Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ކުރަމުން ތިދާހާ ގޯނާ 10..

kamana
February 12, 2016
5 Mins Read
49 Views
36 Comments

އަމޭލިއާ އިރުއިރު ކޮޅާ ފަހަތަށް ބަލާލަމުން ދިޔައީ ރާސިލް ފަހަތުން އާދޭތޯ ބެލުމަށެވެ. ރާސިލް ހުރުމުން ނޭނގޭ ސަބަބަކާ ހުރެ ރައްކާތެރިކަން އިހްސާސް ކުރެވެއެވެ.

ގެއާ ހަމައަށް ފޯރިއިރުވެސް ވެހެމުންދިޔަ ވަރޭއަށް ބަދަލެއްނާދެއެވެ. އަމޭލިއާ ގެއަށް ވަންނަމުން ފަހު ފަހަރަށް ފަސް އެނބުރި ބަލާލިއެވެ. “ގުޑް ނައިޓް ވައިފީ” ރާސިލް އެއްލޯ މަރާލަމުން ހަނައަޅާލީ އަމޭލިއާއަށް ޖެއްސުން ކޮއްލުމަށެވެ. އަމޭލިއާ ތުންއަނބުރާލުމަށްފަހު އެތެރެއަށް ވަނީ ކުޑަކޮއް ދުވެލާފައެވެ. ރާސިލް ގެއަށް ވަނުމަށް މިސްރާބު ޖެހި އިރު އެތުންފަތް މަތީގައި ވަނީ ފުން ހިނިތުންވުމެކެވެ.

“އެމީ…” މިފްޒާލު އައިގޮތަށް އަމޭލިއާ ގައިގަ ބައްދާލީ ހިތްހަމަޖެހުމުގެ ނޭވާއެއްލަމުންނެވެ. “ދަރިފުޅާ.. ކީއްވެ ފޯނު ނުނެގީ.. ކިހާ އިރެއް ގުޅާތާ.. ދަރިފުޅަށް ކަމެއް ވީ ކަމަށް ހީކޮއް” އަމީނާ އަމޭލިއާ ކައިރިއަށް އައިސް ހުއްޓުނު އިރު ހަމަ ރަނގަޅަށްވެސް ވަނި ރޮވިފައެވެ. “އޯހް މަންމާ.. ކާރެއް ނުލިބުނީމަ ހިނގާފައޭ މިއައީ.. ދެން ވާރޭތެރޭގައި ފޯނެއް ނުނެގޭނެއެއްނު” މިފްޒާލުއާ ދުރަށް ޖެހިލަމުން އަމޭލިއާ ބުނީ ފަހަރަކު މީހަކު މޫނަށް ބަލާލަމުންނެވެ. މިރޭ ދިމާވި އެއްވެސް ކަމެއް ގޭ އެކަކާވެސް ހިއްސާނުކުރީ އެމީހުން އެކަމާ ދޭތެރޭ ވިސްނާނެކަން އަމޭލިއާއަށް އެނގޭތީއެވެ.

“ދަރިފުޅާ ދެންދޭ އަވަހަށް އެއްޗެހި ބަދަލު ކުރަން.. މަންމަ ކޮފީއެއް ގިރާދޭނަން އޭރަށް” އަމީނާ ލޯބިން އަމޭލިއާ ގައިގަ ފިރުމަމުން ބުންޏެވެ. “ނޫނޭ މަންމާ.. މިރޭ ދެން ނިދާލާނީ.. ވަރަށް ވަރުބަލި.. ބައްޕާ.. އަޅުގަނޑަށް ނުވެއޭ އެއްވެސް ކަމެއް…” އަބްދުލް ރަހުމާނު އަމޭލިއާ ދިމާލަށް ދެރަވެފައި ބަލަން ހުރުމުން އަމޭލިއާއަށް ނުހުރެވިގެން ބުންޏެވެ. އަމޭލިއާ ޔަގީންކަން ދިނުމުން އަބްދުލް ރަހުމާނު ބޯޖަހާލީ ދެން ނިދަން ދާށޭ ބުނަމުންނެވެ.

ހޫނުފެނުން އަމޭލިއާ ފެންވަރާލީ އަރާމުކޮށް ނިދާލުމަށެވެ. ކުއިލްޓއް ދަށަށް ވަދެ ބާލީސް ތަކުގައި ބައްދާލި އިރު އަމޭލިއާގެ ތުންފަތުގައި ކުޅެލީ ލަދުރަކި ހިނިތުންވުމެކެވެ. ލޯމަރާލީ ރާސިލްގެ އަތުތެރޭގައިވީ ވަގުތު މަތިން ހަނދާންކުރަމުންނެވެ. އެހެން ނަމަވެސް ދެވަނަ ސިކުންތުގައި އަމޭލިއާއަށް ސިފަވީ ޝިކާރަވެރިންގެ އަތުތެރޭގައި އަމޭލިއާ ވަނިކޮށް ރާސިލް ހޭ މަންޒަރެވެ. އަމޭލިއާ ލޯ ހުޅުވާލިއިރު މުޅި މީހާ ވަނީ ދާހިއްލާ ފޯވެފައެވެ. އަތުޖެހޭ ހިސާބުގައިވި ފެންފުޅިން ފެންފޮދެއް ބޯލުމަށްފަހު ނިދަން އޮށޯތީ ބޭކާރު ހިޔާލުތަކާ ދުރުވަމަމުންނެވެ.

…….

އިރުގެ ރަންދޯދި ދުނިޔެއަށް ފެތުރެމުން ދިޔަ އިރު ރާސިލް ބޭރުގައި މަޑުކޮއްލައިގެން ހުރީ ބަލާ މީހަކު އަންނާނެ އިރަށެވެ. އެވަގުތު އޮފީހަށް ދާން ނިކުތް އަމޭލިއާ ފެނި ރާސިލް ތުންފަތުގައި ދުވެލީ ލާނެއް ހިނިތުންވުމެކެވެ. “ވައިފީ ސަލާމަތް ކުރަން ހަދައިގެން އަހަރެންގެ ސައިކަލު ބަހައްޓާފަ އާދެވުނީ.. ކާކު އެކަމަށް ޒިންމާ ނަގާނީ” އަމޭލިއާ ކައިރިއަށް އައިސް ރާސިލް ބުންޏެވެ. “ކާކު ބުނީ އަހަރެން ސަލާމަތް ކުރާށޭ… އެހެން ނޫނަސް ކޮން ވައިފީއެއްތަ.. ތިއުޅެނީ އަހަރެން މިހަކާ އިނަ ނުދޭންތަ..” އަމޭލިއާ ރާސިލްއާ ދިމާލަށް ބަލާލަމުން ބުނެލީ ރުޅިއައިސްހުރެއެވެ. “އިންނާނެ މީހަކު ނުވަންޔާ އަހަރެންވެސް މިހުރީނު.. އެކަމަކު އަމްމްމްމް އަހަރެންގެ ޓައިޕެއް ނުންތީކީ..” އަމޭލިއާއަށް މަތިން ފައްޓައިގެން ތިރިއަށް ބަލަމުން ރާސިލް ބުނެލީ ދަތްދޮޅީގައި ހަތް ކާތާލަމުންނެވެ. އަމޭލިއާ ރާސިލްއާ ދިމާލަށް ބަލަހައްޓައިގެން އިނީ ލޯ ހަނިކޮއްލަމުންނެވެ. އަމޭލިއާ އެއްޗެއް ބުނަން އުޅެފަވެސް ނުބުނީ މިފްޒާލް ސައިކަލި މަޑުކޮއްލުމުންނެވެ. ސައިކަލު ފަހަތު ސީޓުގައި އިށީދެ ހަމަޖެހިލުމަށްފަހު ރާސިލްއާ ދިމާލަށް ބަލާލުމަށްފަހު ދެފަރާތަށް ބޯ ތަޅުވާލައި “ޔޫ އާރ ނޮޓް މައި ޓައިޕް ޓޫ” އޭ ބުނެލީ ރާސިލްއަށް އެނގޭނެ ހެންނެވެ. ރާސިލް އަމޭލިއާ ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރީ ހެވިފައެވެ. “އޭ ބްރޯ ކޮން ކަމަކާ ތިހެނީ… ހިނގާ ދާން.. ގަޑިޖެހެނީ” ރާސިލް ކައިރިއަށް މަޑުކޮއްލި ސައިކަލުގައި ހުރި ޒުވާނާ ބުންޏެވެ. ” ކަމެއްނުވޭ.. ހިނގާ ދާން” ރާސިލް ސައިކަލުގެ ފަހަތު ސީޓުގައި ހަމަޖެހިލަމުން ބުނެލީ އަވަހަށް އޮފީހަށް ދިޔުމަށެވެ.

…….

މެންދުރުގެ ނާސްތާއަށް މޭޒުމައްޗަށް އަތުރާފައިވާ ސާމާނުތަކުން ދުވާ މީރުވަހުން ބަނޑުފުރޭހާއެވެ. “މަންމާ ހާދަ މީރުވަސް ދުވައޭ..” ރިއުފާ އައިސް ނާސިރާ ކައިރީގައި މަޑުކޮއްލީ ކާކޮޓަރީގައެވެ. ” ބައްޕަ ކާން އަންނާތީވެ.. ދަރިފުޅަށް މީރުއެއްޗެހިވެސް އެބަހުއްޓެއްނު.. ދޭބަލަ އަވަހަށް ފުރިޖްގަ އޮތް ޖޫސްފުޅި ހިފައިގެން އަންނަން.. ބައްޕަ އެއައީ ކަންނޭގެ” ގޭދޮރު ހުޅުވި އަޑު އިވިގެން ނާސިރާ އަތްމަތި އަވަސް ކޮއްލީ މަހްމޫދު އައުމުގެ ކުރިން ތަށިތައް ނެގުމަށެވެ.

“ދަރިފުޅުވެސް އެބައުޅެންތަ..” ރިއުފާ ފެނި މަހްމޫދު ސުވާލުކޮއްލީ މީ ރިއުފާގެ ކޮލެޖްގަޑި ކަމުގައި ވާތިއެވެ. “ޔެސް.. މިއަދު އަވަހަށް ކްލާސްތަށް ނިމުނު ދުވަހެއް.. ނަސީބެއްނު ނިމުނުކަން.. އެހެން ނޫންނަމަ ބައްޕައާއެކު ކެއުމުގެ ނަސީބު ނުލިބުނީސް” ރިއުފާ މަހްމޫދުގެ އަތުގެ މުލައްދަޑީގައި ހިފީ ކާކޮޓަރިއަށް ދިޔުމަށެވެ. ” ދަރިފުޅު ތިބުނީ ހަމަ ރަނގަޅަށް.. ހަމަ ނަސީބު.. ނާސިރާ.. އާދޭ ދެން..” ނާސިރާ އަދިވެސް ކެއްކުމުގަ އުޅޭތަން ފެނުމުން މަހްމޫދު ގޮވާލީ އެކީގައި ތިންމީހުން ކެއުމަށެވެ.

“ނޫރާ އާއި ރަސިލްގެ ކައިވެނީގެ ކަންތަކަށް ވީ ކިހިނެއް.. އުބައިދު ބުނި ދެން އަންނަ ހަފަތާގަ މަލެ އަންނަވާހަކަ.. އަހަރެންނަށް އަދި އެވާހަކަ ރާސިލްއާ ނުދެއްކިގެން މިއުޅެނީ މިނިސްޓްރީގައި ވަގުތު ހޭދަކުރަން ޖެހޭލެއް ބިޒީކަމުން.. ނާސިރާ ރާސިލްއާ އެވާހަކަ ދައްކައްޗޭ” މަހްމޫދު ރާސިލްގެ ކައިވެނީގެ ވާހަކަ ދެއްކުމުން ނަސިރާ ކުޑަކޮއް ހިތްހަމަ ނުޖެހުނެވެ. އެހެން ނަމަވެސް އެއްޗެކޭ ނުބުނީ މަހްމޫދުގެ ނިންމުން ބަދަލު ނުވާނެތީއެވެ. “އެންމެ ރަނގަޅު.. ވަގުތެއް ވީއިރަކުން ތިވާހަކަ ދައްކާނަން” ނާސިރާ އަށް އެނގޭހާވެސް އެއްޗަކީ ރާސިލް އައްޓަކައި ވިހި އަހަރަށް ވުރެއް ގިނަ ދުވަސްވީ ރައްޓެހި ކަމެއްގައި މަހްމޫދު ކޮޅުފައިން ނުޖަހާނެ ކަމެވެ.

……..

ދިއްލާފައިވާ ރަތް ބޮކިތަކުން މުޅި ތަނަށް ވަނީ ފަނޑު އަލި ކަމެއް ފަތުރާލާފައެވެ. ރޭގަނޑުގެ އެ ހަމަހިމޭން ވަގުތުގައި އަމޭލިއާ އާއި ޒީނާ ކޮފީ ޝޮޕް ގައި އިނީ ކޮފީއެއް ބޯންށެވެ. “އެމީ.. އެމީ.. ކިހިނެއްވެފަ” އެއްތަނަކަށް ބަލަހައްޓައިގެން އިން އަމޭލިއާ ސިހުނީ ޒީނާ ގޮވާލުމުންނެވެ. “ކަމެއް ނުވޭ.. ކޮބާތަ މާޒިން.. އޭނަ ނުފެންނަތާ ދެދުވަސްވީ..” ދައްކާނެ މާބޮޑު މައުލޫއެއް ނެތުމުން އަމޭލިއާ މާޒިންގެ ވާހަކަ އަހާލިއެވެ. ” ނުފެނެއޭ.. އެއް އޮފީހެއްގައި އުޅޭއިރުވެސް؟..” ޒީނާއަށް އަމޭލިއާ ބުނި ވާހަކަ ގަބޫލު ކުރަންވީ އުދަގޫކަމަކަށެވެ. “ހޫމް އަސްލުވެސް.. ގުޅާބަލަ” އަމޭލިއާ ބޯތަޅުވާލަމުން ޒީނާއަށް ޔަގީންކަން ދިނެވެ. ޒީނާ މާޒިންއަށް ގުޅާލުމުން މިދަނީ ކަމަށް ބުނެ މާޒިން ފޯނު ބޭއްވިއެވެ. “މިއަންނަނީއޯ” ޒީނާ އަމޭލިއާއަށް މާޒިން ދިން ޖަވާބު ދިނެވެ.

ސައިކަލު ކޮފީ ޝޮޕް ކައިރިއަށް ޕާކު ކުރުމައްފަހު ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި މާޒިން ހުރީ ދެހިޔާލެއްގައެވެ. އަމޭލިއާ އާއި ކުރިމަތި ލާނީ ބާއޭ ނޫނީ އަނބުރާލާފަ ދާންވީބާއެވެ. ” ނޫން.. ދެން މިދަނީއޭ ބުނެ ނައިސްފިއްޔާ އެމީވެސް ހިތްހަމަ ނުޖެހޭނެ.. އެތެރެއަށް ވަންނާނީ” މާޒިން އަމިއްލަ ހިތައް ވިސްނާދެމުންދިޔައެވެ.

“ހޭ މާޒިން” ޒީނާ ކުޑަކޮއް ތެދުވުމަށްފަހު މާޒިންއަށް ގޮވާލީ މާޒިން ދެކޮޅު ހޯދާތަން ފެނިއެވެ. ފިރިހެންވަންތަ ހިނގުމެއްގައި ހިނގާފައި އައި މާޒިންއާ ދިމާލަށް ކައިރީގައި ތިބި އަންހެން ކުދިންގެ ނަޒަރު ހުއްޓޭތަން އަމޭލިއާއަށް ފެނުނެވެ. “ހާދަ އަންހެން ކުދި އެބަ ބަލައޭ ދޯ،.. ވަރަށް ކާމިޔާބު މީހެއްދޯ ތީ” މާޒިން އައިސް ގޮޑީގައި އިށީނުމުން އަމޭލިއާ ދިމާކޮއްލިއެވެ. “ހިހި އެކަމަކު އެންމެ ބޭނުންވާ ކުއްޖަ ނުބަލަންޔާ ކޮބާ ކާމިޔާބު ވެފަ ދޯ ޒީ” މާޒިން ޒީނާއަށް ދޯދެމުން ބުނެލިއެވެ. ޒިނާ ގަދަކަމުން ހިނިތުންވެލީ އަމޭލިއާ އާއި ދިމާލަށް ބަލަމުންނެވެ. އަމޭލިއާ ޒީނާއާއި ދިމާލަށް ބަލާލީ ލާނެއް ގޮތަކަށެވެ. “އޯކޭ އޯކޭ” އަމޭލިއަ ހިނިތުންވެލީ މާޒިންއާ ދިމާކުރުމަށެވެ.

މުޅި ކެފޭ ވަށައިގެންވާ ބިއްލޫރި ގަނޑުގައި ތަފާތު ވައްތަރުގެ ކާތަކެތި ކުރަހާފައިވާއިރު މުޅިތަން ޒީނަތްތެރި ކުރުވާފައިވަނީ އެ ކުރެހުންތަކުގެ އެހީގައެވެ. ތިން އެކުވެރިން ކެފޭގައި ތިބި އިރު މާޒިންގެ މަޖާ ވާހަކަ ތަކުން އަމޭލިއާ އާއި ޒީނާ ހީ ހީ އިނެވެ. “އޯކޭ މާޒިން.. މިހާރި ބަނޑުގައި އެބަ ރިއްސާ… އެމީ ބުނި މާޒިން އުޅެނީ އެމީއަށް ފިލައިގެންނޭ.. އެއީ ކީއްވެ” ޒީނާގެ ވާހަކައިން މުޅިތަނަށް ހީމޭންކަން ގެނުވި ކަހަލައެވެ. މާޒިންގެ ތުންފަތުގައި ދެންމެ ވީ ހިނިތުންވުން ފިލައި ދިޔައީ ކުޑަ ހިނދު ކޮޅެއްގެ ތެރޭގައެވެ. “ހިހިހިހި ފިލައިގެންނޭ.. އެމީއަށް އަހަރެން ފިލާނެތަ.. އެމީއަށްވެސް އެނގެއެއްނު ވަރަށް މުހިންމު ކޭސްއެއްކަން އަހަރެން މި ހެނޑްލް ކުރަނީ.. އެހެންވެ އައުޓް ޑޯރ ވޯރކްސް ގިނައީ” މާޒިންކީ ކޮންމެ އެއްޗެއް ގަބޫލު ކުރަމުން ދިޔަ އަމޭލިއާ އާއި ހިލާފަ ޒީނާ އިނީ ގަބޫލުކުރަން ދަތިވެފައެވެ. ކޮންމެވެސް ކަމެއް އެބައުޅެއޭ ޒީނާގެ ހިތްބުނާ ކަހަލައެވެ. “އެހެންވީމަ މާދަން ދިމާވާނު ދޯ” އަމޭލިއާ މާޒިން ކައިރީގައި އަހާލީ ކައިރީގައި އިން ކޭކު ތަށިން ކޭކު ކޮޅެއް ކާލަމުންނެވެ.

………..

ކުޑަކޮއް ބާޒާރު ކޮއްލުމަށްފަހު އަމޭލިއާ ގެއަށްވަނީ ކުޑަކޮއް އަރާމު ކޮއްލުމަށެވެ. އެހެން ނަމަވެސް ގެއަށް ވަނުމާއެކު އެ ހިޔާލު ބަދަލުވީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ. “ބައްޕާ.. ކޮންތާކަށް ދާން ތިއުޅެނީ” އަމޭލިއާއަށް އަބްދުލް ރަހުމާނުގެ ފޮއްޓަށް އެއްޗެހި އަޅަންއިން އަމީނާއާއި އަބްދުލް ރަހުމާނު ކައިރީގައި އަހާލެވުނެވެ. “މިދަނީ މީޓިން އަކަށް.. ޗައިނާގައި ހުރި އިންވެސްޓާރ އަކާ ބައްދަލު ކޮއްލަން.. ހަފްތާއެއްވާނީ އެންމެ ގިނަވެގެންވެސް.. ދަރިފުޅުމެން ވާނެ ބަސްއަހައިގެން އުޅެން.. ހާއްސަކޮށް އެމީ.. ރޭގަނޑު ބޭރަށް ނުދައްޗޭ..” އަބްދުލް ރަހުމާނު އަމޭލިއާ އާއި ދޭތެރޭ ކަންބޮޑުވާކަން ފާޅުކުރިއެވެ. “ބައްޕާ އަޅުގަނޑު އެމީ ބަލާނަމޭ.. ބައްޕަ ހާސްނުވެބަލަ.. ދޯ މަންމާ” މިފްޒާލް އައިސް އަމީނާ ކައިރީގައި އިށީނީ އަބްދުލް ރަހުމާނު ދައްކަމުންދިޔަ ވާހަކައިގައި ބައިވެރިވަމުންނެވެ. “ބައްޕާ.. ދޮންބޭ.. އަޅުގަނޑަށް ސައުވީސް ވަނީ.. އަޅުގަނޑު ނުބެލިއަސް މިހާރު ރަނގަޅުވާނެ.. ދޯ މަންމާ” އަމޭލިއާ އަމީނާގައިގަ ބައްދާލިއެވެ. “ބޮޑެތި މިހުން އުޅޭނީ ތިހެން ” މިފްޒާލް އަމޭލިއާ އާއި ދިމާކޮއްލީ އަމޭލިއާ އަމީނާގައިގަ ބައްދައި ގަނެގެން އޮތީމައެވެ. “މަންމާ” އަމޭލިއާ ތުންދަމާލުމުން އެންމެން އެކީގައި ހީގަތެވެ. އަދި މިފްޒާލު ކައިރީގައި މަޑުން ހުރުމަށް އަމީނާ ބުންޔެވެ.

………

އަބްދުލް ރަހުމާނު ފުރުވުމަށް އަމޭލިއާވެސް ދާންބޭނުންވިއެވެ. އެހެން ނަމަވެސް އަމޭލިއާ އާއި އަމީނާ ގޭގަ ހުރުމަށް ބުނީ މިފްޒާލު ދާނެކަމަށް ބުނަމުންނެވެ.

ކާރު ލޯކުރިމަތިން ގެއްލެންދެން އަމޭލިއާ ގޭދޮރާށި މަތީގައި އިނެވެ. “ދަރިފުޅާ ދެން އާދޭ އެތެރެއަށް” އަމީނާ އެތެރެއަށް ވަންނަން ހިނގައި ގަންނަމުން އަމޭލިއާ ކައިރީގައިވެސް އަންނަން ބުންޏެވެ. “މިދަނީ މަންމާ” އަމޭލިއާ އަންނަނީ ކަމަށް ބުނުމުން އަމީނާ ގެއަށް ވަނެވެ.

ކުރިމަތިން ބާރު ސްޕީޑުގައި ދުއްވާފައިދާ ތަކެއްޗަށް އަމޭލިއާ ބަލަހައްޓައިގެން އިނީ މީހަކަށް އިންތިޒާރު ކުރާ ފަދައިންނެވެ. “އަހަރެން ކީއްވެތަ މިތާ މީނީ…” އަމޭލިއާއަށް އަމިއްލަ އިހްސާސްތައް ކޮންޓްރޯލް ނުކުރެވޭކަހަލައެވެ. ރާސިލް އަންނާނެކަމަށް ހިތް ބުނަމުން ދިޔައީ ކީއްވެ ކަމެއް ނޭނގެއެވެ. ކުރިމަތީގައިވާ ގެއަށް އިސްއުފުލާ ބަލާލީ ރާސިލް ފެނުމުގެ ނަސީބު ލިބިދާނެކަމަށެވެ. “އާރގގގ.. މޮޔަވިތަ އަހަރެން..” އަމޭލިއާ ބޮލުގައި އަމިއްލައަށް ޖަހާލުމަށްފަހު އެތެރެއަށް ހިނގައިގަތީ މޮޔަވީއޭ ހިތައް އަރުވަމުންނެވެ.

“ހޭ ވައިފީ.. އަނެއްކާ މޮޔަވީތަ އަމިއްލަ އަމިއްލައަށް ތި އަނިޔާ ކުރަނީ” ރާސިލްގެ އަޑު އިވި އަމޭލިއާގެ ތުންފަތުގައިވީ ފުޅާހިނިތުންވުމެކެވެ. ފަސް އެނބުރި ބަލާލީ ރާސިލްއަށް ރައްދު ދިނުމަށެވެ. އެހެން ނަމަވެސް ފެނުނު މަންޒަރުން ފަހަތަށް ޖެހިލެވެނީ ހިތުގައި އަތް އަޅަމުންނެވެ.

ނުނިމޭ…

44
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

kamana

Other Articles

Previous

ވާރޭގެ ތެރެއިން

Next

ދޭނަން ހިތާ ޖާނާ..! 10 ވަނަ ބައި

Next
February 12, 2016

ދޭނަން ހިތާ ޖާނާ..! 10 ވަނަ ބައި

Previews
February 12, 2016

ވާރޭގެ ތެރެއިން

36 Comments

  1. twnkl str says:
    February 12, 2016 at 8:08 pm

    Woww…im first??

    1. Aisha says:
      February 12, 2016 at 8:20 pm

      Congratulations

    2. kamana says:
      February 13, 2016 at 9:18 am

      Heheh yes ur r. Congratxx lov ?? thnk u so much

  2. Aisha says:
    February 12, 2016 at 8:19 pm

    Raashil ah kameh nukurahchey… Eyrun love story feshen vaairah onnaany nimifa dhw

    1. kamana says:
      February 13, 2016 at 9:19 am

      letx c dhw eht happnss. Thnk u girl ?

  3. munee says:
    February 12, 2016 at 8:49 pm

    vv nice waitin next part…

    1. kamana says:
      February 13, 2016 at 9:19 am

      Thnk u munee ?

  4. Ily says:
    February 12, 2016 at 9:01 pm

    V reethi??????

    1. kamana says:
      February 13, 2016 at 9:20 am

      Thnk u ??

  5. Rora says:
    February 12, 2016 at 9:54 pm

    Raasil as emy as igeh gulhuwaany.. Maaxin n xee.. I love raasil

    1. kamana says:
      February 13, 2016 at 9:20 am

      Heheheh alhe balanaa kaakaa tho gulheyniii. Thnk u ?

  6. Booooooooo says:
    February 12, 2016 at 11:21 pm

    Vaahaka varah reethi. Gnaviyani loyanvaa thanugai ohvaa mi fennanee yaa eh. Gnaviyanives liyaanama.

    1. kamana says:
      February 13, 2016 at 9:21 am

      Sorry boo. Will try to improve tht part. Sorryy. N thnk u ?

  7. Ainthu says:
    February 13, 2016 at 1:08 am

    Raasil aa emy aa gulhihjihyaa maajin nah hadhaa ney kihineh

    1. kamana says:
      February 13, 2016 at 9:23 am

      Maxin baaky ehnuvaaneyy. ?? hama ainthu beynuvaa myhaa ah maaxin libi dhaani ? Thnk u ?

  8. Liu says:
    February 13, 2016 at 10:05 am

    Vaaaaaahaka vvvvvvv hadi:-( p

    1. kamana says:
      February 13, 2016 at 10:07 am

      Liu sorry for dissppntn u. I will improve ingeyy ? Bt hady kyvetha?

  9. Eeamy says:
    February 13, 2016 at 11:53 am

    Vvvvvvvvvvvv hadi dhen nuvx ulhen kiyaakah bodu undhagu leh kamana Kaley thiya mi noon ehcheh liyan neygeneeth

    1. kamana says:
      February 13, 2016 at 7:49 pm

      Eeamy i will try to improve ingeyy. ?

  10. Ram says:
    February 13, 2016 at 12:04 pm

    ² part mi kiyunee .v reethi vaanehen heevanee.

    1. kamana says:
      February 13, 2016 at 7:49 pm

      Thnk u so much. Insha allah i will try to do. Bttr ingey ?

  11. Cat says:
    February 13, 2016 at 12:58 pm

    Kamana aa ryn dheke haadha kudhin eba rulhi aadhe eyy dhw. Knme gotheh viyas they both are hama enme best writers. Plxx hajam. Kamana i hope tht u wont take those comments seriously. U r one of my fav writerss love u. ?

    1. kamana says:
      February 13, 2016 at 7:50 pm

      Thnk u so much for ur supprt ?

  12. misty says:
    February 13, 2016 at 2:46 pm

    Raasil as ameylia gulhuvachey kamana.. Mi prt vx varah salhi.. Whn nxt prt?

    1. kamana says:
      February 13, 2016 at 7:51 pm

      Misty letx amy libeynii kaakah tho dhw ?Thnk u so much ?

  13. Eeamy says:
    February 13, 2016 at 7:04 pm

    Alhe kahmaa aee ee kuri comment eh noon… Ee ah abadhu vx mi story hama vvvvvvvvvvvv reethi… Ee ge name bey nun nukuri as comment kureveynehnu e meehakah dhw….. I am sorry kahmaa I really am??

    1. kamana says:
      February 13, 2016 at 7:52 pm

      Awwn itx okey lov. I kne itx not yu. Thnk u so much foohi kameh nethi micaahaka kiyaathy n for supprtin me. Thnk u so much lov ??

  14. aish says:
    February 13, 2016 at 7:17 pm

    Raasil ubaidh ah rape kurirey gulhy ey raasilge gf nooraa ge bappa v ma dw..

  15. aa says:
    February 13, 2016 at 7:18 pm

    Raasil ubaidh ah rape kurirey gulhy ey raasilge gf nooraa ge bappa v ma dw..

    1. kamana says:
      February 13, 2016 at 7:53 pm

      Eyru raasil nulheyne ehnu noora aa rahtehi vegenneh. Ar varah kuri ehnu. 8 yrs kuri. So heheh any wayx thnk u so much ?

  16. Appy says:
    February 13, 2016 at 7:23 pm

    V rythi…maaxin enme kurin feshigen ulhunu myhaa yahh kaamiyaabu nu v tha

    1. kamana says:
      February 13, 2016 at 7:54 pm

      Appy adhi neyge ehnu vaani kihineh kameh dhw ? Hehehh. Anywayxx thnk u so much?

  17. faahi says:
    February 13, 2016 at 7:56 pm

    Vrh reethi mi part. Waiting to next… 🙂
    Kamana keep it up.

    1. kamana says:
      February 14, 2016 at 8:06 am

      Thnk u faahi ?

  18. Raahy says:
    February 14, 2016 at 3:15 am

    I been reading stories from esfiya for quite a long time now. Tonight I was extra bored during my shift at job so I thought a would read something to kill time and I started this story. Honestly saying I’m kinda disappointed with myself for not reading this story when it started. What I want to say is this story is too good and kamana u r an amazing writer, u definitely made it to my list of best 5 maldivian authors. The storyline, ur descriptions, language, suspense etc everything is perfectly maintained. Keep going girl. Btw since it’s very late now and if my mom catches me awake im gone for good ? That’s why I would definitely be reading the other 2 completed stories u wrote before.
    And kamana people may hate you because you’re definitely better than them, so don’t take the hate to heart. Appreciate ur loyal fans who stand by your side and support you with their all. Once again I’ll say it’s a lovely story and I hope you make the future chapters much more amazing, and I know you can do it. May god bless you.

    1. kamana says:
      February 14, 2016 at 8:26 am

      Awwwn so happii to read such a lvly cmmnt. Thnk u so much ??

Comments are closed.

All Right Reserved!