ފާހަނައިން ނުކުތް އަލީޝާއަށްް ވީނުވީ އިނގުނީ އެހެން ކުއްޖެއްގެ ދުލުންނެވެ. އީތަންއަށް އޭނާ ބަލައިލީ ޝައްކުގެ ނަޒަރަކުންނެވެ. ބަދަލުގައި އީތަން ބޮޑާގޮތަކަށް ހިނިތުންވެލިއެެވެ. “ވަރަށް ލުއި މަންޖެއެއް. ވައްޓާލަންވެސް ފަސޭހަ، ނަގަންވެސް ފަސޭހަ…” އީތަން އަލީޝާގެ ކަންފަތްބުޑުގައި ވައިއަޑުން ކިޔައިލިއެވެ. އަލީޝާގެ ލޭ ކެކިގަތެވެ. އޭނާ ގާތަށް އައީ އަމަށަކު ރުޅިއެއްނޫނެވެ. އީތަންގެ މޫނުމަތީ އެތިފަހަރެއް އަޅައިނުލައި އަމިއްލަނަފްސު ހިފެހެއްޓުމަށް އަލީޝާ އަތް މުއްކަވައި ބާރުކޮށްލިއެވެ. އިތުރަށް ރުޅިއަރުވައިލުމުގެ ގޮތުން އީތަން ނުކުމެގެންދިޔައީ އަލީޝާގެ ކޮނޑުގައި ޖެހިގަތްފައެވެ. ނެގިމަޑުވެފައި […]
“ނުކުރާނަން… ދުވަހަކުވެސް މާފެއްނުކުރާނަން.!” އަތް ގޮންމުއްކަވާފައި މޭޒުމަތީ ޖެހި އީތަންވަނީ ރުޅިއައިސް ރަތްވެފައެވެ. އޭނާގެ ބާއްޖަވެރި ހަޔާތް އެފުށް މިފުުށަށްޖެހި އަންހެންކުއްޖާއަށް އޭނާ ހުރީ ދުވަހަކުވެސް މާފުދޭ ގޮތަކުނޫނެވެ. “އާނ… އެއްގޮތަކަށްވެސް މާފުކޮށްގެން ނުވާނެ. އީތު މާ ހެވީއޭ. މަ ނަމަ މިހާރު އެ އަންހެނާ ދިރިހުއްޓާ ވަޅުލީސް.” ކައިރީގައި އެކްސެލް ދަޅެއް ދަމަން އިން ޖިނާހު ބުންޏެވެ. ޖިނާހާއި އެއްބަސްވުމުގެ ގޮތުން ރިފާއު އާނ ކިޔައިލިއެވެ. އީތަންއަކީ ރަށު ސުކޫލުގައި ހޭދަކުރި ދިހަ އަހަރު ތެރޭގައި […]
“ކީއްވެ މާމަ ގޭގަ މިއޮތީ؟!“ އަހަންނަށް އޮވެވުނީ އަހަރުތަކެއް ކުރިން މާމަގެ ގޭގައި، އަހަރެން މާމައާއިއެކު ނިދި ކޮޓަރީގައެވެ. ހާސްވެ ކަންތައް ބޮޑުވެފައި ޖީބުން ފޯނު ނެގީމެވެ. ގަޑިން އޭރު ނުވަގަޑި ބައެވެ. ތާރީހުން އެކެއް ޖެނުއަރީ، ދެހާސް އަށެކެވެ. ****************************** ފޯނަށް ނުދަންނަ ނަންބަރަކުން ފޮނުވާފައި އިން މެސެޖު ހުޅުވައިލީމެވެ. އެއީ އަހަރެން މާޒީއަށް ދަތުރުކުރުމުގެ ކުރިން ޖެނުއަރީ އެކެއް ދެހާސް ނަވާރައިގައި ލިބިފައި އިން މެސެޖެކެވެ. މެސެޖު ހުޅުވައި ކިޔައިލީމެވެ. “ސޮރީ ޕާސްޓް ސާރާ. އަހަރެން […]
ކަބަޑުތެރޭ އިން މީހާއާއި އަހަރެންނާއި ހަތަރުކަޅި ހަމަވިއެވެ. ދެ މީހުންގެ ހަޅޭއް ހުއްޓުނުއިރު އަހަރެންގެ ދެލޮލުގެ ގޮބޮޅިގަނޑު ނުނިކުތީ ކިރިޔާއެވެ. ކަބަޑުތެރޭ އިނީ އަހަންނާއި އެއްވެސް ތަފާތެއްނެތް އަންހެނެކެވެ. ހަމަ އެއް މޫނެކެވެ. އެއް ހަށިގަނޑެކެވެ. ލައިގެން ހުރި އަންނައުނު ތަފާާތު ނޫންނަމަ ހީވާނީ ލޯގަނޑަކުން އަމިއްލަ ސޫރަ ބެލޭހެންނެވެ. އެމީހާ ހިނިތުންވެލިއެވެ. *********************************** “ހާއި… ކިހިނެތްތަ ހާލުކޮޅު؟” ކަބަޑުން ނުކުތް މީހަކާ އަޅާބަލާފައި އޭނާ އިނީ ވަރަށް ހަމަ ޖެހިގެންނެވެ. “ތި…ތި…ތީ ކާކު؟… ކަބަޑު…ކަބަޑު ތެރެއަށް […]
ކުރެވުނު އަވަހެއް ކޮށްގެން ހޮސްޕިޓަލަށް ނައްޓައިލީމެވެ. ޓްރެފިކް ލައިޓުވެސް އަހަރެން ލަސްކުރުވަން އުޅޭހެން ހީވެ ރުޅިއައެވެ. ފެހި ބޮކި ދިއްލުމާއިއެކު މަޑުކުރުމަކާއިނުލާ ދުއްވައިލީމެވެ. އަނެއް މަގުން އައި ސައިކަލުގައި ޖެހުނުއިރުވެސް ނޭންގުނެވެ. ސައިކަލު ކޮޅަށް ނެގުމަށްފަހު ތެދުވެ ބަލައިލިއިރު އަހަރެންގެ ދެލޯޯ ބޮޑުވިއެވެ. ކުރިމަތީ އޮތް ސައިކަލު ދަށުގައި އޮތީ މުޖާހިދެވެ. ތަންކޮޅެއް ދުރުގައި އޮތީ ރާއިންއެވެ. **************************************** ހޮސްޕިޓަލުގެ ސީލިންގަށް އަހަންނަށް ލޯ ހުޅުވައިލެވުނީ ފުރަތަމަ ފަހަރަކަށް ނޫނެވެ. ކައިރީގައި ހުރީ ދޮންބެއެވެ. އިނާޝް ފެނޭތޯ ބަލައިލީމެވެ. އޭނާއަށް އަދި ހަބަރު ނުލިބެނީ ކަންނޭންގެއެވެ. “ކީއްތިކުރީ؟ މަންމަ ކައިރިއަށް ހާލު ބަލަން އައި މީހާ ތިއޮތީ ހާލުގަ ޖެހިފަ.” ދޮންބެ ސަމާސާކޮށްލިއެވެ. ހޭ ހިތް […]
ބޮޑުތިކި ވާރޭގެ ތެރޭގައި ތެމި ފޯވެފައި ކުޑަ އަންހެންކުއްޖާ ހުރީ ފަސް ބުރީ އިމާރާތުގެ ޓެރަސްމަތީއެވެ. ވަށައިގެން ޖަހާފައިވާ ދަގަނޑުތަކުގެ ބޭރަށް ވާގޮތަށް ހުރި ހަނި ތަންކޮޅުގައި ހުރިއިރު އެކުއްޖާގެ ފައި ތުރުތުރުލީ ހީކެރުވުމާއި ބިރާއި އެކުވެގެންނެވެ. ކުރިއަށް އެއް ފިޔަވަޅު އަޅައިލިއެވެ. އެ ކުޑަކުޑަ ހަށިގަނޑު ތިރިއަށް ދަތުރުކުރަން ފެށުމުގެ ކުރިން ހުއްޓުނީ މީހަކު އަތުގައި ހިފެހެއްޓުމުންނެވެ. އެއީ އޭނާއާއި ދާދި އެއް އުމުރެއްގެ ފިރިހެންކުއްޖެކެވެ. “ބާރަށް ހިފަހައްޓާ… ދޫ ނުކޮށްލައްޗޭ…” ފިރިހެންކުއްޖާ މަސައްކަތްކުރީ ވަރަށް […]
“ދޯ…” ޖީލާން ދޯ ކިޔައިލިއެވެ. އިރުކޮޅެއް ފަހުން ޔަޝަލްއަށް ހޭން ފެށުނެވެ. ޖީލާންއަށްވެސް ހެވިއްޖެއެވެ. ދެމީހުން ހުއްޓުމެއް ނެތީ ހީހީފައި ހުއްޓައިލިއިރު މޫނުމަތިން އުފާވެރިކަން ނުފިލައެވެ. ޔަޝަލް ޖީލާންއާއި ގާތަށް ކެހިލާފައި ކޮނޑުގައި ބޯ އަޅައިލިއެވެ. ޖީލާން އޭނާގެ އަތް ޔަޝަލްގެ ފަހަތުން ގެންގޮސް ކޮނޑުގައި އަޅުވައިލިއެވެ. ************************* އެޕާރޓްމެންޓް ދޮރުގެ ރަނގަބީލުވީ އަޑަށް ޖެނީ ކަންނެތް ގޮތަކަށްގޮސް ދޮރު ހުޅުވައިލިއެވެ. ކުރިމަތީ ހުރި ޑޭވިޑް ފެނިފައި ޖެނީގެ މޫނުމަތިން އެ ކަންނެތްކަމުގެ ހުރިހާ ކުލަވަރެއް ފިލައިގޮސްފިއެވެ. […]
ޔަޝަލްއަށް ގެއަށް އާދެވުނުއިރު އިރު އޮއްސެނީއެވެ. އޭސީ ޖައްސައިލުމަށްފަހު ފާހަނައަށް ވަންނަން ދަނިކޮށް ލޮލުގައި އަޅައިގަތީ ރީތިވާ މޭޒުމަތީ އޮތް ސްޓްރޯބެރީއެކެވެ. ސްޓްރޯބެރީ ނަގާފައި އޭގެ ދަށުގައި އޮތް ކަރުދާސްކޮޅު ނަގައި ނިއުޅުވައިލިއެވެ. އަދި އޭގައި ލިޔެފައި އޮތް ލިޔުންކޮޅު ކިޔައިލިއެވެ. “ހެލްޕް މީ…” ************************* “މިރޭ ތި ގެއަށް ދާނަން. ޔަޝަލް ކޮންމެހެންވެސް ޖީލާން ކައިރީގަ ބަހައްޓާތި. ޖީލާން ތި ގެއަށް ގެނޭ! ޖީލާންގެ ހަނދާންތައް އަނބުރާ ދޭނަން.” އަތުގައި އޮތް ސްޓްރޯބެރީއަށް ބަލައިލުމުން ޔަޝަލްއަށް […]
ވިންޗެސްޓާރ ސިޓީގައި އޮތް ބައްދަލުވުމަކަށް ތިން ދުވަހަށް ދިޔަ ޑޭވިޑް، ދެ ދުވަސް ފަހުން އެނބުރި ލަންޑަނަށް އަންނަން ޖެހުނީ ބައްދަލުވުން ކެންސަލްވުމުންނެވެ. ފޮށި ހިފައިގެން ހަވޭއްޔަށް ވަދެވުނުއިރު ޖާރިޔާއެއްވެސް ފެންނާކަށް ނެތެވެ. ވިކްޓޮރިއާ ފެނޭތޯ ދެކޮޅު ބެލުމަށްފަހު ޑޭވިޑްގޮސް ކޮޓަރި ދޮރު ހުޅުވައިލިއެވެ. ފެނިގެންދިޔައީ އޭނާ ހައިރާންކުރުވަނިވި މަންޒަރެކެވެ. ************************* “ޑޭވިޑް؟!” އެނދުމަތީ އިން ވިކްޓޮރިއާ ސިހިފައި ކައިރީ އިން ކެންއާއި ދުރަށް ޖެހިލަމުން ގޮވައިލިއެވެ. ކެން ދާހިތްލައިލިއެވެ. އަންހެނުނާއި ގުޅުން ހިންގަން މަސައްކަތް ކުރި އެކުވެރިޔާއަށް […]