“އޯ ޝިޓް! ޔަޝަލް ސައިކަލުގަ ގެއަށް ލައިދެވުނުނަމަ… އޭރުން އުޅޭ ގެވެސް އިނގުނީސްނު! މަމީ މޮޔައެއްތަ؟” ގެއަށްގޮސް ވަނުމާއެކު ޖީލާންހިތަށް އެރިއެވެ. ކުރެވުނު މޮޔަކަމާއިހެދި އަމިއްލަ އިސްތަށިގަނޑުގައި ހިފައިވެސްގަނެވުނެވެ. “ސަޅި ނަމެކޯ! އޭތި ކަޑައެންނު! އާއާއާރ!!!! އެއަށްވުރެ މޮޅު އެއްޗެއް ބުނަން ނޭންގުނީތަ މަށަށް؟” ޖީލާން އިތުރަށް އޭނާގެ ބޯ ހާވައިގަތެވެ. ގޭތެރޭ ދެކޮޅަށް ހިނގަމުންނެވެ. ޖީލާންއަކީ ދުވަހަކުވެސް މިވަރަށް ކަމަކާއި ވިސްނި މީހެއް ނޫނެވެ. މިޒަމާނުގެ ގޮތުން ބުނާނާމަ ވަރަށް ޗިލް މީހެކެވެ. ނަމަވެސް މިވަރަށް […]
“ދުވޭ! މެޑަމް، އަވަހަށް ދޭ!” ޖެނީ ގޮވައިލިއެވެ. އޭނާގެ އެ ހަރަކާތުން ގެއްލިގެންދާނެ ވަޒީފާއަކަށް ފަރުވާލެއްނެތެވެ. ޔަޝަލް ޖެނީ ދޫކޮށްލާފައި ދިއުމަށް ފަސްޖެހުނެވެ. ނަމަވެސް ޖެނީގެ އެ ހިތްވަރު ބޭކާރުވާން ނޭދޭތީ އަލުން އެނބުރި ދުއްވައިގަތެވެ. “ލިވް ދަ ވޭ ޔުއަރ ހާރޓް ވޯންޓްސް… މައި ލަވްލީ ޑޯޓާރ…” ޖެނީ އަމިއްލަ ނަފްސަށް ކިޔައިލިއެވެ. ************************** ހުޅުލޭ ފެރީ ޓާމިނަލްއިން ނުކުތް ހުދު ހަންގަނޑާއ،ި ކްރީމްކުލައިގެ އިސްތަށިގަނޑުގެ ވެރިއާއަށް، މީހުނަ ށް ހަމަ ވަށްކަޅިންވެސް ބެލެނީއެވެ. ޔަޝަލް ހުރީ މި މީހުން މާވަހަރެއް ފެނިގެން ބަލާހެން ބަލާތީ މަޖާވެފައެވެ. ސީސީޓީވީ ކެމެރާގެ ބޭނުމެއް މިތާކު ނޯންނާނެ އޭނާގެ ހިތަށްއެރިއެވެ. ޓެކްސީއެއްވެސް ހޯދުނީ އެހާ ހާލުންނެވެ. ޓެކްސީ ހުއްޓައިލީ އާދައިގެ ގޮތަކަށް ހަދާފައިހުރި ގެއެއްގެ ދޮރުމައްޗަށެވެ. ޓެކްސީ ޑްރައިވަރަށް ޔަޝަލް ދިއްކޮށްލީ ސަތޭކަ ޑޮލަރެވެ. ޑޮލަރު މާރުކުރަން ޑްރައިވަރު އުޅުނީ ވަރަށް ހާލުގައެވެ. ބަދަލުގައި ލިބުނު ނޫޓުތަކުގައި […]
ރޭގަނޑުގެ ފިނިކަން އިތުރުކޮށްދިނީ ގައިގައި ބީހިލާ މަޑުމަޑު ވައިރޯޅި ތަކުންނެވެ. މިނެޓު ގުނާ ކަށި ބަރާބަރު ބާރައަށް އެރުމާއެކު ހަވޭލީގައި ގުގުމައިލީ ފެންޑާގައި އިން ދިގުބަރުލީ ގަޑިގެ ރަނގަބީލުގެ އަޑެވެ. ގަޑިން މެންދަމުން އަނބުރާ ބާރަ ޖެހީއެވެ. ކޮޓަރީގެ މެދުގައި ހުރި އެނދުމަތީ އޮތް ޔަޝަލް ދިޔައީ ދެފަރާތަށް ބޯ ހަލުވަމުންނެވެ. އޭނާގެ ދަލުން ފޯވެފައިވާ މޫނުން ފެންނަމުންދިޔައީ ނުތަނަވަސްކަމާއި ބިރެވެ. “ދޫކޮށްލާ!… ދުރަށްދޭ!…” ޔަޝަލް މަޑުމަޑުން ކުކުރަމުންދިޔައެވެ. ފުންމައިގެން ތެދުވިއިރު ޔަޝަލް އިނީ މާނޭވާ ލެވިފައެވެ. އަތަށް ލޭއަރާހާބާރަށް ބެޑުޝީޓުގައި ހިފަހައްޓައިލައިގެން އިންއިރު ވިސްނެމުންދިޔައީ އިހާނެތިގޮތަކަށް ނިދިން ހޭލަށްވައިލި ހުވަފެނާއި ބެހޭގޮތުނެވެ. ކަޅު ހިޔަންޏެކެވެ. އޭނާގެ އަތުގައި ހިފައި މޫނާއި ގާތް ވަމުން އައިސް ކަންފަތްބުޑުގައި އެއްޗެއްބުންޏެވެ. ނަމަވެސް ބުނި އެއްޗެއް ހަނދާނަކަށް ނައެވެ. ތަންކޮޅެއް ހަމަޖެހިލެވުމުން ޔަޝަލް ކޮޓަރިން ނުކުތެވެ. މަރުވެފައިވީ ހަވޭލީގެ ދެވަނަ ފަންގިފިލާގެ ހޯލްވޭވަނީ ކުޑަދޮރުން ވަންނަ ހަނދުވަރުގެ އަލިން އުޖާލާ ވެފައެވެ. ތިރީ ފަންގިފިލާއަށް ފައިބާން ހުރި ރަތް ދޫލަ އެޅި ސިޑީގެ މެދުގައި ހުއްޓިފައި ޔަޝަލް، އެއްވެސް ދިރުމެއްނެތް ފެންޑާއަށް ނަޒަރުހިންގައިލިއެވެ. ފެންވަރުގެ ފަރުނީޗަރުތަކާއި ޝާހީ މާވަށިގަނޑުތަކުގައި ހުރި ރީތި މާމެލާމެއްލި […]