“އިއްޔެ ކީ އެއްޗިއްސަކީ ތެދުހެން އަޅުގަނޑަށްވެސް ވަރަށް ހީވޭ. ތޫބާއަކީ އަޅުގަނޑުގެ ދަރިފުޅު އައިކާކަން މިހާރު ޔަގީނާ ގާތްވެއްޖެ…” ރާއިދާ ބުނެލި އެތިން އެތާ ތިބި އެންމެންގެ އަނގަ ހުޅުވިއްޖެއެވެ. ރާއިދާ ހިތް ބަލިވެގެން ބުނި އެއްޗެއްކަމަށް ޔޫސުފް އަވަހަށް އޭނާ ހުއްޓުވަން ދާން އުޅުނެވެ. ނަމަވެސް އޭނާ ހުއްޓުވީ އީތަންއެވެ. ރާއިދާ އޭނާގެ މާޒީގެ ހުރިހާ ވާހަކައެއް އެންމެން ކުރިމަތީ ބަންޑުންކޮށްލިއެވެ. ލަދެއް ނެތިގެންނެއް ނޫނެވެ. ދަރިފުޅު އަނބުރައި ބޭނުންވުން ފިޔަވައި އެހެން ކަމެއް އޭނާއަކަށް […]
ރާއިދާ ގޮވައިިގެން ފެންޑާއަށް ތޫބާ ވަނެވެ. ސޯފާގައި ތިބި ހަނީފުއާއި ހަމީދާގެ ފައިދަށުން ހީވީ ބިންގަނޑު ދަމައިގަަތްހެންނެވެ. ވާނުވާގައި ހުރި ރާއިދާ ތޫބާއަށާއި ހަމީދާމެނަށް، ބަލާލާފައި އަލީޝާއަށް އެއްބުމަ އަރުވައިލިއެވެ. އަލީޝާ، ތޫބާ ހަދަން އުޅޭ އެއްޗަކަށް ސަމާލުކަން ދީގެނެވެ. ވާން މިއުޅޭ ގޮތެއް އޭނާއަކަށްވެސް ނޭންގެއެވެ. “މަންމާ! ބައްޕާ! ތެދަށް ބުނެދީ. އަޅުގަނޑުގެ އަސްލު މަންމައާއި ބައްޕައަކީ ކޮބާ؟” ތޫބާ ސީދާ ސީދަލަށް އަހައިލިއެވެ. އެތާނގައި ކުރީގެ ބަލިކަށި، މަޑުމޮޅި ތޫބާއެއް ނެތެވެ. ހުރީ ތެދު […]
ބޯ ހާސްވެގެން ދެކޮޅަށް ހިނގަހިނގައި ހުރި އަލީޝާ ފޯނު ބަލައިލިއެވެ. އަނެއްކާވެސް ނުދަންނަ މީހެކެވެ. މިފަހަރު ފޮނުވާފައި އިނީ ވީޑިއެކެވެ. ވީޑިއޯއިން ފެނުނު މަންޒަރުން އަލީޝާއަށް ހުރެވުނު ތަންވެސް ނޭންގުނެވެ. އެއީ އެނދެއްގެ މަތީގައި ހަތަރެސްފައި ބަނދެފައި އޮތް ތޫބާގެ ވީޑިއޯއެވެ. އަނގަމަތީ ފޮތިގަނޑެއް ބަނދެފައިވީއިރު، ސަލާމަތްވެވޭތޯ ގަދަހަދަމުން ކަރުނައަޅަމުންދިޔަ މަންޒަރެވެ. “ކޮއްކޮ ސަލާމަތް ކުރަން ބޭނުންތަ؟…. ނުކުރެވޭނެ!” ވީޑިއޯ ނިމުނީ ކެެމެރާ ފަހަތުގައި ވީޑިއޯކުރަން ހުރި ފިރިހެނަކު، މަލާމާތުގެ ރާގަކަށް ބުނެލި ޖުމުލައަކާއި، އިތުރު ދެމީހެއްގެ […]
“ކުރީ ދުވަހު ފޮނުވި އެޑޮޕްޝަން ސެޓްފިކެޓޭ؟ ތޫބާގެ؟ އެހެންވީމަ މަށާ ތޫބާއާ އެއްބަނޑު އެއްބަފަޔޭތަ ބުނަން މިއުޅެނީ؟ މީ ކޮން ސަމާސާއެއް؟ އަނެއްކާ މިއުޅޭ އީތަންގެ ކަންތައްތަ؟ ހާދަ ދަށޭ ދޯ މިފަހަރު. މިކަހަލަ ސަމާސާއެއް އަހަރެން ގަބޫލުކުރާނެކަމަށްތަ ހީކުރީ؟” އެނދުމައްޗަށް ސިޓީއުރަ އެއްލާލާފައި ފިލާވަޅު ހަދަން އަލީޝާ އިށީނެވެ. މާ ގިނައިރެއް ނުވެއެވެ. ހީވީ ކުއްލިއަކަށް އެއްޗެއް ހިތަށްއެރިހެންނެވެ. އަލީޝާ ބަލައިލީ ނައިޓްސްޓޭންޑްއާއި ދިމާއަށެވެ. މިކަން ސަމާސާއެއްގެ ގޮތުގައި ބާއްވާނީތޯ، ނޫނީ އެ ހިތަށް އައި އެއްޗަކާއި ބެހޭގޮތުން […]
ހެނދުނު ހޭލިގޮތަށް ފޯނު ބަލައިލި އަލީޝާގެ ބޮލުގައި ފުރަތަމަ ޖެހުނީ ސުވާލުމާކެކެވެ. އެއީ ނުދަންނަ ނަންބަރަކުން ފޮނުވާފައިވާ ފޮޓޮއެކެވެ. ފޮޓޯގައި އިނީ ސެޓްފިކެޓެކެވެ. “އެޑޮޕްޝަން ސެޓްފިކެޓް؟… ތޫބާ ހަނީފް؟!” އަލީޝާގެ ދެ ބުމަ ގޮށްޖެހުނެވެ. ************************* ލައިބްރަރީގައި އިން ތޫބާއަށް އިސްއުފުލައި ބަލައިލެވުނީ ކުރިމަތީ ކުއްޖަކު އިށީނުމުންނެވެ. ސީދާ އޭނާއަށް ބަލަހައްޓައިގެން ހީލާފައި އިން އަލީޝާ ފެނުމުން ތޫބާގެ ހިތަށް އެތަކެއް އިހުސާސުތަކެއް އަރައި ފައިިބައިފިއެވެ. އަލީޝާއަށްޓަކައި އޮތް އިތުބާރު މުޅިންހެން ގެއްލިފައިވީ ނަމަވެސް އެއީ އެއް […]
“އާނ… އެކަމަކު އެއްވެސް މީހެއް ކައިރީ ނުބުނާތި އިނގޭ. އޭރަށް އެންމެން އަލީޝާދެކެ ރުޅިއަންނަން ފަށާނީ.” އީތަން ވަރަށް ހެޔޮވެފައި ބުންޏެވެ. ތޫބާ އަވަސްއަވަހަށް ބޯ ޖަހައިލިއިިރު އޭނާގެ ހިތް އޮބިނޯންނަވަރަށް ތެޅެމުންދިޔައެވެ. ހިނިތުންވުމެއް ރައްދުކޮށްލުމަށްފަހު ތޫބާގެ އަތުން އަތް ދޫކޮށްލާފައި އީތަން ސިޑިއާއި ދިމާާއަށް ހިނގައިގަތެވެ. އޭނާގެ ތުންފަތުގައި ވީ އާދައިގެމަތިން ކިބުރުވެރި ހިނިތުންވުމެކެވެ. ************************ އޭގެ އެއް ދުވަސް ފަހެވެ. ބަަލައިވެސްނުލައި އުޅުން އީތަން ކުއްލިއަކަށް ޕޫލް ސަރަހައްދުން ބަައްދަލުކުރަން އެދި މެސެޖުކުރުމުން އަލީޝާގެ […]
ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލުމަށްފަހު އަލީޝާ އިތުރަށް ގޭގެ އެތެރެއިން ވަދެވެން ހުރި ބަޔަށް ވަނެވެ. ދޮރެއް ނެތްނަމަވެސް ވަކި ކޮޓަރިއެކެވެ. އެތެރެއަށް ރަނގަޅަށް ބަލައިނުލެވުގެން އުޅެނިކޮށް އަތުން ދޫވެގެން ފޯނުވެއްޓިއްޖެއެވެ. ގޮވީ ވެލިގަނޑުގައި އެއްޗެއް ޖެހުމުން ގޮވާކަހަލަ އަޑެއް ނޫނެވެ. ލޯ އަޑެކެވެ. ފޯނު ވެއްޓިފައި އޮތީ ދަގަނޑު ވަށް ޖަންގްޝަން މަތިގަނޑެއް ކަހަލަ މަތިގަނޑެއް މައްޗަށެވެ. “ސަލާމަތްކޮށްދީ!” ފޯނު ނަގަން ގުދުވި އަލީޝާއަށް އަޑިން މީހަކު ގޮވައިލި އަޑުއިވުނެވެ. ************************** -އެއް ގަޑިއިރު ކުރި- މިރޭ […]
“އަލީޝާ ހާދަ ގޯހޭ…” ތޫބާ ކިޔައިލިިއެވެ. ހިތްކިޔާ ފިރިހެނަކު އެ ދޭތެރެއަށް ވަނުމުން، ރޯލް މޮޑެލްއަށް އަހަރުތަކެއް ވަންދެން ކުރަމުން އައި އިތުބާރު އެރީ ހަވަޔަށެވެ. “އީތަން…” މަޑުމަޑުން އެ ނަން ކިޔައިލިއިރު ތޫބާގެ ލޮލުގައިވީ ކަންބޮޑުވުމެވެ. ************************ ގާތުގައި އޮތް ފުރަތަމަ ޓާރމްގެ އެގްޒާމްއާއި، އަހަރު ނިމޭތާ އޮންނަ ވަރުގަދަ އޯލެވެލް އެގްޒާމްއަށް ނުވިސްނައި މުޅި ކުލާސްއެކީ ދަތުރުދާން އުޅޭތީ ޓީޗަރުން ކިތަންމެހާވެސް ދެކޮޅުހެދިއެވެ. ނަމަވެސް މަޖާކުރަން ނިންމައިގެން ތިބި ކުދިބައެއް ދައްކާނެ ބަހަނާތައް ހުސްވާނެހެއްޔެވެ؟ […]
“މިހާތަނަށް ކަމެއް ނުކޮށް ހުރީމަ ހީނުކުރާތި މަށަށް ނުކެރެނީއޭ. މަ ރުޅިއަރުވައިގެން ވާނެގޮތް ދައްކާލާނަން.” މިފަހަރު ބޮޑު އިންޒާރު ދިނީ އަލީޝާއެވެ. އަލީޝާ ނޫން އެހެން މީހަކުނަމަ އެފަދަ އިންޒާރަކުން އީތަންގެ ހިތަށް ކަހަރުވަކެކޭވެސް ނާރާނެއެވެ. ނަމަވެސް އޭނާއަށް އަލީޝާގެ ގޮތް އިނގޭތީ ފާޑަކަށް ޖެހިލުންވިއެވެ. އެ ޖެހިލުންވުމާއިއެކުވެސް ހިތުގެ ކަނެއްގައި ވީ އުފާވެރި ހިތްއަވަސްވުމެކެވެ. އަލީޝާ ހަދާނެ ގޮތެއް ބެލުމަށް އޭނާއަށް އިންތިޒާރުކުރެވެންފެށުނެވެ. ************************* ސަސްޕެންޝަންގެ އެންމެ ފަހު ދުވަހެވެ. ގޭގައި ދެކޮޅަށް ހިނގަހިނގައި އަލީޝާ […]