“ޝައިމަން” ޝައިމަން ކޮއްލި ކަމަކުން އަތޫޝާ އިނީ އަޖައިބު ވެފައެވެ. “މި ކުޑަ ރަބަރު ގަނޑަށް އަނިޔާއެއް ދޭންތަ މި އައްސައިގެން ތިއުޅެނީ….. ހެޔޮވާނެތަ” އަތޫޝާގެ ބޮޑު ފަން އިސްތަށިގަނޑުގައި އައްސާފައިވާ ރަބަރު ގަނޑު ނައްޓާލަމުން ޝައިމަން ބުންޏެވެ. އަތޫޝާއަށް ކަޅި ޖަހާނުލާ ޝައިމަންއާ ދިމާލަށް ބަލަން އިނދެވުނެވެ. އެއްމިޔަނަކުން ހީލައިގެން ހުރި އިރު އެ ހިނިތުންވުން ނުފެންނަތާ އެތަކެއް ދުވަހެއް ވެދާނެއެވެ. ޝައިމަން ކިތައްމެ ނޫން ކަމަށް ހެދުނަސް އަތޫޝާގެ ރީތިކަމަށް ބެލެނީއެވެ. މޫނުމަތިން ކިތައްމެ […]
“ބުނަން މަމްދޫހު.. އަހަރެންގެ އެހީއެއް ދުވަހަކު ތިކަހަލަ މީހަކަށް ނުދޭނަން… އެރޭ ތި ލޯބިވާ މީހާއަށް އަނިޔާ ކުރި އިރު އަހަރެންގެ ދެލޮލުން ދުށީމޭ…. ބުނަން އަތޫޝާއާ ދިމާލަށް ދެން ތި ދެލޮލުން ބަލާލިޔަސް މަމީ ނުބައި މީހެއްކަން އަންގާލާނަން…..” ޝައިމަންގެ މޫނުމަތިން ފެންނަމުން ދިޔައީ ނަފްރަތެވެ. “ޝައިމަން.. ޕްލީޒް” މަމްދޫހުއާއި ދިމާލަށް ބަލަން ހުރި ޝައިމަންއަށް ސިހުންކަން ލިބުނީ މަމްދޫހު ޝައިމަންގެ ކޮނޑުގައި ދެތިން ފަހަރު ޖަހާލުމުންނެވެ. އަތޫޝާއާއި މަމްދޫހުއާއި އެކަށީގެން ނުވެއޭ އެތަށް ފަހަރު […]
“މަންމާ” އާޝިޔާ އާއި އާދިލްއަށް ދޮރާ ދިމާލަށް ބަލާލެވުނީ އެއްފަހަރާއެވެ. އާޝިޔާގެ މޫނުމަތިން ފާޅުވާން ފެށީ ދާތިކިއެވެ. “ދެން އެތެރެއަށް ވަދެބަލަ.. ދޮރު ބަންދު ކޮއްގެން އެބަ އިނދޭ” ސަނާ އެއް އަރިއަކަށް ކޮއްޕާލަމުން މަމްދޫހު ގޭތެރެއަށް ވަނީ އާޝިޔާ އާއި އާދިލް އަށް ހިނިތުންވުމެއް ރައްދު ކުރަމުންނެވެ. “ދަރިފުޅާ ދޭ އަވަހަށް ފެންވަރައިގެން އަންނަން… ” އާޝިޔާ މަމްދޫހު އާއި މުހާތަބުކޮށް އެހެން ބުނުމުން މަމްދޫހު މިއަންނަނީ ކަމަށް ބުނެ އެރީ މައްޗަށެވެ. “ނަސީބެއް އަޑެއް […]
އަތޫޝާގެ މޫނުމަތީގައިވީ ހިނިތުންވުން ފިލާ ދިޔައީ މަމްދޫހުގެ މޫނުމަތީގައިވީ ކުލަވަރު ފެނިއެވެ. ދެފިޔަވަޅު ފަހަތަށް ޖެހެވުނީ ބިރުންނެވެ. މަމްދޫހުގެ މޫނުމަތިން ފެންނަމުން ދިޔައީ ނުރުހުމެވެ. ދެންމެ ދެންމެ އަތޫޝާގެ އަތުގައި ހިފައި އެހިސާބުން ދުރަށް ގޮސްދާނެހެން ހީވެއެވެ. އަތޫޝާ މަމްދޫހު އާއި ދިމާލަށް ބަލަން އިން އިރު މަމްދޫހުވެސް ހުރީ ކަޅި ޖަހާނުލާ އަތޫޝާ އާއި ދިމާލަށް ބަލަންށެވެ. ހަމަ ހިމޭން ކަމުގެ ވަގުތު ފާއިތުވީ ޝައިމަން އައިސް އަތޫޝާއާއި އަރާ ހަމަވުމުންނެވެ. “ކިހިނެއްވެފަ ތި ދެމީހުން […]
“އަތޫޝާ މިހާރު އަހަރެން ދެކެ ބިރުވެސް ގަންނަނީތަ” އައި ރުޅިމަތީގައި މަމްދޫހު މިސްރާބު ޖެހީ ބޭރަށެވެ. މަމްދޫހު ދިޔަ ދިމާލަށް އަތޫޝާ ބަލަން އިނީ ހާސްވެފައެވެ. އަނެއްކާ މަމްދޫހު އެއުޅެނީ ކީއްކުރަންބާއެވެ. ހަނދުވަރުގެ އަލިން މުޅިތަން އަލި ކޮއްލާފައިވަނީ ވަރަށްވެސް ފުރިހަމައަށެވެ. ޖެހެމުންދާ ފިނި ވައިރޯޅިން މީހާގެ ގައިން ހީބިހި ނަގައެވެ. މަމްދޫހު މަޑު ހިނގުމެއްގައި ނިކުތީ ގެއާ ދިމާ އަތިރި މައްޗަށެވެ. އިވެމުން ދިޔައީ ރާޅުޖަހާ އަޑާއި ބޯގަސްތަށް ކައިރިން އިވިއިވި ހުރި ސޫފީގެ އަޑެވެ. […]
“އެކްސިޑެންޓް ފްރީކް…. ސޮރީ… ބަޓް އައި ރިއަލީ ވޮނަ ޑޫ ދިސް” ޝައިމަން އެހެން ބުނެ އަތޫޝާގެ ކަނދުރާގައި އެބާރުގަދަ އަތުން ވަށާލުމައްފަހު އަތޫޝާގެ ތުންފަތުގައި ބޮސްދިނެވެ. އެކަހަލަ ކަމަކަށް ތައްޔާރުނެވެ އިން އަތޫޝާގެ ދެލޯ ބޮޑުވިއެވެ. އެއްވެސް ހަރަކާތެއް ކޮއްނުލައި އަތޫޝާ އިނީ ޝައިމަންގެ އެ އަމަލުން ރުޅިއައިސްގެން ކަމެއް ނޫނީ ރުހިގެން ކަމެއް ނޭނގެއެވެ. “ޝައިމަން…. ކީކޭތަ ހިތައް އަރައިގެން ތިއުޅެނީ” ޝައިމަންގެ ކޯތާފަތަށް އަތޫޝާދިން ދެވަނަ ހަމަލަވީ ހަނދާނުން ނުނެތޭނެ ކަހަލަ ހަމަލައަކަށެވެ. […]
“ނޫން.. ހިނގާ ދާން… މިހެން އުޅެންޔާ އަބަދު އުޅެން ޖެހޭނީ ފިލައިގެން” ދެލޯ ފޮހެލުމައްފަހު އަތޫޝާ ކުރިއަށް ހިނގައިގަތެވެ. “ކޮބާ… އޭ ޗުއިންގަމް އަވަސް ކޮއްބަލަ… މިމީހުންނާ ހެދި ކަމެއް ނުވާނެ.. އަވަސް” ޝަމްހާ އާއި ސަނާ ބަލާލީ ޝައިމަންގެ އަޑަށެވެ. ލޯންޗްއަށް އަރާ ހަމަޖެހިލި މަމްދޫހަށް ބަލާލެވުނީ ދުރުން އަންނަ އަންހެން ގްރޫޕްއަށެވެ. ބޭއިހްތިޔާރުގައި ކޮޅަށް ތެދުވެވުނީ މަޑު ހިނގުމެއްގައި އަންނަ އަތޫޝާ ފެނިއެވެ. “އަވަސް” ޝައިމަން ޝަމްހާ އެރުވުމަށް އަތް ދިއްކޮއްލަމުން ބުންޏެވެ. ސަނާ […]
އަތޫޝާގެ މޫނާ މޫނު އެންމެ އިންޗިއެއްހާ ކައިރިވުމާއެކު އަތޫޝާ ލޯހުޅުވާލީ ބިރެއް ފެނިގެން އުޅުނު މީހެއް ހެނެވެ. އަތޫޝާ ދެލޯ ބޮޑުކޮއްލައިގެން އިން އިރު އިނީ ގުނޑިލަންވެސް ނޭނގިފައެވެ. “ޕިސް ޕިސް…. ތިއޮށް ދިގު އިސްތަށި ގަނޑެއްދޯ… އަހަރެން ހިތައް އަރާ އަންހެން ކުދިން އިސްތަށި ގަނޑު ދިގުކުރަނީ ކީއްކުރަންބާއޭ…” އަތޫޝާ ފަހަތަށް ކުޑަކޮށް ކޮއްޕާލުމަށްފަހު ޝައިމަން އަވަސް އަވަސް ކޮއްލައިގެން ތެދުވީ އެތަނުން ދިޔުމަށެވެ. އޭރުވެސް އަތޫޝާ އެއިންގޮތަށް ދެލޯ ބޮޑުކޮއްލައިގެން އިނެވެ. “ޔޯ… ހާދަ […]
“އޭ އެކްސިޑެންޓް ފްރީ… ދޮރުހުޅުވަބަލަ” ދޮރުގައި ތަޅަމުން ޝައިމަން ކިޔަމުންދިޔައެވެ. ޝައިމަން އެއުޅެނީ ކީއްކުރަންބާއެވެ. އަތޫޝަގެ ސިކުންޑިއަށް އައި ހިޔާލުތަކުން އަތޫޝާ ބިރުގަތެވެ. އަދި ދޮރާ ދުރަށް ޖެހިލެވުނީ ޝައިމަންގެ އަޑު ގަދަވަމުންދާތީއެވެ. “ޝާޝާ… ދޮރުހުޅުވަބަލަ” އިވުނީ ސަނާގެ އަޑެވެ. އަތޫޝާ ދުވެފައިގޮސް ދޮރުހުޅުވީ ސަނާއާއި ބައްދަލު ކޮއްލާހިތްވެފައި ވާލެއް ބޮޑުކަމުންނެވެ. “އަހަރެން ގޮވާ ގޮވާވެސް ނުހުޅުވި.. އެކަމަކު އެންމެ ފަހަރަކު އެކުއްޖާ ގޮވީމަ ހުޅުވައިފި،…. ރަނގަޅު” ޝައިމަން އަތޫޝާ އާއި ދިމާލަށް ލޯއަޅާލަމުން ބޭރަށް ނިކުތީ […]