“ނޫން. އުފާވޭ.” އަސްލާންގެ ތުންފަތަށް ވެރިކުރުވީ މަސްނޫއީ ހިނިތުންވުމެކެވެ. އެއީ ލިބުނު ހައިރާންކަމުން އުފާވާން ހަނދާންނެތިގެންކަމަށް އަމިއްލަ ނަފްސަށް ވިސްނައިދިނީމެވެ. އެ ހިނިތުންވުމުގެ އަޑީގައި އޭނާ ފޮރުވައިލި ނުތަނަވަސްކަން އަހަރެން އަޅައިނުލައި ދޫކޮށްލީމެވެ. ******************************* ރޫބީއާއި ބައްދަލުކުރާ ދުވަހަށްފަހު ދެން އޮތީ ފޮނިކަނޑާ މީހުން އަންނަ ދުވަހެވެ. އިތުރަށް ސާފުކޮށްދޭނަމަ މަހަކު އެއް ފަހަރު ކަހަލައިން ސޯޝަލް ވޯކަރުންނާއި، ވޮލެންޓިއަރުންނާއި، މީސްމީހުން އައިސް އަހަރުމެންނާއި އެކީ ވަގުތު ހޭދަކުރާ ދުވަހެވެ. ޕޭޝަންޓުންނަށް އިޖުތިމާއީ ގުޅުން ބަދަހިކުރަން ދަސްކޮށްދިނުމުގެ […]
“ހީކުރީ ދެން ދުވަހަކުވެސް ނުގޮވާނެކަމަށް.” އަސްލާން މަޑުމަޑުން ކިޔައިލިއެވެ. އަސްލާން ދުރަށް ޖެހިލުމުން އެނދުގައި އިށީންދެފައި އަހަރެން ވީ ގޮތް ކިޔައިދިނީމެެވެ. ހުރިހާއިރު އަހަރެންގެ އިނގިލިތަކު ދޭތެރެއަށް އިނގިލިތައް މަހާލައި، އަތްތިލައިގައި ހިފައްޓައިގެން އިން އަސްލާން ހީވީ ދުވަހަކުވެސް ދޫކޮށްނުލަން ގަސްތުކޮށްގެން އިންހެނެވެ. ******************************* “ލުއާ! ލުއާ!” ވަރަށް ބާރަށް ހިލްމީ ގޮވަންފެށުމުން އަހަރެން އޯތްއޭ ބުނެ ޖަވާބުދިނީމެވެ. “ކޮބާހޭ މުސްތަފާ؟ އޭނަ މިތަނަށް ގެންނާށޭ ހަމަ މިހާރު!” ހިލްމީ ހަމަ އެ ބާރުމިނުގައި ބުންޏެވެ. “ކޮން […]
“ދެން ކީއްކޮށްދޭންވީ؟” އެންމެ ފަހުން އެރުވި އެންމެ ބޮޑު ހަވާގެ ކަނިތައް ގެއްލުމުން، އަސްލާން އަހަންނާއި ދިމާއަށް ބަލައިލާފައި އެއްސެވެ. އެ ވަގުތު ކުއްލިއަކަށް ހިތަށްއެރި އެތިން އިސްޖަހައިލެވުނެވެ. މިފަހަރު އަމިއްލައަށް ކަމެއް ހުށައެޅުމަކާއިނުލައި އޭނާ ހުރީ އަހަރެންގެ ޖަވާބެއްގެ އިންތިޒާރުގައެވެ. އަހަރެން އިސްއުފުލައި ސީދާ އަސްލާންގެ ލޮލަށް ބަލައިލީމެވެ. “އަހަރެންގެ…ބަލި ރަނގަޅުކޮށްދެވޭނެތަ؟” ******************************* މަޑުމަޑުން އަހަރެން ބުނި ޖުމުލައިން އަސްލާންގެ މޫނުގެ ކުލަވަރު އޮއްސުންތަން ދުށީމެވެ. ވަގުތުން މުޅި މާހައުލުގެ ވައިވެސް ބަދަލުވިކަހަލައެވެ. “ތި… ނޫން […]
“އަސްލާން…” ލޯ ހުޅުވައިލިއިރު ކުރިމަތީ އަސްލާންއެއް ނެތެވެ. ******************************* “ޕޮއް!” ފަހަތުން އިވުނު އަސްލާންގެ އަޑަށް ސިހިފައި އަހަންނަށް ފުންމައިގެން އެނދުން ތެދުވެ ފަހަތަށް ބަލައިލެވުނެވެ. އެނދުމަތީ އުޑުފައިން އަރާ އިން އަސްލާން، އަހަންނަށް ވީ ގޮތް ފެނިފައި ކާމިޔާބީން ހޭންފެށިއެވެ. “ކިރިޔާއޭ ހިތް ނުހުއްޓުނީ.” އަސްލާންއާއި ޖެހިގެން އިށީންނަމުން އަހަރެން ބުނީމެވެ. “ހިތް ނުހުއްޓެއްޗޭ.” އަސްލާން ބުންޏެވެ. “ކިހިނެތްވީ އަތަށް؟” ބެންޑޭޖު އޮޅާފައިވީ އަހަރެންގެ އަތް ފެނި އަސްލާން ކަންބޮޑުވެފައި އެއްސެވެ. އަހަރެން ކެއްސައިލިއަސް ބަލިވީކަމަށް އޭނާ […]
“ރޭ ދަންވަންދެން ކަލޭ ވާހަކަދައްކީ ކާކާ؟” ހިލްމީގެ ސުވާލުން އަހަރެން ހާސްވިއެވެ. އަނެއްކާ އަސްލާންގެ އަޑު އިވުނުބާއޭ ހިތަށްއެރިއެވެ. ******************************* “ނިދީގަ ކަމަށް ވާނީ.” އަހަރެން އޮޅުވައިލީމެވެ. ހިލްމީ އިތުރު އެއްޗެކޭ ނުބުނެއެވެ. “ކި..ކިހިނެތްވީ؟” ކަރުން އަޑު ނުކުތީ ކިރިޔާއެވެ. އަހަރެންގެ ގޮވުމަށް އިޖާބަދީ، ގާތަށް އައި އަސްލާންގެ މޫނުމަތީވީ ޒަހަމުތައް ފެނިފައި ހިތުގައި ތޫނު އެއްޗަކުން އެޅުނުފަދަ އިހުސާސެއް ކުރެވުނެވެ. “މީ…މީ ރައްޓެއްސަކާ ކުޑަ މައްސަލައެއް ޖެހިގެން… އަރާރުންވެފަ…” އަސްލާންގެ ތުންފަތަށް ވެރިކުރި މަސްނޫއީ ހިނިތުންވުން އަހަންނަކަށް […]
އޮއްސެމުންދިޔަ އިރުގެ ދޯދިތަކުން އުޑުމައްޗަށާއި މޫދުގެ ހިމޭން ލޮނުގަނޑަށް ވެރިވެފައިވަނީ ރަތާއި އޮރެންޖުގެ ތަފާތު ކުލަތަކެވެ. ހިކެމުންދިޔަ ތުނޑީގެ ތެތް ވެލީގައި ހުސް ފައިން ފިޔަވަޅުތައް ބިންވަޅު ނަގަމުންދިޔަ އަހަރެންގެ މޫނުމައްޗަށް ސިފަވަމުންދިޔަ ޒުވާނާގެ ލޯބިވެތި ހަރަކާތްތަކުން، ބޭއިޙްތިޔާރުގައި ތުންފަތަށް ހިނިތުންވުން ވެރިކުރުވިއެވެ. އޭނާގެ ކޮންމެ އަމަލެއް އަހަންނަށް ކަމުދެއެވެ. ހިނިތުންވެލާއިރު އެއް ކޮލަށް އަރާ އަޑިކޮޅަކީ އޭނާގެ ބުރުސޫރައިން އެންމެ ރީތި ސިފައެވެ. “އަސްލާން…” އަހަރެން މަޑުމަޑުން ކިޔައިލީމެވެ. ހިނގުން ހުއްޓައިލާފައި އިސްއުފުލައިލިއިރު އޭނާ ހުރީ […]
ހަޔާތުގެ ސަފުހާތައް އުކެމުންދިޔައީ ވަރަށްވެސް ބާރަށެވެ. ކިޔެވުމުގައި އަވަދިނެތި އުޅެ ފަސް މަސް ވޭތުވެގޮސް ގުރޭޑު ދިހައަކުން އަލީޝާ ދަސްވެނިވީ ރަން ވަނަތަކާއި އެކީގައެވެ. އިނާމު ދޭ ޖަލްސާގައި ސްޓޭޖަށް އެރި އަލީޝާ ޓީވީން ބަލަން އިން އީތަންގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ވިއެވެ. އަލީޝާއަށް އުފަލެއް ލިބުމަށްވުރެ އުފާވެރިކަމެއް އީތަންއަކަށް މިހާރު ނޯވެއެވެ. މާލެ އައި ބޯޓުން ފޭބި އަލީޝާއަށް ފުރަތަމަވެސް ފެނުނީ ދުރުގައި ގަހެއްގައި ލެނގިލައިގެން އޭނާއާއި ދިމާއަށް ބަލަހައްޓައިގެން ހުރި އީތަންއެވެ. ހަތަރުކަޅި […]
އެ ހީކުރެވުނީ ރަނގަޅަށްކަން އިނގުމުން ހުރި ފިޔަވަޅުމަތީ އީތަން ގަނޑުވިއެވެ. އޭނާއާއި ދިމާއަށް ހުރި ނަޒަރު އިހުސާސްވެގެން ވަލީދު އީތަންއާއި ދިމާއަށް ބަލައިލިއެވެ. ދަންނަ ކުއްޖެއްހެން ހީވެގެން އިރުކޮޅަކު ބަލަން ހުރެފައި އީތަންކަން އިނގުމުން ވަލީދު އޭނާގެ ފުޅައި ހިނިތުންވުން ދައްކައިލިއެވެ. ޖަށްވަަށް ހުޅުވިފައިވާ ތަނެއްގައި ހުރި ނަމަވެސް އީތަންގެ ނޭވާ ހާސްވާހެން ހީވާންފެށިއެވެ. ބަންދުވެފައި ހުރެވޭހެން ހީވާން ފެށިއެވެ. މެއަށް ބާރުވާން ހެދުމުން ނޭވާލާން މަސައްކަތް ކުރަމުން އީތަން އަވަސްއަވަހަށް އަނެއްފަޅިއަށް ބަލާފައި ހިނގައިގަތެވެ. *************************** […]
“އަސްތާ ކަނބުލޯ! ހާދަ ބޮޑުވެއްޖެއޭދޯ.” ވަލީދު ރާގަކަށް ކިޔައިލިއެވެ. އަލީޝާއަށް އެއްފަޅިިއަކަށް ޖެހެވުނީ ބޭއިހްތިޔާރުގައެވެ. އޭނާގެ ހަށިގަނޑު އޭނާގެ ބާރުގެދަށުގައި ނެތް ކަހަލައެވެ. ދަބަސް ހިފައިގެން ވަލީދު އެތެރެއަށް ވަނެވެ. އެއްވެސް ސުވާލެއް ކުރުމަކާއިނުލައި މަޑުމަޑުންގޮސް ކޮޓަރިއަށްވަނެވެ. ފަހަތުން ދޮރު ލެއްޕުމާއިއެކު އަލީޝާއަށް ބިންމައްޗަށް ތިރިވެވުނެވެ. ****************************** ކުއްލިއަކަށް ފޯނު ރިންގުވި އަޑަށް އަލީޝާ ސިހުނެވެ. ރާއިދާކަން ފެނުމުން އަވަސްއަވަހަށް ފޯނު ނެގިއެވެ. “ދަރިފުޅާ މިއަދު އެއްކަލަ ވަލީދުބެ ދާނެ އިނގޭ ތި ގެއަށް. ގެސްޓް ރޫމްއަށް […]