އިރުގެ ރަން ދޯދިތައް ދޮރުފޮތިގަނޑު ފާއްދައިލިއެވެ. ލޮލަށް އަލި އެޅުމުން ދެލޯ އިތުރަށް ބާރުކޮށްލި ނަމަވެސް ނިދިން ހޭލެވިއްޖެއެވެ. ބޯ ހިއްލައިލިއިރު ކަނދުރާއިން ނެގި ތޫނު ތަދަކުން އީތަންއަށް އަތް އަޅައިލެވުނެވެ. ރަނގަޅަށް ލޯ ހުޅުވައިލައިފައި ބަލައިލިއެވެ. ނިދުނީ ކުރުގެޅިގެން، ސޯފާގެ އަތްގަނޑުގައި ބޯ އަޅައިގެންނެވެ. ސޯފާގެ އަނެއްފަޅީގައި ބޯޅައެއްހެން ވަށްވެގެން ނިދާފައި އޮތް އަލީޝާއަށް އީތަން ބަލައިލިއެވެ. އަލީޝާގެ ބޯލާކޮޅުގައި ހުރި ދޮރުފޮތިގަނޑުން ކެހިފައިވީ ތަންކޮޅުން އަވި އެޅިފައިވީ ސީދާ އަލީޝާގެ މޫނަށެވެ. އީތަން ސޯފާގައި […]
“ހަލޯ…” ނުދަންނަ ނަންބަރަކުން އައި ފޯނު ކޯލަށް ޖަވާބުދިން ހުދާ ކިޔައިލިއެވެ. “އަލީޝާގެ ހަބަރެއް ވެއްޖެތަ؟” އެކޮޅުން އީތަންގެ އަޑު އިވުމުން ހުދާއަށް ކަންފަތުން ނަގާފައި ފޯނަށް ބަލައިލެވުނެވެ. އޭނާގެ ނަންބަރު އަނެއްކާާ ތަނެއްގައި ސޭލްއަޅުވާފައި އޮތީބާއޭ ހިތަށްއެރިއެވެ. “ހަމްދާން ވިސްނައިގެން އުޅޭތި!” އީތަންއަށް ނަންބަރު ދިން ފަރާތަކު ހިތުލަފައަކަށް ހުދާ ވައިއަޑުން ކިޔައިލިއެވެ. “ކީކޭ؟” އީތަންއަށް ހުދާ އެއްޗެއް ބުނި އަޑު އިވިގެން އަހައިލިއެވެ. “ނޫން ނޫން އެއްޗެކޭ ނޫން.” ހުދާ އަނެއްކާވެސް ކަންފަތުގައި ފޯނު […]
“މަ ހެޔޮތަ؟” ރާާއިން އަދިވެސް އަލީޝާއާއި ދިމާާއަށް ބަލަހައްޓައިގެން އޮވެ ބުންޏެވެ. ބަަލައިލާ ކޮންމެ މީހަކަށް އެ ލޮލުން އަލީޝާއަކަށްޓަކައި އުތުރެމުންދިޔަ ލޯބިި ނޫން އެއްޗެއް ނުފެންނާނެކަން ޔަގީނެވެ. “ޔަގީނެންނު.” މިފަހަރުވެސް ރާއިން ހައްދަން ސަމާސާއަށް އެހެން ބުނެލި އަލީޝާ ރާއިންއަށް ބަލައިލިއެވެ. ހަތަރު ކަޅި ހަމަވީހިނދު އަލީޝާއަށް ރާއިން އޭނާއަށް ބަލަން އޮތް ގޮތް ފާހަގަވެ މަޑުޖެހުނެވެ. އިންޒާރަަކާއި ނުލައި ރާއިން ކުރިއަަށް ޖެހިލާފައި އަލީޝާގެ ތުންފަތުގައި ބޮސްދިނުމުން އަލީޝާއަކަށް ހަަރަކާތެއް ނުކުރެވުނެވެ. “އޭތް އެއޮތް […]
ވައުދާއި އެއްގޮތަށް އަލީޝާ ފަސް މާާއްދާއިން ފާސްވި ހަބަރު ލިބުމުން ރާއިން ވަގުތުން ދަތުރު ރޭވިއެވެ. ދެ އެކުވެރިންވެސް ތިބީ ގޮސް މަޖާކޮށްލުމަށް ކެތްމަދުވެފައެވެ. ރާއިދާއާއި، ރާއިންގެ ދައްތަ ރާނިޔާއާއި ދެމެދުގައިވެސް ބަދަހިވެފައިވީ ގާތް އެކުވެރިކަމެއްގެ ސަބަބުން ރާއިން އެއީ އަލީޝާމެން ގެއަށް ބީރައްޓެއްސަކަށް ނުވިއެވެ. އެހެންކަމުން އަލީޝާ ރާއިންއާއިއެކު އެއް ދުވަހަށް ދަތުރެއް ދާ ވާހަކަ ބުނުމުން ވަރަށް ފަސޭހައިން ހުއްދަ ލިބުނެވެ. މާ ގަދަޔަށް ސަކަރާތް ނުޖަހާށޭ ކިޔާފައި ހުއްދަ ދިން ޔޫސުފަކީވެސް މުދިމެއްކަމަކު […]
“ކޮބާ އީތަން؟” އަލީޝާއަށް ފުރަތަމަވެސް އަހައިލެވުނެވެ. ހުދާ ވީ ގޮތް އޮޅުން ފިލުވައިދިނެވެ. ޔޫސުފް އަލީޝާއާއި ހަވާލުވުމުން، ޕޮލިސް ސްޓޭޝަނަށް ގޮސް ފުލުހުންގެ ތަހުގީގުތަކަށް ޖަވާބުދިނުމަށްފަހު އީތަން ދިޔައީ ގެއަށްކަމަށް ބުންޏެވެ. އަދި ޝަކީބުގެ މަރުގެެ ތުހުމަތުގައި ފުލުހުން އިބްރާހިމް ހައްޔަރުކުރިކަމާއި ޝަކީބުގެ ޖަނާޒާގެެ ކަންތައް ކުރިއަށްދާ ވާހަކަވެސް ބުންޏެވެ. އެ ހުރިހާ ވާހަކައެއް ނިމުނުއިރު އަލީޝާގެ ހިތުގައި އޮތީ އެެންމެ އެދުމެކެވެ. އީތަން ދެކިލުމަށެވެ. ************************** ކުލާސް ކުރިމަތިން ދަމުން، ދޮރާއި ހަމައަށް ފޯރުމުގެ ކުރިން […]
އީތަން ކުއްލިއަކަށް ފޯނު ކަނޑައިލުމުން އަލީޝާ އޮތީ ހިތް ނުތަނަވަސްވެފައެވެ. ދެ އަތުގައި ނުވަަތަ ދެ ފައިގައިވެސް އޮޅާފައިވީ ޓޭޕުގަނޑު ދަމާދަމައި ނެއްޓެން ހިތަށްވެސް ނޭރިއެވެ. ކޮޓަރިއަށް ވަދެގެން އައި އިބްރާހިމްގެ ޓީޝާޓުގައި ހުރި ލޭ ފެނިފައި އަލީޝާގެ ދެލޯ ތަންމިނަށް ބޮޑުވިއެވެ. އޭނާ ހީކުރީ އެއީ އީތަންގެ ލޭ ކަމަށެވެ. ފެންކަޅިވާނެ ފުރުސަތެއްވެސް ނުދީ އިބްރާހިމް އައި ގޮތަށް އައިސްް އަލީޝާ ކޮނޑަށް ނަގައިގެން އެ ކޮޓަރިން ނުކުތެވެ. ފުލުހުން އާދޭތޯ ބަލަން މައިދޮރު ކައިރިއަށް […]
“ކޮންތާކު ތިއިނީ؟” އީތަންއަށް ވަގުތުން ގޮނޑިއެއްގައި ބަނދެވިފައި އިން އަލީޝާ ސިފަކުރެވުނީ މާ ގިނައިން ފިލްމު ބަލާތީކަންނޭންގެއެވެ. ފޯނުން ނޯށަން އަޑެއް ނޫނީ ނީވުނެވެ. އަލީޝާ އިނީ ޖަވާބުދެވޭނެ ހާލަތެއްގައި ނޫންކަން އިނގިހުރެވެސް އީތަންއަށް ކޮށްލެވުނީ މޮޔަ ސުވާލެކެވެ. “އޭތް މަ ކުރާ ސުވާލަށް ޖަވާބުދޭން ފޯނުގަ ޖަހާލާއިނގޭ. އާނއެކޭ ވެއްޖިއްޔާ ދެ ފަހަރު ނޫނެކޭ ވެއްޖިއްޔާ ތިން ފަހަރު.” ފޯނުން ގުޅުނީ ކޮންމެވެސް ގޮތަކުން އަތްލައިގެންކަމަށް ވިސްނި އީތަން އިރުޝާދުދިނެވެ. ފޯނު ހިފައިގެން އެހެން މީހަކު […]
ކުރިމައްޗަށް ބަލަހައްޓައިގެން ހުރެފައި އީތަން ހުރި ފަޅި ނޫން އަނެއްފަޅިއަށް ބަލައިލި އަލީޝާއަށް ކައިރީގައި އިން ބޮޑު، ކަޅު ބުޅާ ފެނުމާއިއެކު ދިޔައީ އެއްލިގެންނެވެ. ގަތް ބިރުން ފުންމައިގެން އަރައި އީތަންގެ ގައިގައި އޮޅުލައިގަނެވުނެވެ. ސަމާލުނުވެ ހުއްޓައި ގަޔަށް ޖެހުނު ކުއްލި ބަރުމިނުން އީތަންގޮސް އުއްޑުން ޖެހުނީ ކައިރީގައި ހުރި ޖޯއްޔަށެވެ. އެކީގައި އައި އަލީޝާ ވެއްޓުނީ އީތަންގެ ގައިމައްޗަށެެވެ. މަޑުމަޑު އެއްޗެއް ތުންފަތުގައި ޖެހިލި އިހުސާސް އީތަންއަށް ކުރެވުނެވެ. އަލީޝާގެ ބޮޑުވެފައިވީ ދެލޮލާއި އީތަންގެ ކަޅި […]
“އަސްލު މިރޭ މިތަނަށް މި އައީ ވަރަށް ބޮޑު ވާހަކައެއް ބުނަންވެގެންނޭ.” ރާއިން ބުންޏެވެ. ކޮން ވާާހަކައެއްހޭ އަހައިލަން އަލީޝާ ނިތްއަރުވައިލިއެވެ. “އަލީޝާ މަށާ ރައްޓެހިވާނަންތަ؟” ރާއިންގެ ސުވާލުން އަލީޝާ އިރުކޮޅަކު މަޑުޖެހުނެވެ. އެ ޖުމުލަ އަޑުއިވުނު އީތަންގެ މޫނަށްވެސް އެރީ ހަމަ އެއް ކުލަވަރެކެވެ. *************************** “ވިސްނާލާނަން…” އަލީޝާ ބުނިހާވެސް އެއްޗަކީ އެއީއެވެ. އަލީޝާގެ ޖަވާބުން އީތަންގެ މޫނުމަތި މިލައިފިއެވެ. އިންކާރުނުކުރީ ކީއްވެހެއްޔެވެ؟ އެ ސުވާލު އޭނާގެ ސިކުނޑީގައި އެނބުރުނެވެ. ހިތުތެރޭގައި ކެކެމުންދިޔައީ ދުވަހަކުވެސް އިހުސާސުކޮށްފައި […]