން ދެމީހުންތިބީ ވާހަކަ ފަށާނެގޮތެއް ނޭނގިއެވެ. މޫދުގެ ލޮނުގަނޑަށް އެޅިފައިވާ އެކި ކުލަ ކުލައިގެ ލައިޓުތަކުން މުޅި ތަނަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ.

“މާޒިން” އަމޭލިއާ މާޒިންއަށް ގޮވާލީ މޫދުގެ ލޮނުގަނޑަށް ނަޒަރު ހުއްޓާލަމުންނެވެ. “ކުޑޭ ނިޔާވިކަން އިނގޭ ދޯ.. ޒީ ރައްޓެހިވެގެން އުޅުނީ އަހަރެންގެ ކުޑޭއާ.. ޒީ ނުބުނޭތަ” ޒީނަގެ ފަރާތުން އާތިފް ނިޔާވި ހަބަރު މަޒިންއަށް ވަނީ ލިބިފައެވެ. އެހެން ނަމަވެސް އެއީ އަމޭލިއާގެ އެއްބަޑު ކުއްޖެކަން އެއީ އާހަބަރެކެވެ. ” ތުއްތު ނިޔާވީ ޖަލުގައި.. ނޫން ހަމަ މަރާލީ” އަމޭލިއާގެ ލޮލަށް ޖަމާވަމުންއައި ކަރުނަތަށް ބަނޑުން ކޮއްލީ އިތުރަށް އެލޮލުގައި ޖާގަ ނެތުމުންނެވެ. އަމޭލިއާ ކަރުނަތަށް ހިންދާލީ ރޯން ބޭނުންނުވާތީއެވެ. ފެށިގެން ނިމެންދެން އާތިފްއަށް ވީގޮތް ކިޔައިދީ ނިމުންއިރު އަމޭލިއާއަށް ވަނީ ހަމަރަނގަޅަށްވެސް ރޮވިފައެވެ.

އެތަށް އިރެއްވަންދެން ރުއިމަށްފަހު އަމޭލިއާ މާޒިންއާ ދިމާލަށް ބަލާލީ މާޒިންގެ ހިލަމެއް ނުވުމުންނެވެ. ކަޅިޖަހާ ނުލާ ބަލަން ހުރި މާޒިންގެ އެބެލުމުން އަމޭލިއާއަށް އުދަގޫވިއެވެ. އިސްޖަހާލީ އެދެލޮލާ ކުރިމަތި ނުލުމަށެވެ.

“އެމީ.. އެމީ ރޯން ބޭނުން ކޮންމެ ގަޑިއެއްގައިވެސް ރޯންވީ.. އެކަމަކު އަހަރެންގެ ކުރިމަތީގައި އެނގޭ.. އެމީ ރޯއިރު އަގްލީ ޑަކްލިންގް އައްވުރެއްވެސް ހަޑި” އަމޭލިއާ ކަރުނަތަށް ފޮހެމުން ހީލީ މާޒިންއަށް ބަލާލަމުންނެވެ. “އެމީ.. ތި މައްސަލަ ފުރަތަމަ ޖެހޭނީ ކޯޓަށް ހުށައަޅަން.. އެކަން އަހަރެން ކޮއްދޭނަން… އެކަމަކު ތިބުނާ ޕޮލިހުން އެނގޭނެތަ އެމީއަށް” މާޒިންގެ އެ ސުވާލުން އަމޭލިއާ ހާސްވިއެވެ. އަމޭލިއާއަށް ދިމާވި ކަންތަށް ފިޔަވައި ހުރިހާއެއްޗެއް މާޒިންއަށް ކިޔާދެވިއްޖެއެވެ. އޭގެ އިތުރަށް މާޒިންއަށް އެނގެން ޖެހޭނެކަމަށް އަމޭލިއާ ގަބޫލެއް ނުކުރެއެވެ. “އާން އެނގޭނެ އެމީހުން ފެނުނީމަ.. އެކަމަކު މިކަން ވާނެތަ.. އަހަރެން ވާނީ ލޯޔާރއަށް.. ކުޑޭ ނެތެއް ކަމަކު އަހަރެންނަށް އެމީހުންނާ ކުރިމަތި ލެވޭނެ” އަމޭލިއާ އެހެން ބުންޔެއް ކަމަކު އެއި ދޮގެކެވެ. އެ ނުބައި ނުލަފާ ޖަނަވާރުންނާ ކުރިމަތި ލާނީ ކިހިނަކުން ހެއްޔެވެ. އެހެން ނަމަވެސް ތުއްތުއަށް ޓަކާ މިކަންތައްވެސް ކުރާނަމެވެ. މާޒިން އަމޭލިއާގެ ކޮޑުގައި އަތްބާވާލީ ހިތްވަރު ދިނުމަށެވެ. އަދި ކޮންމެ ކަމެއްގައިވެސް އެކީގައި ވާނެކަމަށް ބުނަމުންނެވެ.

ނުނިމޭ……

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kamana

Level 310 Stories500 Comments100 Comments

Other Articles

Previous

ހިތް އެދެނީ 10

Next

ދޭނަން ހިތާ ޖާނާ..! 12 ވަނަ ބައި

Next
February 16, 2016

ދޭނަން ހިތާ ޖާނާ..! 12 ވަނަ ބައި

Previews
February 16, 2016

ހިތް އެދެނީ 10

19 Comments!

  1. nukks says:
    February 16, 2016 at 8:33 pm

    Yey. Em frst.. Hama obi.. Avahah upp kurahchey

  2. twnkl str says:
    February 16, 2016 at 8:34 pm

    Yeyyyyy im first…kamanaaaa…hama habeys ingey????

  3. Zu says:
    February 16, 2016 at 8:52 pm

    Dhen haadha eyy kury ?? thankolheh dhigu khdhyba.. by the way v rythi engey.. ??

  4. Aaf says:
    February 16, 2016 at 8:57 pm

    Haadha kury thankolheh dhigukoh gensdhynamaenu komeh faharakuvs bunaane miyavureh dhigukoh genes dhanamy ekam vaahaka varah nice

  5. Ily says:
    February 16, 2016 at 9:00 pm

    Wowww ekam thankolheh kuru hen hevey mi part
    V reethi

  6. Biggest fan of u says:
    February 16, 2016 at 9:15 pm

    Vvvvvvv reethiiiiiii just love this storyyyyyyyyyyyyyyyyy………..kamana u are the best ….but haadha kurey ……plx next part maadhan up kohdhybaa…. plxxxxxxxxxxxxx….

  7. aa says:
    February 16, 2016 at 9:29 pm

    Raasil r emy r gulhuvabrrrr… plxxxxxxxxxx… i luv this stry.. waitin waitin .

  8. mary says:
    February 16, 2016 at 9:32 pm

    Ehfaharu kudey…
    Anehfaharu thuhthu…
    Vaanuvaa neyge

  9. munee says:
    February 16, 2016 at 9:40 pm

    vvv nice.

  10. tweeety says:
    February 17, 2016 at 1:08 am

    Vaahaka hama ok. Ekam vaki field eh ge character eh genes dhey kamugaivaanama e field eh ge mauloomaath rangalhah olhun filaafa hurun muhimmi. Misalakah ameyliya ge thuthu ge massla court akah hushaeh neylheyne. Enmme furathama fulhuhah dhen eyge emachchah dhaani. So liyun theriya mikahala mauloomaathu furihama ah genes dheynama adhi vrah bodah vahaka reethi vaane.

    1. kamana says:
      February 17, 2016 at 7:32 am

      Heyy tweety. I knw eha research rch eh nukureveykann. Polihah mahsala husha alhaa court aa hama gendheveynii varaha masaikathunn adhi haasa koh ekahala kameh vefa huri kuhjeh. Polihunge thereinn myheh vihyaa police station in mahsala nimign dhaanii. So u’ll need someone emahsala court aa hisaabah gendhann. Dnt u agree??

  11. naax says:
    February 17, 2016 at 1:25 am

    Kamanaa hama habeys

  12. Aimsithu says:
    February 17, 2016 at 1:32 am

    Thankolheh avahahh update kohllachey

  13. rakin says:
    February 17, 2016 at 8:28 am

    Next part adhi v kandu adeega dhw kamanaaa

  14. kamana says:
    February 17, 2016 at 11:14 am

    Guyxxxx 1 day dhookoh up kurymavx lastha??. I do upload ehnu enme ep ehvx vahtaanulaa. Knm dhuvahakutha up kuran vy. ??
    BTW. THNK U GUYXX FOR ENJOYING THS PART. ????

  15. misty says:
    February 17, 2016 at 1:53 pm

    Alhey.. Noooooon.. Raasil as ameyliaa gulhu vaba Plx
    BTW story varah obi

  16. tweeety says:
    February 17, 2016 at 6:12 pm

    Kamanaa. Raajjeyga onnanii ehn noon. amilla ah criminal case thakeh file eh nukureveyne. Police integrity commission eh onnane police ekmauga involved kameh viyya. Ethanun nimma nimmumakah pg through koh case file kuraaani.

    1. kamana says:
      February 17, 2016 at 8:04 pm

      Thnk u so much. I’ll take tht in my mind. Thnk u ?

  17. visnun says:
    February 17, 2016 at 10:01 pm

    mee story eh vee ma hiyaaly gothah liyevun ae massala eh kamakah nufeney.. thibunaaha step akun story kuriyah gedhan vehjya hus e haasaru boduvegen story nunimi ulheyny…emiliya ge family in kurin massakai kurieh nu thi masala police through koh vey tho ves… ehn v ma fudhey varakah hamajehey hen hyvany… nice story… avahah upkohdhyba… and plx maaxin aa emiliya a gulhuwaany…he waited for so long .. he deserve emy

Comments are closed.

Next Episodeކުރަމުން ތިދާހާ ގޯނާ 13..←


All Right Reserved!